Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބޭވަފާތެރި ނުވަމޭ ޔާރާއޭ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(22 ވަނަ ބައި)

Ushaa Level 310 Stories500 Comments100 Comments
June 19, 2016 7 Mins Read
53 Comments

” އޭ. އިނގޭތަ. މަގޭ ވާން އުޅޭ ބަފާބެ. ބުނީ ކީކޭކަން. ” ގޭޓުން ބޭރަށް ނިކުންނަމުން ކިޔާން ލާމިއު ގާތު އަހައިލިއެވެ. ލާމިއު ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ބުނީ ކަލޭ ދެން ކައިވެނީގެ ކުރިން މިރަށަށް ނުގެންނައްޗޯ. ކަލޭ އައީމަ ފަހުމާ އުޅެނީ އެހެން ގޮތަކަށްށޯ. ދެން ހުރޭ އެ ގެގަނޑުގަ ރޮއިލަ ރޮއިލަ. އެންޑް ފައިނަލީ ފަހޫ ވާނީ ހަމައެކަނި މަގޭ މީހަކަށް. ” ދަތްޕިލަ ސޭލު އަޅުވަމުން ކިޔާން ބުންޏެވެ. ލާމިއުއަށް ހުރެވުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެކައިވެނި ހުއްޓުވޭނީ ކައިވެންޏަށް ދެވިގެން ނޫން ހެއްޔެވެ؟ ދެން އޭނާއަށް ފަހުމާ ގެއްލުނީއެވެ.

އެމީހުން ދެއްކި ވާހަކަ އަޑު އަހަން އިތުރު ފަރާތެއް ހުރިކަމެއް އެދެމީހުންނަށް ރޭކާވެސް ނުލައެވެ.

***

ހަނދު އޭގެ ވާޖިބު އަދާކޮށްފައި ލަހެއް ފަހެއް ނުވެ އިރާއި އޭގެ މައްސޫލިއްޔަތު ހަވާލު ކުރަމުން 12 ގަޑިއިރު ފަހުން އަންނާނެ ކަމުގެ ޔަގީންކަން ދީފައި  ގޮއްސިއެވެ. އިރު އޭގެ މައްސޫލިއްޔަތާއިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ހޫނުކަމާއި އަލިކަން ފާޅުކުރަން ފަށައިފިއެވެ. ކޮޓަރީގެ ބިއްލޫރިގަނޑުން ލޮލަށް އެޅުނު އަލީގެ ސަބަބުން ފަހުމާއަށް ހޭލެވުނެވެ. އޭރު އޭނާގެ އެނދުގެ ތަންކޮޅެއް ދުރުގައި ނަޝާޔާ އޮތީ ގަދަ ނިދިން ނިދާފައެވެ. އީނާޝް ފެންނަން ނެތުމުން މަރުކަޒަށް ދިޔައީކަން ފަހުމާއަށް ނަގައިގަނެވުނެވެ. ފަހުމާ މޯޅިއަކަށް ދެމިލަމުން ލޯގަނޑު ކުރިމަތީގައި ހުއްޓެލިއިރު ދެލޯ ހުރީ ރަތްވެ ދުޅަ ވެފައެވެ. އެއީ ރޭގައި ނުނިދާ ރޮއިމުގެ ސަބަބުން ވީ ކަމެއްކަން ފަހުމާއަށް އެނގެއެވެ. އެވަގުތު ފަހުމާއަށް އޭނާގެ ބަނޑުގައި އެއްޗެއް ތަޅާހެން ހީވާން ފެށިއެވެ.  ފަހުމާގެ ހިޔާލަށް އައީ މީގެ 7 އަހަރު ކުރިން އޭނާ ލައިޝަމްއަށް ބަނޑު ބޮޑުއިރު މިކަހަލަ ގޮތަކަށް ބަނޑުގައި އޮތް ތުއްތު ތުއްތު ލައިޝަމް ޖަހާ ހަނދާނެއެވެ. އަދި ލާމިއު އޭނާގެ ބަނޑުގައި ފިރުމާލާ ބޮސްދޭ ހަނދާނެވެ. ފަހުމާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށީ އަންގާވެސް ނުލައެވެ. ނަމަވެސް ފަހުމާގެ މޫނުމަތިން ހާސްކަން ފާޅުވާން ފެށީ މިހާރު އޭނާގެ ބަނޑަށް މިކަހަލަ ގޮތްތައް ވާންވީ ސަބަބެއް ނޭނގިގެންނެވެ.

ކުއްލިއަކަށް ފަހުމާއަށް ފުރަގަހަށް އެނބުރެވުނީ ކޮޓަރީގެ ތަޅުގައި މީހަކު ހިފާލުމުންނެވެ. ބަލައިލިއިރު ތަބަކެއްގެ  ތެރޭގައިވާ ތައްޓެއްގެ ތެރެއަށް ކޮންމެސް އެއްޗެއް އަޅައިގެން ނަޝިދު އަންނަނީއެވެ. ނަޝިދު ފެނުމުން ފަހުމާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ފަހުމާ ދެކޭގޮތުގައި ރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ޒިންމާދާރަކީ ނަޝީދުއެވެ. ނަޝީދު ފެނުމުން ފަހުމާ އަނެއްފުށަށް އެނބުރުމުން ނަޝިދުގެ ހިތުގައި ޖެހުނެވެ. ނަމަވެސް އެނދުގެ އެއްކައިރީގައި އިށީނދެލީ ފަހުމާ ފެނިފައި ފަހުމާއާއި ވީ ފަޅިން ބިންމަތީގައި ނަޝިދު އިށިދެލީ ތަބަށްވެސް ބިންމަތީގައި ބައިންދަމުންނެވެ. އޭރުވެސް އިސްޖަހައިލައިގެން ފަހުމާ އިނީއެވެ.

