Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 38 ވަނަ ބައި

aasi
May 3, 2016
6 Mins Read
138 Views
6 Comments

“އެއްލަބަލަ މަދެއް.” އަޒްމާ ގޮވާލި އެވެ. ހިބާ މަދެއް ބިނދެފައި އަޒްމާއަށް އެއްލި އެވެ. ދެން އަނެއްކާވެސް މަދެއް ބިންދެފައި އެއްލަންވެގެން ފައުޒާންއަށް ބަލައިލި އިރު ފައުޒާން ކައިރީ ހުރި މީހާ ފެނުމުން ހިބާ ނުވެއްޓުނީ ކިރިޔާ އެވެ. ހިބާ ލޯބޮޑުކޮށްލައިގެން ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓާލައިގެން ގުދަށް އެމީހާއަށް ބަލަން އޮތީ އެވެ.

ޖަމާލް ދެއަތް ފުރަގަހަތަށް ލައިގެން ފައުޒާންއާއި ކުރިމަތިލައިގެން ހުއްޓެވެ. ކުއްލިއަކަށް އެގޮތަށް ޖަމާލް އައިސްދާނެ ކަމަކަށް ފައުޒާންވެސް އަދި އެހެން މީހުންވެސް ހިތަކަށް ނާރައެވެ. ޖަމާލް އަނގައިންވެސް ނުބުނެ ބަލަން ހުރެފައި ގަހުގައި އޮތް ހިބާއަށް ބަލައިލި އެވެ. ޖަމާލް ހިތަށް އަރަމުންދާ އެއްޗެއް އެކަކަށްވެސް އިނގޭނީ ކިހިނެއް ހެއްޔެވެ. އެންމެން ވެސް ތިބީ ޖެހިލުންވެފަ އެވެ. ހާސްވެފަ އެވެ. ޒެކްވެސް އައިސް ޖަމާލް ކައިރިއަށް ހުއްޓިލައިގެން ހުރީ އަނގައިން ބުނަން ނުކެރިފަ އެވެ. ޖަމާލް އަރިހުން ހުއްދަވެސް ނުހޯދާ އަޒްމާގެ އާއިލާ ރިސޯޓަށް ގެނެސްގެން އަދި އެގޭގައި ބައިތިއްބައިގެން އުޅޭތީ ޖަމާލް ރުޅިދުރުވާނެ ވަރު ޒެކްއަށް ލަފާކޮށްލެވުމުން މީހާ ފިނިވެގެން ދިޔައެވެ. އަދި އަމުދުން ފައުޒާންއާއި ހިބާ އެއްކޮން އުޅޭތަން ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ.

“ޒެކް،” އެހުރިގޮތަށް ހުރެ ޖަމާލް ގޮވާލި އެވެ.

“ލައްބަ.” ޒެކް ކުރިއަށް ޖެހިލަމުން އަވަހަށް ޖަވާބުދިނީ ބިރުން ވިރިވިރި އޮތް ހިތަކާއި އެކު އެވެ.

“ހިބާ ކައިރީ ބުނޭ އާދެބަލާށޭ.” އެހެން ބުނެފައި އެތަނުން ދިއުމަށް ޖަމާލް ހިގައިގަތެވެ. ހިބާއަށް ޖަމާލް ބުނި އެއްޗެއް އަޑު އިވުނެވެ. ޒެކް ހިބާއަށް ބަލައިލުމުން ހިބާ އަވަހަށް ގަހުން ފައިބައިފި އެވެ. ހިބާ ފައުޒާންއަށް ބަލައިލި އެވެ. ދެން ވާނީ ކިހިނެއްކަމެއް ނޭގޭ ހާލުގައި އެކަކު އަނެކަކަށް ޖަހިލުންވެތިބެ ބަލައިލި އެވެ. އޭރު ރިފާއާއި ފައްވާޒް ވެސް ތިބީ ކުދިން އުރާލައިގެން ކޮޅަށް ތެދުވެ އެވެ.

