އެހެން އިނދެފައި އުނޫޝް ދިއްކޮއްލީ ކުޑަކުޑަ ނޯޓް ކޮޅެކެވެ. ” ނާޝް. އެންމެ ފުރަތަމަ ނާޝް ފެނިލުމާއިއެކުވެސް އަހަރެންގެ ހިތުގައި ނާޝްއަށްޓަކައި ލޯބި އުފަންވި. އައި ލަވް ޔޫ. އެދުވަހުން ފެށިގެން އަހަރެން ނާޝްދެކެ އިންތިހާއަށް ލޯބިވެވިއްޖެ. އަހަރެންނަށް ހީވާގޮތުގަ ނާޝްވެސް އަހަރެން ދެކެ ލޯބިވޭ. އެހެން ނޫންތަ؟” ނޯޓް ކޮޅު ކިޔައިލުމާއިއެކު އީނާޝް ހާސްވާން ފެށިއެވެ. އޭނާވެސް އުނޫޝްދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާޔަކީ ބައްޕަމެންގެ އުންމީދެވެ. ބައްޕަމެން ބޭނުންވަނީ އޭނާޔަކީ އަހްލާގް ރަނގަޅު ކިޔެވުމަށްވެސް އެހައި މޮޅު ކުއްޖަކަށް ހަދައި މުޅި މުޖްތަމައުގެ ލޯބި ހޯދުމެވެ. އޭނާ އާނއެކޭ ބުނެފިނަމަ ބައްޕަމެން ވަރަށް ދެރަވާނެއެވެ. އަދި ނޫނެކޭ ބުނެފިނަމަ އުނޫޝް ވަރަށް ދެރަވާނެއެވެ. އޭނާ އުފާ ކުރާނީ ކާކު ހެއްޔެވެ؟ އޭނާއަށް ވިސްނުނީ ފަހުމާއާއި އެކު މަޝްވަރާ ކޮށްލުމަށްށެވެ. ނަމަވެސް އެއަށްވުރެ ކުރިން ލާމިއުއާއިއެކު ސަކަރާތް ޖަހަމުން ޖަހަމުން ފަހުމާ ގޮއްސިއެވެ. އޭނާގެ ހިތުގެ ތެޅުން އިތުރަށް ބާރު ވިއެވެ. އޭނާއަށް އަމާޒުވަމުން ދިޔަ އުނޫޝްގެ ތޫނު ނަޒަރުން އޭނާއަށް އިސްޖަހައިލެވުނީއެވެ.
” ބިރުގަނޭ. ބައްޕަޔަށް އެނގެއްޖިއްޔާ ޔޯ.” ނޯޓް ކޮޅަކު ލިޔެފައި ނާޝް ބުންޏެވެ.
” އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟ ” ނާޝްގެ އަތުގައި ހިފައިލަމުން އުނޫޝް އަހައިލިއެވެ. މިފަހަރު އޭނާ ވާހަކަ ދެއްކީ އަމިއްލަ ދުލުންނެވެ. އީނާޝް ބޯހަލުވާލަމުން އިތުބާރު ކުރަމޭ ބުންޏެވެ. އޭނާޔަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ވާހަކަ ދެއްކޭ ވަރަށް ވުރެ ބޮޑަށް އެހިތް ދިޔައީ ތެޅެމުންނެވެ.
” ސޯ. ޑޫ ޔޫ ލަވް މީ.” ލޮލުގެ ނަޒަރު ތޫނު ކޮށްލަމުން އުނޫޝް އަހައިލިއެވެ. ނާޝް ހީވަނީ ލަދުން ގޮސް ފޮޅިދާނެހެންނެވެ. އޭނާއަށް އުނޫޝްއާއި ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އަދި ގޮނޑިން ތެދުވެ އެތަނުން ދިއުމަށް ފިޔަވަޅު އެޅިއެވެ. ނަމަވެސް އުނޫޝް އޭނާގެ އަތުގައި ހިފައި ޖަވާބު ނުދީ ނުދެވޭނޭ ބުންޏެވެ. ނާޝް ފަހަތަށް އެނބުރިލުމަށްފަހު ބޯހުރާލާ އާނއެކޭ ބުންޏެވެ. އަދި އަވަހަށް ދުވެފައި ލައިބްރަރީ އިން ނިކުމެގެން ދިޔައެވެ. އުނޫޝްއަށް ހަމައެކަނި ހިނިތުންވެވުނީ އެވެ. އީނާޝް ކިހައި މައުސޫމް ހެއްޔެވެ؟ މިފަދަ ކުއްޖެއް މިދުނިޔޭންވެސް އޭނާ ނުދެކެއެވެ.
އުނޫޝް ލާމިއުމެންނާއި ދިމާލަށް ބަލައިލި އިރު ދެމީހުން އަތު ގުޅައިލައިގެން އަންނަނީއެވެ. ” ތި ޔޯ. ދެމީހުން އަތު ހިފައިގެންނޯ.” ވާނުވާއެއް ނޭނގި އުނޫޝް އަހައިލިއެވެ. ” ސަމް ތިންގ ވެރީ ވެރީ ބިގް.” ލާމިއު ބުނި ޖުމްލައިން އެދެމީހުން ރައްޓެހި ވީކަން އުނޫޝް އަށް ދޭހަވިއެވެ. އަދި ކަރު ކެހެލިއެވެ.
