Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސައުވީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
June 18, 2016 9 Mins Read
55 Comments

ބެލްކަނީގެ ބިއްލޫރިގަނޑު ކައިރިން ފާޅުވަމުން ދިޔަ ރަތްކުލައިގެ އަލިގުޅަ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. އެނދުމަތީގައި އިނދެ ހެދުންތައް ފަތް ޖަހަމުން ދިޔައީ ފޫހިގޮތަކަށެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ.

އެނދުގައި އިށީންދެގެން މަންޝާ އިނީ ބެލްކަންޏަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ބެލްކަނީގައި ހުރިމީހަކު މަންޝާއަކަށް ނުފެނެއެވެ. ޓައިލްސްމަތީ ހުޅުވާފައިވާ ލަގެޖްގެ ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. މާދަމާ ރެއަކީ ރަށަށް ދާން ހަމަޖެހިފައިވާ ރެއެވެ. ފޮށި ތައްޔާރު ކުރަމުން ދިޔައިރު މަންޝާގެ ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. މަންޝާގެ މަގަތުން އެނދުމަތީ އޮތް ފޯނު ރިންގްވުމުން ފޯނަށް ބަލާލިއެވެ. އެގުޅަނީ ޒިބާނެވެ. މަންޝާ ފޯނަށް ބަލަން ހުރުމަށްފަހު އެ ފޯނު ބިޒީ ކޮށްލިއެވެ. އަނެއްކާވެސް ފޯނު ރިންގްވިއެވެ. އެ ފޯނަށް ޖަވާބު ދޭކަށް މަންޝާ ބޭނުމެއް ނޫނެވެ. ތަކުރާރުކޮށް ފޯނު ރިންގްވަމުން ދިޔައެވެ. ފޯނު ރިންގްވާ އަޑު ނޫން އަޑެއް އެކޮޓަރި ތެރެއަކުން ނީވެއެވެ. ދެލޯ މަރާ ފިއްތާލަމުން މަންޝާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

އިރުކޮޅެއް ފަހުން ރިންގް ވޭވޭ ހުރި ފޯނުގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. ކަންފަތް މަތިން ދެއަތް ނަގާ މަންޝާގެ މަގަތުގައި އޮތް ފޯނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ފޯނު އަނެއްކާވެސް ރިންގް ވެދާނެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ފަސްވަރަކަށް މިނިޓު ވީއިރުވެސް ފޯނު ރިންގެއް ނުވިއެވެ. މަންޝާ ޖަވާބު ނުދިނީމަ ޒިބާން ނުގުޅީއެވެ. ޒިބާނާ ވާހަކަ ދައްކަން މަންޝާ ފަސްޖެހުނެވެ. ޒިބާނާ ވާހަކަ ދައްކާނެ ހިތްވަރެއް މަންޗާގެ ކިބަޔަކު ނެތެވެ.

ބެލްކަނީގައި ހުއްޓިގެން މަންޝާގެ ހަރަކާތްތަކަށް ބަލަން ޒިބާން ހުރީ އިންތިހާއަށް ދެރަވެފައެވެ. މަންޝާގެ ހިތަށް އަރާ ފައިބަމުންދާ ހުރިހާ އެއްޗެއް އޭނާއަށް އެނގޭ ކަހަލައެވެ. ޒިބާން ބޭނުންވީ މަންޝާ އެދޭގޮތަށް ހިނދުކޮޅަކަށް އެކަހެރިކޮށް ދޫކޮށްލާށެވެ. ދުރުދުރުން މަންޝާއަށް ނުފެނި ހުރެވިޔަސް މަންޝާއަށް އިތުރު ހަމަލާއެއް އަޔަ ނުދީވޭތޯ ބަލަން ބޭނުންވިއެވެ.

ސިޓިންގް ރޫމަށް މަންޝާ ނުކުތީ އެތާހުރި ހުސް ފޮށިގަނޑު ކޮޓަރިއަށް ވައްދާށެވެ. ރަށަށް ގެންދަން ގަނެފައިހުރި ސާމާނުތައް ފޮށިގަނޑަށް އަޅާ ބަންދުކުރާށެވެ. ފޮށިގަނޑު ހިފައިގެން އައިސް އެނދުމަތީގައި އިށީނުމަށްފަހު މަންޝާ ހިންދެމިލިއެވެ. ވާޅުވެފައިވުމުގެ ސަބަބުން ކަދުރާމަތީގައި އަތް ކާއްތާލެވުނީ އިސް އޮބައިލާ ކަރު ގުދުކޮށްލަމުންނެވެ. ފޮށިގަނޑަށް ކޮތަޅުތަކުގައި ހުރި ސާމަނުތައް އަޅަމުން ދިޔައިރު މަންޝާގެ މަންމަ ގެނެސްދިނުމަށް އެދިފައިވާ ބައެއް ސާމާނުތައް ނުގަނެވި ހުރިކަން ފާހަގަ ވިއެވެ. އެހެންކަމުން ބާޒާރަށް ދާން ވަގުތު އޮތްތޯ ގަޑިއަށް ބަލާލިއެވެ. އެތަކެތިި ގަނެވޭނެހާ ވަގުތު އޮތުމުން މަންޝާ ގަސްތުކުރީ އޭނާއާއި އެކީ ފިހާރައަށް ދާން ޒުހާއަށް އާދެވޭތޯ ބަލާށެވެ.

*** *** *** *** *** ***

މުނީރާމެންގެ ކުޑަ އާއިލާވެސް ތައްޔާރުވަމުން ދިޔައީ ބޮޑު އީދަށް ރަށަށް ދިޔުމަށެވެ. އެންމެންގެ އަންނައުތައް ދޮވެ ހެދުންތައް ހިއްކަން އަޅުވަމުން ދިޔައީ އެ ކުޑަ ސިޓީންގް ރޫމްގެ ފާރުގައި ހަރުކޮށްފައިވާ ހޮޅި ދަނޑިއެއްގައެވެ. ރޭގަނޑުގެ ކެއުމަށްފަހު އަމާނާ އީމާނު ދިޔައީ ނިދާށެވެ. ހަސަނު އިނީ ހަަމަޖެހިލައިގެން ސޯފާގައި ޓީވީ ބަލާށެވެ.