“ސިރާޖް، މަށަށް ވެސް ސައިތައްޓެއް ހަދާލަދޭތި،” ބަދިގެއިން ސައި ހަދައިގެން ތަބަކުގައި އަތުރައިގެން އަތިރިއާއި ދިމާލަށް ސިރާޖް ދަނިކޮން ޖަމާލް އައިސް ދޮރުން ވަންނަމުން ސިރާޖް ކައިރީ ބުންޏެވެ. ސިރާޖް ކިޔަމަންވަމުން ބޯޖަހާލި އެވެ. “އަދި ހިބާކައިރީ ބުނެލާތި ތަންކޮޅެއް އަވަހަށް އާދެބަލާށޭ.” ފަހަތަށް އެނބުރިލާފައި ޖަމާލް ބުނެލި އެވެ.

ޖަމާލް ސޯފާގައި ހަމަޖެހިލައިގެން އިނެވެ. ސިރާޖް ސައިހިފައިގެން ގޮސް ހިބާ ކައިރީ ޖަމާލް ހޯދާވާހަކަ ބުނުމުން ހިބާ އެންމެންގެ މޫނަށް ބަލައިލި އެވެ. ހިބާ ބިރުން ހުރިވަރު ފެނިފައި އެހެންމީހުންވެސް ތިބީ ފިނިވެފަ އެވެ.

“ހިބާ، ޒާންވެސް ދާންވީތަ ހިބާއާ އެއްކޮން؟” ފައުޒާން ހިބާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ.

“ނޫން، ނޫން. ފައުޒާން ދާނެކަމެއްނެތް. ހިބާ އެކަނި ދާނީ،” ހިބާ ފައުޒާންއާއި ދުރަށް ޖެހިލަމުން ބުންޏެވެ. އަދި ޒެކްއާއި ދިމާލަށް އެނބުރިލި އެވެ. “ޒެކް، ބައްޕަ އެކަނިތަ ދުރުވީ؟ މަންމައެއް ނާދޭތަ؟” ހިބާ އަހާލި އެވެ.

“ހިބް، ޒެކްއަކަށް އެކައްޗެއްވެސް ނޭގެ. ބޭބެ އައިސްމިތާ ހުއްޓާ ޒެކްއަށްވެސް މި ފެނުނީ. ހީވަނީ ކޮންމެސް މީހަކު ބުނީހެން ޒެކްމެން އެންމެން މިތާއުޅޭވާހަކަ. ނޭގެދެން. ހިބާ ކައިރީ މިކަމާ ނުރުހިގެން އެއްޗެއް ބުނުއްވައިފިއްޔާ ބުނާތި ހިބާއަކަށް ނޭގެޔޭ އެންމެން މިތަނަށް ގެނެސް މިގެއަށް ވެއްދީ ޒެކްއޭ. އިންގޭ.” ޒެކް ހިބާ ކައިރީ ބުންޏެވެ.

ހިބާ މަޑުމަޑުން ގޮސް ގޭތެރެއަށްވަން އިރު ޖަމާލް ސޯފާގައި އިނެވެ.

“ދަރިފުޅާ، އާދޭ އިށީންނަން.” ހިބާ ފެނުމުން ހިތްހެޔޮކަމާއެކު ހީލަމުން ޖަމާލް ބުންޏެވެ. ދެފައިކޮޅު ތުރުތުރު އަޅާހާލުގައި ޖެހިލުންވެފައިހުރެ ހިބާއައިސް ސޯފާގައި އިށީނެވެ. ޖަމާލް ދައްކާނެ ވާހަކައެއް ނޭގޭތީ ހިބާ އިނީ ވަރަށް ބިރުގަނެފަ އެވެ. ހިބާގެ ކަރުބެދިފައި ވާހެންވެސް ހީވިއެވެ. ހިންދިރުވާލެވުނީ ވެސް އެހާ އުނދަގުލުންނެވެ.

“މަންމަ…. މަންމަ ކޮބައިތޯ؟” ހަމަހިމޭން ވަގުތުކޮޅަކަށް ފަހު ވަރަށް ހިތްވަރުކޮށްފައި ހިބާ އަހާލި އެވެ.

“ބައްޕަވެސް މި މަޑުކޮށްލަނީ މަންމަ އަންނަންދެން. މަންމަ އައިސް ކޮޓަރިއަށްވަންގޮތަކަށް އަދި ނުނިކުމޭ.” ޖަމާލް ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ. މޫމިނާވެސް އައިކަން އިނގުމުން ހިބާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެވަގުތު ތަބަކަށް ސައިޖޯޑެއް ލައިގެން ސިރާޖް އައިސް ކުޑަ ބިއްލޫރި މޭޒުމަތީ ބެހެއްޓި އެވެ.

