ހިތުގެ ވިންދު
ހަވީރުގެ ވަގުތެއްގައި މަލައިކާ އިނީ ކޮންޕިއުޓަރ ކައިރީގައި ޓައިޕްކުރަންށެވެ. އޮފީސް ތެރޭގައި އެހާ ގިނަ ބައެއް ނެތެވެ. މަލައިކާ ކުއްލިއަކަށް ސިހުނީ މަލައިކާގެ މެނޭޖަރ އާދިލް ފޯނުން އޭނާގެ 5 މަހުގެ ދަރިފުޅާ ވާހަކަ ދައްކާ އަޑުއިވިގެންނެވެ. އާދިލް އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު މަލައިކާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އާދިލް އޭނާގެ އަނބިމީހާއާ ވަރިވިޔަސް ދަރިފުޅަށް އޮންނަ ގުޅުން އެބަ އޮތެވެ. އާދިލްގެ ދަރިފުޅު ބަލިވިޔަސް ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. އާދިލް އަކީ ހެޔޮލަފާ އަދި އަމިއްލަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. މަލައިކާ ހިތަށް އަރައެވެ. މަލައިކާގެ ބައްޕަ މަލައިކާއަށް ގުޅާނުލަނީ ކީއްވެހެއްޔެވެ؟ މަލައިކާ ބައްޕަ މަލައިކާ އަށާއި މަލައިކާގެ މަަންމަ ދެކެ ލޯބިނުވަނީ ކީއްވެ ހެއްޔެވެ؟ މަލައިކާ ވިސްނުމެއްގެ ތެރޭގައި ހުއްޓާ އާދިލް މަލައިކާއަށް ގޮވާލިއެވެ. މަލައިކާ “ކޮން ވިސްނުމެއްގަ ތިހުންނަނީ؟” “އުހު ކަމަކާއެއް ނުވިސްނަން.” މަލައިކާ އާދިލް ކައިރި ބުންޏެވެ. “އެހެންތަ! މިހާރު ވަރަށް ލަސްވެއްޖެ އެއްނު. ހިނގާ ދެން ދާން. މަލައިކާ މަންމަ މަލައިކާ ހޯދާނެއެއްނު ލަސްވެގެން.” “އަޅުގަނޑު މިދަނީ މި މަސައްކަތް ނިންމާފަ. އާދިލް ދިޔަޔަސް އަޅުގަނޑަށް އޯކޭ.” އާ. އޯކޭ އާދިލް ދަނިއްޔޭ! އެހާ ލަސްވަންދެން ނުހުންނައްޗޭ” އާދިލް މަލައިކާ ކައިރި އެހެން ބުނެލާފައި އޮފީހުން ނުކުތެވެ.
ރޭނގަޑު 08 00 ޖަހާ ހާއިރު މަލައިކާ މަސައްކަތް ނިންމާލާފައި އޮފީހުން ނިކުމެ އޮފީސް ދޮރު ތަޅުލާފައި ނިކުތީ ގެއާކޮޅަށް މިސްރާބަށެވެ. މަލައިކާގެ ގެ އޮފީސްއާ ކައިރިކަމުން މަލައިކާ ދަނީ ހިނގާފައެވެ. މިރެއަކީވެސް އާދައިގެ ރެއެކެވެ. މަލައިކާ ދިޔަ މަގުން ދަނިކޮށް މަލައިކާ އަށް ސިހުނީ ކުއްލިއަކަށް މަލައިކާގެ ކުރިމައްޗަށް މީހަކު ހުއްޓުނީމައެވެ. މަލައިކާ އެމީހާއާ ދިމާލަށް ބަލައިލިއިރު އެމީހާއަކީ މަލައިކާގެ ކުރީގެ ލޯބިވެރިޔާ ފައިޒާންއެވެ. ފައިޒާން ހިނިތުންވުމާއެކު މަލައިކާއާ ދިމާއަށް ބަލަން ހުއްޓެވެ. އަދި އަހާލިއެވެ. “މަލައިކާ ހާދަ ލަހުންނޭ އޮފީސް ނިމުނީ. ކިހިނެއް ހާލު މަލައިކާ.” “އަހަރެންގެ ހާލު ރަނގަޅު. މިއަދު މަސައްކަތްތައް ގިނަވީމަ އެ މަސައްކަތްތައް ނިންމާފަދާންވެގެން ހުރީ. ފައިޒާންގެ ހާލު ކިހިނެއް. ކޮބާ ފައިޒާންގެ މަންޖެ. ފައިޒާން މަންމަ ކިހިނެއް؟” މަލައިކާ ފައިޒާން ކައިރި ހިނިތުންވުމާއެކު އަހާލިއެވެ. “އެހެންދޯ. އަހަރެން ރަނގަޅު. އަހަރެންގެ މަންޒެވީ ރަށުގަ. މަންމަ މިހާރު ރަނގަޅު. މަލައިކާ މަގުމަތިން ދިމާވީމަ ހަމަ ގޮވާލީ ދެންދަނިއްޔޭ. އުއްމީދު ކުރާނަން މަލައިކާ އަހަރެންގެ މަންމައަށް ގޮވާލަން އަންނާނެކަމަށް. މަންމަ އަހަރެން ކައިރި އަހާ މަލައިކާ ކޮބާތޯ.” “އެހެންތަ. ފައިޒާން މަންމަ ކައިރި ބުނެލައްޗޭ މިދުވަސްކޮޅު ބިޒީކަމުން މަންމަ އަށް ގޮވާލަން ނާދެވެނީއޭ. އެއް ދުވަހު ފްރީ ވީމަ މަންމަ ކައިރިއަށް ޖައްސާލާނަމޭ” މަލައިކާ ފައިޒާން އަށް އަލްވަދާއު ކިޔާފައި ގެއަށް ދިޔައެވެ.
މަލައިކާ ގެއަށް ވަދެ އެދުގައި އޮށޯތެވެ. އެދުގައި އޮވެ މަލައިކާއަށް ހުރެވުނީ މާޒީގެ ހަނދާނުގައެވެ. އެއީ މަލައިކާއާއި ފައިޒާންގެ ހަނދާންތަކެވެ. މަލައިކާއާއި ފައިޒާން އުޅުނީ ވަރަށް ލޯބިންނެވެ. ދެމީހުން އެކީގަ އުޅެފަ ވަކިވާންވެސް ޖެހުނީ ފައިޒާން އަށް ކުރެވުނު ކުށަކުންނެވެ francepharmacie.fr. އޭގެފަހުން އެދެމީހުން ދޭތެރޭގަ އޮންނަނީ ރައްޓެހިކަމުގެ ގުޅުމެވެ. މަލައިކާ މަންމަ މަލައިކާގެ ކޮޓަރިއަށްވަދެ މަލައިކާއަށް ގޮވާލިއެވެ. “ދަރިފުޅާ، ދަރިފުޅު ކޮންވިސްނުމެއްގެ ތެރޭގަ ތިހުރީ.” މަލައިކާ މަންމަ މަލައިކާ ބޮލުގަ ފިރުމަމުން އަހާލިއެވެ. “ކަމެއް ނުވޭ މަންމާ. އަޅުގަނޑު މިއުޅެނީ ދެން ނިދާލަން. މާދަން ހެނދުުނު އޮފީހަށް ދާން ޖެހޭ.” މަލައިކާ މަންމަ ކައިރިބުނެލިއެވެ. މަލައިކާގެ މަންމަ އެދުން ތެދުވެ ކޮޓަރިން ނިކުތެވެ. އޭގެ އަނެއް ދުވަހެވެ. މަލައިކާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންކަމުން މަލައިކާ އަވަސް އަވަހަށް ފެންވަރައިގެން ރީތިވެގެން އޮފީހަށް ދާން މިސްރާބުޖެހިއެވެ. އޮފީހަށް ވަދެ ލިފްޓްއަށް އަރައިގެން މަލައިކާ ފިންގަރ ޖެހިއެވެ. ފިންގަރ ޖަހާފަ ބޭރަށް ނިކުންނަ އުޅުމުގެ ތެރޭގައި ދިމާވީ ސޮބާހްއާއެވެ. ސޮބާހް އަކީ އާދިލް އާ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. “އަހަ މަލައިކާ! ދެންމެތަ ތިއާދެވުނީ އޮފީހަށް” ސޮބާހް މަލައިކާ ކައިރި އަހާލިއެވެ. “އާ! އެހެންނެއްނު ވާނީ މިއަދު މާލަހުން ހޭލެވުނީމަ ވާނެގޮތް” މަަލައިކާ ސޮބާހް ކައިރިބުނެލިއެވެ. “ސޮބާހް ދެންމަމިދަނީ އޯކޭ ބާއި. ސީޔާ.” މަލައިކާ ބޭރަށް ނިކުމެފަ ތިރިއަށް ފޭބިއެވެ. މަލައިކާ އޮފީހަށް ވަންއިރު ސާރާ އޮފީހުގަ އިނެވެ.
