“އެއްލަބަލަ މަދެއް.” އަޒްމާ ގޮވާލި އެވެ. ހިބާ މަދެއް ބިނދެފައި އަޒްމާއަށް އެއްލި އެވެ. ދެން އަނެއްކާވެސް މަދެއް ބިންދެފައި އެއްލަންވެގެން ފައުޒާންއަށް ބަލައިލި އިރު ފައުޒާން ކައިރީ ހުރި މީހާ ފެނުމުން ހިބާ ނުވެއްޓުނީ ކިރިޔާ އެވެ. ހިބާ ލޯބޮޑުކޮށްލައިގެން ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓާލައިގެން ގުދަށް އެމީހާއަށް ބަލަން އޮތީ އެވެ. ޖަމާލް ދެއަތް ފުރަގަހަތަށް ލައިގެން ފައުޒާންއާއި ކުރިމަތިލައިގެން ހުއްޓެވެ. ކުއްލިއަކަށް އެގޮތަށް ޖަމާލް އައިސްދާނެ ކަމަކަށް ފައުޒާންވެސް އަދި އެހެން މީހުންވެސް ހިތަކަށް […]
އިޝްޤީ ލޯތްބަކީ އެހާ ފަސޭހައިން ވެވިދާނެ އެއްޗެއް ހެއްޔެވެ؟ ފުރަތަމަ ނަޒަރުންވެސް މީހެއްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ލޯބިވެވުނީމަ އިނގޭނީ ކިހިނެއް ހެއްޔެވެ؟ ފިލްމުތަކުގައި އެދައްކާހާ ގޮތްގޮތް ހަމަ ޙަޤީޤީ ދިރިއުޅުމުގައިވެސް ވާނެ ހެއްޔެވެ؟ ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނަސް އުފާވެރިވެވޭނެ ހެއްޔެވެ؟ އެކަނިވުމުން ސިކުނޑިއަށް ވެރިވެގަތީ އެފަދަ ޙިޔާލުތަކެވެ. ލޯތްބާއި ކައިވެއްޏާއި ދޭތެރޭ ފުންކޮށް ވިސްނަންފެށީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ސީރިޔަސްކަމާއެކު ކައިވެއްޏާއިމެދު ވިސްނީމެވެ. ހަވީރުގެ ވަގުތެވެ. ނޫރު ކިޔާވަރުން ކިއާރާއާއި ޝާލީ އުޅުނީ އޭނަ ގޮވައިގެން […]
ދެދުވަސް ވެގެން ދިޔައިރުވެސް ޔަސްމާގެ ހިތަށް އެއްވެސް ވަރަކަށް ހިތަހަމަ ޖެހުމެއް ނުލިބެއެވެ. ޒީބާ ކުރިން ދުވަހަކުވެސް ޒާހިދުގެ ވާހަކައެއް އޭނާގެ ކައިރިއަކު ދައްކާފައެއް ނުވެއެވެ. ބައްޕައަކީ ކާކުތޯ އަހާލާފައިވެސް ނެތެވެ. މިއަދު ކުއްލިއަކަށް އެހެން އަހާލުމުން ހިތް ބިރު ގަންނަން ފަށައިފިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނަގެ ހިތު ތެރޭގައި އަށަގަނެފިއެވެ. އަވަހަށް މާލެދާން ޓިކެޓް ނެގީވެސް އެހެންވެއެވެ. ފޯލިން ނިންމާލުމުގެ ކުރިން އިއްބާން މެނާއި އެމީހުންގެ އަލަށް އައި އޮފިސަރ ތައާރަފް ކޮއްދިނެވެ. އުމުރުން 39 […]
“މި ވީޑީއޯ އާސީންއަށް ފެންނަ އިރު އަހަރެން ފަހަރެއްގަ މިދުނިޔޭގައި ނުހުރެދާނެ.. އެކަމަކު އަހަރެން އާސީން ބުނި ކަންތައް ކޮށްދީފިން.. މި މެސެޖްއާއި އެކު އާސީންއަށް އެފައިލްތައްވެސް ފެންނާނެ.. އަހަރެން އަދިވެސް ބުނަން ބޭނުންވަނީ.. އަހަރެން މިއީ އާސީންގެ އެކުވެރިއެއް ކަމަށް ބަލާނަމަ.. ޕްލީޒް.. އިތުރަށް މި ކޭސްގައި ކުރިއަށް ނުގެންދޭ.. އެމީހުންނަށް އަހަރެން.. މިކަންތައް ބަލާކަށް އެނގޭ… އަދި މިކަމުގައި އާސީން އުޅޭކަންވެސް އެނގޭ.. އާސީންއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން” އެހާ ހިސާބުން ކުއްލިއަކަށް […]
