އަތޫޝާ އަށް އިނދެވުނީ އާޝިޔާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. މަމްދޫހު ހޭނާރައޭ ބުނުމުން ހިތަށް ފާޑެއްގެ ގޮތެއްވެސް ވިއެވެ. ހިތުގެ ކަނަކުން މަމްދޫހު ކައިރިއަށް ދާން އެދުނީ ކީއްވެކަމެއް އަތޫޝާއަށް ނޭނގެއެވެ. “މަމްދޫހަށް ކިހިނެއްވީ” އަތޫޝާއަށް އަވަސް އަވަހަށްއަހާލެވުނެވެ. އޭރުވެސް އަތޫޝާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. “އެކްސިޑެންޓް ވީ…. އަދިވެސް ހޭނާރާ… ޑޮކްޓަރު ބުނީ މަމްދޫހު ހޭނާރަންވި ސަބަބެއް ނޭނގެޔޯ… އެހެން ދުވަސްވަންޏާ ހޭއަރާނެ ކަމުގެ އުންމީދު ހައްތަހާ ވާނީ ދަށޯ… ޝާޝާ […]
” އަހަރެންނަށް އިންތިޒާރު ކުރަންތަ؟ އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެންދެކެ ލޯބިވިންތަ؟ ބޭވަފާތެރިވީ އަހަންނެއް ނޫން. އަހަރެންގެ ތަގްދީރު… އަމިއްލަ ނަފްސަށް ވުރެ އަހަރެން އުނޫދެކެ ލޯބިވޭ. އަހަރެންގެ އުފަލަކީ އުނޫ. ޔޫ އަރ މައި ހެޕިނެސް. އައި ހޯޕް ދެޓް އާފްޓަރ 8 އިޔާސް ޔޫ ގޮޓް ޔުއަރ ލަވް. އަހަރެން އެންމެ އުފާވާނީ އޭރުން.” ފްލައިޓް ތެރޭގައި އިން އީނާޝް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފޯނުން ފެންނަމުން ދިޔަ އުނޫޝްއާއިއެވެ. އޭރު […]
ނާސިރު ދެއަތް ފުރަގަހަށް ވާގޮތަށް ބިޑިއަޅުވަފައި ހުރި އިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. އޭނަ ވަށިގެން ފަސްވަރަކަށް ފުލުހުން ތިއްބެވެ. އަހަރެންގެ ދަތްޕިލަ ބުރި ވާރަށް އަހަރެންނަށް ބާރު ކޮށްލެވުނެވެ. މަޑުމަޑުން އަހަރެން އެމީހުންނާއި ކައިރިއަށް ދިޔައީމެވެ. ފުލުހުން އޭނަ ވަށާލައިގެން ތިބެ ހުސައިން އާދަމް ބިލްޑިންއާއި ދިމާލަށް ކުރިއަށް ދިޔައެވެ. ނާސިރުގެ މޫނުަމތީގައިވާ ހިނިތުންވުން ފެނުމުން އަހަރެންގެ އެތެރޭގައި ހިންދައިގެން ހުރި ރުޅިގަނޑު ހީވީ އަހަރެން ފަޅާލާފައި ނިކުންނެވެ. ކިތައްމެ ވަރަކަށް އަހަރެންގެ […]
” އަހަރެން މިއުޅެނީ މޮޔަވެގެންދޯ މާޒް ހޯދަން” އާރާ އިންތަނުން ތެދުވަމުން ބުންޏެވެ. އަދި މަޑު ނުކޮށް ކާރާ ދިމާއަށް ހިނގައިގަތެވެ. އާރާގެ ފަހަތުން ޔުއާން އާއި މާޒްވެސް ހިނގައިގަތެވެ. ………………………………………………………………………………………………….. އާރާ އެނދުމަތީގައި އިށީނދެލައިގެން އިންއިރު ލޯ އަމާޒުވެފައި ހުރީ ޓީވީ އިން ދައްކަމުންދާ ފިލްމަށެވެ. އުފާވެރި ނިމުމަކުން ނިންމާލި ފިލްމު އާރާ ބަލަން އިނީ ހެވިފައެވެ. އާރާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެވަގުތު އެތެރެއަށް ވަން ފިނި ވައިރޯޅިން އާރާގެ އިސްތަށިގަނޑާ […]