އެއްމަސް ފާއިތުވެން ދިޔައެވެ. ކޮންމެ ދުވަހެއްވެސް ވެގެން ދިޔައީ އީނާޝްގެ ހިނިތުންވުން އިތުރަށް ފުރިހަމަވެގެންދާ ދުވަހަކަށްށެވެ. ނަމަވެސް ބައެއް ފަހަރު ބައްޕަޔަށް ހުރިހާ ކަމެއް އެނގިދާނެތީ އަބަދުވެސް އެހިތުގައި ބިރުވެރިކަން އޮވެއެވެ. އެއްވެސް ކަމެއް ދާއިމަށް ސިއްރު ނުވާނެކަން އޭނާވެސް ދަނެއެވެ. އެހެނަސް އުނޫޝްގެ ފަރާތުން ލިބެމުން ދިޔަ ހިތްވަރުން އެހިތަށް ފިނިކަން ލިބިގެންދެއެވެ. ކޮންމެ ދުވަހަކުވެސް އެދެމީހުން ލައިބްރަރީއިން ބައްދަލު ކުރަމުން ދިޔައީ ވަރަށްވެސް ސިއްރުންނެވެ. ނަމަވެސް އެދެމީހުންގެ ގުޅުމަށް ހަސަދަ ލާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ ނަޝާޔާއާއެވެ. އުނޫޝްގެ ތުންފަތް މަތީ ކުޅެލާ ހިނިތުންވުން ނަޝާޔާއަކަށް ހަޖަމްއެއްނުވިއެވެ. އޭނާޔަށް ދެރައެއް ދީފަކައި އުނޫޝްއަކަށް އެހެނެއް ނޫޅެވޭނެއެވެ.
އޭނާޔަށް ފެނުނު ގޮތުގައި އުނޫޝްގެ ބަރުބާދީގެ ކަނޑިޔަކަށް ނާޝް ހެދިދާނެއެވެ. އަދި ނާޝްއަކީ އޭނާގެ ދެބެންދެދަރި ކުއްޖެއްކަމުން އެކަންތައް ކުރުން އެއީ އުނދަގޫ ކަމެއް ނޫނެވެ. އެދުވަހު ހަވީރު ނަޝާޔާ އީނާޝްމެންގެ ގެޔަށް ދާން ނިންމިއެވެ.
އީނާޝްމެންގޭ ބެލް ޖެހިއަޑު ކޮޓަރީގައި އޮތް އީނާޝްއަށް އަޑުއިވުނެވެ. ގޭގައި އެވަގުތު އިތުރު މީހަކު ނެތުމުން އީނާޝް ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ދޮރުމަތީ ހުރި ނަޝާޔާ ފެނުމުން އީނާޝް ހައިރާންވިއެވެ. ނަޝާޔާއަކީ އީނާޝްމެންގެ އާއިލާ ކުއްޖަކަށްވިޔަސް ވަރަށް މަދުން ނޫނީ އެގެޔަށް ވަދެވެސް ނުލައެވެ.
” އަހަނ ނަޝާ ދޮންތާ. އަވަހަށް އާދޭ. ކަމަކުތަ؟ ” ނަޝާޔާއަށް ތަން ދައްކަމުން އީނާޝް އަހައިލިއެވެ.
” ނޫނޭ. ހަމަ ހިތަށް އެރީ މިގެޔަށް ނާންނަތާ ގިނަ ދުވަސް ވީމާ ވަދެލާނިއްއޭ. ކޮބާ ދޮންބެމެން؟” ސޯފާ މަތީ އިށީނދެލަމުން ނަޝާޔާ ބުންޏެވެ. އިރުކޮޅެއް ތެރޭ ޖޫސްތައްޓެއް ހިފައިގެން އީނާޝް އައިއްސިއެވެ.
” އީނޫ. ކިހިނެއްތަ ސްޓަޑީސް؟” ޖޫސް ފޮދެއް ބޯލަމުން ނަޝާޔާ އަހައިލިއެވެ.
” ހަމަ ބެސްޓް. ”
” އެހެންތަ؟ ދޮންތަޔަށް އަޑު އިވުނު އީނޫ ކުއްޖަކާ ރައްޓެހިވެގެން ކިޔެވުމަށް އަސަރު ކުރާ ވާހަކަ. އަނެއްކާ ދޮންބެމެންނަށް އެނގޭތަ އީނޫ ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަން؟ އަދި އީނޫއަށް ވީ އެންމެ 15 އެއްނު. ދެން ކީއްވެތަ މާބޮޑުވެގެން ތިއުޅެނީ؟” އެންމެ ފުރަތަމަވެސް ނަޝާޔާ ކުރި ސުވާލުތަކުން އީނާޝް ހައިރާންވިއެވެ. އަދި އެހާމެ ބިރުވެސް ގަތެވެ. އޭނާޔާއި އުނޫޝްގެ ގުޅުމަކީ ވަރަށް ސިއްރުން އޮންނަންޖެހޭ ގުޅުމެކެވެ.
” ކްކަކަކާކު ދެއްކި ވާހަކައެއްތަ؟ އަހަރެން ނޫޅެން އެވައްތަރަކަށް. އެހެންނޫނަސް އެއީ ކުދިން އަޅުވާކިޔާތީ މީހުން ކިޔާ އެއްޗެއް. އަޅާނުލާ. ” ދޫ އޮޅެމުން އީނާޝް ބުންޏެވެ. އޭނާޔަށް ދޮގު ހެދުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ.
