Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (5)

layaal
June 19, 2016
11 Mins Read
81 Views
48 Comments

ކަޅު އަނދިރި ސާލެއް އުޑުމަތީގައި ފެތުރިފައި ވީއިރު ތަރިތަކުގެ ވިދުމުން މުޅި އުޑުވަނީ ޖަރީކުރެވިފައެވެ. ގޭގެ ބޮޑު ބެލްކަނީގައި އިން ކުޑަ ސޯފާ ގޮނޑިއެއްގައި ލޫތް އިނީ ލެޕްޓޮޕުން ކޮންމެ ވެސް މަސައްކަތެއް ކުރާށެވެ. ދިއްލާފައި ހުރި އޮރެންޖު ކުލައިގެ ފަނޑުއަލީގައި ލެޕްޓޮޕްގެ ގަދަ އަލި ފެންނަން ނެތްނަމަ އެތަނުގައި މީހަކު އިން ކަމެއް ވެސް ނޭނގޭނެއެވެ.

ބެލްކަންޏަށް ނިކުމެލި ލީނާއަށް ދުރުގައި އިން ލޫތް ފެނި ފިޔަވަޅުތައް ހުއްޓުނެވެ. މިއަދު ހެނދުނު ހިތްހަމަ ނުޖެހިފައި ހުރެ ނިކުމެގެން ދިޔަގޮތަށް މި ފެނުނީ އަދި ކިރިޔާއެވެ. ލެޕްޓޮޕްގެ ހުދު އަލި އެ މޫނަށް އެޅިފައި ވީއިރު މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ދެބުމަ ކައިރި ކޮށްލައިގެން އެކުރަން އިން ކަމަކަށް ގެއްލިފައި އިންއިރު އެއްއަތުގައި ސިގިރޭޓެއް އޮތެވެ.

“ހޭ ބޭބް.. ކޮންއިރަކު އައީ؟” ޖެހިގެން އިން ގޮނޑީގައި އިށީނދެލަމުން ލީނާ އަހާލިއެވެ. ލޫތް ލައިގެން އިން ހުދު ކުލައިގެ ޓީޝާޓާއި ސޯޓުން އޭނާ ގެއަށް އައީ ލީނާ ބޭރަށް ދިޔަ ވަގުތުކަން އިނގުނެވެ. ނަމަވެސް ލޫތް އޭނަގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ސިނގިރޭޓު ދަމާލުމަށްފަހު ދުންތަށް ފަޒާއަށް ދޫކޮށްލިއެވެ. “ލޫތް.. ވާހަކަ ދައްކަމޭ އެބަ..” ލީނާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ހޫމް. އަޑު އިވެއޭ.. އިރުކޮޅެއް ވެއްޖެ. ކޮންތާކަށް ގޮއްސަ ތިޔައީ؟” ލޫތްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. “މިއައީ ރާޔާއާއި އެކީ ޝޮޕިންއަށް ގޮސްލާފައި.. ލޫތްއަށް ދުވަހަކުވެސް ވަގުތެއް ނުވޭ ވިއްޔަ.” ލީނާ ފޫހިގޮތަކަށް މިހެން ބުނެލުމަށްފަހު ބިންމައްޗަށް ވެއްޓިފައި އޮތް ބޯގަންވިލާ މަލެއްނަގައި އެއާއި ކުޅެން ފެށިއެވެ.

ބެލްކަނި މުޅިންހެން ވަނީ މާމެލާއި މެލިން ޒީނަތްތެރި ކުރެވިފައެވެ. ރޭގަނޑުގެ އަނދިރިކަމުން އެއިން މަލެއްގެ ހިތްގައިމު ކުލަތަށް ނުފެނުނު ކަމުގައި ވިޔަސް އެ މާމަލުގެ މީރުވަސް މުޅިތަނުގައި ހިފާލާފައި ވެއެވެ.