“ސިރާޖް، މިރޭގެ ކެއުން ވަރަށް ޙާއްސަ ކުރަންވާނެ. މިރޭމީ ވަރަށް ޙާއްސަ ރެޔެއް.” ސިރާޖްއާއި މުހާތަބުކޮށް ޖަމާލް ބުންޏެވެ. ސިރާޖް ބޯޖަހާލަމުން އެތަނުން ހިގައްޖެ އެވެ.

“ދަރިފުޅާ، ބައްޕަ އައިއިރު ދަރިފުޅު ގަހުގަ އޮތްތަން ފެނުނީމަ ބައްޕަ ވަރަށް އުފާވި. އެއީ ކުރިން ދަރިފުޅު އުޅެމުން އައި ގޮތް. ބައްޕަ ބޭނުންވަނީ އެގޮތަށް އަބަދުވެސް އުފަލުގަ އުޅޭ ހިބާއެއް ބައްޕައަށް ފެންނަން. މިހުރިހާ ދުވަހު މަޑުމަޑުން މީހަކާ ވާހަކަނުދައްކަ ހުރިކުއްޖާއެއް ބައްޕަ އެއްގޮތަކަށްވެސް ބޭނުމެއްނޫން.” ޖަމާލް ސައިޖޯޑު ނަގާ އެތިފޮދެއް ބޯލި އެވެ. ހިބާ އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ހިތަށް އަރަމުން ދިޔައެއްޗިހި ބޭރުކޮށްލެވޭނެގޮތެއް ހިބާއަކަށް ނޭގެ އެވެ.

“އެހެންވީމަ ދަރިފުޅު..” އެހިސާބަށް ޖަމާލްއަށް ބުނެވުނުތަނާ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑު އިވުމުން ޖަމާލްއާއި ހިބާ އެދިމާލަށް ބަލައިލި އެވެ. އޭރު މޫމިނާ ވަރަށް ހެވިލާފައި ހުރެ އެދިމާލަށް އަންނަނީ އެވެ. ހިބާ އުފަލުން ފޮޅިގެން ދިޔައެވެ.

“މަންމާ،” ހިބާއަށް ބުނެވުނެވެ. “ކުއްލިއަކަށް ކީއްވެ ތި އައީ؟” ހިބާއަށް ތެދުވެވުނެވެ.

“ސަރޕްރައިސް.” ޖަމާލް ބުންޏެވެ. “ހިބާއަށް ސަރޕްރައިސްއެއް ދޭން މިއައީ.” ޖަމާލް ބުންޏެވެ. މޫމިނާ ހެވިފައި ހުރެގެން އައިސް ހިބާކައިރީ ސޯފާގައި އިށީނެވެ. ހިބާވެސް މޫމިނާއާއި އެކު އިށީނެވެ.

“ކޮބައިތަ އެހެން އެންމެންތައް؟” މޫމިނާ އަހާލި އެވެ. ހިބާ ހައިރާންވެފައި މޫމިނާއަށް ބަލައިލި އެވެ.

“މަންމަމެނަށް އިންގޭތަ ފައުޒާންމެން އެންމެން އުޅޭކަން؟” ހިބާ ހައިރާން ވެފައި އިނދެ އަހާލި އެވެ.

“ކީއްވެތަ ނޭގެންވީ؟ ބައްޕަ އަބަދުވެސް ހިބާއަށް ބައްލަވަޔޭ، ހިބާ ކޮންމެތާކު އުޅުނަސް ހިބާ އުޅޭގޮތް ބައްޕަ ބައްލަވަޔޭ.” މޫމިނާ ބުންޏެވެ.

“އެކަމަކު…” ހިބާ ބުނަން އުޅުން އެތި ނުބުނެވުނެވެ. ޖަމާލް ވާހަކަދައްކަން ފެށި އެވެ.

