ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..
“ޝާޝާ” އަތޫޝާގެ ހަށިގަނޑުގައި މަމްދޫހު ދެއަށް ވަށާލިއެވެ. އަތޫޝާގެ ގިސްލުމުގެ އަޑު ކެނޑުނީ ކުއްލިއަކަށެވެ. އަތޫޝާގެ ދެލޯ ބޮޑުވީ މަމްދޫހު ކުރިއަށް ވުރެއް ވެސް ބާރަށް ބައްދާލުމުންނެވެ.
“ދަރިފުޅާ…” އާޝިޔާގެ އަޑަށް މަމްދޫހު އަތޫޝާގެ ގައިން ދޫކޮއްލިއެވެ. އަތޫޝާ ތެދުވެ މަމްދޫހު އާއި ދިމާލަށް ބަލާލީ ޔަގީން ނުވާތީއެވެ. އެއީ ހަމަ މަމްދޫހު ހެއްޔެވެ. އަތޫޝާއާއި ދިމާލަށް ހިނިތުންވެލައިގެން އޮތް މަމްދޫހު ފެނި އަތޫޝާއަށް ފަހަތަށް ޖެހެވުނެވެ.
“ދަރިފުޅާ… މަގޭ ދަރިފުޅު… އާދިލް ޑޮކްޓަރަށް ގޮވާލަން ދޭބަލަ… މަގޭ ދަރި ހޭއަރައި ފިޔޭ…” މަމްދޫހު ގައިގަ ބައްދަމުން އާޝިޔާ ދިޔައީ އާދިލް އާއި ވާހަކަ ދައްކަމުންނެވެ. “ދޮންބޭ…..” ސަނާ ވެސް މަމްދޫހު އާއި ކައިރިވެލީ ދެލޯ ފޮހެލަމުންނެވެ. އާދިލްގެ ހާލަކީވެސް އެއީއެވެ. މިއޮތް ހުރިހާ ދުވަހު ހިތްވަރާއެކު ހިފައްޓައިގެން ހުރި ކަރުނަތަށް ފައިބަމުން ދިޔައީ ހުއްޓުމެއްނެތިއެވެ.
“ޕިސް ޕިސް…. ދެން މަންމާ… ބައްޕާ…. ސަންނަ ވެސްތަ… ހެހެހެހ ހީވަނީ އަހަރެން މަރުގެ ތަންމަތީގައި އޮތްވަ ރަނގަޅު ވީހެން.. ދެން ހުއްޓާލަބަލަ…” މަމްދޫހުގެ އަޑުގައިވީ ވަރުބަލި ކަމެވެ. ވާހަކަ ދައްކަން ކިތައްމެ އުދަގޫވިޔަސް މަމްދޫހު ބެލީ އެކަން އެކަކަށްވެސް ނުދައްކާވޭތޯއެވެ.
“ދެން މަންމާ… ހުއްޓާލަބަލަ… ބަލާބަލަ ޝާޝާ އެއިނީ ދުރުގަ… ޝާޝާ އާދެބަލަ… އަހަރެން އެކްސިޑެންޓް ވީމަތަ ތި ރުޅިއައީ… ނޫނީ ވެޑިންގަ އަހަރެން ވީލް ޗެއާރ އެއްގައި ހުންނާނެތީތަ” މަމްދޫހު ދައްކަމުން ދިޔަ ވާހަކައިން އަތޫޝާއަށް މަމްދޫހަށް ބަލާލެވުނީ ހައިރާންވެ ހުރެއެވެ. ދެންތިބި މީހުންނަށްވެސް ވީއެވަރެވެ.
“ދަރިފުޅާ…” އާޝިޔާ މަމްދޫހަށް ގޮވާލިއެވެ. އެ ގޮވާލުމުގައި އެތަކެއް ވޭނަކާއި ހިތާމައެއްވިއެވެ.
“ދެން މަންމާ އަނެއްކާ ރޯން ފަށަނީތަ… ބައްޕާ ބަލާބަލަ މަންމަ…. ޝާޝާ އަޅެ ދޮގެއްތަ އަހަރެން މިބުނީ… އޯ ޝާޝާ ހީކުރީ އަހަރެން މިހެން އޮތީމަ ވެޑިން ފަސްވާނޭތަ.. އެކަމާތަ ތި ރޮނީ ދުރުގަ އިނދެގެން…. ސާބަސް… ހަމަ ޑިސައިޑް ކުރިގޮތަށް ނެކްސްޓް ވީކްގައޭ އޮންނާނީ… ” މަމްދޫހު އަތޫޝާ އާއި ދިމާލަށް އަތްދިއްކޮއްލިއެވެ. އަތޫޝާ އަދިވެސް އިނީ މަމްދޫހުއާއި ދިމާލަށް ބަލަންށެވެ.
“ދަރިފުޅާ ދެން ވާހަކަ ނުދައްކާ… ޑޮކްޓަރު އެބަ ދުރުވޭ” އާދިލް އައިސް މަމްދޫހުގެ އަތުގައި އަތްބާއްވާލިއެވެ. މަމްދޫހުވެސް ބޯ ޖަހާލީ އެއްބަސްވުމަށެވެ. އަދި ދުރުގައި އިން އަތޫޝާ އަށް ބަލާލައި ކައިރިއަށް އަންނާށޭ ބުނެލިއެވެ.
