Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 13 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
May 3, 2016 10 Mins Read
27 Comments

“މި ވީޑީއޯ އާސީންއަށް ފެންނަ އިރު އަހަރެން ފަހަރެއްގަ މިދުނިޔޭގައި ނުހުރެދާނެ.. އެކަމަކު އަހަރެން އާސީން ބުނި ކަންތައް ކޮށްދީފިން.. މި މެސެޖްއާއި އެކު އާސީންއަށް އެފައިލްތައްވެސް ފެންނާނެ.. އަހަރެން އަދިވެސް ބުނަން ބޭނުންވަނީ.. އަހަރެން މިއީ އާސީންގެ އެކުވެރިއެއް ކަމަށް ބަލާނަމަ.. ޕްލީޒް.. އިތުރަށް މި ކޭސްގައި ކުރިއަށް ނުގެންދޭ.. އެމީހުންނަށް އަހަރެން.. މިކަންތައް ބަލާކަށް އެނގޭ… އަދި މިކަމުގައި އާސީން އުޅޭކަންވެސް އެނގޭ.. އާސީންއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން” އެހާ ހިސާބުން ކުއްލިއަކަށް އެ ވީޑީއޯ ނިވުނެވެ. އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް އުފެދިގަތީ ޖަވާބު ނުދެވޭ އެތައް ސުވާލު ތަކެވެ.

އެވަގުތަކީ އަހަރެންގެ ފޯނު ރިންގުވި ވަގުތެވެ. ފޯނު ބަލާލިއިރު އަރާފައި އިނީ އައިރްގެ ނަމެވެ. ފޯނު ނެގީމެވެ. ނަމަވެސް އަޑު ކަޑާލަމުން އެމޭޒު މަތީގައި ބޭއްވީމެވެ. އަނެއްކާވެސް ލެޕްޓޮޕާއި ދިމާލަށް ބަލާލީމެވެ. އަދްލީ އެބުނަނީ ކޮން ބައެއްގެ ވާހަކަ ހެއްޔެވެ. އޭނަ އަހަރެން ކައިރީގައި މި ކޭސް ކުރިއަށް ނުގެންދަން އެބުނީ ކީއްވެ ހެއްޔެވެ. ވީޑިއޯ އިން ފެނުނު ގޮތުން އަދްލީ ހުރީ ވަރަށް ބިރުގަނެފައެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ. ދެވަނަ ފަހަރަށް އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. އަހަރެން މިފަހަރުވެސް ބަލާލާފައި ސައިލެންޓަށް ލީމެވެ. ދެވަނަ ފަހަރަށް ލެޕްޓޮޕާއި ދިމާލަށް އެބުރެލަން ވެގެން އުޅެނިކޮށް ފޯނަށް މެސެޖްއެއް އައެވެ. “ދެން އަހަރެންގެ ފޯނު ހަމަ ސައިލެންޓަށް ލާފައި ބާއްވަނީތަ..” އައިރްގެ މެސެޖްގައި އޮތީ އެހެން ލިޔެފައެވެ. އަހަރެން ހައިރާންވިއެވެ. އޭނައަށް އަހަރެން ސައިލެންޓަށް ލީކަން އެގުނީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް މުޅި ކޮޓަރި ތެރެއަށް ބަލާލެވުނެވެ. “އަހަރެން ވާހަކައެއް ދައްކާލަން ބޭނުން” ދެވަނަ މެސެޖް އައެވެ. އަހަރެން އައިރް އާއި ދައްކާނެ ވާހަކައެއް ނެތެވެ. އަދި އޭނާ ދައްކާ ވާހަކަ ވެސް އަޑުއަހާކަށް ބޭނުމެއް ނޫނެކެވެ. ބަންޝީލް ދެއްކި ހުރިހާ ވާހަކައެއް ތެދަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ލެޕް ކައިރިން ތެދުވީއެވެ. އަދި ކޮޓަރި ތެރެއަށް ރަނގަޅަށް ބަލާލީމެވެ. “އަހަރެން މިހުރީ ބޭރުގައޭ.. ކޮޓަރި ތެރޭގައެއް ނޫން” ތިންވަނަ މެސެޖް އައި އެވަގުތުއެވެ. އަހަރެން ބިރުގަތެވެ. އޭނައަށް އަހަރެން ކުރާ ކަންތައްވެސް އެނގެނީ ހެއްޔެވެ.

ފޯނު ހިފައިގެން ގޮސް އަހަރެން ކުޑަ ދޮރު ހުޅުވާ ބޭރަށް ބޯ ދިއްކޮށްލީމެވެ. އެވަގުތު ތިރީގައި ހުރި އައިރް އޭނަގެ ފޯނު ހިއްލާލާ އަހަރެންނަށް ހަނާ އަޅާލިއެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. ފޯނު ނަގާ މޭގައި ޖައްސާލައިގެން ހުރެ ފަހަތަށް ޖެހިލީމެވެ. އޭނަ ބޭރުގައި ހުރެގެން އަހަރެން ކުރާ ހުރިހާކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ. އަނެއްކާ ބަންޝީލް ބުނީ ތެދެއް ހެއްޔެވެ. އޭނައަކީ އިންސާނެއް ނޫން ހެއްޔެވެ. އެވަގުތު ސިހިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގް ވާން ފެނުމުންނެވެ. މަޑުމަޑުން ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ. ނަމަވެސް އެއްވެސް އެއްޗެއް އަހަރެންނަކަށް ނުބުނެވެ. “ޕްލީޒް.. ސޭ ސަމްތިން” އައިރްގެ ރީތި އަޑު އަހަރެންގެ ކަންފަތުގައި މިއުޒިކެއް ކުޅެލި ކަހަލައެވެ. ހިތައް ފިނިކަމެއް އިހްސާސް ވެގެން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތުގައި ބިރުވެރިކަން ހިގައިގަތެވެ.

