“ލުޔޫން އެއީ އަހަރެންގެ ދަރިއެއްނުން.” އޭނާގެ ކަންފަތް ދޮށުގައި ނާއިލް ވަރަށް މަޑުން ބުނެލިއެވެ. ކުއްލިއަކަށް ލިނާ ސިހިފައި އޭނާ އަތުން ހިފަހައްޓައިގެން ހުރި ބަތްތަށި ސިންކުތެރެއަށް ވެއްޓުނު އަޑު މުޅި ތަނުގައި ހިފާލިއެވެ. ލީނާ ވަގުތުން ނާއިލްއާއި ހަތަރު ކަޅި ހަމަ ކުރިއިރު މޫނަމަތިން ފެނުނީ ހާސްކަމެވެ. މުޅި މިހާ މަޑުތުރުތުރެއް އަޅަމުން ދިޔައިރު ސުވާލުގެ ނަޒަރަކުން ނާއިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ނާ..ނާއިލް.” ލީނާގެ ވާހަކަ ނާއިލް މެދުކަނޑާލިއެވެ. “ކިހިނެތްހޭ އިނގުނީ ދޯ..” ނާއިލް މިހެން […]
ދަންވަރުގެ ވަގުތެވެ.ކިއާ އަށް ހޭލެވުނީ ފެން ބޮވައިގަންނަ ގޮތްވެގެންނެވެ.ފެންފޮދެއް ބޮއި ނިމުނުތަނާހެން ކިއާ އަށް ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑުއިވުނެވެ.ކިއާ މަޑުމަޑުން ބޭރަށް ނިކުތެވެ.އެއީ ލޫހާން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ.އެހެންކަމުން ކިއާ ލޫހާން އަށް ގޮވައިލިއެވެ.ދެތިން ފަހަރުގޮވުމުންވެސް ލޫހާންގެ ފަރާތުންއެއްވެސް ކަހަލަ ޖަވާބެއް ލިބިފައެއް ނުވެއެވެ.އެހެން ކަމުން ކިއާ ލޫހާން އާއި ތަންކޮޅެއް ގާތްވެލާފައި އޭނާ އާއި ވީ ދިމާލަށް އަނބުރައިލިއެވެ..”އާއާއާ..”މުޅިތަން ގުގުމައިގެން ދިޔައީ ކިއާގެ ތޫނު ހަޅޭކުގެއަޑުންނެވެ.”ކިހިނެތްވީ ކިއާ…؟”ކިއާގެ ކައިރީގައި ނިދިފައި އޮތް […]
އީމަން އެވާހަކަތައް އަޑުއަހަން އިނުމަށްފަހު ތެދުވެގެން ރީމް ކައިރިއަށް އައެވެ. ރީމްގެ ކޯތާފަތްމަތީގައި ހުރި ކަރުނަ ތިކިތައް ފުހެލަދެމުން މަޑުމަޑުން ހިނިތުންވެލިއެވެ. ރީމްގެ ހިތް އުފަލުން ނަށައިގަތެވެ. މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. “ރީމް! އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް ތިހެން ބުނީމެއްނު. އެކަމަކު އެކަމާ ދެކޮޅު ހެދީ ހަމަ ރީމް. އެހެންވީމަ ތި ޝައްކަކީ ވަކި މިއަދު އުފެދެންޖެހޭނެ ޝައްކެއް ނޫން. އަހަރެންނަށް ހަމަ ޔަޤީން ތި ޝައްކު ރީމް ހިތުގައި މާ ކުރިންވެސް އުފެދިފައިވާނީ. […]
” އަހަރެން ބަނޑު ބޮޑުތަ؟” އެހެން ހުރެފައި ފަހުމާ ކޮށްލި ސުވާލަކުން އީނާޝް ކުށިއަރައިގަތެވެ. ނަޝީދުވެސް ހާސްވާން ފެށީ ދެން ގަދަކަމުންވެސް އޭނާއަށް ކިޔާންއާއި ފަހުމާ ނުގުޅުވޭނެ ކަމުގެ ރަތް ސިގްނަލް ލިބުމުންނެވެ. ” އަހަރެން އީނާޝް ކައިރީ މިއަހަނީ އަހަރެން ބަނޑު ބޮޑުހޭ؟” ހަމަ އެހުރި ގޮތަށް ހުރެ ފަހުމާ އަހައިލިއެވެ. ފަހީމާއަށްވެސް އީނާޝްއާއި ދިމާލަށް ބަލަން ފެށުނީ އެބުނީ ތެދެއް ހޭ އަހާ ކަހަލަ ގޮތަކަށްށެވެ. އީނާޝްއަކަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ […]