“އަދިވެސް އަފްނާނު ގެއަށް އަންނާކަށް ނުވޭތަ މިހާރު އަށެއް ޖަހާ ބޮޑުވީ… ގައިމު އޭނަ ގޭގަ ހުރިނަމަ މި މަސައްކަތުގަ އަހަރެންނަށް ކިހާ ފަސޭހަ ވާނެ…” ހިއްކަން ހެނދުން އެޅުވުމަށްފަހު ވަރުބަލި ފިލުވާލަން ސޯފާގައި މުނީރާ އިށީނެވެ. ހަމަ އެ ދަނޑިވަޅު މުނީރާގެ ހައުސްކޯޓު ޖީބުތެރޭގައި އޮތް ފޯނު ރިންގް ވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން މުނީރާ ވާހަކަ ދެއްކިއެވެ. “ހަލޯ.. ދައްތާ…. ކޮބާ ގޭތެރޭ މަސައްކަތްތައް ނުނިމޭތަ؟… މިއަދު ފާޒިރާ ގުޅި… ބުނި މުޅިގެ ބަދަލުކޮށްލައިގެން އުޅޭ ވާހަކަ…”

“އާން އޭނަ މިރުސްކޮޅެއް ބަލާ މި ގޯއްޗަށް އައި.. އޭރު މަޖުދީ އުޅޭނެ މިތާ މަސައްކަތްކޮށް…. މިފަހަރު ރަށަށް އައިސް މުނީރާމެން މިގޭގަ ތިބެން ވާނީ.. އަހަރެން ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފިން…. މާދަމާއަށް ނިމޭނެ…. މުނީރާ… ބުނީމެއްނު ހަސަނު ބުރަކައްޓަށް އަނިޔާވި ވާހަކަ… މި ރަށު ދިވެހި ބޭސްކުރާ ދޮންހައްވަ ބުނި ބޭސްގަނޑެއް އަޅަައިދީފާނަމޯ…” ދޮންހައްވަ ބޭސްގަނޑު އަޅައިދޭން އެއްބަސްވި ވާހަކަ ބުނުމުން މުނީރާއަށް ދުނިޔެ ރަންވި ކަހަލައެވެ.

ސޯފާއިން ތެދުވެގެން ކޮޓަރިިއަށް ދިޔައީ މަދީހާއާ ފޯނުން ވާހަކަ ދައްކަމުންނެވެ. އޭގެ އިރުގަނޑެއް ފަހުން ގަނޑުުކޮޅެއް ހިފައިގެން އައިސް ހަސަނަށް އެއްޗެތިތަކެއް ގަންނަން ހަވާލު ކުރިއެވެ. ގަނޑުގައި ލިޔެފައިހުރި ސާމާނުތަކަށް ބަލާލުމަށްފަހު މުނީރާގެ މޫނަށް ހަސަނު ބަލައިލީ ހައިރާނުން ފުރިފައިވާ ބެލުމަކުންނެވެ. “މި ކޮންހާ ސާމާނެއް… އަރޮޅި ބުރޮޅި، އެސްމައު، ގޯނބިލި، ތަނބިވަށް، ހަބަރު، ލާމި، ލާމަށި، މޫމިޔާ…” މުނީރާ ދިން ގަނޑުކޮޅުގައި ލިޔެފައި ހުރި ސާމާނުތައް ހަސަނު ކިޔާލިއެވެ.   

“އާން.. ދޭބަލަ ތީއްޗިހި ގަންނަން… ދިވެހި ބޭސް ފިހާރައިން ތި ސާމާނުތައް ލިބޭނެ.. ދޮންހައްވަ ބުނީ ހަސަނު ބުރަކަށީގަ ރުއްގަލުބޭސް ގަނޑެއް އަޅައިދޭނަމޯ… ތި ސާމާނުތައް ނެތީމަ މީއްޗިހި ގަނެގެން އަންނާށޯ…” މުނީރާ ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ނުފެންނާކަށް ދަތެއް ނެތެވެ. ހަސަނުގެ ބުރަކައްޓަށް ލިބުނު ގެއްލުމާއި އެކީ އޭނާ އެ އުޅެނީ ބަރު އެއްޗެއް ހިއްލާލެވޭހާ ބުންވަރު ނެތިގެންނެވެ.

“ދެން މިހާރަކު ނޫން… މާދަމާ ތި ބޭސްތައް ހޯދާނީ…. މާދަންރޭ ފުރަންވާއިރަށް ލިބެނިކޮށް ނިމުނީނުން… މި ޑްރާމާ މެދުކަނޑާފަ އެހެން ދިމާއަކަށް ނުދެވޭނެ…” އަތުގައި އޮތް ގަނޑުކޮޅު ފަތްޖަހާލުމަށްފަހު ފަޓުލޫނު ތެރެއިން ނެގި އޭނާގެ ވޮލެޓަށް އެ ގަނޑުކޮޅު ލިއެވެ. ސޯފާ މައްޗަށް އެއްފައި އަރުވާލަމުން ފޯއް ތަބަށް އުނގަށް ލައިގެން އިނދެ ހަސަނު ދުފަންފެށިއެވެ.

“ހަސަނުގެ މައިބަނދައަށް ލިބުނު ގެއްލުމުން އަހަރެންނަށް ހަސަނާ ގާތްވެލާނެ ވަގުތެއްވެސް ނުވޭ… ކިރިޔާ އަތަކަށް ޖެހިލާއިރަށް އައްދޯ އަލިފާނޯ ކިޔާނެ… މިފަހަރު ރަށުން ބޭސް އަޅައިގެން އަންނަންވާނީ… އިސާހިތަކު ކުރިއަށް ވުރެއް ރަނގަޅުވެ އަހަރެންނަށް އަހަރެންގެ ހަސަނު ލިބޭނެ… ތި ކަމެއްވީ ފަހުން ކަމެއް ވާވަރެއްވެސް ނޫންވިއްޔާ…” މުނީރާގެ ބަސް ހުއްޓުނީ ގޭގެ މައި ދޮރު ހުޅުވާފަ ވަދެގެން އައި އަފްނާން ފެނުމުންނެވެ.

މުނީރާ ބަހެއް ނުބުނެ ދެލޯ ބޮޑުކޮށްގެން އަފްނާނާ ދިމާއަށް ބަލަން ހުރީ މުނީރާ ދެންމެ ދެއްކި ވާހަކަ އަފްނާނަށް އަޑުއިވިދާނެތީއެވެ. އަފްނާން އަތުގައި ހުރި ކޮތަޅުތަކަށް ބަލަން ހުރުމަށްފަހު މުނީރާ ސުވާލުކޮށްލިއެވެ. “ދަރިފުޅާ ތީ ކޮންހާ ސާމާނެއް؟…”

“އާން.. ރަށަށް ދާންވާއިރަށް އީދަށް ހެދުމާ ފައިވާނަކާ ރީތިވާ ސާމާނުކޮޅެއް ގަނެގެން މިއައީ… މަންމާ ކޮބާ އަފޫގެ ދަބަސް…  އަފޫގެ އެއްޗިސް ޕެކް ކުރަން ވެއްޖެ…” އަފްނާން ވާހަކަ ދައްކަމުން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަފްނާނަށް މުނީރާ ދެއްކި ވާހަކަ ނީވުނުކަން ނަސީބޭ ހިތަށް އެރިއެވެ.  ހަމަޖެހުމުގެ ނޭވާއެއް މުނީރާ ދޫކޮށްލިއެވެ. އޭރު ހަސަނުގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

*** *** *** *** *** ***

އާމިނައަށް ހޭލެވުނީ ރޭގަނޑުގެ ކެއުމަށް ނަރުސްކުދިން އައިސް އާމިނަގެ އަތުގައި ކޮށްޓާލުމުންނެވެ. ދެލޯ މަޑުމަޑުން ހުޅުވާލަމުން އާމިނައަށް ނަރުސްކުދިން ގެނެސްފައިވާ ތަކެއްޗަށް ބަލާލިއެވެ.  އާމިނަގެ ނޭފަތަށް ގުޅާފައިވާ ‘ފީޑިން ޓިއުބް’ މެދުވެރިކޮށް ނަރުސްކުއްޖާ ކާންދޭން އުޅޭތީ އާމިނަ ދެއަތަށް ބޯހުރަން ފެށިއެވެ. ސޯފާގައި އިށީނދެގެން އިން ޟިރާރު އާމިނަ ގާތަށް ޖެހިލިއެވެ. އެވަގުތު އަތުގެ އިޝާރާތުން އެކަން ހުއްޓުވުމަށް ޟިރާރު ގާތު އޭނާ އެދެމުން ދިޔައެވެ.