” ދަރިފުޅާ.” ވަރަށް މަޑުން ނަޝީދު ފަހުމާއަށް ގޮވައިލި އިރު އެއަޑުގައި ފޮރުވިފައިވަނީ އެތައް ވޭނެކެވެ. ފަހުމާއަކަށް ކެތެއް ނުކުރެވުނެވެ. ބައްޕަގެ އެވޭން ކިތަންމެ ފޮރުވަން އުޅުނަސް އޭނާގެ ކަންފަތާއި ހަމައަށް އަންނަވަރުވެއެވެ.އަދި އިސްއުފުލާލީ ތުން ފިއްތާ ބާރުކޮށްގެން އިނދެއެވެ. ހީވަނީ ވާހަކަ ނުދައްކަން ހުވާ ކޮށްގެން ހުރީހެންނެވެ. ” ދަރިފުޅާ. ބައްޕަޔަށް އެނގޭ ދަރިފުޅުގެ ހިތުގައި އަޅާނެ ވޭން. އެކަމްވެސް ހަގީގަތް ގަބޫލް ކުރަންވާނެ. ލާމިއު އުޅެނީ އެހެން މީހަކާ..” ދެންވެސް ވާހަކަ ދެއްކީ ނަޝިދު އެވެ. އޭރު ފަހުމާގެ ލޮލުން ކަރުނަތަށް އޭގެ މަގާމް ދޫކޮށްފައިބަމުން ދިޔައެވެ. ނަޝާޔާވެސް ބަޔަކު ވާހަކަ ދައްކާތީ އަޑު އަހަމުން ދިޔައެވެ. ” ފަހޫ. ދެން އަޅެ ގަބޫލްކޮށްބަ. ހަގީގަތާ ކުރިމަތި ލާބަލަ. ލާމިއު ދެން ބަލާނީ ފަހޫ ދެރަ ކުރެވޭތޯ. އެހެންވެ ރޭގަވެސް އައިސް ހުރިހާ ކަމެއް ހަރާބު ކޮށްލީ. އެނގޭތަ؟ ދެން ފަހޫ ޖެހޭނީ ލާމިއުއަށް ފަހޫއަށްވެސް ކަންކަން ކުރަން ކެރޭކަން ދައްކަން. އޭރުން އޭނައަށް އަމިއްލަ ހައިސިއްޔަތު އެނގޭނީވެސް. ކިޔާން އާ ކައިވެނި ކޮށްގެން ހަމަ ފައިދާވެސް ވާނީ ދަރިފުޅަށް.” ނަޝީދު ބެލީ ފަހުމާއަށް ވިސްނައިދެވޭތޯއެވެ.

” ބައްޕާ ޕްލީޒް. ލޯބި ނުވާ މީހަކާ އިނދެގެން އަހަންނަށް އޮތީ ކޮން ހިތްހަމަ ޖެހުމެއްތަ؟ ކޮން އުފަލެއްތަ؟ އަހަރެން އެއްގޮތަކަށްވެސް ނޭދެން ލާމިއު ނޫން މީހެއް. ބައްޕާ. އަދި ލާމީއަށް ވިސްނޭނެއޭ. އެދުވަހަކުން އަހަރެން ކައިވެނި ކުރާނީ ހަމަ އެކަނި ލާމީއާ. އެހެންނޫނީ ލާމީއަށް ވިސްނޭއިރު ވަގުތު ފާއިތުވެދާނެ. ޕްލީޒް. ” އާދޭހުން ފުރިގެންވާ ގޮތަކަށް ބައްޕައާއި ދިމާލަށް ބަލައިލަމުން ފަހުމާ ބުންޏެވެ. ” ފަހޫއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟ މިހާރުވެސް ވަގުތު ފާއިތުވެއްޖޭ. ލާމިއު އެއް ނޫޅެޔޭ ފަހޫ ތިއުޅޭ ހެންނެއް. އޭނަ އެއުޅެނީ ފަހޫއަށް ހިތާމައެއް ލިބެންޏާ އެގޮތަކަށް. ދެން ތިދައްކަނީ ލޯބީގެ ވާހަކަ. އެނގޭތަ؟ މަންމަޔާ ބައްޕަވެސް އިނީ ލޯއްބަކުން ނޫން. ފަހޫގެ މާމަމެން ބައްޕަގެ އަތުގަ ފައިސާ ހުންނާތީވެ ގަދަކަމުން ދެވީ. އެކަމް މިހާރު ލޯބިވޭ. ހަމަ އެގޮތަށް ފަހޫއާ ކިޔާންގެ ގުޅުންވެސް ބަދަހީ ކުރެވޭނެ.” ނަޝީދު އެއްބަސްތަކެއް ތަކުރާރުކުރަމުން ދިޔައެވެ.

” ދެން ހެޔޮ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ކިޔާންއަކާ ނީންނާނަން. އެއީ ވާނެކަމެއް ނޫން. ” ނަޝިދު ގޮތްދޫނުކުރުމުން މޫނު އަނެއްފުށަށް އަނބުރަމުން ފަހުމާ ބުންޏެވެ.

” މިހާރު ދެން ބައްޕަޔަށް ފަހޫއަށް ވަރަށް ވިސްނައިދޭން މަސައްކަތް ކުރެވިއްޖެ. އެކަމް ދެން ކެތެއް ނުކުރެވޭނެ. ފަހޫ ޖެހޭނީ ކިޔާންއާ އިންނަން.” ނަޝީދު ކިތަންމެ މަޑުން ބުންޏެއް ކަމަކު އެއަޑުގައިވަނީ ރުޅިވެރިކަމެވެ.

” އެއްވެސް މީހަކަށް އަހަރެން ކުރަން ބޭނުން ނޫންކަންތަކެއް ނުކުރެވޭނެ. އަހަރެން ބޭނުން ގޮތަކަށް ހުރިހާ ކަމެއްވެސް ވާނީ. ބައްޕަޔަކަށްވެސް މަޖުބޫރެއް ނުކުރެވޭނެ. ” ފަހުމާވެސް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ހަގީގަތުގައި މިފަދަ ގޮތަކަށް ބައްޕަޔާ މުހާތަބް ކުރާކަށް އޭނާއެއް ބޭނުމެއް ނޫނެވެ. ނަމަވެސް މަޖްބޫރު ވީއެވެ. ލޯއްބަށްޓަކައެވެ.