16 Comments!
Comments are closed.
heevey igey reethi vaanehen. ??
malaika arora men dhw .. dhen arbaz khan vex geney ???? .. by the way story reethi waane hen ☺heeway
V reethi… Ekam thankoleh kury…
maa ginain malaika ge name beynun kohfahureema kiyan undhagoo gothei hurey…
malaikaa faahaanaha vaneve..malaikaa faahaanain nikume malaikaa reethivegen malaikaa dn dhiyaee offeehah…dn malaikaa lift ah araafa malaikaa ge jahaafa nikuunan ulhenikoh malaikaa aa dhimaa vee sobaah aa..dn malaikaa heelaafa malaikaa ge meyzukairiah dhiya eve..dn malaikaa type kuran feshi eve..
undagu dhw mihen ineema kiyan..I felt de same way…no hard feelings for u but hope next time u ll think abt it n make it a nice one..good luck ☺
lift ah araigen gos finger jehi vaahaka thankolhei reethikoh ves ebai genevidhaane…i guess ofeehah vadhefa sign in vee vaahaka hen einee..mikahalage kudhi kudhi kanthah thah ves rangalhu kohlaathi…ppl always learn frm mistakes so take my comment as a positive one ok…☺✌?
●”Malaikaa bappa malaikaa ashaai malikage mamma dheke loabi nuvany heyyeve?” (I think it should be *malaikaage* bappa malaika *aai* ….)
●”reygandu 8 jahaa haairu masaikai ninmaalaafai ofeehun …………….. geaa kolhah misraabasheve”. (Eyge badhalugai *geaai dhimaalasheve*.. mifadha gothakah genaun..)
●”malaikaage officeaa……………..” (mithanugai malaikaage *ofeehaai*)
●”malaikaa dhiya magun dhanikoh malaika ah sihunee ……….”(*malikaa hingaafai dhanikoh malaikaa sihuny/malaikaa magumathin hingaafai dhanikoh malaika sihuy* fadha gothakah genaun)
●”malaikaa magumathin dhimaa veema govaaly.”(malaika *aai* …..)
● “ummedhu kuraanan malaikaa aharenge mamma ah govaalan annane kamah.”( ummedhu *kuran*…..)
●”aan ehennehnu vaany midhu maalahun heylevunea vaane goi”( mi jumla hama eh nujehey)
Those are some mistakes i noticed. But the idea of the story seems to be unique.. keep on trying harder and do read the story again and again before uploading. Good luck.
☺☺☺☺☺☺☺☺☺
Malaika ge name ehaa ginain beynun kohfa huryma ehaa eh noon….. name beynun kurun thankolheh madhu kohlyma story v rythi vaane…. um nt saying that nw its bad…. even nw also story is gud bt if yuh use that name less then it wuld be much better story…. n yes there r few mistakes…. hope u’ll wrk on them n make it better nxt time….
Asluves malaika ge name dhen maa ginain beynun kohffa hureema kiyan hama undhagoo gotheh hureyey.. dhen ehen part eh liyaa iru varah bodah ebai rangalhu kohllaane kamah heekuran
Ibaaraaiy kurumuga varah gina massala hurikan faahaga kurevey….. name beynun kurun madhukoh ibaaraaiy furihama kolla… dhen varah avas aruvaalaigen vaahaka liyaa hen heevey…. hope u will take a comments positively. Wish u all the best
salhi but malaika geh name maa ginaan hurema v udhaqu kiyan. hope next time do better then this.
Reethi salhi ey
Meethi salhi ey
1st part liyunyma e nimunytha thi ulheny kiyuntherin ge Shaugu gehluvaa lanthanum hmm story then reethi make it better with new ideas good luck maako
v reethi
thanks for the comment. alah vaahakaeh mi liyunee.. dhn faharu rangalhu kuraanan.. mi vaahakaige dhevana bai neren eba visnan adhi madhun malaikaage nan beynun kuraanan kiyun therinah faseyha vaagothah