“ބައްޕަވެސް ބޭނުމީ ދަރިފުޅު އުފަލުގަ އުޅޭތަން ދެކެން. މިހާރު އިނގިއްޖެ ދަރިފުޅު އެންމެ އުފަލުގަ އުޅޭނީ ފައުޒާންއާ އެކުގަކަން. އެހެންވެ ފައުޒާންއާ އެއްކޮން އުޅޭތަން ބަލައިލަން ބައްޕައާ މަންމައާ މިއައީ. ދޯ މޫމިނާ.” ޖަމާލް ބުނި އެއްޗެއް ހިބާއަށް ނޭގިފައި އިންކަހަލަ އެވެ. ޖަމާލް އެ ދައްކާ ވާހަކަ އަކީ ހަގީގަތް ކަމަކަށް ހިބާއަށް ގަބޫލެއް ނުކުރެވެ އެވެ. ހިބާއަށް އުފަލުން ރޮވެން ކައިރިވެއްޖެ އެވެ. ލޮލުން ކަރުނަ ނިރާލައިފި އެވެ. ބައްޕަ އެބުނަނީ ތެދެއް ހެއްޔެވެ. ފައުޒާންއާއި ހިބާ އެއްކޮން އުޅުނަސް ބައްޕަގެ އިއުތިރާޒެއް ނެތް ހެއްޔެވެ. ހިބާ ހިތާހިތުން އުފާކުރަމުން ދިޔައެވެ.

ފައުޒާން ރަހާ އުރައިގެން ގޭތެރެއަށް ވަނީ ހިބާ ލަސްވާތީ އެވެ. ހިބާއަށް ވާނެގޮތެއް ނޭގޭތީ ކެތްނުވެގެންނެވެ. އޭރު ހިބާއާއި މޫމިނާއާއި ޖަމާލްއަށް ވެސް ފައުޒާންއާއި ދިމާލަށް ބަލައިލެވުނެވެ. ހިބާއަށް ތެދުވެފައި ފައުޒާންއާއި ދިމާއަށް ދުއްވައިގަނެވުނެވެ. އަދި ހެވިފައި ހުރެ ފައުޒާންއަށް ބަލައިލި އެވެ.

“ފައުޒާން، އައި އޭމް ސޯ ހެޕީ!” ހިބާއަށް ރޮވެމުން ބުނެވުނެވެ. ތުންފަތްމައްޗަށް ވަނީ ހިނިތުންވުމެއް ވެރިވެފަ އެވެ. ފައުޒާންއަށް ހުރީ ވާނުވާ ނޭގިފަ އެވެ. ނަމަވެސް ހީލެވުނީ ހިބާ އުފަލުން ހުރިތަން ފެނުނީމަ އެވެ. އަނެއްކާ ހިބާ ބައްޕައަށް ވިސްނުނީ ކަންނޭގެ އެވެ.. ފައުޒާން ހިތަށް އަރަމުން ދިޔައެވެ. އަދި ޖަމާލްއާއި މޫމިނާއަށް ބަލައިލި އެވެ.

ޖަމާލް ސޯފާއިން ތެދުވެގެން ފައުޒާން ހުރި ހިސާބަށް އައިސް މަޑުކޮށްލި އެވެ. އަދި ފައުޒާންއަށް ހަރުކަށިގޮތަކަށް ބަލަން ހުއްޓެވެ.

“ފައުޒާންއަށް ހިބާ އުފަލުގަ މިގޮތަށް ގެންގުޅެ ވެންޏާ ބައްޕަގެ އެއްވެސް އިއުތިރާޒެއް ނެތް.” އެހުރިގޮތަށް ހުރެ ޖަމާލް ބުންޏެވެ. ފައުޒާންއަށް ހީލެވުނެވެ. އުފާވިލެއް ބޮޑުކަމުން މާނޭވާއެއްވެސް ބޭރުކޮށްލެވިއްޖެ އެވެ. “އެކަމަކު ޝަރުތެއް އެބައޮތް.” ޖަމާލް ބުންޏެވެ.

“ކޮބައިތޯ ޝަރުތަކީ؟” ފައުޒާންއަށް އަވަހަށް އަހާލެވުނެވެ.

