Skip to content
އެސްފިޔަ

ފުންއަސަރު 31

ހަށިގަނޑުގައި ހުރިވަރެއްލާފައި ކުރިއަށް ދުއްވައިގަތް ސާރާ މެރެމުން ދިޔަ އެސްފިޔަ ދޭތެރެއިން ޝިޔާރާ އަށް ފެނުނެވެ. ހާލާ އެމްބިޔުލާންސަށް ގުޅުމުން ޝިޔާރާ ނެރުނީ ޝަޒަންގެ އަތްމަތީގައެވެ. އެމްބިޔުލާންސްގައި ޝިޔާރާ އާއި އެކު ދިޔައީ ސާރާ ، ހާލާ އަދި ރާކީއެވެ. ފަހަތުން ސައިކަލުގައި ޝަޒަން މަޑުމަޑުން ހުރި ޒޯހަން ގޮވައިގެން ނައްޓާލިއެވެ. އަދި ނިދާފައި އޮތް ހަރީރާ އާއި މޫސަ ހޭލައްވައިގެން ޝިފްނީ ޓެކްސީ އަކުން ހޮސްޕިޓަލަށް ދިޔައީ ކައިރީގައި ހުރި ނިއާ އަށް ބަލާވެސް ނުލައެވެ. އާރިކް މަޑުކުރީ ނިދާފައި އޮތް ލައިލް އާއި ރިވާން ކައިރީގައެވެ. އަދި ނިއާ ވެސް ޖެހުނީ ގޭގައި މަޑުކުރާށެވެ. މިރޭ މިވީ ގޮތުން ނިއާގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ވަރަށް ހިތްހަމަޖެހުން ލިބިފައެވެ. ލިބުނު އުފާވެރިކަން މައިންބަފައިންނަށް ފޯނުން ގުޅައިގެން ކިޔާދެމުން ދިޔައިރު ކައިރީގައި އަޑުއަހަން އާރިކް ހުރި ކަމެއް ވެސް ނޭނގއެވެ.

 

އެމެޖެންސީ ރޫމުގައި ޝިޔާރާއަށް ފަރުވާ ދެމުން ދިޔައިރު ހާއްސަ ހުއްދައަކާ އެކު ޝަޒަން ވެސް އެތެރޭގައި އުޅެއެވެ. ދެކޮޅަށް ހިނގަ ހިނގާ ހުރި ޒޯހަން ވާނުވާ ނޭނގި ހުރީ ހިތް އަވަސްވެފައެވެ. ޝަޒަން ބޭރަށް ނިކުމެ ޝިޔާރާގެ ހޭހުރިކަމަށް ބުންޏެވެ. އަދި ބަނޑުގައި ރިއްސާތީ ތެޅިފޮޅެނީ ކަމަށް ބުންޏެވެ. ޝިޔާރާގެ ދުލުކުރީގައިވީ މަންމަގެ ނަންކަމަށް ވެސް ބުންޏެވެ. ހަރީރާގެ ކޮނޑުގައި ބޯއަޅައިގެން ހުރި ސާރާ ރޮމުން ދިޔައެވެ. ހުއްޓާނުލާ ސާރާ ރޯތީވެ ޝިފްނީ ވެސް ހުރީ ރޮވިފައެވެ. ކިނާން އަށް ގުޅާ ޝިފްނީ އެހަބަރު ދިނުމުން ކިނާން ވެސް އެތަނަށް އައެވެ. “މަންމާ.. އަޅުގަނޑުގެ ޝިއުނީ ކައިރިއަށް ވަންނަން ބޭނުން” ރޮއެރޮއެފާ ތަކުރާރުކޮށް ސާރާ ބުނަމުން ދިޔަ ޖުމްލަ ޝަޒަންގެ ކަންފަތުގައި ގުގުމާލިއެވެ. ޝިއުނީ ކޮއްކޮއަކީ ޝިޔާރާ ހެއްޔެވެ؟ ނަމަވެސް މިވަގުތަކީ މިކަމާއި ވިސްނަން އެންމެ ރަނގަޅު ވަގުތު ކަމުގައި ޝަޒަން އަށް ނުފެންނާތީ ޑޮކްޓަރުންގެ ހުއްދަ ލިބިގެން ސާރާ އެތެރެއަށް ވެއްދިއެވެ. އެކުގައި ޒޯހަން ވެސް ވަނެވެ. ދަމާލާފައި ހުރި ފަރުދާގެ އެރެއިން ޒޯހަން އަށް ޝިޔާރާ ރޯއަޑު އިވުމުން ހިތްފަޅައިގެންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ޝިޔާރާގެ ދަރިފުޅުގެ ވިންދު ދަށްވަމުންދާ ވާހަކަ ބުނުމާއެކު ޒޯހަން އަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. އެފަދަ ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ. ޑޮކްޓަރުން ކުރި ސުވާލަށް ޖަވާބުދެމުން ޒޯހަން ޝިޔާރާ އަށް ހަތްމަސްވީ މިއަދު ކަމަށް ބުންޏެވެ. އޮޕްރޭޝަންކޮށް ދަރިފުޅު ނަގަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނުމުން ސާރާ އެތެރެއަށް ވެއްދީ ތިއޭޓަރަށް ވެއްދުމުގެ ކުރިން ޝިޔާރާ ދެކިލަމަށެވެ. އެކުގައި ޒޯހަން ވެސް ވަނެވެ. ވޭނުގައި ތެޅެމުން ދިޔަ ޝިޔާރާ ޒޯހަން އަށް ފެނުމުން ބަލާލިއެވެ. އަދި އަތްދިއްކޮށްލާ ޒޯން އޭ ބުނެލިއެވެ. ލިބިފައިވާ މާޔޫސްކަން ޒޯހަންގެ ހިތުން ފިލާ ދިޔައީ ޝިޔާރާގެ ކުރަކިވެފައިވާ އަޑު ކަންފަތަށް އިވުނު ހިނދުއެވެ. އެއަޑަށް ޒޯހަން ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ؟ ނަމަވެސް މިއަދު އެއަޑު ޒޯހަންގެ ކަންފަތަށް މިއިވުނީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟ ޔާﷲ އެވެ. މިއަޅާގެ ލޯބިވާ އަނބިމީހާ އާއި ދަރިފުޅު ހެޔޮހާލުގައި މިއަޅާއަށް ދެއްވާށިއެވެ. ހިތާހިތުން ޒޯހަން އަށް ދުޢާ ކޮށްލެވުނެވެ. ދިއްކޮށްލާފައިވާ ޝިޔާރާގެ އަތުގައި ޒޯހަން އަށް ނުހިފެނިސް އެތަނުން ނިކުންނަން ޖެހިއްޖެއެވެ. ފޯމުގައި ޒޯހަން ސޮއި ކުރިއރު ވެސް ސާރާ ޝިޔާރާ ކައިރީގައި އިނދެ ރޮނީއެވެ. “މަންމަގެ ޝިއޫ… ތީ މި މަންމަގެ ދަރިއެއް. ދަރިފުޅާ ހިތްވަރުކުރާތި. އުފާވެރި ހަބަރަކާއެކު މަންމަ އާއި ބައްދަލުކުރާތި” ލޯމެރިފައިވާ ޝިޔާރާގެ ބޮލުގައި ފިރުމާލަމުން ސާރާ ވާހަކަދެއްކިއެވެ. އެންމެ ފަހުން ޝިޔާރާ ތިއޭޓަރަށް ވައްދާ ވަގުތު ޖެހުމުން ސާރާ ވެސް ޖެހުނީ އެތަނުން ނިކުންނާށެވެ. ލޯމެރިފައި އޮތް ޝިޔާރާއަށް ސާރާ ދެއްކި ހުރިހާ ވާހަކަތަކެއް އަޑު އިވުނެވެ. ނަމަވެސް ދުލުން ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

