Skip to content
އެސްފިޔަ

ބޭވަފާތެރި ނުވަމޭ ޔާރާއޭ…( 2 ވަނަ ބައި)

“ހާއި އީނޫ… ހާދަ ތަފާތޭ މިހާރު. މާ ބޮޑަށް ދޮންވެފަ ހިކިވެފަ ދިގުވެފަ. އެންޑް ޔުއަރ ސްޓައިލް. ކުރިން ބުރުގަލެއްވެސް ނާޅަމެއްނު. މިހާރު ތިހުރީ ޖިލްބާބްގައެއްނު. ހީވަނީ އެހެން އީނޫ އެއްހެން.”

ފުރަގަހުން ހާއިއެއް ޖަހާލަމުން އޭނާގެ ދުވަސްވީ އެކުވެރިޔާ ކަމުގައިވާ ލަމްޔާ ވާހަކަ ދައްކަން ފެށިއެވެ.

” އާން ލަމްވެސް ވަރަށް ޑިފެރެންޓް. ކުރިން އިލޮއްޓެއްހެން ހުންނަ ލަމް މިހާރު ފަލައީ ކީއްވެތަ؟ ”

“ހުމްމްމްމްމް.. ދެކުދިން ވިހާއިރު ފަލަ ނުވެ ހުރޭތަ.”

” ވަޓް؟ އަރ ޔޫ މެރީޑް. ކާކާތަ؟ ”

” ބީރައްޓެއްސަކާ. އަހަރެން ބޭނުންވި އިތުރަށް ސްޓަޑީ ކުރާން. އެކަމް ތަނަކުން މުއްސަންޖެއް ފެނުނު އިރަށް މަންމަޔަށް ވީ ގޮތެއްވެސް ނޭނގުނު. ”

” ދެރަނުވޭ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. އިންޝާ ﷲ އަދި ލަމްއަށްވެސް ސްޓަޑީ ކުރެވޭނެ. ބައި ދަ ވޭ ކޮބާ ތަ ލަމްގެ ދެކުދިން؟”

” ނިދާފަ. އިނގޭތަ އަހަރެންނަށް ލިބުނީ ޓްވިންސް. އަބަދުވެސް އީނޫ ބޭނުންވާ ގޮތަށް ބޯއީ އަކާ ގާރލްއަކާ. ”

” ހުމްމްމްމް. އަހަރެންނަށް އެނަސީބު ނުލިބުނަސް އިންޝާ ﷲ އަހަރެންގެ އެކުވެރިޔާޔަށް އެނަސީބު ލިބިއްޖެއްނު. އައި އެމް ހެޕީ ފޯރ ޔޫ.”

” އައްދެ. އައްދޭ. އަދި އީނުއަކަށް އެނަސީބު ނުލިބިފައެއް ނެތެއްނު. ކޮން އިރަކުތަ މެރީ ކުރަނީ؟ އަދިވެސް ބޭނުންވަނީ އެރޭންޖް މެރިޖް ކުރަންތަ؟”

” އަދި ތިކަމަކާ ނުވިސްނަން. އަހަރެން ބަލާނަން ލަމްގެ ދެކުދިން ކައިރިއަށް ދެވޭތޯ. ފިރިމީހާއަށްވެސް ސަލާމް ބުނާތި.”

ލަމްޔާގެ އިތުރުން އެރޭގައި އެތައް ބަޔަކާއި އީނާޝް ބައްދަލު ކުރިއެވެ. ނަމަވެސް އޭނާ ބައްދަލު ކުރަން އެންމެ ބޭނުންވި އިންސާނާއަކާއެއް ބައްދަލެއް ނުވިއެވެ. އަނެއްކާ އުނޫޝް ރަށުގައި ނެތީ ހެއްޔެވެ؟ ނޫނީ އީނާޝްދެކެ ރުޅި އަންނާތީ ނައީ ހެއްޔެވެ؟ އުނޫޝް ފިޔަވައި ދެން އީނާޝް ބައްދަލު ކުރަން ބޭނުންވީ އޭނާގެ ބެސްޓް ފްރެންޑް ފަހުމާވެސް އެރޭގައި އީނާޝް އަކާއި ބައްދަލެއް ނުވިއެވެ. އަދިވެސް ފަހުމާ އެންމެ ރުޅި އަންނަނީ އީނާޝް ދެކެ ހެއްޔެވެ؟ ހަގީގަތް ހޯދާކަށްވެސް ފަހުމާ މަސައްކަތެއް ނުކުރޭ ހެއްޔެވެ؟ 8 އަހަރަށް ފަހު ކަންތައްތައް ވީގޮތެއް އީނާޝްއަކަށްވެސް ނޭނގެއެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދަން އޭނާ ބޭނުންވެއެވެ.