” ފަހޫ މިހާރު ބައްޕަމެން ކުރިމަތީގަ އެއްޗެހިވެސް ކިޔަން ފެށީތަ؟ ފަހޫ ހީނުކުރިޔަސް މިއޮއް ހުރިހާ ދުވަހު ފަހޫ އުޅުނު ހާލު ފެނިފައި ބައްޕަގެ ހިތަށް ހާދަ ތަދުވިއޭ؟” ހިތުގައި އަތް އަޅާލައިގެން ހުރެ ނަޝީދު މިހެން ބުނިއިރު އޭނާގެ ހިތުގައި ރިއްސާލިވަރު އެދެލޮލުން ފޭދެމުން ދިޔަ ކަރުނަތަށްވެސް ހެކިވެއެވެ. ފަހުމާއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ކޮންމެހެނެއް ވިޔަސް އާބަސްކިޔާ ކަހަލަ ގޮތަކަށް އޭނާއެއް ނުވިސްނައެވެ

ނަޝިދު އިތުރަށް އެއްޗެކޭ ނުބުނެ ނިކުމެގެން ދިޔައީ ފަހުމާގެ އަމަލްތައް ހުރިގޮތުން ހައިރާންވެގެންނެވެ. އޭރު ކޮޓަރީގެ ދޮރު ކައިރީގައި ދެއްކި ވާހަކަތައް އަޑުއަހަން ފަހީމާވެސް ހުއްޓެވެ. ފަހީމާވެސް ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާގެ މޫނުމަތީގެ ކުލަވަރުން އެނގެއެވެ. ނަޝީދު ބޭރަށް ނިކުމެގެން ދިއުމާއިއެކު ފަހުމާ އެނދުގައި އިށީނދެލައި މޫނު ފޮރުވައިލީ ކަންތައްތައް ވަމުންދާ ގޮތް އެއްގޮތަކަށްވެސް ނޭނގޭ ހާލުގައެވެ. އޭނާގެ ހަޔާތް އެފުއްމިފުށަށް ޖެހިގެން ދިޔައީ ހިލަމެއްވެސް ނުވެއެވެ. ދެން ކުރިއަށް އޮތް ތާގައި ވާނެ ގޮތެއްވެސް ޢޭނާގެ ހިތަށްވެސް ނުގެނެވެއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިން ފަހުމާ ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު އަތް އަޅާލުމުންނެވެ. އޭނާ އިސްއުފުލާ ބަލައިލިއިރު ފަހީމާއެވެ.

” ސާބަސް ފަހޫއަށް. އެއްވެސް ވަރަކަށް އެހެން މީހުންނާ މެދު ވިސްނާ ކުއްޖެއް ނޫން ތީކީ. މަންމަމެން ހީކުރީ ނަޝާ މަންމަމެންނާ ދެކޮޅު ހެދިޔަސް ފަހޫ އެހެނެއް ނުވާނެ ކަމަށް. އެކަމް މިހާރު އެނގެއްޖި އެއީ ކުށް ހީއެއްކަން. ފަހޫ ތީ މަންމަމެން ހީކުރި ކަހަލަ ކުއްޖެއް ނޫން. ތިހިރީ ހަމަ އެލާމިއުގެ އަވައިގާ ރަނގަޅަށްވެސް ޖެހިފަ.” އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ފަހީމާ ދެއްކި ވާހަކައަކުން ފަހުމާގެ ހިތުގައި ޖެހުނެވެ. އަދި މަންމާއޭ ބުނެވުނީ އޭނާ ދައްކާ ވާހަކަ އަޑު އަހާނެކަމަށްށެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަނެއްކާވެސް ފަހީމާ ވާހަކަ ދައްކަން ފެށިއެވެ.

” ކޮން މަންމައެކޭ ކިޔާކަށް، މިހާރު ތިހިރީ އެކަނި އުޅެވޭވަރަށް ބޮޑުވެފަ. ދެން ހިތަށް އެރި ގޮތަކަށް އުޅުނަސް މަންމަމެންނަކަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްގެއްވެސް ނޯވޭ. އެހެންނު ވާނީ ފަހޫ ބޮޑުވީ މަންމަމެން ގެ ލޯބި ނުލިބި ޔަތީމް ކުއްޖެއްގެ ގޮތުގަ ވިއްޔަ. އެހެންވެ ދޯ ބައްޕަގެ އަމުރަށް ނުކިޔަމަންތެރިވެ ބޭނުން ހާ އެއްޗެއް ކީ. އަހަރެންވާ ނޫޅެން އެއްޗެކޭ ބުނާކަށް. އެއްޗެކޭ ބުނާ މީހާ ފާފަ ވާނީ. ” މިހެން ބުނެފައި ފަހުމާއަށް އިތުރަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ނުދީ ފަހީމާ ގޮއްސިއެވެ. ފަހުމާ ދެން ބަލައިލީ އެނދުގައި އޮތް ނަޝާޔާއާއި ދިމާލަށްށެވެ. އެކަކު އޭނާގެ އިހްސާސްތަކާއިމެދު ނުވިސްނިޔަސް ދޮންތަޔަށް ވިސްނޭނެ ކަމަށްށެވެ. ނަމަވެސް މޫނު އަނބުރާލައިފައި ނަޝާޔާވެސް ދިއުމުން ފަހުމާގެ ހިތަށް ވަރަށް ތަދުވިއެވެ. އެކަނި ވެރިކަން އިހްސާސްކުރެވެން ފެށިއެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ބަނޑުގައި އެއްޗެއް ތޮޅޭހެން ހީވާން ފެށިއެވެ. ފަހުމާއަށް ބަލައިލެވުނީ އޭނާގެ ބަނޑަށްށެވެ. މިހާރު ހާދަ ބޮޑެވެ. އަދި މީ ހަމަ ސަރުބީގެ ސަބަބުން ދިމާވި ކަމެއްތޯ ވިސްނެން ފެށީ ކުއްލިއަކަށްށެވެ. އީނާޝް އޭނާއަށް ދޮގު ހަދާ ފާނެ ހެއްޔެވެ؟ ނޫނެކެވެ. އީނާޝްއަކީ އޭނާގެ އެންމެ ބެސްޓް ފްރެންޑެވެ. އީނާޝްއަކަށް ދޮގު ހަދާކަށް ނޭނގެއެވެ.