އައި.ސީ.ޔޫގައި ވެންޓިލޭޓަރގެ އެހީގައި އޮންނަން ޖެހުމުން އަދި އާމިނައަށް ވާހަކަ ދެއްކޭ ގޮތެއް ނުވެއެވެ. އެހެން ކަމުން އާމިނަ ވާހަކަދައްކާ ހަދަނީ އަތުގެ އިޝާރާތުންނާ ބޮލުގެ ހަރަކާތުންނެވެ. އާމިނަ ބޯހޫރަމުން އަތުގެ އިޝާރާތުން އޭނާ އަނގައިން ކައިފާނަންކަަމަށް ބުންޏެވެ. ނަމަވެސް ކަރުތެރެ ހަލާވެފައި ވުމުން އާމިނައަށް އަދި ރަނގަޅަށް ނުކެވޭތީ މިހެން ކެއުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނަރުސްކުއްޖާ ބުނެދިނެވެ. ފީޑިންގް ޓިއުބްގައި ހިފުމުން އާމިނަ ޟިރާރުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ނަރުސް ކުއްޖާ މިފަހަރު ކާން ދިނުމަށްފަހު ޑޮކްޓަރ ގާތު އެ ހޮޅި ނައްޓާލުމުގެ ހުއްދަ ހޯދާނެ ވާހަކަ ބުންޏެވެ. ހޯޅީގެ ކޮޅުގައިވާ މަތިގަނޑު ނައްޓާލުމަށްފަހު އެއަށް ކާއެއްޗިހީގެ ސިރިންޖް ގުޅާލަމުން މަޑުމަޑުން ނަރުސްކުއްޖާ ސިރިންޖް ދޫކުރަމުން ދިޔައެވެ. ފުރަތަމަ އެތިކޮޅު އެތެރެއަށް ދިޔަ ވަގުތު އާމިނަ ކުޑަކޮށް ކޮށި އަރާގޮތްވިއެވެ.

ޟިރާރުގެ ހިތަށް އެ މަންޒަރު ބަލަން ކިތަންމެ އުނދަގޫވީ ނަމަވެސް އާމިނަގެ އަތުގައި ފިރުމާލަ ފިރުމާލަ ހުރީއެވެ. ނަރުސްކުއްޖާ ކާން ދީ ނިއްމުމުން ފެންފޮދެއް އެހޮޅިން އެތެރެއަށް ދޫކޮށްލިއެވެ. އަދި ނަރުސްކުއްޖާ ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައެވެ. ތެތް ޓިޝޫކޮޅަކުން ހިކިފައިވާ އާމިިނަގެ ތުންފަތުގައި ޟިރާރު ޖައްސާލީ ތުންފަތް ތެތްމާލުމަށެވެ. ނަރުސްކުއްޖާ ނުކުތުމާއި އެކީ ކޮޓަރި ތެރެއަށް ވަދެގެން އައި އަލިބެއާ ދިމާއަށް ޟިރާރު ބަލާލިއެވެ. އަލިބެގެ ފަހަތުން ރިޔާޒާއި މީރާވެސް ވަނެވެ. މީރާ އައިސް އާމިނަގެ އެނދުގައި އިށީނެވެ.

މަންޒަރު ބަލަންހުރި ޟިރާރަށް އަލިބެ އިޝާރާތެއް ކޮށްލުމުން އަލިބެއާ އެކީ ޟިރާރު ކޮޓަރިން ބޭރަށް ނުކުތެވެ.

“މަންމާ… ކިހިނެއްތަ؟… މިރޭ ކައިފިންތަ؟…” މީރާ ލޯތްބާ އެކީ އާމިނައާ ވާހަކަ ދައްކަމުން ދިޔައެވެ. އާމިނަގެ ލޯ ކަރުނުން ފުރުނެވެ. މީރާގެ އަތުގައި ހިފަމުން ބޯ ޖަހާލިއެވެ. އާމިނައާ ގާތްވެލަމުން މީރާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ރިޔާޒް ވާހަކަ ދެއްކިއެވެ.

“މަންމާ…. މިކޯ މަންމާ މުންނާއަކަށް ވޭއް ހިނގަނީ… މީރާ ބަނޑޮބޮނޑޮ…” (މަންމާ… މިހާރު މަންމަ މާމައަކަށް ވާން އުޅެނީ… މީރާ ބަނޑުބޮޑު…) ހެވި ދިލިފައި ހުރެ މަންމައަށް އެ އުފާވެރި ޚަބަރު ހިއްސާ ކުރިއެވެ.

އާމިނަގެ ދެލޯ ކަރުނުން ފުރުނެވެ. މީރާގެ އަތަށް ފިތާލަމުން އާމިނަގެ އަތުގެ ޝަހާދަތް އިނގިލިން މީރާގެ އަތުގައި ކުރަހަން ފެށިއެވެ. އަނގައިން ހަރަކާތްކުރަމުން މީރާގެ އަތުގައި ލިޔާ އެއްޗަކަށް މީރާ ސަމާލުކަން ދިނެވެ. މީރާއަށް މަންމަ އެބުނާ އެއްޗެއް ނޭނގުނެވެ. އެހެންކަމުން އަދި އެއްފަހަރު އެ ބުނަން އުޅޭ އެއްޗެއް އަތުގައި ލިޔުމަށް އެދި މިރާގެ އަތްތިލަ ހުޅުވާލިއެވެ. އަދި އާމިނަ އެ ބުނަން އުޅޭ އެއްޗަކަށް ސަމާލުކަން ދިނެވެ.

“ރޫ…. ހީ….” އާމިނަގެ މެސެޖް މީރާ ވައިއަޑުން ކިޔާލިއެވެ.