“ފައުޒާންއާއި ހިބާ އެއްކޮން އުޅެން ބޭނުމިއްޔާ އުޅެންޖެހޭނީ އަހަރުމެންގޭގަ. އަހަރުމެން ކުރިމަތީ. ފައުޒާންމެންގޭގަ އުޅޭކަށް ހިބާއެއް ނުފޮނުވޭނެ.” ޖަމާލްގެ އަބުރުވެރިގޮތް ދައްކަމުން ބުންޏެވެ.

“ބައްޕާ، ފައުޒާން މާކުރިންވެސް އޮތީ ތިހެން ބުނެފަ.” ހިބާ ހެވިފައި ހުރެ ބުންޏެވެ.

“ޖަމާލް، އެކަމަކު އެކުދިން ފައުޒާންމެންގެއަށް ނުގޮހެއްވެސް ނޫޅެވޭނެ ނޫންތޯ؟ ހަފީޒާއަކީ ފައުޒާންގެ މަންމަ، ހިބާވެސް ހަފީޒާ ކައިރިއަށް ފޮނުވަން ވާނެނޫންތޯ؟” މޫމިނާ ތެދުވެގެން އެދިމާލަށް އަންނަމުން ބުންޏެވެ.

“އަހަރެން ނުބުނަމޭ ފައުޒާންމެންގެއަށް ނުދެވޭނެއެކޭ. އަހަރެން މި ބުނަނީ އަހަރުމެންގޭގަ އުޅޭވާހަކަ. ބަލަ އަހަރެން ވެސް އަހަރެންގެ ދަރިން އުފާކޮށްދޭން ބޭނުމޭ. އެކުދިން އުފަލުގަ އުޅޭތަން ދެކެން ބޭނުމޭ. މިހުރިހާ ދުވަހު އަހަރެން ހީކުރީ ހިބާވެސް ފައުޒާންއާއި ދުރުވާން ބޭނުންވެގެން އުޅެނީކަމަށް. އެގޭމީހުންދެކެ ހިބާ ރުޅިއައިސްގެން އުޅެނީކަމަށް. ފަހުން ފޯނެއް ހޯދަންވެސް ނުބުނާތީ އަދި އެހެން ބޮޑަށް ހީވީ. މޫމިނާމެން ދެކެނީ އަހަރެން މީ ވަރަށް ހަރުކަށި މީހެއް ގޮތުގަ ދޯ.” ޖަމާލްގެ މޫނުމަތިން ފުރަތަމަ ފަހަރަށް މާޔޫސްކަން ފާޅުވިތަން ފައުޒާންއަށް ފެނިގެން ދިޔައެވެ.

“އަޅުގަނޑަށް އިނގޭ ހިބާ ބައްޕަ ހަރުކައްޓެއް ނޫންކަން.” ފައުޒާން ކުރިއަށް ޖެހިލަމުން ޖަމާލްއާއި ކުރިމަތިވާގޮތަށް ހުއްޓިލަމުން ބުންޏެވެ. ހިބާ އެވަގުތު ރަހާ އުރާލި އެވެ. “އަޅުގަނޑަށް އެކަން އެގިފަ އޮތީ އަޒްމީލްގެ ކައިވެނިރޭ.”

“ފައުޒާން، ދަރިފުޅޭ.” ޖަމާލް ފައުޒާންގެ ކޮނޑުގައި އަތްބާއްވާލި އެވެ. އަދި ފައުޒާން ގެނެސް ގާތްކޮށްލާ ބުރަކަށީ މަޑުމަޑުން ޖަހާލަމުން ބައްދާލި އެވެ. “ފައުޒާންއަކީ ވެސް އަހަރެންގެ ދަރިއެއް.” ޖަމާލް ބުންޏެވެ.

އެހެން އެންމެން އެތެރެއަށް އަންނަން ވެގެން ނުކެރިފައި އެތައް އިރަކު ތިބީ އެވެ. އެންމެފަހުން ޒެކް ބަލައިލާފައި އަންނާނަން ކަމަށްބުނެ ގޭތެރެއަށް ވަނެވެ. އޭރު ފައުޒާންއާއި ޖަމާލްއާއި މޫމިނާ ސޯފާގައި ހަމަޖެހިލައިގެން ވާހަކަދައްކަން ތިއްބެވެ. ޒެކް ހައިރާންވެފައި ހުރެ އެދިމާލަށް ގޮސް ހުއްޓުނެވެ.