***

މަރުކަޒުގައި އޭނާގެ ކެބިންގައި އިށީނދެގެން އިން އީނާޝްގެ ހިޔާލުގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. ރޭގައި އޭނާއަށް ފެނުނު ޕެކިންނެވެ. އަނެއްކޮޅުން ރޭގައި ޝާންއާއި ދިމާލަށް ކިޔާން ބުނި ބަހެވެ.

” އެނގޭތަ މަގޭ ވާން އުޅޭ ބަފައިބެ ބުނި އެއްޗެއް. ބުނީ ކަލޭ ދެން ކައިވެނީގެ ކުރިން މިރަށަށް ނުގެންނައްޗޯ. ކަލޭ އައީމަ ފަހުމާ އުޅެނީ އެހެން ގޮތަކަށްށޯ. ދެން ހުރޭ އެ ގެގަނޑުގަ ރޮއިލަ ރޮއިލަ. އެންޑް ފައިނަލީ ފަހޫ ވާނީ ހަމައެކަނި މަގޭ މީހަކަށް. ”

ކިޔާން އެބުނި ގެގަނޑަކީ ކޮބާ ހެއްޔެވެ؟ ޝާން ރޯންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ކިޔާން ޝާންއާއި ދިމާލަށް ޖެއްސުމުގެ ރާގުގައި އެހެން ބުނީ ކީއްވެ ހެއްޔެވެ؟ ޝާން އާކީ ކިޔާންގެ ދުޝްމަނެއް ހެއްޔެވެ؟ އީނާޝް ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް މާ ބޮޑު އެއްޗެއް އޮޅުމެއް ނުފިލިއެވެ. ރޭގައިވެސް ކިޔާންމެންނާއި ފާރަލާން އޭނާ ކިތަންމެ މަސައްކަތެއް ކުރިއެވެ. ނަމަވެސް ދަންގަޑިއެއްކަމުން އެކަނި ދާން ނުކެރުނީއެވެ.

އީނާޝް ވިސްނީ މިރޭ ކިޔާން ފަހުމާމެން ގެޔަށް ގޮއްސާ ދެން ދާ ތަނެއް ފާރަލާން ށެވެ. ސާއިމްއާއި އެކުގައެވެ. ނަމަވެސް ސާއިމްއާއިއެކު ގޮސްގެން އޭނާއަށް ހިމާޔަތް ތެރިކަން އިހްސާސް ކުރެވިދާނެ ހެއްޔެވެ؟ އުނޫޝްއާއިއެކު… ނޫނެކެވެ. އުނޫޝްއެއް ނުދާނެއެވެ. އެއީ އަދި މާ ހިތް މޮޅު ފިރިހެނެކެވެ.

އެދުވަހުގައި ގިނަ ވަގުތުތައް އީނާޝް ހޭދަކުރީ އެކަމާއިމެދު ވިސްނުމުގައެވެ. މިރޭގައި އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު އޭނާ ހޯދާނެއެވެ.

****

ދުވާލުގެ އިރާއިއެކު ފަހީމާމެން ކުރެ އެކަކުވެސް ފަހުމާއަކާއި ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް މެނުވީ ނުދައްކައެވެ. ދެމީހުންވެސް ތިބީ ފަހުމާގެ ވިސްނުން ބަދަލް ނުވާތީ މޫނު ހަދައިގެނެނެވެ. ކިތަންމެ ހިތު ޖެހުނަސް ފަހުމާ ކެތްކޮށްލީ މަންމަމެންނަށް ވިސްނޭނެ ކަމަށްށެވެ. ނަމަވެސް ދެކޮޅުންވެސް ތިބީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. ލާމިއު ނާންނާނެ ކަމުގައި މިހާ އަވަހަށް އުންމީދު ކަނޑައިލާކަށް ފަހުމާ ބޭނުމެއް ނޫނެވެ. ލާމިއުއަށް އަދި ވިސްނިގެން އަންނާނެއެވެ.

***

އެދުވަހުގައި ލަންޗް ބްރޭކަށް ދިއުމުގެ ކުރިން އީނާޝް ސާއިމްއަށް ގުޅައިލީ ބަނޑުހައިވެފައި ހުރިލެއް ބޮޑު ކަމުންނެވެ. ހިނގާލާފައި ދެވޭލެއް މަޑުވެދާނެތިއެވެ. އޭރު ސާއިމްވީ ލަންޗް ބްރޭކަށް މާ ކުރިން ގޮހެވެ. ނަމަވެސް ސައިކަލުގައި އައިސް ދިނުމަށް އީނާޝް ބުންޏެވެ. އީނާޝްގެ މިފަދަ ދައުވަތަކަށް އެދި އެދި ހުރި ސާއިމްއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. އަދި މިދަނިއްޔޭ ބުނެ ފޯނު ކަނޑައިލިއެވެ.

އީނާޝް ބޭރަށް ނިކުތް އިރު ސައިކަލެއްގައި މީހަކު މަޑުކޮށްލައިގެން ހުރިއެވެ. އަނެއްފަރާތަށް އެނބުރިގެން ހުރުމުން މޫނެއް ނުފެނެއެވެ. ” ސާއިމް ކިހާ މޮޅު ހަމަ ގުޅީ އައީ.” ސާއިމް އަވަހަށް އައުމުން ތައުރީފު ކޮށްލަމުން އީނާޝް އަވަހަށް ހިނގައިގަތީ ސައިކަލުގެ ކައިރިއަށްށެވެ. އަދި ކުޑަކޮށް ބޮޑު ހެދުން ހިއްލާލަމުން ފަހަތަށް އެރިއިރު އަދިވެސް އެމީހެއްގެ މޫނެއް ނުފެނެއެވެ.

