Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (އެގާރަވަނަ ބައި)

Mysterious Angel
April 29, 2016
4 Mins Read
38 Views
6 Comments

ޖެހިގެން އައި ހުކުރު ދުވަހު ޝިއުޒްއާއި ކިއާރާގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ކައިވެއްޏަށްފަހު ކިއާރާ ބަދަލުވީ އަހަރެމެން އުޅޭ އެޕާރޓްމެންޓަށެވެ. މަޑުމައިތިރި، ހިތްހެޔޮ ލަދުރަކި ކުއްޖެކެވެ.

ހޮނިހިރު ދުވަހުގެ ރެޔަށް އަހަރުމެން ތައްޔާރުވަމުން ދިޔައީމެވެ. ކައިވެނީގެ ވަލީމާ ބޭއްވުމަށް ހަމަޖެހުނީ ކިއާރާމެންގޭގެ ތަނަވަސް ޓެރަސްގައެވެ. ތަން ތައްޔާރުކުރެވުނީ ސާދާ ގޮތަކަށެވެ. އަށެއްޖެހިތަނާ މެހެމާނުން އަންނަންފެށިއެވެ. މަންމަމެންނާއެކީ އަހަރެން އިނީ ކަނެއްގައި ހުރި މޭޒެއްގައެވެ. އިން ގޮތުން ޝިއުޒްމެން ތިބިތަން ރީއްޗަށްފެނެއެވެ. ޒައިކް ސިޑިން އެރުމުން އަހަރެން މަންމަ ގާތު އެބައަންނަމޭ ބުނެފައި އެދިމާލަށް ހިގައިގަތީމެވެ. ހީކުރި ގޮތާއި ޚިލާފަށް އޭނަ އައީ އެކަންޏެވެ. ސަލާމުކޮށްލަމުން ޝާޔަން ކޮބައިތޯ އަހާލީމެވެ.

“އޭނަ ކުޑަކޮށް ބަލިވެ އުޅެނީ.. އޭނަގެ ޕޭރެންޓުންވެސް އައިސް އުޅޭތީ އާއެކީ.. ޝިއުޒް ގާތު އަންނާނަމޭ ބުނެވިފަ އޮތީމަ މިއައީ..” ހިނިތުންވުމާއެކީ އޭނަ ޖަވާބުދިނެވެ. އެވަގުތު އަދްހަމް އޭނަގެ އާއިލާއާއެކު އައުމުން އެދިމާލަށް ހިގައިގަތީމެވެ. ފަހުން ޒައިކް ފެނޭތޯ މަސައްކަތްކުރިނަމަވެސް އޭނައެއް ނުފެނުނެވެ. ހަފްލާ ނިމެން ކައިރިވެފަ ހުއްޓާ ޝާލީ އައިސް ކައިރިއަށް ހުއްޓުނެވެ.

“ޝަންނު އައިސް އެބައުޅޭ.. ތިއްތި ހިގާބަލަ އޭނަ ބަލާ.. މިތާ ކައިރީގައޭ އެއުޅެނީ..” އާދޭސްކުރާ ގޮތަކަށް ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިގާފައި ޝާލީ ބުނި ހިސާބަށް ދެވުނުއިރު ޝާޔަލްހުރީ ބޭރަށް ނުކުމެވެ. އޭނަ ގޮވައިގެން އައިސް ވަތްތަނާ ޝިއުޒް އެދުނީ އާއިލާގެ އެންމެންގެ ފޮޓޯއެއް ނެގުމަށް އައުމަށެވެ. މަންމަ ތަންކޮޅެއް ދުރުގައި ހުރުމުން އަހަރެން ދިޔައީ މަންމަ ބަލައެވެ.

