Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ބާރަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
May 3, 2016 4 Mins Read
6 Comments

އިޝްޤީ ލޯތްބަކީ އެހާ ފަސޭހައިން ވެވިދާނެ އެއްޗެއް ހެއްޔެވެ؟ ފުރަތަމަ ނަޒަރުންވެސް މީހެއްދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ލޯބިވެވުނީމަ އިނގޭނީ ކިހިނެއް ހެއްޔެވެ؟ ފިލްމުތަކުގައި އެދައްކާހާ ގޮތްގޮތް ހަމަ ޙަޤީޤީ ދިރިއުޅުމުގައިވެސް ވާނެ ހެއްޔެވެ؟ ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނަސް އުފާވެރިވެވޭނެ ހެއްޔެވެ؟ އެކަނިވުމުން ސިކުނޑިއަށް ވެރިވެގަތީ އެފަދަ ޙިޔާލުތަކެވެ. ލޯތްބާއި ކައިވެއްޏާއި ދޭތެރޭ ފުންކޮށް ވިސްނަންފެށީމެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ސީރިޔަސްކަމާއެކު ކައިވެއްޏާއިމެދު ވިސްނީމެވެ.

ހަވީރުގެ ވަގުތެވެ. ނޫރު ކިޔާވަރުން ކިއާރާއާއި ޝާލީ އުޅުނީ އޭނަ ގޮވައިގެން އާރޓިފިޝަލް ބީޗަށް ދިއުމަށެވެ. ގެއިން ނިކުތްއިރު މިއުވާން ތިރީގައި ހުއްޓެވެ. ހަވީރު އޭނަ އަންނަކަން ހަނދާނުން ކައްސާލީއެވެ.

“އާރޓިފިޝަލް ބީޗަށް މިދަނީ.. ހިނގާބަލަ ދާން..” ޝާލީއަށް ބަލާލަމުން އަހަރެން ބުނީމެވެ.

އެސަރަޙައްދަށް ދެވުނުއިރު މީހުން ގިނައެވެ. ކިއާރާއި ޝިއުޒް އަދި ޝާލީއާއި މިއުވާންއަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ. ވަށައިގެންވެސް ފެންނަމުންދަނީ އުފާވެރި ޖޯޑުތަކެވެ. އެއްބަޔަކު އެމީހުންގެ ދަރިން ގޮވައިގެން އުފާވެރި ވަގުތު އާއިލާއެކީ ހޭދަކުރަމުންދަނީއެވެ. އަނެއްބަޔަކު އެމީހުންގެ އަނބިންނާއެކީ ލޯބިވެތި ވަގުތުތައް ހޭދަކުރަނީއެވެ. މުޅި ސަރަހައްދުގައިވެސް ބާކީވެ އެކަނިވެރިވެފައި ހުރީ އަހަރެންނޭ ހިތަށްއެރިއެވެ.  ފަހަރަކު އަންހެންކުއްޖަކާއެކީ ފްލާރޓްކޮށް މުޅި މާލެ ކުޑަކޮށް ސައިކަލްގައި ބުރުޖަހަމުންދިޔައިރު މިފަދަ ދުވަހެއް އަތުވެދާނޭ ކަމާމެދު ވިސްނާވެސްނުލައެވެ. މާދަމާއެއް އަންނާނެކަމާމެދު އޭރު ވިސްނާނުލެވުނީ ކީއްވެހެއްޔެވެ؟

އެކަމަކު މިއަދު އެކު އުޅޭނެ ބައިވެރިއަކަށް ހިތް ނުހަނު ބޮޑަށް އެދެންފަށައިފިއެވެ. އެންމެންގެ ތެރޭގައި ހުރިއިރުވެސް އެކަނިވެރިކަން އިޙްސާސްކުރެވެއެވެ. ދިރިއުޅުމުގައި ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހްސާސްވެސް ކުރެވެއެވެ.

އަހަރެންނަށްޓަކާ ހުރީ ކާކު ހެއްޔެވެ؟ އަޙްލާޤު ރަނގަޅު ސާލިހު އަންހެންކުއްޖެއް އަހަރެން ކަހަލަ މީހަކާއި އިންނަން ބޭނުންވާނެ ހެއްޔެވެ؟

“ތިއްތީ އަދޫބެ ގުޅާފަ.. ތިއްތި ފޯން ނުނަގައިގެން..” ޝިއުޒް ފޯނު ދިއްކޮށްލިއެވެ.