” ސާއިމް. މިރޭގަ ތަނަކަށް ދެވިދާނެތަ؟ އަހަންނަށް އެއުޅޭ ކިޔާންއާ މެދު ޝައްކު. އެހެންވެ ބޭނުންވަނީ މިރޭގަ ފާރަލާން. ” އެއްނޭވައިން ހުރިހާ ވާހަކައެއް ބުނެލުމާއިއެކު އޭނާއާއި އެއްފުށަށް އެނބުރުނު އުނޫޝް ފެނިފައި ނާޝް ވީ ހައިރާނެވެ. ހަމަ އެހައި ލަދުވެސް ގަތެވެ. އުނޫޝްގެ ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. އޭރު ތަންކޮޅެއް ދުރުގައި ނަޝާޔާ މަޑުކޮށްގެން ހުރި އިރު ސައިކަލް މަޑުޖައްސާލައިގެން ސާއިމްވެސް ހުއްޓެވެ.

އީނާޝް ސޮރީއޭ ބުނެ ތެދުވަން އުޅެނިކޮށް ހަރަކާތް ހުއްޓިފައި ހުރެވުނީ ސާއިމްގެ ސައިކަލާއި ދާދި ގާތުގައި މަޑުކޮށްލަމުން ނަޝާޔާ ބުނި އެއްޗަކުންނެވެ. ” ނޫނޭ އީނޫ ދެން ތެދުވާނެ ކަމެއް ނެތް. ހަމަ އޯކޭ ވާނެ. އަހަރެން ގޮސްދާނަން ސާއިމްގެ ފަހަތަށް އަރައިގެން. ދެން މައްސަލައެއް ނޫނެއްނު.” ސާއިމްއާއި ދިމާލަށް ފާޑަކަށް ބަލައިލަމުން މިހެން ބުނިއިރު ނަޝާޔާގެ ހިތް އުފަލުން ނަށައެވެ. މިކަހަލަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރާތާ އެތައް ދުވަހެކެވެ. ސާއިމް ކިތަންމެ ހިތްހަމަ ނުޖެހުނަސް މަސްލަހަތަށް ވެސް ވިސްނަން ޖެހޭނެ ނޫން ހެއްޔެވެ؟

ދާދި އެއްވަރަކަށް ދެސައިކަލް ސްޓާޓް ކޮށްލިއިރު ނުވިސްނައި އިން ނާޝް ވިއްސައިގެން ދާން އުޅެނިކޮށް އުނޫޝްގެ ބުރަކަށީގައި ހިފަހައްޓައިލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން ކިތަންމެ ރަނގަޅަކަށްވެސް އުނޫޝްއަށް އިހްސާސް ކުރެވިއްޖެއެވެ.ދެން އުނޫޝް ގަބޫލް ނުކުރަނީ ކީއްވެ ހެއްޔެވެ؟ އޭރު ނަޝާޔާއާއިއެކު ސާއިމްވެސް ގޮއްސިއެވެ. އުނޫޝް ސައިކަލް މަޑު ޖައްސައިލާފައި ތަންކޮޅެއް ވިސްނާލައިގެން އުޅެއްޗޭ ބުނެ އަނެއްކާވެސް ސައިކަލް ސްޓާޓް ކޮށްލީއެވެ. ސައިކަލް މަތީގައި އެއްވެސް ވާހަކައެއް ނުދެއްކުނެއް ކަމަކު އެ ކުޑަ ކުޑަ ވަގުތު ކޮޅު ކޮންމެ މީހެއްގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ސާއިމް ފިޔަވައެވެ. ސާއިމްއަށް ވީ އުނދަގުލެވެ.

****

ރޭގަނޑުގެ ވަގުތެވެ. އެރޭގައި 10 ޖެހިއިރު މަރުކަޒު ބަންދު ކުރުމުން އީނާޝް އަވަސްވެގަތީ ފަހުމާ ކައިރިއަށް ދާންށެވެ. އޭނާ އަތުން ލަވާފައި ކާން ދިނުމުން މެނުވީ ފަހުމާއަށް ބޭސްކޮޅުވެސް ނުކެވެއެވެ. އީނާޝްގެ އެހެން މަގްސަދެއްވެސް އޮތެވެ. ކިޔާންއަށް ފާރަލާށޭވެ. ސާއިމް ކައިރީ އޭނާއަށް އެހީވެދޭން އެހުމުގެ ކުރިން މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ގަންނަން އޭނާ ފުރައިފިއެވެ. ސާއިމް ދިޔަޔަސް ހެވެއެވެ. މިރޭގައި ހަގީގަތް ހޯދަން އޭނާއަށް ޖެހެއެވެ.

އީނާޝް ގޭގެ ބެލް ޖަހައިލުމާއިއެކު ފަހީމާ އައިސް ދޮރު ހުޅުވައިލިއެވެ. އޭރު ގޮތް ހުސްވެފައި ނަޝީދުއާއި ނަޝާޔާވެސް ހުއްޓެވެ. އެހެން ކަމުން ކޮންމެސް ކަމެއް ގޯސްވެއްޖެކަން އިނާޝްއަށް ނަގައިގަނެވުނެވެ. އަދި ބާރަކަށް ގޮސް ނަޝީދު ކައިރީ އަހައިލުމުން މިއަދު ހެނދުނު ކަންތައް ވި ގޮތް ނަޝީދު ކިޔައި ދިނެވެ. އަދި ފަހުމާގެ އަރު ތެރެއަށް ކާ އެއްޗެއް ނުދާ ވާހަކަވެސް ބުންޏެވެ. އީނާޝް އަހަރެން އެބަ އަންނަމޭ ބުނެ ފަހުމާގެ ކޮޓަރިއަށް ވަނެވެ.އޭރުވެސް ގޮތް ހުސްވެފައި ހުރި މުސާފިރެއް ފަދައިން ފަހުމާ އިނީ އެނދު މަތީގައި އިށީނދެލައިގެންނެވެ.