“އާސީން.. އަހަރެން އާސީންއާ ވާހަކަ ދައްކަން ބޭނުން.. ޕްލީޒް.. އެކަމަކު ފޯނަކުން ނޫން.. އަހަރެންނާއި ބައްދަލު ކޮށްދެވިދާނެތަ” އައިރް އަހާލިއެވެ. އައިރް އެއުޅެނީ މޮޔަވެގެން ހެއްޔެވެ. ކޮންމެ ރެއަކު ދަންވަރު އައިސް ބައްދަލު ކުރަން ބޭނުންވާ ކަމަށާއި ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނަންވީ ކީއްކުރަން ހެއްޔެވެ. އޭނައަށް ދުވާލު ބައްދަލު ނުކުރެވެނީ ހެއްޔެވެ. އޭނަވީ ބަންޝީލްއަށް ވުރެއް ފިޑި މީހަކަށެވެ. ރޭގަނޑު ދަންވަރު އެންމެން ނިދުމުން ކޮންމެހެން އަހަރެންނާއި ބައްދަލު ކުރަން އަންނާކަށް ނުޖެހޭނެއެވެ. “އާސީން.. ޕްލީޒް.. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ” “ކީއްކުރަން އަޑުއަހަންވީ.. ކީކޭ ކިޔަން އޮތީ.. އަދިވެސް އައިރް އިތުރަށް ހަދާނެ ދޮގެއް އޮތީތަ.. ބުނެބަލަ.. އަހަރެން ހީކުރީ އައިރް ތީ އެހެން އެންމެންނާއި ތަފާތު މީހެއްކަމަށް.. އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައިދޭނެކަމަށް.. ހަމަ ރަނގަޅަށް އެނގޭނެ އައިރްއަށް އަހަރެންނަށް އައިރް.. އެކަމަކު ކީއްވެ.. ބުނެބަލަ” އަހަރެންގެ ރުޅި ކޮންޓްރޯލް އިން ނެއްޓީ ކުއްލިއަކަށެވެ. ވާހަކަ ދައްކަމުން އަހަރެންނަށް ގޮސް އެނދު ކައިރިއަށް ހުއްޓެވުނެވެ. އަދި އަތުން އެތަނުގައި އޮތް ބާލީސް ނަގާ އެއްލާލެވުނެވެ. ރުޅިއަށް ވުރެއް ބޮޑަށް އަހަރެން ވަނީ ދެރަވެފައެވެ. އައިރްދެކެ އަހަރެން ލޯބިވީމެވެ. އޭނަގެ ހުރިހާ ސިފައެއް އަހަރެންނަށް އެހާވެސް ކަމުދިޔައެވެ. އެކަމަކު އެއީ ހުވަފެނެކެވެ. އޭނަ އަހަރެންނަށް ދެއްކީ ހުވަފެނެވެ.

“އަހަރެން އާސީންއަށް ކޮން ދޮގެއް ހެދީ” އަހަރެން ސިއްސައިގެން ދިޔައީ ކޮޓަރި ތެރެއިން އައިރްގެ އަޑު އިވުމުންނެވެ. ސިހިގެން ދިޔަ ވަރުން އަހަރެންގެ އަތުގައި އޮތް ފޯނުވެސް ވެއްޓުނެވެ. އޭރު އަހަރެންނަށް ހުރެވުނީ ކުޑަދޮރަށް ފުރަގަސް ދީގެންނެވެ. އަޑު އައީ އެދިމާލުން ކަމުން އަހަރެން މަޑުމަޑުން އެދިމާލަށް އެބުރުނީމެވެ. އޭރު އައިރް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނަގެ މޫނުމަތީގައިވަނީ އަހަރެންނަށް އެންމެ ކަމުދާ ހިނިތުންވުމެވެ. ހީލާފައިވާއިރު ކޮލުގައި ވާ އަޑިކޮޅު ނުލާހިކު ރީއްޗަށް ފެންނަން ހުއްޓެވެ. އަހަރެން ބިރުން ފަހަތަށް ޖެހިލެވުނެވެ. “އައި ކޭން އެކްސްޕްލެއިން” އައިރް އަތް ދިއްކޮށްލަމުން ބުނެލިއެވެ. އަހަރެންނަށް އަނެއްކާވެސް ފަހަތަށް ޖެހިލެވުނެވެ. އަހަރެން ހުރީ އެހާ ބޮޑަށް ހައިރާންވެސް ވެފައެވެ. އޭނަ އެތަނަށް އައީ ކިހިނެއް ހެއްޔެވެ. ހަމަގައިމުވެސް ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައެވެ. “އާސީންއަށް ހީވީ ރަނގަޅަށް.. އަހަރެން މިއީ އެހެން އެންމެންނާ ވެސް ތަފާތު މީހެއް” އައިރް ބުނެލިއެވެ. އޭނަ ލައިގެން ހުރީ ވައިލެޓް ކުލައެއްގެ ގަމީހެކެވެ. އަތްދިގު އެގަމީހުގެ އަތް އޮޅާލެވިފައި ހުރި އިރު އިތުރަށް ސްމާޓް ކަމަށް ދައްކައެވެ. “ބަންޝީލް..” އައިރްގެ ޖުމްލަ ފެނުމާއި އެކު އަހަރެން އަތް އުފުއްލާލީމެވެ. “އަހަރެން އައިރްގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.. އަހަރެންނަށް ހުރިހާ އެއްޗެއް އެގިއްޖެ.. ޖަސްޓް ލީވް” އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އައިރްއަށް އެހެން ހެދޭނީ ކިހިނެއް ހެއްޔެވެ. އަހަރެން އޭނަދެކެ އެހާ ލޯބިވާއިރު..

“އަހަރެންވެސް އާސީންދެކެ ވަރަށް ލޯބިވޭ” އައިރްގެ ޖުމްލައާއި އެކު އަހަރެންނަށް އައިރްގެ މޫނާއި ދިމާލަށް ބަލާލެވުނެވެ. “އާ.. އާސީން.. އަހަރެންނަށްވެސް އާސީން ވަރަށް ކަމުދޭ.. އަހަރެންނަށް ކަމުދާ ހުރިހާ ސިފައެއް އާސީންގެ އެބަހުރި.. އެކަމަކު އަހަރެންގެ ނަސީބު ދެރަކަމުން އަހަރެންނަށް އާސީން ލިބޭކަށް ނެތް..” އައިރް އެހެން ބުނެލި ގޮތުން އަހަރެންގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ” އާސީންއަށް އަދި އަހަރެންނާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ.. އާސީން ހީކުރަނީ.. ބަންޝީލް ބުނީ ތެދެއް ކަމަށްތަ.. އެކަމަކު އެއީ މުޅިއަކުން ތެދެއް ނޫން” އައިރް ބުނެލިއެވެ. އަހަރެންގެ ދެލޮލުގައި ހުރި ކަރުނަތައް މަޑުމަޑުން ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. “އެކަމަކު އެއީ މުޅިން ދޮގެއްވެސް ނޫން” އައިރް އޭނަގެ ޖީބަށް އަތް ޖަހާލިއެވެ. އަދި ފާރުގައި ލެގިލިއެވެ. ސީދާ އަހަރެންގެ މޫނާއި ދިމާލަށް އައިރް ބަލާލިއެވެ. “ލުކް އާސީން.. އަހަރެން ހިތައް އަރާ.. ކިހިނެއް ބާއޭ އަހަރެންގެ ވާހަކަ ތައް ކިޔައިދޭނީ” އައިރް ފިޔަވަޅެއް އަހަރެންގެ ކައިރިއަށް އެޅިއެވެ. އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. “ހަނދާންވޭތަ.. އަހަރެން ބުނި ހަނދާން.. ބަންޝީލް އަކަށް އެއްވެސް ގެއްލުމެއް އަހަރެންނަކަށް ނުދެވޭނެއޭ.. ބިކޯޒް.. ހީ ކާންޓް.. އޭނަ ކިތައްމެ ވަރެއް ކުރިޔަސް އޭނައަށް އެކަމެއް ނުކުރޭވެނެ..” އައިރް ބުނެލިއެވެ.

