އަބްޔާން ތަނާ ގައިގައި ހިފަހައްޓާލައިގެން ތަނާ ކައިރިކޮށްލައިގެން ތަނާގެ އެޕާރޓްމަންޓަށް ވަންނަން ދާން ދިޔަ އެވެ. އޭރު އަހްޔާން ހުރީ އަހްޔާންމެން އުޅޭ އެޕާރޓްމެންޓްގެ ދޮރުމަތީ އެވެ. އަބްޔާން ތަނާ ގޮވައިގެން މާ ގާތް ގޮތަކަށް އަންނަތަން ފެނުމުން އަހްޔާން ހުރީ ނުރުހުން ވެފަ އެވެ. އަހްޔާން ހީކުރީ އަބްޔާން އަނެއްކާވެސް ތަނާއާއި ގުޅުނީ ކަމުގަ އެވެ. “އަބީ؟ ވަޓް ހެޕަން؟” އަހްޔާންއަށް ސުވާލުކޮށްލެވުނީ ތަނާއަށް ވެފައިވާ ވަރު ފެނުމުންނެވެ. އަބްޔާން އެއްޗެއް ނުބުނެ ލޮލުގެ އިޝާރާތުން […]
“ޒިން…..؟” “ޒިން…. އަޅެފަހެ މިތާ ދެންމެ ހުރީ މިހާރު ކޮބާތަ..؟ޒިން؟؟؟ ” ސުމާ ދެ އައިސްކޯން ހިފައިގެން ހުރެ 3 އަހަރުގެ “ޒިން” އަށް ގޮވަމުން ދިޔައެވެ. ތަނަކީ މީހުން ގިނަ ތަނެއް ކަމުން އޭނާ ގެއްލިވެސް ދާނެއެވެ. ………….. ޒިން!!!!!” ސުމާ ޒިން ފެނުމާއި އެކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. މާޒިންވެސް އަދި ޒިންވެސް އެއްފަހަރާ ސުމާއާއި ދިމާ ބަލައިލިއެވެ. މާޒިން ކޮޅަށް ތެދުވިއެވެ. އަދި ސުމާ އަންނަތަން ބަލަން ހުރެވުނީ ދަންނަ ކުއްޖެއްތޯ […]
އެއީ ސްވަނާގެ މަންމަ ދިރިއުޅުނު ކޮޓަރިއެވެ. ކޮޓަރިތެރެ ހުރީ ސާފުކޮށެވެ. ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރި ސަވާން ފެނުމުން ސްވަނާގެ ހިތް ބާރަށް ތެޅިގަތެވެ. “..ބައްޕާ!!!…” ސްވަނާ ގޮވާލިއެވެ. ސަވާން ފަހަތަށް އެބުރުނެވެ. ފަހަތުގައި ފެންނަން ހުރީ އޭނަގެ ދަރިފުޅެވެ. ސްވަނާ ސަވާންއެވެ. އިސާހިތަކު ބަލަހައްޓައިގެން ހުރެފައި ސަވާންގެ ލޮލުގައި ކަރުނަ ޖަމާވެގަތެވެ. ބިނަމައްޗަށް މަޑުމަޑުން ތިރިވެ އިސްޖަހައިގެން ރޯން ފެށިއެވެ. ސްވަނާއަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. ސްވަނާ ސަވާންގެ ގާތުގައި އށީނެވެ. ސަވާންގެ ކޮޑުގައި […]
ތާމިން އިނީ އެނދުމަތީގައި އށީންދެލައިގެން މުޅި ގައިގައި ރަޖާ އަޅައިގެނެވެ. އޭނާގެ މޫނު މަތިން ފާޅުވަމުން ގެންދިއައީ ބިރުވެރި ކަމެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި މީހާ ފެނި އޭނާ ގެ ބިރުވެރިކަން އިތުރުވިއެވެ. އެމީހާ ތާމިން އާ ދިމާއަށް އަންނަމުން ގެންދިއައިރު އޭނާގެ ހިޔަނި ތާމިންގެ ގަޔަށް އެޅެމުން ދިއައެވެ. ********************************************************************************** “އޭތް.. ކީއްވެފަ ތިއިނީ؟” ސަނާ ތާމިން ގާތު އަހައިލިއެވެ. ސަނާ އާއި ތާމިން އިނީ ހެނދުނު ސައިބޯންށެވެ. ސަނާ އަކީ […]
ޒިމަން އެއަރޕޯޓަށް ގޮސްފައި ގެއަށް ދަމުން ހޮސްޕިޓަލަށް ވަދެލީ ޖީނާގެ ހާލުބަލައިުމަށެވެ.ވޯރޑަށް ވަންއިރު ނަސީބު ތަންދިން ގޮތުން މިވަގުތު އެތަނުގައި އޮތީ ޖީނާ އެކަނިއެވެ.”ޖީން..”ޒިމަން މަޑުން ގޮވާލިއެވެ.ޖީނާ މަޑު މަޑުން ދެލޯ ހުޅުވައިލިއެވެ.”ހައު އަރ ޔޫ..”ޒިމަން ސުވާލްކޮއްލިއެވެ.”ބެޓާރ..ޒިމް އަށް އިނގޭތަ ޖޭ އެއުޅެނީ އިންގްލޭންޑް އަށް ދާން ކިޔަވަން..”ޖީނާ ޒިމަން އަށް އަންގާލިއެވެ.ޒިމަން ހައިރާން ވެފައި އިންކަހަލައެވެ.”އަސްލު..ޖީން އަށް އިނގޭތަ ޒޭނީ ވެސް ފުރުވަން ދެންމެ ޒިމް މިއައީ ޒޭނީ އަށް ޓިކެޓްނަގާގެން..”ޒިމަން ބުނެލިއެވެ. “ދެން ކޮންދުވަހަކު […]