******

އާދުވަހަކަށް އިރު އަރައިފިއެވެ. ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނެމުން އައި އިރުގެ ދޯދިތަކާއިއެކު އީނާޝްއަށް ހޭލެވުނެވެ. އަދި ގަޑި ބަލައިލި އިރު 6 ޖަހައިފިކަން އޭނާޔަށް އެނގުމުން ދެވުނު އެންމެ ބާރަކަށް ފާހަނަޔަށް ވަނީ ދަތްއުނގުޅާ ވުޟޫކޮއްލުމަށްޓަކައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ފަތިސް ނަމާދަށްވެސް އޭނާޔަކަށް ނުހޭލެވުނެވެ. އަދި ފަތިސް ނަމާދު ގަޟާ ކޮށްލައި ކޮޓަރިން ބޭރަށް ނިކުތީ ބަދިގޭގައި މަންމަ ހުންނާނެ ކަމުގެ އުންމީދުގައެވެ.

” އައްދޭ. ދަރިފުޅު ހޭލީތަ؟ މަންމަ ހީކުރީ ރަޝިޔާ ކުދިން އެހާ އަވަހަކަށް ނުހޭލާނެ ކަމަށް.” ބަދިގޭގައި ފުއް މޮޑެން ހުރި އަމީނާ ބުންޏެވެ.

” ދެން ރަޝިޔާ ކުދިން ވެއްޖިއްޔާ އަވަހަށް ތެދުވެގެން ނުވޭތަ. އެހެންނޫނަސް އަހަރެންނަކީ ދިވެއްސެކޭ. ”

” ހުމްމްމްމްމް. މަންމައަށްވެސް ތިކަން އިނގެޔޭ. މަންމަގެ އީނޫ އަކީ ދުވަހަކުވެސް ކަންނެތް ކުއްޖެއް ނޫނޭ.”

” މަންމަޔަށް ހޭލެވުނީ ކިހާ އިރަކު؟”

” މަންމަޔަށް ހޭލެވުނު 5 ޖެހި އިރުވެސް. އެކަމް ތަންކޮޅެއް އަވަހޭ ހިތައި ނިދުނީ. ދެން ފަހުން ހޭލެވުނީ ދެންމެއަކު. ކީއްވެ ތިސުވާލު ތިކުރީ؟”

” އަހަރެންނަށް ނަމާދަށް ނުހޭލެވުނީމަ. މަންމަ ނަމާދު ކުރިންތަ؟”

އަމީނާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ ނަމާދެއް ނުކުރަމޭ ހެއްޔެވެ؟ ނޫނީ ހޭލެވުމުންވެސް ނަމާދު ނުކުރަމޭ ހެއްޔެވެ؟ އޭނާގެ އީނާޝް މިހާ ހަރުދަނާ ވީ ކޮން ދުވަހަކު ހެއްޔެވެ؟

” ކިހިނެއްވީ މަންމާ؟ ނަމާދު ނުކުރަނީތަ؟”

އަމީނާގެ ކިބައިން ޖަވާބެއް ނުލިބުމުން އީނާޝް އަހައިލިއެވެ.

” ދަރިރިފުފުޅު ނަމާދު ކުރިންތަ؟” ދޫ އަޅައިގަންނަމުން އަމީނާވެސް ކޮށްލީ ސުވާލެކެވެ.

” އާން. ނަމާދު ކުރިން. އެކަމް ނަމާދު ކުރަންވީ ގަޑިޔަކަށް ނުހޭލެވުނު. އެހެންވެ ވަރަށް ހިތްހަމަ ނުޖެހިފަ މިހުރީ.”

