“ނޫރު، އާދޭ ސައިފޮދެއް ބޯލަން.” ޒައީމާއަށް ނޫރު ފެނުމުން ގޮވާލި އެވެ. ނޫރު ވެސް ނިކަން ހެވިފައި ވަނީ ކުޑަކޮން ވެސް އެއީ ޖަންނަތުއާއި ޒައިދާންގެ ކައިވެނީގެ ސައިކަން އިނގިގެނެއް ނޫނެވެ. “ހޭ ގައިސް، މީ ކޮންކަމެއް؟” ނޫރުގެ ފަހަތުން ވަން ކުއްޖާ އެހެން ގޮވާލުމުން އެންމެނަށް އެދިމާލަށް ބަލައިލެވުނެވެ. އޭ ޒިޔާދާ!” ސާރާއަށް ޒިޔާދާ ފެނުމުން ދުވެފައި އައިސް ޒިޔާދާ ގައިގައި ބައްދައި ގަތެވެ. “ސަރޕްރައިސް!” ޒިޔާދާ ހެމުން ބުނެލި އެވެ. “އެކަމު މީ ކޮން […]
“ބައްޕަ ދަރިފުޅުގެ ކައިވެންޏަށް ރަނގަޅުކުއްޖަކު ހޯދައިފިން.” މެންދުރުގެ ކެއުމުގެ ތެރެއިން ނާސިރު ޒެކަންއާއި ވާހަކަދެއްކިއެވެ. އެހެނަސް ޒެކަންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނެވެ. “ކައިވެނީގެ ކުރިން ދަރިފުޅު ޖެހޭނެ އެއްނު އެ ކުއްޖާއާއި ބައްދަލުކޮށްލާ ވާހަކަދައްކާ ހަދާލަން.” އަނެއްކާވެސް ނާސިރު އިއްވައިލިއެވެ. “ނޫން ބައްޕާ. ކޮންމެހެން ބައްދަލު ނުކުރިޔަސް ބައްޕަގެ ހޮވުން އަޅުގަނޑަށްޓަކައި ފުރިހަމަވާނެކަން އަޅުގަނޑަށް އިނގޭ.” ޒެކަން އެހެންބުނެލީ އަންހެނުންނަށް ނަފްރަތުން ފުރިފައިވި އެހިތުގައި ފަރުދާ އަޅާލަމުން މަޑުމައިތިރިކަމާއެކީގައެވެ. “އެންމެ ރަނގަޅު. އެކަމަކު ކައިވެނީގެ ވާހަކަ […]
އޮއްސެމުންދިޔަ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރިފައިވާއިރު ވަށައިގެންވާ މާހައުލަށް ވެރިވެފައިވަނީ ބަޔާންކޮށްދޭންވެސް ދަތި ފުރިހަމަ ކަމެކެވެ. މަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ހެންވޭރު އާޓިފިޝާލް ބީޗްގައިހުރި ބެންޗެއްގައި އަހަރެން އިށީނދެލީމެވެ. އޭރު އެކިފުރާގެ މީހުންތައް އެކިކޮޅުކޮޅަށް ހިނގާބިނގާވެ އުޅެއެވެ. ހަވީރުކުޅެންއައިސް އުޅުނު ކުޑަކުދިންތައް ގޮވައިގެން ގެއަށްދާމީހުންތައްވެސް ބައިވަރެވެ. މޫދުގެ ލޮނުގަނޑަށް ނަޒަރުހުއްޓާލައިގެން އަހަރެންނަށް އިނދެވުނީ ލިބިފައިވާ ހިއްދަތިކަމަށް ލުޔެއްލިބޭތޯއެވެ. ނަމަވެސް ހުއްޓުމެއްނެތި ހިތުގައިވާ އުދާސްތައް އުތުރިއަރަމުންދިޔައެއެވެ. މާޒީގެ އެހިތިހަނދާންތައް ދެންމެ ދެންމެ ވީކަމެއްހެން އަހަރެންގެ ސިނކުޑީގައި ހަރުލާފައިވެއެވެ. އެއީ […]
” އޭ. އިނގޭތަ. މަގޭ ވާން އުޅޭ ބަފާބެ. ބުނީ ކީކޭކަން. ” ގޭޓުން ބޭރަށް ނިކުންނަމުން ކިޔާން ލާމިއު ގާތު އަހައިލިއެވެ. ލާމިއު ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ބުނީ ކަލޭ ދެން ކައިވެނީގެ ކުރިން މިރަށަށް ނުގެންނައްޗޯ. ކަލޭ އައީމަ ފަހުމާ އުޅެނީ އެހެން ގޮތަކަށްށޯ. ދެން ހުރޭ އެ ގެގަނޑުގަ ރޮއިލަ ރޮއިލަ. އެންޑް ފައިނަލީ ފަހޫ ވާނީ ހަމައެކަނި މަގޭ މީހަކަށް. ” ދަތްޕިލަ ސޭލު އަޅުވަމުން ކިޔާން […]
ކަޅު އަނދިރި ސާލެއް އުޑުމަތީގައި ފެތުރިފައި ވީއިރު ތަރިތަކުގެ ވިދުމުން މުޅި އުޑުވަނީ ޖަރީކުރެވިފައެވެ. ގޭގެ ބޮޑު ބެލްކަނީގައި އިން ކުޑަ ސޯފާ ގޮނޑިއެއްގައި ލޫތް އިނީ ލެޕްޓޮޕުން ކޮންމެ ވެސް މަސައްކަތެއް ކުރާށެވެ. ދިއްލާފައި ހުރި އޮރެންޖު ކުލައިގެ ފަނޑުއަލީގައި ލެޕްޓޮޕްގެ ގަދަ އަލި ފެންނަން ނެތްނަމަ އެތަނުގައި މީހަކު އިން ކަމެއް ވެސް ނޭނގޭނެއެވެ. ބެލްކަންޏަށް ނިކުމެލި ލީނާއަށް ދުރުގައި އިން ލޫތް ފެނި ފިޔަވަޅުތައް ހުއްޓުނެވެ. މިއަދު ހެނދުނު ހިތްހަމަ ނުޖެހިފައި ހުރެ […]