” މާޒް ތިވިސްނުން ދޫކޮށްލާ… މާޒްގެ މަންމަ ކުރަން ބޭނުން ނުވި ކަމެއް ކީއްކުރަން މާޒް ކުރަނީ.. ” ސޮފާ ބުންޏެވެ. ” އަހަރެން ބޭނުން އަހަރެންގެ ބައްޕަ ހޯދަން.. އަހަރެން ބޭނުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން..” މާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ. ” މާޒްގެ މަންމަ ދުނިޔޭގަ އެންމެ ކުރަން ބޭނުން ނުވި ކަންތައް ތީ.. އެހެންވީމަ މާޒްވެސް ރަނގަޅުވާނީ ތިހިޔާލު ދޫކޮށްލިއްޔާ” ސޮފާ މާޒް އަށް ވިސްނައިދެވޭތޯ އުޅުނެވެ. ” […]
…………………………………………………………………………………………………….. ރާކިން ކްލާސް ނިންމާލާފައި ކޮލެޖުން ނިކުތްއިރު ދޮރުމަތީ ގައި ފަލަކް މަޑުކޮށްލައިގެންއ ހުއްޓެވެ.ފަލަކް އަކީ އާރާ އާއި އެއްކޮށް ކިޔަވަމުން އައި އާރާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ރާކިންއައި ފަލަކްގެ މެދުގައި ގާތް ރަހުމަތްތެރިކަމެއް އުފެދުނީ ފަލަކް އާރާ އާއި އެއްކޮށް އެގެއަށް އައިސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް މިހާރު އެރަހުމަތްތެރިކަންވަނީ ލޯތްބަށް ބަދަލުވެ އެކަކު އަނެކަކާ ދުރުނުވެވޭ ވަރުވެފައެވެ. ފަލަކްގެ ހަމައެކަނި ބިރަކީ ފަލަކްއަކީ އާދައިގެ އާއިލާއަކަށް އުފަން ކުއްޖަކަށް ވުމާއެކު ރާކިންގެ […]
އެމީހާ އެތަނަށް އައުމުގެ ކުރިން ފައުޒާންއަށް އެގޮނޑިއަށް ދެވުނު ނަމައޭ ހިތަށް އެރީ މާ ފަހުންނެވެ. ދެން އިތުރު ކަމެއް ނުކުރެވުނެވެ. ލޯންޗު ނައްޓާލި އިރުވެސް ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ފައުޒާންއަށް އިނދެވުނީ އެވެ. ބައެއް ފަހަރު ހިބާއާއި ދިމާއަސް ދާންވެސް ފޫ ހިއްލާލައެވެ. ނަމަވެސް އަދި މަދުކޮށްލެވެނީއެވެ. އެހާ ދުވަސް ފަހުން ފެނުނު ފުރަތަމަ ފަހަރު ކަމުން ދުރުގަ އިންދެގެން ހިތްފުރެންދެން ހިބާއަށް ބަލާނީއޭވެސް ހިތަށް އަރައެވެ. ހިބާ ފެންނަލެއް ހާދަ ހިއްކެވެ. މޫނުމަތި އެވަނީ […]
ދޮރުން ވަދެގެން އައިސް ޒެކްމެން ކައިރީ މަޑުކޮށްލި މީހަކު ފެނުމުން އެންމެންގެ ލޯތަށް އެދިމާލަށް އަމާޒު ވިއެވެ. އަދި ފައުޒާންއަށް ވެސް އިންތަނުން ތެދުވެވުން އިރު ޒެކް ވެސް ހުރީ ހައިރާން ވެފަ އެވެ. ދޮރުން ވަދެގެން އައިސް ޒެކް ކުރިމަތީ ހުއްޓިގެން ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޖަމާލް އެވެ. ޖަމާލް ޒެކްއާއި ސަލާން ކޮށްލި އެވެ. ޒެކް ހުރީ ގަބޫލު ނުކުރެވިފަ އެވެ. “ޒެކް، ބޭބެއަށް މި އާދެވުނީ ކައިވެނިކޮށް ނިމުނީމަ […]
“އޯހް… ކޮބާތަ ބޭބީ؟… ޒައިކަށް އިނގޭތަ… ދައްތަ މިއައީ ކޮއްކޮ ބަލައޭ… އޯކޭތަ ކޮއްކޮ ގެންދިޔަސް!!!….” ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާއި އެކީ ތުއްތު ޒައިކް ކުޅެން ހުރިތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު […]