Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)

Mysterious Angel Level 110 Stories100 Comments
June 18, 2016 6 Mins Read
27 Comments

“إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ”އޭނަ ދެލޯމަރާލަމުން ކިޔާލިއެވެ. މިއުވާން އަހަރެން ގޮވައިގެން ދިޔައީ އޭނަ އުޅެމުންދިޔަ ކޮޓަރިއަށެވެ.

“އަހަންނަކަށް ޤަބޫލެއް ނުކުރެވޭ އޭނަ މަރުވީ.. ކީއްވެ އެހެން ވާންވީ؟ އޭނަ އިއްޔެވެސް އަހަންނާ ވާހަކަ ދެއްކި.. ވަރަށް އުފަލުން ހުރީ..” ޝާޔަންއާއިއެކީ ހޭދަކުރެވިފައިވާ އެންމެ ފަހު ވަގުތުތައް ހަނދާންނަށް އައެވެ. އޭނަގެ މޫނުމަތީގައިވީ ކޮންފަދަ ރީތި ހިނިތުންވުމެއް ހެއްޔެވެ؟ އެއްވެސް މީހަކު އެހާ ރީތި ކުއްޖެއްގެ ފުރާނައިގެ ދުޝްމިނަކަށްވާނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އެ ހިނިތުންވުން ފެންނަ މީހަކުވެސް ދީވާނާވެދާނެއެވެ.

“ޔޫ ނޯ ވަޓް.. ޔޫ ލަވް ހާރ..” މިއުވާން އަހަރެންގެ ކޮޑުގައި ހިފާލަމުން އަހަރެން ގާތު އިށީނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގި އޭނަގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. ޝާޔަންދެކެ ލޯބިވެވެންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ކައިވެނި ކުރަން އުޅުނީ ޝާޔަލްއަށްވެފައި ޝާޔަން އެދެމެދަށް އައީ ކިހިނެއް ހެއްޔެވެ؟ އެއީ މީހެއްގެ އަނތްބެއްކަން އެނގިހުރެ އަހަރެން ލޯބިވާނެ ހެއްޔެވެ؟

“ޝިމާލް ޤަބޫލުކުރިޔަސް ނުކުރިޔަސް ހަޤީޤަތަކީ މީ.. މީ އިއްޔެ މިއަދަކު ވީ ކަމެއް ނޫން.. ހަނިމާދޫއިން އޭނައާއި ބައްދަލުވީއްސުރެ ޝިމާލްގެ ހިތް އޭނައަށް އެދޭ.. ބުނެބަލަ އޭނައާއި ބައްދަލުވީ ފަހުން ޝިމާލްގެ ދިރިއުޅުމަށް ބަދަލުތަކެއް ނާދޭތަ؟ އެހެން އަންހެންކުއްޖަކާއި ދޭތެރޭ ދުވަހަކުވެސް ތިވަރަށް ވިސްނުންތަ؟ އަމިއްލަ ނަފުސަށް އޮޅުވާލައިގެން ހުއްޓަސް ތިދެލޮލުން ޝާޔަންއަށްޓަކާ ލޯބި ފެނޭ..” އެއީ ހަމަ ތެދެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ޝާޔަންއަށްޓަކައިވަނީ ހަމްދަރުދީއެއްނޫންހެއްޔެވެ؟ އެއީ ލޯތްބަށްވީ ކީއްވެ ހެއްޔެވެ؟

“ދަނީ..” ތެދުވިއިރު ހިނގެނީ ކަތި ކައްޗަށެވެ. މިއުވާން ނުހިފެހެއްޓިނަމަ ވެއްޓޭނެކަން ޔަޤީނެވެ.

“ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން..” އޭނަ ތެދުވަން އެހީވިއެވެ. ޓެކްސީއެއްގައި ގެއާއި ހަމައަށް ތެދުވުއިރު ކުޑަކޮށް ހުންވައްތަރުވެފައި ހުރިހެން ހީވިއެވެ.

“ޝިމާލް..” އެތެރެއަށް ވަންނަނިކޮށް ދޮންބެ އަހަރެންގެ ގައިގާ ހިފެހެއްޓިއެވެ. ދޮންބެ އަތުގައި ހިފައިގެން އަހަރެން އެތެރެއަށްވަނީމެވެ.

“ތިއްތިއަށް ކިހިނެއްވީ؟” ޝިއުޒްއާއި ކިއާރާ ދުވެފައި އައެވެ.