“މަންމާ އިޒް އެބަ ގޮވާ ފޮޓޯ ނަގަން.. ހިނގާބަލަ..” މީހަކު މާވަރަށް ބަލާތީ ހީވެގެން އެނބުރުނުއިރު ޝާޔަލް އަހަރެމެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ހިނިތުންވެލަމުން މަންމަ ގޮވައިގެން އަވަހަށް ޝިއުޒްމެން ކައިރިއަށް ޖެހިލީ ފޮޓޯ ނެގުމަށެވެ. މެހެމާނުންވެސް މަދުވަމުން ގޮސް މުޅިން ހުސްވެއްޖެއެވެ. ދެއާއިލާގެ މެންބަރުންގެ އިތުރަށް ދެން ހުރީ ޝާޔަލްއެވެ.

” ދަރިފުޅާ ޝާލް.. މީހަކުވެސް ނެތެއްނު މިހާރު.. ދޭބަލަ އެމަންޖެ ގޮވައިގެން އެއްޗެއް ކާލަން..” މަންމަ ޝާލީއަށް ގޮވާލަމުން ބުންޏެވެ. ނޫރު ނިދުމުން މަންމަ ބޭނުންވީ ދޮންބެއާއެކީ ގެއަށް ދާށެވެ. މިވީ ކުޑަދުވަސްކޮޅުތެރޭގައި ނޫރުވަނީ މަންމައާއި ވަރަށް ބޮޑަށް ގާތްވެފައެވެ. އަމިއްލަ މަންމަގެ ވާހަކަ އޭނަ ނުވެސް ދައްކައެވެ. އެކަމާ ދޮންބެ ހުންނަނީ ހިތްހަމަޖެހިފައެވެ. ނަމަވެސް މަންމަގެ އުންމީދަކީ ދޮންބެ ދެވަނަ ކައިވެއްޏެއް ކޮށްގެން ނޫރުއަށް މަންމަގެ ލޯބި ހޯދައިދިނުމެވެ. މާމަ ހުއްޓަސް މަންމައެއްގެ ލޯބި އެދަރިފުޅަށްވެސް ބޭނުންވާނެކަން ދޮންބެއަށް ވިސްނައިދޭން މަންމަ ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު ދޮންބެ އެކަމާ މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކާންއިންއިރު ޝާލީއާއި ޝާޔަލް ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަން ދެވުނެވެ. ޝާޔަލްގެ ވާހަކަތަކުން އޭނަގެ އާއިލާގެ މީހުން އުމްރާއަށް ދާން އުޅޭކަން އެނގުނެވެ. ޝާލީ ޝާޔަން ކޮބައިތޯ ސުވާލުކުރުމުން އޭނަ ދިން ޖަވާބުން ސިހުނެވެ. އެދެމީހުން ކައިނިމުމުން ޝާޔަލް ގެއަށްލާފައި ޝާލީ ގޮވައިގެން އައީ ގެއަށެވެ.

“ޝިމާލްވެސް ދެން މީހަކާ އިންނަންވީނު..” ބޯމަތީގައި އަތްބާއްވާލައިގެން އޮއްވާ ދޮންބެގެ އަޑުޖެހުމުން ސިހުނެވެ. ހައިރާންވެފައި ދޮންބެގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ ގަބޫލުނުކުރެވިފައެވެ. އެވާހަކަ އެ ދައްކަނީ ހަމަ ދޮންބެ ހެއްޔެވެ؟

“ކީއްވެ ދޮންބެ ތިހެން ތިބުނީ؟” ޓައިލްސްތަކާއި ދިމާލަށް ބަލަހައްޓައިގެން އިނީ ދޮންބެއާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ.

“ވަރަށް ދުވަސްވެއްޖެ ޝިމާލް ގާތު މިވާހަކަ ދައްކަން އުޅޭތާ.. ޝިމާލްގެ އުޅުން ހުންނަ ގޮތް އެންމެންނަށްވެސް އިނގޭ.. ފަހަރަކު އަންހެންކުއްޖެއް ގޮވައިގެން ސައިކަލުގަ ބުރުޖެހުމާ ރެސްޓޯރެންޓްތަކަށް ދިއުމަކީ ރީތި ގޮތެއް ނޫން.. ޝިމާލްއަށް ނޭނގުނަސް ތިކުދިން ކޮންމެތާކު އުޅުނަސް ދޮންބެ ބަލަން ތިކުދިން އުޅޭ ގޮތް.. ޚާއްސަކޮށް ޝިމާލް އުޅޭ ނޫޅޭ ގޮތް ވަރަށް ގާތުން ދޮންބެ ބަލަން..  އެއީކީ ކޮންމެހެން ޝިމާލްއަށް އިތުބާރު ނުކުރެވޭތީކީ ނޫން.. އަހަރެންގެ ވާޖިބެއް ކަމުގަ ދެކޭތީ ބަލަނީ.. ތިއިން އެއްވެސް ކުއްޖަކަށް ދެރަގޮތެއް ވާންނޭދޭތީ..” ދޮންބެ ވާހަކަ ހުއްޓާލުމަށްފަހު ފުން ނޭވާއެއްލިއެވެ.