އީނާޝް މަޑުމަޑުން ގޮސް ފަހުމާއާއި ދާދި ކައިރީގައި އިށީނދެލިއެވެ. އޭރުވެސް ފަހުމާގެ ލޮލުން ކަރުނަ އޮހެއެވެ. ” ފަހޫ.” އީނާޝް ފެނުމާއިއެކު ފަހުމާ ބާރަކަށް ބައްދައިގަތެވެ. އަދި އީނާޝްގެ ކޮނޑުމަތީއި އޮވެ ރޯން ފެށިއެވެ.

” އައްދެ! އަހަރެންގެ ކައިރީގަ ނުރޯށޭ ބުނެ ހިތްވަރުދޭ މީހާ މިއަދު ރޮނީތަ؟ ” ފަހުމާ ދުރުކޮށްލަމުން އީނާޝް އަހައިލިއެވެ. ” ދެން އަހަރެންވީ ހޭންތަ؟” ފަހުމާވެސް ކޮށްލީ ސުވާލެކެވެ. އޭރު އީނާޝް އައުމުން އޭނާގެ ހިތަށް ފިނިކަމެއް ލިބެއްޖިއެވެ. ” އެނގޭތަ؟ އަހަރެން މިއުޅެނީ ލާމީ ބަލާ ދާން؟” ފުޅާ ހިނިތުންވުމަކާއިއެކު އީނާޝް މިހެން ބުނުމުން ފަހުމާގެ މޫނު މިލައި މޯޅި ވިއެވެ. އޭނާގެ ހިތްވަރު ވަނީ އެލިފައެވެ.

” ކިހިނެއްވީ؟ އުފަލެއް ނުވޭތަ؟” އެނދުން ތެދުވި ފަހުމާ ފެނިފައި އީނާޝް އަހައިލިއެވެ. ” އަހަރެން ހިތަށް އަރަނީ ލާމީ އަންނާނެ ބާއޭ.” ފަހުމާ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ކޮށްލިއެވެ. ” ދެން ޓްރައި ކުރެވޭނު. ތިއެއް ނޫނޭ. ހިނގާ ދޯ އެއްޗެއް ކާން. އަހަރެން މިހުރީ ނުވެސް ކާ. ” ސީދާ ޓޮޕިކަށް އީނާޝް ދިޔައެވެ.

” އީނޫ ދޭ ކާން. އަހަރެން ނުކާނަން.” އެހުރި ގޮތަށް ހުރެ ފަހުމާ ބުންޏެވެ. ” ހާދަ ހެއްވެޔޭ ދޯ. ކާން ނަހަދަނީސް ކެވޭތަ؟ ” އީނާޝް ބެލީ ފަހުމާގެ ހިތްހަމަ ޖައްސައިދެވޭތޯއެވެ. ފަހުމާއަށް އިތުރު ގޮތެއް ނެތުމުން ދާން ޖެހުނީ ދެން އީނާޝް ގޮތްދޫނުކުރާނެކަން އެނގޭތީއެވެ.

ސިޓިން ރޫމްގައި ދެން ތިބި މީހުންނަށް ބެލުމެއް ނެތި ފަހުމާ އީނާޝް ގޮވައިގެން ބަދިގެއަށް ވަނެވެ. އޭރުވެސް ނަޝީދުގެ ކަންފަތުން ދުން ނުނިކުންނަނީ ކިރިޔާއެވެ.

އީނާޝްއާއި ފަހުމާ އެކީގައި ކާން ފެއްޓިއެއް ކަމަކު ފަހުމާ މާ ކުރިން ނިންމާލައިފިއެވެ. އަދި އީނާޝް ބުނެގެން ބޭސް ކާޑު ބަލައި ދިޔައީ އީނާޝް ލަސްކަމުން މަލާމަތް ކޮށްލާފައެވެ. މަޑުމަޑު ރާގު ކޮޅެއް ދުލުން ނެރެމުން ކަބަޑު ހުޅުވައިލައި ބޭސް ނެގި ފަހުމާއަށް ހުއްޓުން އަރައިފައި ހުރެވުނީ ފެނުނު ބޭސް ތަކެއްގެ ސަބަބުންނެވެ. އާނއެކެވެ. އެއީ އޭނާ ލައިޝަމްއަށް ބަނޑުބޮޑު އިރު އޭނާ ކޭ  ބޭހެވެ. މިބޭސްތަށް މިއޮއް ހުރިހާ ދުވަހު އޭނާއަށް ކާން ޖެހުނީ ކީއްވެ ހެއްޔެވެ؟ އޭނާ ބަނޑު ބޮޑީ ހެއްޔެވެ؟ އޭނާގެ ބަނޑުގައި އެޖަހާ ޖެހުމަކީ ކުއްޖެއްގެ ސަބަބުން ވާ ކަމެއް ހެއްޔެވެ؟ އޭނާގެ ބަނޑު މިހައި ބޮޑު ވީ މިހެންވެ ހެއްޔެވެ؟ އޭނާއަށް ހޮޑު ލެވެނީ އެހެންވެ ހެއްޔެވެ؟ އާނއެކެވެ. ބަނޑުބޮޑުވުމުގެ އެތައް އަލާމަތެއް ފެނެއްޖިއެވެ. އެކަމް އީނާޝް… އީނާޝް މިހުރީ ކަމެއް އޮޅުވައިލީ ކީއްވެ ހެއްޔެވެ؟ ފަހުމާގެ ހިތުގައި އީނާޝްއަށްޓަކައި ނަފްރަތުގެ ހުޅުކޮޅެއް ރޯވީ ބޭއިހްތިޔާރުގައެވެ. އަދި ދުމެއް ކަނޑާލާފައި ބޭރަށް ނިކުމެގެން ދިޔައެެވެ. ފަހުމާ ބާރަކަށް ބަދިގެއަށް ވަތް މަންޒަރު ފެނިފައި ނަޝީދުމެންވެސް ވާނުވާ ނޭނގި ފަހަތުން ދިޔައެވެ. އީނާޝްއަށްވެސް ގޮނޑިން ތެދުވެވުނީ ކިހިނެއްވީތޯ ސުވާލު އުފެދިފައި ހުރެފައެވެ.