” އެހެންވީއިރު ވަރަށް ރަނގަޅު. އިނގޭތަ އެއުނޫޝް އެއުޅެނީ އީނޫދެކެ ލޯބިވާތީ ކީއެއް ނޫނޭ.. އޭނާ އެއުޅެނީ އީނޫ ހައްދާލަން. ދޮންތަވެސް އޭނަޔާ ރައްޓެހިވިން. އެކަމް އޭނަ ދޮންތަޔަށް ޗީޓް ހެދީ. ދޮންތަޔާ ރައްޓެހިވެ ހުރެ އީނޫއާ ޕްރޮޕޯސް ކުރީ. އޭނާ ލޯއްބެއް ނުވާނެ އެކެއް ދެކެވެސް. އެއުޅެނީ ހަމަ ޓައިމް ޕާސްޓް ކުރަން. އީނޫގެ ޒިންދަގީ ހަރާބު ކުރާން. ބީ ބްރޭވް އީނޫ. އަޅެ ގަބޫލްނުކުރަންޏާ އޭނާ ކައިރީ އަހާބަ ދޮންތަޔާ ރައްޓެހި ނުވޭތޯ. ” ނަޝާޔާ އެތައް ދޮގުތަކެއް އެއްކޮއްގެން ބުންޏެވެ. ނަމަވެސް އީނާޝްއަކަށް އެކައްޗެކޭވެސް ބުނާކަށް ނުކެރުނެވެ. އޭނާޔަކަށް ހޭކަށްވެސް އަދި ރޯކަށްވެސް ނޭނގުނެވެ. ނަޝަ ދޮންތަޔާއި އުނޫޝް ރައްޓެހިވިކަން އޭނާޔަކަށް ކުރިއަކުން ނޭނގެއެވެ.
” ދެން ދަނިއްޔޭ. ފަހުން އަންނާނަން.” އޭނާގެ މަގްސަދު ހާސިލްވުމުން ނަޝާޔާ ހިނގައްޖެއެވެ. ނަމަވެސް އިނާޝްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ނަޝާޔާ އެހެދީ ހުސް ތެދު ހެއްޔެވެ؟ އުނޫޝް އޭނާޔަށް މިހައި ބޮޑު އޮޅުވައިލުމެއް އޮޅުވައިލާނެ ހެއްޔެވެ. ނޫނެކެވެ. އުނޫޝް އޭނަ ދެކެ ލޯބިވެއެވެ. ނަޝާޔާ އެދެއްކީ ހުސް ދޮގު ވާހަކައެވެ. އީނާޝް އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިއެވެ. ހަމަ މީހަކު ދައްކާ ވާހަކައެއް އޭނާއެއް ގަބޫލެއް ނުކުރާނެއެވެ. މާދަމާ ލައިބްރަރީއަށް ގޮސް އޭނާ ހުރިހާ ހަގީގަތެއް ހޯދާނެއެވެ.
***
ޖެހިގެން އައި ދުވަހެވެ. ސްކޫލު ނިންމާލުމަށްފަހު ނާޝް އިންތިޒާރު ކުރަމުން ދިޔައީ އުނޫޝްއަށްށެވެ. ނަމަވެސް އެތައް އިރެއް ވީއިރުވެސް އުނޫޝްއެއް ނާދެއެވެ. ފަހުމާއެއް ވެސް އަދިއެއް ނާދެއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ލާމިއު އަތުވެއްޖެއެވެ. އަދި އީނާޝް ކައިރީގައި އިށީނދެލަމުން ހާއިއެއް ޖަހައިލިއެވެ.
” ކޮބާ އަނެކަކު؟” ލާމިއު އިށީނދެލުމާއިއެކު އީނާޝް އަހައިލިއެވެ. އެގުޅުމަށް 1 މަސް ވިއިރުވެސް އުނޫޝްގެ ނަން ކިޔަން އޭނާ ލަދުގަނެއެވެ.
” އަދިވެސް ހަމަ އެހާ ލަދުގަނޭތަ؟” ލާމިއު އަހައިލިއެވެ. އީނާޝް ހިނިތުންވިއެވެ. އަދި ދެވަނަ ފަހަރަށް އެސުވާލު ކޮށްލިއެވެ.
” އުނޫ މިއަދު އަވަހަކަށް ނާންނާނެ. އާރޓް ޓީޗަރ ބުނެގެން ކްލާހުގަ މަޑު ކޮއްގެން ހުރީ.” ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އީނާޝްއަކީ ބަސްމަދު ކުއްޖެއް ކަމުން އޭނާ ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ނަމަވެސް އުނޫޝް ނާންނަތާ ގިނަ އިރުވުމުން ލާމިއު ގާތު އަހައިލަން އީނާޝް ނިންމިއެވެ.
” ލާމީ. މޭ އައި އާސްކް ޔޫ ސަމްތިންގ.” އީނާޝް އަހައިލިއެވެ.
” ޔާ. އެނީތިންގ.”
” އުނޫ ދުވަހަކުވެސް އެހެން ކުއްޖަކާ ރައްޓެހި ވިތަ؟”
” ކިހިނެއްވީ؟ މީހަކު އެއްޗެކޭ ބުނީތަ؟ އީނޫ ކޮންމެސް އޭނަދެކެ ރުޅި ނާންނައްޗޭ.” ލާމިއުވެސް ކޮއްލީ ސުވާލެކެވެ.
” ޔާ. ދެން ބުނެބަ.”
” އާން. ނަޝާޔާ ކިޔާ ކުއްޖަކާ. އޭނަ އީނޫ އާ ރައްޓެހިވީ ނަޝާ މަތިން ހަނދާން ނައްތާލަން. ބަޓް ނައު ހީ އޮންލީ ލަވްސް….” ލާމިއުގެ ޖުމްލަ ފުރިހަމައެއް ނުވިއެވެ. އެއަށްވުރެ ކުރިން އުނޫޝް އައިސް ވަދެއްޖެއެވެ. އުނޫޝްގެ ފަހަތުން ފަހުމާވެސް ވަނެވެ.
” އައްދެ ހާދަ ބިޒީކޮށް. ކޮން ވާހަކައެއްގަތަ؟” ނާޝް ކައިރީ އިށީނދެލަމުން އުނޫޝް ބުންޏެވެ.