*** *** *** *** *** ***

“ޟިރާރު އަހަރެންނަށް ހީވަނީ މިހާރު މި އާއިލާއަށް އަވަލައިގެން އުޅުނު ޖިންނީގެ އެއްވެސް އުނދަގުލެއް ނުޖެހޭ ހެން.. އެކަހަލަ ކަމެއް ފާހަގަ ނުވާތީ މިވާހަކަ ދައްކަން މިއުޅެނީ… އަހަރެމެން ކަމެއް ކުރަން އުޅޭކަން އެނގިގެން އޭނާ ރޫހީއަށް ބޮނޑިދީފަ ފިލީ.. އެ ދަނޑިވަޅުގައި އާމިނައަށް ދުއްތުރާކޮށްފައި އެދިޔައީ.. އެކަމަކު މިހާރު އާމިނައަށް އެކަހަލަ އުނދަގުލެއް ނުވާނެ…. ދެން ޑޮކްޓަރީ ފަރުވާއިން އާމިނަ ރަނގަޅުވަމުން ދާނެ… އާމިނައަށް އަވަސް ޝިފާއެއް ދެއްވާތޯ ދުއާކުރުން މުހިއްމީ…” އަލިބެ ވާހަކަ ދައްކަމުން ދިޔައީ އާމިނަމެންގެ ކޮޓަރި ކައިރީ ހުރި ވެއިޓީންގް އޭރިޔާއާ ދިމާއަށް ހިނގަމުންނެވެ.  

އެތާ ހުރި ގޮނޑިބަރިއާ އަރާ ހަމަވުމުން ޟިރާރު ވާހަކަ ދައްކަން ފެއްޓިއެވެ. “ކިހިނެއް ތިއެއް އިނގެނީ.. އޭތި އަދިވެސް އަހަރެމެންނަށް ދުއްތުރާ ކޮށްފާނެއްނު… އަހަރެން ބޭނުން ރޫހީއަށް އެހެން ހެދި ސަބަބު އޮޅުން ފިލުވަން… ދެން ހަމަ އެހެން ހުރެފަ އޭއްޗެހި އަވައެއް ނުލާނެދޯ… އޭގެ ސަބަބުން އަހަރެންގެ ހުރި ހަމައެކަނި އަނަހެން ދަރި އަަހަރެމެންނާ ވަކިވެގެން އެދިޔައީ…”

ޟިރާރުގެ ވާހަކަ އަޑުއަހަން ހުރުމަށްފަހު އަލިބެ ބޯ ޖަހާލިއެވެ. “އާން.. ތީގަ ފޮރުވިފައިވާ ސިއްރުވެސް އެނގޭނީ އެ ޖިންނި އަތުޖެހިގެންތާ… ނަމަނަމަ ތި އާއިލާ އެންމެންނަށް މަ ހަވާލުކުރި ތަވީދު ނުނަގާތި…. ކޮންމެފަދަ ވަގުތެއްގައިވެސް ބޮނޑިއެއް ދީފާނެ… ވިސްނައިގެން އުޅޭތި… ދެން ހިނގާ ކޮޓަރިއާ ދިމާއަށް ދާން…” ޟިރާރުމެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

“އެންމެ ރަނގަޅު އަހަރެން މިދަނީ މިސްކިތަށް…. ފަތިސްނަމާދުން ފައިބައިގެން އަންނާނަން… މަބުނި އާޔަތްތައް މިރޭވެސް ކިޔަވާތި.. ދެން ދަނީޔޭ…” ޟިރާރާ ސަލާމް ކުރުމަށްފަހު އަލިބެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ.

ޟިރާރު ގޮސްވަނީ ކޮޓަރިއަށެވެ. އޭރު ރިޔާޒް ވާހަކަ ދައްކަމުން ދިޔައެވެ. “މަންމާ… ރޫހީގެ ހަނދާން އަފިރިންގެ ހިތަކުން ފިލަގެން ނިއޭއްހެއް… މަންމާ އެކަމާއި ނިވިސްނަ…. އެކަމާއި ހިއްދަތިވެ ހިތާމަ ކެރާހެއި ހިނދަކި މަންމާ އަވަހަށް ރަނގަޅަ ވޭނެއި ކެހެނެކަށް….” (މަންމާ… ރޫހީގެ ހަނދާން އަހަރެމެންގެ ހިތަކުން ފިލައިގެން ނުދާނެ… މަންމަ އެކަމާ ނުވިސްނާ… އެކަމާ ހިތްދަތިވެ ހިތާމަ ކުރާހާ ހިނދަކު މަންމަ އަވަހަށް ރަނގަޅުވާނީ ކިހިނެއް….)

“ތެދެއް މަންމާ.. އަހަރެންވެސް މީ މަންމަގެ އަމިއްލަ ދަރިއެއް ގޮތުގައި ވިސްނާ… މަންމަ ދެން މީގެ ފަހުން ރޫހީގެ ވާހަކަ ނުދައްކާތި… އެކަމާ ހިތާމަ ނުކުރާތި… އިނގޭ…” އާމިނަގެ ލޮލުކަނުން ފައިބަމުން ދިޔަ ކަރުނަތައް މީރާ ފޮހެދިނެވެ. އަދި އާމިނާގެ ބޮލުގެ އިސްތަށިގަނޑު ރީތި ކޮށްދިނުމަށްފަހު ބޮލުގައި އަޅާފައި އޮތް ބުރުގާވެސް ރީތި ކޮށްލިއެވެ.

ޟިރާރުއަށް މިފެންނަ މަންޒަރުން ހުރީ ހިތަށް އަސަރުތަކެއް ކޮށްފައެވެ. މީރާއާ ރިޔާޒްގެ އޯގާތެރިކަން ފެނި މާތް ﷲ އަށް ހަމްދު ކުރެވުނެވެ. ކޮޓަރި ދޮރުކައިރީ ހުއްޓިގެން ހުރި ޟިރާރު ފެނުމުން ބައްޕަ ގާތު ކާން ދާން ހިނގާށޭ ބުނެ އެ ކޮޓަރިން ރިޔާޒް ނުކުތީ އާމިނަ ގާތުގައި މީރާ މަޑުކުރުމަށް އެދުމުންނެވެ.

*** *** *** *** *** ***

ފޮށިގަނޑުތައް ސިޓީންގް ރޫމަށް ނެރެ ހިންދެމިލި ތަނުން ބޭރުދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ދެއަތް ފޮޅާލަމުން މަންޝާ ގޭ ދޮރުގެ ތަނޑު ނައްޓާ ދޮރު ހުޅުވާލިއެވެ. “ޒުހާ.. އާދޭ އެތެރެއަށް.. މިއަންނަނީ ޗޭންޖްކޮށްގެން….” ޒުހާ ސޯފާގައި އިށީނެވެ.

“އާން…. އަވަސް ކުރައްޗޭ… އަހަރެންވެސް ބޭނުން ޝޯލް ކޮޅެއް ގަންނަން…” ޒުހާ ދެއްކިވާހަކަ އަޑު އިވުމުން ކޮޓަރިތެރޭ ހެނދުން ބަދަލުކުރަން ހުރި މަންޝާއަށް ނުހުރެވިގެން ވާހަކަ ދެއްކިއެވެ. “ކީކޭ… ކީއްކުރާ ޝޯލެއް؟..”