“އޭ ވަރަށް އަވަހަށް ޚަބަރުތައް ބަލައިލަބަލަ..” އަދްހަމް ބުނީ އެހާވަރަށެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އަވަހަށް ފޯނު ނަގާ އޮންލައިން ނޫސްތައް ބަލާލިއިރު ލިބުނީ ސިހުމެކެވެ.

“މާލޭ ގެސްޓު ހައުސްއެއްގައި ހަށި ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި..” ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުޙީގައި އޮތީ އެހެންނެވެ. އެއާއެކު ހައްޔަރުކުރި މީހުންގެ ފޮޓޯވެސް މޫނު ނުފެންނަހެން ހުއްޓެވެ. މޫނު ނުފެނުނަސް އެއްފަރާތެއްގައި ހުރީ ކާކުކަން ވަގުތުން އެނގިއްޖެއެވެ. ލަދެއްގެ މައްޗަށް ލަދެކެވެ. ދޮންބެއަށް އެނގިއްޖިއްޔާ ހާދަ ލަދު ގަންނާނެއެވެ. އަހަރުމެން އެންމެން ލަދުން މަރުވިޔަސް ކުށްކުރި މީހާގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނެތެވެ. ދެރަވިވަރުން އެތާ ހުންނަ ހިތެއްވެސް ނުވިއެވެ. ނޫރުގެ ތުއްތު ތުއްތު މަޢުސޫމު މޫނު ސިކުނޑީގައި އެނބުރެނީއެވެ. އެކުއްޖާގެ އެއްވެސް ކުށެއް އެކަމުގައިނެތެވެ. ނަމަވެސް މުޖުތަމަޢު އެގޮތަކަށް ނުދެކޭނެއެވެ. އެފަކީރަށް ހާދަހާ ކަންތައްތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ދަރިން އުޅޭނީ މައިންބަފައިން އުޅޭ ގޮތަށޭ މީހުން ބުނެއެވެ. އެހެންވާނަމަ ބައްޕަ ކަހަލަ މީހެއްގެ ޝިއުޒް ކަހަލަ މާތް ދަރިއަކު ހުންނާނެ ހެއްޔެވެ؟

ގެއަށް ވަދެ ވުޟޫކޮށްލައިގެން ދެރަކްއަތުގެ ނަމާދެއް ކުރީ ކެތްތެރިކަން ދެއްވުމަށްއެދިއެވެ. އެތައް ފަހަރަކު ދޮންބެއަށް ކެތްތެރިކަން ދެއްވުމަށް ދުޢާކުރެވުނެވެ. މަންމަ އައިސް ވަނީ އަހަރެން އެނދުގައި އިށީންތަނާއެވެ.

“މަންމާ..” މަންމަގެ އުނގުގައި ބޯއަޅާލަމުން އެނދުގައި އޮށޯވެލީމެވެ. މަންމަގެ އޯގާތެރި ފިރުމުންތަކުން ހިތަށް އަސަރުކޮށް ދެލޮލުން ކަރުނަތައް އޮހިގަތެވެ. މައިންވަންތަކަމުގެ ލޯތްބަކީ ހާދަ ބާރުގަދަ އެއްޗެކެވެ. މަންމަގެ ލޯބިލިބުމަކީވެސް ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟

“މަންމަ ޓީވީ ހުޅުވާލި ތަނާ ފެނިއްޖެ މީރާ.. ކާކު ހީކުރާނީ ޝުހާދު ކަހަލަ ރަނގަޅު ދަރިއަކަށް އެފަދަ ގޮތެއް ވެދާނޭ.. އެދަރިއަށް މިނޫން ދުވަހެއް ދައްކަވާތޯ ހާދަ ދުޢާއެއް ކުރަމޭ.. ނޫރު އާ ދޭތެރޭ ވިސްނާލިޔަސް އަހަރެންގެ ހިތް ފަޅައިގެންދާ ވަރުވޭ.. ކޮންމެ ރެއަކު ނިދާގަޑީ މަންމަގެ ވާހަކަ ދައްކާނެ.. ކިތަންމެ ގޯސްވިޔަސް އެވަރުގެ ކުޑަކުއްޖަަކަށް މަންމަ ބޭނުންވާނެ.. އެހެން ޝުހާދު ގާތުވެސް ކިތަންމެ ފަހަރަކު ކިއިއްޖެ…” މަންމަގެ އަޑު ކުރެހުނެވެ. މަންމަ ހިތުގައި ޖެހިފައިވާ މިންވަރު ފަހަރެއްގައި ވެސް އަހަރެމެންނަށް އިހްސާސްވެސް ނުކުރެވޭނެއެވެ.