” އަހަރެން ބަނޑު ބޮޑު ތަ؟” އެހެން ހުރެފަިއ ފަހުމާ ކޮށްލި ސުވާލަކުން އީނާޝް ކުށި އަރައިގަތެވެ. ނަޝީދުވެސް ހާސްވާން ފެށީ ދެން ގަދަކަމުންވެސް އޭނާއަށް ކިޔާންއާއި ފަހުމާ ނުގުޅުވޭނެ ކަމުގެ ރަތް ސިގްނަލް ދިއްލުމުންނެވެ.

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ދޭނަން ހިތާ ޖާނާ (5)

Next

ބާކީވުމުން ހިތް…

Next
June 20, 2016

ބާކީވުމުން ހިތް…

Previews
June 19, 2016

ދޭނަން ހިތާ ޖާނާ (5)

53 Comments!

  1. Ushaa says:
    June 19, 2016 at 2:10 pm

    Hope u will lyk dis prt 2… Wc 4 ur cmmntxx..

  2. miss says:
    June 19, 2016 at 2:24 pm

    v v v reethi mi part ves

    1. Ushaa says:
      June 19, 2016 at 3:03 pm

      Thnkss..

  3. Jasmine says:
    June 19, 2016 at 2:32 pm

    varah nice mi part ves….. can’t wait for the next part 🙂

    1. Ushaa says:
      June 19, 2016 at 3:04 pm

      Thnkxxxx…. Kyp waitin…

  4. Nauher says:
    June 19, 2016 at 2:38 pm

    Alheyyyyy…….haadha reehchey ushaa….when nxt part..????cant wait to read nxt part

    1. Ushaa says:
      June 19, 2016 at 3:05 pm

      Thnkxx alot Nauher.. Nxt prtvx dhn avahah.. Ushaa bunymennu vaki dhuvaheh bunaakah neigeyey.. Jxt kyp waitin ingey..

  5. Ai says:
    June 19, 2016 at 2:53 pm

    Kada vaane naashid. Hop hop fahu

    1. Ushaa says:
      June 19, 2016 at 3:05 pm

      Hehehe.. Asluvx kada vaane dw… Thnkxxx ingewy..

  6. same says:
    June 19, 2016 at 2:55 pm

    v nice. alhe next part avaskohlahchey

    1. Ushaa says:
      June 19, 2016 at 3:06 pm

      Thnkyew.. Ya.. Insha allah avahah up kuraanan…

  7. aff says:
    June 19, 2016 at 3:06 pm

    ushee hama varah habbu ingey …ur the best….keep going ☺☺☺

    1. Ushaa says:
      June 19, 2016 at 3:07 pm

      Owwnn.. Aff dw… Thnkyew so much..

  8. Mini*** says:
    June 19, 2016 at 3:26 pm

    Keep it up next part miah v
    ure dhigu koh dheh chey…. V nice

    1. Ushaa says:
      June 19, 2016 at 3:39 pm

      Thnkxx mini.. I ill try my bxt 2 write loooooooong.. Thnk yuhh..

  9. Xoa says:
    June 19, 2016 at 3:34 pm

    Obiness to the max.. Waiting for the next part….

    1. Ushaa says:
      June 19, 2016 at 3:40 pm

      Thnkxxx a looooooot… Kyp waitin…

  10. princesz says:
    June 19, 2016 at 4:05 pm

    Varah reethi mi part… enme fahun eenash aa eky laamiu ge hageegaith hoadhan dhany unoosh dhw…

    1. Ushaa says:
      June 19, 2016 at 4:09 pm

      Thnkxxxxx princesz….. Vaagoi balaalama dw……

  11. laimaan says:
    June 19, 2016 at 4:14 pm

    Hama v reethi mi part vs. Waitin for next part

    1. Ushaa says:
      June 19, 2016 at 4:41 pm

      Thnkx. Kyp waitin..

  12. yala says:
    June 19, 2016 at 4:24 pm

    wow wow wow ushyyyyyyyy this is soooooooooooooo gooooooooooood….hama habeys..vvvvvvvvvvvvvvvvvvvvvvvvvvvvv rythiiii…hama thivareh neiiii….u r the best nd best?????????????????????????????????????????????????yalaa ah dhas kohdheyn vynu mihaaa nice koh stry liyaaaaan…..yala ves beynun migothah rythi koh liyan dhas kuran…..hahahahhahahah akamu ves yala akah neygeyne vihya………btw vvvvvvvvvvvvvvvvvvvvvvv salhiii igey…..ushyyyyyyyy love u soooooooooooooo much….tvgc………❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺?????????????????????????❤❤

    1. Ushaa says:
      June 19, 2016 at 4:43 pm

      Thnkxxxxxxxxxxxxxxxxxxxxxxxx sooooooo muchhhhhhhhhhhhhh.. Insha allah ushaayah engey ehcheh vejjiyya hurihaa kudhinnahvx kiyaidheynan. Thnkxxx.. Luv yuh 2 muuuch…. tvvvvvgc

  13. Shaal says:
    June 19, 2016 at 5:09 pm

    Vv Reethi

    1. Ushaa says:
      June 19, 2016 at 5:26 pm

      Thnkxxx

  14. boy says:
    June 19, 2016 at 5:47 pm

    mi yalaaaa aku mi ulheniiii haadha foniiii vegen ney dhwww ushaa……yageen ushaa ves ehbas vaaane kannn

    1. Ushaa says:
      June 19, 2016 at 6:05 pm

      hehehe,.. Ushaayakah hiyeh nuvey foni vanyy heneh.. E ee baeh kudhinnah stwrii dheke loabi vevunyy ma vaagotheh hen ushaayah heevanyy.. BTW Thnkxxxx…

  15. Asyla says:
    June 19, 2016 at 5:49 pm

    It superb!???? waiting impatiently. Ava’s kohdhehchey next part

    1. Ushaa says:
      June 19, 2016 at 6:06 pm

      Thnkxx yew v much.. Kyp waitin.. Insha allah avahah up kohdheynan…

  16. Aisha says:
    June 19, 2016 at 6:05 pm

    Vvvvvv nice

    1. Ushaa says:
      June 19, 2016 at 6:07 pm

      Thnkxxxxxx Aisha..