އަމީނާއަށް ހިނިތުން ވެލެވުނެވެ. އަދި 8 އަހަރަށް ފަހުގައިވެސް އީނާޝްގެ ކިބައިގައި އަށަގެންފައިވަނީ ހުސް ރަނގަޅު ސިފަކަން އެނގުމުން ހިނިތުން ވެވުނެވެ.

” މަންމާ. އަހަންނަށް އެނގޭ މަންމަ މިހާރު 5 ނަމާދު ނުކުރާކަން. ކުރިން މަންމަ އަބަދުވެސް އަހަރެން ކައިރީ ބުނާނީ އެއްކަމެއް ނުކުރިޔަސް ނަމާދު ކުރައްޗޭ. އެއީ އަހަރެންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބުމުގެ ސިއްރަކީ. އަހަރެން ނުބުނަން ޔާންވެސް ތަރުބިއްޔަތުވެގެން ދަނީ ގޯސް ކޮށެކޭއެއް. އެކަމް ޔާންގެ ކިބަޔަކު ނަމާދަށް ލޯބި އުފެދިފައެއްނެތް. އިނގޭތަ؟ ރޭގަވެސް ޔާން ކައިރީ ނޮންނުޔާއެކީ ނަމާދު ކޮށްލަން އަންނާށެ ބުނީމަ އޭނަ ބުނީ ވަރަށް ނިދި އައިއްސިއޭ. ނަމާދުކުރާނީ ނިދި ނާންނަ އިރުގައޭ. މަންމާ. ޔާންއަށްވެސް މިހާރު 10 އަހަރުވެއްޖެ. އޭނައަށްވެސް މިހާރު ހުރިހާ ނަމާދެއް ކުރެވެން ވާނެ. މަންމަ ހިތްހަމަ ނުޖެހޭފަދަ ބަހެއް ބުނެވިއްޖެނަމަ ވަރަށް ބޮޑަށް މާފު ކުރޭ.” މަންމަގެ އަތުގައި ހިފައި ނަސޭހަތް ދޭ ފަދައިން އީނާޝް ބުންޏެވެ. ހަގީގަތުގައި މަންމަޔާއި މިގޮތަށް ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ދަރިން ދޭ ނަސޭހަތުގެ އަސަރު މައިންބަފައިންނަށްވެސް ކުރެއެވެ.

” މަންމަ އެއްވެސް ރުޅިއެއްނާދޭ. މަންމަ ދެކޭގޮތުގައިވެސް ނަމާދަކީ ވަރަށް މުހިއްމު އެއްޗެއް. އެކަމް މިހާރު މަންމަޔަށްވެސް ނަމާދަށް ފަރުވާ ކުޑަ ކުރެވޭ. އިރާދަ ކުރެއްވެއްޖިއްޔާ ހުރިހާ ނަމާދެއްވެސް ކުރެވޭތޯ އަހަރެން ބަލާނަން.”

ދެމައިންވެސް އެތައް ވާހަކަތަކެއްގައި ތިބެ ހެނދުނު ސައި ހަދައި ނިންމާލިއެވެ. އަމީނާ އެއްކަމެއް ކޮށްލަންވާއިރަށް އީނާޝް ދެކަންތައް ކޮށްލައެވެ. ހީވަނީ ރޮބޮޓެއްހެންނެވެ. އަމީނާވެސް ހުރީ ހައިރާންވެފައެވެ.

” ދަރިފުޅާ. ތިހާ އަވަހަށް މަސައްކަތް ކުރަން ދަރިފުޅަށް އެނގުނީ ކިހިނެއްތަ؟ ކުރިން މަންމަ އަބަދުވެސް އީނޫއަށް ހަނދާންކޮށްދޭން ޖެހެނީ އަތްމަތި އަވަސް ކުރާށޭ. އަވަސް ކުރާށޭ.” މޭޒުމަތީގައި ކާތަކެތި އަތުރަމުން އަމީނާ ވާހަކަ ދައްކަމުން ދިޔައީ އީނާޝް އާއިއެވެ. އޭރު މިފްޒަލްވެސް އޮފީހަށް ދާން ތައްޔާރުވެގެން ސައިބޯން އާދެއެވެ.