“ވާރޭ ތެމުނީމަ..” އަހަރެން ބުނެލީމެއެވެ. ކުޑައިރުއްސުރެ ވާރޭ ތެމުމުން ވަރަށް ފަސޭހައިން ހުންއައިސް ރޯގާޖެހެއެވެ. އަހަރެން ފާޚާނާއަށް ވަނުމުން ދޮންބެ ނިކުތެވެ.

އެއްޗެހި ބަދަލުކޮށްލައިގެން ލޯގަނޑު ކުރިމައްޗަށް އަހަރެން ހުއްޓިލީމެވެ. ދެލޮލަށް ފަރުވާތެރިކަމާއެކީ ބަލާލީމެވެ. ތަފާތެއް ފާހަގައެއް ނުކުރެވުނެވެ. މިއުވާން އެހެންބުނީ ކީއްވެ ހެއްޔެވެ؟ ލޯބިވެވުމުން ލޮލުން އެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ މިއުވާން ބުނާ ގޮތުންވިއްޔާ އަހަރެންނަށް މިހިރީ ލޯބިވެވިފައެވެ. އެހެންކަމަށްވާނަމަ ހަޔާތުގައި މިހާތަނަށް އަހަރެންނަށް ލޯބިވެވުނީ އަލަށެވެ.

“ވާއޮ.. ފައިނަލީ އައި ފޯލް ފޯރ ސަމްވަން..އައި އެމް އިން ލަވް..” ލިބުނު އުފަލެއްގެ ބޮޑުކަމުން އަހަރެންނަށް ހެވުނެވެ. އެކަމަކު.. މިކަން ދެކެން ހުރީ ކާކު ހެއްޔެވެ؟ ހިއްސާކުރަން ހުރި ފަރާތް މާދުރަށްގޮސް އޮބާލައިފިއެވެ. ކިތަންމެ ހިތްއެދުނަސް ބޭނުންވިޔަސް ޝާޔަންއެއް ދެން އަލުން ނާންނާނެއެވެ. އެ ލޯބި ލޯބި ހިނިތުންވުމެއް ދެން އަލަކުން ނުފެންނާނެއެވެ. އެ އޯގާވެރި ބަސްތަކެއް އެ ނިޔަނެތި އަޑެއް ދެން ނީވޭނެއެވެ. މީ ފެނުނު ހުވަފެނަކަށްވީ ނަމައެވެ. ލޯމަރާލާ ލޯހުޅުވާލާއިރު މަންޒަރު ބަދަލުވާނެނަމައެވެ.

ނޫނެކެވެ. ޝާޔަންއަށް އެއްވެސް ކަމެއް ނުވާނެއެވެ. މީ ހުވަފެނެކެވެ. ލޯމަރާލުމަށްފަހު ލޯހުޅުވާލާއިރަށް މަންޒަރު ބަދަލުވާނެއެވެ. ދެލޯމަރާބާރުކޮށްލުމަށްފަހު ލަސްލަހުން ލޯ ހުޅުވާލީމެވެ. މަންޒަރު ބަދަލެއްނުވިއެވެ. އަހަރެންހުރީ ކޮޓަރިތެރޭ ލޯގަނޑުކުރިމަތީގައެވެ. ކުރިންވެސް ހުރި ގޮތަށެވެ.

“ޝާޔަން ޕްލީޒް ކަމް ބެކް.. ބުނަން ބޭނުން ބައިވަރު ވާހަކަ އެބަހުރި.. އެހެން އެއްވެސް މީހެއްގެ ކައިރީގަ އަހަންނަކަށް އެވާހަކަތަކެއް ނުދެއްކޭނެ.. އާހް..” ޑްރެސިން ޑޭބަލްމަތީ ހުރި ހުރިހާ އެއްޗެއް ޓައިލްސްތައް މައްޗަށް އަތުންޖަހާ ބުރުއްސާލީމެވެ. އެކި އެއްޗެހި އެތައް މިތަނުގައި ހުއްޓެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ޓައިލްސްތައް މަތީ އިށީނީމެވެ.