“..ކޮބާ ޝާޔާގެ ބެސްޓްފްރެންޑް…މަލަކް ނާންނަ ދުވަހަކީތަ؟؟” ޔޫހާ ބިތައް ލެގިލިއެވެ. ޝާޔާގެ ސަމާލުކަން ހުރީ އޭނަގެ ވާހަކަފޮތަށެވެ. “…ނޫނޭ….ޝާޔާ މިހާރު ވަރަށް ބޮޑުވެއްޖެ….މިހާރު ކުޑަކޮށް ފަލަ..އެކަން އަދިވެސް ނުލާހިކު ރީތި…މިހާރު ލަނީވެސް ދިގެހެދުން….އެކަމަކު އަދިވެސް ބުރުގާއަޅާކަށް ނޫޅޭ….” ޝިރާ އޭނަގެ ރަހްމަތްތެރިންނަށް ޝަޔާގެ މައުލޫމާތު ފޯރުކޮށްދިނެވެ. އެހެނީ ޝާޔާއަކީ ނުލާހިކު ރީތި ކުއްޖެކެވެ. އޭނަ ފެނިފައ ިދެވަނަފަހަރަށް ނުބަލާ ހަމަ އެކަކާވެސް ދިމާނުވެއެވެ. “…އެހެންތަ؟؟…ކޮންއިރަކުން ދެން ޝާޔާ މިކޮޅަށް އަންނަނީ…؟؟…ރާއިންވެސް އެހި އަހާލަދޭށޯ….” ކަމްލާ ވެސް ހުރީ […]
އޮއްސިގެން ދިޔަ އިރާއެކު ސްވަނާ ފްލައިޓުން ބޭރުބަލާލިއެވެ. އެތައް ދުވަހެއް ފަހުން އަމިއްލަ ވަޒަނަށް އާދެވުމުން ހިތްހަމަޖެހުނެވެ. ސިކުނޑީގައި އެކިއެކި ޙިޔާލްތައް އެބުރެން ފެށިއެވެ. އެންމެ ފަހުން ބައްޕަ ކައިރިޔަށް އައްޑުއަށް އައީ ދޮންބެއާއި އެކީގައެވެ. އެއީ މީގެ ދެއަހަރުު ކުރީގައެވެ. މަންމަ ނިޔާވިފަހުން ބައްޕަޔަށް ސިހުމެއް ލިބުނު ކަހަލައެވެ. ފްލައިޓުން ފޭބުމާއިއެކު ސްވަނާ ވަށައިގެން ތަންތަން ހޯދާލިއެވެ. މާޒީގެ ޙިޔާލަށް ގެއްލުނު ކަހަލައެވެ. ހަމަހޭވެރިކަންވީ ކޮއްކޮ ސްވީކް އަތުގައި ހިފައި ބާރަށް ފިއްތާލުމުންނެވެ. ސްވީކް އަބަދުވެސް […]
ބާރު ހިގުމެއްގައި ކޮޓަރިއަށްވަދެ ތަޅުލެވުނީ ހިތުގެ ހާލު އެކަކަށްވެސް ނޭންގުމަށެވެ. އެދަށްވެއްޓިގަތުމާއެކު އެރީތި ދެލޯ ފެންކަޅިވިއެވެ. އިސާހިތަކު އެދެ ކޯތާފަތް ތެމެންފެށިއެވެ. ” ކިހިނެތް މިހިތަށް ކެތްވާނީ ހުވަފެންތައް ކުދިކުދި ވީމާ އުފަލެއް ދުނިޔޭގައި ދެން ނެތީ ފުން ހިތާމައިން ހިތް ރޮވިއްޖޭ އަދު ކަލާ ބީވުމުން ކިހިނެތްމަ ދިރިއުޅޭނީ ކަލާޔާ ވަކިން ދެން” ޝާޔާގެ ހިތް ބާރަށް ތެޅެމުން ދިޔައީ ނޭގޭ ބާރުމިނެއްގައެވެ. އިރުއޮއްސެން ކައިރިވުމުން ޝާޔާ ބެލްކަންޏަށް ނުކުތީ ހިތްހަމަ ޖައްސާލުމަށެވެ. އިރުއޮއްސޭ މަންޒަރަކީ […]
ޝާޔަންގެ ހަމަހިމޭންކަން ޝިއުޒްއަށް ލޮލުގެ އިޝާރާތުން އަންގާލީމެވެ. އަބަދުވެސް ހިނިތުންވުން ފެންނަ އެ މޫނުމަތިން މިހާރު ފެންނަމުންދަނީ މާޔޫސްކަމެވެ. އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ތެދުމަގަށް އެޅުމަށް އެންމެ ބޮޑަށް އެހީތެރިވެދިން ކުއްޖާގެ މޫނުމަތިން އުފާވެރިކަން ނުފެންނުމުން ހިތް ވަނީ ނުތަނަވަސްވެފައެވެ. އިރުކޮޅަކު އޯޑަރދިނުމަށްފަހު ޝިއުޒް ދައްކަންފެށި މަޖާވާހަކަތަކުން މާޙައުލު ބަދަލުކޮށްލިއެވެ. ޝިއުޒްއާއި އެއްބައިވެގެން އެވާހަކަތަކުގައި ބައިވެރިވެލީމެވެ. އެންމެންނާއެކީ އުފާވެރި ވަގުތުތަކެއް އެތައް ދުވަސްތަކެއް ފަހުން ހޭދަކުރެވުނެވެ. ޝާޔަންގެ މޫނުމަތިން އެއްވެސް މަޖުބޫރުކަމަކާއިނުލާ އުފާވެރިކަން ފެނުމުން ހިތްހަމަޖެހުނެވެ. […]