އޭރުވެސް އަހަރެން އޮތީ އެ ހުދުފޮތިގަނޑު މަތީގައެވެ.ކިޔަވަންތިބި މީހުންވެސް ތިބީ ކިޔެވުން ހުއްޓާލައިގެންނެވެ.އަހަރެން މަޑުމަޑުން ތެދުވީމެވެ.އަދި ހައިރާންކަމާއިއެކު ހާދީބެގެ މޫނަށް އަހަރެން ބަލާލީމެވެ. އަހަރެންނަށް ނިދުމަށްފަހު މިތަނުގައިވީ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގެއެވެ. “އެކޮއެ ދެން ދޭ އެތެރެއަށް. އިތުރު އުނދަގުލެއްވާނަމަ އަވަސްގޮތަކަށް ބޭބެއަށް އަންގާތި.ދެން އެމަންޖެ އެކަނި ނިދަން ނުބާއްވާތި މިރޭ”. ހާދީބެ އަހަރެންގެ އިތުރުން މަންމައާއިވެސް ނިސްބަތްކޮށް އެހެން ބުނެލުމުން އަހަރެން އަވަހަށް ގެއަށް ވަނީމެވެ.މުޅި މީހާ އެކީހުރީ ފިނިވެފައެވެ. ކޮންމެވެސް ވަރަކަށް ގައިގަވެސް ރިއްސައެވެ. އަހަރެންގެ ފަހަތުން މަންމަ އާއި ކޮއްކޮވެސް ގެއަށްވަނެވެ.އޭރު މާމަވެސް ސިޓިންގރޫމްގައި އިނެވެ. އަހަރެންގޮސް ސޯފާގައި އިށީންނީމެވެ. ފުންނޭވާއެއް ފަޒާގެތެރެއަށް ދޫކޮށްލެވުނެވެ. ކޮއްކޮ އަހަރެންނާއި ދިމާއަށް ބަލާވަރުން އަހަރެންނަށް ދެފަހަރަކަށް މޫނުވެސް ފޮހެލެވިއްޖެއެވެ.މޫނުގައި އެއްޗެއް އުނގުޅިފައި ހުރީހެއްޔެވެ؟ ” ކޮއްކޯ!ކިހިނެއްވީ މާވަރަކަށް ދޮންތަގެ މޫނަށް ތިބަލަނީ؟އަނެއްކާ މޫނުގައި އެއްޗެއް ހުރީތަ؟” އެންމެފަހުން ކެތްނުވެގެން އެހީމެވެ. “ނު..ނޫން.. މިހިތަށް އަރަނީ އަހަރެންގެ ދޮންތަ ހާދަ ހިތްވަރުގަދައޭ. ކޮއްކޮއަކަށް ނުކެރެޭނެ ހަމަގައިމުވެސް ތިކަހަލަކަމަކާއި ކުރިމަތިލާކަށް.އަސްލުތިއީ ހާދަބޮޑު ކަމެކޭ.” ކޮއްކޮގެ ވާހަކަ ހުރިގޮތުން އަހަރެން ގާތަށް ހިނިއައެވެ.އޭރު މަންމައާއި މާމަވެސް ހިނިއައިސްފައި ތިއްބެވެ. “ދޮންތަ އެހާބޮޑުކަމެއް ކޮށްފިންތަ؟ހަމަ އޮށޯވެލައިގެން އޮތީނު ނިދާލާފަ”. އަހަރެން ހަމުަަޖެހޭގޮތް ދައްކަމުން ވާހަކަދެއްކޭތޯ ބެލީމެވެ. “ދޮންތައަށް އެނގޭތަ ދޮންތަ ނިންދަވާފައި ހާދީބެ އެއްޗެއް ކިޔަވާލާފައި އެ ދަޅުގަނޑަށް ފުމެލާއިރަކަށް އަލިފާންރޯވެއްޖެ. ދެން އެންމެން ކިޔަވަން ފަށައިފި ހާދީބެ އަތުން އިޝާރާތެއް ކޮށްލީމަ. އަދި ހަތަރުމީހަކު ދޮންތަކައިރީ ތިބެންވެސް ބުނި.