“އައި ލަވް ޔޫ ޝާޔަން. އައި ލަވް ޔޫ ސޯ މަޗް..” ހިތާހިތުން އެތައް ފަހަރަކު ބުނެވުނެވެ. ޝާޔަންއާއި ބައްދަލުވި ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ހަނދާނެއް އާލާވިއެވެ. މިއުވާން ފުރަތަމް ފަހަރަށް އެވާހަކަ ދެއްކުމުން އަހަރެން ހިތްހަމަ ނުޖެހިގެން އުޅުނުގޮތާއި އެރޭ ޝާޔަންގެ މޫނު އަބަދުވެސް ލޯމަތީގައިވި ގޮތެވެ. މާލެ އަންނަން ފްލައިޓްގައިވެސް ލޯމަރާލުމުން އެމޫނު ފެނުނު ހަނދާނެވެ. އަބަދުވެސް އެ ރީތި މޫނުގައިވާ ހިނިތުންވުމެވެ. އޭނަގެ ހިތްހެޔޮކަމެވެ. ޝާޔަން އާއި ޝާޔަލްއަކީ ދެބެންނަށް ވިޔަސް މިޒާޖު ހާދަ ތަފާތެވެ. ޝާޔަންއަކީ މަޑުމައިތިރި، ބަސްމަދު، ކިޔަމަންތެރި ލަދުރަކި ކުއްޖެކެވެ. ނަމަވެސް ޝާޔަލްއަކީ އަގަގަދަ ޖެހިލުންވުން ކުޑަ ކުއްޖެކެވެ. ޝާޔަން ހާދަ ކެތްތެރިއެވެ. އެހާއަނިޔާ ލިބިފައިވީއިރުވެސް އެންމެ އާޙެއްވެސް ބޭރެއްނުކޮށްލައެވެ. ޝަކުވާއެއް ނުކުރެއެވެ. އެޙާލުގައި އޮވެވެސް އޭނަ ވިސްނީ އެހެންމީހުންގެ ސަލާމަތަށެވެ. ކޮންމެ މީހަކަށްވެސް އޭނަދެކެ ލޯބިވެވިދާނެއެވެ. އަހަރެންފަދަ ކިތަން މީހުން އޭނަދެކެ ލޯބިވާނެ ހެއްޔެވެ؟

“ތިއްތީ ދޮރު ހުޅުވަބަލަ..” ޝިއުޒް ގޮވާއަޑުއިވެމުން ދިޔަނަމަވެސް އިށީނދެއިންތަނުން ގުޑާލަންވެސް ނޭނގިފައި އިނދެވުނެވެ. ސިކުނޑީގައި އެތައް ޙިޔާލުތަކެއް އެނބުރެމުންދިޔައެވެ. ހޭވެރިކަންވީ ޝިއުޒް އަހަރެންގައިގާ ހިފާ ތަޅުވައިގަތުމުންނެވެ. އަހަރެން ދޮރު ނުހުޅުވުމުން ޑަބަލް ކީއިން ދޮރު ހުޅުވި ވާހަކަ ބުނެލިއެވެ. އަހަރެން އަމިއްލަ ނަފުސަށް ގެއްލުމެއްދީފާނެތީ އޭނަ ބިރުގަންނަނީއެވެ.

“ނުބުންޏަސް އިނގޭ ތިއްތި އޭނަދެކެ ވަރަށް ލޯބިވާކަން.. އެކަމަކު މީ ހިތްވަރުކުރަންވީ ވަގުތު.. ޝާޔަލްއަށާއި އެއާއިލާއަށް ތިއްތި ވަރަށް މުޙިއްމު.. ވޭތުވެދިޔަ ތަނުގަ އެމީހުން އަހަރުމެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ އޮތަސް ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުން ނަމަވެސް ތިއްތިވާނެ އެއާއިލާއަށް ހިތްވަރުދޭން… އެމީހުންނަށް އެހީތެރިކަން ބޭނުންވޭ ޝާޔަލްއަށް ތިއްތިގެ އެހީތެރިކަން ވަރަށް ބޭނުންވާނެ..” ޝިއުޒްވެސް އެބުނި އެހެންނެވެ. އަހަރެންގެ އަމިއްލަ ނަފުސަށް ފާހަގަ ނުކުރެވޭއިރު އެހެންމީހުންނަށް އެކަން އެނގެނީ ކީއްވެ ހެއްޔެވެ؟ ހަމަޤައިމުވެސް އަހަރެންގެ ދުލުން އެކަމަށް ބާރުލިބޭ އެއްޗެއް ނުބުނަމެވެ.