އަހަރެންނަށް މުހިއްމީ އައިރްގެ އެވާހަކަ ތަކެއް ނޫނެކެވެ. އަހަރެންނަށް މުހިއްމީ އައިރް އެބުނި ޖުމްލައެވެ. އޭނަ ބޭނުންވިޔަސް އަހަރެން ލިބޭކަށް ނެތޭ އެބުނީ ކީއްވެ ހެއްޔެވެ. އަހަރެންގެ ހިތުގައި ހުރި ހުރިހާ އެއްޗެއް އެނގި ހުރެ އޭނައަށް އެހެން ބުނަން ކެރުނީ ކީއްވެ ހެއްޔެވެ. އޭނަގެ ހިތައް ތަދުނުވަނީ ހެއްޔެވެ. “ނޫން.. އަހަރެންގެ ހިތައްވެސް ތަދުވޭ.. ތަދު ނުވަންވީ ކީއްވެ.. މިވެސް ހިތެއް ވިއްޔަ.. ނޫންތަ” އިތުރަށް އައިރް އަހަރެންގެ ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. ދެލޯ މަރާލެވުނެވެ. ހިތުގައި މަޑުމަޑުން އަތް އަޅާ ބާރުކޮށްލެވުނެވެ. “އާސީން.. އައި އޭމް ސޮރީ..” “އައިރް ހީކުރީ އަހަރެން އައިރްގެ ސޮރީ އަޑު އަހަން ބޭނުން ކަމަށްތަ.. އަހަރެން އައިރްގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.. އައިރް އަކީ ކާކުކަން އަހަރެންނަށް ރަނގަޅަށް އެގިއްޖެ.. ތިއީ ބަންޝީލްއަށް ވުރެއް ނުލަފާ.. ބަންޝީލްވާ އަހަރެންގެ ކުރިމަތީގައި ތެދައް ބުނަން ކެރުނުތާ.. ތިމަންނައަކީ ޖިންނިއެކޭ.. އެކަމަކު އައިރް.. އައިރްއަށް އެއްވެސް އެއްޗެއް ނުބުނެވޭ.. ތިއީ އިންސާނެއްތަ.. ނޫނީ ޖިންނިއެއްތަ.. ނޫނީ.. ނޫނީ.. ނޫނީ..” އަހަރެންނަށް އެހާ ހިސާބަށް ބުނެފައި ބުނާނެ އެއްޗެއް ނޭނގުނެވެ. “ނޫނީ ވެމްޕަޔަރ އެއްތަ.. ނޫނީ ވޯލްފް އެއް ކަމަށްތަ..” އައިރް ހޭން ފެށިއެވެ. އޭނައަށް އަދިވެސް އަހަރެން ދައްކާ ވާހަކަ މަޖާ ވާހަކަތަކަށް ވަނީ ހެއްޔެވެ. އައިރް ހެމުން ގޮސް ކުއްލިއަކަށް ހުއްޓާލިއެވެ. އަދި ސީރިއަސް ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

އަހަރެން ދެލޯ ފުހެލީމެވެ. އައިރްގެ ބޭކާރު ވާހަކަތައް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. “އައިރް މިތަނުން ދާނީތަ.. ނޫނީ އަހަރެން މިތަނުން ދާންވީތަ” އަހަރެން ކިތައްމެ ދެރަވިޔަކަސް އެކަން އައިރްއަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. “އޯކޭ.. މައްސަލައެއް ނެތް” އައިރް އެހެން ބުނެލުމަށްފަހު ދޮރާއި ދިމާލަށް ހިގައިގަތެވެ. “ކޮއްކާތަށް ތިދަނީ” ކުއްލިއަކަށް އަހަރެން ދޮރާއި އައިރްއާއި ދެމެދަށް ވަންނަމުން އަހާލީ ހައިރާންކަމާއި އެކުގައެވެ. “ބުނީއެއް ނުން މިތަނުން ދާށޭ.. އެހެން ވެގެން މިދަނީ” އައިރް ހައިރާންކަމާއި އެކު ބުނެލިއެވެ. “މިއީ ދަންވަރު ގަޑިއޭ.. މިގަޑީގައި މިކޮޓަރިން ބޭރަށް ދާތަން މީހަކަށް ފެނިއްޖެނަމަ..” އަހަރެންނަށް ބުނެވުނެވެ. “ބަލަ ދެން ކިހިނެއް އަހަރެން ދާނީ” އައިރް ބުނެލިއެވެ. “އައި ކިހިނެއް.. އެގޮތަށް ދާންވީ” އަހަރެން ބުނެލީމެވެ. އައިރް ބަލާލީ ކުޑަދޮރާއި ދިމާލަށެވެ. “ސީރިއަސްލީ.. އާސީނއަށް އެނގޭތަ މިއީ ކިހާ އުސްތަނެއްކަން” އައިރް އެހެން ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. ނަމަވެސް ވަގުތުން އަހަރެން ރުޅިވެރިކަން މޫނު މައްޗަށް ގެނައީމެވެ. “ތިއީ އަހަރެން ވިސްނަން ޖެހޭ ކަމެއް ނޫން.. އައިރް އައީ އެދޮރަކުން ނޫން.. އައި ގޮތަކަށް ދޭ” އަހަރެން ކުޑަދޮރާއި ދިމާލަށް އަތް ދިއްކޮށްލަމުން ބުނެލީމެވެ. އައިރް މަޑު ހިގުމެއްގައި ގޮސް ކުޑަދޮރުން ބޭރު ބަލާލީމެވެ. “މިއީ ހާދަ އުހޭ.. ތިރިން މައްޗަށް ޖަންޕެއް ޖަހާލުން ބޮޑު ކަމެއް ނޫން.. އެކަމަކު މަތިން ތިރިއަށް ފުއްމާލަން.. އާސީންއަށް އެނގޭތަ އަހަރެން އުސްތަންތަނުން ފުއްމަން ބިރުގަންނަކަން.. އަހަރެންނަށް ހާޓްއެޓޭކެއް ޖެހިދާނެ” އައިރް އެހެން ބުނެލިއިރު އެމޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. “ޖެހޭ.. ހާޓްއެޓޭކް ވިޔަސް.. އަދި އެހެން އެއްޗެއް ވިޔަސް.. އަހަރެންނަށް ހެޔޮ” އަހަރެން ހަށަން ބަދެލަމުން ބުނެލީމެވެ. “އޯކޭ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން އެއްލޯ މަރާލިއެވެ. އަދި ކުއްލިއަކަށް ފުއްމާލިއެވެ. އަހަރެންނަށް އަނގަ ހުޅުވާލެވުނެވެ.