“މަންމައަށް ހީވޭތަ އަހަރެން ދެވަނަ ކައިވެއްޏެއް ކުރީމަ ނޫރުއަށް މަންމައެއްގެ ލޯބި ލިބޭނެހެން.. އެދަރިފުޅު މީރާއާ ދުރަށް ގެނައީވެސް އެކަހަލަ މަންމައެއް ގާތު ހުރެގެން ބޮޑުވީމަ ވާނެ ގޮތް އިނގޭތީ.. އެއީ އުފަން މަންމަ.. ދޮންމަންމައެއް ދަރިއަކަށް ހެޔޮވާނީ ކިހިނެއް؟ އެދަރިފުޅަށް ދެރަ ގޮތެއް ވެއްޖެނަމަ އަހަރެން މަރުވެދާނެ..” ދޮންބެގެ އަޑު ކުއްލިއަކަށް އިވުމުން ދޮރާއި ދިމާލަށް ބަލާލެވުނީ މަންމައާއި ދެމީހުންނަށް އެއްފަހަރާއެވެ. ތެދުވެގެން ދޮންބެ ކައިރިއަށް ހުއްޓުނުއިރު އެދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ކޯތާފަތްވަނީ ތެމިފައެވެ. އިރުކޮޅަކު ފެނުނީ ދޮންބެ ދެކަކޫ މައްޗަށްތިރިވިތަނެވެ. ގިސްލަގިސްލާފައި ދޮންބެ ރޯން ފެށުމުން އެއްވެސް އިޙްތިޔާރަކާނުލާ ދޮންބެގެ ގައިގާ އޮޅުލާގަނެވުނެވެ.

“އަހަރެން ވަރުބަލިވެއްޖެ ޝިމާލް.. ވަރުބަލިވެއްޖެ..” ރޮމުން ދޮންބެގެ ދުލުން ބޭރުވި ލަފްޒަކީއެއީއެވެ. މަންމަ އިސްޖަހާލައިގެން ހިމޭންކަމާއެކީ ރޮމުންދިޔައެވެ. މިދުނިޔެމަތިން އަހަރެން އެދެމީހުންދެކެ އެންމެ ލޯބިވާ ދެމީހުން ރޯތަން ބެލުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ދެރަވިނަމަވެސް ކަރުނަތައް އެތެރެއަށް ހިއްދާލައިގެން ކަށީގައިނެތް ހިތްވަރުނެރެގެން ދޮންބެއަށް އެތައް ވަރަކަށް ވިސްނައިދީގެން އެނދުގައި ބޭއްދުމަށްފަހު އަހަރެން ބަދިގެއަށްވަނީ ފެންތައްޓެއްބަލައެވެ. ބަދިގެއިން ނިކުތްއިރު ޝިއުޒްމެން ގެއަށް ވަންނަނީއެވެ. ޝާލީ އިސްޖަހާލައިގެންހުރެ ކޮޓަރިއަށްވަނެވެ.

“ކިއާ ނޫން ގޮވައިގެން ދޭބަލަ އެތެރެއަށް..” ބޮލުގެ އިޝާރާތުން ޝިއުޒް ގާތު އައުމަށް އެދެމުން އަހަރެން ކޮޓަރިއަށްވަނީމެވެ. ޝިއުޒްއަށްވެސް ވެގެން އުޅޭ ގޮތްވަނީ އެނގިފައެވެ. ދޮންބެގެ ކޮޑަށް އަތްވައްޓާލައިގެން އިނދެ ޝިއުޒްވެސް އެތައް ނަސޭޙަތެއް ދިނެވެ. އަހަރެން އިނީ ދޮންބެ ކުރިމަތީގައި ޓައިލްސްމަތީ އިށީނދެގެންނެވެ.