  17. sherl says:
    June 19, 2016 at 7:05 pm

    ❤❤❤❤❤❤❤❤❤❤❤awsme stry… mi syt ga inn emme reethi stry…. ushaa yu r da bst hama… kyp it up…jxt luvv it.. waitn fr da nxt prt.., hwp yu’ll uplwd it asap.. good luck… ❤❤❤❤❤❤❤❤❤❤❤❤❤❤

    1. Ushaa says:
      June 19, 2016 at 7:16 pm

      Awwnn sherl.. Tht means alot.. Kyp lovin nd waitin… Insha allah nxt prt ASAP… Thnk yuh…

  18. nis says:
    June 19, 2016 at 7:48 pm

    ushaa vare hama neiy ingey .v reethi mi vaahaka???

    1. Ushaa says:
      June 19, 2016 at 7:50 pm

      Thnksssssssss nis….

  19. shaa says:
    June 19, 2016 at 9:11 pm

    ushaa .. bafaibetha kiyany? .. aslu bafaabe eh noontha kiyaany??? .. ethankolhu hama alhaigannavarun mi ulheny .. anyways stry is hama superb .. really very nice .. i jst luv this stry ..

    1. Ushaa says:
      June 19, 2016 at 9:27 pm

      Hehehe.. Ushaage nuhurey father in law eh cox ushaa adhi marry nukuran.. So neigeynu adhi eh.. Ushaamen rashu meehun kiyaa ulhenyy bafaibe… Aslu ushaayakahvx neigey dhivehi bahuga inna gotheh.. Bt as u said i can crrct it…. Thnkxx ingey bunedhinyyma nd mi stwrii dheke lwbi vaathyy… Thnkxx..

  20. Appy says:
    June 19, 2016 at 9:32 pm

    V nice mi part vx …….next part ah inthizaaruga

    1. Appy says:
      June 19, 2016 at 9:33 pm

      Bafaibe dhw ushaaaa

    2. Ushaa says:
      June 19, 2016 at 9:33 pm

      Thnkxxx.. Kyp waitin…

    3. Ushaa says:
      June 19, 2016 at 9:35 pm

      Neigey aslu ushaayakahvx… Ushaamen rashu meehun kiyaa ulhenyy bafaibe… Dhn male meehun noon v ma dilect chngs ulhe dhaanennu dw appy…

  21. Wish says:
    June 19, 2016 at 10:43 pm

    Mivaahakaige aslu bathalun nakee konbaeh baa???
    Naash or Fahu???

    1. Ushaa says:
      June 19, 2016 at 11:18 pm

      Aslu thihen thi ehyyy fahun fahun ais fahuge baithah gina v ma dw… V v gothakyy fahuge lyfga kan kan hingyy thankolheh fahun v ma.. Aslu meege bathalunnakyyy fahu, naash nd nashaa.. Bt naash ix biggext heroin…… Thnkxxx…

  22. samko says:
    June 19, 2016 at 10:53 pm

    umm..samko ah adu ivey meehun bafaibe kiyaa adu vx… bafaabe kiyaa adu vx…. dhn neynge dww komme ehchh kias stwry hama vvvvvvvvvv habbu ingey…. ???????? next prt vx vvvv kiaaalaahithun myny so avahah kohdheccheyy….. tvvvvgc n bst of luck????????

    1. samko says:
      June 19, 2016 at 10:54 pm

      avahah up kohdhehcheyy***** ?????

    2. Ushaa says:
      June 19, 2016 at 11:21 pm

      Ya.. eki rahrashu meehun kiyanyy eki ehchehi… E ee dialogennu ehnmaa ok vaane kanneyge mihaaru ethankolhu… Insha allah avahah up kohdheynan… Kyp waitin… Tvvvvvvvvvgc of yuhh 2… THnkxx alot……

  23. SoMeOnE says:
    June 20, 2016 at 8:58 pm

    Enme rythi stwry
    Luv yhh a lot
    Avahah long kh up khla dhehcheh next part ???

    1. Ushaa says:
      June 20, 2016 at 11:10 pm

      Ohhh.. Thnkxx alotttttttt.. Insha allah avahah up khdheynan..

  24. Liaa says:
    June 20, 2016 at 9:55 pm

    Hama varah reethi mi bai ves 🙂 <3 Keep it up gurl

    1. Ushaa says:
      June 20, 2016 at 11:10 pm

      Thnk yew vvvvvvvvvv bodah gurlll…

  25. neesha says:
    July 6, 2016 at 7:09 pm

    eid dhuvahu fahu part genes dheynemey bunefa habare ves nuvey kobaa fahu part

  26. neesha says:
    July 6, 2016 at 7:11 pm

    vaahaka up vani ves v gina dhuvahun foohi veije esfiya site vaahaka kiyan vma

    1. Ushaa says:
      July 7, 2016 at 1:13 am

      Nooney neesha.. Ushaa up koffin buni dhivahuga.. U hav 2 rechek..

Comments are closed.

Next Episodeބޭވަފާތެރި ނުވަމޭ ޔާރާއޭ..(23 ވަނަ ބައި)←


All Right Reserved!