“އަހަރެން ކައިރި ބުނިންތަ ތަނަކަށް ދާންވީއޭ؟ ލީނާ ނުވޭ އެއްވެސް ކަމެއް އޮޅުން ފިލުވާލައިގެން ނެތް.. ހުރިހާ ކަމެއް އަމިއްލައަށް ނިންމާލީމަ އެވީ.. އެންމެ ކުޑަ މިނުން ބޭރަށް ދަމުން ބުނެލެވި ދާނެދޯ..” ލޫތް މަޑުން ވާހަކަދެއްކި ނަމަވެސް އޭނާ ހުރި އިންތިހާއަށް ހިތްހަމަ ނުޖެހިފައެވެ. ގެއަށް އައިރު ލީނާ ނެތްތަނުގައި ލައިޝާ އުޅުނީ ލުޔޫން ނިންދަވާށެވެ. އެއީ ލީނާ ކުރަން ޖެހޭ ކަންކަމަށް ވާއިރު އެހެން މީހުންނަށް އެކަން ކުރަން ޖެހުމަކީ ލޫތް އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭ ކަމެވެ.

“ލޫތްއަށް އަބަދުވެސް ގޯސް ވާނީ އަހަރެން.. ވަރަށް ފޫހިވޭ.” ލީނާ އައި ރުޅިން އަތުގައި އޮތް މާ ބޮނޑި ކޮށްލުމަށްފަހު ލޫތްގެ މޫނާއި ދިމާއަށް އެއްލިއެވެ. އެ މާ އައިސް ލޫތްގެ މޫނުގައި ޖެހުމާއިއެކީ އޭނާގެ ރުޅި ހަމައައިން ނުނެއްޓުނީ ކިރިޔާއެވެ.

ކޮންމެ ރެއަކުވެސް މި ސަކަރާތެކެވެ. ލީނާ ދާން ތެދުވުމުން ލޫތް އޭނާގެ އަތުގައި ހިފިއެވެ. “ކޮންމެ ފަހަރު ތިވައްތަރަށް ކަންތައް ނުކޮށްބަލަ.. އަހަރެންނަށް ވެސް ކެތްވާނީ ވަކި ވަރަކަށް.. ޑޯންޓް ޓެސްޓް މައި ޕޭޝަންސް..” ލޫތް މިހެން ބުނުމަށްފަހު ލީނާގެ އަތް ދޫކޮށްލިއެވެ.

ލީނާ ދަމުން ފޯނު ނެގި މަންޒަރު ފެނުމުން ލޫތް ދެފަރާތަށް ބޯ ހަލުވާލިއެވެ. އަނެއްކާވެސް މަންމައަށް ގުޅަނީއެވެ. މިވެސް ބޮޑުވެއްޖެ ކަމެކޭ އޭނާ ހިތަށް އެރިއެވެ. ސޯފާގައި ލެނގިލަމުން ސިގިރޭޓު ބޮމުންދިޔަ ލޫތް ދެލޯ މަރާލިއެވެ. ހައްތަހާވެސް މައްސަލަތަކެވެ.

އަބަދުވެސް މިއުޅެން ޖެހެނީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިގެންނެވެ. ކުރަންހުރި ކަންތަކާއި ވިސްނަންޖެހޭ ކަންތަން ގިނަވި ވަރަކަށް ބޮލުގެ ރިހުން އިތުރުވިއެވެ. އޭނާ ސިނގިރޭޓު ދުން އެތެރެ ހައްޓަން ދަމާލީ ބޮލުގައި ވާންވެފައި ހުރި ނާރުތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ.

*******

ލޫތް އޮފީހަށް އައިގޮތަށް އުޅުނީ ޝުރޭޒް ކޮމްޕެނީއާއި އެކީ ޑީލް ހެދުމަށް ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގައި އަވަދި ނެތިއެވެ. މިކަން ކުރެވިއްޖެނަމަ އޭނާ ކާމިޔާބު ކުރިކަންތަކުގެ ލިސްޓަށް މިކަން ވެސް އިތުރުވާނެވެއެވެ. ލޫތް ބޮމުންދިޔަ ހޫނު ކޮފީގެ ވަސް މުޅި އޮފީހުގައި ހިފާލާފައި ވީއިރު އޭސީގެ ފިނިން ގައިން ހީބިހި ނަގައިގެން ދާވަރުވެއެވެ.