ހާލާ އާއި ރާކީ މާލެ ގޮސް ޝިޔާރާ އާއި ދަރިފުޅަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހިފައިގެން ހޮސްޕިޓަލަށް ވަން ވަގުތު އެއީ ޝިޔާރާގެ ދަރިފުޅު ދުނިޔެއަށް އުފަންވި ކަމުގެ އުފާވެރި ހަބަރު ލިބުނު ވަގުތެވެ. ނަރުސް ކުއްޖާ ހަމައެކަނި ދަރިފުޅު އުފަންވި ވާހަކަ އާއި ގާރލްއެކޭ ބުނުމަށްފަހު ބޭނުންވާ ސާމާނު ދިނުމަށް ނަރުހުން އެދުނެވެ. ޒޯހަން އަށް ލިބުނު އުފާވެރިކަމުން މާތްﷲ ގެ ހަޒްރަތަށް ޝުކުރުކުރިއެވެ. މޫނުމަތީގައި ދެއަތް އަޅާ ދެކަކޫ މައްޗަށް ތިރިވެވުނެވެ. ދެއިގިލި ދޭތެރެއިން ފޭދިގެން ނިކުންނަނީ އުފާވެރިކަމުގެ ކަރުނައެވެ. އެވަގުތު އެހިސާބުގައި މަޑުކޮށްލައިގެން ތިބި މީހުން ވެސް ތިބީ އެމަންޒަރު ބަލާށެވެ. ސާރާ ވެސް ހީވަނީ އުފަލުން އެހެންކަމެއްހެންނެވެ. އިބްރާހީމް ސާރާ ގަޔާ ކައިރިކޮށްލިއިރު ވެސް ސާރާ އަށް ހެވެނީއެވެ. ރާކީ ފޯނުން ގުޅާ ވަގުތުން ލަތާ އާއި އަދި ނޫރީ އަށް ހަބަރު ދިނެވެ. އިރުކޮޅަކުން ނަރުސްކުއްޖާ ޝިޔާރާގެ ނަމުން ގޮވާލުމަށްފަހު ދަރިފުޅު ގޮވައިގެން ބޭރަށް ނިކުތެވެ. ދަނބު ކުލައިގެ މަޑު ފޮތިކޮޅެއްގެ ތެރޭގައި އޮތް މަޑު ފުށްކޮޅެއް ކަހަލަ ތުއްތު ފުރާނަ އެންމެ ކުރިން އެރީ ޒޯހަންގެ އަތަށެވެ. ޒޯހަންގެ ލޮލުން ވެއްޓުނު ކަރުނަތިކި ތިރިއަށް ގޮސް ޖެހުނީ އެލޯބިލޯބި ދަރިފުޅުގެ ދޮން ރަތްކުލައިގެ ކޯތާފަތުގައެވެ. އެވަގުތު އެދަރިފުޅު ދެލޯ ހުޅުވާ ޒޯހަން އަށް ބަލާލިއެވެ. ޒޯހަން ދަރިފުޅުގެ ކޮލުގައި ތުންފަތްޖައްސާ މޭގައި ޖައްސާލިއެވެ. ހުރިހާ މީހުން ކުއްޖާ އުރާލާ ނިމުމުން ނަރުސް ކުއްޖާ ބުނީ ބޭބީގެ ހާލު އެހާ ރަނގަޅު ނޫންކަމަށާއި ހަތްމަހުގައި ދުވަސްނުފުރާ ނަގަންޖެހުމުގެ ސަބަބުން ބޭބީގެ ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށެވެ. އެހެންކަމުން ދެހަފްތާ ވަންދެން ނާރސަރީގައި ބާއްވަން ޖެހޭނެ ކަމުގައެވެ. އަދި ބޭނުންކަމަށް ވާނަމަ ޑޮކްޓަރާއި ވާހަކަދައްކައިގެން ދަރިފުޅު މާލެ ބަދަލުކުރަންވީ ކަމުގައެވެ. އިތުރު ނަރުހެއް ނިކުމެ ޝިޔާރާގެ ފިރިމީހާ އާއި ބައްދަލުކުރަން ޑޮކްޓަރ ބޭނުންވާކަމަށް ބުނުމުން ޒޯހަން އަވަސް އަވަހަށް ކުރިއަށް ޖެހިލާ ނަރުހާ އެކު އެތެރެއަށް ވަނެވެ.

 

ޝިޔާރާގެ ހަބަރެއް ހިފައިގެން ޒޯހަން ބޭރަށް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރިހާ މީހުން ބޭރުގައި ތިއްބެވެ. އިރުކޮޅަކުން ދޮރު ހުޅުވާލާފައި ނިކުތް ޒޯހަން ފެނުމާއެކު ސާރާ އާއި އިބްރާހީމް ކޮޅަށް ތެދުވީ އެކީގައެވެ. ޒޯހަންގެ މުޅި މޫނުމަތި ވަނީ މިލާފައެވެ. މޫނުމަތި ހުރި ގޮތުން ނުރޯންް ވަރަށް ހިތްވަރުކުރާކަން ވެސް އެނގެއެވެ. ޝަޒަން އާއި ރާކީ އައިސް ޒޯހަންގެ ދެފަރާތުން ހުއްޓުމުން ޒޯހަން އަށް ބައްދާލެވުނީ ރާކީ ގައިގައެވެ. “ދޮންތާ” ޒޯހަންގެ އަޑުން ވެސް ނުބައި ހަބަރެއްކަން ހުރިހާ މީހުންނަށް އެނގިގެން ދިޔައެވެ. އިސާހިތަކު ހުރިހާ މީހުން ޒޯހަންގެ ވަށާލިއެވެ. ޒޯހަންގެ ދެފައިގާ މަޑު ތުރުތުރެއް ހުރިކަން ރާކީ އަށް އިހުސާސް ކުރެވުމާއެކު ޒޯހަންގެ ކޮނޑުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. “ޒޯން ކިހިނެއްވީ؟ ޝިޔާ ރަނގަޅުތަ؟ ކީއްކުރަން އެތަނަށް ވެއްދީ؟ ސުވާލުކުރީ ރާކީ އެވެ. “ދޮންތާ ޝިޔާގެ އަދިވެސް ލޭމަނާ ނުވެޔޯ. ހޭނައްތާފަ އޮތީ. ހާރޓްބީޓް ވެސް އަންނަނީ ދަށްވަމުންނޯ. ވީ އެންމެ އަވަހަކަށް މާލެ ފޮނުވާލަނީޔޯ. މިހާރު އޮތީ ވެންޓިލޭޓަރ ގަ” ލިބުނު ހަބަރަކުން ހުރިހާ މީހުން ގާވި ކަހަލައެވެ. ވެއްޓެންދިޔަ ސާރާގެ ހަށިގަނޑު އިބްރާހީމް ހިފެހެއްޓިއެވެ. ހަރީރާ ރޯން ފެށުމުން ޝާޒަން މާމަ އާއި ކައިރިވެލިއެވެ. ޝިފްނީ އާއި ހާލާ އެކަކު އަނެކަކު ގައިގާ ބައްދާގަންނަމުން ރޯން ފެށިއެވެ. ޒޯހަން ދެއުޅަނބޮށި ފައިގެ ކަކުލުގައި ވިއްދާލަމުން ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލިއެވެ. ރާކީ އިނީ ބަހެއް ބުނަން ވެސް ހަނދާންނެތިފައެވެ. އިބްރާހީމްގެ އަމިއްލަ ހަރަދުގައި ލޯންޗު ހަމަޖައްސާ ޝިޔާރާ އާއި ދަރިފުޅު މާލެ ގެނައުމުގެ ހުރިހާ ތައްޔާރީއެއް ވިއެވެ. ލޯންޗަށް އަރުވަން ދިޔަ ޝިޔާރާ ސާރާގެ ލޮލަށް ފެނުމާއެކު އަނބުރައިގަތެވެ. އިބްރާހީމްގެ އަތް މަތީގައި ސާރާ ވެސް ލޯންޗަށް އެރުވިއެވެ. އަދި މޫނުގައި ފެންފޮދެއް ހާކާލާ ވައި ލިބޭގޮތަށް ލޯންޗު އަނބުރާލުމުން ސާރާ ހޭއަރައިފިއެވެ. ޝިޔާރާ ކައިރީގައި އިން ޒޯހަން އިނީ ޝިޔާރާގެ އަތްތިލަ ޒޯހަންގެ އަތްތިލަ ތެރެއަށް ލައިގެން އެމޫނަށް ބަލަހައްޓައިގެންނެވެ. ލޯންޗުގެ އެއްފަރާތުގައި އިން ރާކީ މާލެދާ ވާހަކަ  ބުނުމަށް އާރިކް އަށް ގުޅާ ފޯނަށް ޖަވާބު ނުދޭތީ އިނީ ކަންބޮޑުވެފައެވެ. ނިއާ ވީ ގޭގައި ކަން ހަނދާން ވުމުން އެފޯނަށް ގުޅިއިރު ނިއާ ވެސް ފޯނަކަށް ޖަވާބެއް ނުދޭއެވެ.