އެއަށްފަހު ހާދީބެ އަތުގައިއޮތް ވަޅި ކައިރީގައިއޮތް ލަކުޑިކޮޅަށްޖެހީ ބިސްމި ކިޔާފަ.އަރްގގ…މި ދެން އޭގެ އިރުކޮޅެއްފަހުން ދޮންތަ ހީވީ ދުއްވައި ގަންނަން އުޅޭހެން.ދެން ހާދީބެގެ އަމުރަށް ކޮއްކޮ އާއި އަދިވެސް ދެންތިބި ތިންމީހުން ދޮންތަ ހިފެހެއްޓީ.ދެން މަޑުވެއްޖެ.. ދެން ދޮންތަ ވާހަކަދެއްކީ ޖިންނިއެއް ނާދެޔޯ.ނާދް އޯ އައީ ކިޔާފަ.. ދެން ބުނި އެއީ ސަންބީރޯ. ” ކޮއްކޮ އެހެންބުނެ ހުއްޓާލިއެވެ. އަނގަވާޅުވީ ތޯއްޗެކެވެ.އަހަރެން ދެންވީގޮތް ބަލާހިތުން އިންވަރުން ދެންވީކިހިނެއްހޭވެސް އަހާލައިފީމެވެ. “ދެން ކުއްލިއަކަށް ބާރަކަށް ތެޅެންފެށީ.އެގަޑީގައި މެދުހަށިންވެސް ހުރީ ހިއްލިފަ.ކިރިޔާ ހިފަހައްޓާލެވެނީ.ހާދަ ބާރުވެސްގަދައޭ އެގަޑީގަ.ދެން އަނެއްކާވެސް ހަރަކާތް މަޑުވެއްޖެ އިރުކޮޅަކުން. ދެން ހާދީބެ ބުނެފި ދޫކޮށްލަން. ދޫކޮށްލީމަ ދެން އިރުކޮޅަކުން ދޮންތަ ވާހަކަ ދައްކަންފެށީ ބިރުވެރި އަޑަކުން.. އެޖިންނި ދޮންތަ ހަށިގަނޑަށް ވަނިއްޔޯ އެގަޑީގަ އެ.ދެން އޭތި ނިކުތްގަޑީގަ ކުޑަ ގުޑުމެއްއެރީ ދޮންތަގަޔަށް. އަހަރެމެން ދުށިން ކަޅު ހިޔަންޏެއް ދިޔަތަން. ވަރަށް ބިރުން ކޮއްކޮ އިނީ އޭރު” އެހެންބުނެފަވެސް ކޮއްކޮ ބަލައިލީ ބޭރަށެވެ. އަހަރެންނަށް މަޑުމަޑުންގޮސް ގޮނޑީގައި ލެނގިލެވުނެވެ. ކޮއްކޮ ބުނިހެން މިއީ ވަރަށް ބޮޑުކަމެކެވެ. ކޮއްކޮމެނަށް އެފެނުނު ކަންތައްތަކުގެ އިތުރަށް އަހަރެންނަށް އެފެނުނު ކަންތައްތަކާއި އެވަގުތު އެގަތްބިރާއި ކުރެވުނު އިހުސާސްތައް އެހެންމީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭނެއެވެ.. އެވެގުތު ބޭރުތެރެ ހަމައަކަށް އެޅުވުމަށްފަހު ހާދީބެވެސް އައިސް ގެއަށް ވަދެ ސޯފާގައި އިށީންދެއްޖެއެވެ.
