Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ތޭރަވަނަ ބައި)

Shax Lyn
May 2, 2016
8 Mins Read
94 Views
15 Comments

ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ.

އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް ކޮށްލައިގެން މަންޝާ ފާޚާނާއިން ނުކުތެވެ. ބެލްކަނިން ކޮޓަރި ތެރެއަށް ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް ފޯރާފައި ހުރުމުން މަންޝާއަށް ކޮޓަރިތެރޭ އުޅެން އެނގުނެވެ. ތުވާލިން މޫނު ހިއްކާލައިގެން ބެލްކަންޏަަށް ނުކުމެލިއެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލުތަކަށް ބަލަން އެހެން މަންޝާއަށް ހުރެވުނެވެ. ނަމަވެސް އެވަގުތު ހޫނުވެ ދާހިއްލަން ފެށިއެވެ. އެހެންކަމުން ނިއުޅުވާލާފައިވާ އިސްތަށިގަނޑު ވޫލް ކޮޅެއްގެ އެހީގައި އައްސާލައިގެން އަތްދަބަހާ ފޯނު ހިފައިގެން މަންޝާ ބޭރަށް ނުކުތެވެ.

ކޮނޑުގައި އަތްދަބަސް އަޅުވައިގެން ގެއިން ނުކުތް ގޮތަށް މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. މަގުމަތީގައިވާ ހޮޅިބުރިތަކުން ވެސް އެއްވެސް އަލިކަމެއް ނުލިބެއެވެ. މަގު ދެފަރާތަށް ބަލަމުން މަންޝާ ހިނގައިގަތެވެ. ނަމަވެސް ދާންވީ ވަކި މަންޒިލެއް ނޭނގޭތީ މަގުގެ ދެފަރާތުން ހިނގާ ބިނގާވެ އުޅޭ މީހުންނަަށް ބެލެމުން ދިޔައެވެ. ހިނގަަމުން ހިނގަމުން އައިސް މަންޝާއަށް ނުކުމެވުނީ ބިސްބުރު ކައިރިއަށެވެ. އެހިސާބަށް އާދެވުނު އިރު މަންޝާ ހުރީ ވަރުބަލިވެފައެވެ. އެންމެ ކައިރިން ފެންނަން ހުރި ފިހާރައާ ދިމާލަށް ބަލާލެވުނެވެ. ވަގުތުގެ ގޮތުން އެ ފިހާރަވަނީ ބަންދުކޮށްފައެވެ.

ބިސްބުރުތެރޭގައި ހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި މަންޝާ އިށީނދެލިއެވެ. ދާނީ ވަކި ކޮންތަނަކަށް ބާވައޭ ހިތަށް އަރަމުން ދިޔައެވެ. ހިތުގައި އުފެދިފައިިވާ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވެފައި ހުރި ނަމަވެސް، އެ ހާލުގައި އެންމެ ގާތް އެކުވެރިޔާ ގާތަށް ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެހިސާބަށް އާދެވުނު އިރު މަންޝާވަނީ ކޮންމެވެސް ވަރަކަށް ދާހިއްލާ ފޯވެފައެވެ. އަތް ދަބަސް ހުޅުވާލުމަށްފަހު ދަބަސްތެރެ ހާވާލީ ޓިޝޫއެއް ހޯދާލުމަށެވެ. ކަނޑާފައި އޮތް ކުޑަަ ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގާ ނިތްކުރިމަތިން ހިއްލާފައިވާ އޮއްދާތައް ހިއްކާލުމަށް ނިތްކުރީގައި ޓީޝޫ ޖައްސާލިއެވެ. އެ ވަގުތު ދަބަސްތެރޭގައި ފަތް ޖަހާފައި އޮތް ގަނޑުކޮޅު ފެނުމުން އެ ގަނޑުކޮޅު ނަގާ ނިއުޅުވާލިއެވެ.

އެތައް އުންމީދުތަކަކަށް ފަހު މަންޝާ ހެދި ޓެސްޓުގެ ރިޕޯޓުން އޭނާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. ޒުހާ ކައިރިއަށް ދާން ބޭނުންނުވީވެސް އިތުރަށް ހިތްދަތިވެ ޒުހާއަށް ލިބިފައިވާ އުފާވެރި ދިރިއުޅުމާއި މެދު ހަސަދަވެރި ނަޒަރަކުން ބެލިދާާނެތީއެވެ. ރިޕޯޓުގައި ލިޔެފައިވާ އަކުރުތަކަށް ބަލަންހުރި މަންޝާގެ ލޯ ފުސްވަމުން ދިޔައެވެ.

އެހާ ބޮޑު އުންމީދަކާއި އެކީ ކޮންމެ ފަހަރު ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރަމުން ދިޔައީ އެދެމަފިރިންގެ ލޯބީގެ ނިޝާނެއް މި ދުނިޔެއަށް ގެނެވޭތޯއެވެ. އަޒީމް މިރިޕޯޓް ނަގައިގެން އައި ވަގުތަކީ މަންޝާގެ މަންމަ މަންޝާއަށް ގުޅުމުން އެކަމާ އިންތިހާއަަށް އުފާވެފައި ހުރި ވަގުތެކެވެ. އެ ދަނޑިވަޅުގައި އަޒީމް އެ ވާހަކަ ނުބުނެ ސިއްރުކޮށްގެން ހުރީ މަންޝާ ރޮއި ހިތާމަ ކުރަން ބޭނުން ނުވާތީއެވެ.