“ޒެކް. މިފަހަރު ބޭބެއަށް އަންގާވެސް ނުލާ ފެމިލީ އެންމެން ގެނެސްގެން ތި މަޖާނަގަނީދޯ. އެންމެފަހުން ބޭބެއަށް އިނގުނީމަ ބޭބެވެސް މިއައީ ޒެކްއަށް ނާންގަ.” ޒެކް ފެނުމުން ޖަމާލް ބުންޏެވެ. މޫމިނާވެސް ޒެކްއަށް ބަލައިލާފައި ހީލިއެވެ.

“ކޮބައިތަ އެންމެންތައް؟ ނިކަން މަޖަލޭ އެންމެން އެއްކޮން މިހެން އުޅޭއިރު ދޯ.” މޫމިނާ ބުންޏެވެ.

“އަޅުގަނޑު ހީކުރީ ބޭބެ ރުޅިދުރުވާނެކަމަށް އަޅުގަނޑު އެންމެން މިގެއަށް..” ޒެކް އެހިސާބަށް ބުނިތަނާ ޖަމާލް ޒެކްގެ ވާހަކަ މެދުކަނޑާލި އެވެ.

“ބަލަ ބޭބެ ރުޅިއަންނަންވީ ކީއްވެތަ؟ ބޭބެ ބުނެފަ އޮންނާނީ ޒެކްއަކަށް އެއްވެސް ކަމެއް މަނައެއް ނުވާނެޔޭ ތީވެސް ހަމަ އަހަރެންގެ ދަރިޔެކޭ. ދެން ތިހެން ނުކިޔައްޗޭ.” ޖަމާލް ހަރުކަށިގޮތަކަށް އެހެން ބުނުމުންވެސް މިފަހަރު ޒެކް ކައިރިއަށް ހިނިއަ އެވެ. “ދޭ، އެންމެން ގޮވައިގެން އާދޭ. ބޭބެ މިދަނީ ނަމާދުކޮށްލަން.” ޖަމާލް ތެދުވަމުން ބުންޏެވެ.

އެރޭ ކާން ތައްޔާރުކޮށްފައި ވަނީ އެގޭ އަތިރިމަތީ އެވެ. އުއްބައްތިން މުޅިތަނަށް އަލިކޮށްލާފައި ވެއެވެ. ހީވަނީ ކައިވެނި ހަފުލާއަކަށް ތައްޔާރުކޮށްލާފައި ވާހެނެވެ. ބޮޑު އެއްމޭޒު ބަހަށްޓާފައި ވަށައިގެން ގޮނޑު ޖަހާފައި ހުއްޓެވެ. އެންމެ ކުރިން ޖަމާލް އިނުމުން އެންމެން ތިބީ ވަރަށް ބީރައްޓެހި ވެފަ އެވެ. ނަމަވެސް ހިބާގެ އަނގަ މިހާރުވަނީ ފަޅާފަ އެވެ. ހިބާއަށް އަނގަހުއްޓާލައިގެން އިނދެވޭގޮތެއް ނުވި އެވެ. އެހެންކަމުން ހިބާއާއި ބައިވެރި ނުވެއެއް ނިހާނީއަކަށް ނީދެވުނެވެ. ދެމީހުން އަނގަތަޅަން ފެށުމުން އެންމެންވެސް ވާހަކަ ދައްކަން ފެށިއެވެ. އަޑު ބައްދާލާފައި ވަނީ އެންމެން އެންމެނަށް ވާހަކަދައްކާތީއެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޖަމާލް އެންމެންނާއި ދިމާއަށް ވަކިވަކިން ބަލަން އިނެވެ. ހަރުކަށިގޮތަށް ބަލަން އިނަސް ޖަމާލް އިނީ ވަރަށް އުފަލުންނެވެ. އެކަހަލަ ބޮޑު އާއިލާއެއް ޖަމާލް އަބަދުވެސް ބޭނުން ވެއެވެ. ނަމަވެސް ޖަމާލް ވަނީ އެކަމުން މަހުރޫމްވެފަ އެވެ. ނުވިތާކަށް މޫމިނާގެ އާއިލާވެސް ބޮޑެއް ނޫނެވެ.