ލިބުނު ސިހުން ފިލީ އިރުކޮޅެއް ފަހުންނެވެ. ވަގުތުން ދުވެފައި އައިސް ތިރިއަށް ބަލާލެވުނެވެ. އޭރު އައިރް ފެންނާކަށް ނެތެވެ. އޭނަ އެހާ އަވަހަށް ދިޔައި ކޮންތާކަށް ހެއްޔެވެ. އަނެއްކާ އޭނައަށް ކަމެއް ވީ ހެއްޔެވެ. އަހަރެންނަށް މޭގައި އަތް އަޅާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އޭނަ އަހަރެންނާއި ދޭތެރޭގައި ނުވިސްނާ ވަރަކުން އަހަރެން ވިސްނަނީ ކީއްކުރަން ހެއްޔެވެ. ދެލޯ ފުރި ހުރިހާ ކަރުނަތަކެއް އޮހިގަތެވެ. ދޮރު ލައްޕާލަމުން ދުވެފައި އަހަރެން ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ބާލީން ނަގާ މޫނު ފޮރުވާލީމެވެ. ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. ރޮވެމުން ގޮސް އަހަރެންނަށް ގިސްލެވެން ފެށުނެވެ. މާގިނަ އިރެއް ނުވެ އަހަރެންގެ ދެލޯ މެރުނެވެ. ނިދީގެ އަރާމު ކަނޑުތެރެއަށް އަހަރެންނަށް ފީނައިގަނެވުނު އިރުވެސް އަހަރެންގެ ސިކުނޑީގައިވަނީ އައިރްގެ ސިފައެވެ.

ހޭލެވުނީ ކައިރީގައި އޮތް ފޯނު ރިންގް ވާން ފެށީމައެވެ. “ހަލޯ” ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ. “ސާބަސް އަދިވެސް ނިދަނީތަ.. މިއަދު އޮފީހަށް ނައަންނަނީތަ” އެކޮޅުން އިވިގެން ދިޔައީ ޖައިޝްގެ އަޑެވެ. އަހަރެން ދެލޯމަރާލާ ބާލީހުގައި ބައްދާލީމެވެ. ތެދުވާކަށް ބޭނުމެއް ނޫނެކެވެ. “މިގަޑީގައި ތި ގުޅީ ތިހެން އަހަންތަ.. އަދި އޮފީހަށް ދާގަޑިއެއް ނުޖެހެ އެއްނުން” އަހަރެން އެހެން އޮވެ ބުނެލީމެވެ. “ކަމަނާ.. ބައްލަވާ.. ނުވައެއް ޖަހައިފި… ބަލާބަލަ ގަޑި” ޖައިޝް އެހެން ބުނެލިއިރަށް އަހަރެންގެ ދެލޯ ބޮޑުކޮށް ހުޅުވުނެވެ. “ވަޓް” އަހަރެންނަށް ތެދުވެ އިށީދެވުނެވެ. “ހައްހައްހާ.. ގުޑް.. އަވަހަށް އާދޭ.. އޮފީހަށް.. އަހަރެންގެ އެންމެ ޤާބިލް ޖާނަލިސްޓް ނެތީމަ އޮފީސް ވަރަށް ފަޅު” އެހެން ބުނެލުމަށްފަހު ޖައިޝް ފޯނު ކަނޑާލިއެވެ. އަހަރެން ފޯނުން ގަޑި ބަލާލީމެވެ. އާއެކެވެ. މިހާރު ދިހައެއް ޖަހަނީއެވެ. މިއަދު ގޭ އެއްވެސް މީހަކު އަހަރެންނަށް ނުގޮވީ ކީއްވެ ހެއްޔެވެ. ނޫނީ ގޮވީމަވެސް އަހަރެންނަށް ހޭ ނުލެވުނީ ހެއްޔެވެ. އަވަހަށް ދުވެފައި ގޮސް ފާހާނައަށް ވަދެ ތައްޔާރުވެލީމެވެ.

ބޭރަށް ނިކުން އިރު މަންމަ ބަދިގެ ތެރޭގައި އުޅެމުން ދިޔައެވެ. “މަންމާ.. ކީއްވެ އަހަރެންނަށް ނުގޮވީ” ދިޔަގޮތައް އަވަސް ކަމާއި އެކު ކޮފީއެއް ހެދީމެވެ. “ދޮންބެ ގޮވިއޭ.. އެކަމަކު އާސީން މާގަދައަށް ނިދިފަ އޮތީމަ ހޭނުލެވުނީ” މަންމަ ބުނެލިއެވެ. “ކޮންތާކަށްދާން ތިއުޅެނީ” އަހަރެން ތައްޔާރުވެގެން ހުރުމުން މަންމަ އަހާލިއެވެ. “ޖައިޝް.. ގުޅައިފި.. އާދެބަލާށޯ” އަހަރެން ބުނެލީމެވެ. މަންމަ އަހަރެން ގެއިން ދާކަށް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން އަހަރެން ބައްޕައަށް ގުޅާފައި ބައްޕަގެ ހުއްދަ ލިބުމުން މަންމަވެސް އެއްބަސްވިއެވެ. އަވަސް އަވަހަށް ސައިކަލަށް އަރާ އޮފީހާއި ދިމާލަށް ދިއުމަށް މިސްރާބުޖެހީމެވެ.