ދެލޮލުން ހިފެހެއްޓުމެއް ނެތި އޮހެމުން ދިޔަ ކަރުނަތައް ހުއްޓުވަން މަންޝާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހިތް ފުރެންދެން ރޯން އެތާ އިނީއެވެ. ކައިރިން މީހަކު ގޮވާލި އަޑަށް މަންޝާ ފަހަތަށް އެނބުރި ބަލާލިއެވެ. އެއީ ވަރަށް ރީތި ފިރިހެންވަންތަ ބަރު އަޑެކެވެ. ލުއި ހިނިތުން ވުމަކާއި އެކީ ހުރި ރީތި ޒުވާން ފިރިހެން ކުއްޖެކެވެ. މަންޝާގެ އަތުގައި އޮތް ޓިޝޫކޮޅުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ރަނގަޅަށް އެޒަވާނާއަށް ބަލާލިއެވެ. އެއީ މަންޝާއާ ހޮސްޕިޓަލުން ދިމާވި ޒުވާނާއެވެ. އެނާ ލައިގެންހުރި އަތްދިގު ޓީޝާޓުގެ އަތުކުރި މައްޗަށް އަރުވާލަމުން މަންޝާގެ މަގަތުގައި އިށީނަސް ހެޔޮތޯ އަހާލިއެވެ. މަންޝާ އެންމެ ރަނގަޅޭ ބުނެ އެތަނުގައި ބައިންދާފަ އިން ދަބަސް ނަގާ މަންޝާގެ އުނގުތެރެއަށް ލިއެވެ.

“ސުވާލެއް ކޮށްލަންތަ؟… ކީއްވެ މިތާ ތީނީ… އަދި އެވެސް އެކަނިމާ އެކަނި…” މަންޝާއާ ދިމާލަށް އެނބުރިލަމުން އެ ޒުވާނާ ވާހަކަ ދައްކަން ފެއްޓިއެވެ.

“ކަމެއް ނުވޭ މިދެން ހަމަ އިނީ… ކަރަންޓް ދިޔައިމަ ގެއިން ބޭރަށް ނުކުތީ… އެކަނި ގޭގަ އިންނަަން ނުކެރޭތީ… ދެން މިހިސާބަށް އައިސް މިތާ މަޑުކޮށްލީ….” މަންޝާ ވާހަކަ ދައްކަމުން އޭނާގެ ދަބަސްތެރެ ހާވާލީ ފޯނު އަތު ޖެހޭތޯއެވެ. އެވަގުތު މަންޝާގެ ހިތަށް އުނދަގޫވިއެވެ. މިޒުވާނާ އައިސް އަމިއްލައަށް އިސްނަގައިގެން ވާހަކަ ދެއްކީމާ މަންޝާ ލަދުގަންނަ ގޮތްވިއެވެ. ނަމަވެސް މަންޝާ އޭނާގެ ހިއްސުތައް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ.

“އެކަމަކު…. އަަންހެން ކުއްޖަކު އައިސް މަޑުކުރާކަށް މީ އެހާ ރަނގަޅު ތަނެއް ނޫން… މިހިސާބަކީ ހެސް ކިޔާފަ ޕާޓެން އުޅޭ ހިސާބެއް… އެހެންވެ މިއަހާލީވެސްް މިތާ ކީއްހޭ ތިކުރަނީ…” އަތުގެ އިނގިލިތަކުން އޭނާގެ ފަން އިސްތަށިކޮޅުގައި އަތް ހާކާލަމުން ވާހަކަ ދެއްކިއިރު އެ ފިރިހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވަނީ މަންޝާގެ އަތުގައި އޮތް ކަރުދާހަށެވެ.

“އެހެންތަ؟… ދެން ތީވެސް ތިބުނާ ކަހަލަ މިހިސާބުގަ އުޅޭ ޕާޓެއެއްތަ؟…” މަންޝާ ހިނިތުންވާން މަސައްކަތް ކޮށްލަމުން ވާހަކަ ދެއްކިއެވެ.

“ވެދާނެ.. މީހެއްގެ ގޮތެއް ނޭނގޭނެ… އަހަރެން ތީނަ ދުށިން… ހޮސްޕިޓަލުންވެސް…އަދި…” އެ ފިރިހެން ކުއްޖާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާ ވާހަކަ ދައްކަން ފެއްޓިއެވެ. “ހޫން… އަހަރެން ގޭކައިރިންވެސް ދުށިން…”

” ހުން… އެހެންވިއްޔާ ބުނެބަލަ… ކޮންކަމަކާ ތި ރޮއެ ހިތާމަ ކުރަނީ.. އަނެއްކާ ބިޓު ކެޓީތަ؟…” ކުރިއަށްވުރެ ބޮޑަށް ހިނިތުންވެ އަނގައިގަހުރި ހުދު ދަތްތައް ފާޅުކުރަމުން އެ ޒުވާނާ މަންޝާއާ ސުވާލުކޮށްލިއެވެ.