ކުއްލިއަކަށް އޮފީސް ފޯނު ރިންގުވާން ފެށުމުން ލޫތް ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ފޯނަށް ޖަވާބު ދިނެވެ. “ހޭއި ލޫތް.. ހިނގާބަ ސައިބޯލަން ދާން.. ވަރަށް ދުވަސް ވެއްޖެ އެއްނުން ނުދާތާ. އަދިވެސް އެއްކަލަ ކަންތަކާއި ކަޓާފަތަ؟” ފޯނު ނެގުމާއި އެކީ އިވުނީ ފަވާޒްގެ އަޑެވެ. “ނޫނޭ އެކަމާއި ދެން އަޅާނުލައި… ނެތޭ މިގަޑީގައި ސައިބޯން ދެވޭކަށް.” ލޫތް ގޮނޑީގައި ލެނގިލަމުން ބުނެލިއެވެ.

“އެކިހިނެތްވީ؟ ސައި ބުއީތަ އަނެއްކާ؟” ފަވާޒް އަހާލިއެވެ. “ނޫން.. މި އުޅޭނީ ޝުރޭޒްގެ ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގައި.. މި ޑީލްގެ ކަންތައް ހަމަޖައްސަން ބައްޕަ އިއްޔެ ހަވާލުކުރީ.. އައި ކާންޓް ލެޓް ހިމް ޑައުން.” ލޫތް ބުނެލިއެވެ. އޭރު އެކޮޅުން ފަވާޒް އެއްޗެކޭ ނުބުނެ ހުރެފައި ވާހަކަދައްކަން ފެށިއެވެ.

“ލޫތް.. ލުތުފީ ސަރ ނުބުނޭތަ؟ ތި ޕްރެޒެންޓޭޝަންގެ ކަންތައް އެހެން މީހަކާއި ހަވާލު ކޮށްފި.” ފަވާޒް މިހެން ބުނުމުން ލޫތް ސިހިފައި ގޮނޑިން ތެދުވެއެވެ. “ވަޓް! ނުވާނެ ތިހެންނެއް” ލޫތްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.

“ސީރިއެސްކޮން.. އޮފީސް އެންމެންނަށް މިކަން އިނގޭއިރު ލޫތަށް ނޭނގުނީ ކީއްވެބާ؟” ފަވާޒް މިހެން ބުނުމުން ފަހުން ގުޅާނެ ކަމަށް ބުނެ ލޫތް ފޯނު ބޭއްވިއެވެ. އޭނާ ހަރު ފިޔަވަލުތަކެއްގައި އޮފީހުން ނިކުމެގެން ލުތުފީގެ އޮފީހާއި ދިމާއަށް މިސްރާބު ޖެހިއެވެ.

****

“ބައްޕާ..” ލޫތް އޮފީހަށް ވަދެވުމާއި އެކު ބުނެލިއެވެ. އޭރު ލުތުފީ އޭނާގެ މޭޒު މަތީގައި ފައިލްތަކެއް ހުޅުވައިގެން އިނެވެ. “އަހާ ލޫތް.. އިށީނދެ.” ލުތުފީ ފައިލްއަށް ގެއްލިފައި އިނދެ ބުނެލިއެވެ. ނަމަވެސް ލޫތް ގޮނޑީގައި އިށީނުމުގެ ބަދަލުގައި ދެކޮޅަށް ހިނގަން ފެށިއެވެ. “ޝުރޭޒްގެ ޑީލް ހަދަން ބައްޕަ އެހެން މީހަކާއި ހަވާލު ކުރީތޯ؟ ކީއްވެ އަޅުގަނޑަށް ނޭންގި؟” ލޫތް އޭނާގެ ރުޅި މަޑުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ލޫތްގެ ވާހަކަ އަޑުއިވުމުން ލުތުފީ ވަގުތުން ފައިލް ލައްޕާލުމަށްފަހު ފުންނޭވާއެއް ލިއެވެ. ކަންތަކާއި ޖެހުނީއެވެ. “ލޫތް.. ދަރިފުޅާ ބައްޕަ މިވާހަކަ ބުނަން ރަނގަޅު ވަގުތަކަށް މަޑުކޮށްލީ.. އެކަމަކު މިހާރު ތި އެގުނީ.. ޔެސް އެ ޑީލް ހަދަން ބައްޕަ އެހެން މުވައްޒަފަކާއި ހަވާލު ކޮށްފިން.” ލުތުފީ ހަމަޖެހިގެން ވާހަކަދެއްކީ ލޫތް ރުޅި އަންނާނެވަރު އެނގި ހުރެއެވެ. ލޫތްއަކީ ކުޑައިރުންސުރެ ވެސް ރުޅި ކޮންޓުރޯލް ނުވައި މީހެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ.