އޮފީހަށް ވެދެވުމާއި އެކު އެތަނުގައި ތިބި އެންމެންގެ ނަޒަރު އަހަރެންނަށް އަމާޒުވެގެން ދިޔައެވެ. އަހަރެން ހާސްވެގެން ދިޔައެވެ. އެމީހުން އެވަރަށް އެބަލަނީ ކުރިން ދުވަހު ނޫސްތަކުގައި އޮތް ހަބަރުތަކާއި ހުރެކަން އަހަރެންނަށް އެނގެއެވެ. އަހަރެން މަޑުމަޑުން ހިގާފައި ގޮސް ޖައިޝްގެ ކެބިންގައި ޓަކި ޖެހުމަށްފަހު ދޮރުހުޅުވާލީމެވެ. ޖައިޝް އެވަގުތު އިނީ ފޯނެއްގައެވެ. އަހަރެން ފެނުމާއި އެކު ފޯނުން އާ އޯކޭ އޭ ކިޔާފައި ފޯނުން ކަނޑާލިއެވެ. “ހޭ އާސީން..” ޖައިޝް ހިނިތުންވެލިއެވެ. އަހަރެން ފަޑު ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ކިހިނެއްވީ” އަހަރެންގެ މޫނަށް ބަލާލަމުން ޖައިޝް އަހާލިއެވެ. “ކިހިނެއްވީ” އަހަރެން ޖައިޝްއާއި ދިމާލަށް ހައިރާންކަމާއި އެކު އަހާލީމެވެ. “އާސީން ހީވަނީ.. ނޭނގެ.. ބޮޑު ކަމެއް ވެފަހެން” ޖައިޝް ބުނެލިއެވެ. އަހަރެން ނޫނެކޭ ބުނެލުމުގެ ގޮތުން ބޯ ހޫރާލީމެވެ. “އެނީވޭ.. ބޮޑު ނިއުސް އެއް އޮތީމައޭ.. ގުޅައިގެން މިގެނައީ.. ބަލާބަލަ.. މިއީ އަހަރެންގެ އެކުވެރިއަކު ދިން ލިޔުންތަކެއް.. ނާސިރުއާއި ބެހޭގޮތުން.. އާސީން އުޅުނީމެއްނުން.. ނާސިރުގެ ކޭސްގެ ކަންތައްތައް ހޯދަން” ޖައިޝް ފައިލްއެއް ދެމުން ބުނެލިއެވެ. އަހަރެން އެފައިލްގައި ހިފާލީމެވެ. “ނޫން.. މައާފް ކުރޭ.. އަހަރެން މިހާރު ނާސިރާއި ގުޅޭ އެއްވެސް ކަމެއްގައި އުޅޭކަށް ބޭނުމެއްނޫން” ފައިލް މޭޒުމަތީގައި ބާއްވަމުން އަހަރެން ބުނެލީމެވެ. “އެކަމަކު އާސީން.. ކީއްވެ.. ކިހިނެއްވީ.. އާސީންއެއް ނޫންތަ ބުނީ ތެދަކީ އެންމެންނަށް އެނގެން ޖެހޭ އެއްޗެކޭ.. ތީގެ އެބަހުރި” “އަހަރެންނަށް ހެޔޮ މީގެ ކޮންމެ މައުލޫމާތެއް ހުއްޓަސް.. އަހަރެންނަށް ހެޔޮ ދުވަހަކު ދުނިޔެއަށް ތެދު ހާމަނުވިޔަސް.. އަހަރެން ނާސިރުގެ އެއްވެސް ކަމެއްގައި އުޅޭކަށް ބޭނުމެއް ނޫން.. އަހަރެން އެކަން ހުއްޓާލައިފިން” އަހަރެން ބުނެލީމެވެ.

ޖައިޝް ހިނިތުންވެލިއެވެ. އަދި އޭނަގެ ބޮޑު ގޮޑީގައި ވެޑުވެލިއެވެ. އަހަރެންނަށް އަތުގެ އިޝާރާތުން އިށީނުމަށް ބުންޏެވެ. ‘އާސީންއަށް އެނގޭތަ.. އެންމެ ފުރަތަމަ ދުވަހު އާސީން ނާސިރުގެ ކޭސްއާއި ބެހޭގޮތުން ލިޔުމުން.. އޭގެ އަނެއް ދުވަހު އައިސް އާސީންއަށް އާއި ދިމާލަށް ކީ އެއްޗެހި” ޖައިޝް ބުނެލިއެވެ. އެއީ ކިހިނެއް ހަނދާން ނެތޭނެ ކަމެއް ހެއްޔެވެ. އަހަރެން އެހާ މަސައްކަތުން ލިޔެގެން އޭތި ޕްރިންޓް ކުރުވުމުން އޭގެ އަނެއް ދުވަހުގައި ޖައިޝް އަހަރެންނާއި ދިމާލަށް ނުކިޔާކަ އެއްޗެއް ނެތެވެ. އަހަރެންނަށް އެކަން ހަނދާންވުމުން ހެވުނެވެ.

