“ރާނިޔާ” އެނދުން ތެދުވި މަމްދޫހުގެ މޫނުމަތީގައި ވަނީ ދާތިކިތަކެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނޫނެކެވެ. ނުވާނެއެވެ. ” އާރރރރރރރގގގ” ބޮލުގައި ހިފަމުން މަމްދޫހު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. ބޮލަށް އެރީ ކެއްވާވަރުގެ ތަދެއްނޫނެވެ. “ދަރިފުޅާ.. މަމްދޫހު ކިހިނެއްވީ” ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރި މަމްދޫހު ފެނި އާޝިޔާ ހާސްވިއެވެ. މަމްދޫހު ދެލޯ މަރައިގެން ހުރި އިރު ދިޔައީ ހިފަހައްޓައިގެން ހުރި އިސްތަށި ގަނޑަށް ބާރު ކުރަމުންނެވެ. “ދަރިފުޅާ” އާޝިޔާ ގަދަކަމުން މަމްދޫހުގެ އަތް އިސްތަށި ގަނޑުން ނެއްޓުވޭތޯ […]
ލިފްޓް އައިސް ހުއްޓުމާއި އެކު ދޮރު ހުޅުވުނެވެ. އެވަގުތު ލިފްޓުތެރޭން އެ ފެނުނު ކުއްޖާއާއި ދިމާއަށް އާލިޔާއާއި އަބްޔާން ވެސް ހައިރާން ވެފައި ބަލަހައްޓައިގެން ތިއްބެވެ. “ތަނާ!” އާލިޔާ ހަޅޭއް ލަވައި ގަތުމާއި އެކު ގޮސް ލިފްޓު ތެރެއަށް ވަދެ އެ އަންހެން ކުއްޖާ ގައިގައި ބައްދައި ގަތެވެ. އެވަގުތު ލިފްޓްގެ ދޮރު ލެއްޕުނެވެ. އަބްޔާން ލިފްޓް ކައިރީ ހުރިގޮތައް ހުރެފައި ދޮރު ލެއްޕުމުން ގޭޓާ ދިމާލަށް ހިގައި ގަތެވެ. އެވަގުތު އަނެއްކާ ވެސް ލިފްޓުގެ ދޮރު […]
“ހިބާ، ޒާން މަންމަމެންގެއަށް ކާރުގަދޭ. ޒާންވެސް މިދަނީ.” ފައުޒާން އެހެން ބުނަމުން އަވަހަށް ގެއިން ނުކުތީ ހިބާގެ ޖަވާބަކަށްވެސް ނުބަލަ އެވެ. ހިބާއަށް ހަފީޒާ މެންގެ ބަޔަށް ވަދެވުނުއިރު އެގޭގައި އުޅެނީ ހަމައެކަނި ޒޭބާ އެވެ. ޒޭބާވެސް އޭރު ހުރީ ބޭރަށް ނުކުމެ އެވެ. “އެކަކުވެސް ނެތް. އެންމެން ވެއްޖެ ތުއްތައްތަ ބައިގަ.” ޒޭބާ ހިބާގެ އުރުގައި އިން ރަހާގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ. ހިބާ ޒޭބާއަށް ހީލަމުން އަނެއްކާވެސް ގޮސް ލިފްޓަށް އަރައިފި އެވެ. ޒޭބާވެސް […]
ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ. “ދެންމެ އެ ގުޅީ […]
ރޭގަނޑު އަށް ގަޑިބައި ވެއްޖެެއެވެ. މިރޭ ވެސް ޝިކާ ޖޯލިފަތީގައި އެއިނީ އާޒިމް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. އިރު އިރު ކޮޅާ އޭނާ އަށް މަގުގެ ކޮޅަށް ބަލައިލެވެއެވެ. އިރުކޮޅަކުން މީހަކު ރަތް ބައިސްކަލެއްގައި ދުއްވާލާފައި އަންނަތަން ފެނުމުން ޝިކާގެ ދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލިއެވެ. ޝިކާ އާއި އަރާ ހަމަވެފައި ބައިސްކަލުން ފޭބި އާޒިމް ޝިކާ ގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ގެނޭ އަވަސް!” ޝިކާ އޭނާގެ އަތް ދިއްކޮއްލަމުން ބުނެލި އިރު އޭނާ ހުރީ […]
ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އީނާޝް ބޭނުން ވިގޮތަށްށެވެ. ނާޝްއާއި ރުޅި ވުމަށްފަހު އުނޫޝްވެސް ނަޝާޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނާޝްއާއި ދޭތެރޭ ގެންގުޅޭ ބީރައްޓެހި ގޮތެވެ. އީނާޝްގެ ހިތަށް ކިތަންމެ ވަރެއް ވިޔަސް ކެތްކޮށްލައިގެން ހުންނަން އޭނާޔަށްވަނީ މަޖްބޫރުވެފައެވެ. މިހެންކަމުން އުނޫޝް ދުރަށް ދިއުމަށްޓަކައި ނާޝް މާލެއ ބަދަލުވީއެވެ. މާލެ ބަދަލުވިފަހުން އަމީނާވެސް ވަރަށް ބޮޑަށް ބަލިވެ އޭނާވެސް އޭނާގެ ކުށަށް ﷲ ގެ ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި އޭނާގެ […]
Vaguthaky fathihuge hamahimeyn vagutheve.adhi gadin hatharugadi baivany eve. Mifada vaguthehgaii rashuge eki umurufuraathakuge kudhi bodu enmenge misaarbu hury bandharaa dhimaa ah sheve. Aan ekeve mire aky maleinn anna atolhu boatu ungoofarah gaai kuraa reeve. Aharuge bodu chutty ah male gai kivan thibi kudhin rashah annanyeve. ailaage membarunnah maruhabaa kiumah gina adadehge bayaku bandhara jamaavamun dheve. Vaahaka varah […]
“މިންހާޖް އެއީ މޫމިނާ ތިމާގެ ކުއްޖެއްދޯ. އެރަށު ކުއްޖެއްނު އެއީ.” ޖަމާލް އަހާލި އެވެ. ޒެކް ބޯޖަހާލި އެވެ. އެވާހަކައިގައި ދެމީހުން އެތަކެއް އިރު ވާހަކަ ދައްކަން ތިއްބެވެ. އާ ދުވަހަކަށް އުދަރެސް އަލިކުރަމުން ދިޔައެވެ. ދޫނިސޫފާސޫފީގެ އަޑާއި ގޮނޑުދޮށުން ރާޅުޖަހާ ހިތްގައިމު އަޑު ފަޒާގެ ތެރޭގައި ގުގުމާފައި ހުއްޓެވެ. ގޭތެރެ އެހާ ހެދުނާވެސް ހަލަބޮލި ވެގެން އުޅެނީ އެންމެން މާލެދިއުމަށް ތައްޔާރުވާތީ އެވެ. މޫމިނާ އައިސް ހިބާއަށް އެހީވާން އުޅެއެވެ. ފައުޒާން ރަހާ އުރާލައިގެން ބޭރަށް […]
ޖަންނަތު ރަކިވެގެން އިސްޖަހާލި އެވެ. އަދި ހިމަ އަޑުން ދެން ނޫނެކޭ ބުނެލި އެވެ. “ތީ ދޮންތައަށް ހީވާ ގޮތް.” ޖަންނަތު ކަރު ކެހިލާފައި އަޑު ރަގަޅު ކޮށްލަން މަސައްކަތް ކުރަމުން ބުނެލި އެވެ. ޒީނަތު ހިނިތުން ވެލަމުން ދެން ނިދާށޭ ކިޔާފައި އެތަނުން ނިކުތެވެ. އަބްޔާން ހެދުނު ވަޒީފާއަށް ދާން ނިކުތް އިރު ހިސާބަކަށް ހިމަފޮދު ވާރޭ ވެހެ އެވެ. އަބްޔާން އުޑު މައްޗަށް ބަލައިލި އެވެ. ވިލާ ބޯކޮށް އޮތީ ބަނަކޮންނެވެ. އަބްޔާން […]