“ފަހަރެއްގަ ވެދާނެ އާއިލާގެ ތެރޭގަ ޝިމާލްއަށް ފެނިފަހުރި ކައިވެނީގެ ސަބަބުންކަމަށް މީހަކާ ނީންނަން ތިހުރީ.. އެކަމަކު މިހާރު ޝިމާލްވެސް ތިހިރީ ހެޔޮ ވިސްނޭހާ ބޮޑުވެފަ.. އެންމެން އެއްގޮތެއް ނުވާނެކަން އެނގޭނެ.. އަދި އެންމެންގެ ދިރިއުޅުމުގަ ދިމާވާނީ އެއްކަހަލަ ކަންތައްތައް ނޫންކަންވެސް ވިސްނޭނެ.. ރަނގަޅާ ނުބައި މީހަކު ކިޔާ ނުދިނަސް ވިސްނޭނެ މިހާރު.. އުމުރުގެ ދުވަސްތައް ތިގޮތުގަ ނަގާ ނުލާ..” ބޮލުގައި ފިރުމާލުމަށްފަހު ދޮންބެ ނިކުމެގެން ދިޔައީއެވެ.

އަމިއްލަ ދިރިއުޅުން ބޮއްސުންލާފައިވާއިރުވެސް ދޮންބެ އެދެމުން އެދަނީ އަހަރުމެންގެ ދިރިއުޅުން ބާއްޖަވެރިވުމަށެވެ. ކިހާ މަތިވެރި ލޯތްބެއް ހެއްޔެވެ؟ މިފަދަ ލޯތްބެއް ދުރުހިލޭ މީހެއްގެ ފަރާތުން ލިބިދާނެ ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ކައިވެއްޏަކާ ދޭތެރޭ ވިސްނަން މަޖުބޫރުވީއެވެ. ނިދުނީވެސް އެހިޔާލުތަކުގައި އޮއްވައެވެ.

ފަތިސް ނަމާދަށްފަހު ޖައްސާލީ މާބޮޑަށް ވަރުބަލިވެފައި ހުރުމުންނެވެ. ހޭލެވުނީ މިއުވާން ގުޅީމައެވެ. ހުޅުމާލޭގައި ބާއްވާ ތަމްރީން ޕްރޮގްރާމަށް އޭނަ މާލެ އައިސްހުރި ވާހަކަ ބުންޏެވެ. ކަޑައެޅިފައވާ ތާރީޚަށްވުރެ ވަނީ ދެމަސް ލަސްކުރެވިފައެވެ. ގޭގެ އެޑްރެސް ދީފައި އަންނައްޗޭ ބުނީމެވެ. އެނދުގައި އޮއްވާ ނޫރު އައިސް ބުނީ މީހަކު ހޯދަން އައިސްހުރި ވާހަކައެވެ. މޫނު ދޮވެލުމަށްފަހު ބޭރަށް ނިކުތްއިރު މިއުވާންއިނެވެ.

“މިތާ ކައިރީގަ ހުރެވުނީމަ ހިތަށް އެރީ މިގެއަށް ވަދެލާނީއޭ..” އަހަރެން ފެނުމާއެކީ އޭނަ ބުނެލިއެވެ.

“ކިހިނެއްތަ ހުރިހާ ކަމެއް؟” އޭނަ ކައިރީގަ ހުރި ސޯފާގައި ޖައްސާލަމުން އަހާލީމެވެ. ރަށުގެ ވާހަކައާއި މަސައްކަތުގެ ވާހަކަ ދެކެވުނެވެ.

