“މަންމާ…ބައްޕާ… އަހަަރެން ސަލާމަތް ކުރޭ…” އަހަރެން ބާރަށް ހަޅޭއް ލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ރޮވޭވަރުން އަޑު ބޭރުވީވެސް ހަމަ ކިރިޔާއެވެ. ވަރަށް ދަތިހާލުން ތެދުވެ ދުއްވައިގަންނަން ކުރި މަސައްކަތް ބޭކާރުވީ ދެފައިމައްޗަށް ތެދުވިތަނާ ފައިން ވާގިގޮސްގެން އަނގަވަތަށް ވެއްޓުމުންނެވެ. އަހަރެންގެ ހިތްވަރުއެލި އިތުރަށް މާޔޫސްވިއެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތްކަން އެނގުމުން ދެލޯމަރައި ބާރުކޮށްލީމެވެ. އޭރުވެސް ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުންދިޔައެވެ. ހަށިގަނޑުގައި އެއްވެސް ވަރެއްނެތުމުން އިތުރަށް ކުރެވޭނެ ހިތްވަރެއް ނެތްކަން އެނގުނެވެ. އިންތިޒާރު ކޮށްލައްވާ….
އޮއްސެމުންދިޔަ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރިފައިވާއިރު ވަށައިގެންވާ މާހައުލަށް ވެރިވެފައިވަނީ ބަޔާންކޮށްދޭންވެސް ދަތި ފުރިހަމަ ކަމެކެވެ. މަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ހެންވޭރު އާޓިފިޝާލް ބީޗްގައިހުރި ބެންޗެއްގައި އަހަރެން އިށީނދެލީމެވެ. އޭރު އެކިފުރާގެ މީހުންތައް އެކިކޮޅުކޮޅަށް ހިނގާބިނގާވެ އުޅެއެވެ. ހަވީރުކުޅެންއައިސް އުޅުނު ކުޑަކުދިންތައް ގޮވައިގެން ގެއަށްދާމީހުންތައްވެސް ބައިވަރެވެ. މޫދުގެ ލޮނުގަނޑަށް ނަޒަރުހުއްޓާލައިގެން އަހަރެންނަށް އިނދެވުނީ ލިބިފައިވާ ހިއްދަތިކަމަށް ލުޔެއްލިބޭތޯއެވެ. ނަމަވެސް ހުއްޓުމެއްނެތި ހިތުގައިވާ އުދާސްތައް އުތުރިއަރަމުންދިޔައެއެވެ. މާޒީގެ އެހިތިހަނދާންތައް ދެންމެ ދެންމެ ވީކަމެއްހެން އަހަރެންގެ ސިނކުޑީގައި ހަރުލާފައިވެއެވެ. އެއީ […]
އެވަގުތު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. ލިބުނު ހައިރާންކަމާއި ހިތަށްކުރި އަސަރުން މުޅިމީހާ ހުއްޓުން އެރިއެވެ. ވަށައިގެންވާ މާހައުލު ހުއްޓި ހިމޭންވިއެވެ. “ޒޭބާ… ޒޭބާ..” ޝާން އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ އެހިސާބުންނެވެ. ޝާންގެ މޫނަށްބަލަންހުރެ އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އޭރު ޝާންވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެންގެ ލޮލުން އޮހިގަތްކަރުނަތަށް ދެކެން ޝާންއަކަށް ކެތެއްނުވިއެވެ. ޝާންގެ މެޔާލައި އަހަރެން ބޮނޑިކޮށްލިއިރު އޭނާއަށްވެސް ބާރަށް ރޮވިއްޖެއެވެ. އިންތިޒާރު ކޮށްލައްވާ….