” އަހަރެމެން މިކިޔަނީ ތިމީހުން އަދިވެސް ނާދޭ ހެއްޔޭ.” މައުލޫ އޮޅުވައިލަމުން ލާމިއު ބުންޏެވެ. އެދުވަސް އެކީގައި އީނާޝް ހުރީ ނުތަނަވަސްވެފައެވެ. އުނޫޝް ލޯބިވަނީ ނަޝާޔާދެކެކަން އެނގުމަށްފަހު އެހިތުގެ ހާލަކީ އެއީއެވެ. އެހެނަސް އޭނާ ބޭނުންވަނީ އޭނާގެ ލޯބިން ފުރާލައި ނަޝާޔާ މަތިން އުނޫޝް ހަނދާން ނައްތައިލާނެ ގޮތެއް ހެދުމެވެ. އުނޫޝް އޭނާދެކެ ލޯބި ނުވެޔޭ ކިތަންމެ މީހަކު ބުންޏަސް އޭނާއަށް އުނޫޝްގެ ލޮލުން ފެންނަނީ ހަމައެކަނި ލޯއްބެވެ.
******
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިފްޒަލް ރަށުގައި ނެތުމުގެ ސަބަބުން އީނާޝް ނިދީ އަމީނާގެ ކައިރީގައެވެ. އޭރު އެންމެ އަހަރެއްގެ އާޔަންވެސް އޮތީ ނިދާފައެވެ. އީނާޝްއަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އެވަގުތު އަމީނާގެ ފޮނަށް މެސެޖެއް އައުމުގެ ސަބަބުން އަޑެއް އިވުނެވެ. މިހައި ދަންގަޑިއެއްގައި އަމީނާއަށް މެސެޖް ކުރަނީ ކާކުހޭ ހިތަށް އެރުމުން އީނާޝް ފޯނުން އިންބޮކްސަށް ވަނެވެ. އަދި މެސެޖް އައިސްފައިވާ ޑޮކްޓަރގެ ނަންބަރަށް ބަލައިލިއެވެ.
” ލޯބިވާ. ނިދީތަ؟ ހާދަ އަވަހަކަށް ނިދި އައީ. އަޅެ އަހަރެން ފޫހިވަނިއްޔޭ.” އެރަށަށް އައިސްގެން އުޅޭ އާ ދިވެހި ޑޮކްޓަރ އަމީނާއަށް ކޮށްފައިވާ މެސެޖް ފެނުމާއިއެކު އީނާޝް ހިތް ހިނދު ކޮޅަކަށް ހުއްޓުނު ފަދައެވެ. އަދި ކުރިން ފޮނުވާފައި ހުރި މެސެޖްތައް ކިޔަން ފެށިއެވެ. ހުރީ ހުސް އެފަދަ ލޯބީގެ މެސެޖް ތަކެވެ. އީނާޝްއަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ މަންމަޔަކީ އެފަދަ މީހެއްކަމެއް ކުރިން އޭނަޔަކަށް ނޭނގެއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަމީނާއެއް މިފަދަ ގޮތް ކުޑަ ކަންތަކެއް ނުކުރާނެއެވެ.
އެރޭގައި އީނާޝްގެ ލޮލަކަށް އެންމެ ނިދި ކޮޅެއްވެސް ނާދެއެވެ. އޭނާޔަށް ވިސްނެމުން ދިޔައީ ބައްޕަޔާއި މެދުއެވެ. މަންމަފަދަ ގޮތްކުޑަ މީހަކާއިމެދު ވިސްނާކަށް އޭނާ ބޭނުމެއް ނޫނެވެ. ބައްޕަޔާއި މެދު ވިސްނިއިރު އީނާޝްގެ ހިޔާލަށް އައީ ބައްޕަގެ ފޮނި ފޮނި އުންމީދުތަކެވެ. އޭނާޔަށް އޭނާގެ ބައްޕަ ކުރާ އިތުބާރެވެ. އޭނާ އުނޫޝްއާއި ރައްޓެހިވެގެން ބައްޕަޔަށް ދިން ބޮޑު ދޯކާއެވެ. މަންމަޔާއި އީނާޝް ބައްޕަޔަށް ދޯކާ ދިނުމުން ބައްޕަޔަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އުނޫޝްއާއި ރައްޓެހިވުމުން އެއްވެސް ފައިދާއެއް އިބަ އޮތް ހެއްޔެވެ؟ އެއްކޮޅުން ދެއާއިލާ އެހައި ނުގަބޫލެވެ. އަނެއްކޮޅުން އީނާޝްގެ ބައްޕަމެންގެ އުންމީދުތަކެވެ. ހަމަ އެއާއިއެކު އުނޫޝް އެހެން މީހެއްދެކެ ލޯބި ވާކަމެވެ. މިޔޮއް ހުރިހާ ދުވަހު މިހުރީ ސަބަބަކާއިއެކުވެސް އޭނާ އުނޫޝްއާއިއެކު އުޅުނީ ބައްޕަމެންނާއި ވަގަށްށެވެ. ލޯއްބަށްޓަކައިއެވެ. ނަމަވެސް މިއަދު ހުރިހާ މައްސަލަތަކެއްގެ ހަމައެކަނި ހައްލަކީ އުނޫޝްއާއި ވަކިވުމެވެ. ހިތަށް ކިތަންމެ އަސަރެއް ކުރިޔަސް މިނޫން ގޮތެއް ދެން ނެތެވެ. އޭނާ ޖެހޭނީ ބައްޕަމެންގެ އުންމީދުތައް ފުރިހަމަ ކޮށްދޭންށެވެ. ހުރިހާ މައްސަލަތަކެއްގެ ހައްލު މިއަދު އެއޮތީ އީނާޝްގެ އަތުގައެވެ.
އަނެއް ދުވަހު އިރު އެރި އިރުވެސް އީނާޝްއަށް ނިދޭ ގޮތެއް ނުވިއެވެ. އުނޫޝްއާއި ދުރުވުމަށް ހިތަށް އަރުވާލުމާއިއެކު މިވަރަށް ހިތަށް އަސަރު ކުރާއިރު އުނޫޝްއާއި ވަކިވުމުން ކިހައި ވަރެއް ވާނެ ހެއްޔެވެ؟ އެހިތް ހަލާކުވެދާނެއެވެ. މުޅި ޖާން ނެތި ފަނާވެދާނެއެވެ.