” އާން. އަހަރެން ރަޝިޔާގަ އުޅޭއިރު ހެނދުނު ތަންކޮޅެއް ކުރިން ޔުނިވާސިޓީއަށް ދާންޖެހޭ. މަންމަޔަށްވެސް އިނގޭނެ އަހަންނަށް ރެސްޓޯރެންޓް ކާނާ މީރު ނުވާނެކަން. އެހެންވެ ލަސްލަހުން ކައްކަން އުޅެގެން ކާ އެއްޗިހި ރޮލެއް ނުފިލާނެ. ދެން އަހަރެން ވަރަށް މަސައްކަތުން އަވަހަށް ކައްކަން ދަސްކުރީ.” ބައްޕަގެ މޫނަށް ބަލައިލަމުން އީނާޝް ކިޔައިދިނެވެ.

” އީނޫ. ދޭބަލަ ޔާންއަށް ގޮވާލަން. ބައްޕަ ގޮވާ ގޮވާވެސް ނުތެދުވި. ސްކޫލަށްދާ ގަޑިވެސް ޖެހެނީ.” ސައިމޭޒުދޮށުގައިވާ ގޮނޑިގައި އިށީންނަމުން މިފްޒަލް ބުންޏެވެ. އާނއެކޭ ބުނަމުން އީނާޝް ދިޔައީ އާޔަންއަށް ގޮވަންށެވެ.

” އަމީނާ. އަހަރެމެންގެ އީނޫވެސް މިހާރު އެހުރީ ހަޔާތެއް ފަށަންވީ އުމުރަށް ގޮއްސަ. 22 އަހަރުން ހަޔާތެއް ފަށާކަށް އަވަހެއް ނޫން. އަހަރެމެންވެސް ހެޔޮ ހާލުގަ ތިއްބަ ކާފަދަރިންނާ މާމަ ދަރިން އުޅޭނޫޅޭ ގޮތް ބަލާލަން ބޭނުން. އަޅެ ނިކަން އީނޫއާ މިވާހަކަ ދައްކަބަލަ.” ތައްޓަށް ރޮށި ކޮށަމުން މިފްޒަލް ވާހަކަ ދެއްކީ އަމީނާއާއި އެވެ. އަމީނާވެސް އާނއެކޭ ބުނުމުން ދެމަފިރިން އެކީގައި ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އެއީ އެދެމީހުންގެ އާދައެވެ. ކައިވެންޏަށް 24 އަހަރުވީ އިރުވެސް ސަބަބަކާ ނުލައި ދެމަފިރިން ވަކިންނެއް ނުކައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Ushaa

    Hey guys.. Its 2nd part now.. Hope u will like it.. Nd if there is any mistake plx tell me…

  2. idiot

    habeys ..

  3. idiot

    ushaa .. thankolheh kuru .. dhen faharakun dhigu koh genesdheyne kamah ummeedh kuran

    1. Ushaa
      idiot

      Thnxx. next part dhigu koh genes dheynan…

  4. 9195341

    abunaahen haadha kurey bt v nice kn irakun nxt part up kohdhey nee waiting for the nxt part

    1. Ushaa
      9195341

      Thanxx.. ya I too feel its short bt next part dhigu koh tomorrow insha allah..

  5. zoaya

    thankolheh kuru.. n ehaa haasaru dhigu nukukohbaa
    ….

    1. Ushaa
      zoaya

      Ya. I will try Insha allah…

  6. Emy

    Maaakury… Bt vvvv slahi hama… N when next part? Avhah up khdei chey ??

    1. Ushaa
      Emy

      Tomorrow next part..

  7. Minmi

    Enash anoosh ge name has sha same ey..hyvany twins hen??

    1. Ushaa
      Minmi

      Ya. there is one secret about their names. Lets c dhw. Thnxxxx

  8. Saee

    Thankolheh kuru bt stwry v reethi…

    1. Ushaa
      Saee

      Thnxx.. Next part dhigu kuraanan..

  9. unknown

    v.salhi 🙂

    1. Ushaa
      unknown

      Thanxxx

  10. Zoaya*

    Who is eanas? Anoosha?

Comments are closed.