މަޑުހިނގުމެއްގައި އައިސް އަތޫޝާ ހުއްޓުނީ މަމްދޫހުއާއި ކައިރީގައެވެ. މަމްދޫހު ކުރިއަށްވުރެއްވެސް ބޮޑަށް ހީލީ އަތޫޝާ ގާތުން ފެނުމުންނެވެ. މަމްދޫހު ބަލާގޮތުން އަތުޝާ ބިރުގަތެވެ. ނޫނެކެވެ. ނުވާނެއެވެ. މިހެން ވެގެންނެއް ނުވާނެއެވެ. އެއީ ހަމަ ކުރީގައި މަމްދޫހު ބަލާ ގޮތެވެ. އެ ފުން ހިނިތުންވުމެވެ. އެ ތޫނު ދެލޮލެވެ. އެއީ ހަމަ އޭރުވެސް މަމްދޫހު ބަލާ ގޮތެވެ.
“ޑޯންޓް ވޮރީ… އައި ވިލްބީ ފައިން… އައި ލަވް ޔޫ މައި ލަވް” އަތޫޝާގެ އަތުގައި ހިފަމުން މަމްދޫހު ބުނެލީ ވަރަށްވެސް މަޑުންނެވެ. “ދެން ދޭ… އެއޮތް އައީ ޑޮކްޓަރު… ނުދައްޗޭ ބޭރުގަ އިންނައްޗޭ” މަމްދޫހު އަތޫޝާގެ އަތުން ދޫކޮއްލީ ޑޮކްޓަރު އައިސް އެންމެން ނިކުންނަން ބުނުމުންނެވެ. މަމްދޫހުގެ އެއްވެސް ސުވާލަކަށް އަތޫޝާ ޖަވާބެއް ނުދެއެވެ. އަތޫޝާ ކުރިހާވެސް ކަމަކީ މަމްދޫހުގެ ވާހަކަތަށް އަޑުއެހުމެވެ. މަޑުހިނގުމެއްގައި އަތޫޝާ އެތަނުން ނިކުތީ އެތަކެއް ސުވާލުތަކާއެކުއެވެ.
ރޫމުން ބޭރަށް ނިކުމެވުމާއެކު އެންމެން އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. އެދި އެންމެން އެކީ އަތޫޝާ އަށް ބަލާލީ އަތޫޝާ ހިތައް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ކަންތަން ވަމުން ދަނީ ރަނގަޅަށް ނޫންކަން އާދިލް އަށް އިހްސާސް ކުރެވެއެވެ.
“ޝާޝާ…. އާރ ޔޫ އޯކޭ” ބެލްކަނިން ބޭރަށް ބަލަން އިން އަތޫޝާގެ ކޮނޑުގައި އަތްޖައްސާލަމުން ސަނާ ގޮވާލިއެވެ. އަތޫޝާގެ ދެލޮލުން ކަރުނައިގެ އެއްވެސް އަސަރެއް ނެތެވެ. މޫނުމަތިން އެއްވެސް ކަހަލަ ޝުއޫރެއް ނުފެއެވެ. ސަނާ ބިރުގަތެވެ. “ޝާޝާ” އަތޫޝާގެ ދެކޮނޑުގައި ހިފާ ތަޅުވައި ގަންނަމުން ސަނާ ގޮވާލިއެވެ. އަތޫޝާއަށް ހީވީ ގަދަ ނިދީގައި އޮއްވާ މީހަކު ހޭލައްވާލި ހެންނެވެ. އަތޫޝާ ސަނާއާއި ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. އަތޫޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތުގައި ޑޮކްޓަރު އައިސް ހުއްޓުނުތަން ފެނުނެވެ.
“ޓެސްޓް ހަދަން އަދި ޖެހޭނެ….. އަޅުގަނޑު ކުރިންވެސް ބުނިން މަމްދޫހުގެ ބޮލަށް ގެއްލުން ވިއޭ… އެގެއްލުން ވީ ކިހާވަރަކަށް ކަމެއް އަޅުގަނޑަށް ލަފާކޮއްލަން ނޭނގުނީ… މަމްދޫހުގެ ހަނދާނުން ވަނީ އެއްބައި ފޮހެވިފައި.. މަމްދޫހުގެ ހަނދާނުގައި ވަނީ މީގެ ދެމަސް ކުރީގައި ވީކަންތައް… އަޅުގަނޑު އަހާލިން މީ ކޮން މަހެއްކަން އެނގޭހޭ… ބުނި ނުވެމްބަރޭ…. އެއީ އެހާ ހާސްވާންވީ ކަމެއްނޫން… މަމްދޫހު އެކަންތަށް މަތިން ހަނދާން ނައްތާލަން ބޭނުންވީ ކަންނޭގެ… އެއީ މައްސަލައެއްވެސް ނޫން.. އެހެން ފޮހެވޭ ހަނދާންތަށް އަނބުރާ އަންނާކަށް އާންމުކޮށް ނުނަގާނެ ގިނަ ދުވަހެއް.. އެކަމަކު…. އެކަމަކު ޕޭޝަންޓްއަށް އެ ހަނދާންތަ ހަނދާން ކޮއްދޭން މަޖުބޫރު ކުރަންޏާ ޝޮކެއްވެސް ލިބުން އެކަށީގެންވޭ….. ދެން އޮތީ ތިޔަ ބޭފުޅުންގެ ހިތްވަރެއް” ޑޮކްޓަރު ދަމުން އާދިލްގެ ބުރަކަށީގައި ފިރުމާލިއެވެ. އާދިލް ބަލާލީ ދުރުގައި އިން އަތޫޝާއަށެވެ. އަތޫޝާ އިސްޖަހާލީ އާދިލް އެދެނީ ކޮންކަމެއްކަން އެނގޭތީއެވެ. ނުވާނޭ ބުނެ ދެކޮޅު ހަދަން ބޭނުންވިއެވެ. އެކަމަކު.. އެކަމަކު މިހާރު ވަގުތު ފާއިތު ވެއްޖެއެވެ.