އެދުވަހުގައި ކްލާސް ތެރޭގައިވެސް އީނާޝްގެ ހިތަށް ތަދުވާވަރުން ކެތް ނުވެއެވެ. އޭނާގެ ނިންނުމަށް އެހިތް ދިޔައީ ފާޅުގައި އިންކާރު ކުރަމުންނެވެ. ނަމަވެސް އޭނާ ޖެހޭނީ ހިތްވަރު ކުރާންށެވެ. ތަގްދީރުގައި އޭނާޔާއި އުނޫޝް ގުޅެން ލިޔެވިފައި ވާނަމަ އެދެމީހުން ގުޅޭނެއެވެ. ނެތިއްޖެނަމަ އުމުރަށް ވަކިވާނީއެވެ. އީނާޝް އިތުބާރު ކުރީ ތަގްދީރަށްށެވެ. ދީލަތިވަންތަﷲ އެއްވެސް މީހެއްގެ ތަގްދީރެއް ގޯސް ކޮށެއް ނުލިޔުއްވާނެއެވެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށްށެވެ.
އެދުވަހުގައިވެސް ނާޝް ލައިބްރަރީގައި އިންތިޒާރު ކުރަމުން ދިޔައީ އުނޫޝްއަށްށެވެ. އެހެންދުވަސްތަކެކޭވެސް އެއްފަދައިން އެންމެ ފުރަތަމަ ލައިބްރަރީއަށް އައީ ލާމިއުއެވެ. އީނާޝް ހުރިހާ ވާހަކައެއް ލާމިއުއަށް ކިޔައިދިނެވެ. އޭރު އެދެލޮލުން އެންމެ ބާރު މިނުގައި ކަރުނަ އޮހޮރެމުން ދިޔައެވެ.
” އީނޫ. ނޫން. ތިވިސްނަނީ ރަނގަޅަކައްނޫން. އުނޫއަކަށް ނަޝާދެކެއެއް ލޯއްބެއް ނުވެވޭ. އީނޫއާ ބައްދަލު ވިފަހުން އޭނަ ލޯބިވަނީ ހަމައެކަނި އީނޫދެކެ. އޭނަޔަށް ތިހެން ނަހަދާ. ހެޔޮނުވާނެ. އެހެންނޫނީ 10 ނިމެންދެން މަޑު ކުރާށޭ ބުނަން ވީނޫ.”ލާމިއު ދިޔައީ އީނާޝްއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީނާޝް އެނަސޭހަތްތައް ގަބޫލް ނުކުރީ ” ނޫން. އޭރަކުން އޭނަޔަކަށް އޭނާގެ ލަވްއެއް ނުލިބޭނެ. އަހަރެން ވަރަށް އަވަހަށް އެހެން ރަށަކަށް ގޮސް އުނޫގެ ޒިންދަގީ އާ ދުރަށް ދާނީ. އޭރުން އެނާޔަށް މާ އުފާވެރި ދިރިއުޅުމެއް ލިބޭނެ. ނަޝާ ދޮންތަ އުނޫދެކެ މާ ލޯބިވޭ. އެދެމީހުން ދޭތެރެއަށް ވަންނަ ހުރަހަކަށް އަހަރެން ނުވާނަން.” މިހެން ބުނަމުންނެވެ.
އިރުކޮޅެއްގެ ތެރޭގައި ފަހުމާޔާއި އުނޫޝް ލައިބްރަރީ ތެރެއަށް ވަނެވެ. ނާޝް އޭނާގެ ދެލޯ ފޮހެލައި ތައްޔާރުވަމުން ދިޔައީ އުނޫޝްއާއި ރުޅިވާން ބުނާނެ ބަހަކާއިމެދުގައެވެ. އޭރުގައިވެސް ލާމިއު ބޯ ހަލުވަމުން ބުނަމުން ދިޔައީ ތިހެން ނަހަދާށޭ އެވެ.
” ނާޝް. ކިހިނެއް ވީ؟ ރޮއިފަތަ ތިހުރީ؟ ” ނާޝްގެ ބޮލުގައި ފިރުމާލައި މިހެން ބުނުމުންވެސް ނާޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން އުނޫޝް ބަލައިލީ ލާމިއުއާއި ދިމާލަށްށެވެ. ” ލާމީ. އައި ނޯ ސަމް ތިންގ އިޒް ރޯންގ. ޕްލީޒް ބުނެބަ ކިހިނެއްތަ މިވަނީ؟” އީނާޝްއެކޭ އެއްގޮތަށް ލާމިއުގެ ފަރާތަކުންނެއް އެއްވެސް ޖަވާބެއް ނުލިބުނެވެ.
” ލާމީ އާ އީނޫ ސަމާސަ ކުރަނީ ތަ؟” ވާނުވާއެއް ނޭނގި ފަހުމާވެސް އަހައިލިއެވެ. އެވަގުތު ލޮލުގެ އިޝާރާތުން އޭނަޔާއި ނާޝް އެކަނި ވެލަން ބޭނުންވާ ވާހަކަ އުނޫޝް ބުނުމުން ލާމިއުއާއި ފަހުމާ ނިކުމެއްޖެއެވެ.
ނާޝްގެ ލޮލުން ހޫނު ކަރުނައެއް އުނޫޝްގެ އަތްމައްޗަށް ވެއްޓުނެވެ. އެހިނދު އެއްވެސް ކަމެއް ރަނގަޅު ނޫން ކަން އުނޫޝްއަށް ދޭހަވިއެވެ. ” ނާޝް ބުނެބަ. ޕްލީޒް. ކިހިނެއްތަ މިވަނީ؟ ” އިސްޖަހައިލައިގެން ހުރި ނާޝްގެ ދަތްދޮޅީގައި އަތް ވިއްދާލަމުން އުނޫޝް އަހައިލިއެވެ.