ޝިއުޒް އެދެއްކީ ރަނގަޅު ވާހަކައެކެވެ. ޝާޔަންގެ ކާފަ އަހަރެންނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔާފައިވީނަމަވެސް ޝާޔަންވަނީ އަހަރެންނަށް ހެޔޮ މަގު ދައްކާދީފައެވެ. އޭނަގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ދިރިއުޅުމުގައި ޙަޤީޤީ އުފާވެރިކަން އިޙްސާސްކުރެވުނެވެ. އަހަރެން ތެދުވެގެން ހިގައިގަތުމުން ޝިއުޒް ކިއާރާއަށް ގޮވިއަޑުއިވުނެވެ. ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނިކުތްއިރު ކިއާރާއާއި ޝިއުޒްވެގެން ޓައިލްސްތައް މަތީގައިވާ ސާމާނުތައް ސާފުކުރުމުގައި އުޅެއެވެ.

“އިޒް ތި އެއްޗެހި ބަހައްޓާ.. ތިއްތި ސާފުކޮށްފާނަން..” އެމީހުން ލައްވާ އަހަރެންގެ އަމިއްލަ މަސައްކަތް ކުރަން ލަދުގަނެވެ.

“މިއީ އެހާވަރުކަމެއްނޫނޭ.. މި ނިމުނީ..” ކިއާރާ ތެދުވެ ހިންދެމިލިއެވެ.

“އިޒް ހިނގާބަލަ..” އަހަރެން އެކަނި ގޮސްގެން އެމީހުންނާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟

“ނޫން.. ތިއްތި އެކަނި ދާންވާނީ.. އެމީހުންނަށް ވިސްނޭނެހެން މަޑުމައިތިރިކޮށް ވާހަކަ ދައްކަންޗޭ..” ބޯޖަހާލަމުން އަހަރެން ހިގައިގަތީމެވެ. އެގެއަށްދިޔަ މަގުމަތީގައި ދައްކާނެ ވާހަކަ ހިތުތެރޭގައި ރާވާލީމެވެ. އެމީހުން އަނެއްކާ އަހަރެން އެގެއަށް ވަންނަން ހުއްދަ ދޭނެބާއެވެ؟ އިސްމާޢިލް ޤާޒީއަކީ ވަރަށް ފާޑެއްގެ މީހެކެވެ. ސައިކަލު ޕާރކްކުރުމަށްފަހު އަހަރެން އެތެރެއަށްވަނީމެވެ. ލިފްޓްތެރޭގައި ހުރިއިރުވެސް ވިސްނެމުންދިޔައީ އެމީހުން ކިޔާނެ އެއްޗަކާދޭތެރޭގައެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވީ ކުޑަ ފިރެހެންކުއްޖެކެވެ. އެތެރޭގައި އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުރިހާ އެންމެންތައް ކޮބާ ހެއްޔެވެ؟ އިތުރު މީހަކު ނެތި ޝާޔަލްގެ ކޮޓަރިއަށް ވަނުމަކީ ރަނގަޅުކަމަކަށްވާނެ ހެއްޔެވެ؟

“ޝާޔަލް..” އަހަރެން ބުނެލީމެވެ. އެކުއްޖާ އިޝާރާތްކުރީ ކޮޓަރިއާއިދިމާލަށެވެ. އަހަރެން މަޑު މަޑުން ހިގައިގަތީމެވެ. އެތެރޭގައި އުޅެނީ ކޮންބައެއްކަމެއް ނޭނގެއެވެ. ދޮރުމައްޗަށް ހުއްޓި ދޮރުގައި ޓަކި ދިނީމެވެ. ދޮރުހުޅުވާފައި ހުރުމުން އަހަރެން އެތެރެއަށްވަނީމެވެ. ޝާޔަލްއިނީ ދޫލަމަތީގައި އިށީނދެގެންނެވެ. އޭނަގެ ފަން އިސްތަށިގަނޑުވަނީ މޫނުމައްޗަށް އެޅިފައެވެ.

“ޝާޔަލް..” އޭނާ ގާތު އިށީންނަމުން ގޮވާލީމެވެ. ޖަވާބެއް ނައުމުން އޭނަގެ ކޮޑުގައި އަތްޖައްސާލީމެވެ. އެވަގުތު އޭނަ އެނބުރިލިއެވެ. ކުއްލިއަކަށް ޝާޔަން އެނބުރި އައީހެން ހީވިއެވެ. ހަމަ އެމޫނެވެ. އެދެލޮލާއި އެ ހިތްގައިމު ތުންފަތެވެ. ހިތަށް ވިސްނައިދިނީ އެއީ ޝާޔަން ނޫންކަމާއި ޝާޔަލްކަމެވެ. އެރީތި މޫނުވަނީ ދުޅަވެފައެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޯ ދުޅަވެ މޫނުވެސް ވަނީ ރަތްވެފައެވެ.