“ކިތަންމެ ހާލުގަ ބޮޑުކުރިޔަސް މަންމަ ވަރަށް އުފާވޭ ދަރިފުޅުމެން އެއްކުއްޖަކު އަނެއްކުއްޖަކުދެކެ ތިހާ ލޯބިވާތީ..” މަންމަ ދޮންބެގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ކުޑަ ކުޑަ ނޫރު އައިސް “ބައްޕާ”އޭ ކިޔާ ގޮވާލަމުން ދޮންބެގެ ގައިގާ ބައްދާލިއެވެ. ނޫރުގެ ގައިގާ ބައްދާލައިގެން އިނދެ ރޯންފެށިއެވެ. އަސަރުންފުރިފައިވި މަންޒަރެކެވެ. ނޫރު ހައިރާންވެފައި ބައްޕަ ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ. ތުއްތު ތުއްތު އަތުން ދޮންބެގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުހަނު ލޯތްބާއެކު ފޮހެލައިދިނެވެ. ޝިއުޒް މަޖާ އެއްޗެކޭ ބުނެލުމުން ނޫރުގެ ލޯބި ލޯބި ހުނުމުގެ އަޑުއިވުނެވެ. އަވަހަށް ތެދުވެގެން ގޮސް ފާޚާނާއަށްވަނީ މޫނުދޮވެލުމަށެވެ. ފާޚާނާއިން ނިކުތްއިރު ކިއާރާވެސް ކޮޓަރިތެރޭގައި ހުއްޓެވެ. މަދީ ޝާލީއެވެ. ޝާލީ ކޮބައިތޯ ބަލާލަން ކޮޓަރިއަށް ވަތްއިރު އެނދުގައި އިށީނދެލައިގެން އިސްޖަހާލައިގެން އިނެވެ.

“ހޭ ޕްރިންސްސެއް ކިހިނެއްވެފަ؟” ޝާލީގެ ބޮލާއި ކުޅެލަމުން އޭނާ ގާތު އިށީނީމެވެ. ދެންވެސް އޭނަ އެއްވެސް އެއްޗެއް ނުބުނެ ހަމަ އިސްޖަހާލައިގެންއިނީއެވެ. އިންގޮތުން ކޮންމެވެސް ކަމަކާ ދެރަވެފަ ނޫނީ ކަންތައްބޮޑުވެފައި އިންކަން އެނގުނެވެ. މިވަގުތު އޭނަ އެކަނިވެލަން ބޭނުންވަނީކަމަށް ވެދާނެއެވެ. ވާހަކައެއް ބުނަން ބޭނުންވަންޏާ އޭނަ އަމިއްލައަށް އިސްނަގައިގެން ބުނާނެއެވެ.

” މިހުރިހާ ކަމެއް ވެގެން ދިޔައިރު ކީއްވެ އަހަރެން ގާތު ނުބުނީ؟” ޝާލީ ސުވާލުކުރީ އަހަރެން ނިކުންނަން ދޮރުކައިރީހުއްޓައެވެ.

” ކޮން ހުރިހާ ކަމެއް؟” އޭނަ އެދައްކަނީ ކޮންވާހަކައެއްކަން އެނގިހުރެވެސް ނޭނގޭކަަމަށް ހެދީމެވެ.

ނޫރު ޖަވާބެއް ނުދީ އަތުގައި އޮތް ފޯނު ނަގާ ދައްކާލިއެވެ. ވެގެން އުޅޭ ގޮތް ދެނެގަންނާކަށް ގިނައިރެއް ނުނެގިއެވެ.

“މަންމަމެން ބޭނުންނުވީ ޝާލްއަށް އެނގެން..” ޝާލީއާއި ގާތަށް ދަމުންބުނެލީމެވެ. އޭނަ އެތައް ޝަކުވާއެއްކުރިއެވެ. ނަމަވެސް މަޑުމައިތިރިކަމާއެކު ވިސްނާދިނުމުން ނުހަނު ފަސޭހައިން ޤަބޫލުކުރިއެވެ.

“އަސްލު ހީކުރީ ތިއްތި ހިތްހަމަ ނުޖެހިގެން އައީކަމަށް؟” ތަންކޮޅެއް ހަމަޖެހުމުން ޝާލީ ބުނެލިއެވެ.

“ކޮންކަމަކާ؟” އެއްބުމަ އަރުވާލަމުން އަހާލީމެވެ. އަހަރެން ހިތްހަމަނުޖެހޭވަރުގެ ކަމެއް ދިމާވިހެއްޔެވެ؟

” މިއު..މިއުވާން އާ..” އަޅައަޅައިގަންނަމުން އޭނައަށް ބުނެވުނީ އެހާވަރަށެވެ. ލަދުން އެމޫނަށް މަޑުރަތްކަމެއްވެރިވިއެވެ.