“މާދަމާ އަދި މަޑުކޮށްލާފަ ދާންވީނު.” އެންމެން ކައިނިމިގެން ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ތިއްބާ ޖަމާލް ބުންޏެވެ.

“އަޅުގަނޑު ޑިއުޓީއަށް ނިކުންނަން ޖެހޭ މާދަމާ. ކިތަންމެ ބޭނުން ވިއަސް ކިހިނެއްތޯ މަޑުކުރާނީ.” ފައުޒާން ބުންޏެވެ.

“ތިކަމުގަ ބައްޕަ ބުނާނެ އެއްޗެއްނެތް. މިހާރު ހިބާއަކީ ޒާންގެ ހައްގެއް. ބައްޕައަށް ބުނެވޭނީ ބައްޕަ ބޭނުންވާ ގޮތް. ޒާންއަށް އިނގޭނީ ހިބާ ގެންދަންޏާ ނުގެންދަންޏާ.” ޖަމާލް ބުންޏެވެ.

“ހިބާ ބޭނުންތަ މަޑުކުރަން. ހިބާ ބޭނުންވަންޏާ ޒާން އަނެއްކާވެސް ބުރާސްފަތި ދުވަހު އޮފީސް ނިމިގެން އާދެވިދާނެ.” ފައުޒާން ބުންޏެވެ.

“ހިބާ ބޭނުމީ ފައުޒާންއާ އެއްކޮން ދާން. އަނެއްކާވެސް އަންނާނީ ފައުޒާންއަށް އޮފް ލިބުނީމަ.” ހިބާ ފައުޒާންއަށް ބަލައިލާފައި ޖަމާލްއަށް ބަލައިލީ ޖަމާލްއަށް އެގޮތް ކަމުދޭތޯ ބަލައިލާށެވެ.

“ހިބާއާއި ފައުޒާންއަށް އެންމެރަގަޅިއްޔާ ބައްޕައަށް މައްސަލައެއްނެތް.” ޖަމާލް ބުންޏެވެ.

“ހިބާ ބޭނުންގޮތެއް.” ފައުޒާން ބުންޏެވެ.

އެވަގުތު ރަހާ ރޯއަޑު އިވޭވާހަކަ ސިރާޖްއައިސް ބުނުމުން ފައުޒާން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

“ޒާން ވަރަށް ލޯބިވޭދޯ ރަހާ ދެކެ.” ފައުޒާން ދިޔަ ދިމާލަށް ބަލަން އިނދެފައި ޖަމާލް އެހިއެވެ.

“ލައްބަ ބައްޕާ، ވަރަށް އުފާވޭ އެހެންވެ.” ހިބާ ވެސް އެދިމާލަށް ބަލަން އިނދެފައި ބުންޏެވެ.

“ރަހާދެކެ އެކަނިތަ؟ ހިބް ދެކެވެސް ނުލާހިކު ލޯބިވޭ.” ޒެކް ބުންޏެވެ. ހިބާ ލަދުން އިސްޖަހާލި އެވެ. ޖަމާލް ހެވިލާފައި އިނެވެ.

އެރޭ ޖަމާލްއާއި ޒެކް ރިސޯރޓްގެ ބައެއް ކަންތައްތަކުގެ ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ތިއްބެވެ. ޒެކްއަށް ނޭގޭ އެތަކެއް ކަމެއް ރިސޯރޓުގައި ކުރިއަށް ދާކަމަށް ބުނުމުން ޖަމާލް އިނީ ހައިރާން ވެފަ އެވެ.

“މެނޭޖަރ ނަވީންއަށްވެސް އިނގޭ ހެނެއް ހިޔެއްނުވޭ. އަޅުގަނޑު މި ނަންގަންނަނީ މުވައްޒަފުން މިތަނަށް ވެއްދުމާ ބެހޭ ކަންތަކުގައި ނަވީންއަށް ނޭގި އެތަށް މީހުނެއް މިތާ މަސައްކަތްކުރަން ވަޒީފާގަ އެބައުޅޭ. އަޅުގަނޑަށްވެސް ނޭގެ އެމީހުންނަށް ވަޒީފާ ލިބުނު ގޮތެއް. އަދި މިތާގައި އަޅުގަނޑުމެން ނުހިމަނާ ހުރި ޕޯސްޓް ތަކުގައިވެސް އެބައުޅޭ ދެތިން މީހަކު.” ޒެކްއަށް އެރިސޯޓުން މިފަހަރު ފެނުނު ނޭދެވޭ ކަންތައްތައް ޖަމާލްއަށް ކިޔައިދިނެވެ.

