” ދާނޭހޭ ތިހަނދާން ފިލާ .. ވޭނާ ހޫނާ ދޫކޮށްފާ … ވާނޭހޭ އުފަލެއް ހިލާ .. މާޒީވި ދުވަހާ ނުލާ .. ހަމަހިމޭންކަން މަތީ .. ލޯ މަރާލާ ހިތުން .. ކެތްމަދުވެފައި ހުރެވެނީ .. ތި ހަނދާނުގައި .. ހާދަ ހިތްވަރު މަ ކުރަމޭ ރައްޓެހިންނާއެކީ.. ގިނަވަގުތު މަޖަލުގާ ސަކަރާތުގައި.. ވަކި އިރެއް ވަކިތަނެއް .. ކަށަވަރޭ ހަމަ ނެތޭ .. ހަމަ ހިމޭންކަން ހިތަށް ވެރިވެފައި.. ތި ހަނދާނުގައި .. އައި ލަވް […]
“މަމްދޫހު” މަމްދޫހުގެ އަތުގައި ނުހިފި ނަމަ އަތޫޝާ ވެއްޓޭނީ ބިންމައްޗަށެވެ. މަމްދޫހަށް އެވީ ކިހިނެއް ހެއްޔެވެ. “މަމްދޫހު ކިހިނެއްވީ” ދެލޯ ބޮޑުކޮއްގެން ހުރި މަމްދޫހުގެ އަތުގައި ހިފާ ކުޑަކޮށް ފިތާލަމުން އަތޫޝާ އަހާލިއެވެ. މަމްދޫހު އަތޫޝާ އާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮއްގެނެވެ. މަމްދޫހު އެ ވިސްނަމުން ދަނީ ކޮންކަމަކާ ބާއޭ އަތޫޝާ ހިތައް އެރިއެވެ. އަނެއްކާ މަމްދޫހު ހަނދާން ވީބާއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. “ދަރިފުޅާ ކޮބާ ރެޑީތަ” […]
ޝިޔާރާގެ އަމިއްލަ އަޑުން ވާހަކަދެއްކިއިރު ހުރިހާ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިހާރު ވާހަކަމިދެކެވޭ މައުލޫގެ ސަބަބުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ދެވިފައެވެ. ޝިޔާރާ އާއި އެއްވަރަށް ސާރާ އަށް ވެސް ރޮވެނީއެވެ. ސާރާގެ ދެކޮނޑުގައި ހިފާ އިބްރާހީމް ގަޔާ ކައިރިކޮށްލިއެވެ. ސާރާ އެބުނި ބަހުގައި ހަގީގަތެއްވާކަން ވަރަށް ފަސޭހައިން އިބްރާހީމްގެ ހިތާއި ސިކުނޑި ގަބޫލުކޮށްފިއެވެ. ޝިޔާރާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން ގިސްލެވެމުން ދިޔަ ސާރާއަށް އެންމެ ބަހެއް ވެސް ނުކިޔުނެވެ. ޝިޔާރާ އަށް […]
ނޯޓް: މިވާހަކައިގެ ކެރެކްޓަރުންގެ ނަން އެއްވައްތަރުވުމުގެ ސަބަބުން މިވާހަކައިގައި އުޅޭ އީނާޝްއަށް ބައެއް ފަހަރު ” ނާޝް” ބޭނުންކުރެވިފައިވާނެއެވެ. ” ވަރަށް ބޮޑަށް ސޮރީ. ” ކުރެހިގެންވާ އަޑަކުން އީނާޝް ބުންޏެވެ. އަދި ކަރުނަތަށް ފޮހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާޔަށް ހަމަޖެހެވޭނެ ހެއްޔެވެ؟ އެއަށްވުރެ އެހިތް އެވަނީ ނިކަމެތިވެފައެވެ. އޭރު ދޮރު ދޮށުގައި ހިތްހަމަ ނުޖެހިފައި ލާމިއު ހުއްޓެވެ. އީނާޝް ފިޔަވައި ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި އިންސާނަކީ ލާމިއުއެވެ. ނަމަވެސް އީނާޝްގެ އެދުމުގެ […]
“އާހް.. އާހް” ނޭވާ ނުލެވިގެން އަހަރެންނަށް ތެޅިގަނެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެންނަށް ކަރުގައި ހިފަހައްޓާލައިގެން އިށީދެވުނެވެ. “ކިޔަވަމުން ދޭ.. ހުއްޓާނުލާ” މުހައްމަދުފުޅު ބުނެލި އަޑު އިވުނެވެ. އަހަރެންނަށް ދެފައި މައްޗަށް ތިރިވެވުނެވެ. ނޭވާ ނުލެވިގެން މީހާ ހާސްވަމުން ދިޔައެވެ. ކަރުތެރެ ހިކިގެން ގޮސް ދޫ ބޭރަށް ނިކުންނަން އުޅޭހެން ހީވަމުން ދިޔައެވެ. އޭރުގައި ކުރިއަށް ވުރެއް ވައި ވަނީ ބާރުވެފައެވެ. އަހަރެންނަށް އެތަނުގައި ކުރުގެޅިގެން އޮށޯވެވުނެވެ. އަވަސްކަމާއި އެކު ނޭވާލެވެން ފެށިއެވެ. “އާސީން ދޫކޮށްލާ” […]