“އަހަރެން މިއުޅެނީ ބުރުގާ އަޅަން… ހައްޖު ދުވަހު އަޅަންކަމަށް…” ވާހަކަ ދައްކަމުން ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާއަށް ޒުހާ ހިނގައިގަތެވެ. މަންޝާ އޭރު ބޮލުގައި ފުނާ އަޅަނީއެވެ. އިސްތަށިގަނޑު ހާވާލަމުން މަންޝާގެ ބުރަކަށި ހިރުވާހެން ހީވިއެވެ. އެހެންކަމުން ފުނަލުން ހެދުން މަތީން ބުރަކަށި ކަހާލިއެވެ. ޒުހާއަށް އެތަން ފެނުމުން އައިސް ހެނދުން މަތިން މަންޝާގެ ބުރަކަށި ކަހައިދިނެވެ. “އަޒީމް އެދިޔަ ގޮތަށް ނުގުޅާތަ؟…” ޒުހާ ކޮށްލި ސުވާލުން މަންޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“ތިވާހަކަ ނުދައްކާ… ހިނގާ ފިހާރައަށް ދާން…. ދެން ޒުހާ އިސްތަށިގަނޑަށް ބޭނުންހާ ގޮތެއް ނުހެދިގެން އުޅޭކަށް ނުޖެހޭނެދޯ…. ބުރުގާ އޮޅާލީމަ ނިމުނީ…” ގޭގެ ތަޅުދަނޑި ފަތި ނެގުމަށްފަހު ދަބަސް ކޮނޑުގައި އަޅުވަމުން ގެއިން ނުކުތުމަށް މަންޝާ ހިނގައިގަތެވެ.

ޒުހާއާ އެކީ މަންޝާ މަޖީދީ މަގުގެ ގިނަ ފިހާރަތަކަށް ވަނެވެ. މަންމަ ބޭނުންވި ސާމާނުތައް ގަތުމަށްފަހު ޒުހާ ގަންނަން ބޭނުންވާ ކަހަލަ ޝޯލް ހުރި ފިހާރައަކަށް ވަނެވެ. ދެމީހުން ފިހާރައިން ނުކުތީ ޒުހާ ބޭނުންވާ ވައްތަރުގެ ގިނަ ޝޯލްތަކެއް ގަނެގެންނެވެ.

“ޒުހާ… އަހަރެން ވަރަށް ކަރު ހިއްކާ… ހިނގާބަލަ ފެންފުޅިއެއް ގަންނަން… މިހާރު މުޅިންހެންވެސް ފެންބޮވާފަ ހުންނަނީ… ނޭނގެ މިހާ ވިއްސާރަ ދުވަސްވަރެއްގަ ކޮންހާ ފެނެއް ބޮވާކަށްތަ؟…” މަންޝާ ބޭނުންވީ ކަންމަތީ ފިހާރައަށް ވަދެ ފެންފުޅިއެއް ގަންނާށެވެ. ފެންފުޅި ގަނެގެން ނުކުމެ ދުވާރުމަތީ މަޑުކޮށްގެން ދެމީހުން ތިބީ ފެންފޮދެއް ބޮއިގެން ގެއާ ދިމާއަށް ހިނގައިގަންނާށެވެ.

“މަށަށް ހީވަނީ ތިވަރަށް ފެންބޮވާ އިރު އެވަރަށް ފާޚާނާއަށްވެސް ދާނެހެން… ނޫންތަ…” ޒުހާ ދެއްކި ވާހަކައަށް ޖަވާބުދެމުން މަންޝާ ބޯޖަހާލީ އަނގަފުރާ ފެންއަޅައިގެން ހުރުމުންނެވެ.

“ލޮޑުވާ ހެންވެސް ހީވޭ ދޯ… މާގިނައިން ކާ ހިތްވެސް ވޭދޯ…” ޒުހާ ހަށަން ބަނދެގެން ހުރެ އިތުރު ކަންތައްތަކެއް ވާހެން ހީވާތީ އެތަންކޮޅުވެސް އިތުރު ކޮށްލިއެވެ. މިފަހަރުވެސް މަންޝާ ބޯ ޖަހާލިއެވެ.

“މަށަށް ހީވަނީ މަންޝާ ޕްރެގްހެން….” ޒުހާއަށް އެހިސާބަށް ބުނެވުނުތަނާ މަންޝާގެ އަނގަފުރާ އަޅާފައިހުރި ފެންތައް ޕޫސްލާފައި ބުރުވާލެވުނެވެ. މަގުމަތިން ހިނގާފައި ދިޔަ މީހުންގެ ލޯތައް އެމީހުންނާ ދިމާއަށް ހުއްޓިފައި ހުރުމުން ޒުހާ ގާތަށް ހިނިއައެވެ. ނަމަވެސް މަންޝާގެ މޫނުމަތީ ހުރި ކުލަވަރު ފެނުމުން ޒުހާ އެ ހިނިގަނޑު ހިންދާލިއެވެ.

“ނޯ… މި ސިޓުއޭޝަންގަ އަަހަރެން ޕްރެގް ވާކަށް ބޭނުމެއް ނޫން… އަޒީމް މިހާރު އެހެން އަންހެން ކުއްޖަކާ ގުޅުމެއް ހިންގާއިރު… ނޯ އައި ޑޯންޓް ވޯންޓް އަ ކިޑް ރައިޓް ނައު… މައްސަލަ ހަމައަކަށް އެޅެންދެން މަޑުކުރަން ބޭނުމީ…” މަންޝާ އެއްފައްޗަކަށް އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލީ އަނގަމަތީހުރި ފެންތައް އަތުން ފޮހެލަމުންނެވެ. ފެންފުޅިއާ އެކީ ފިހާރައިން ގަނެގެން އައި ސުޕާރީ ޕެކެޓް އަނގަޔަށް ކަނޑާލަމުން މަންޝާއާ ދިމާއަށް ފުން ނަޒަރަކުން ޒުހާ ބަލާލިއެވެ.

“މަންޝާއަށް ދަރިން ނުލިބި މި ކަންތައްގަނޑުގަ ތި ދެމީހުން އުޅޭތާ ލައްކަ ދުވަސްވެއްޖެދޯ.. މަންޝާއާ ދުރަށް ގޮސް އެހެން ރިލޭޝަންއެއް އަޒީމް ހިންގަނީވެސް އެހެންވެ ކަމަށް ވެދާނެ… އައިނޯ އިޓްސް ނޮޓް ދަ ރައިޓްވޭ…. މޭބީ ދިސް ޕްރެގްނެންސީގެ ސަބަބުން ތި ދިރިއުޅުން ސަލާމަތްވެސް ކުރެވިދާނެ… އަޒީމް ތި ކުޅިގަނޑު ހުއްޓާލަފާނެ… މަށަށް ފެންނަނީ ޓެސްޓެއް ހަދާލަން…” ޒުހާގެ ވާހަކަ މެދުކެނޑުނީ އެމީހުން މަޑުކޮށްގެން ތިބި ހިސާބުގައިވާ ޕާކިންގް ޒޯނަށް މަޑުކޮށްލި ސައިކަލު ފެނުމުންނެވެ. މަންޝާގެ އަތުގައި ޒުހާ ކޮއްޓާލަމުން އެ ސައިކަލު ދައްކާލިއެވެ.