“އެކޮއި ގާތު ބޭބެ ވާހަކައެއް އަހަން ބޭނުން…އެއީ މިރޭ އެޖިންނި އައީ ކާކުގެ ސިފައެއްގަ؟އެއީ އެކޮއެ ދަންނަމީހެއްގެ ސިފައިގަތަ އައީ؟” ހާދީބެ ހަމަޖެހިލަމުން ކޮށްލި ސުވާލުން އަހަރެން ސިހިގެން ދިޔައެވެ.ގޭގެ އެންމެން ކުރިމަތީގައި ނާދްގެ ވާހަކަ ދައްކަންވީބާއެވެ؟ އޭރުން މަންމަމެންވެސް ހީކުރާނީ ކީކޭބާއެވެ؟ “ލައްބަ.އެއީ އަޅުގަނޑާއި ވަރަށްފަހުން ރަހުމަތްތެރިވި ކުއްޖެއް.ބޭބެމެން ރަށުކުއްޖެއް އެއީ.”. ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ބަލާފައި އަހަރެން ޖަވާބު ދިނީމެވެ. “އެހެންވީއިރު މިހާރު ތިބުނާ ކުއްޖާކޮބާ؟ ދިމާވޭތަ އޭނަޔާ؟” ހާދީބެ ޝައުގުވެރިގޮތަކަށް އަހާލިއެވެ. “އޭނަ..އޭނަ.. އޭނަ ގެއްލިގެން އުޅޭތާ ދެތިންދުވަސް ވެދާނެ.މިރަށަށް ޗުއްޓީއަށް އައިސް ދެދުވަސްވީ ގެއްލުނީ އޭނަ.އޭނަ ހުރިގޭ މީހުންނާއި ވާހަކަދެއްކިކަމަށްވޭ ފޯނުން.ގާފަރުގަޔޯ އެހުރީ ބުންޏޯ.އެކަމަކު އެރަށަކުވެސް ނެތް.ފުލުހުން މިހާރުވެސްދަނީ އޭނަ ހޯދަން މަސައްކަތް ކުރަމުން”. އަހަރެންގެ ހިތަށް ތަދުވަމުން ދިޔައެވެ.ނަމަވެސް އެންމެންގެ ކުރިމަތީގައިކަމުން ނުރޯން ހިތްވަރުކުރީމެވެ. “ގެއްލުނީއޭ؟ އޭނައަށް އެކޮއެ މިއިން އެއްވެސް ވާހަކައެއް ކިޔާދިނިންތަ؟” ހާދީބެ ކުޑަކޮށް ގުދުވެލާފަދަ ޮ ގޮތަކަށް އަހަރެންގެ މޫނަށުް ބަލާލީ ހައިރާންކަމާއި އެކުގައެވެ. “ލައްބަ.ގެއްލުނީ.އަޅުގަނޑު އިޝާއަށް ކިޔައިދިންއަިރު ނާދް އެވާހަކަތައް އަޑުއެހީ ސިއްރުން..އޭނަ އަޅުގަނޑަށް ބޭބެގެ ނަމްބަރުވެސް ހޯދައިދިނީ.ދެން ހަމަ އެދުވަހު ހަވީރު އަޅުގަނޑާއި ދިމާވި ބަނދަރުމަތިން. އޭގެފަހުން ބައްދަލެއްނުވޭ.” އަހަރެންބުނީމެވެ.
“އެކޮއެ،އެސޮރާ ވަރަށް ގަޔާވޭދޯ؟” ހާދީބެ ދެން ކޮށްލި ސުވާލުން އަހަރެންގެ މޫނުމަތިން ތަރިބުރައިގެންދިޔައެވެ. ލަދުންގޮސް އިންދިމާ ބިމަށް ވިރިގެންދާން ހިތަށްއެރިއެވެ. އަހަރެން ބުނާނީވެސް ކީކޭހެއްޔެވެ؟އެކިމީހުންގެ މޫނަށް ވަކިވަކިން އަހަރެންނަށް ބަލާލެވުނެވެ. މަންމައަށް އެއްޗެއް ވިސްނުނީ ކަންނޭންގެއެވެ.ކޮއްކޮގާތު ބަތްކާން ހިނގާށޭކިޔާ ކޮއްކޮ ގޮވައިގެން ހިނގައްޖެއެވެ.ދަމުން ކޮއްކޮދިޔައީ އަހަރެންނާއި ދިމާއަށް އެއްލޯވެސް މަރާލާފައެވެ.އޭރުވެސް މާމަ އަހަރެންގާތު އިނެވެ.