“ތީކާކު؟ ކީއްކުރަންތަ އަހަންނަށް ތި ގުޅަނީ؟ ކޮންތާކުންތަ އަހަރެންގެ ނަންބަރު ހޯދީ؟” އަހަރެން ގުޅާލުމުން ވަފާ ފުރަތަމަވެސް ކޮށްލީ ސުވާލުތަކެކެވެ. “ނަންބަރު ދިނީ ރައްޓެއްސެއް. ދެން ހަމަ ޙާލު ބަލާލަން މިގުޅާލީ.” އަހަރެން މަޑުމަޑުން ބުނީމެވެ. “ތީ ކާކުތަ އަހަރެންގެ ޙާލުބަލަން؟ ދެން ނުގުޅާތި! ނުދަންނަ މީހުންނާ އަހަރެން ވާހަކައެއް ނުދައްކަން.” ވަފާ އަހަންނަށް ދިނީ އިންޒާރެކެވެ. އެހެންބުނުމަށްފަހު، ވަފާ ފޯން ކަނޑާލިއެވެ. އަހަރެން ދެވަނަފަހަރަށް ނުގުޅަމެވެ. އަންހެންކުދިންނަށް ގުޅައި އުނދަގޫކުރުމަކީ އަހަރެން ކުރާހިތްވާ ކަމެއްނޫނެވެ. ވަފާއަށް […]
‘މީ އަޅުގަނޑު ގެ ފުރަތަމަ ވާހަކަ އެވެ. މި ވާހަކަ އަޅުގަނޑު 2 ފަރާތަކަށް ހާއްސަ ކޮއްލާނަމެވެ. ޒަޔާން އާއި ރަފާ އަށެވެ.’ …………………………………❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤……………………………………. އެއީ ހަމަ އޭނާ އެވެ. އެޗާލު ދެލޮލެވެ. އިރުކޮޅަކާ ލޯ މައްޗަށް ވެއްޓޭ ފަން އިސްތަށި ކޮޅުގެ ވެރިޔާ އެވެ. އަހަރެން ފެނުމުން މިފަހަރު ވެސް އޭނާ ގެ ފިޔާތޮށި ތުންފަތުން ހީލިއެވެ. އެއީ ރަފާ އެވެ. އަހަރެން ގެ ލޯބިވާ ކޮއްކޮ އެވެ. އެތައް ދުވަހަކަށް ފަހު ނަމަވެސް އަހަރެން […]
އަވީ ތެރޭގައި ސިފައިގެންގެ ޔުނިފޯމްގައި ހުރި ފިރިހެން ކުއްޖާ ވަނީ ދާހިއްލާފައެވެ. އަތުގައި ބަޑިއެއް އޮތްއިރު ކައިރީގައި ހުރި އަނެއް ކުއްޖާއާއިވެސް ވާހަކަ ދައްކާލައެވެ. މޫނަށް ބަލާލުމުން ގިނައިން އަވީގައި އުޅޭކަން އިނގެއެވެ. ދޮން ހަންގަނޑުވަނީ އެއްކޮށް ރަތްވެފައެވެ. ރައީސުލް ޖުމްހުރިއްޔާ ކާރުކޮޅުއައިސް މަޑުކޮއްކޮއްލުމުން ހުރިހާ މީހުންވެސް ސަމާލު ވެއްޖެއެވެ. “ސަމާލު” ދުރުގައި ހުރި ބޮޑުމީހާ ކޮމާންޑް ދިނުމުން އެންމެން އެއްފަހަރާ ބިންމަތީގައި ފައިޖަހާލިއެވެ. ކާރުން ފައިބައިގެން ދަރުބާރުގެއަށް އެންމެން ވަންނަންދެން ހުރިހާ ސިފައިންގެ މީހުން ތިބީ […]
ކުއްލިއަކަށް ބާރއިން ނިކުތް ކުއްޖާ ފެނިފައި އެންމެންގެ ކަޅި އެދިމާލަށް އަމާޒުވެގެން ދިޔަ އެވެ. އެންމެން އެއްދިމާލަކަށް ބަލަން ތިބުމުން ހިބާވެސް އެދިމާލަށް ބަލައިލި އެވެ. ހިބާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ބާރއިން ނިކުތް ނަދުވާއަށް ވެސް ހުއްޓުން އަރާފައި ހުރެވުނީ ކުއްލިއަކަށް ގޭ އެންމެންހެން އެއްފަހަރާ އެތަނުން ފެނުމުންނެވެ. ފައުޒާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނުއިރު ހިބާ ހުރީ ހާސްވާގޮތް ވެފައެވެ. އެހެންވީމަ ނަދުވާ ވަޒީފާ އަދާކުރަނީ މިރިސޯރޓުގަ ހެއްޔެވެ. ހިބާ ހިތަށް އަރަމުން […]