ސައިކަލު މަޑުކޮށްލުމަށްފަހު ކަންމަތީގައި ހުރި ފިހާރައާ ދިމާއަށް ރިޔާޒް އަވަސްވެގަތެވެ. ސައިކަލުމަތީ މަޑުކޮށްގެން މީރާ އިނީ ނިއްކުރީގައި އަތް ހާކާލަ ހާކާލައެވެ. މިރާއާ ދިމާއަށް މަންޝާމެން ޖެހިލިއެވެ. މިރާއަށް ގޮވާލުމުން މީރާ އިސްއުފުލާލާ މަންޝާމެންނާ ދިމާއަށް ބަލާލިއެވެ. އެވަގުތު މަންޝާގެ އަތުގައި އޮތް ސުޕާރީ ޕެކެޓް ފެނުމުން މީރާ އޭގެން އެތިކޮޅެއް ދިނުމަށް އެދުނެވެ. ޕެކެޓުގައި ދަތް ޖައްސާލިގޮތަށް އެއްފަހަރާ ފެކެޓްގައި ހުރި ސުޕާރީތައް އަނގަޔަށް ދަމާލިއެވެ. ފުންނޭވާތައް ބޭރު ކުރަމުން ދިޔައިރު މީރާގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މަންޝާމެންގެ ފަހަތުން ރިޔާޒް އައިސް ސައިކަލު ކައިރިއަށް ހުއްޓެމުން މީރާއަތަށް ފިނި ފެންފުޅިއެއް ދިއްކޮށްލިއެވެ. މީރާ ފެންފުޅީގައި ހިފަމުން މިހާރު ރަނގަޅުކަމަށް ބުންޏެވެ.

“ކިހިނެއްވީ މީރާ؟… ކޮންތާކަށް ތި ދުއްވަނީ؟….” މަންޝާ އަތުގައި އިން ފެންފުޅިން ކޯވަރެއް ބޯލަމުން މީރާއާ ސުވާލުކޮށްލިއެވެ.

“މިއައީ ރިޔާގެ މަންމަ ކައިރިއަށް ގޮސްފަ… މިހާރު ރޫމަށް ބަދަލުކޮށްފި… ގެއަށް އައި މަގުމަތީ އެހެރި ޓްރެފިކް ލައިޓްގަޖެހުނީ…. އެތާ ސައިކަލެއްގަ އިން މީހަކު ސިނގިރޭޓް ދުން ބުރުވާލީ… އަހަރެން މޭ ނުބައިކޮށްގެން ބޯ ސަކަރާތްވާތީ މިތަނަށް މި މަޑުކުރީ… ދޯ ރިޔާ.. ދެން ދަނީ އިނގޭ… އަޒީމާ ނަވާފަށް ސަލާމް ބުނާތި… ބާއި…” ރިޔާޒް ޒޯނުން ސައިކަލު ނެރެމުން މަޖީދީމަގުން ހެނވޭރާވީ ފަރާތަށް ދުއްވާލިއެވެ. މީރާއަށް އަތްހަނާ އަޅަމުން ޒުހާއާ މަންޝާ މިސްރާބުޖެހީ ގެއާ ދިމާއަށް ދާށެވެ.

“އާން އެ ވާހަކަ ބުނަން އަސްލު ހަނދާން ނެތުނީއްޔޭ… މީރާ ޕްރެގް… މިއަދު އަހަރެންނަށްވެސް އެނގުނީ… މީރާއާ އެކީ ޑައިނަމޯއަށް ދިޔައިމަ… އަނެއްކޮޅުން މީރާއަށް ނުބައިވަސްދުވާތީ ރިޔާޒް ސިނގިރޭޓު ބުއިންވެސް ހުއްޓާއިފިޔޯ…. ހައު ސްވީޓް…” މަންޝާ ވާހަކަ ދައްކަމުން އޭނާގެ ގޭގެ ދޮރު ހުޅުވާލިއެވެ. “އަލްހަމްދު ލިﷲ… ހާދަ އުފާވާނޭދޯ…. އަދިވެސް މީރާގެ އެ ޅަގޮތް ކެނޑޭކަށް ނޫޅޭތަ؟… އޭ މަން މަޑުކޮށްބަލަ.. ނަވާފް އެބަ އާދޭ އަހަރެން ބަލާ… މައްޗަށް އަރާފިއްޔާ އަނެއްކާ ފައިބަން ޖެހޭނީ…” ދެމީހުން މަންޝާމެން ގޭ ދޮރުކައިރީ ވާހަކަ ދައްކަން ތިއްބާ ސައިކަލުގައި ނަވާފް އައިސް މަޑުކޮށްލިއެވެ.

ޒުހާ ސައިކަލަށް އަރަން ދިޔައެވެ. އެވަގުތު ނަވާފް ސުވާލެއް ކޮށްލިއެވެ. “ކޮބާ އަޒީމް؟…” މަންޝާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އަޒީމް ވީ ކޮންތާކުކަމެއް ޚުދު މަންޝާ އަކަށްވެސް ނޭނގެއެވެ. އޭނާ ބުނާނީ ވަކި ކީކޭ ހެއްޔެވެ. “އަޒީމް ކުޑަ މަސައްކަތެއްގަ ހުޅުމާލެއަށް ގޮސްވީ….” އެހެން ބުނަމުން މަންޝާ ގޭތެރެއަށް ދެމިގަތެވެ.

ނަވާފް ސައިކަލް ސްޓާރޓް ކޮށްލަމުން އައްދޯއިއޭ ބުނެލީ ނަވާފްގެ އަރިކަށީގައި ޒުހާ ވިކައިގަތުމުންނެވެ. “ކީއްކުރަން އެހެން ތި އެހީ؟…. އޭނާ ދެރަވާނޭ…” ޒުހާ ޝަކުވާގެ ރާގަކަށް ބުނެލީ ނަވާފްގެ އުނަގަނޑުގައި ހިފަމުންނެވެ.