“ތިބުނީ ކޮން ދާއިރާ ތަކެއް.” ޖަމާލް ގޮނޑީގައި ހަމަޖެހިލި އެވެ.

“ބާރ ގައިވެސް މިހާރު އެބަހުރި ބިދޭސީއެއް. އޭނައަށް ވަޒީފާ ދިނީ ކާކުކަމެއް ލިޔުމަކުން އިނގޭކަށްނެތް. އަދި ރިސެޕްޝަންގަ ވެސް އެބައުޅޭ ދެކުއްޖަކު. ނަވީންއަށް ވެސް ނޭގިފަ އޮތް ކަމެއް އެއީ. ދެން ފަހުދު މިވަގުތު ހުރީ ޗުއްޓީގަ. ފަހުދުއަށް އިނގޭނެހެން އަޅުގަނޑަށް ހީވަނީ.” ޒެކްއަށް އިނގިފައިވާ އެއްޗެއް ޖަމާލްއަށް ކިޔައިދިނެވެ.

“ފަހުދާއި ދޭތެރޭ އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ. އެންމެ ފަހުން އޯޑިޓް ކުރިއިރުވެސް ދެ މައްސަލައެއް އޮތީ ފެންމަތިވެފަ. އެހެންވީމަ އަހަރެން މިހުންނަނީ އަދި އޭނަގެ ކަމެއް ފެނޭތޯ ބަލަން.” ޖަމާމް ބުންޏެވެ.

“އަޅުގަނޑަށް ހީވަނީ މިތާ ރޫމްބޯއި އަކަށް އުޅޭ މިންހާޖްއާއި ފަހުދުއާއި ދެމީހުން ގުޅިގެން ކޮންމެސް ކަމެއް ކުރާހެން. ކަނޑައެޅިގެން ޔަގީންކޮށް ބުނާކަށް ނޭގެ. ގައިމުވެސް ރިސެޕްޝަން ވަޒީފާގެ ކަންތަކުގަ މިންހާޖްގެ އަތެއްވޭ.” ޒެކް ބުންޏެވެ.

“މިންހާޖް އެއީ މޫމިނާ ތިމާގެ ކުއްޖެއްދޯ. އެރަށު ކުއްޖެއްނު އެއީ.” ޖަމާލް އަހާލި އެވެ. ޒެކް ބޯޖަހާލި އެވެ. އެވާހަކައިގައި ދެމީހުން އެތަކެއް އިރު ވާހަކަ ދައްކަން ތިއްބެވެ.

76
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

އަހަރެންގެ ވާހަކަ (ބާރަވަނަ ބައި)

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 14 ވަނަ ބައި

Next
May 3, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 14 ވަނަ ބައި

Previews
May 3, 2016

އަހަރެންގެ ވާހަކަ (ބާރަވަނަ ބައި)

6 Comments

  1. adeeb bro says:
    May 3, 2016 at 7:32 pm

    Maa lahee plx up fast vaahaka maa dhiguvaahen heevanee

  2. thoi says:
    May 3, 2016 at 8:02 pm

    kurin genahen tankolheh avas koh up kohladyba plx

  3. Champutty says:
    May 3, 2016 at 8:45 pm

    avahah upload kohdheebala….. vaahaka v reethi….. ekam mi part ga ehaa interesting kameh neh dhw……

  4. inayaa says:
    May 3, 2016 at 9:31 pm

    Maalahy up kuraaleh…. adhiehbai mirey plz plz plc .

  5. Rish says:
    May 3, 2016 at 11:10 pm

    Finally thankolhen avas knla dhyba maa lahee mihaar up vaalen

  6. Aish says:
    May 5, 2016 at 9:21 am

    V salhi.next part avaha upload khdhybala pls pls

Comments are closed.

All Right Reserved!