ލިބުނު ހިތްހަމަޖެހުމާއިއެކު ވާހަކަ ދައްކަންފެށީމެވެ.މިކަމުގެ ބާވަތުން ދޮގެއްހެދޭކަށްނެތެވެ.އެހެންނޫނަސް ހާދީބެ އެވަރަށް އެވާހަކަތަށް އެ އަހަނީ ކޮންމެހެން އަހަރެންގެ ޕާރސަނަލް ކަންތައްތައް ތެރެއަށް ވަންނަން ނޫންކަންވެސް އެނގެއެވެ. އިސްޖަހާލަމުންވެސް ޖަވާބުދިނީ އެހެންވެއެވެ. “ލައްބަ..އަޅުގަނޑު މިނޫނީ ދުވަހަކުވެސް އެފަދަ ނަޒަރަކުން މީހަކާއި ދޭތެރޭގައި ނުދެކެން”. ސީދާ ގަޔާވެޔޭ ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. “އެހެންވީމަ އެބަޖެހޭ ފާލެއްބަލައިލަން.ތިޔަ ކަންތައްތައް ތިޔަވީ ރަނގަޅަކަށްނޫން”. ހާދީބެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ.. “އެހެންވީމަ މިރޭ ބާރަ ޖަހާއިރު އިތުރަށް ތިކަންތައް ބެލުމުގެ މަސައްކަތް ކުރާނަން.އެކޮއި ޖެހޭނެ ވަރަށް ކެރެން”. ހާދީބެ އެބުނި އެއްޗެއް މާބޮޑަށް ނުވިސްނުނު ނަމަވެސް އަހަރެން ބޯހަލުވާލީމެވެ. ނާދްއަށްޓަކައި ބުނިކަމެއް ކުރަން ތައްޔާރޭ ބުނެވުނީ ހިތުގެއަޑިންނެވެ.
ދަންވަރުގެ ބާރަޖަހަންހުރީ މަދު މިނެޓުކޮޅެކެވެ. ހާދީބެ ނިދާ ކޮޓަރިތެރޭގައި އަހަރެމެންތިބީ ބާރަ ޖަހާނެ އިރެއްގެ އިންތިޒާރުގައެވެ. ތައްޔާރުކުރަންޖެހޭ ހުރިހާކަމެއް އޭރު ހުރީ ތައްޔާރުކޮށް ނިމިފައެވެ.. ބާރަޖަހަން ފަސްމިނެޓަށްވުމުން ހާދީބެ އެ ކިޔަވާއެއްޗެއް ކިޔަވަންފެށިއެވެ. ކައިރީގައި އަލިފާންއަޅާ ރޯކޮށްފައިހުރި ދަޅުގަނޑެއް ހުއްޓެވެ. ކިޔަވަމުން އެއަށް ފުމެމުން ދެއެވެ. ކުއްލިއަކަށް އެ އަލިފާންގަނޑުން ދުންކޮޅެއް ވަކިވާހެން ހީވާންފެށިއެވެ.މަޑުމަޑުންގޮސް އެ ދުންކޮޅުން މީހެއްގެ ސިފަ ޖެހެންފެށިއެވެ.ބަރާބަރު ބާރަ ޖެހުމާއިއެކު ހާދީބެ ކިޔެވުން މަޑުކޮށްލިއެވެ. އޭރު އެސޫރަވަނީ ރީތި ސިފައަކަށް ބަދަލުވެފައެވެ. ދިގު ތުނބުޅިއެއް ލާފައި ހުދުހެދުމުގައި ހުރި މީހެކެވެ.އަދި ވަރަށް ޝާހީވައްތަރުވެސް ޖަހައެވެ. ހާދީބެ އެ މީހާއާއި ވާހަކަދައްކަން ފެށިއެވެ. “އައްސަލާމް އަލައިކުމް”. ހާދީބެ ބުންޏެވެ. “ވައަލައިކުމް ސަލާމް ސާހިބާ.. އަޅުގަނޑަށް ގޮވާލެއްވީ ކޮންކަމަކުތޯ؟” އެމީހާ ވާހަކަ ދައްކާއިރު އަނގަ ހެލުވޭތަނެއް ނުފެނެއެވެ. ނަމަވެސް މަޑުމައިތިރި ރީތި އަޑެކެވެ. “އަހަރެން ވަރަށް މުހިއްމު ކަމަކު މުހައްމަދާ މިބައްދަލު ކޮށްލަން މިޖެހުނީ”.. އަނެއްކާވެސް ހާދީބެ ބުންޏެވެ. “އާދެ.