“އަހަންނަށް އިނގޭ މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަންވެސް.. އެކަމަކު އަހަރެންނަށް ޝާޔަލްއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށްނޫން.. ކިއުނު ހުރިހާ އެއްޗަކަށް ކުރެވުނު ހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން.. އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ނުވާނެ..” އޭނަގެ ހިތުގައި އަހަރެންގެ ބަސްތަކުން ލިބިފައިވަނީ ކިހާ ވޭނެއްކަމެއްވެސް ނޭނގެއެވެ. އޭނަ ހިތްދަތި ގޮތަކަށް ހިނިތުންވެލިއެވެ. އެތައް ހާސް ކަރުނައަށްވުރެ އެހިނިތުންވުން ހިތްދަތިއެވެ.

” އެކަނި ކިރިޔާ އުޅެވޭވަރުވީއިރަށް އަހަރެން ލަންކާއަށް ގެންގޮއްސި.. މަންމަމެންނާ އާއިލާގެ އެހެންމީހުންނާ ދުރުގަ ހުރެ އަހަރެން ބޮޑުވީ.. ލަންކާގަ އާއިލާގެ މީހުން ތިއްބަސް އަހަރެން ބެހެއްޓީ އެމީހުންނާ ދުރުގަ.. އަހަންނަކަށް ނޭނގެ އެމީހުން އެގޮތަށް ކަންތައްކުރީ ކީއްވެ ކަމެއްވެސް.. ވަރަށް ދެރަވެގެން ރޯންވެސް ރޮވޭ އެކަމަކު އެކަކުވެސް އެއަޑެއްނޭހި.. ޗުއްޓީގަ މާލެ ނޫނީ ރަށަށް ދިޔަޔަސް އާއިލާގެ އެހެން ކުދިން އަހަރެންނާ މާބޮޑު ގުޅުމެއް ނުބާއްވަ.. އެހެންވެ ކިޔެވުން ނިމެންދެން އަހަރެން އެއްކޮށް ލަންކާގަ މަޑުކުރީ.. އެކަމަކު ދޮންތަ ބޮޑުވީ މަންމައާއި ބައްޕަ އާއިލާގެ އެންމެންގެ ލޯބިލިބިގެން.. ދެރަވެސްވޭ އެންމެން ދޮންތަޔާއިހެދި އުޅޭވަރު ފެނިފަ.. އަހަރެން އެހާ ދުވަސްވަންދެން އެމީހުންނާ ދުރުގަ ހުރިއިރުވެސް އެންމެ ފަހަރަކުވެސް އާއިލާގެ މީހަކު ކީއްކުރަން މަންމައެއް ބައްޕައެއް ނާދެ އަހަރެން އުޅޭ ޙާލު ބަލާލަން.. ދޮންތަ ކޮންމެ ދުވަހަކު ގުޅިޔަސް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް މަންމަ ގުޅާނެ.. އެހެންވީމަ އަހަރެންނަށް ދަސްވެފަހުރީ އެމީހުންނާނުލާ އުޅެން.. އަހަރެން ޝަކުވާއެއް ނުކުރަން ދޮންތައަށް ނަފްރަތެއްވެސް ނުކުރަން.. މިއަދުވެސް ހިތަކު ނަފްރަތުގެ ޒައްރެއްގެ މިންވަރެއްވެސް ނުވޭ… ހިތަށްއަރާ ދޮންތަގެ ބަދަލުގަ އަހަރެން ގެންދެވިނަމައޭ.. އޭރުން އެއްވެސް މީހަކު ދެރައެއްނުވާނެ..” އޭނަގެ ވާހަކަ ހުއްޓާލީ އަޑުބެދިގެންނެވެ. އޭނަ ގެނެސް މޭގާލައްކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ސުބްޙާނަﷲ.. މިއަންހެންކުއްޖާ ޙާދަ ކެތްތެރިއެވެ. އޭނަގެ ދިރިއުޅުމުގައި ހާދަ ގިނަ ކަންތައްތަކެއް އެކަނިމާ އެކަނި ތަޙައްމަލުކޮށްފިއެވެ.