************************
“ޝައިމަން… މިހާރު ކިހިނެއްތަ ތި ހުންނަނީ… އަނެއްކާ ޝާޝާ އާއި ދެމީހުން ފައިޓެއްތަ.. ހެހެހެހ” ފުން ވިސްނުމަކަށް ގެއްލިފައި ހުރި ޝައިމަން ފެނި ވިޝާލް ދިމާކޮއްލިއެވެ. ހެނދުނު އޮފީހަށް އައި ގޮތަށް ޝައިމަން ގޮނޑީގައި ލެގިލައިގެން އޮތީ އަތޫޝާގެ ހަނދާންތަކުގައެވެ. ޒައިނަބުގެ ފަރާތުން ރޭގަ އަތޫޝާ ނިދަން ނާންނަކަން އެނގުނީއްސުރެން ބޮލުގައި ވަނީ ބޮޑު ރިހުމެއް އުފެދިފައެވެ. ހެނދުގެ ނާސްތާވެސް ނުކޮށް ގޭން ނިކުމެގެން އައީވެސް އެހެންވެއެވެ.
“އޭ އަސްލުވެސް ކެޓީތަ” ވިޝާލްގެ މޫނުމަތިން ސީރިއަސްކަން ފާޅުކުރަމުން އަހާލިއެވެ.
“ކަމެއް އޮވެގެނެއްނު ތިކަހަލަ ކަމެއް ވާނީ” ޝައިމަން ވިޝާލްއަށް ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އެ ހިނތުންވުމުގެ ފަހަތުގައި ވަނީ ކުދި ކުދި ކޮށް ކޮށާފައިވާ ހިތެއްގެ ރިހުމެވެ. ތަދެވެ. ވޭނެވެ. އެންމެ ގާތް ރަހުމަތް ތެރިއަށް ސިއްރުކޮށް ވަޅު ލެވިފައިވާ ވޭނެވެ. ދުނިޔެއަށް ސިއްރު ކުރެވިފައިވާ އިހްސާސްތަކެވެ.
“ހޭ މޭން… ޑޯންޓް ވޮރީ… ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް” ކަންތަށް ވެގެން އުޅެނީ ކިހިނެއްކަން ނޭނގުނެއްކަމަކު ކޮންމެވެސް ނުބައެއް އުޅެއޭ ވިޝާލްގެ ހިތްބުނެއެވެ. ރަހުމަތް ތެރިޔާ މިވަގުތު ބޭނުންވާނީވެސް ހިތްވަރެވެ. ހިތްވަރު ދޭން ހުންނާނެ ރައްޓެއްސެކެވެ.
“ހޫ… ކޮންކަމެއް އޮތީ… މާ އަވަހަކަށް އިރު އަރައިގެން ތިއުޅެނީ… ” ޝައިމަން ބޭނުންވީ އަތޫޝާގެ ހަނދާން ތަކުން ދުރަން ދާންށެވެ. އެހެން ނަމަވެސް ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ އެ ހިނިތުން ވުމެވެ. އެ މޫނަށް ޖައްސަމުންދާ ވައްތަރުތަކެވެ. ޝައިމަން އިސް ޖަހާލިއެވެ.
“ކަމެއް އެބައޮތް… ހިނގާބަލަ ވޯޓާރ ސްޕޯޓްސް ޖައްސާލަންދާން… ކިހާ ދުވަހެއް މިހާރު އެކަހަލަ ކަމެއް ކޮއްނުލާތާ ” ވިޝާލް ބޭނުންވީ ޝައިމަންގެ ބޮލަށާއި ހިތަށް ތަދުކުރަމުންދާ ކަންތަކުން ދުރުކުރުމެވެ. ދެބަސް ވުމަކާ ނުލާ ޝައިމަން އެއްބަސް ވުމުން ވިޝާލް ހިތްހަމަ ޖެހުނެވެ.
………………..
ހަވީރުގެ ހިތްފަސޭހަ ވަގުތުގައި މަގުމަތީގައި ވަނީ މީހުންނާއިގެން ތޮއްޖެހިފައެވެ. ދުއްވާ އެއްޗެއްސާ ހެދި ހުރަސް ނުކުރެވިފައި ތިބި މީހުން ގިނައެވެ. ޝަމްހާވެސް ބޭރަށް ނިކުމެލީ ފިހާރައަށް ދިޔުމަށެވެ. މަގު ހުރަސް ނުކުރެވިފައި ތިބި މީހުންގެ ތެރޭގައި ޝަމްހާވެސް ހިމިނެގިން ދިޔައެވެ. އެތަށް އިރަކު އިނުމައްފަހު ޝަމްހާގެ ރުޅިގަނޑު ގަދަވާންފެށިއެވެ.
“ސީރިއަސްލީ… ” ޝަމްހާ ފުން ނޭވާއެއް ފަޒާއަށް ބޭރުކޮއްލިއެވެ. އަދި ހިނގައިގަތީ މަގު ހުރަސް ކުރުމަށެވެ. މާލޭގެ ލައިޓުތަށް ހަލާކުވިއެކޭ ކިޔާފައި މަގު ކުރަސް ނޮށް ހުރެވޭހެއްޔެވެ.