ވިދާޅުވޭ.ސާހިބާގެ ހިދުމަތުގައި އަޅުގަނޑު އެބަހުރިން”. އެމީހާ ޖަވާބުދިނެވެ. “މިރަށުން އަސްނާދް ކިޔާ ޒުވާނަކު ގެއްލިގެން މިއުޅެނީ.އޭނާއާއި ބެހޭގޮތުން އެއްވެސް މައުލޫމާާތެއް އެނގޭތަ؟” ހާދީބެ ސުވާލުކޮށްލިއެވެ. “ސާހިބާ.އަޅުގަނޑުމެންގެ ޖިންނީންގެ ރާނީ ކަމަނާގެ އަމުރަށް އިންސާނަކު ބަންދު ކޮށްގެން ވަރަށް ފަހުން ގެންދިޔަ.އެއީ ވަރަށް ރީތި ޒުވާނެއް”. އެވަގުތު އެމީހާގެ ސިފަ އެކިސިފަސިފައަށް ބަދަލުވާންފެށިއެވެ.އަދި ނާދްގެ ސޫރައަށް ބަދަލުވަމުން މަޑު ޖެހިލިއެވެ”. ސާހިބާ މިއީ އެދުވަހު ގެންދިޔަ މީހަކީ.އޭނާ ގެންދިޔައީ މިރަށު ފުޓުބޯޅަ ދަނޑުގެ އުތުރު ފަރާތްުން ޖަންގައްޔަށް.ކުއްޅަވަށްފަލަށް”.! އަހަރެންނަށް ދެލޯބޮޑުކޮށްގެން އިނދެވުނީ ބުނާނެ އެއްޗެއް ނޭންގިގެންނެވެ. ލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.ނާދް ހުރީ ކޮންހާލެއްގައިކަމެއްެްވެސް ނޭންގެއެވެ”. ިއޭނާ ދުނިޔޭގައި އެބަހުރިތަ؟” ހާދީބެ އަނެއްކާވެސް އަހާލިއެވެ. “އާދެ! އޭނާ އަދި އެބަހުރި.އެގޮތަށް ގެންދާމީހަކަސް އެހާފަސޭހައިން އެމީހުނަކަށް މަރައެއް ނުލެވޭނެ.ސަބަބަކީ އެކަންކުރުމަށް “ޒަމާނުއްސުރެ އެމީހުންގެ ތެރޭގައި ވަކި މޫސުމެއް އޮތުން.. އެއީ ހަނދުމަހެއްގެ ފަނަރަވިލޭރޭ ހުކުރު ވިލޭރެއަކާއި ދިމާވުން.އަދި އެދުވަސްވަރަކީ އެމީހުންގެ ގަނޑުވަރުކަމަށްބަލާ ކުއްޅަވަށްފަލުގައި ކުއްޅަވަށްއަޅާ މޫސުމަށްވެސް ވާންޖެހޭ.އަންނަމަހު އެގޮތަށް ދިމާވާނެ.” އެމީހާ ނާދްގެ ސިފައިގައި ހުރެގެން ވާހަކަ ދައްކަމުން ދިޔައެވެ.އަހަރެންގެ ނާދް ހަމަ އަސްލުގަވެސް ދުނިޔޭގައި އެބަހުރިހެއްޔެވެ؟ މިހާރު އަހަރެންގެ ލޮލުން އޮހެންފެށީ އުފާވެރިކަމުގެ ކަރުނައެވެ. “މިހާރު އެމީހާނޫން އިތުރު މީހަކު އެތަނުގައި ވޭތަ؟” ހާދީބެގެ އަނެއްސުވާލު އަމާޒުކޮށްލިއެވެ. “އާދެ..މެދު އުމުރުގެ ފިރެހެނަކު އެތާ ގައިދުގައި އެބަހުރި.އޭނާ މިހާދުވަހު ނުމަރާ އެހުރީ އެމީހުންގެ ވަކި މަގްސަދެއް ހާސިލްކުރަން. އެއީ އެމީހާގެ ވިހިއަހަރު ފުރިފައިހުރި އަންހެން ކުއްޖަކު ހުރިނަމަ އެކުއްޖާ އެމީހުންގެ ގުރުބާނަކަށް ހަދަން.