“އެކަމަކު އަޒީމް އެހެން އުޅެފާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން… އަހަރެންވެސް ތީގަ ވާނުވާ ދުރުދުރުން ބަލާދޭނަން… އަސްލު އަހަރެންގެ ރައްޓެއްސަކަސް އަހަންނަށް ބުނެވޭނީ އަޒީމް ވަރަށް ކަޑައޭ… މަންޝާ ކިހާ ދެރަވާނެ… އެހެން ހަދާކަށް ނުވާނެދޯ.. ބޭނުންނެތިއްޔާ ބުނީމަ ވީނުން…” ނަވާފް ދެއްކި ވާހަކައަށް ޒުހާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ޒުހާ ނަވާފް ގާތުގައި ބުނީ ހަމައެކަނި އަޒީމް ކޮށްގެން އުޅޭ ކަމެއްގެ ވާހަކައެވެ. މަންޝާވެސް އެފަދަ ގުޅުމެއް ހިންގިއެވެ. ނަމަވެސް އެވާހަކަ ނަވާފް ކައިރީ ޒުހާ ނުބުނެއެވެ. އެހެންކަމުން މިވަގުތު ނަވާފަށް ކުށްވެރި ކުރެވޭނީ އަޒީމް އެކަންޏެވެ.

*** *** *** *** *** ***

ޒިބާންހުރީ މަންޝާ ގެއަށް އައިސް އެކަހެރި ވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޒުހާއާ އެކުގައި އުޅުނު ވަގުތުތަކުގައި ޒިބާނަށް އެމީހުންނާ ގާތްވެވޭގޮތެއް ނުވިއެވެ. ޒުހާ ހުރި ހިސާބަކާ ކައިރިވާން ކުރި މަސައްކަތް ފެއިލްވުމުން އެކަމުން ޒިބާނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. މަންޝާއާ ޒުހާއާ ވަކިވަންދެން މަންޝާއަށް ގޯނާއެއް ނުކުރެވޭނެކަން ޒިބާނަށް ކަށަވަރުވިއެވެ.

ބެލްކަނީގައި ޒިބާން މަޑުކޮށްގެން ހުއްޓާ މަންޝާ ކޮޓަރިއަށް ވަދެގެން އައެވެ. އޭރު މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އަޒީމް ވީ ބޭވަފާތެރިކަން އަނެއްކާވެސް ހިތަށް އެރީއެވެ. ރީތިވާ މޭޒުދޮށަށް ގޮސް ކަންފަތުގައި ލައްވާފައިވާ މުދި ނައްޓާލުމަށްފަހު އިސްތަށިގަނޑު އައްސާ ބޮލުމެދަށް ހުޅިއެއްހެން ހަރުކޮށްލިއެވެ. ކަރުގައި އަޅާފައިވާ ރިހިފަށް ނަގާ މޭޒުމަތީ ބޭއްވިއެވެ. ދެއަތުގައި އަޅާފައިވާ އަނގޮށްޓިއާ ތަނޑިތައްވެސް ނެގިއެވެ.

ލޯގަނޑުން މަންޝާގެ މޫނަށް ބަލަން ހުރުމަށްފަހު އޭނަގެ ބަނޑުގައި ފިރުމާލެވުނެވެ. އަނެއްކާ ޒުހާ ބުނިފަދައިން މަންޝާ ބަނޑުބޮޑީ ބާވައޭ ހިތަށް އެރިއެވެ. ޓެސްޓެއް ހަދާ ޔަގީން ކުރަން ބޭނުން ވިއެވެ. ނަމަވެސް ރޭގަނޑު 10ގެ ފަހުން ފިހާރަތައް ބަންދުކުރާނެއެވެ. އެހެންކަމުން މިވަގުތު ޓެސްޓު ކިޓެއްވެސް ނުލިބޭނެެއެވެ.

މަންޝާ ބިރުގަތެވެ. ބަނޑުބޮޑު ވެއްޖިއްޔާ މީ އަޒީމްގެ ނޫނީ ޒިބާންގެ ކުއްޖެއްކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ. އެ ޚިޔާލުތަކުގައި ހުއްޓާ މަންޝާގެ ބުރަކަށި ހިރުވަން ފެށިއެވެ. ލައިގެން ހުރި ހެދުން ބަދަލު ކުރަން ބޭނުންވިއެވެ.  ކޮނޑުމަތިން އަތްނަގާ ބުރަކަށި ކަހަން މަސައްކަތް ކުރެވުނެވެ. އަލަމާރި ތެރެއިން ނިދަންލާ ހެދުންނަގާ ހެނދުން ބަދަލުކުރަން ފެށިއެވެ.

ބެލްކަންޏަށް ފުރަގަސް ދީގެން ހުރެ ޖިންސު ބޭލިއެވެ. ޓައިލްސްމަތީ ގައިން ބޭލި ޖިންސު ބޭއްވުމަށްފަހު މަންޝާ އޭނާ ލައިގެން ހުރި ޓޮޕްކޮޅު ބޭލިއެވެ. އަދި އަޑިން އަޅައިގެންހުރި ބުރާ ވާގަނޑު ފަހަތުން ނައްޓާލިއެވެ. އެވަގުތު ބެލްކަނީ ބިއްލޫރި ގަނޑުގައި އެއްޗެއް ޖެހުނު އަޑު އިވުނެވެ. މަންޝާއަށް ސިހުމެއް ލިބުނެވެ. ބިރުވެރިކަމެއް ހިތަށް އިހްސާސް ކުރެވުނެވެ. މިވަގުތު ބެލްކަނިން އެފަދަ އަޑެއް އިވުނީ ކީއްވެތޯ ބަލަން ބޭނުންވިއެވެ. ބުރާ އެކީ ނުބާލާ، ނިދަންލާން ނެގި ހެދުމުން މޭމަތި ނިވާކޮށްލަމުން ފަސް އެނބުރި މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ.                        

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 56

Next
June 19, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 56

Previews
June 18, 2016

އަހަރެންގެ ވާހަކަ (ސައުވީސްވަނަ ބައި)

55 Comments!

  1. ken? says:
    June 18, 2016 at 11:08 pm

    thnkz for de story ☺ ❤ ? ? ✌ u r v talented..☺

    1. Shax Lyn says:
      June 18, 2016 at 11:58 pm

      thanks Ken 🙂

  2. same says:
    June 18, 2016 at 11:13 pm

    wow. aslu v reethi. next part avaskohlachcheyyy…

  3. M@dhy says:
    June 18, 2016 at 11:25 pm

    Amazing. V v interesting kuriyah dhaa goiyh.. Good luck ?

  4. Shax Lyn says:
    June 18, 2016 at 11:30 pm

    Thanks @same and @Madhy <3
    ill try to bring it asap….

  5. Aimsithu says:
    June 19, 2016 at 12:13 am

    Varah habeys mi part ves

  6. Gurey says:
    June 19, 2016 at 12:14 am

    Mi story furihama vaa sababakee… Emmen ge baithahves genes dheytheee… Alhe mansha ge fahthuga hunnaanee zibaan dho

  7. Shax Lyn says:
    June 19, 2016 at 12:16 am

    Thanks Aimsithu and Gurey 🙂 wait to see wats behind her…. n whats going to happen next….