“އޫޕްސް… ސޮރީ މޭމް….” ޝަމްހާއާއި ދާދި ކައިރިއަށް ހުއްޓުނު ސައިކަލުގައި ހުރި ޒުވާނާ އަވަހަށް ބުރަކި ޖައްސާލީ ޝަމްހާގައިގަ ސައިކަލު ޖެހިދާނެތީއެވެ. ޓަސްލާފައި ބުރަކި ޖެއްސުމުން ޒުވާނާ ކުރިއަށްވެސް އައެވެ.
“ދެލޯ ނެތީތަ… ދެން ތިމީހުންނާއި ހެދި ގޭގަ އޮންނަން ވީތަ…” ޝަމްހާ ރަނގަޅަށް ޒުވާނާއި ދިމާލަށް ބަލާލިއެވެ. މުށިކަން މަޑު ދެލޮލެވެ. ބޮލުގައި ޖައްސާފައިވަނީ މަޑު މުށި ކުލައެކެވެ. ނޫނީ އެއީ ހުންނަ ކުލައެވެ. ވަރުގަދަ ހަށިގަނޑެއް ލިބިފައިވި ޒުވާނާގެ ހަމުގެ ކުލަ ވަރަށްވެސް އައްޔެވެ. “ހައް” މޫނަށް ވައްތަރެއް ޖައްސާލަމުން ޝަމްހާ ކުރިއަށް ހިނގަގަތީ ދެރަނުވުމަށެވެ. ޒުވާނާގެ ތުންފަތުގައި ދުވެލީ ފުރިހަމަ ހިނިތުންވުމެކެވެ.
…
“އޫޕްސް އޫޕްސް…. ދެން ކިހިނެއް ހަނދާނީ…. އަހަރެން މޮޔަވެގެން.. އާން އަހަރެން މޮޔަވެގެން ކުރި ކަމެއް އެއީ… ” އަމިއްލަ އަނގަ މަތީގައި ޖަހަމުން ގެއަށް ވަތް ޝަމްހާ ފެނި އަތޫޝާ ޝަމްހާއަށް ގޮވާލިއެވެ.
“ކާކާ ދިމާލަށް ތި އެއްޗެހި ކިޔަނީ” ޝަމްހާ ކައިރަށް އައިސް ހުއްޓެމުން އަތޫޝާ އަހާލިއެވެ. “ނޭނގެ.. ޝަމްގެ ގަމާރުކަން.. އަޅެ އަޅެ.. ޓުއަރިސްޓެއް ކަންނޭގެ.. ކީކޭ ހިތައް އަރާނީ… ” ދެއަތުން ބޮލުގެ އިސްތަށި ގަނޑުގައި ހިފާ ދަމަމުން ޝަމްހާ ކިޔަމުން ދިޔައެވެ. “ހެހެހ… ސާބަސް… އަޅާ ނުލާ… ބޭރު މީހެއް ވީމަ އޯކޭނު…” އަތޫޝާ ޝަމްހާގެ އަތުގައި ހިފާ ތިރިކުރުވިއެވެ. މިހާރު އެ ބޯ ހީވަނީ ހާމުންޑި އެއް ހެނެވެ.
“އަސްލު ކޯޗެއް ގަންނަން ދިޔައީ” ދެތަށި ޖޫސް އެޅުމައްފަހު އަތޫޝާ އިށީނީ ޝަމްހާ ކުރިމައްޗައްވާގޮތަށެވެ. އަތޫޝާއާއި ޝަމްހާ އިނީ ކާކޮޓަރީގައެވެ. ދެރަހުމަތް ތެރިންވެސް ދައްކަން އެތަކެއް ވާހަކަ ތަކެއް ހުރީ ކަންނޭގެއެވެ.
“ކުލަ ފުޅިއެއް.. ބޮލުގަ ޖައްސަން.. ދެން ނޫޅެން… ފޫހިވެއްޖެ” ޝަމްހާ މޫނަށް ގޮތެއް ހަދާލަމުން ޖޫސްތަށިން އެތި ފޮދެއް ބޯލިއެވެ.
“ޝަމް……” އަތޫޝާ އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ޝަމްހާ އަތޫޝާ ދައްކަން އުޅޭ ވާހަކަތަކަށް ސަމާލުކަންދިނެވެ.
“ޝާޝާ.. އައި އެމް ސޮރީ… އައި އެމް ސޮރީ އެރޭ ވީ ކަންތަށް ނުބުނެވުނީމަ…” ޝަމްހާ އަތޫޝާގެ އަތުގައި ހިފަމުން މާފަށް އެދުނެވެ. “އެއީ ކަމެއް ނޫން.. ޝަމްގެ ޖާގައިގަ އަހަރެން އިންނަމަވެސް ވާނީ ހަމަ ތިހެން…. ޝަމް މަމްދޫހު ހޭ އަރައިފި” އަތޫޝާ ވަރަށް ހިތްވަރުން އިއްވާލިއެވެ. “ޢަސްލުތަ…. ނަސީބެއްނު….” ޝަމްހާ އުފާވިއެވެ. އަދި ހަމްދު ކުރިއެވެ. “އެކަމް… އެކަމް.. މަމްދޫހު ހަނދާނެއް ނެތް…. ވެޑިންގެ ވީކެއެއް ކުރީގެ ހަނދާން ހުރީ… ދެން.. ދެން އަހަރެން ކިހިނެއް ހަދާނި” އަތޫޝާވެސް ޝަމްހާގެ އަތުގައި ހިފިއެވެ. އެދެލޮލުން ދެރަވެފައި ވާވަރު ޝަމްހާއަށް ހާމަވެއެވެ. އެހެން ނަމަވެސް އެދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ޝަމްހާއަކަށް ނުފެނުނެވެ. “އާރ ޔޫ އޯކޭ….. ޝާޝާ އޯކޭތަ” ޝަމްހާ އަށް ވިސްނާލެވުނީ އަތޫޝާގެ ހާލާ މެދުގައެވެ. “ޝަމް މަމްދޫހު އަހަރެން ދެކެ ވަރަށް ލޯބިވޭ އަސްލު…” އަތޫޝާއަށް އިތުރަށް ކުރިއަށް ގެންދެވުންވީ އުނދަގޫ ކަމަކަށެވެ. “ދެން ދަނީ… ޝަމް އަހަރެން މިދަނީ ނިދާލަން.. ތަށި ދޮވެދެއްޗޭ…” ހިނިތުންވެލަމުން އަތޫޝާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޝަމްހާއަށް އިނދެވުނީ އަތޫޝާ ދިޔަ ދިމާލަށް ބަލާންށެވެ. އަތޫޝާއަށް އެވަނީ ކީއްހެއްޔެވެ.