“ކިހިނެއް ހަނދާންނެތޭނީ.. އަހަރެން އޮފީހުގައި އެންމެ ފުރަތަމަ ރުއި ދުވަސް ވިޔަ އެއީ” އަހަރެން ބުނެލީމެވެ. “ހެހެހެ.. އެހެންތަ.. އެނީވޭ.. އަސްލު އެނގޭތަ ވީ ގޮތް.. އެރޭގައި އަހަރެން ގެއަށް ދިޔަ އިރު.. މިނިސްޓަރެއް.. ހުރީ.. އަހަރެންގެ ގޭގައި.. ބައްޕަގެ ރަހުމައްތެރިއެއް އެއީ.. އެނގޭތަ.. މީގެ ކުރިން ދުވަހަކުވެސް އޭނަ އަހަރެންގެ ގެއަށް އައިސްފައެއް ނުވޭ.. އެކަމަކު އެރޭގައި އޭނަ މަޑުކުރީ އަހަރެންނާއި ވާހަކަ ދައްކާފައި ނޫނީ ގެއިން ނުދަން.. އެރޭގައި އަހަރެންނާއި ވާހަކަ ދައްކަމުން އޭނަ ފުރަތަމަ ވެސް ބުނީ ހާދަ ރީތި ރިޕޯޓެކޯ ލިޔެލާފަ އެއޮތީ” ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އެ މިނިސްޓަރަކީ.. މަރުވެފައިވާ ކުއްޖެއްގެ ބައްޕަ.. އެކަމަކު އެރޭގައި އެހެން ކިޔާފައި ދިޔައީ.. އަހަރެން އެރޭގެ އެހެން ވަގުތެއްގައި ކައިރީގައި ހުރި ފިހާރައަކަށް ދާންވެގެން ނިކުތީ.. އެވަގުތު އައި ނައި ތަނެއް ނޭނގި.. ހަތަރު ވަރަކަށް ފިރިހެނުން އައިސް އަހަރެން ހިފަހައްޓައިގެން ގެންގޮސް މޫނުމަތީގައި އެއްޗެއް އަޅުވާފައި.. ފާޑެއްގެ ތަނަކަށް ލީ.. އަދި އަނިޔާ ކުރަންފެށި.. ފައިންނާއި އަތުން ތެޅީ.. ދެން ބުނީ މިއީ އިންޒާރެކޯ.. ތި ލިޔުނު ކަހަލަ އިތުރު އެއްވެސް ރިޕޯޓެއް ލިޔެގެން ނުވާނެއޯ.. އެމީހުންނަށް އާސީންއާއި ބެހޭގޮތުން މައުލޫމާތުވެސް އެނގެއޯ.. އިތުރަށް އާސީން އެންމެ ރިޕޯޓެއް ލިޔުނަސް.. އެމީހުން އާސީންވެސް ދުއްވާލާނަމޯ” ޖައިޝް ކިޔައިދިނެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެދުވަސް އެއީ އަހަރެން ވަރަށް ބިރު ގަތް ދުވަހެއް.. ނޮޓް ބިކޯޒް އެމީހުން އަހަރެންނަށް ކަމެއް ކޮށްފާނެތީ.. އެކަމަކު އާސީންއަށް ކަމެއް ވެދާނެތީ.. އެހެން ހުއްޓަ އާސީން ދެވަނަ ރިޕޯޓް ގެންނައީ.. އަހަރެން އޭތި ޗާޕް ނުކުރާށޭ ކިޔަ ކިޔާ އޮއްވަ.. އާސީން އޭތިވެސް އަޕް ކުރީ.. އަހަރެންނަށް ނޭނގުނު ބިރުން ހުރެވުނު ތަންވެސް.. އެދުވަހު އަހަރެންނަށް އައީ ފޯނު ކޯލެއް.. އާސީން ހުރި ތަނާ.. އަހަރެންގެ އާއިލާގެ އެންމެން އެގަޑީގައި ތިބި ތަންތަން އެމީހުން ކިޔައިދިން.. ބުނި އާސީން ނުހުއްޓުވައިފިނަމަ.. ހޭ އަރުވާލާމޯ” ޖައިޝް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ދެން އާސީން ދިޔައީ ކޯޓަށް.. އެދުވަހު އެމީހުން އާސީންގެ ފަހަތުން މިހާ ހިސާބަށްވެސް އައި.. އަހަރެން ވަރަށް ކިޔައިގެން އާސީން އެފަހަރު ދޫކޮށްލީ.. އެހެން ނޫންނަމަ އާސީން އަށް އެމީހުން ކޮންމެވެސް ކަމެއް ކުރީސް” ޖައިޝް ބުނެލިއެވެ. “މިހާރު ތި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ.. އަހަރެން މި ބުނީ ނުން އަހަރެން ނާސިރުގެ އެއްވެސް ކަމެއްގައި ނޫޅޭނަމޭ.. އެހެންވީމަ ދެން އަހަރެންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ޖައިޝް ވިސްނާކަށް ނުޖެހޭނެ” އަހަރެން ބުނެލީމެވެ. “އެކަން އެނގޭ.. އެކަމަކު އާސީން ވިސްނާލަބަލަ.. ބަޔަކު އެހާ ވަރަށް ނާސިރުގެ ކޭސް ސިއްރު ކުރަން އެއުޅެނީ ކީއްވެ.. އެމީހުން އާސީންއަށް އެވަރަށް ފާރަލާ އަހަރެންނަށް އެހާ ބިރު ދެއްކުމުގެ ބޭނުމަކީ ކޮބާ.. މިކަމާއި އެ މިނިސްޓަރ ހުރި ގުޅުމަކީ ކޮބާ” ޖައިޝް ކުރިއަށް ޖެހިލާ މޭޒުމަތީގައި އަތް އަޅުވާލިއެވެ. “ޖައިޝް ތިބުނަނީ ކީކޭތަ” އަހަރެން ނޭނގިފައި އަހާލީމެވެ. “އަހަރެން މިބުނަނީ.. މިކަމުގެ އަޑިއަށް މީހަކަށް ފީނޭ ކަމަށް ވާނަމަ އެމީހަކީ އާސީންއޭ.. މިހާރު ހަމަގައިމުވެސް އާސީން އެކަނި ނުޖެހޭނެ އެހާ އަޑިއަށް ފީނާކަށް.. އަހަރެންވެސް މިހުރީ.. އެކަން ކުރަން.. އާސީންއާއި އެކު” ޖައިޝް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ. “ސޯ.. ކިހާ ހިސާބަކުން ފަށަންވީ” ޖައިޝް ފޯރިއާއި އެކު އަހާލިއެވެ. އަހަރެން އިސްޖަހާލީމެވެ. އުފަލުންނެވެ. މިވަގުތު އަހަރެންނަށް ޖައިޝް ކަހަލަ ރައްޓެއްސެއްގެ އެހީ ވަރަށް ބޭނުންވެއެވެ. “މިތާނު ތިކަމެއް ނުކުރޭވެ.. ބަންޝީލްގެ އުދަގޫ މިގަޑީގަވެސް ފޯރަފާނެ.. އަހަރުމެން ގެއަށް ދާނީ” އަހަރެން ބުނެލީމެވެ.

ޖައިޝްއާއި އަހަރެން ދެމީހުން ގެއަށް ދިޔައީމެވެ. އެދުވަހު ހަވީރުވީ އިރު އަހަރުމެންނަށް އަހަރެންގެ ކޮޓަރި ކުޑަ ވަރެއްގެ އިންވެސްޓިގޭޝަން ރޫމްއަކަށް ބަދަލު ކޮށްލެވުނެވެ. ފާރުގައި ކުޑަ ހުދު ކުލައިގެ ބޯޑެއް ހަރުކޮށް ފޮޓޯތައް ހަރުކޮށްލީމެވެ. ރަތް  ކުލައިގެ ވޫލް އިއް އެއްފޮޓޯ އިން އަނެއް ފޮޓޯއަށް ގުޅުވާލީމެވެ. ކޮޓަރީގެ މެދުގައި ބޮޑު މޭޒެއް ބަހައްޓާ މިހާރު އަހަރުމެން އަތުގައި ހުރި އެއްޗެހިތައް ފަތުރާލީމެވެ. ފާރުގައި ހުރި ބޯޑުގައި އަދްލީގެ ފޮޓޯ ހަރުކޮށްލީމެވެ. އަދްލީ މަރުވީ އަމިއްލަ މަރަކުން ނޫންކަން އަހަރެންނަށް ޔަގީންވާތީއެވެ. ދޮންބެވެސް އަހަރުމެންނަށް އެހީވަމުން ދިޔައެވެ. އަހަރެން އަދްލީ ފޮނުވާފައިވާ ފައިލް ބަލާލީމެވެ. އޭގައި މަރްޔަމް ނަޝްފާއާއި ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު ހުއްޓެވެ. އަދި މަރުވެފައިވާ ހުރިހާ މީހުންނާއި ބެހޭގޮތުންވެސް މައުލޫމާތު ހުއްޓެވެ. ނޭނގޭ ކަމަކީ އެމީހުންނާއި ނަޝްފާއާއި އޮތް ގުޅުމެވެ. އަދްލީގެ ފޮނުވާފައިވާ ފޯލްޑާ ގައި ނޭނގޭ ދެތިން މީހެއްގެ ފޮޓޯއެއް އޮތެވެ.