“އަސްލު ކިހިނެއްތަ ވީ؟” އަހުސަން ޝިކާ ގާތު އަހާލީ ވާނުވާ އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޝިކާ ބުނަން އަނގަހުޅުވާލި ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ޝިކާ ފަހަތް ބަލާލިއިރު ރީނާ އޭނާގެ ބޯހޫރުވާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. ޝިކާ ހީލުމަށްފަހު ބޯޖަހާލިއެވެ. އަދި ވެގެން އުޅޭގޮތް ފަހުން ކިޔައިދޭނެކަމަށް އަހުސަން މެން ގާތު ބުނެ އެދެމީހުން ހަމަޖައްސާލުމަށްފަހު ރީނާ އާ އެކީ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. […]
ޝާޔަލްގެ ބަސްތައް އަބަދާއި އަބަދު ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނަގެ ހިތާމައިގެ ތަސްވީރެއްފަދަ މޫނު ލޯމަރާލާއިރަށް ސިފަވަމުންދިޔައެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ؟ ނޫނީ އަހަރެންގެ ސިންޕަތީ ހޯދަން އޭނަ މޮޅު ސްޓޯރީއެއް ޖެއްސީބާއެވެ؟ އޭނަގެ މޫނުމަތިންނާއި އެދެލޮލުން އޭނަދެއްކި ވާހަކަތަކަކީ ތެދެއްކަމަށް ހެކިދެއެވެ. ނަމަވެސް ސިކުނޑި އެކަމާ އެއްބަސްނުވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟ “ހަލޯ.. ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ.. އަހަރެން މިފޮނުވާ ކުއްޖާގެ ހުރިހާ ޑީޓެއިލެއް ވީހާވެސް އަވަހަކާއި ފޮނުވާދީބަލަ..” ކަމުގެ ޙަޤީޤަތް ބަލަން އަހަރެންނަށް އިންތިޒާރެއް ނުކުރެވޭނެއެވެ. […]
“ޝުއާ ޔޫ ޑޫ ލޫޓް.. ޔޫ ނޯ ހައު އިޓް އިޒް.. ދިސް އިޒް ބިޒްނަސް.. އައި ވިލް އިންވެސްޓް މިލިއަންސް އިން ޔުއާ ކޮމްޕެނީ އެންޑް އިން ރިޓާން ޔޫ ކުޑް ގިވް މީ ސަމް އާފްޓާ ސާވިސް” ޝުރޭޒް އައިފާއަށް ކަޅި އަޅާލަމުން މިހެން ބުނުމުން ލޫތް ވެސް އެދިމާއަށް ބަލާލިއެވެ. ޝުރޭޒް ކަހަލަ މީހަކު ވޮރެން ކޮމްޕެނީއަށް އެތަށް ފައިދާއެއް ކޮށްދޭނެކަން ލޫތްއަށް ޔަޤީނެވެ. މިކަހަލަ ބޮޑު ޑީލެއް އަތުން ދިޔަ ދެވިދާނެ […]
ހަރްވިންދުގެ ޝައްކު ބޮޑުވަމުން ދިޔައެވެ. އެނާ ރީމްއާ ސުވާލުކުރުމުން އެމޫނުމަތިން ބަދަލުވަމުންދިޔަ ކުލަ ނިކަން ރަނގަޅަށް ފާހަގަ ކުރެވިފައިވެއެވެ. މިކަމުގައި ރީމްގެ އަތެއްވާކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވިއްޖެއެވެ. އަނެއްކާ އީމަންގެ ބަޔާނާ ރީމްގެ ޖަވާބުތަކާ ތަފާތެވެ. “އެހެންވީމަ ބޮޑަށް ބެލެވެނީ މީ ހަމަ ރާވައިގެން ކުރެވިފައިވާ ކަމެއްކަމަށް، ބާބޫ އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތާއިގެން ކުރިއަށް ދޭ. އަހަރެން ވަރަށް އަވަހަށް ނަތީޖާ ބޭނުން.” ހަރްވިންދު ބުނެލިއެވެ. ޝިފާއަށް ގެއަށް އާދެވުނީ ހަވީރުގައެވެ. އެންމެ ފުރަތަމަވެސް […]
މަޑުމަޑުން ނާވީއާށް ކިޔެމުން ދިޔައެވެ.. އިތުރަށް އެމަންޒަރު ބަލަން ކެތް ނުވެގެން ނާވީ އެއްގަމަށް އަރަން ހިންގަގަތެވެ. ރުކެއްގެ ދަށުގައި އިދެގެން ނާވީ އޭނާގެ ގިޓާއިން މަޑުމޮޅި ރާގެއް ކުޅެމުން ދިޔައެވެ. ރުއް ދޮށުގައި އިން ނާވީ އާދަމް މަނިކުގެ ލޮލުގައި އަޅާއިގަތީ އެވަގުތު އެވެ. މަޑުމަޑުން އެދިމާލަށް އާދަމް މަނިކުގެ މިސްރާބު ބަދަލުކޮށްލިއެވެ. “އައްސަލާމް އަލައިކުމް.. ނާވީ ދޯ ކިޔަނީ.. މިއީ މިންޝާގެ ބައްޕަ..” އާދަމް މަނިކު އައިސް ނާވީކައިރީ އިށީނދެލަމުން ސަލާމަށް އަތް ދިތްކޮށްލިއެވެ. […]