  8. Zeyba says:
    June 19, 2016 at 12:30 am

    Mansha zibaan aa ekee ulhefa dhen azeem aharen kairiyah aima dhw j vee. Azeem is mine

    1. Shax Lyn says:
      June 19, 2016 at 4:28 am

      hehehe…. seyba hama ehaa goiy dhoo nukuraane hen heeveytha?…. thanks for ur support

  9. Shaal says:
    June 19, 2016 at 12:31 am

    Varah habeys mi part

    1. Shax Lyn says:
      June 19, 2016 at 4:28 am

      Thanks Shaal 🙂

  10. love says:
    June 19, 2016 at 12:51 am

    This story is amazing ???
    Can’t wait can’t wait ???

    1. Shax Lyn says:
      June 19, 2016 at 4:29 am

      Awwwn 🙂

  11. Tootee says:
    June 19, 2016 at 12:51 am

    Haadha lass vii..???
    Vaahaka vrh salhi inge??
    Avas koh upload kurahchey Inge

    1. A friend says:
      June 19, 2016 at 12:55 am

      Writer buni roadhamahu weekly ey upload kuranee… Noontha…

    2. Shax Lyn says:
      June 19, 2016 at 4:30 am

      During Ramazan ill be v busy… weekly episode eh kiyuntherinah genesdheynan…. ill try to make it even faster…. thanks for ur love n support 🙂

  12. Mary says:
    June 19, 2016 at 12:53 am

    Mansha zibaan aa close vaane tha. Shes feeling so guilty. Mikahala kanthah real life ga dhimaaveema hadhaanee kihinehba. Ill go craxy.

    1. Shax Lyn says:
      June 19, 2016 at 4:31 am

      ya mansha feels guilty for what she did….. thnks mary <3

  13. Mannsha says:
    June 19, 2016 at 12:54 am

    mashaj heyo kaleymen dhemeehun komme gandeh gathas. zibaan is hotter than azeem. and he has super powers. we will be happier together

    1. Shax Lyn says:
      June 19, 2016 at 4:31 am

      wow…. hehehe 🙂

  14. Niyuan says:
    June 19, 2016 at 12:58 am

    Super ????

    1. Shax Lyn says:
      June 19, 2016 at 4:32 am

      Thanks dear….

  15. A friend says:
    June 19, 2016 at 12:59 am

    Shaaz
    This story is so unique and nice
    Thi genna twist thah varahves furihama
    I want yo knw more abt zeyba
    Love . a friend

    1. Shax Lyn says:
      June 19, 2016 at 4:32 am

      ooohhh zeybage bai adhi ginain genesdheveyne… just wait… thanks alot

  16. Bad girl says:
    June 19, 2016 at 1:00 am

    Bra ??
    Girl even boys read this storry heheheh ???

    1. Bad boy says:
      June 19, 2016 at 1:05 am

      Cool Assu ei ves laa ehcheh koba massala akee ??

    2. Shax Lyn says:
      June 19, 2016 at 4:34 am

      heheh I think boxer ves one episode ga himenin.. 😛 :p

  17. zibaan says:
    June 19, 2016 at 1:13 am

    V habeys vaahaka eh, waiting 4 next episode.

    1. Shax Lyn says:
      June 19, 2016 at 4:34 am

      thanks

  18. Azeem says:
    June 19, 2016 at 1:26 am

    Zeyba is too hot and sexy than mansha, and also she is real, kikiki

    1. Shax Lyn says:
      June 19, 2016 at 4:36 am

      wowowow

  19. Aneh jinni says:
    June 19, 2016 at 1:44 am

    Zibaan kaley halaakuvaan thiulheneee???
    Aharen manshage dhuvas dhuvvaalaanan
    Balan hunnan jeheyneeee hahahaha ???

    1. Shax Lyn says:
      June 19, 2016 at 4:36 am

      ooohhh thanks for the support…. hehehe

  20. Zibaan says:
    June 19, 2016 at 2:35 am

    Thanks a lot shaazlyn!!
    Now everyone knows that I am a perverted peeping tom!
    Varah foohi vey.

    1. Shax Lyn says:
      June 19, 2016 at 4:35 am

      I dont think zibaan is pervert…. noontha ladies…

    2. Mary says:
      June 19, 2016 at 4:51 am

      Ya hes being a gentleman

  21. Shahi says:
    June 19, 2016 at 3:21 am

    Ahlhey adhi thankolheh ithurukohlinama heheheee waiting for the next episode

    1. Shax Lyn says:
      June 19, 2016 at 4:34 am

      ohhh.. Thank u Shahi… 🙂

  22. firooo says:
    June 19, 2016 at 10:20 am

    nice.next part kon irakun up kuranee

  23. Mann says:
    June 19, 2016 at 10:31 am

    Mansha prag vee zibaan ge kujjakah… he has all the powers 🙂

  24. Shaa xee says:
    June 19, 2016 at 11:09 am

    Alhey next part avahah up koh dhehchey…………. next part kiyaa hithun hurevenee eh nun…… v v v reethi story dhaa goi. Keep it up shax Lyn. Waiting waiting waiting for the next part ???

  25. Nyna says:
    June 19, 2016 at 1:46 pm

    Very nice indeed love this story ?varah furathama kiyaahithun inthizaaruga

  26. Mohamed says:
    June 19, 2016 at 4:12 pm

    Hes kiyaafa obi vaaahakaehhmnee. Emme kiyaa hiyvanee hassanbe n zeybage baithah.

  27. Galaxy chocolate says:
    June 19, 2016 at 4:41 pm

    I love this story… Awesome

  28. Uly says:
    June 19, 2016 at 10:42 pm

    ?????????????

  29. Mira says:
    June 20, 2016 at 9:54 am

    Alhe smoke nukoh faanan tha Evves meehaku, I ah undhagoo vaathee mihen mi bunee. “Ma miko bando bondo” (Aharen mihaaru bandu bodu)
    ******** ******** ********

  30. Ayshaa says:
    June 20, 2016 at 1:20 pm

    V interesting mi story next episode ah inthizaaru kurevrny hama……

  31. Ayshaa says:
    June 20, 2016 at 1:22 pm

    V interesting mi story next episode ah inthizaaru kurevrny hama kiyaa hithun indha e nimuny……

  32. Kims William says:
    June 20, 2016 at 4:04 pm

    Kobai 1st episode?

    1. Smik De NicHie NiSh says:
      June 20, 2016 at 4:15 pm

      https://www.esfiya.com/15976/

    2. Kims William says:
      June 20, 2016 at 4:16 pm

      ma ekani kiyaanee ☺️☺️

  33. ninni says:
    June 20, 2016 at 9:04 pm

    wow. . v..v v. .v nyc..

  34. Nabaah says:
    June 23, 2016 at 10:58 pm

    Waiting for next

  35. Sifox says:
    July 21, 2016 at 11:31 am

    Vaahaka v salhi….. but kiyamun dhaairu snkudi vaahaka in beyrah dhaa than kolhu kolhu eba huri….. vskihisaabakun kiyan foohi vefa… mihaaru v boduthan okk…. mihaaru salhi…..

Comments are closed.

Next Episodeމަންޝާ (ފަންސަވީސްވަނަ ބައި)←


All Right Reserved!