ހަވީރުގެ ވަގުތެވެ. އަހަރެންނާއި ޖައިޝް އަދި ދޮންބެ އުޅުނީ ކޮޓަރި ތެރޭގައެވެ. ދޮރުގައި ޓަކި ޖަހާލިއެވެ. އަހަރެން ހުރީ ހުދު ބޯޑު ކައިރީގައެވެ. ދޮންބެ ދޮރު ހުޅުވާލުމަށް ބުނެލިއެވެ. “އަހަރެން މިއައީ އާސީންއާއި ވާހަކައެއް ދައްކާލަން” އައިރްގެ އަޑާއި އެކު އަހަރެންނަށް ހައިރާންވެފައި ބަލާލެވުނެވެ. ރޭގައި ވީ ކަންތަކަށްފަހު އޭނައަށް އެއްވެސް ގެއްލުމެއް ނެތި ފެނުމާއި އެކު އަހަރެން އުފާވިއެވެ. ނަމަވެސް ރުޅިގަދަވީ ރޭގައި އޭނަ ދެއްކި ވާހަކަތައް ހިތައް އެރުމުންނެވެ. “އަނެއްކާ މިއަދުވެސް.. އާސީންއާއި އެކަނިތަ” ދޮންބެ ދިމާކޮށްލިއެވެ. “ނޫނޭ.. މިއީ ނާސިރުގެ ކޭސްއާއި ބެހޭ އެއްޗެއް.. އެހެންވީމަ ތި އެންމެންވެސް ތިބުން މުހިއްމު” އައިރްގެ މޫނުމަތިން ފެންނަން ހުރީ ސީރިއަސް ކަމެވެ. “ކިހިނެއްވީ” އަހަރެން ދެލޯ އަޅާލަމުން ހަށަން ބަދެލީމެވެ. “ނާސިރު ބޭނުންވޭ އާސީންއާއި ވާހަކަ ދައްކަން” އައިރް ބުނެލިއެވެ. “އަހަރެން ކުރިން ދުވަހު އޭނަކައިރީގައި ބުނެފަ އޮންނާނީ.. އޭނައާއި އަހަރެން އެތަނަށް ގޮސް ވާހަކައެއް ނުދައްކާނަމޭ..” އަހަރެން ބުނެލީމެވެ.

“އެކަމަކު ކޮއްކޯ.. އެއީ ބަންޝީލްއެއް ނުން” ދޮންބެ އަހާލިއެވެ. “ނޫން.. މުޅިން ބަންޝީލްއެއް ނޫނޭ ދޮންބޭ.. ކުރިން ދުވަހުވެސް އަހަރެން ބުނީމެއް ނުން.. އަހަރެން ހުރީ ނާސިރުދެކެ ވަރަށް ހިތްހަމަނުޖެހިފައި.. އަދިވެސް އަހަރެން މި ހުރީ އޭނަދެކެ ހިތްހަމަނުޖެހިފައި.. އެތަނަކަށް އަހަރެން ނުދާނަން..” އަހަރެން ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެކެވެ. އައިރްއަށް މިހާރު އަހަރެންގެ ސިކުނޑީގައި ވާ ހުރިހާ އެއްޗެއް އެނގޭކަން އަހަރެން ގަބޫލު ކޮށްފީމެވެ. އެހެންވީމަ އަހަރެން ބޭނުންވި ގޮތް ސިކުނޑިއަށް އަރުވާލީމެވެ. އެވަގުތު އައިރްގެ މޫނުމަތިން ފެނުނީ ނުލަފާ ހިނިތުންވުމެކެވެ. އޭނައަށް އަހަރެންގެ ސިކުނޑީގައި ހުރި އެއްޗެއް އެނގުނުކަން އަހަރެންނަށް ވަގުތުން އެގިގެން ދިޔައެވެ. “ތިއީ އެހާ ފަސޭހަ ކަމެއް ނޫން އާސީން.. އެކަމަކު އަހަރެން މަސައްކަތް ކުރާނަން” އައިރް އެހެން ބުނެލަމުން އެތަނުން ބޭރަށް ނިކުތެވެ. އަހަރެން ބަލާލީ ދޮންބެއާއި ޖައިޝްއާއި ދިމާލަށެވެ. އެމީހުންގެ މޫނުމަތިން ދެންމެ އެވީ ކިހިނެއްހޭ އަހާލާ ގޮތަށް ބަލަހައްޓައިގެން ތިއްބެވެ.

“އަހަރެން ބޭނުންވަނީ ނާސިރު އެތަނުން ބޭރުގެ ތަނެއްގައި ބަހައްޓައިގެން ވާހަކަ ދައްކަން.. އޭނަ އެތަނުގައި ހުއްޓާ އަހަރެން ވާހަކަ ދައްކާކަށް ނުދާނަން..” އަހަރެން ބޯޑާއި ދިމާލަށް އެބުރެލީމެވެ. އައިރް އަކީ އިންސާނެއްނޫން ކަމާއި މެދު މިހާރު އަހަރެން ޝައްކެއް ނުކުރަމެވެ. އެހެން ނޫންނަމަ އަހަރެންގެ ވިސްނުންތައް އޭނައަކަށް ނޭނގޭނެއެވެ. އަހަރެންނަށް ހީލެވުނެވެ. މިހާރު މިކަންތައް މިދަނީ އަހަރެން ބޭނުންވާ ގޮތަށެވެ.

ރޭގަނޑު ނުވައެއް ނުޖަހާ އައިރް ގުޅިއެވެ. އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ހަމަޖެހުނެވެ. އަހަރެން އައިރް ބުނިތަނަށް ދިޔައީ ދޮންބެއާއި އެކުގައެވެ. އެތަނަކީ އާދައިގެ ކުޑަ ގެއެކެވެ. ސައިކަލްގައި އެގެ ކައިރިއަށް މަޑުކޮށްލިއިރު އައިރް އެތަނުގައި ހުއްޓެވެ. “މިއީ އަނެއްކާ ހުއްދަ ކަމެއްތަ” ދޮންބެ އައިރްގެ މޫނަށް ބަލާލަމުން އަހާލިއެވެ. “ތިކަމާއި ވާހަކަ ނުދައްކާ” މަގުގެ ދެކޮޅަށް ބަލާލަމުން އަވަސްކަމާއި އެކު ގޭތެރެއަށް ހިގައިގަންނަމުން ބުނެލިއެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުމަ އަރުވާލިއެވެ. އަދި އައިރްގެ ފަހަތުން ހިގައިގަތެވެ. ގޭތެރެއަށް ވަތް އިރު ސިޓިންރޫމްގެ މެދުގައި ނާސިރު އިނެވެ. ގޮޑިއެއް މަތީގައި އިށީދެގެން އިން އިރު އަތުގައި ވަނީ ބިޑިއަޅުވާފައެވެ. އަހަރެން ސިޓިންރޫމްއަށް ވަނުމާއި އެކު ނާސިރު އިސްއުފުލާ ބަލާލިއެވެ. އެދެލޮލުން އަހަރެންނަށް ފެންނަން ހުރީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. އަހަރެން އެހުރިހާ އިރަކު އައިސްފައިވާ ރުޅި ނާސިރުގެ ދެލޯ ފެނުމުން ފިނިވެގެން ދިޔައެވެ. “އަހަރުމެންނަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް..” އައިރް އެހެން ބުނެލިއެވެ. އަހަރެން ނާސިރުގެ ކުރި މައްޗަށް ހުއްޓިލީމެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

އަސަރު 1

Next

(2) Milkey thi magey

Next
May 3, 2016

(2) Milkey thi magey

Previews
May 2, 2016

އަސަރު 1

27 Comments!

  1. Fantasy says:
    May 3, 2016 at 8:27 am

    mibai ves hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudinge comment thakah maruhabaa 🙂

  2. 2016 says:
    May 3, 2016 at 8:28 am

    Ey imparted vrasalhi dhen kondhuvahakun up koleveynee

    1. Fantasy says:
      May 9, 2016 at 8:17 am

      thnks 2016 🙂

  3. Yanaalee says:
    May 3, 2016 at 8:35 am

    Love to read this story..