“ކިޔެވުން ނިމުނީމަވެސް އަހަރެން ނިންމައިގެންހުރީ އެކޮޅުގަ ދިރިއުޅެން.. އަމިއްލަ މައިންބަފައިންނާ އާއިލާ މާލޭގަޔާއި ރަށުގަ ތިއްބަސް ހިތަށް ފަސޭހަ ލަންކާގަ އެކަނި އުޅެން.. ދޮންތަ ވަރަށް އާދޭސްކޮށްގެން ވެޑިންގއަށް އައީ.. ދޮންތަ ކައިވެނީގެ ހުރިހާ ކަމެއް ނިމުމުން ވީހާވެސް އަވަހަށް ލަންކާއަށް ދާން އަހަރެން ހުރީ.. އެކަމަކު އެރޭ ޝާލްއާއި ޝިމާލްއާ ބައްދަލުވީމަ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ.. ވޭތުވެދިޔަ ނަވާރައަހަރުގައިވެސް އަހަރެންގެ ހިތް އެހެން މީހަކަށް ނޭދޭވަރަށް ޝިމާލްއަށް އެދުނު.. އަހަރެން ދޮންތައަށް އެވާހަކަތައް ކިޔައިދިނީ ޝިމާލްގެއްލިދާނެތީ.. ތުއްތު ތުއްތު އިރުއްސުރެ ދޮންތަ އެއްޗެއް ބޭނުންވެގެން އުޅެންޏާ މަންމަމެން އަހަރެން ކިތަންމެ ބޭނުންވިޔަސް ރޮއްވާލާފަވެސް އެއެއްޗެއް އޭނައަށް ހޯދައިދޭތީވެ އަހަރެން ބިރުގަތީ ޝިމާލްވެސް.. ޙަޔާތުގަވެސް ދޮންތަދެކެ ރުޅިއައިސްގެން އޭނައާއި ދިމާލަށް އެއްޗެއް ބުނެވުނީވެސް ޝިމާލްއަށްޓަކާ އެންމެން ކުރިމަތީ…” ހިތްވަރުކޮށްލާފައި އަނެއްކާވެސް އޭނަ ވާހަކަ ދެއްކިއެވެ.

“އައި އެމް ސޯ ސޮރީ..” ޝާޔަލްމޭގައި ޖައްސާބާރުކޮށްލައިގެން އިނދެ އަހަރެން ބުނީމެވެ. ހިތްވަރުދޭން ބޭނުންވިޔަސް ބުނާނެ އެއްޗެއް އަހަރެންގެ ދުލަކަށްނައެވެ. މައިންބަފައިންނާއި އާއިލާގެ މީހުން ތިބެ އެމީހުންގެ ލޯބިން މަޙްރޫމުވެފައިވުމަކީ ހާދަ ހިތްދަތިވާނެކަމެވެ. މިހާ ބަދުނަސީބު އަންހެންކުއްޖަކު ވާނެ ކަމެއް ނޭނގެއެވެ.

“މިދުނިޔޭގަ އަހަރެންދެކެ ކިރިޔާވެސް ލޯތްބެއްވާނެ ރަނގަޅުގޮތް ދައްކާދޭނެ މީހަކަށް ހުރީ ދޮންތަ.. ދޮންތަވެސް… ޝިމާލްދެކެ ލޯބިވެވުމުން އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވި.. ހީކުރިން އެހެން މީހެއްގެ ފަރާތުން ދުވަހަކު ލޯތްބެއް ނުލިބުނަސް ޝިމާލްގެ ލޯބި ލިބުނީމަ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތި އުފާވެރި ދިރިއުޅުމެއް ލިބޭނޭ.. އެކަމަކު އަހަންނަށް އިނގޭ އަހަރެންނަށްޓަކާ ތިހިތުގަ ކުޑަވެސް ޖާގައެއް ނުވާކަށް..” އޭނަ ހިފަހައްޓައިގެންހުރި ކަރުނަތައް ސައިލެއްހެން ފައިބައިގަތެވެ. އަހަރެންގެ ހިތް އެމައުސޫމު ކުއްޖާއަށްޓަކައި ފުރުނެވެ. އަހަރެންނަށްވެސް އެކުއްޖާއާއި ދޭތެރޭ ކަންތައްކުރެވުނީ ކިހާ ގޯސްކޮށްހެއްޔެވެ؟ އަހަރެންގެ ގައިގާ ބައްދާލައިގެން އިނދެ އޭނަ ރޮމުންދިޔައީ ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނާފަދަ ގޮތަށެވެ. އޭނަގެ ވޭނީ ރުއިމުން އަހަރެންގެ ހިތަށް ތަދުކުރަމުންދިޔައެވެ. އޭނަ އަހަރެންދެކެ އިންތިހާޔަށް ލޯބިވާއިރު އަހަރެންގެ ހިތް ޝާޔަންއަށް އެދެމުންދާކަން އެނގިއްޖިއްޔާ އޭނަ ވޭނުން މަރުވެސްވެދާނެއެވެ. މާތްކަލާކޯއެވެ. މިއީ ކޮންފަދަ އިމްތިޙާނެއްހެއްޔެވެ؟