“ބިޓެއް ނުހުރޭ… ފިރިއެއް ހުންނަނީ… އޭނަޔާ ގުޅުން ހުރި ކަމަކާނޫން މި ރޮނީ… މި ރޮނީ އަހަރެންގެ ހުރި އުނިކަމަކުން… ދެން ދަނީ އިނގޭ….” އެފިރިހެން ކުއްޖާއާ އެކު ހޭދަކުރެވުނު ކުޑަ ވަގުތުކޮޅުންވެސް އޭނާގެ ރީތިކަން މަންޝާއަށް ފެންނަމުން ދިޔައެވެ. އެކަމާ މަންޝާއަށް ވަރަށް އުނދަގޫ ވިއެވެ. އެހެންކަމުން އަވަހަށް އެތަނުން ދިޔުމަށް އެ ހިލަ ގޮނޑިމަތިން މަންޝާ ތެދުވެ ކުރިއަށް ހިނގައިގަތީ އަތްދަބަސް ކޮނޑުގައި އަޅުވަމުންނެވެ.

“އޭ… އާމިނަތު މަންޝާ…. މަޑުކޮށްބަލަ…” އެފިރިހެން ކުއްޖާ އެއްލި އަތުން މަންޝާގެ ކޮނޑުމަތީގައި އިނގިލިތައް ޖެހުނެވެ. މަންޝާ ފަސްއެނބުރި ބަލާލީ ހައިރާންކަމާއި އެކުގައެވެ.

“ކީކޭ… އަހަރެން އަދި ތީނަ ގާތުގަ އަހަރެންގެ ނަމެއް ނުބުނަން ދޯ… ކިހިނެއް އަހަރެންގެ ނަން އެނގުނީ؟… ހޮސްޕިޓަލުން ދިމާވިފަހުން މަށަށް ފާރަލަނީދޯ….” މަންޝާ ކުރި ސުވާލަށް ޖަވާބެއް ނުދީ އެ ފިރިހެން ކުއްޖާ އޭނާގެ އަތަށް ކަރުދާސް ގަނޑެއް ދިއްކޮށްލިއެވެ. “މީ ހާދަ ފޮނި މީހެކޭ ދޯ…” ހިތާހިތުން މަންޝާއަށް ބުނެވުނެވެ. ޖިންސުގެ ދެޖީބަށް އަތް ޖަހާލަމުން ބިސްބުރުން ބޭރަށް ނުކުތުމަށް އެފިރިހެން ކުއްޖާ ހިނގައިގަތީ މަންޝާ ކުރި ސުވާލުތަކަށް ޖަވާބު ނުދީއެވެ.

ހައިރާންކަަމާއި އެކު އެ ފިރިހެން ކުއްޖާ ދިޔަ ދިމާލަށް ބަލަންހުރުމަށްފަހު އޭނާ ދިން ގަނޑަށް މަންޝާ ބަލާލިއެވެ. އެއީ މަންޝާ ބަނޑުބޮޑުތޯ ބަލަން ހެދި ލޭގެ ޓެސްޓުގެ ނަތީޖާ ކަރުދާހެވެ. އެ ފިރިހެން ކުއްޖާއަށް މަންޝާގެ ނަމުން ގޮވާލަން އެނގުނީ އެ ކަރުދާހުގެ މަތީގައި މަންޝާގެ ނަން ޖަހާފައި ވުމުންކަން މަންޝާއަށް އެނގުނެވެ. އެ ޓެސްޓުގެ ނަތީޖާގައި ‘ނެގެޓިވް’ ޖަހާފައިިވާ ތަން ކިޔާލިއެވެ. ހީވީ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. މަންޝާ އެ ގަނޑު މުށުތެރެއަށް ބޮނޑި ކޮށްލިއެވެ. ދެ ތުންފަތް ފިއްތާލީ އަނެއްކާ ރޮވިދާނެތީއެވެ. ދެން ދަރިއަކު ހޯދާނެކަމެއް ނެތޭ ހިތަށް އެރިއެވެ. މަންމައަކަށް ވުމުގެ ނަސީބު މަންޝާއަށް ލިބިފައި ނުވަނީކަން މަންޝާގެ ހިތް ގަބޫލުކުރިއެވެ. އަދި ބޮނޑިކޮށްފައިވާ އެ ގަނޑު އަނބުރާ އަތްދަބަހަށް ލިއެވެ. އެވަގުތު މަގުމަތީގައި ހުރި ހޮޅިބުރިތަކަށް އަލިކަން ލިބިގެން ދިޔައެވެ. އެހެންކަމުން މަންޝާގެ ފިޔަވަޅު އަވަސްކޮށްލީ ގެއާ ދިމާލަށެވެ.