އޭނާ ނުމެރީ އެއީ އެ އިންސާނާދެކެ ޖިންނީންގެ ތެރެއިން ލޯބިވި ޖިންނިއެއް ހުރީތީ.އެޖިންނި ބަޔަކު އަންދާލީ.އެކަމަކު އެމީހާ ނުމެރުމަށް އެޖިންނި މަރުވުމުގެ ކުރިން އާއިލާ ގާތު ބުނިކަމަށްވޭ. އަދި އެ ފިރެހެންމީހާއަށް އަންހެންދަރިއަކު ލިބިފައިވާނަމަ އެކުއްޖާއަށް ވިހި އަހަރުވުމުން އެކުއްޖާ މަރާލަން ބުނި.އެކުއްޖާއަށް ވިހި އަހަރުވުމަށްފަހު އެކުއްޖާއަށް އެމީހުންގެ އުނދަގޫތަކާއި ކުރިމަތިވާނެ.އަދި އެމީހުންގެ އަތްދަށުކުރާނެ”. އެމީހާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހަން އިންއިރު މަންމަވެސް މާމަވެސް ރުޔެވެ. އެވީ ކީއްކަމެއް އަހަރެންނަކަށް ނުވިސްނުނެވެ. “މުހައްމަދަށް ވަރަށްބޮޑަށް ޝުކުރުވެރިވަން.ތިއީ އަހަރެންގެ އެންމެ އަރިސް ޖިންނި. އެހެންވީމަ މިރޭ ވަކިވަނީ.ވަގުތު ހަމަވާތީ.މާދަމާރޭވެސް މިގަޑީގައި އަހަރެންނާއި ބައްދަލު ކުރާތި.އިތުރު މައުލޫމާތާއި އެކު.އެމީހުން ސަލާމަތް ކުރެވޭނެ ގޮތާއި އެތަނަށް ދެވޭނެގޮތްތައްވެސް އޮޅުންފިލުވާތި”. ހާދީބެ އެހެންބުނުމުން ވަކި ޖަވާބެއް އެކޮޅަކުން ނާދެއެވެ.އިރުކޮޅަކުން މަޑުމަޑުން ފަނޑުވަމުންގޮސް އެކީ ގެއްލިއްޖެއެވެ. ހާދީބެ އަލިފާން ރޯކޮށްފައިހުރި ދަޅަށް ކައިރީގައިހުރި ފެންފުޅިން ފެންޖަހާ އެ ނިއްވާލިއެވެ. އަދި މަންމަ އާއި މާމަގެ މޫނަށް ބަލާލީ ހިނިތުން ވުމަކާއި އެކުގައެވެ.” އަހަރެންގެ ހިތް އަބަދުވެސްބުނޭ އަލީ ދުނިޔޭގައި އެބަހުއްޓޭ.އެކިފަހަރު މަތިން ޖިންނި މެދުވެރި ކޮށްގެންވެސް އަލީ ދުނިޔޭގައިހުރިތޯ ބަލަން ވަރަށް މަސައްކަތްކުރިން އަހަރެން.އެކަމަކު މިއަދާއި ހަމައަށްވެސް އެކަން ނުވެއޮތީ ކީއްވެކަމެއް ނޭންގެ..އެކަމަކު އަހަރެންގެ ފޮތްތައް އިތުރަށް ބަލާއިލަނިކޮށް އެނގިދާނެ”.. ހާދީބެ މަންމަމެނާއި މުހާތަބުކޮށް ވާހަކަދައްކަމުން ދިޔައެވެ.އެންމެފަހުން ކެތްނުވެގެން ވާނުވާ އަހާލީމެވެ..” ކިހިނެއްތަ މިވަނީ؟ މަންމަ އާއި މާމަ ކީއްވެތަ ރޮނީތި؟” މަންމަގެ މޫނަށް ހައިރާންވެ އިނދެ ބަލަމުން އަހަރެންއެހީމެވެ. “ދަރިފުޅާ.އެ ޖިންނި އެދެއްކީ ދަރިފުޅުގެ ވާހަކަ.އަދި ދަރިފުޅުގެ ބައްޕަގެ ވާހަކަ. ބައްޕަ ދުނިޔޭގައި އެބަހުރި.” މަންމަ އަހަރެންގައިގައި އޮޅުލައިގަންނަމުން ވާހަކަދެއްކިއެވެ.