އާދުވަހަކަށް އރު ފެނުން ތޮޅިލި އިރު ވެސް ޒޯހަން ހުރީ އޭޑީކޭގެ އައިސީޔޫ ކުރިމަތީގައި ހިނގާލަ ހިނގާލައެވެ. ގޮނޑީގައި ސާރާ އާއި އިބްރާހީމް ތިބިއިރު ބާކީ ތިބި ހުރިހާ މީހުން ވެސް ވަނީ ގެއަށް ގޮށްސައެވެ. ޝިޔާރާ އަށް ވަކި އެއްޗެއް ވަންދެން ހުޅުމާލޭގައި ތިބި އެ އާއިލާގެ ހުރިހާ މީހުން ވެސް ވަނީ މާލެއަށް ބަދަލުވެފައެވެ.

ހެނދުނު އެގާރަ ޖެހއިރު ޑޮކްޓަރ ޒޯހަން އާއި ބައްދަލުކުރުމަށްފަހު ދިން ޖަވާބަކުން ޒޯހަން އަށް އުފަލުން ރޮވުނެވެ. ޝިޔާރާގެ ލޭ މަނާ ވެއްޖެ ކަމަށާއި އިމްޕްރޫވް ވަމުން އަންނަ ކަމަށް ބުންޏެވެ. ހާރޓްބީޓް ވެސް އެއްކޮށް ނޯމަލް ވެއްޖެ ކަމަށާއި ދެދުވަސް ވަންދެން ބަލާފައި ވެންޓިލޭޓަރ އިން ނަގާނެ ކަމުގައި ބުންޏެވެ. އަދި އޮތީ ނިންދަވާ އިންޖެކްޝަނެއްގެ އެހީގައި ކަމަށާއި ޝިޔާރާ އެއްކޮށް ހޭއަރާނީ ދެ ދުވަހެއް ވަރު ފަހުން ކަމަށް ބުންޏެވެ. އަދި ދަރިފުޅުގެ ހާލު އިތުރަށް ގޯސްނުވާ ކަމުގައި ބުންޏެވެ.  އުފާވެރި ހަބަރު ޒޯހަން ސާރާ އާއި އިބްރާހީމް އަށް ދިނެވެ. ސާރާ ވެސް ކަލާނގެ ހަޒްރަތަށް ޝުކުރުވެރިވިއެވެ. ޒޯހަން އެދުނީ ސާރާ ކައިރީގައި ދެން ގެއަށް ގޮސް އަރާމު ކުރުމަށެވެ. ސާރާ އެގޮތާއި އެއްބަސްވެ ދިޔައީ ގެއަށް ގޮސް ހޮޕސްޕިޓަލަށް ހާލާ ފޮނުވާނެ ކަމަށާއި ޒޯހަން ވެސް ގެއަށް އައިސް ފެންވަރާ ހެދުމަށް ބުނެފައެވެ. ސާރާ އާއި އިބްރާހީމް ދިޔުމުން ޒޯހަން ގޮނޑީގައި އިށީނދެ ފޯނު ނަގާ ލަތާ އަށް ގުޅިއެވެ. އަދި ޑޮކްޓަރ ޒޯހަން އަށް ދިން އުފާވެރި ހަބަރު ދިނެވެ. ސާރާ ވެސް ވީ އެންމެ އަވަހަކަށް އަންނާނެ ކަމުގައި ބުނެ ޒޯހަން ހިތްހަމަޖައްސާ ދިނެވެ.

 

“ބޮޑުއްތަ އަށް އެނގޭތަ! ޝިނީ ބުނި ބަދިގޭ ފުރިޖު ކައިރީގަައި ފެންބޮޑު ވެފަޔޯ އޮތީ. ޝިިޔާ ވެއްޓެން ދިމާވީ ކައްސާލައިގެންނޯ” ސާރާ އާއި އިބްރާހީމް ގެއަށް އައިސް ވަނުމުން ރިވާން އުރާލައިގެން ހުރި ރާކީ ބުންޏެވެ. “އާނ މަންމާ! ޝިނީ ގެއަށް ގޮސް ފެންބޯން ދިޔައިރު ފެނުނީ. ވަރަށް ބޮޑުކޮށް އޮތީ ފެންބޮޑުވެފަ. ޝިނީ ޗެކް ކުރިން ހުރިހާ އިސްކުރުތަކެއް ވެސް. ހުރިހާ އެއްޗެއް ވެސް ރަނގަޅު. ޝިނީ މިއައީ އެތަން ސާފުކޮށްފައި” ޝިފްނީ ސާރާ އަށް އިތުރަށް ސާފުކޮށްދިނެވެ. “އެކަމަކު އެހެން ކިހިނެއްވާނީ. ތީކާކު ކުރި ކަމެއްބާ” ސާރާ އެހެން ބުނުމާއެކު ދުރުގައި ހުރި ނިއާ ބަލާލީ ރާކީ ކައިރީގައި ހުރި އާރިކް އަށެވެެ. ހަމައެއާއެކު އާރިކް އިސްޖަހާލިއެވެ. އެތަން ފެނުމުން ނިއާ އަށް ހަމަޖެހުން ލިބިގެން ދިޔައެވެ. “އެމީހަކު ކުރި ކަމެއް އެމީހަކަށް. މާތްﷲ ގެ ހެޔޮ ރަހްމަތްފުޅުން އަހަރެމެންގެ ދަރިފުޅު ރަނގަޅު” ހަރީރާ ބުންޏެވެ.