*** *** *** *** *** ***

ޒިމާމް ކޮޓަރިއަށް ވަނުމާއި އެކީ ރޫހީގެ ފުސްމޫނު ދައްކާ ހަޅޭއްލަވަން ފެށިއެވެ. އެހެންކަމުން ޒިމާމް އެތަނުން ރިޔާޒް ފޮނުވާލިއެވެ. ޒިމާމް ހޮސްޕިޓަލުން ދިޔައީ ދާ ހިތަކުން ނޫނެވެ. ނަމަވެސް އެއީ މިވަގުތަށް ރޫހީއަށް އެންމެ ރަނގަޅުގޮތްކަން އެނާއަށް ވިސްނުނީ ރިޔާޒް ދެއްކި ވާހަކައިންނެވެ.

ރިޔާޒް ބޭނުންވީ މާލޭ ހޮސްޕިޓަލަކަށް ރޫހީ ބަދަލުކުރާށެވެ. އެހެންކަމުން މާލެއަށް އެންމެން ގޮވައިގެން ދިޔުމަށް ޓިކެޓް ހަމަޖެއްސުމުގައި ރިޔާޒް އުޅެންފެށިއެވެ. އެކަން ރޫހީއަށް އެނގުމުން ރިޔާޒްގެ އަތުގައި ހިފާ އެތައް އާދޭހެއް ކުރަމުން ދިޔައެވެ.

“ދޮންބޭ… ނޫން…. އަވަ މާލެ ނިއޭށުން… އޭފެހެއި އެޔާ ރިޑިއަރާހެއް… ދޮންބޭ…. މަ ހިންނަނނެއި ރަށި..” (ދޮންބޭ… ނޫން… އަހަރެން މާލެ ނުދާނަން… ގޮއްސިއްޔާ އޭނަ ރުޅިއަންނާނެ… ދޮންބޭ…. އަހަރެން ރަށުގަ ބަހައްޓާ…)

ރޫހީ ކުރަމުން ދިޔަ އާދެހުގައި މީހަކު ރުޅިއަންނާނެ ވާހަކަ ބުނުމުން ރިޔާޒަށް ހައިރާންކަމެއް ލިބުނެވެ. ޒިމާމް ދެއްކި ވާހަކަ ހަނދާންވުމުންނާ އެކު ރިޔާޒް އޭނާގެ ކޮއްކޮގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވިއެވެ.

“ރޫހީ… ކަންކާ ރިޑިއަރާނެއިތައު ތެ ބެނަނީ… ރޫހީ މާލެ ގޭމެއި ރިޑިއަރާނެއި ކަންކާ ހިންނަނނެއި… މަންމައާ ބައްޕައާ އެއްކޮށް އޭނެއި….” (ރޫހީ… ކާކު ރުޅިއަންނާނެ ވާހަކައެއް ތި ދައްކަނީ… ރޫހީ މާލެ ދިޔައިމަ ރުޅިއަންނާނެ ކާކު ހުންނާނީ… މަންމައާ ބައްޕައާ އެކީ ގައޭ ދާނީ….)

ރިޔާޒް ކުރި ސުވާލަށް ރޫހީގެ ފަރާތުން ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް ސުވާލު ކުރުމުންވެސް ރޫހީގެ އަގައިން އެއްވެސް ބަހެއް ބޭރު ނުކުރިއެވެ.

ޖެހިގެން އައި ދުވަހު ރޫހީ މާލެއަށް ބަދަލު ކުރަން މަސައްކަތް ކުރީ ހޮސްޕިޓަލްގެ ފަރާތުން ނަރުހަކާއި ޑޮކްޓަރެއްގެ އެހީގައެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވައިގެން ފްލައިޓުގަ ރޫހީ ގޮވައިގެން މަތިން ދަތުރުކޮށްފައި މާލެ އައިސް އައި.ޖީ.އެމް.އެޗް ގައި އެނދުމަތި ކުރެވުނެވެ.

މާލެ އައިސް ހަމަޖެހުނުތަނާހެން ލިބުނު ޚަބަރަކީ ރިޔާޒްމެން ސިއްސުވާލި ޚަބަރެކެވެ. އެއީ ރޫހީ މާލެ އައި ތަނާ ޒިމާމް ހިތަދޫއިން ގެއްލުނު ޚަބަރެވެ. ފާތުމައްތަ އެ ޚަބަރު ދިނުމުގެ ކުރިން ނިދާފައި އޮވެ ރޫހީ ދައްކަމުން ދިޔަ ވާހަކައިން ޒިމާމް ގެއްލިގެން އުޅޭކަން ރިޔާޒް މެންނަށް އެނގުނެވެ. ނަމަވެސް އެއީ ރޫހީއަށް ފެނުނު ހުވަފެނަކުން ދެއްކުނު ވާހަކައެއްކަމަށް ނިންމައިގެން ހުއްޓާ ފާތުމައްތަ ގުޅާފައި އެޚަބަރު ދިނުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ.

