އިންތިހާ (ފުރަތަމަ ބައި) ނޯޓް: މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކައެވެ. ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ. “ކޮންބައެއް ސަޔަށް ދާނީ.” ޓައިޕްކޮށްލުމަށްފަހު އިނާ ސެންޑްކޮށްލިއެވެ. “ސާބަސް އިނާ. ދެންމެއެންނޫންތަ އޮފީހަށް އައީ؟ މިހާއަވަހަށް ސަޔަށް ދާންވީ؟” ގްރޫޕްގެ އެހެން ބައިވެރިއަކު ފޮނުވާލިއެވެ. “ކޭމާޓް އިނާ.” އަނެއްކާވެސް އެހެން ބައިވެރިއަކު ފޮނުވާލިއެވެ. އެކުވެރިންގެ ސަމާސާ މެސެޖްތަކަށް ބަލަން ހިނިއައިސްފައި އިނާ އިނެވެ. އެއީ މި ވޭތުވެދިޔަ 06 މަސްތެރޭގައި، ކޮންމެ ދުވަހަކުވެސް އޭނާގެ އާދައެވެ. އިނާއަކީ ވިލާ ކޮލެޖުން […]