” އަހަންނަށްތަ އެނގެނީ މިވެގެން އުޅޭ ގޮތެއް. ހުރިހާ ކުޅިގަނޑެއް ކުޅުނި މީހަކީ ތިއީއެއްނު. ” އުނޫޝްގެ އަތް ހޫރާލަމުން ނާޝް ބުންޏެވެ. ނާޝްގެ ބަދަލުވެގެން ދިޔަ ރޫހު ފެނުމާއިއެކު އުނޫޝްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ހުދު ނާޝްވެސް ހުރީ އޭނާޔަށް މިހައި ހިތްވަރު ލިބުނު ގޮތަކާއިމެދު ހައިރާންވެފައެވެ.
” ތިއީ ހަމަ ނާޝް ތަ؟ ނާޝްއަށް ކިހިނެއްތަ މިއަދު ވެގެން ތިއުޅެނީ؟ އަހަރެން ކީއް ކުރީތަ؟ ” ގަބޫލް ނުކުރެވިގެން އުނޫޝް އަހައިލިއެވެ.
” އަހަންނަށް ގޮތް ގޮތް ވީ ހަމައެކަނި މިއަދުތަ؟ ނަޝާ ދޮންތަޔަށް ގޮތް ގޮތް ހެދިއިރު މިހިތަށް ކުރާނެ އަސަރު ނޭންގެނީތަ؟ އަހަރެންގެ އާއިލާ މީހަކަށް ދެރަ ދިން އިރު އަހަރެމެން މީ ކޮން ބައެއްކަން އެނގޭތަ؟” ނާޝްގެ ދުލުން ބޭރުވި ކޮންމެ ޖުމްލައެއް ދިޔައީ އުނޫޝްގެ ހިތަށް އަނިޔާ ކުރަމުންނެވެ.
” ވަޓް؟ ނަޝާ ދޮންތަޔޭ؟ ތީ ނަޝާއާ ތިމާގެ…” އުނޫޝްގެ ޖުމްލަ ފުރިހަމަ ނުވީ އަނެއްކާވެސް ނާޝް ވާހަކަ ދައްކަން ފެށުމުންނެވެ.
” އާން. އަހަރެން މީ ނަޝާ ދޮންތަޔާ ދެބެއިން ދެދަރި ކުއްޖެއް. އެދުވަހަކު އުނޫޝް ނަޝާ ދޮންތަޔާ ދިމާލަށް ހަގީގަތް ބަލައިލުމެއް ނެތި ބޭނުން އެއްޗެއް ކީއިރު އެންމެ ފަހަރަކުވެސް ހިތަށް އެރިތަ ނަޝާ ދޮންތަ އުނޫޝްދެކެ ލޯބިވާވަރު. އެނގޭތަ؟ އެދުވަހު ނަޝާ ދޮންތަޔަށް ކެހި ލިބުމުން އޭނަ ރޮއި ވަރު. އަހަރެންގެ ހިތަށް އެރީ ބަދަލް ހިފައިގެން ނޫނީ އެއްވެސް ކަމެއް ރަނގަޅެއް ނުވާނޭ. އެހެންވެ އަހަރެން އުނޫޝްގެ ދިރިއުޅުމަށް އައީ. އަހަރެންގެ މަގްސަދަކީވެސް އުނޫޝް ބަރުބާދު ކޮށްލުން. އެއްއިރެއްގައިވެސް އަހަރެން ތި ނުލަފާ މީހާ ދެކެއެއް ލޯއްބެއް….” އީނާޝްއަކަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އުނޫޝްދެކެ ލޯބިނުވެޔޭ ބުނުން އެއީ ހާދަ ދަތިކަމެކެވެ.
އުނޫޝްއަށް އާ ހިތްވަރެއް ލިބުނެވެ. ނާޝް އެހަދަނީ ހުސް ދޮގޭ އޭނާގެ ހިތް ބުނަން ފެށިއެވެ. އަދި އީނާޝްއާއި ގާތްވެލައި ހަތަރު ކަޅި ހަމަކޮށްލިއެވެ.
” ބުނެބަލަ. ތިބުނަން އުޅުނު ބަސް ބުނެބަލަ. ” އުނޫޝްގެ ނަޒަރުގައި ޖެހެއްޖިނަމަ އޭނާގެ ހިތްވަރު އެލިދާނެތީ ނާޝް އިސްޖަހައިލިއެވެ. ނަމަވެސް އުނޫޝްގެ ބޯ މާ ބޮޑެވެ. ” ކީއްވެތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ” އަނެއްކާވެސް އުނޫޝް ބުންޏެވެ.
” އާން. އަހަރެން ލޯއްބެއް ނުވޭ. ” ލޯމަރައި ބާރު ކޮށްލަމުން ނާޝް ބުންޏެވެ. އޭރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަނީއެވެ. ” އެހެންތަ؟ އެހެން ވީއިރު މީ ކޮން ކަމެއް؟ މިފައިބާ ކަރުނަތަށް އެބުނަނީ ކީކޭ؟ އިނގޭތަ ވަފާތެރިޔަކަށްޓަކައި ލޮލުން ބޭރުކުރާ ކޮންމެ ކަރުނައިގެ މާނަޔަކީ ލޯބިކަން. މިކަރުނަ އެބުނެދެނީ ނާޝްގެ ހިތް ބުނާ އެއްޗެއް. ނާޝްގެ ހިތް އެބުނަނީ ނާޝް ލޯބިވަނީ އަހަރެން ދެކެއޭ. އަޅެ. ބުނެބަލަ އެހެންނެއްނޫންތަ؟ ” އުނޫޝްގެ ޖުމްލަތަށް ދިޔައީ ނާޝް ހަނުކުރަމުންނެވެ. އޭނަޔަކަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.