ޒިމާމް ގެއްލުނުތާ ތިންދުވަސް ފަހުން އޭނާ ފެނުނީ ހިތަދޫގެ ވަލުތެރޭގައި މަރުވެފައި އޮއްވައެވެ. ވަރަށް އިހާނެތި ގޮތަކަށް މަރާލެވިފައި އޮތް ފުރާވަރުގެ ޒިމާމް ފެނުމުން މުޅި ރާއްޖެވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޒިމާމްގެ މަރު ފުލުހުން ތަޙްޤީގް ކުރަމުން ދިޔަ ނަމަވެސް ރޫހީ ދައްކަމުން ދިޔަ ވާހަކަތަކުން ޒިމާމްގެ މަރާ ގުޅިފައިވަނީ ރޫހާނީ ކޮންމެވެސް އެއްޗެއްގެ އަތެއްކަން ޟިރާރުމެންނަށް އެނގިގެން ދިޔައެވެ. އެހެންކަމުން މިފަދަ ކަންކަމަށް ވަރަށް މޮޅު މީހެއްކަމަށްވާ އަލިބެއަށް ގުޅައިގެން އޭނާ ގެނެވޭތޯ މަސައްކަތް ފެށިއެވެ. އެ ދުވަސްކޮޅަކީ އަލިބެ އެހެން މީހަކަށް ފަރުވާ ދިނުމުގައި އަވަތިނެތި އުޅުނު ދުވަސްކޮޅެއް ކަމުން އަލިބެ މާލެ އަންނަން ހަފުތާއެއްވަރު ނެގިއެވެ. ދުވަހެއް ދުވަހަކަށް ރޫހީގެ ހާލު ގޯސްވަމުން ދިޔައެވެ. މިކަމުގައި ޟިރާރުމެންނަށް އެހީވާނެ އެހެން ފަރާތެއް ވޭތޯ ބަލަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.

އަލިބެ މާލެ އައިސް ރޫހީއަށް އެހީވުމަށް އެއްބަސްވުމުން ރިޔާޒް އަލިބެ ބަލާ އޭނާ ދިރިއުޅޭ ގޭދޮށަށް ދިޔައެވެ. އަލިބެއާއި އެކީ ހޮސްޕިޓަލަށް އައި މަގުމަތީގައި ރިޔާޒާ ވަރަށް ގިނަ ވާހަކަތައް އަލިބެ ހިއްސާކުރިއެވެ. މިފަދަ ކަންތައްތަކަކީ ވަރަށް އުނދަގުލުން ވާނެ ކަންތައްތައް ކަމާއި އާއިލާއިން އެންމެންވެސް ކެތްތެރިވާން ޖެހޭނެކަމެވެ.

އަލިބެ ރޫހީ ގާތަށް އައިސް ކިޔަވާ ހެދުމަށްފަހު ރޫހީގެ ހަށިގަނޑުގައި ބާރު ފޯރުވަމުންދާ ޖިންނި އޭނާގެ ގައިން ނެރެ ކޮޓަރިން ބޭރުކުރިއެވެ. އަދި އެ ކޮޓަރީގެ ދޮރު ނުހުޅުވުމަށް ނަސޭހަތްތެރިވެފައި ރިޔާޒާ ޟިރާރާ އެކީ ނަމާދަށް ދިޔައެވެ. ނަމަވެސް އެމީހުން ނަމާދުން ފައިބައިގެން ރޫހީ ގާތަށް އައި އިރު ރޫހީ މިވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. މި ޚަބަރާއި އެކީ އާމިނަ ހޭނެތުމުން އެކަމާ އަލިބެ ވަރަށް ކަންބޮޑުވިއެވެ. ސަބަބަކީ އެފަދަ ގޮތަކަށް އަޅައިގަނެގެން އުޅޭ ޖިންނީން އެމީހުންގެ ހަށިގަނޑު ދޫކޮށްލުމަށްފަހު އާއިލާ އެހެންމީހެއްގެ ފަހަތު އަޅުވާލާތީއެވެ. އާމިނަގެ ހާލު ސީރިއަސްވަމުން ގޮސް މިހާރު އާމިނަ ވަނީ އައި.ސީ.ޔޫގައެވެ. އެމީހުން ބޭނުންހާ ކިޔެވެލި ކިޔަވަން އެތަނަށް ވަނުމަކީ އެހާ ފަސޭހަކަމެއްނޫނެވެ.

*** *** *** *** *** ***

ގެއަށް ކަރަންޓް އައި އިރުވެސް ރިޔާޒް އިނީ ބެލްކަނީގައި ހުރި ކުޑަ އުނދޯލީގައި އިށީނދެގެން މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. ސިނގިރޭޓަކު ފުލު ސިނގިރޭޓެއް ބޯލަބޯލާ އިނީ ފިކުރު ބޮޑުވެފައެވެ. ރޫހީއަށް ދިމާވި ކަންތައް އަދިވެސް ރިޔާޒްގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަނެއްކާ މިހާރު އެ ޖިންނީގެ އުނދަގޫ އޭނާގެ މަންމައަށް ޖެހުނީ ބާވައޭ ހިތަށް އެރިއެވެ. ސިހިފައި ރިޔާޒަށް ބަލާލެވުނީ ބެލްކަނި ދޮރު ކައިރިއަށް އައިސް ހުއްޓުނު މީރާ ފެނުމުންނެވެ.

ރަތްކުލައިގެ ޓޮޕެއްލައިގެން ހުރި މީރާ ފެނުމުން ރިޔާޒަށް ކޮންމެވެސް ވަރަކަށް ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ މީރާ އެ ގެއިން ނުކުމެގެން ދިޔަ އިރު ލައިގެން ހުރީ ކަޅު ކުލައިިގެ މައްޗެކެވެ.