    1. Fantasy says:
      May 9, 2016 at 8:20 am

      thnks yanaalee 🙂

  4. sidd says:
    May 3, 2016 at 8:37 am

    Nice story. Keep it up. Sifakurunthah varh reethi. ??☝?

    1. Fantasy says:
      May 9, 2016 at 8:25 am

      thnks sidd bodu koh 🙂

  5. Aisha says:
    May 3, 2016 at 8:48 am

    Mi story v interesting… Daily koh update kuran feney….

    1. Fantasy says:
      May 9, 2016 at 8:26 am

      heheh.. kihinetha dear daily koh up kuraany.. v udhagu vaane ehen up kuran.. anyway thnks a lot Aisha 🙂

  6. ken? says:
    May 3, 2016 at 9:33 am

    awnnn fantasy….? tnkx for de lovely story☺ dn buneba airu akee knkahalag meeheitha? aneikkaa meeheitha or smthn smsthn tha? aasin ves vejje airu fonuvaalan…ehenyaa egadyga bunaane eynage hagee gai…? i think m also in love with airu…cux airuge parts kiyaafa kakulu hulhun vaagi dhanee..?? dn athaa fai finivefa..heartbeat ves fast vanee…?
    inthizaaringgggggg for next part…hope u ll up it ASAP…☺??✌?❤

    1. Fantasy says:
      May 9, 2016 at 8:28 am

      thnks bodu koh ken dear 🙂 thihaa furihama comment eh kohleema 🙂 dhen in bai kuda koh las vejje dhoo 🙂 ekam mihaaru innane up kohfa igey 🙂

  7. bansheel says:
    May 3, 2016 at 11:51 am

    alheyyyy fentasyyyyyy u r the best
    hurihaa baeh ves kiyan ekamaku comment mi kuryyyy alah
    fentasyy vareh noannaane mikahala vaahaka liyaakah

    1. Fantasy says:
      May 9, 2016 at 1:38 pm

      thnks bansheel bodukoh 🙂

  8. Naaxi says:
    May 3, 2016 at 1:18 pm

    Airu eyee insaaane nooniyaa reethivaanee aasin jaish aa gulhuviyaa any ways meehiyaale varah reethi mi part ves

    1. Fantasy says:
      May 9, 2016 at 1:47 pm

      naaxi ge hiyaalah v bodah shukuriyya 🙂 thikamaa visnaanan igey fantasy 🙂 v bodu koh thnks naaxi 🙂

  9. Naani says:
    May 3, 2016 at 2:32 pm

    Airu ah aaseen hithah araa ehhcehi engey.. ekam naasiru ge kan kameh neggey. V hevva

  10. Faxoo says:
    May 3, 2016 at 9:44 pm

    mibai ves varah salhi. 😀 alhey way to go Aaseen!! 😀 😀 waiting fr next part pls pls up koddhecchey avahah ::))))

  11. az000 says:
    May 4, 2016 at 5:03 pm

    vv v v nice.. m a grt fan of urs.. just love ur stories.. u r the best

  12. Niz says:
    May 4, 2016 at 9:04 pm

    Wow v reethi mi part vx…alhe ey airu aey kon kahala myhehbaa dhw
    ..hahaha..fantasy dear avahah up kodhehchey…kiyaalaa hiy vey vvv bodukoh.

  13. Zain says:
    May 4, 2016 at 9:36 pm

    Wen is d next part…i cnt wait anymore….plx up kohlabe avaha

  14. Dhn hama nuhurevigen comment kura kaidha says:
    May 5, 2016 at 9:42 pm

    Alhe dhn kai dhaithayah hama nuhurevun baheh nubune.. ehnya fahe dhn upbkuran vx nuveytha manje soraa??
    Neyge kithah faharu kameh mi balaileveny!!
    Alhe hama eha vx bxy tha? Inthizaaruge guiter dhn mihira hithun beyruvany.. Avas khlla fantasyyy.. Thi kuhjja kiya vaahaka nun vaahaka eh kamaku nudhey!! Acas kh dheebala dhooni dhelokolhaa..!! Kaidhaotha dhn hamami aadheys kurany.. Puleeexxx.. ????

    1. SHUA says:
      May 8, 2016 at 12:48 pm

      MI VS HAMA THEEGE KAIDHA EH , EKAM SAFARU KAIDDHA MI EE 😛
      ASSU ES EY HAMA KEI NUDHEHVVAIGEN MIULHENEEE

  15. Almaash says:
    May 7, 2016 at 2:56 pm

    Fantasy..Avas kh dheebala..heyo nuvaane.. Inthizaaru koh koh varu bali vehjje,?? kn irakun tha uo vaany dhen? Nge v v bxy kanvx, ekm kiya hithun hama kei madhu vefa mi hury..?? Fantasyge vaahaka thah reethi kamun hama kiya hiy vany, up veythw dhuvaalaku neyge jithah faharu kameh mi beleny.. ??

  16. Maah says:
    May 7, 2016 at 2:59 pm

    Mi bai vx v furiha.. ??
    Fantasy!! Kn irakun dhn vaahaka uo vaany? Baivaru fahari vaahaka koyihjje, hithudhas va ha vx vehjje.. Aa bayakah mi inthizaaru kurany.. ??, ekn adhi vx up nuvey.. Nge v bxy kan, ehnve kan eha las vany, fantasy aky meege kurin v vaguthah vaahaka up kura thafaathu liun theri eh.. Ekm vaahaka kiya hithun hama nuhureveny.. Eha ves reethihyya vaahaka thah.. ?????

  17. naxnaxoo says:
    May 8, 2016 at 10:52 am

    whn the next part wil upload…v inthixaaru kurevihjje… next part kiyaalaa hithun..plx upload sooon…??

  18. SHUA says:
    May 8, 2016 at 12:46 pm

    PLX AVAHAH DHEN IN PART UPLOAD KOHLLABA , ASSU JEHEYNE VARAH DHIGU KOH GENES DHEYN ! CUZ VRH DHUVAS KOHFFA UPLOAD KURAATHY ! VRH REETHI MI VAAHAKA KIYAA HITHUN KEI MADHU VEFA

  19. iffa says:
    May 8, 2016 at 6:24 pm

    Kobatha mi story ge next part vvvv komme dhuvahaku vs chack kurevenyy auto in mivaahaka up kohffa inthw but sad face aka ekko nukunnan mijehenyy …Plx fantacyy up kohdhyyyyy cant wait ?

Comments are closed.

Next Episodeއިންސާފް .. 14 ވަނަ ބައި←


All Right Reserved!