 

ލަތާ އާއި ނޫރީ އަދި އަރުހަމް ، ޔަޝްމީ އަށް އާދެވުނު ދުވަސް އެއީ ޝިޔާރާގެ ހާލު ރަނގަޅުވެ ދަރިފުޅާއެކު އެއްކޮށް ވޯރޑަށް ބަދަލު ކުރާ ދުވަހެވެ. ހެނދުނުއްސުރެ ފެށިގެން ޝިިޔާރާ ހޭލާ އޮތް ކަމަށާއި ވޯރޑަށް ބަދަލުކުރާނީ ހަވީރު ކަމުގައި ޑޮކްޓަރުން އޮތީ އާއިލާ އަށް މައުލޫމާތު ދީފައެވެ. ޝިޔާރާ ހޭއެރި ފަހުން ޒޯހަން އަށް ޝިޔާރާ ފެނިފައެއް އަދި ނުވެއެވެ.

ހަވީރު ފަހެއް ޖެހިއިރު ނަރުސް ކުއްޖެއްގެ އަތް މަތިން ގެނައި ޒޯހަންގެ ދަރިފުޅު ލަތާ އުރާލިއެވެ. މޫނުގައި ބޮސްދިނެވެ. ނޫރީ ވެސް ހަމައެފަދައިން ކަންތައް ކުރިއެވެ. އެދެމަފިރިންނަށް މާމަ އަދި ކާފަ ކިޔަން ލިބުނު ފުރަތަމަ އަންހެން ދަރިފުޅެވެ. އިރުކޮޅެއްފަހުން އެނދުގައި ޝިޔާރާ ނެރުނެވެ.  އެންމެ ފުރަތަމަ ވެސް ޒޯހަންގެ ސޫރަ ނޫން އެހެން ސޫރައެއް ދެކެން ބޭނުންނުވާ ޝިޔާރާ އޮތީ ދެލޯ މަރައިގެންނެވެ. ޒޯހަން ގޮސް ޝިޔާރާގެ ބޯކޮޅުން އެނދުގައި ހިފަހައްޓާލިއެވެ. އަނެއް ކޮޅުން ކައިރިވީ ސާރާ އާއި އިބްރާހީމް އެވެ. ފަހަތުން އެހެން ހުރިހާ މީހުން މަޑުމަޑުން އާދެއެވެ. ޔަޝްމީ އަތުގައި އޮތް ކުޑަކުޑަ ބޭބީއާއި ސަމާސާ ކުރަމުން އާދެއެވެ. ޝިޔާރާ ރޫމަށް ވައްދަން އުޅުނު ވަގުތު ޒޯހަން ޝިޔާރާގެ ކޯތާފަތުގައި އަތް ބީއްސާލިއެވެ. ޒޯހަންގެ އަތް ތިލައިގެ ހޫނުކަން ޝިޔާރާގެ ހަށިގަނޑަށް އިހުސާސް ވުމާއެކު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ކުރިމަތިން ޒޯހަންގެ ހިނިތުންވެފައިވާ ސޫރަ ފެނުމުން ޝިޔާރާ ހީލިއެވެ. ޒޯހަން ވެސް ހީލާ ޝިޔާރާގެ އަތްތިލައަށް ބޮސްދިނެވެ. އެހީލުމަށް ޒޯހަން އިންތިޒާރުކުރާތަ ކިހާ އިރެއް ހެއްޔެވެ؟

 

ފަހަރަކު މީހަކު ޝިޔާރާ އާއި ބައްދަލުކޮށް މޫނުގައި ފިރުމުމަށްފަހު ގެއަށް ދާން ނިކުތީ އިރުއޮށްސި އަނދިރިވާން ކައިރިވުމުންނެވެ. އާރިކް އަތުގައި ހިފައިގެން ނިކުތް ރާކީ އާރިކަށް ބަލާލިއެވެ. އާރިކް މާ މަޑުމަޑުން ހުންނަތާ ދެތިން ދުވަސް ވެއްޖެއެވެ. އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ މަގޭ ފޯނު ނިވިފަ. ނިއާ ގުޅިތަ” ރިވާން އާއި ލައިލް ނިއާ އާއި ހަވާލުކޮށްފައި ރާކީ ހޮސްޕިޓަލަށް އައީ ޝިޔާރާ އާއި ބައްދަލުކޮށްލާ ހިތުންނެވެ. “އޭތް ! ބަލަ ކިހިނެއްވެފަ މިހާރަކަށް އައިސް ތިހުންނަނީ. ކޮބާ އެއްކަލަ މަޖާ އަނގަ ތަޅާ އާރިކް” އާރިކްގެ އަތުގައި ހިފާ ތަޅުވާލަމުން ރާކީ ބުންޏެވެ. ޖަވާބުގައި އާރިކް ހީލިއެވެ.

ރޭގަނޑު ނުވައެއް ޖަހާލީހާއިރު ރޫމުގައި މަޑުކޮށްގެން ތިބީ ލަތާ ، ނޫރީ ، އިބްރާހީމް އަދި ސާރާއެވެ. މޫސަ އާއި ހަރީރާ ގޮވައިގެން ޝަޒަން އާއި ހާލާ ހުޅުމާލެއަށް ދިޔައީ ސާރާ ބުނުމުންނެވެ. ޝިޔާރާގެ ބޮލުގައި ފިރުމަން އިން ލަތާ އިނީ ޝިޔާރާ ބަހެއް ނުކިޔާތީ ކަންބޮޑުވެފައެވެ. ވާހަކަދެއްކިފަ ވެސް އަނެއްކާ ކުރީގެ ހާލަތަށް އެނބުރި ރުޖޫއަ ވީ ހެއްޔެވެ؟ “ލަތާ ކެއްކޮށްބަލަ. އިރާދަކުރެއްވިއްޔާ މަގޭ ދަރިފުޅު އަދި ވާހަކަދައްކާނެ” ނިއާގެ ބޮލުގައި ފިރުމާލަމުން ނޫރީ ބުންޏެވެ. އެމަންޒަރު ފެނުމުން ޒޯހަންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ޝިޔާރާ އަށް ކުރުނބައެއް ހޯދަން ނޫރީ އާއި އިބްރާހީމް ނިކުތް ވަގުތު ޒޯހަން ވެސް ޖެހުނީ ބޭސް ސިޓީއަކަށް ބޭސް ނަގަން ދާށެވެ.