“ރިޔާ…. ހާދަވަރަކަށް ތި ސިނގިރޭޓު ބޮނީ…. ހިނގާ ކާން… އަހަރެން މިއައީ ފްރައިޑް ރައިސް ހިފައިގެން…” މީރާ ފަސް އެނބުރި ބަދިގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ރިޔާޒް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އަނެއްކާ އެއީ މީރާ ކަމާއި މެދު އޭނާއަށް ޝައްކު އުފެދުނެވެ. މީރާ އެ އެޕާޓްމަންޓަށް ވަނީ ކޮންއިރަކު ހެއްޔެވެ. މީރާ އައިކަމެއް ރިޔާޒަކަށް ނޭނގެއެވެ.

މޭޒުމައްޗަށް ކާން ހެދުމަށްފަހު މީރާ ގޮވާލިއެވެ. “ރިޔާ… އާދޭ ކާން…. އަހަރެން މިއަންނަނީ ފްރެޝް ވެލައިގެން…”

ރިޔާޒް ގޭތެރެއަށް ވަނީ މީރާ ކޮޓަރިއަށް ވަންނަހާ އިރު ކޮށްފައެވެ. އޭރު ކާމޭޒުމަތީގައި ދެމީހުންނަށް ކާން ހަދާފައި ހުއްޓެވެ. އައިސް-އަލަމާރި ތެރެއިން އެކްސް-އެލް ދަޅެއް ނަގައިގެން ސޯފާ މަތީގައި ފަތުރާލާފަ އޮތް ރިޔާޒްގެ ޓީޝާޓް ބޮލަށް މަހާލިއެވެ. ކާ މޭޒުމަތީގައި އޮތް ތަޅުދަނޑިފަތި ނަގައިގެން ރިޔާޒް މަޑު ފިޔަވަޅުތަކެއްގައި އެ އެޕާޓްމަންޓުން ނުކުތީ ސިއްރުސިއްރުންނެވެ.

*** *** *** *** *** ***

އާ ދުވަހަކަށް އިރު އަރައިފިއެވެ. މަންޝާއަށް އޮތީ ވަރަށް ގަދައަށް ނިދިފައެވެ. އިވުނު ގަދަ އަޑު ފައްގަނޑަކުން މަންޝާއަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނދެ އަޑު އައި ދިމާލަށް ބަލާލެވުނެވެ. އޭރު އަޒީމް ހުރީ އަލަމާރިމަތީގައި ހުރި ފޮށިިގަނޑެއް ނަގާށެވެ. އެ ފޮށިގަނޑު މަތީގައި ބާއްވާފައި އޮތް އެއްޗެއް ބިންމައްޗަށް ވެއްޓުނު އަޑުކަން މަންޝާއަށް އެނގުމުން ޗުސް ކަނޑާލައި ވާހަކަ ދައްކަން ފެއްޓިއެވެ.

“ކޯއްޗެއް ތިހާވަނީ؟… އާދޭ ނިދަން…” މަންޝާ އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. ބަނޑުދަށަށް ބާލީހެއް ލާ ހަތަރެސް ފައިން އެ ބާލީހުގައި ބާރަށް ބައްދާލިއެވެ.

“މިއުޅެނީ އޮފީސް ކުދިންތަކެއް މަހަށް ދާން އުޅޭތީ އަހަރެން އަތުގައި ހުރި ކަންވާރު ރޯލްތަކާއި ބުޅިތައް ދޭންވެގެންް….” އެ ފޮށިގަނޑު ތިރިކުރުމަށްފަހު ޓައިލްސްތައް މަތީ ބަހައްޓާލިއެވެ. އަދި އެ ފޮށިގަނޑު ހުޅުވާލުމަށްފަހު ހާވަން ފެށިއެވެ.

“އެކަމަކު އަޒީމް… ތީގަ ހުސް ހިރަފުސް ހުންނާނީ… މުޅި ކޮޓަރިއަކަށްނު ހިރަފުސްތައް އެޅޭނީ…” މަންޝާ ޝަކުވާ ކުރަމުން އެނދުން ފޭބީ އަޒީމަަށް އެހީވާށެވެ.

“އަހަރެން ސާފުކޮށްލަފާނަން… މަންޝާ ސައިބޯން ހެދިކާ ކޮޅެއް ގެނެސްދިނިން… ހުންނާނެ ބަދިގެ މޭޒުމަތީގަ….” ފޮށިގަނޑު ތެރެއިން އަޒީމް ބޭނުންވި ސާމަނުތައް ނެގުމަށްފަހު އަނބުރާ އެ ފޮށިގަނޑު ހުރިތަނަށް ލިއެވެ. އަދި ފިހިގަނޑާއި ޖަސްތުގަނޑު ހިފައިގެން އައިސް ފޮށިގަނޑު ބެހެއްޓި ދިމާ ފޮޅާ ސާފުކޮށްލިއެވެ. އަޒީމް އެތަން ސާފުކުރަން ފެށުމުން އެތަނަށް ބަލަން ހުރުމަށްފަހު މަންޝާ އަވަސްވެގަތީ ފާޚާާނާއަށް ވަދެ ފެންވަރާލާށެވެ. އެހެންކަމުން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެއެވެ. ރޭގަ ކަރަންޓް އައިފަހުން ގެއަށް އައިސް ފޯނާ ކުޅެން އޮވެފައި މަންޝާއަށް ނިދަން އޮށޯވެވުނީ ހެދުންވެސް ބަދަލު ނުކޮށެވެ. އާންމުކޮށް ފެންވަރައިގެން ނިދާ މަންޝާއަށް ފެންވަރަންވެސް ބޭނުން ނުވާވަރަށް ކަންނެތް ވެފައި ވުމުން އަވަހަށް ނިދީއެވެ.