“ޝާޔަލް ޕްލީޒް ހުއްޓާލަބަލަ..” ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހުއްޓުވޭތޯ މަސައްކަތްކުރިނަމަވެސް އިޙްތިޔާރަކާނުލާ އޮހިގަތެވެ.

“މައިންބަފައިން ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އަހަރެމެން ޖެހޭނެ އެމީހުންނާ ދޭތެރޭ ވީހާވެސް ރަނގަޅަށް ކަންތައްކުރަން.. ވިސްނާލަބަލަ.. އަހަރުމެންނަށް އާ ރައްޓެހިންނާ ދެވަނަ ފިރިއެއްނޫނީ އަނތްބެއްވެސް ލިބިދާނެ އެކަމަކު އަލަކުން މައިންބަފައިންނެއް ނުލިބޭނެ.. ކޮންމެގޮތަކަށް ކަންތައްކުރިޔަސް ނުވަމަހާއި ނުވަދުވަސްވަންދެން ބުރަ އުފުލީ މަންމަ ނޫން އެހެން އަންހެނަކަށް ނުވާނެ.. އެއީ ބަދަލުކުރެވޭނެ ކަންކަމެއްނޫން… މުޅި އުމުރުގަ މަސައްކަތްކުރިޔަސް މައިންބަފައިން ކޮށްދިން ކަންތައްތަކުގެ ބަދަލެއް ނުދެވޭނެ..” އަހަރެން ބެލީ އޭނައަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް މިވަގުތު އޭނަގެ ސިކުނޑި އިތުރު އެހެން ކަމަކާއިމެދު ވިސްނޭވަރަށްވުރެ އޭނައަށް ލިބިފައިވާ ވޭން ބޮޑެވެ. އެކަނިވެލުމުން ފަހަރެއްގައި އޭނަ ވިސްނަން ފުރުސަތު ލިބިދާނެއެވެ. އަހަރެން ތެދުވުމުން އޭނަ އަތުގައި ހިފާލަމުން ނުދާށޭ ބުނާފަދައިން ދެފަރާތަށް ބޯހޫރާލިއެވެ.

“ފަހުން އަންނާނަން..” އޭނައަތް ނައްޓުވާލުމަށްފަހު އަހަރެން ކޮޓަރިން ނިކުންނަށް އެނބުރިލީމެވެ. އެވަގުތު ދޮރުމަތީގައި ހުރީ އޭނަގެ ބައްޕައެވެ. ދޮރުގައި ހިފަހައްޓާލައިގެން ހުރިއިރު އޭނަގެ ދެލޯފުރިފައިވަނީ ކަރުނުންނެވެ. މޫނުމަތިމިލާ މޫނުމަތިން ފެންދެމިވާހެން ހީވެއެވެ. ހިތްވަރުކުރާށޭ ބުނެލަމުން އަހަރެން ނިކުމެގެން ލިފްޓަށްއެރީމެވެ.

ޝާޔަލްގެ ބަސްތައް އަބަދާއި އަބަދު ކަންފަތުގައި ގުގުމަމުންދިޔައެވެ. އޭނަގެ ހިތާމައިގެ ތަސްވީރެއްފަދަ މޫނު ލޯމަރާލާއިރަށް ސިފަވަމުންދިޔައެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ؟ ނޫނީ އަހަރެންގެ ސިންޕަތީ ހޯދަން އޭނަ މޮޅު ސްޓޯރީއެއް ޖެއްސީބާއެވެ؟ އޭނަގެ މޫނުމަތިންނާއި އެދެލޮލުން އޭނަދެއްކި ވާހަކަތަކަކީ ތެދެއްކަމަށް ހެކިދެއެވެ. ނަމަވެސް ސިކުނޑި އެކަމާ އެއްބަސްނުވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރުގައި ހުރިން.. 10