” ނާޝް. ކީއްވެތަ ވާހަކަ ނުދައްކަނީ؟ ބުނެބަލަ. އަހަރެންގެ ލޮލަށް ބަލައިފަ ބުނެބަލަ. އަޅެ ހަމަ އަހަރެންދެކެ ލޯއްބެއް ނުވޭތަ؟ ” އިސްޖަހައިލައިގެން ހުރި ނާޝްގެ ދަތްދޮޅީގައި ހިފައި ހަތަރު ކަޅި ހަމަކޮށްލަމުން އުނޫޝް އަހައިލިއެވެ. އީނާޝް ފުރަގަހަށް އެނބުރުނެވެ. އޭނާޔަށް އުނޫޝްއާއި ކުރިމަތި ލުމުގެ ހިތްވަރު ލިބޭނެކަމަށްށެވެ. ” ވަރަށް ސާފުކޮށް ބުނެފިން ދޯ. އަހަރެން އުނޫޝްދެކެ ލޯއްބެއް ނުވެޔޭ. ދެން މޮޔަވެގެން ތިއުޅެނީ ކީއްވެތަ؟ ” ފަސް އެބުރިގެން ހުރި އީނާޝް ބުންޏެވެ.
” ނާޝް އަހަރެންގެ ލޮލަށް ބަލައިލުމަށްފަހު ތިހެން ބުނެފިއްޔާ ގަބޫލް ކުރާނަން. ” މާޔޫސްކަމާއިއެކު އުނޫޝް ބުންޏެވެ.
އުނޫޝްއާއި އެއްކޮޅަކަށް ނާޝް އެނބުރުނެވެ. އަދި ހަތަރު ކަޅި ހަމަކޮށްލުމަށްފަހު ހުރެވުނީ އެޖާދުވީ ދެލޮލަށް ބަލަހައްޓައިގެންނެވެ. އޭނާ ބުނަން އުޅުނު އެތިވެސް ހަނދާން ނެތިފައެވެ. އުނޫޝްގެ ލޯބީގައި ޖެހިފައެވެ. ލޯބީގެ މަސްތީ ލަވައަކުންނެވެ.
ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތް ވޭ….
ތިޔަ ހީލުން ފެނި ހާއިރާން ހިތްވޭ…
ދީވާނާ ލޯބިން ވެއްޖޭ…
ގޮތް ނޭނގެ އިހްސާސެއް އެބަވޭ..
ޖާދޫ ވީ މަންޒަރުތައް ސިފަވޭ…
ދުލުން ބަޔާން ކުރަން ދަތި ވެއްޖޭ..
ހުވާ ކޮށްފާ ބުނަން ލޯބިވޭ..
ކަލާދެކެ އިންތިހާ.. ލޯބިވޭ..
ހުވާ ކޮށްފާ ބުނަން.. ހިތް ގަޔާވޭ..
މުޅި ޖާން ދޭނަމޭ ލޯބިން ހުވާ…
ލޯބީގެ މަސްތީ އެވަގުތު ކޮޅު ނިމިގެން ދިޔައީ ދެލޮލަކުން އެތައް ވާހަކައެއް ދައްކާފައެވެ. ނަމަވެސް އެއީ އެފަދަ ފަހު ވަގުތުކޮޅޭ ނާޝްގެ ހިތް ބުނި ހިނދު އެހިތަށް ތަދުވަން ފެށީ އާދަޔާ ހިލާފަށްށެވެ.
” އާން. އަހަހަރެރެނން އުނޫޝްދެކެ ކުޑަކޮށްވެސް ލޯއްބެއް ނުވޭ. އައި ހޭޓް ޔޫ. ގެޓް އަވޭ ފްރޮމް މައި ލައިފް..” އުނޫޝްގެ ލޮލަށް ނަޒަރު ހިންގަމުން ނާޝް ބުންޏެވެ. އަދި ހަމަ އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ.
އުނޫޝްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އެހިތް އެވަނީ ފުނޑުފުނޑުވެފައެވެ. ނަޝާޔާއާއި ރުޅިވިއިރު އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް މިއަދު އެހިތަށް އެވަނީ ފަރުވާއަކަށް ބޭނުންވެފައެވެ. ލޯބީގެ ހިތިރަހަ އޭނާވެސް ރަހަ ބަލައިފިއެވެ. ނަމަވެސް އޭނާ ދެރަވީ ނާޝްފަދަ ބޭވަފާތެރިއެއްދެކެ ލޯބި ވެވުނީމައެވެ. ހިނދުކޮޅެއްގެ ތެރޭގައި ލާމިއުމެންވެސް ލައިބްރަރީއަށް ވަނެވެ.
” ކިހިނެއްތަ ވެގެން މިއުޅެނީ؟ އީނޫ ރޮމުން އެދިޔައީ ކީއްވެތަ؟ ވަޓްސް ރޯންގ؟” ހުއްޓުންއަރާފައި ހުރި އުނޫޝްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ފަހުމާ އަހައިލިއެވެ.
” އީނޫ. އީނޫ.. ” ހެމުން ހެމުން އުނޫޝް ބުންނެވެ. އަދި ރުޅިވެރި މޫނެއް ހަދައިލިއެވެ. ” އޭނަ ކީއްކުރަން ރޮނީ؟ އޭނަ ބޭނުންވި ގޮތަށް ހުރިހާ ކަމެއްވެސް ވެނިމުނީމަ އޭނަ ޖެހޭނީ ހޭކައްނު. ކުރިން އަހަންނަށް އެ އީނާޝްއަކީ ކާކުކަން އެނގުނުނަމަ. ނޮމޮށޭ ގުރާ ބާރަށް ދައިގަންނަކަން އަހަންނަށް އެނގުނުނަމަ.” ފަހުމާޔަކަށް ވާނުވާއެއް ނޭނގެއެވެ. ނަމަވެސް ވެގެން ދިޔަގޮތް ލާމިއުއަށް އެންމެ ފުރިހަމައަށްވެސް އެނގެއެވެ.