ލަތާ ފޯނެއްގައި ބޭރަށް ނިކުތުމުން ޝިޔާރާ ފާހާނާ އަށް ދާން ބޭނުންވިއެވެ. ގަޔާ ގާތްކޮށްލައިގެން ހުރެ ޝިޔާރާ ފާހާނާ އަށް ހަމައަށް ގެންގޮސްދިނީ ސާރާއެވެ. އަދި ޝިޔާރާ އެނބުރި ނިކުންނަން ވާއިރަށް އެނދުމަތި ތަންމަތި ރީތިކޮށްލިއެވެ. ފާހާނާ އިން ނިކުތް ޝިޔާރާ އެނދުގައި ބާއްވާލަމުން ސާރާ ޖެހިލީ ޝިޔާރާ އާއި ފައި ކައިރިއަށެވެ. ހުދު ބެޑްޝީޓުން ޝިޔާރާގެ ފައި ނިވާކުރަން އުޅުނު ސާރާގެ އަތުގައި ޝިޔާރާ ހިފާލިއެވެ. އަދި ބާލީސް ކައިރިން ނެގި ލޯޝަން ފުޅި ނަގާ ފައިގާ ކުޑަކޮށް އުނގުޅަ ދިނުމަށް އެދުނެވެ. ހީލާފައި ސާރާ ގޮނޑި ކައިރިކޮށްލާ އެކަން ކުރަން ފެށިއެވެ. ކުއްލިއަކަށް ސާރާގެ ހިތަށް ވެރިވި އެއްޗެއްގެ ސަބަބުން ކުޑަކޮށް ކަކުލުން މައްޗަށް ޝިޔާރާގެ ހަރުވާޅު އަރުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން ސާރާގެ ދެލޯ ބޮޑުވިއެވެ. ދެލޯ ފެންކަޅި ވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ސާރާގެ މުޅި ހީކުރުންތައް ޔަގީންވީއެވެ. ޝިފްނީގެ ފައިގާ ހުރި ލަކުނަށް ވުރެ ޝިޔާރާގެ ފައިގާ ހުރި ލަކުނު ކުޑައެވެ. ހުރީ ވެސް ފަނޑުވާން ފަށާފައެވެ. އެލަކުނުގައި ސާރާ އަށް އަތް ހާކާލެވުމާއެކު ސިހިފައި ޝިޔާރާ ބޯހިއްލާ ބަލާލިއެވެ. ފެނުނީ އިސްޖަހާލައިގެން ހުރި ސާރާ ރޯތަނެވެ. ޝިޔާރާ ކުޑަކޮށް ތެދުވެލާ ސާރާގެ އަތުގައި ހިފާލިއެވެ. އިސްއުފުލާ ސާރާ ޝިޔާރާ އަށް ބަލާލިއެވެ. އަދި ޝިޔާރާގެ ނިތުގައި ބޮސްދީ މޫނުގައި ފިރުމާލިއެވެ. “މީ ދަރިފުޅުގެ މަން…..” ސާރާ ބުނަން އުޅުނު ވާހަކަ މެދުކަނދާލީ ކުޑައެނދުގައި އޮތް ތުއްތު ދަރިފުޅު ރޯލުމުގެ އަޑުންނެވެ. ދެލޯ ފޮހެލުމަށްފަހު ސާރާ އެކުއްޖާ ނަގާ ޝިޔާރާގެ މަގަތުން ބާއްވާލިއެވެ. އަދި އެކުއްޖާގެ ބަނޑުހައި ހޫނުކަން ފިލުވުމަށް އެހީވެދިނެވެ.

އަނެއް ދުވަހެވެ. ލައްކަ މަސައްކަތުން މިއަދު މީ ޒޯހަން އަށް ޝިޔާރާއާއި އެކު އެކަނިވެލަން ލިބުނު ދުވަހެވެ. މިވަގުތަށް ޒޯހަން އިންތިޒާރުކުރާތާ ކިހާ އިރެއް ހެއްޔެވެ؟ ޒޯހަން ގެއަށް ނުދާތާ މިއަދަށް ތިން ދުވަސްވީއެވެ. ފެންވަރާ ކައި ހަދަނީ ހޮސްޕިޓަލުންނެވެ. ނިއާ ގުޅިޔަސް ކޮންމެސް އެއްޗެކޭ ކިޔާ ފޯނު ކުރުކޮށްލަނީއެވެ. “ޒޯން” ކުޑަ ދަރިފުޅު ގޮވައިގެން ރޫމް މެދުގައި ހުރި ޒޯހަން އަށް އެއިވުނީ ޝިޔާރާގެ އަޑު ކަމެއް ޔަގީނެއް ނުވިއެވެ. އޮމާން އަޑުއަހާލަން ފަސޭހަ ހިތްގައިމު އަންހެންވަންތަ ޅަ އަޑެކެވެ. އެންމެ ވައްތަރީ ޝިފްނީގެ އަޑާއެވެ. “ޒޯން. މިކޮޅު ބަލާބާ. މަށޭ މިގޮވަނީ. ޒޯންގެ ޝިޔާ” ނިދާލާފައި އޮތް ކުޑަ ދަރިފުޅު އެނދުގައި ބާއްވާލަމުން ޒޯހަން ޝިޔާރާ އާއި ކައިރިވެލިއެވެ. އަދި ޝިޔާރާ ދިއްކޮށްލާފައި އޮތް އަތްތިލައިގާ ހިފަމުން އެނދުގައި އިށީނެވެ. ޝިޔާރާ ވެސް ހަށިގަނޑު ތެދުކޮށްލާ އެނދުގައި ހަމަޖެހިލިއެވެެ. ޒޯހަންގެ ލޮލުން ވެއްޓުނު ކަރުނަތިކި ބާރު މިނުގައި ގޮސް ގެއްލުމުގެ ކުރިން ޝިޔާރާގެ ކުޑަ އަތްތިލަ ދިއްކޮށްލިއެވެ. އެއާއެކު ޝިޔާރާ މުށްބާރުކޮށްލާ މޭގައި ޖައްސާލިއެވެ. “މީ ކޮންކަމެއް ޒޯން. ކީއްވެ ބަހެއް ނުކިޔަނީ. ޝިޔާ ވާހަކަދައްކަން ފެށީމަ ޒޯން ހުއްޓާލީތަ” ޝިޔާރާ ދެރަވިއެވެ. ގަބޫލުނުކުރެވިފައި އިން ޒޯހަން ޝިޔާރާގެ ހަށިގަނޑު ޒޯހަންގެ ބާރުގެ ދަށަށް ގެނެސް ފިއްތާލިއެވެ. “އައި ޖަސް ކާންޓް ބްލީވް.. އޯވް އައި ލަވް ޔޫ ޕްރިންސަސް” ޝިޔާރާ ވެސް ޒޯހަންގެ ބުރަކަށީގައި ހިފާ ބާރުކޮށްލިއެވެ. “އަދި އެއްފަހަރު ގޮވާލަބަލަ… ތި ލޯބި އަޑުން މިނަން ކިޔާލަބަލަ.. ހުއްޓާނުލާ ވާހަކަދައްކަބަލަ. ޕްލީޒް ބޭބީގާރލް” ޝިޔާރާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ޒޯހަން ބުންޏެވެ. “ޒޯން” ޝިޔާރާ ހީލަމުން ވަރަށް ލޯބިން ގޮވާލިއެވެ. ޝިޔާރާގެ ތުންފަތުގައި ޒޯހަން ލޯބިކޮށްލީ ކެއްނުވީމައެވެ. “އެކަމު ޒޯން. މިހާރު ބޭބީގާރލް އަކީ މީ އެއް ނޫން. މިއޮތީ” ޝިޔާރާ އިޝާރާތްކުރީ ކުޑައެނދުގައި އޮތް ދަރިފުޅަށެވެ. އެއާއެކު ޒޯހަން އަށް ހެވުނެވެ.