………………..
“މި ކުޑަ ކުޑަ ސޫފި ނުވެސް އާދެއޭ ދޯ… މިހާރު ފޮންޏޭ… ކުރީގަ އަހަރެން ފަހަތުން ނުނެއްޓޭނެ” ޒުލޭހާ ކައިރީގައި އިން ރާނިޔާ ފެނި މަމްދޫހު ޝަކުވާ ކޮއްލިއެވެ. “ރާނީ… ” މަމްދޫހު ތަކުރާރުކޮށް ދިޔައީ ރާނިޔާއަށް ގޮވަމުންނެވެ.
“އާޝިޔާ ދައްތާ ރާނީއަށް ހާދަ ހީވެއޭ މަމްދޫހު މީހަރު މޮޔަހެން… ބަލާބަލަ ރާނީ ކައިރީގައި ހުނަން އިރުވެސް އެދަނީ ގޮވަމުން… ” ރާނިޔާ މަމްދޫހު ކައިރިއަށް އައިސް ހުއްޓެމުން ބުންޏެވެ. “އެހެންތަ” މަމްދޫހު ރާނިޔާއަށް ލޯއަޅާލުމުން ރާނިޔާ ދޫނެރެލިއެވެ. އާޝިޔާ އާއި ޒުލޭހާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
އާޝިޔާއާއި ޒުލޭހާ ބޭރަށް ނިކުމެލީ ވާހަކަ ދެއްކުމަށެވެ. އާޝިޔާ އިނީ ޒުލޭހާ އާއި މެދުގައި ކަންތަށް ކުރެވުނު ގޮތާމެދު ދެރަވެސް ވެފައެވެ.
“އަހަރެން ވަރަށް އުފާވެއްޖެ މަމްދޫހުގެ ކުރީގެ ގޮތްގަނޑު އަނބުރާ އަންނާތީ….. ޒުލޭ… މަށަށް މާފު ކުރާނަން ދޯ… ” އާޝިޔާ އިނީ ހަމަ ހަގީގަތަށްވެސް ދެރަވެފައެވެ. ފުރަތަމަ ފަހަރަށް ޒުލޭހާއަށްވެސް އާޝިޔާގެ ދެލޮލުން ތެދުވެރިކަން ހާމަވިއެވެ. “ރަނގަޅުވާނެ.. ދެރަގޮތަކަށް އެއްކަމެއްވެސް ނުވާނެ… ދެން ކިހިނެއް ހަދަނީ.. މިބުނީ ކައިވެނި،….. ” ޒުލޭހާ ސުވާލުކޮއްލިއެވެ. “އަތޫޝާ އެއްބަސް ކުރުވަން ޖެހޭނީ.. އެމަންޖެ ހާދަ ރަނގަޅޭ… ކޮންމެ ދުވަހަކު އެތަށް އިރެއް ވަންދެން މަމްދޫހުގެ ކައިރީގައި އިނދޭ….. ” އާޝިޔާ އަށް އަތޫޝާ އަކީ ރަނގަޅު ކުއްޖެއްކަން އެނގެއެވެ. އެހެން ނަމަވެސް ގަބޫލު ކުރަން ބޭނުން ނުވީއެވެ. އެހެން ނަމަވެސް މިހާރު އާޝިޔާ ބޭނުންވަނީ އަތޫޝާ ކިބައިން މާފަށް އެދުމަށެވެ. މަމްދޫހުއާއި ކައިވެނި ކުރުމައްވެސް ބޭނުންވަނީ އަތޫޝާގެ ރުހުމެވެ.
***********
ރޭގަނޑުގެ ހަމަ ހިމޭން ވަގުތައި އަތޫޝާ ވަގުތު ހޭދަކުރަމުން ދިޔައީ ޓެރަހުގައެވެ. ހަވީރުގައި ރަނގަޅަށް ނިދާލުމުން އަތޫޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަމަޖެހުމެވެ. އުޑުމަތިން ފެންނަމުން ދިޔައީ ކުދި ކުދި އަލިތަކެވެ. ހަނދުގެ އަލިކަމެއް ނެތިވެސް އުޑުމަތި ފެންނަނީ ވަރަށްވެސް ރީޗަށެވެ. އަތޫޝާ އެތަށް އިރަކު ޓެރަހުގައި އެކަނި ވަގުތު ހޭދަކުރިއެވެ. އިރު އިރު ކޮޅާ އަތޫޝާ ފަސް އެނބުރި ބަލާލަނީ މީހަކު އާދޭތޯއެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ޝައިމަންއަށްކަން އަތޫޝާއަށް އެނގެއެވެ. އެހެން ނަމަވެސް އެކަންވެސް މިހާރު ގަބޫލުކުރަން ބޭނުން ނުވަނީއެވެ.