“މަންމާ.. އަހަރެން ނުދާނަން އެތަނަކަށް..” އުމުރުން 16 އަހަރުގެ ޝިކާ އޭނާގެ މަންމަގެ ހެދުމުގެ ފަސްބައަށް ދަމަމުން ރޮމުން ގެންދިއައީ ކުޑަކުއްޖެއް ފަދައިންނެވެ. “މަންމާ ޕްލީސް… އަހަންނަކަށް ނޭންގެ މަންމަ އާ ވަކިން އުޅޭކަށް.. ” “ހޫން.. އަނެއްކާ ވެސް އެއްކަލަ ބޮޑާ ހާކަން ފެށީ ދޯ!” ޝިކާ ގެ މަންމަ، ރަހީމާ ހުރީ ރުޅި އައިސްފައެވެ. “އަދިވެސް އުޅެން އެނގެނީ ކުޑަ ކުއްޖެއް ހެން ވިއްޔަ.. އެހެން ވެގެންނޭ މިތަނުން ފޮނުވާލަންވީ ވެސް.. އުނދަގޫ ބޮޑު […]
ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ. އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް […]
ެ. އާރާގެ ބޮލަށްވާ ގޮތަށް ފެންފުޅި އަރިކޮށްގެން ހުރި މާޒްއަށްެވެސް ކަޅިޖަހާ ނުލާ ބެލެމުން ދިޔައީ އާރާގެ ދޮންދޮން މޫނަށެވެ. މޫނު ހުރަސްކޮށް ފެންތައް ތިރިއަށް ފައިބަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. މި މަންޒަރުތައް ފެނި މާޒްވެސް ހުރީ ކަޅިޖަހާލަން ނޭނގިފައެވެ. މާޒް އާއި އާރާ ސިއްސައިގެން ގޮސްފައި ބަލާލީ ޔުއާން އާރާއަށް ގޮވާލި އަޑަށެވެ. އެމީހުންނާއި ދިމާއަށް ޔުއާންއަށް އާދެވުނީ ދުވެފައެވެ. އާރާ ހުރި ގޮތް ފެނުމުން ޔުއާން މާޒް އާއި ދިމާއަށް […]
އެހެން އިނދެފައި އުނޫޝް ދިއްކޮއްލީ ކުޑަކުޑަ ނޯޓް ކޮޅެކެވެ. ” ނާޝް. އެންމެ ފުރަތަމަ ނާޝް ފެނިލުމާއިއެކުވެސް އަހަރެންގެ ހިތުގައި ނާޝްއަށްޓަކައި ލޯބި އުފަންވި. އައި ލަވް ޔޫ. އެދުވަހުން ފެށިގެން އަހަރެން ނާޝްދެކެ އިންތިހާއަށް ލޯބިވެވިއްޖެ. އަހަރެންނަށް ހީވާގޮތުގަ ނާޝްވެސް އަހަރެން ދެކެ ލޯބިވޭ. އެހެން ނޫންތަ؟” ނޯޓް ކޮޅު ކިޔައިލުމާއިއެކު އީނާޝް ހާސްވާން ފެށިއެވެ. އޭނާވެސް އުނޫޝްދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާޔަކީ ބައްޕަމެންގެ އުންމީދެވެ. ބައްޕަމެން ބޭނުންވަނީ އޭނާޔަކީ […]
މާލެ ދިއުމުން ހިބާއާއި ފައުޒާންއަށް ވާނީ ކިހިނެއް ހެއްޔެވެ. ހިބާ ފައުޒާންމެންގެއަށް ދާނެ ހެއްޔެވެ. ނޫނީ ފައުޒާންއަށް ހިބާމެންގެއަށް ދެވޭނެ ހެއްޔެވެ. އަނެއްކާވެސް ދެމީހުން ވަކިވާނީ ހެއްޔެވެ. އެކަމާއި ބެހޭ ގޮތުން އަދި އެދެމީހުން މަޝްވަރާ ކޮށްފައިވެސް ނެތެވެ. ފައުޒާން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ހިބާ ފާހާނާއިން ނިކުތްއިރު ފައުޒާން އައިސް ކޮޓަރިއަށް ވަންނަނީ އެވެ. “ކޮންތާކުން ތި އައީ؟” ހިބާއަށް އަހާލެވުނެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. އެހާ ދުވަހަށް ފަހު ހިބާ ނިދާހެދުމުގައި […]