މިއަދަކީ ޝިޔާރާ ހޮސްޕިޓަލުން ދޫކޮށްލާ ދުވަސްކަމަށް ވުމުން ޝިޔާރާ އަށް މަރުހަބާ ކިޔުމަށްޓަކައި ހުޅުމާލޭގައި ތިބި މީހުން ވެސް ތިބީ ސިޓިންގްރޫމަށް ޖަމާވެފައެވެ. ޒޯހަން ޝިޔާރާ ގޮވައިގެން ނައްޓާލަނީއޭ ބުނި ފަހުން ސާރާ އިނީ އެދަރިފުޅު ގެއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައި ގަޑި ގުނާލަ ގުނާލައެވެ. މުހިއްމު ވާހަކައެއް ގޭ ހުރިހާ މީހުންނަށް އަންގަން ބޭނުންވާކަމަށް ސާރާ ބުނުމުން ހުރިހާ މީހުން ވެސް ތިބީ އެކަމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. ސާރާގެ އަތްތިލައިގެ ތެރެއަށް ހަރީރާގެ އަތްތިލަ މަހާލާފައި ވަނީ ސާރާ އަށް ހިތްވަރަކަށެވެ. އިބްރާހީމް އަށް ވެސް އަދި މިވަނީ ކީއްކަމެއް ނޭނގޭއެވެ. ރާކީ ކައިރީގައި ހުރި ނިއާ ވެސް ހުރީ ފޫހިވެފައެވެ. މިހާރު ނިއާގެ އެންމެ ބޮޑު ފިކުރަކީ ރާއްޖޭން ބޭރުން އައި ފަހުން ނިއާ އާއި މެދު ނޫރީ ބާއްވާ ގާތްކަން ނުބާއްވާތީއެވެ. އަދި ޝިޔާރާ ވިހޭ ފަހުން ޒޯހަން ވެސް ބަދަލުވެފައިވާހެން ނިއާ އަށް ހީވަނީއެވެ. ގޭޓުން އެތެރެކޮށްލި ކާރު ފެނުމާއެކު ދޮރާއި ދިމާލަށް ދުއްވައިގަތީ ސާރާ އާއި ހަރީރާ އެކީގައެވެ. އެދެމީހުންގެ ހަރަކާތްތަކުން ބާކީ ތިބި މީހުން ހައިރާން ކުރުވާފައި ވެއެވެ. ޝިޔާރާގެ ދަރިފުޅު ގޮވައިގެން ލަތާ ކާރުން ފޭބުމުން ޒޯހަން ކުރިއަށް ޖެހިލާ އަތް ދިއްކޮށްލިތަން ކުޑަދޮރުން ބަލަން ހުރި ނިއާ އަށް ފެނުނެވެ. އެއަތުގައި ހިފައިގެން ފޭބި ޝިޔާރާ ފެނުމުން ނިއާ އަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ނިއާގެ ޝައްކު ޔަގީނަށް ބަދަލުވީއެވެ. ޒޯހަން އެވަނީ ޝިޔާރާ ދެކެ އަލުން ލޯބިވާން ފަށާފައެވެ. ދެން ނިއާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތޭ ހީތަށް އެރުމުން އިސްޖަހާލެވުނީ ތުންފަތުގައި ދަތްއަޅާލަމުންނެވެ. ދެން އޮތް ގޮތަކީ ޒޯޙަންގެ ހިތުގައި ނިއާ އަށް ދެވިފައިވާ މަގާމް ފަނޑުވިޔަ ނުދިނުން ކަމަށް ނިއާ ނިންމިއެވެ. ވީވަރަކުން ނިއާގެ އަތް ދަށުގައި ޒޯހަން ހިފަހައްޓަން އަޒުމް ކަނޑައެޅިއެވެ. ނިއާ ކުރާ ހިތާމައަކީ ނިއާގެ ދަރިފުޅަށް ވުރެ ކުރިން ޝިޔާރާގެ ދަރިފުޅު މިދުނިޔެއަށް އައުމުގެ ހިތާމައެވެ. އެއީ ވެސް ނިއާ ވިސްނާނުލާ ކުރެވުނު ބޯގަޅި ކަމެއްގެ ނަތީޖާއެވެ. ނިއާގެ ބަނޑަށް ބަރާބަރު ނުވަމަސް ވެފައިވާއިރު އެގޭ މީހުން ހީކުރާނީ އަދިވެސް ނިއާގެ ބަނޑަށް ހަތް މަސްކަމުގައި ނިއާ ހީކުރިއެވެ. ނިއާގެ ދަރިފުޅު ވެސް ދެން ދުނިޔެއަށް އަންނާކަށް ގިނަ އިރެއް ނެތޭ ހިތަށް އެރުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ގެއަށް ވަނުމާއެކު ލަތާގެ އަތުގައި އޮތް ކުޑަ ދަރިފުޅު އުރާލީ ހާލާއެވެ. ޝިޔާރާ އަތުގައި ހިފައިގެން ހަރީރާ އާއި ސާރާ ސޯފާގައި އިށީނެވެ. ޝިޔާރާ ބޭންދީ ދެމީހުން މެދުގައެވެ. ފާރުގައި ލެގިލައިގެން ހުރި ޝަޒަން ކައިރީގައި ޒޯހަން ވެސް ހުއްޓުނެވެ. ދުރުގައި ހުރި ނިއާ ވެސް ހުއްޓުނީ ޒޯހަން ކައިރީގައެވެ. ޒޯހަން ނިއާ އަށް ހީލުން ފިޔަވާ އިތުރު އިޝާރާތެެއް ނުކުރިއެވެ. ހާލާ އަތުގައި އޮތް ކުޑަ ބޭބީ ޝިފްނީ އުރާލާ އަތްތިލައިގާ ލޯބިކޮށްލިއެވެ. “މަންމާ! ޝިނީ ދަންތަ ބޭބީ ގޮވައިގެން ޝިޔާދޮންތަ ރޫމަށް” ޝިފްނީ ހުއްދައަކަށް އެދުނީ ސާރާ ކުރެންނެވެ. “ނޫން… މަންމަ މިވާހަކަ ބުނަން ބޭނުންވަނީ ދަރިފުޅު ވެސް މިތާ ހުރެގެން. އާދެބަލަ މިތަނަށް. މަންމަ ކައިރިއަށް” ޝިޔާރާ އާއި ސާރާ ދެމެދުގައި ޝިފްނީ އަށް އިނދެވޭނެހާ ޖާގަ ހުރުމުން ސާރާ ޝިފްނީ އަށް އިޝާރާތް ކުރިއެވެ. ކައިރީގައި ހުރި ޝަޒަންގެ އަތުގައި ކޮށްޓާލުމަށްފަހު ޒޯހަން ކޮންވާހަކައެއްހޭ އަހާލިއެވެ. ޝަޒަން ދެކޮނޑު އަރުވާލަމުން ނޭނގެއޭ ބުނިއިރު ވެސް ސާރާ ބުނަން އެއުޅެނީ ކޮންވާހަކައެއްކަން ޝަޒަން އަށް ގާތްގަނޑަކަށް އެނގެއެވެ.
“ލަތާ! ބޭބޭ! އިބޫ! މިއުޅެނީ ވަރަށް މުހިއްމު ވާހަކައެއް ބުނަން. ބޭބެ އަށް ވެސް އެނގެއެއްނު ޝިފްނީގެ އެއްމާބަނޑު ދައްތަގެ ހަބަރެއް މިއަދާއި ހަމައަށް ވެސް ލިބިފައިނުވާކަން. އެކަކަމު މިވަގުތު މިއުޅެނީ ޝިއުނީގެ ހަބަރެއް އެނގޭތީ އެވާހަކަ ބުނަން” ސާރާ ކައިރީގައި އިން ޝިފްނީ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. ޝިޔާރާ ވެސް ސާރާގެ މޫނަށް ބަލާލިއެވެ. “ހަމަ ތެދެއްތަ! ކޮބާ އެމަންޖެ. އަހަރެމެންގެ ޝިފްނީ ވަރުވާނެ ދޯ މިހާރު. ދަރިފުޅަށް ފެނިއްޖެތަ” ހުރިހާ ސުވާލެއް އެއްފަހަރާ މޫސަ އަށް ކޮށްލެވުނެވެ. ނޫރީ ވެސް އިނީ ލިބުނު ހަބަރުން އުފާވެފައެވެ. ޒޯހަން ކައިރީގައި ނިއާ ކޮޅަށް ހުރުމުން ސޯފާގައި އިށީންނަން ބުނުމުން ވެސް މަޑުކޮށްގެން ހުރީ ޒޯހަން ކައިރިން ދުރަށް ނުދާންވެގެންނެވެ. “ބައްޕާ!! އެމަންޖެ އަބަދުވެސް އުޅެނީ އަޅުގަނޑު ކުރިމަތީގައި. ހިތާމައަކީ އެހާ ކައިރީގައި އުޅުނު އިރު ވެސް އެއީ އެމަންޖެ ކަމުގައި އަޅުގަނޑަށް އިހުސާސްވިލެއް ލަސްކަން. އެކަމަކު މައްސަލައެއް ނެތެއްނު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހުރިހާ ދުވަސްތަކުގައި އެމަންޖެ އަބަދުވެސް އުޅޭނީ އަޅުގަނޑުމެން އަތް ދިއްކޮށްލިއްޔާ އަތުގައި ޖެހޭ ހިސާބުގައި” ސާރާ ބުންޏެވެ. “މަންމާ! އަޅުގަނޑުވެސް ބޭނުން ޝިއުނީ އާއި ބައްދަލުކުރަން” ހިތްއަވަސްވެފައި ހުރި ހާލާ ވެސް ބުނެލިއެވެ. ބަދަލުގައި ސާރާ ހީލީއެވެ. “ސާރާ! ދެން ބުނެބަލަ އެމަންޖެ ވީތަނެއް. މިހާރުން މިހާރަށް ވެސް އެމަންޖެއާއި ބައްދަލުކުރަން އަހަރެން ބޭނުން” ކެއްމަދުވެފައި އިން އިބްރާހީމް ބުންޏެވެ. “އިބޫ! މިހާރުން މިހާރަށް ވެސް ބައްދަލުކުރޭ. ހިތްފުރޭވަރަށް ބަލާލާ. އަހަރެމެންގެ ޝިއުނީ އަކީ ދެވަނަ މީހެއް ނޫން. އަހަރެމެންގެ ޝިޔާރާ” ސާރާ ކައިރީގައި އިން  ޝިޔާރާ އިންތަނުން ތެދުވެލީ ދެލޯ ބޮޑުވެފައެވެ. ޝިފްނީ އަށް ވެސް ތެދުވެވުނީއެވެ. ބާކީ ތިބި މީހުންނަށް ވެސް ވީ އެވަރެވެ. މީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟ ޝިޔާރާ އާއި ދިމާލަށް އެންމެން ބަލަން ތިބިި ގޮތުން ހީވީ ފިލްމެއްގެ މަންޒަރެއް ލަސްކޮށްލާފައި ހުރި ހެންނެވެ. “އާނ ދަރިފުޅާ ތީ މަންމަގެ ޝިއުނީ އަކީ. މިހުރިހާ ދުވަހު މަންމަ ގެއްލިގެން އުޅުނު ދަރިފުޅު. ތީ މަންމަގެ ހަށިގަނޑުގެ އެއްބައި. ދަރިފުޅާ ނުލާ މަންމަ ހާދަ ހިތާމައެއް ކުރީމޭ. ދަރިފުޅާ! އެންމެ ފަހަރަކު ވެސް މި މަންމައަށް މަންމާއޭ ކިޔާ ގޮވާލަބަލަ. މިމަންމަގެ ހިތް އުފާކޮށްލަދީބަލަ. މަންމަގެ އަތުގައި ވައުދުވެދީބަލަ ދުވަހަކުވެސް ނުފެންނަ ހިސާބަކަށް ނުދާނެ ކަމުގެ” ސާރާ އަށް ބަލަން ހުރި ޝިޔާރާ އަށް ރޮވުނީއެވެ. ސާރާ އެބުނި އެއްޗެއް ގަބޫލުކުރާކަށް ޝިޔާރާ ބޭނުމެއް ނޫނެވެ. ޝިޔާރާ ކިތަންމެ މަސައްކަތެއް ކުރިޔަސް ސާރާ އެބުނި ވާހަކަ ހިތާއި ސިކުނޑި ގަބޫލެއް ނުކުރާނެއެވެ. “ނުނޭ.. ތީ ބޮޑުއްތަ އަޅުގަނޑު ހިތްހަމަޖައްސަން ބުނި އެއްޗެއް ނަމަ ބުނޭ ތީ ދޮގެކޭ. އަޅުގަނޑުގެ މަންމަ އެއް ވެސް ބައްޕައެއް ވެސް ނުހުރޭ. އެކަމަކު އަޅުގަނޑު ޒަވާޖީ ހަޔާތެއް ފެށިފަހުން އެފަދަ ލޯތްބެއް ދޭނެ މަންމަ އާއި ބައްޕަ އަކު އަޅުގަނޑަށް މިހާރު ވަނީ ލިބިފައި. އަޅުގަނޑަށް އެނގޭ ބޮޑުއްތަ ވެސް އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވެލައްވާކަން. އެކަމަކު ތިވާހަކަ އަޅުގަނޑު ގަބޫލުކުރާނީ ކިހިނެއް. ބޮޑުއްތަ ކިހިނެއް އަޅުގަނޑު މަންމަ އަށް ވާނީ. ތީ ތެދެއް ކަމަށް ވަންޏާ ތިކަން ބޮޑުއްތަ ކިހިނެއް ޔަގީންކުރީ” ޝިޔާރާ އަށް ރޮވެނީއެވެ. ޝިޔާރާގެ ހިތުގައި މިއަދު ވަރަށް ބޮޑަށް ޖެހިއްޖެއެވެ. ޝިޔާރާގެ އަމިއްލަ އަޑުން ވާހަކަދެއްކިއިރު ހުރިހާ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިހާރު ވާހަކަ މިދެކެވޭ މައުލޫގެ ސަބަބުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ދެވިފައެވެ. ޝިޔާރާ އާއި އެއްވަރަށް ސާރާ އަށް ވެސް ރޮވެނީއެވެ. ސާރާގެ ދެކޮނޑުގައި ހިފާ އިބްރާހީމް ގަޔާ ކައިރިކޮށްލިއެވެ. ސާރާ އެބުނި ބަހުގައި ހަގީގަތެއްވާކަން ވަރަށް ފަސޭހައިން އިބްރާހީމްގެ ހިތާއި ސިކުނޑި ގަބޫލުކޮށްފިއެވެ. ޝިޔާރާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން ގިސްލެވެމުން ދިޔަ ސާރާއަށް އެންމެ ބަހެއް ވެސް ނުކިޔުނެވެ. ޝިޔާރާ އަށް ވެސް ރޮވެމުންދާތީ ބަލަން ހުރި ޒޯހަން އަށް ވެސް ކެއްނުވެގެން ކައިރިއަށް އައިސް ޝިޔާރާގެ ދެލޯ ފޮހެދެމުން މޭތެރޭގައި ބޮނޑިކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Ushaali