އެތަށް އިރަކު ޓެރަހުގައި މަޑުކުރުމައްފަހު އަތޫޝާ ގޭތެރެއަށް ވަނީ ސިޓިން ރޫމްގައި އިނުމަށެވެ. ސިޓިން ރޫމުގައި ވަނީ މަޑު އޮރެންޖް އައްޔެވެ. އަތޫޝާ މިސްރާބު ޖެހީ ސޯފާއާއި ދިމާލަށެވެ. އެހެން ނަމަވެސް ސޯފާއާއި ތަންކޮޅެއް ދުރުގައި މަޑުކޮއްލީ ސޯފާގައި ދެލޯ މަރައިގެން އޮތް ޝައިމަން ފެނިއެވެ. ޝައިމަން ގެއަށް އައީ ކޮން އިރަކު ހެއްޔެވެ. މިތާ ޝައިމަން އޮންނަތާ ކިހާއިރެއް ވެދާނެބާއެވެ. އަތޫޝާގެ ހިތުގައި ސުވާލުތަކެއް ގިނަވިއެވެ. އަތޫޝާ ޝައިމަން އާއި ދާދި ކައިރިއަށް އައިސް ހުއްޓުނުވެ. އަދި ޓައިލްސް މަތީގައި އިށީނީ ޝައިމަންގެ މޫނާ ދިމާލުގައެވެ.
އަތޫޝާ ޝައިމަންގެ ފަން ފަން އިސްތަށި ގަނޑުގައި އަތް ހިންގާލިއެވެ. މަޑުންނެވެ. ވަރަށްވެސް މަޑުންނެވެ. ޝައިމަން ނިދާފައި އޮންނަ އިރުވެސް ހާދަ ހިތްގައިމެވެ. އަތޫޝާގެ ހިތް އެވަގުތު އެދެމުން ދިޔައީ ޝައިމަންގެ އަތު ދެރޭގައި އޮވެ ނިދާލުމަށެވެ. އެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ކުރުމަށެވެ. އެ މަޑު ތުންފަތުގެ ބޮސްދުންތަކަށެވެ. އެވަގުތު އަތޫޝާގެ ދެލޮލުން ކަރުނައިގެ އަސަރު ފާހަގަވާން ހުއްޓެވެ. އިރުކޮޅެއްނުވެ ކަރުނައިގެ ރޮގެއް އަތޫޝާގެ ކޯތާފަތުގައި ފާއްދާލިއެވެ. އެވަގުތު އަތޫޝާގެ ހިތް ގޮވަމުންދިޔައެވެ.
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ
ނޫޅެވޭނޭމަށާ ދެން ކަލާޔާ ނުލާ…
ޝައިމަންގެ ކޯތާފައުގައި އަތޫޝާ ފިރުމާލިއެވެ. އެ މަޑު ތުންފަތުގައި ވަރަށް ވެސް ސިއްރުން ބޮސްދިނީ ދެން އެކަހަލަ ފުރުސަތެއް ނުލިބޭނެތީއެވެ. “ޝައިމަން އައި އެމް ސޮރީ….” އަތޫޝާ އަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނީ ރޮމުންނެވެ.
ކޮޓަރީގެ ދޮރު ޖެހުނު އަޑަށް ޝައިމަން ތެދުވިއެވެ. އަދި ތުންފަތުގައި އަތް ހިނގާލުމަށްފަހު ކޮޓަރިއާ ދިމާލަށް ބަލާލިއެވެ. ޝައިމަން ހިތުގައި ފިރުމާލީ ހިތަށް ތަދުވާން ފެށުމުންނެވެ. އަތޫޝާ ޓެރަހުގައި އެކަނި އިނިމުން ޝައިމަން ސޯފާގައި އޮތީ މިކަހަލަ ކަމެއް ވާނެ ކަމަކަށް ނޫނެވެ. ޝައިމަންގެ ހިތް ބުނަމުން ދިޔައީ އަތޫޝާ ލޯބިވަނީ ހަމައެކަނި ޝައިމަން ދެކެ ކަމެވެ. މައްސަލަ އަކީ ސިކުނޑިއެވެ. ސިކުނޑިން ސިގްނަލް ދެމުން ދިޔައީ އަތޫޝާ އެއީ މަމްދޫހުގެ ހައްގެއް ކަމެވެ. “ޝާޝާ… އައި ކާންޓް.. އައި ޖަސްޓް ކާންޓް” ޝައިމަން މޫނުމަތީގައި އަތް އަޅަމުން ކިޔަމުން ދިޔައެވެ. ޝައިމަން ސޯފާއިން ތެދުވީ އަމިއްލައަށް ގޮތެއް ނިންމައިގެނެވެ. އެއީ ހުރިހާ އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތެވެ.
***********
މިއަދަކީ މަމްދޫހު ހޮސްޕިޓަލް އިން ދޫކޮއްލާ ދުވަސްކަމުން އާޝިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގެއަށް ގެންދަން ޖެހޭ ހުރިހާ އެއްޗެއް ޕެކް ކުރުމަގައި އާޝިޔާއަށް ސަނާ އެހީވެދިނެވެ. އާދިލް ދިޔައީ ފުރިހަމަ ކުރަންޖެހޭ ފޯރމުތަށް ފުރިހަމަކުރުމަށެވެ.