އޭރުވެސް އަހަރެން އޮތީ އެ ހުދުފޮތިގަނޑު މަތީގައެވެ.ކިޔަވަންތިބި މީހުންވެސް ތިބީ ކިޔެވުން ހުއްޓާލައިގެންނެވެ.އަހަރެން މަޑުމަޑުން ތެދުވީމެވެ.އަދި ހައިރާންކަމާއިއެކު ހާދީބެގެ މޫނަށް އަހަރެން ބަލާލީމެވެ. އަހަރެންނަށް ނިދުމަށްފަހު މިތަނުގައިވީ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގެއެވެ. “އެކޮއެ ދެން ދޭ އެތެރެއަށް. އިތުރު އުނދަގުލެއްވާނަމަ އަވަސްގޮތަކަށް ބޭބެއަށް އަންގާތި.ދެން އެމަންޖެ އެކަނި ނިދަން ނުބާއްވާތި މިރޭ”. ހާދީބެ އަހަރެންގެ އިތުރުން މަންމައާއިވެސް ނިސްބަތްކޮށް އެހެން ބުނެލުމުން އަހަރެން އަވަހަށް ގެއަށް ވަނީމެވެ.މުޅި މީހާ އެކީހުރީ ފިނިވެފައެވެ. ކޮންމެވެސް ވަރަކަށް ގައިގަވެސް […]
ޖާހަތުއާ ޝިފާ ތިބީ ކާމޭޒުކައިރީގައި މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ހޫނުކަންމަތީގައި ހުރި ގަރުދިޔަ ބޯތަށްޓާއި ބަތްކަހަނބުގެ އިތުރުން މޭޒު މަތި ފަޅުފިލުވާ ދީފައިވަނީ މަހުގެ މެޔާއި ބޮލާއި އަދި ބަނޑުސާމާނުން ފުރިފައިވާ މަސްލޯގަނޑާއި ކުޑަ ބޯތަށީގައި ހުރި ތޮޅިމިރުހާއި ލުބޯފަޅިތަކާއި ފިޔާއަރިތަކުންނެވެ. ޝިފާގެ މަންމަ ތަށްޓަކަށް އަޅައިގެން ގެނެސް ބެހެއްޓި ކާށި ފޮތިތަކުން ކެއުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވިފަދައެވެ. ދެމީހުންވެސް ކެއުމާއިގެން މަޝްއޫލުވެގެން ތިއްބައި ކުއްލިއަކަށް ޖާހަތުގެ ހިޔާލަށް އައީ އޭނާއާ ޝާމްގެ ރޭވުންގަނޑެވެ. ޕްލޭނަށް […]
ބެލްކަނީގެ ބިއްލޫރިގަނޑު ކައިރިން ފާޅުވަމުން ދިޔަ ރަތްކުލައިގެ އަލިގުޅަ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. އެނދުމަތީގައި އިނދެ ހެދުންތައް ފަތް ޖަހަމުން ދިޔައީ ފޫހިގޮތަކަށެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ. އެނދުގައި އިށީންދެގެން މަންޝާ އިނީ ބެލްކަންޏަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ބެލްކަނީގައި ހުރިމީހަކު މަންޝާއަކަށް ނުފެނެއެވެ. ޓައިލްސްމަތީ ހުޅުވާފައިވާ ލަގެޖްގެ ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. މާދަމާ […]
“إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ”އޭނަ ދެލޯމަރާލަމުން ކިޔާލިއެވެ. މިއުވާން އަހަރެން ގޮވައިގެން ދިޔައީ އޭނަ އުޅެމުންދިޔަ ކޮޓަރިއަށެވެ. “އަހަންނަކަށް ޤަބޫލެއް ނުކުރެވޭ އޭނަ މަރުވީ.. ކީއްވެ އެހެން ވާންވީ؟ އޭނަ އިއްޔެވެސް އަހަންނާ ވާހަކަ ދެއްކި.. ވަރަށް އުފަލުން ހުރީ..” ޝާޔަންއާއިއެކީ ހޭދަކުރެވިފައިވާ އެންމެ ފަހު ވަގުތުތައް ހަނދާންނަށް އައެވެ. އޭނަގެ މޫނުމަތީގައިވީ ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ؟ އެއްވެސް މީހަކު އެހާ ރީތި ކުއްޖެއްގެ ފުރާނައިގެ ދުޝްމިނަކަށްވާނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އެ ހިނިތުންވުން […]