“ޕިއްޒާ ގެނެސްގެން މިއުޅެނީ އާދޭ އަވަހަށް…” ޝިއުޒް ދޮރު ކައިރީގައި ހުރެގެން ގޮވިއެވެ. ޝާލީ ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަހަށް ދުއްވައިގަތެވެ. ސިޓިންގރޫމަށް ނިކުމެވުނުއިރު އެންމެން ޕިއްޒާ ކެއުމުގައި އުޅެއެވެ. ދޮންބެ ފެންނައިރަށް ޝާލީ ގޮސް ދޮންބެގެ ގައިގާ ބައްދާލިއެވެ.

“ނޫންގެ ބައްޕައަށް ކީއްވެ ދޮންތި ހަގްކުރަނީ..ދޮންތިވެސް ބައްޕިތަ އެއީ؟” ދެއަރިކަށިމަތީގައި އަތްވިއްދާލަމުން ބޮޑުމީހެއްހެން ނޫރު ބުނެލިއެވެ. ނޫރުގެ މަޢުސޫމު ހަރަކާތުން ފެންކަޅިވެފައިހުރި ދޮންބެއާއި ޝާލީ ހީގަތެވެ.

“ހޫމް.. ދޮންތިގެވެސް ބައްޕި..” ދޮންބެގެ ގައިގާ ހިފައިގަންނަމުން ޝާލީ އުޅުނީ ނޫރު ރުޅިއަރުވާލާށެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން އެންމެން ހެވިފައި ތިއްބެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވާން މަޖުބޫރުވަނީ ނޫރުއަށްޓަކައެވެ.

ދުވަސްތައް ހީވެސްނުކުރާހާ އަވަހަށް ފާއިތުވެގެންދެއެވެ. ޝިއުޒް ކޯހަށް ފުރަންވެސް ހަފްތާއަކަށްވީއެވެ. ދަތުރަށް ތައްޔާރުވުމަށް ބާޒާރުކުރުމަށް ނިކުތީ ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ޝިއުޒްއާއި ކިއާރާއާއި ޝާލީއާއެކީ އަހަރެންވެސް ދިޔައީ ގަންނަންވެފައި ހުރި އެއްޗެހިހުރީމައެވެ.

“ޝައްނު..” ފިހާރައިން ނިކުތްތަނާ ޝާލީ ބުނިއަޑުއިވުނެވެ. ކައިރީގައި ހުރި ފިހާރައަށް ކިއާރާއާއި ޝިއުޒް ވަނުމުން އަހަރެން ބޭރުގައި މަޑުކޮށްލީ ޝާލީ އަންނަންދެނެވެ. އިރުކޮޅަކުން އޭނައައީ ޝާޔަލްގެ އަތުގައި ހިފައިގެންނެވެ. ފަހަތުން ޝާޔަންވެސް އާދެއެވެ.

“ހޭއި..” ޝާޔަންއަށް ގޮވާލީމެވެ.

“ހައި ހީރޯ..” ޖަވާބު ލިބުނީ ޝާޔަލްގެ ފަރާތުންނެވެ.

“ޔާލް.. ލަސްވަނީ ހިނގާ ދަމާ..” ޝާޔަލްގެ އަތުގައި ހިފާލަމުން ޝާޔަން އުޅުނީ ހިގައިގަންނާށެވެ. ނަމަވެސް ފިހާރައިން ނިކުތް ޝިއުޒްއާއި ކިއާރާ ދެމީހުންވެގެން ޝާޔަން ހުއްޓުވިއެވެ.

” އަހަރުމެންގެ ވެޑިންގ ޕާރޓީއަށްވެސް ނައި.. ހިނގާ މިހާރު ތަނަކަށް ގޮސް ކާން ދަމާ..” ޝިއުޒް އެދުނެވެ.

“މިހާރުވެސް މިއުޅެނީ ލަސްވެގެން..” ހިނިތުންވެލަމުން ޝާޔަން ބުނެލިއެވެ.

“މިފަހަރު އެއްވެސް ބަހަނާއެއް ނޯންނާނެ.. އަހަރެން މިގުޅަނީ ޒައިކްއަށް..” ފޯނު ހިފައިގެން ޝިއުޒް އެއްފަރާތަކަށް ޖެހިލިއެވެ. އިސްޖަހާލައިގެން އަތުގައި އޮތް ޕާރސްއާއި ކުޅެން ޝާޔަން ހުއްޓެވެ. ޝާލީއާއި ޝާޔަލް ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ.