“ތިއްތީ އަންނަން ވީނު ސައިބޯން..” އިރުކޮޅަކުން ކިއާރާ އައިސް ބުންޏެވެ. މިއުވާން ހައިރާންވެފައި ކިއާރާއަށް ބަލަހައްޓައިގެންއިނެވެ.

” މީ އިޒްގެ ވައިފް ކިއާރާ.. ހުކުރުދުވަހު އިޒް މެރީ ކުރީ..ކިއާ މީ މިއުވާން..” ދެމީހުން ތަޢާރަފުކޮށްދިނީމެވެ.

“ކޮބާތަ އިޒް؟” ކިއާރާއަށް ބަލާލަމުން އެހީމެވެ.

“ދޮންބެއާއި ދެމީހުން ބޭރަށް ދިޔައީ..” ކިއާރާ ސައިތަށި އަޅައިދެމުން ވާހަކަދެއްކިއެވެ. މަންމައާއި ޝާލީ އައީ ސައިބޮއެނިމުނުތަނާއެވެ. މަންމައަށްވެސް މިއުވާން ތަޢާރަފްކޮށްދިނީމެވެ. ޝިއުޒްގެ ކައިވެނީގެ ޙަފްލާއަށް މިއުވާންއަށް ދައުވަތު ނުދިނުމުން މަންމަ ހުރީ ހިތްހަމަނުޖެހިފައެވެ.

“ދައުވަތު ދިން ނަމަވެސް ނާދެވުނީސް ކަންނޭނގެ.. އާއިލާ މީހަކު ބަލިވެގެން ރަށުގަ ހުރެފަ ހަމަ މިއަދު ފަތިހު މާލެ މިއައީ..” މިއުވާން ޝާލީއާއި ދިމާލަށް މާގިނައިން ބެލިކަން ފާހަގަކުރެވުނެވެ. ޝާލީގެ ދޮންމޫނަށް ވެރިވެފައި ވަނީ މަޑުރަތްކުލައެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު މިއުވާން ދިޔައީ ހަވީރު އަންނާނެ ކަމަށް ބުނަމުންނެވެ. ދޮންބެއާއި ޝިއުޒް ބާޒާރުކޮށްގެން އައީ އޭގެ ފަހުންނެވެ.

“އިޒް މަށަށް ހީވަނީ އަހަރުމެންނަށް ޅިޔަނެއް ލިބެން އުޅެނީހެން..” ފެންބޯންއިން ޝާލީ ކޮށިއެރިއެވެ.

“ވަޓް.. ސީރިޔަސްކޮށްތަ؟” ޝާލީގެ އިސްޖެހިފައިވާ މޫނަށް ބަލާލަމުން ޝިއުޒް އެހިއެވެ.

“އެއީ ތެދެއްތަ ޝާލް..” ޝާލީގެ އަތުގައި ހިފާލަމުން ކިއާރާވެސް އަހާލިއެވެ. ޝާލީ އެއްވެސް ޖަވާބެއްނުދީ އިސްޖަހާލައިގެން އިނީއެވެ. އެންމެންގެ ދިމާކުރުމާއި ލާނެތް ވާހަކަތަކުން އޭނަ ލަދުންވިރެނީއެވެ. އިރުކޮޅަކުން ކިއާރާގެ އަތް ފޮޅުވާލުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. ޝިއުޒްމެންނާއެކީ ވާހަކައިގައި އިނދެފައި އަހަރެން ބޭނުންވީ ޝާލީއާއި ވާހަކަދައްކާށެވެ. މަޑުމަޑުން އެކޮޓަރިއަށް ވަތްއިރު ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ބެލްކަންޏަށް ނިކުތްއިރު މަގުމައްޗަށް ބަލަހައްޓައިގެން އޭނަ ހުއްޓެވެ.

” ކިހިނެއް ފެށުނު ކަމެއްތަ އެއީ؟” ރެއިލިންގައި ބުރަކަށިޖައްސާލަމުން ޝާލީއަށް ބަލާލީމެވެ.