ކުނިތައް ނަގައިގެން ކުނި ވަށިގަނޑަށް އަޅަަން ބަދިގެއާ ދިމާލަށް ދިޔަ އަޒީމްގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ކަރުދާސް ގަނޑެވެ. އެގަނޑު ނިއުޅުވާލުމަށްފަހު ބަލާލިއެވެ. އެއީ މަންޝާގެ ލޭގެ ރިޕޯޓްތަކުގެ ނަތީޖާއެވެ. މަންޝާއަށް ނުދައްކަން ފޮރުވައިގެން ހުރި އެ ރިޕޯޓް މަންޝާއަށް ފެނިއްޖެކަަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން މަންޝާ ކޮށްފާނެ ސުވާލުތަކާއި މެދު އަޒީމް ވިސްނާލިއެވެ.

އެވަގުތު ކޮޓަރި ތެރެއިން މަންޝާގެ ފޯނު ރިންގްވާ އަޑު އިވުނެވެ. އަޒީމް ކޮޓަރިއަށް ވަދެ ފޯނަށް ބަލާލިއިރު އެ ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އަޒީމް އެ ފޯނަށް ޖަވާބު ނުދީ ފޯނު ސައިލެންޓަށް ލިއެވެ. އަނެއްކާވެސް އެ ފޯނު ރިންގް ވާން ފެށިއެވެ. އެހެންކަމުން މިފަހަރު އެ ކޯލަށް އަޒީމް ޖަވާބު ދިނެވެ.

“ހަލޯ…” އަޒީމް ކަންފަތުގައި ފޯނު ޖަހާލިއެވެ. އެ ވަގުތު އެކޮޅުން ޖަވާބުގައި ހަލޯއޭ ބުނި އަޑަކީ ބޮޑު ފިރިހެނެއްގެ އަޑެވެ. އަޒީމަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. މަންޝާގެ ނަންބަރަށް ނުދަންނަ ނަންބަރަކުން އެ ގުޅަނީ ކާކުތޯ ހިތުގައި ސުވާލު އުފެދުނެވެ.

“ކޮން ބޭފުޅެއްތޯ؟…” ގޮތް ނޭނގޭ މީހެއް ކަމުން އަޒީމް ވާހަކަ ދެއްކީ މާތްބަހުންނެވެ.

“ހަލޯ…. މަންޝާ އެބައުޅޭތަ… އަޒީމުތަ؟…” އެކޮޅުން ސުވާލު ކުރިގޮތުން އެއީ މަންޝާ ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން އަޒީމަށް އެނގުނެވެ.

“މަންޝާ ވީ ފާޚާނާގައި… އާން… މީ އަޒީމް… ކާކުބާ… ނޭނގުނު ތީ ކާކުކަމެއް؟…” އަޒީމް ފޯނަށް ވާހަކަ ދައްކަމުން ސިޓިންގް ރޫމަށް ނުކުުތީ އެގޭ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުމުންނެވެ.

ފާޚާނާއިން ނުކުތް މަންޝާ އަވަސް ވެގަތީ ރީތިވާ މޭޒުދޮށަށެވެ. ލޯޝަން ފުޅިން އެތިކޮޅެއް އަތަށް އަޅާލުމަށްފަހު ދެއަތުގައި ހާކާލާ، މުޅި ހަށިގަނޑުގައި ލޯޝަން އުނގުޅާލިއެވެ. އޭރު މަންޝާ ހުރީ ގައިވަށާ ތުވާލި އޮޅައިގެންނެވެ. ކުއްލިއަކަށް ކޮނޑުމައްޗާ ހަމައިގައި އަތް ހާކާލެވުނު އިރު ކުޑަކޮށް ދިލަނަގާ ގޮތްވިއެވެ. ރީތިވާ މޭޒު ދޮށުގައި ހުރި ލޯގަނޑުން ކޮނޑުމަތި ބަލާލީ ރީތިކޮށް ފެންނާނެކަން އިނގޭތީއެވެ.

މަންޝާގެ ހަމުގެ ކުލައަށް ވުރެއް ގަދަކޮށް އަނދާފަ ކަހަލަ ގޮތަކަށް ހުރި ތިން ތަނެއް ހުއްޓެވެ. ވަށްކޮށް ގާތް ގާތުގައި ހުރި މިތަނަކީ ކިހިނެއް ވެފަ ހުރި ތަނެއްކަން މަންޝާއަކަށް ނޭނގުނެވެ. ލާން ނަގާފައި އޮތް ޓީޝާޓާއި ޝޯޓުބުރި ލުމަށްފަހު ކޮޓަރިން ބޭރަށް ނުކުތީ ސައިބޯށެވެ. އޭރު އަޒީމް ހުރީ އެޕާރޓްމަންޓަށް ވަންނަ ދޮރު ކައިރީގައި ފޯނުން މީހަކާ ވާހަކަ ދައްކާށެވެ.