“ފިރިކަލުންގެ ހުއްދަވެސް ލިބިއްޖެ.. ހިނގާދެން.. ކިއާ ޝާޔަންގެ އަތުގައި ހިފައިގެން އާދޭ..” ސަމާސާ ގޮތަކަށް ޝިއުޒް ބުނެލިއެވެ. ޝިއުޒްއާއި ދެމީހުން އެންމެ ކުރީގައި ތިބެގެން ހިގަމުންއައިއިރު ފަހަތުން ޝާލީމެން ކޮންމެވެސް ވާހަކައެއް ދައްކާ ހެމުން އާދެއެވެ. ކިއާރާއާއި ޝާޔަން ތިބީ އެންމެ ފަހަތުގައެވެ.

އެންމެން މޭޒުކައިރީ އިށީންއިރު ޝާޔަން އިނީ އަހަރެންނާ ކުރިމަތިވާ ގޮތަށެވެ. އޭނަގެ މޫނުމަތީ ކުލައޮއްސިފައިވަނީ ކީއްވެބާއެވެ؟

“މިހާރުވެސް ދޮންތި އެއިނީ މަންމަމެން ފުރަން އުޅޭތީ ދެރަވެފަ..” ޝާޔަލް ހުއްޓާލުމެއްނެތި ކޮންމެވެސް ވާހަކައެއް ދައްކާލަ ދައްކާލައިނދެއެވެ. ޝާޔަންގެ ހަމަހިމޭންކަން ޝިއުޒްއަށް ލޮލުގެ އިޝާރާތުން އަންގާލީމެވެ. އަބަދުވެސް ހިނިތުންވުން ފެންނަ އެ މޫނުމަތިން މިހާރު ފެންނަމުންދަނީ މާޔޫސްކަމެވެ. އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ތެދުމަގަށް އެޅުމަށް އެންމެ ބޮޑަށް އެހީތެރިވެދިން ކުއްޖާގެ މޫނުމަތިން އުފާވެރިކަން ނުފެންނުމުން ހިތް ވަނީ ނުތަނަވަސްވެފައެވެ. އިރުކޮޅަކު އޯޑަރދިނުމަށްފަހު ޝިއުޒް ދައްކަންފެށި މަޖާވާހަކަތަކުން މާޙައުލު ބަދަލުކޮށްލިއެވެ. ޝިއުޒްއާއި އެއްބައިވެގެން އެވާހަކަތަކުގައި ބައިވެރިވެލީމެވެ. އެންމެންނާއެކީ އުފާވެރި ވަގުތުތަކެއް އެތައް ދުވަސްތަކެއް ފަހުން ހޭދަކުރެވުނެވެ. ޝާޔަންގެ މޫނުމަތިން އެއްވެސް މަޖުބޫރުކަމަކާއިނުލާ އުފާވެރިކަން ފެނުމުން ހިތްހަމަޖެހުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

(2) Milkey thi magey

Next

ހާދަހާވޭ ކުރާހިތް ސަމާސާ 38 ވަނަ ބައި

Next
May 3, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 38 ވަނަ ބައި

Previews
May 3, 2016

(2) Milkey thi magey

6 Comments!

  1. Elsa says:
    May 3, 2016 at 4:35 pm

    Story v habeyzzz:-)
    Waitin for the nxt prt
    Yay
    Me 1st

  2. Mash edwards says:
    May 3, 2016 at 4:39 pm

    Salhi ingey keep it up

  3. aff says:
    May 3, 2016 at 7:20 pm

    aslu mi story ga mi vany kihineh ..? shimaal a shaayan n shayal aa gulhi fa tha mi innany mi story .. Confused??? plx explain..

  4. Niu says:
    May 3, 2016 at 10:05 pm

    Mi part ves reethi…. Next part kiyaalan libaynee konduvahakun….

  5. meesha says:
    May 4, 2016 at 3:39 pm

    PLX MEENE NAMES N CEREC THA KIYAADHEEBALA PLX..

  6. ammadey says:
    May 4, 2016 at 11:04 pm

    Mihaathanah vaahaka dhiyairu v Habeyz, next part avas musthaqbal ehga kiyaalan libeyne kamah heekuran 🙂

Comments are closed.


All Right Reserved!