“ޝާޝާ” ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ސަނާ ބަލާލިއެވެ. “ޝާޝާ އިއްޔަ އެއްކޮށް ނުފެނޭ….އަދިވެސް ރުޅި އައިސްތަ ތހުރީ” މަމްދޫހު މާޔޫސްކަމާ އެކީ އަހާލިއެވެ.
“ދަރިފުޅާ ހިނގާބަލަ މީޗެހި ކާރާ ހިސާބަށް ގެންދަން..” އާޝިޔާ ބޭނުންވީ މަމްދޫހަށާއި އަތޫޝާއަށް ވަގުތުކޮޅެއް ދިނުމެވެ.
“އާދެބަލަ…” އާޝިޔާމެން ނިކުތުމުން ދުރުގައި އިން އަތޫޝާއަށް މަމްދޫހު ގޮވާލިއެވެ. ޖެހިލުންވު ހުރެ އަތޫޝާ މަމްދޫހުއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“އައި އެމް ސޮރީ… އެން ނުދުއްވާނެމޭ ސައިކަލެއް އެހާ ބާރަކަށް،…. އައި މިސްޔޫ….. އައި ނޯ ތިއިނީ ދެރަވެފަކަން… މަންމަ ބުނި ކޯމާއެއްގަޔޯ އަހަރެން އޮތީ…. ސޮރީ ދެން ނުވާނޭ އެހެނެއް… އަހަރެން ކައިރީގައި އިނދެ ވަރަށް ރުއި ވާހަކަވެސް އަޑުއެހިން… ވަރަށް ދެރަވި ދޯ..” އަތޫޝާގެ އަތުގައި ހިފާ މަމްދޫހުގެ މަގަތުގައި ބައިދަމުން މަމްދޫހު އަހާލިއެވެ. އަދި އަތޫޝާގެ ކޮލުގައި ފިރުމާލިއެވެ. “ޝާޝާ ވާހަކަ ނުދައްކާނަންތަ” އަތޫޝާ ވާހަކަ ނުދައްކާތީ މަމްދޫހު އަހާލިއެވެ. އަތޫޝާ ދެފަރާތަށް ބޯ ޖަހާލީ ނޫނެކޭ ބުނުމަށެވެ.
“ޑޯންޓް ވޮރީ ވީ ވިލް ގެޓް މެރިޑް ސޫން” އަތޫޝާގެ ހަށިގަނޑުގައި މަމްދޫހު ބައްދާލިއެވެ. އަތޫޝާއަށް އިނދެވުނީ ހަދާނެ ގޮތެއް ނޭނގިއެވެ. މަމްދޫހު އަތޫޝާ ގައިގަ ކުރިއަށް ވުރެއްވެސް ބާރަށް ބައްދާލިއެވެ. މަމްދޫހު ދެލޯ މަރާލުމައްފަހު އަތޫޝާގެ ކަނދުރާއިން ވަސްގަނެލިއެވެ. ރަތް ކުލައިގެ ހެދުމެއް ލައިގެން އިން އަންހެން ކުއްޖެއްގައިގަ މަމްދޫހު ބޮސްދެމުން ދިޔައީ އަވަސްވެފައިވާ ނޭވާއާއިއެކުގައެވެ. އެ ކުރު އިސްތަށި ގަނޑުގެ ސަބަބުން ކަންދުރާ އޮތީ ހާޔަށް ފެންނާންށެވެ. އެ އަންހެން ކުއްޖާ މަމްދޫހަށް ގޮވާލީ ވަރަށްވެސް މަސްތީކޮށެވެ. ބޮސްދެމުން ދިޔަ މަމްދޫހު އެ އަންހެން ކުއްޖާ މަމްދޫހު އާއި ދިމާލަށް އަނބުރާލިއެވެ.
“މަމްދޫހު” މަމްދޫހުގެ އަތުގައި ނުހިފި ނަމަ އަތޫޝާ ވެއްޓޭނީ ބިންމައްޗަށެވެ. މަމްދޫހަށް އެވީ ކިހިނެއް ހެއްޔެވެ. “މަމްދޫހު ކިހިނެއްވީ” ދެލޯ ބޮޑުކޮއްގެން ހުރި މަމްދޫހުގެ އަތުގައި ހިފާ ކުޑަކޮށް ފިތާލަމުން އަތޫޝާ އަހާލިއެވެ. މަމްދޫހު އަތޫޝާ އާއި ދިމާލަށް ބަލަން ހުރީ ދެލޯ ބޮޑުކޮއްގެނެވެ. މަމްދޫހު އެ ވިސްނަމުން ދަނީ ކޮންކަމަކާ ބާއޭ އަތޫޝާ ހިތައް އެރިއެވެ. އަނެއްކާ މަމްދޫހު ހަނދާން ވީބާއެވެ. އަތޫޝާ މަމްދޫހު އާއި ދިމާލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.
“ނުނިމޭ”
3838 Comments
Comments are closed.
Eyn? Kihinekey mivany?alhe kamanaaaa …shaasha and shaiman ah ehn nuhadhaba dho..haadha dhera eh veyyyyy???? .mamdhooh ah keeh evy? ???
Asluvxtha. Shaiman happii vaakahala kameh kuranvy dhw. Anywayxx thnku do much. Lov ya??