“މިގެއަށް ކިޔަނީ މ. ރެޑްލައިޓް… އެނގިއްޖެދޯ މިގެ ހުންނަތަން….” އަޒީމް އެންމެ ފަހުން ބުނި ޖުމްލަ މަންޝާއަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ.

ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ.

“ދެންމެ އެ ގުޅީ ކާކު؟…” ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން މަންޝާ އަހާލިއެވެ.

ހެނދުން ބަދަލުކުރަން ހުރި އަޒީމް ޖަވާބުދިނެވެ. “ދެންމެ އެ ގުޅީ ހަސަންބެ….”

އެ ވަގުތު މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ދީފާ އުފާ 6

Next

ބާކީވީމާ..!

Next
May 2, 2016

ބާކީވީމާ..!

Previews
May 1, 2016

ދީފާ އުފާ 6

15 Comments

  1. Shax Lyn says:
    May 2, 2016 at 12:24 am

    mi episode hurihaa kiyuntherinah kamudhaane kamah ummeedhu kuran…. 🙂

  2. AAA says:
    May 2, 2016 at 12:38 am

    V nice mi part

    1. Shax Lyn says:
      May 2, 2016 at 12:41 am

      thanks… AAA 🙂

  3. Noor says:
    May 2, 2016 at 12:45 am

    Wow v..nise story thankolheh avhah up kodhey baaaaaaaaaa☺☺

    1. Shax Lyn says:
      May 2, 2016 at 1:18 am

      next episode on Thursday…. thanks Noor 🙂

  4. samy says:
    May 2, 2016 at 11:03 am

    v nice bt shax ge vaahkathah up kurun las kamah faahaga kurevey ei kiyuntherin foohive shaugu verikan kuda vaane kameh

    1. Shax Lyn says:
      May 2, 2016 at 11:49 am

      thanks samy…. shaz ge vaahakathah normally up kuranee weekly dhe dhuvahu…. shaz gavaaidhun bunaa dhuvahun dhuvahah upload koh dhen… weekly dhedhuvas negee ei eh speedehgga vaahaka upload kohdheyn….. thank u for reading

  5. ken? says:
    May 2, 2016 at 12:31 pm

    hei shax 3 vana paragraph ga eineenun holhiburithakun ali nuvaa vaahaka dhw…aslu ali vaanee kihinei current gossa viyya othy…ehen veema i dnt think dats a important sentence…dn mansha bisburuga in iruves report ga oi ethi fenigen roan ineee dn stranger fahun e note dhikkuri gadygaves again eythi balaafa v dheravi vaahaka in …ethanuga dheravi vaahaka in hothun heevanee 1st time eythi fenigen shock vihen so dats also not an important sentence…this is wat i felt

    1. Shax Lyn says:
      May 2, 2016 at 1:32 pm

      ken magumathee holhi bureege alikameh neiy vaahaka jahaafa eineee becox sumtime magumathin current nugosves hurey dw.. ehenve…. dhen mansha ah e report fenna komme faharaku dheravun… it will happene hama ehen cox ehaa ummeedhaa ekee kuri kameh fail veema komme faharaku fail veema… ehen vedhaane hen shaz ah heevaatheee…. hehehe thanks for reading n viewing ur idea….. thanks 🙂 🙂

  6. AdduKujja says:
    May 2, 2016 at 12:47 pm

    mifaharu addu dialogues thah varah kuh gina. ekamaku vaahaka varah salhi.. jinni bai avahah genesdheeba. and avaha up kohlahchey ingey. best of luck

    1. Shax Lyn says:
      May 2, 2016 at 1:29 pm

      Thanks Addu kujja… e kuhthah rangalhu kollaifin… rechehck nukoh ebai ineema aslu…. 🙂 thanks again

  7. ken? says:
    May 2, 2016 at 12:47 pm

    btw story hama as usual awesome…i guess dat stranger is dat jinni ehenve eynage aiy mansh kondumathyga jehun thanuga einee fihifa…dn miulhey hasanbe ge undhagu again mansha ah foraane dhw…i wish e jinni hasanbe ah gothei hadhaalaane kamah?

    1. Shax Lyn says:
      May 2, 2016 at 1:33 pm

      thanks Ken…. hehehe hasan be dhw.. lets see what happens next 🙂

  8. yanaa says:
    May 2, 2016 at 2:51 pm

    V salhi…. ekam thakolheh kuruhen heeve…. maa bodah kiya hithun inyma heevi ehcheh kanneynge dw☺

  9. Misty says:
    May 5, 2016 at 3:48 pm

    Varah varah reethi vaahaka eh mi.. Misty shax ge dhevaahaka vx kyn.. Ur a get writer.. Whn nxt prt???

Comments are closed.

All Right Reserved!