ދެދުވަސް ވެގެން ދިޔައިރުވެސް ޔަސްމާގެ ހިތަށް އެއްވެސް ވަރަކަށް ހިތަހަމަ ޖެހުމެއް ނުލިބެއެވެ. ޒީބާ ކުރިން ދުވަހަކުވެސް ޒާހިދުގެ ވާހަކައެއް އޭނާގެ ކައިރިއަކު ދައްކާފައެއް ނުވެއެވެ. ބައްޕައަކީ ކާކުތޯ އަހާލާފައިވެސް ނެތެވެ. މިއަދު ކުއްލިއަކަށް އެހެން އަހާލުމުން ހިތް ބިރު ގަންނަން ފަށައިފިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނަގެ ހިތު ތެރޭގައި އަށަގަނެފިއެވެ. އަވަހަށް މާލެދާން ޓިކެޓް ނެގީވެސް އެހެންވެއެވެ. ފޯލިން ނިންމާލުމުގެ ކުރިން އިއްބާން މެނާއި އެމީހުންގެ އަލަށް އައި އޮފިސަރ ތައާރަފް ކޮއްދިނެވެ. އުމުރުން 39 […]
އަވީ ތެރޭގައި ސިފައިގެންގެ ޔުނިފޯމްގައި ހުރި ފިރިހެން ކުއްޖާ ވަނީ ދާހިއްލާފައެވެ. އަތުގައި ބަޑިއެއް އޮތްއިރު ކައިރީގައި ހުރި އަނެއް ކުއްޖާއާއިވެސް ވާހަކަ ދައްކާލައެވެ. މޫނަށް ބަލާލުމުން ގިނައިން އަވީގައި އުޅޭކަން އިނގެއެވެ. ދޮން ހަންގަނޑުވަނީ އެއްކޮށް ރަތްވެފައެވެ. ރައީސުލް ޖުމްހުރިއްޔާ ކާރުކޮޅުއައިސް މަޑުކޮއްކޮއްލުމުން ހުރިހާ މީހުންވެސް ސަމާލު ވެއްޖެއެވެ. “ސަމާލު” ދުރުގައި ހުރި ބޮޑުމީހާ ކޮމާންޑް ދިނުމުން އެންމެން އެއްފަހަރާ ބިންމަތީގައި ފައިޖަހާލިއެވެ. ކާރުން ފައިބައިގެން ދަރުބާރުގެއަށް އެންމެން ވަންނަންދެން ހުރިހާ ސިފައިންގެ މީހުން ތިބީ […]