Wow…nice….love it..shaimananehkkaa kn gotheh baa e visny…mahmoodhu dhn shaashaa akaa noon..e dhemyunneh nugulhe…hama shaiman a aashaa aa gulhenii….waitng fr nxt
Neyge dhw. Alhr shaiman vidnany kn gothakahtho balamaa ? Mamdhooh handhaan vyma ehnu kameh vaanii. Thnk u lov
Lov ya??
Alhey… dhen abadhu mamdhooh beynun goii dho mi vany..sad for shaiman
Mamdhooh abadhu knmrvx kameh kuraane ehnve ehn vany. Hehehe. Thnk u do much foohi kameh nethi kiyaathy. Lov ya??
mamdhooh act jahsany thwhche .. feyku golaeh .. kamana bunymennu hinteh libeyne mamdhooh libeny kaakah kah .. aneka shaasha tha ? ehen nuhadhahchey kamanaa .. shaasha n shaiman . by the way .. story v habeys ???
Shaashaagr isthashi gandu kurutha? Thnk u so much lov ya. Hopr yu will wait for the mxt part ??
Vvvv reethi..I just love it…keep it upvahah next part up kohdhehcheyy writing …
Thnk u so much. I lov whn yu guyx say those thingxx. Lov ya??
Waiting
Kamanaaa .. mamdhooh ah hiyaaluga red kulaige ehcheh laign huhtaa fennany shamha dhw… Shaashaa nd shaiman gulheny. Edhemyhun gulhuvahchey..
Ae shamtha. Sham aa mamdhooh aa dhemedhu ekahala kameh vitha? Heheh thnk u do much. Hope yu will eait for the nxt part too. Lov ya??
Vvvvvvvvvv foohi. Mamdhoohu beynun goi vaathi.
Alheyyyy. I hope mi vaahaka nimen dhnn kiyaanr kamah. Anywayxx thnk u so much. Lov ya??
I think hama shaiman ah hen libeynee…mamdhoohu dheyne shaa shaa shaiman ah hehe..kamanaa avahah up kohlladhehchey…varah ves reethi…nxt part kiyaahithun hama kehmadhuvefa…
Heheh alhe letxx see dhw. Heheh i will try ingey. Aslu this part too reyga up kuran ulhe ulhe connect nuvi. Ehnvr las vy. Sorry guyxx for tht. N ya phy thnk u so much n lov ya??
Alhe story v lobi waiting for next part shaiman ah dhera gotheh nahadhaa athoo enme gulheny shaiman ai plz readers hih ufaa vaa kahala gothakah story end genes dhy v cute thanks for lovely story
Thnk u so much naa. Hope yu’ll eait for the nxt part too lov ya??
Story hama vara salhi next part avaha up kohdhechey..?
Thnk yu so much sha. Lov ya??
varah reethi mi baivex…. but not mamdooh… i want shiman n shasha….. 2 sh nugulhuniyaa stry vai vaane…. plx ehen nuhadaathi…
Heheh alhe letx see vaane gotheh dhw. Hope yu’ll
Wait for the nxt part tooo. Lov ya n thnk u??
Stry hama habeys keep it up waiting for the nxt part
Thnk u so much. Lov ya??
Yageen e monday handhaankolhu return vy
Hahhaha hama yagyntha. Alhe balamaa dhw. Thnk yu so much n lov ya??
Aslu mamdhooh ah danhandaan hure gothun lebenee raaneyaa dhw raaneyaa kannange esthashi gandu kuree shaashaage v degehnu dhan shaiman kohme gotheh hadaafa ves shaashaa kaameyaabu kuraane
Zaanaa thi guess kury rangalhah tho balamaa dhw. I too wish. Heheh. Thnks lov. Lov ya ??
i wish mamdhoohuge memoryga einee raany ah vun…n shaiman rangalhuvaanee kuda dhuvaskolhakah ehen thanakah dhiyaeema dn shaashaa ah visneyne dhw eyna aslu beynunvaa gothei…
shaashaa is feeling boahalaaku???
Hahhaha aslu vx dhw?? hingaabala dhw balamaa vaagotheh. Maybe yur ryt may b not? Letx see. Thnkxx n lov ya??
Alhey…. Dhn shaiman ah ehn nuhadhaa…. Shaashaa deserves shaiman… Nt mamdhooh…. Abadhu mamdhooh ah gud goiyy vaathy ehaa kiyaa hitheh nuvey… Dhn v foohi…. Bt mi story nukiyaa vx hiyy hama eh nujehey…. E mamdhooh ah Dhn knmevx gotheh hadhaafa shaashaa ge life in beyru kohbala…… Aneh hn story v rythi bt mihaaru vaa goiyy ehaa rythi eh noon….. Btw wen is next part…???
Alheyyy so sorryy if i m dissappointin yu. I just hope mi vaahaka nimendhn kiyaane kamah. Thnk u so much n lov ya??
hey kamanaa, this is a nice story, I read you’re previous stories and you have improved a lot, just keep going 🙂 and one more thing, up kurumuge kurin proofread kohlahchey eirah mistakes thah rangalhu kohleveni ves
Ooooh muthaa i cant blve yu cmmnted on my stry. I m a big fam of yurs just soo happiii muthaa alhuganduge vaahaka kiyaathy. Yu r my idol n yes insha allah i will try to improve a lot. I lov yu?? nn thnkx alot lov ya??
kamanaaa.. kn irakun next part up kohladheyny
Afu miadhu up kuraanan insha allah. ?
thnkyu kamanaa .. ur the best….☺☺☺love youh