    al hamdhu lillahi. varah masakkathun mi bai ves up kurevihjje. enjoy.. 🙂 🙂 🙂

    1. shibaa
      Ushaali

      Alhey mi story avahah up kohdheebala

    2. xeees
      Ushaali

      usaaly plz plz avahah up kohbala plz

  2. Isha

    Very nice . When will upload next part.

  3. kkkk

    Awesome love it??

  4. princess

    Vryhi..ekm ushaaaa…haadha lahey up vaaleh..maadhan vx up upvedhaane tha

  5. Rishu

    Wow…mihaa reethi sry eh adhi dhuvahakuvess nukiyan…

  6. Amm

    Wow…?? I love this story…. keep it up….
    Next part avahah upkoh dhey thi

  7. Zaanaa

    Alhe khon duvahakun next part haada rechay vvvvvvv keyaa hethun mehuree kehmaduvefa

  8. Shifa

    Wow vvv reethi. Kon irakun next part up vany

  9. Shifa

    I love it :-*<3@-}–

  10. Sha

    Next part thankolhe avaha up koladhechey…love this story❤

  11. Aimsithu

    Wow… vaahaka hama varah reethi ingye… kon irakun anehbaii….

  12. ken?

    35 hama kohlaathi..☺? stry is hama awesomeness ?

  13. Kiyuntheriyaa

    Its amazing.. alhe kondhuvahaku tha next part.. don’t make us wait for long….
    ?

  14. eexaf

    Wow…❤❤❤….vaahaka v riithi….v furihama….. Keep it up ushaali…. Next part avahah up kohdhehchey….kiyaahithun kehmadhuvefa….

  15. Xaa

    Love it … Plx upload next soon
    Can’t wait ….:)

  16. meesha

    varah varah reethi…. miduvex gadiakun gadiakun eba balan mi stry up vay thoa…… n finally….. up vejje… jus luv this

  17. meesha

    mistake eh ebainn… aslu bolah undagoo vanee niyaa inyma.. noori shiyaa bolga ey firumany… not niaa boluga…. just dont lyk this niaaa…..

  18. Reesha✔

    Advance koh nia ge baby ah innaalillahi vainnaa ilaehi raajioon

  19. shinee

    for a sec i thought shiyaa dhonthi maruvanee kamah…but thank u ushaa for keeping her n lil baby alive n healthy…n yeah wish miya ge baby maruvaane nama cux she deserves unforgettable pain…btw aarik ah kihineiveebaa…may b nia threatened him on a serious matter..

    1. shinee
      shinee

      niya**

  20. Yalwee

    Awwn mi story v salhi❤ Avahah up kohdhyyba next part plx ?

  21. Marsha

    Aarik kyhvetha nubune e hunnany?? Anekkaa aarik n nia ge medhuga something tha?? Nia preg ee aarik ge baby akahtha?? Ehrnve nia ge family in plan kohgen zon thru koh aarik raaky ge life aa kulhenytha?? Vv happy that shiya n baby ok vma.. alhe dhen boduhtha hurihaa ehcheh kiyaadhyba nuroe.. vvvvv rythi… waiting next part ah keiythetikameh nethi.. u r a brilliant writer ushaali…

  22. Anonymous

    Vaahaka is habeys

  23. ram

    Vaahaka is habeys

  24. idiot

    nooney marsha .. nia baby ge dad aky konmex issey ekey inennu .. nia n xoan weddin rey nia mom .. bunyennu .. Am i Right Ushaali ..?OMG REESHA .. mashah vrh hewihje reesha ge cmmnt kiyaafa .. adhi vex heweny .. N me 2 for nia ??? .. Ushaali .. Story hama habeys ingey

  25. Aarik

    Niyage dharifulhuge dad aky konmeves essy eky kury partega othy not aarik anyways story was owsome

  26. Lai

    Vedhaanehnun aee Ismail aakir kamah ves nik name akah issey kiyaafaanehnun v nice ushaali avhaha up kohdhehce next part

  27. firoo

    Alhey lwbikann vahaka v salhi ngey

  28. modey

    ey dhen nimmaalan ulhey. vai vejje.

  29. Lai

    Nooon nunimaathi mihaaa reethi story e nukiyan adhi.

  30. Naju Nas Modu

    Very nice story

  31. Marsha

    Aarik n idiot.. yes dho.. i forgot that.. but now handhaan vejje.. so sorry for doubting poor Aarik.. but kyhvetha eyna nubune e hunnany???? Ekamu dhen hyvey vv avahah e nia handi bust vaane hennn.. ushaali u r grt..

    1. Hooo
      Marsha

      Varah reethie mivaahaka daagoy. Can’t wait to see what happens next.
      Marsha den konirakun story liyanie… You both are my favourite writers. ?

  32. Riph

    Varah reethi .. waiting for the next.. 🙂

  33. Ximee

    Woww story hama habeys.. vedhaaneh nun nia ge molhu fandithaige baaru ga aarik jessy kamh vx :p.. noony aarik blackmail kury thwche.. foohi nia gandu..

  34. nukko

    Varaaaaah varaah varaah salhii.. Hama OBINESS TO THE MAX ?? heheh i luv this stry ushaaly… Avahah up kohdhechey.. Pls pls pls pls pls pls alhe dhn shiyaa gaboolu kohbba.. U nd shiny r twins eyy… ???

  35. Sixoo

    V nice story eh.

  36. Mary

    Shiya gowaigen hospitl ah dhiyaeema nia kuri molhu kantha eynage mamma foanun kiysidhin iru arik ah adu iwuneema nia eheree arik ah biru dhakkafa …..

  37. Mary

    Ushali awaha upkoh dheeba plx

  38. Ushaali

    huriha kudhin ves guess kuran v molhu…. ekamu evves kuhjjaka adhi dhimaa nuvey…. btw.. dhn in bai adhi liye nunimey. may be tonyt noony maadhama up kohdheynan…. inthizaaru kurun edhemey huriha kudhin ves…..

  39. princess

    Aslu hyvanii aarik e nia ge family kuhjjeh hen…dhn nia ge e vaahaka bunaane kannynge e thaanga

  40. Ximee

    Alhe mirey up kohdhevey thw balahcheyy..plxx plxx.. mihaaru kiyaa hithun hurevenyky nun..

  41. Princess Noddy

    Nia arik ah biru dhehky tocheh kommes ehchekey kiyain. I think eyy v gothaky. Alhe mirey up kohdheeba pls..thihaa inthixaaru nukuruva ba dhw. N yes niaa thaakun vahtaalaafa maraala.v foohi veyy eyna dheke.

  42. redish

    May b arik is hvn an affair wd some one and noa knws about tht.. ???

  43. afu

    enmen heywahtaalaafa nia n arik ge relation howdhany .. hahahaa varah majaa .. ??????

  44. Zaanaa

    V avahah up kohladeeba haada keyaa hiy veyay mehaaru rufiyaa gandakah kah nange arik ves nubune a huree

  45. ken?

    i guess aarik baby kolhu thakuge dhuvas dhuvvaalaane kamah bunegen eulhenee…i mean fandithaige biruves dhakkafaane dhw…dn neyge…ushaa dr plx upload ASAP..☺

  46. afu

    plx plx plx plx story up kohdheebah ushaa

  47. Zaanaa

    Alhe kobaatha haada lahay avas kohdeeba pls pls pls plssssssssssssss

  48. Alioht

    Miadhu fathihun fashain mibeleny mi story up v tho… pls pls ps thankolheh avahah up kohdheeba ushaa.. ☺☺

  49. leesh

    Plsssssssssssssssssssssss avahah upload kohdheeba thi varah inthixaaru kuraakah nuvaane

  50. meesha

    kobaatha ushh???? cant wait fo da nxt prt… plx iru hutta up kola dhi bala..plx plx plxx…

  51. Bakuru

    Aharen beynuh Nia thalhaalan

Comments are closed.