342 Comments
Comments are closed.
Miothy seventh part.hope u like it. Love u all readers..❤❤❤
V habeys mi story
Champa ur the first.up veythw balantha iny.hehe.Thankx champa
leem salhi ingey mi part vs… keep it up??? waiting 4 di nxt part…. best of luck?????????????????
Thank u somuch crocodile. Thy vaahaka kiyaa crocodile eh dhw.. thanks fir reading..
V v salhi mi baives… next part ah eba v inthizaaru kurevey… next part avas kollahchey…
Saajidh thy mi story baraabarah kiaa kujjeh dhw?? Thank u.
v reethi
Thanks same.v ufaavey same mi story kiaathy.
V reethi vaahaka eh… but mi site ge ehen vaahaka thaka alha balaairu mi vaahakaihe bai thah maa kuruhen heevey… ekamakuves vaahaka hama v best… love it?
Yanaa thibunihen mi story genesdheveyleh thankolheh kuruvaane.ey leem ah time nuvaathy..try kuran dhigukoh genesdheynves.bt awahah up kuranvegen dhigukuranves madunukurany.thikudhinbahtakaa hama.?
Story vvvv nice
Shaa ves mi story kiandhw.engey comment kurany gavaidhun kiaa kudhinkan.v ufaavey.thanks shaa?
wow! v v nice story
Nifuu ahves bodukoh thanks mi partves kiaalyma.?
Story haadha ryhche. kurin hykury reehchehnuvaane kamah ekam partakahfahu parteh kyma varah rythi. avahah up kuraanan dhw?
Natha birungos fihkandaigen dhiyas mivaahaka kiandhw??hehe.keep reading ingey.vaahaka reethi kan engeyny vaahaka keema dhw.namakun adhi vaahaka reecheh nukureveyne.anyways thankx again.
Awwn v salhi.. New type of biruveri story.. Love it..?
Thankx zara❤?
Varah varah varah reethi mi story,,, waiting for next part,,,, avahah up kohlahchey,,, 🙂
Thankx princess.i will try ingey.nt sure..☺
v reethi mi stwrri ….
Thanks ainy?
Varah nice story eh. Keep going.
Thank u marry.keep reading ingey..☺?
Nice story ☺..all the best ?
Thanks aathi ??
Varah reethi story eh.. I love this story.. Please avahah up kohdhehchey
Thanks shaba.i will try??
V reethi… habeys
Thanks Gaitte??
Mivaahaka haadha reehcheyy…..even though i dont comment..minais gen hunnathaa v huvas vehjje..luv ur story?????
Thanks ??.vaahaka ah inthixaaru kuraathy v ufaavey.vaahaka nimendhen kiache.v ufaavejje comment kohleemaves.love u❤❤
Aharenge ge vaahaka thigothah internet ga jehyma fanditha hadhaa kamuge thuhumathuga aharen hayyaru kohfaane ?
Nooney haadhybe..eheneh nuvaanennu dhen.meehaku noolheye massala jassaakah. Hehe.. ??
V v v reeethi mi bai ves.. next part avahah up kohdhee plz
Thanks jeejee.thikudhin kiyaahithun thibiyya leem vaahaka up kuran mihury..hehe.
miadhu adhi miwahaka kiyan mifeshy. it is awsome leem <3 kep it up And upload soon <3
Hurihaakudhinves mivaahaka kiaalabala.eyrundhw rythikanves engeyny.neen ves keema engijje dhw rythikan.bt leem beynun vaahaka ah faadukiaa kudhinge comments ves.eyru rangalhu kuranvee kanthahthahves engeyny. So thanks alot neen…
Very nice story meega 8 avah up kohla dhechey … Good luck
nimuneetha kuhlhavahffa
Not nice at all ..