“ކޮބާތަ؟” އޭނަ އުޅުނީ އޮޅުވާލާށެވެ.

“މިހާރު ތިއްތި އެހާވެސް ދުރުކޮށްލީތަ؟” އުމުރާއިއެކީ ކުދިން ބަދަލުވާނެކަން އަހަރެންނަށްވެސް ވިސްނެއެވެ. އެހެން މީހުން ގާތު ދައްކަން ބޭނުންނުވާނެ ވާހަަކަވެސް ހުންނާނެއެވެ. އާއިލާގެ މެންބަރުންނާއި ހިއްސާކުރަން ބޭނުންނުވާ ކަންތައްތައް އެކުވެރިންނާ ހިއްސާ ކުރަން ބޭނުންވާނެއެވެ. އެއީ އާއިލާގެ މެންބަރުންގާތު ދައްކަން ނުކެރޭ ވާހަކައަށް ވެދާނެއެވެ.

“ޔޫ އާރ މައި ބެސްޓް ފްރެންޑް ތިއްތީ..” އަތުގެ މުލައްދަޑީގައި ހިފައިގަތެވެ.

” ހޫމް.. ދެން ބުނެބަލަ ޝާލްއަށް މިއުވާން ކަމުދޭތަ؟” އޭނަގެ ބޮލުގައި ފިރުމާލަމުން އެހީމެވެ.

“އައި ލައިކް ހިމް.. އެކަމަކު އޭނައަކަށް ނޭނގޭނެ..” މިއުވާންގެ ނަންބުނާއިރަށް އެމޫނަށް މަޑުރަތްކުލަ ވެރިވެގެންދިޔައެވެ. ފުރަތަމަ ދެމީހުން ދިމާވީ ޝާޔަންގެ ވެޑިން ޕާރޓީ ތެރޭންކަން ޝާލީކިޔާދިނެވެ. އޭގެ ފަހުން އެކި އެކި ތަންތަނުން ދެމީހުން ދިމާވިކަމަށާއި ރަޙްމަތްތެރިކަން އުފެދުނު ގޮތުގެ ވާހަކަ ކިޔާދިނެވެ.

އިޝްޤީ ލޯތްބަކީ އެހާ ފަސޭހައިން ވެވިދާނެ އެއްޗެއް ހެއްޔެވެ؟ ފުރަތަމަ ނަޒަރުންވެސް މީހެއްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟

(ނުނިމޭ)

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 3 ވަނަ ބައި)

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..

Next
April 29, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..

Previews
April 28, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 3 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

6 Comments

  1. Mysterious Angel says:
    April 29, 2016 at 1:08 pm

    އެންޖެލް ވަރަށް ބޮޑަށް ބަލިވެގެން ވާހަކަ ގެނެސްދެވުނުލެއް ލަސްވިކަމަށްޓަކާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން

  2. princess says:
    April 29, 2016 at 1:19 pm

    Nyc ..whn nxt prt..nd gws angel

  3. joke says:
    April 29, 2016 at 1:43 pm

    mi vaahaka mashaa Allah v rythi… to be onest furathama kolhu ehaa rycheh noon but now meethi v aslhi….up vaaleh lahee ekam… i can understand …. ahan nakah neygeyne dhw mysterious angel busy vaane vareh…. dhw… and the love story between simaal saayan sayaal is getting me so excited …. dhen mi vaahaka gaa vaane gotha kaamedhu visnaafa v kiyaa hiyy vey n vrah wait vx eba kure vey….

  4. afu says:
    April 29, 2016 at 1:48 pm

    obi .. getwell soon Anjel ..ekam thankolheh kuru .. dhen faharakun dhigu kohlaane kamah unmmeedhu kuran….☺

  5. yanaa says:
    April 29, 2016 at 2:00 pm

    V reethi mi vaahaka…. GWS☺

  6. Mai says:
    April 29, 2016 at 6:39 pm

    Vaahaka v v reethi………. GWS

Comments are closed.

All Right Reserved!