” ނޭނގުނު ދޯ. ފަހޫގެ އެކުވެރިޔާއަކީ ކޮންކަހަލަ މީހެއްކަމެއް ނޭނގުނުދޯ. އަހަރެން ކިޔައިދޭނަން އެމަކަރުވެރި ނުލަފާ އަންހެނާގެ ހަގީގަތް.” ފަހުމާގެ ބޮލުގައި ފިރުމާލަމުން އުނޫޝް ބުންޏެވެ.
” އެނގޭތަ؟ ފަހޫތީ ހިތި ކަނދޫ ގަހަކުން ފެޅި ފޮނި ފޮނި މޭބިސްކަދުރެއް. ގުއިގަނޑެއްގެ ތެރޭގައި އޮތް ޖަވާހިރެއް. އެނުލަފާ އާއިލާއަށް ނިސްބަތް ހިތްހެޔޮ ކުއްޖެއް. އެނގޭތަ؟ އެ މާ މައުސޫމް ބަސްމަދު އީނާޝްގެ ފަހަތުގައިވަނީ މަކަރުވެރިކަމާއި ދޯކާ. އޭނާ ބޭނުންވީ އަހަރެންނަށް ލަނޑެއްދޭން. އޭނާގެ އާއިލާއަށް ދެރައެއްދިނޭ ބުނެ އެކަމުގެ ބަދަލް ހިފާން. މީހަކަށް ދެރައެއް ދީފަކައެއް އޭނަޔަކަށްވެސް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އުފަލެއް ނުލިބޭނެ. މިއަދަށްފަހު އޭނާގެ މޫނަކީ އަހަރެންނަށް އެންމެ ހުތުރު މޫނު. އަހަރެންނަށް އެ އީނާޝް މަރުވެއްޖެ.” އުނޫޝް ހުރިހާ ވާހަކައެއް ފަހުމާމެންނަށް ކިޔައި ދިނެވެ. ލާމިއުއަށް ހަގީގަތް އެނގުނު ނަމަވެސް ފަހޫމާ ހުރީ ކަޅު އަނދިރިކަމުގައެވެ. އިސާހިތަކު ފަހުމާގެ ހިތުގައި އީނާޝްއަށްޓަކައި ނަފްރަތު އުފެދުނެވެ.
ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އީނާޝް ބޭނުން ވިގޮތަށްށެވެ. ނާޝްއާއި ރުޅި ވުމަށްފަހު އުނޫޝްވެސް ނަޝާޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނާޝްއާއި ދޭތެރޭ ގެންގުޅެނީ ބީރައްޓެހި ގޮތެވެ. އީނާޝްގެ ހިތަށް ކިތަންމެ ވަރެއް ވިޔަސް ކެތްކޮށްލައިގެން ހުންނަން އޭނާޔަށްވަނީ މަޖްބޫރުވެފައެވެ. މިހެންކަމުން އުނޫޝް ދުރަށް ދިއުމަށްޓަކައި ނާޝް މާލެއަށް ބަދަލުވީއެވެ. މާލެ ބަދަލުވިފަހުން އަމީނާވެސް ވަރަށް ބޮޑަށް ބަލިވެ އޭނާވެސް އޭނާގެ ކުށަށް ﷲ ގެ ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި އޭނާގެ ގޯސް އަމަލުތަކަށް ތައުބާވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.




Ushaa bunin dhw miadhu up nukureveyney. Ekam Ushaa hiyhama jehey varah liyevuneema hama up kury.. Luv u guys.. Nd hope u will lyk this….
oh thanks ushaa .. ur great .. story varah reethi ingey..hama ehvana ey buneweyny…☺☺
Thnxxx Aff
I loved it next part ge inthizaaru ga???? pleax up kurahchey avahah
Ya. Ushaaayah up kuevey emme avahakah up kuraanan insha allah.
Thnxxxxxxxxx
This is a great story. Ilove it. gina story hunnany aslu maa bodethi myhunge life ah liyefa. teenage love story fennany varah madhun. good luck
Ehn dhw vaaneevx. Ushaayakee teenager eh..
Thnk yuh..
V nice waiting for the next part
Thnnk u zee. keep waiting..
Wow… mi haaru eba rangalhu vey… keep it up ushaa
Thnx Aimsittu. Insha allah komme prtehvx improve kureveytho vvvvv masaikai kuraanan… Since it is my 1st story furathama kolhu mistakethah huri…
salhi.. knme dhuvahaku up kohdheebia.. mi story ga innaaanee kithah part??
Komme dhuvahaku up kureveyne heneh hiyeh nuvey.. Bt liyevey emme avahkah up kuraanan. Mi stwryga innany kithah prt kameh adhi neyngey. 15 varuhen heevany….
Thnxxx
Ushaa..mi stwry vv rythi ingey..ekm naash aa unoosh aa nimey iru gulhuvahchey..gd luck
Thnxxx… continue reding 2 know what happens the last….
Varah thafaathu reethi vaahaka eh!! Can’t guess what’s gonna happen next.. eagerly waiting for the next part. Best of luck dhoonya! 🙂
Thnk yuh zyyn.. Keep reading…. Dhoonya.. hehehee
stry reethi… but u use many hindi words… debas mashuni vefa mi othi… u can use beyvafaatheri vee insted of dhoakaa… hayyai insted of zindagi… n i think few more are their… it will b better if u use dhivehi words for words lyk tht… 😀
Ya. Ushaa varah hindi films balan. Ehn ve kanneynge ehaa gina hindi basthakeh beynun kurevifa… I will correct them. Nd will reduce hindi words in nxt prt..
THNKXXXXXX…….