Next

މަންޝާ (ސައުވީސްވަނަ ބައި)

Next
June 18, 2016

މަންޝާ (ސައުވީސްވަނަ ބައި)

Previews
June 18, 2016

އިންތިޒާރުގައި ހުރިން.. 10

27 Comments!

  1. aff says:
    June 18, 2016 at 10:24 pm

    alhey .. mi bai kiyaaleema heewany shaayal hen shaayan maraaly… garl next prt awahah upkoladhehcheii..ASAP .. reethi ..keep going ☺

  2. aff says:
    June 18, 2016 at 10:24 pm

    magey first dhw.. Yayy

    1. Mysterious Angel says:
      June 18, 2016 at 10:28 pm

      I will try my best.. In Shaa Allah.. Thankss aff

  3. Ivy says:
    June 18, 2016 at 10:29 pm

    Nice

    1. Mysterious Angel says:
      June 18, 2016 at 10:30 pm

      Thankss Ivy

  4. Ba says:
    June 18, 2016 at 10:42 pm

    Nice 🙂 thanks for such a lovely story angel 🙂

    1. Mysterious Angel says:
      June 18, 2016 at 11:03 pm

      Thnks Ba 🙂

  5. Ba says:
    June 18, 2016 at 10:43 pm

    Always waiting for this story 🙂

  6. 9694153 says:
    June 18, 2016 at 10:45 pm

    ޖާބްމަ

  7. M@dhy says:
    June 18, 2016 at 10:49 pm

    V v v salhi story kuriyah dhaa goiyh. Good luck. ?

    1. Mysterious Angel says:
      June 18, 2016 at 11:04 pm

      Thankss M@dhy 🙂

  8. same says:
    June 18, 2016 at 10:54 pm

    wow. v reethi

    1. Mysterious Angel says:
      June 18, 2016 at 11:05 pm

      Thnkss Same 🙂

  9. Shaal says:
    June 19, 2016 at 12:26 am

    Vvvvvvv salhi mi baives

    1. Mysterious Angel says:
      June 19, 2016 at 10:15 am

      Thankss Shaal

  10. Aakko says:
    June 19, 2016 at 1:16 am

    Mi vaahaka feshunyhssure kiyamun migendhany. Rovey. Varah rovey. Eii shaayal e ulhemun dhany aharen ves mi ulhey kahala dhiri ulhun. Hama e hithaama. Aharen heekury aharen mii kamah ehaa hithaamaiga miulheny. Allah ge hazrathuga dua dhannavan aharen mi ulhey haalu ehen meehakah nujassavaa tho.

    1. Ninni says:
      June 19, 2016 at 8:42 am

      Aakko..
      Dnt worry.. Allah ehvx alhakah nu ufuhlevey varuge hithaamayeh nujahsavaane.. Insha Allah everything will b fine.. 🙂

    2. Mysterious Angel says:
      June 19, 2016 at 10:13 am

      Subhanallah.. Have patience.. Indeed, Allah is with patience.. In Shaa Allah huriha kame vx ragalhu vaane.. Allah does not burden a soul beyond that it can bear.. Angel ge heyo dua tha Aakko a eku vaane 🙂

  11. Rayaan says:
    June 19, 2016 at 3:12 am

    V v v v v v reethi….Angel……u r just amazing…..m impressed…next part up kohleveynee kon dhuvahaku tho….?????

    1. Mysterious Angel says:
      June 19, 2016 at 10:14 am

      Thankss Rayaan.. Next part 21st nuny 22nd ga In Shaa Allah

  12. Amm says:
    June 19, 2016 at 3:40 am

    Wiw ……???. Waiting for next part

    1. Mysterious Angel says:
      June 19, 2016 at 10:15 am

      Thankss Amm

  13. shifny says:
    June 19, 2016 at 5:19 am

    Plx plx avahah up koh dheythi.. varah kiyaa hithun mi inee.. hama roveny rovemy

    1. Mysterious Angel says:
      June 19, 2016 at 10:16 am

      In Shaa Allah

  14. Aakko says:
    June 19, 2016 at 12:12 pm

    Thankyou ninni and angel. God bless u both.
    Eagerly waiting for next episode.

  15. RY says:
    June 19, 2016 at 7:19 pm

    Wow nice… Waiting for the next part……

  16. ammday says:
    June 21, 2016 at 12:31 am

    Very nice.. next part up kohlahchy avahah

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ފައްސަވީސްވަނަ ބައި)←


All Right Reserved!