“އަޅުގަނޑު ކައިރި އަހާވެސް ނުލައި؟ ކާކު މިކަމަށް މާ މޮޅުވެގެން ބައްޕަ އެ މީހަކަށް މި ޑީލް ތި ދިނީ؟” ލޫތް މޭޒުގައި ކުޑަކޮން ޖަހާލަމުން ބުނެލިއެވެ. “އައިފާ.. އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖާރަ.” ލުތުފީ މިހެން ބުނުމާއި އެކީ ލޫތްގެ ރުޅި ހަމައިން ނެއްޓިއެވެ.

“ވަޓް!! އޭނާ؟ އައުޓް އޮފް އެވްރިވަން ބައްޕައަށް ހަމަ އޭނައަށްތަ މި ޑީލް ދޭން އިނގުނީ! ޑޭމް އިޓް” ރުޅި އައިސްފައިވާ ލޫތްގެ މޫނު ރަތްވިއިރު ދެއަތުން އިސްތަށިގަނޑަށް އަތް މަހާލިއެވެ.

“ލޫތް ދަރިފުޅާ ހަމަޖެހިބަލަ.. އައިފާ އިސް ގުޑް.” ލުތުފީ ބެލީ ހައްތަހާ ވެސް ލޫތް ހަމަޖައްސައި ދެވޭތޯއެވެ. “ޔާ ޝީ އިޒް ގުޑް.. ބަޓް އައި އެމް ދަ ބެސްޓް!” ލޫތް މިހެން ބުނެލީ އަޑަށް ބާރުލާފައިއެވެ. އެވަގުތު އޮފީހަށް ވަދެގެން އައި އައިފާއަށް އެ އަޑު އިވުމުން ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ހާދަހައި ފޮނި މީހެކޭ އައިފާ ހިތަށް އެރިއެވެ.

“އައިފާ.. އާދެ އާދެ.” އައިފާ ހުއްޓުނު ތަން ފެނުމުން ލުތުފީ ބުނެލިއެވެ. ލޫތް ފަސްއެނބުރި ބާލައިލި އިރު އެ ރީތި މޫނުމަތިން ރުޅިވެރިކަން ފެނި އައިފާ ގައިން ހީބިހި ނަގުވާލިއެވެ. އެ ދެލޯ ސީދާ އައިފާއަށް އަމާޒުވެފައި ހުރިއިރު ހީވަނީ ހަމަ ދެންމެ ދެންމެ ޖަހައިގެންފާނެ ހެންނެވެ.

“އޯ ޔެސް.. މިސް އައިފާ.. އަވަހަށް ވަޑައިގަންނަވާ.” ލޫތް ދިމާ ކުރާ ރާގަކަށް މިހެން ބުނެލަމުން ހަށަން ބަނދެލިއެވެ. އޭނާ ލައިގެން ހުރި ހުދު ގަމީސް އަތަށް ބާރުވުމުން އެ މުލައްދަނޑީގެ ވަރުގަދަކަން ހާމަވިއެވެ. އައިފާއަށް ކަޅި ޖަހައި ނުލައި އެ ރީތި ހަށިގަނޑަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ހަމަ ދުނިޔެއަށް ފޭބުނެވެ. “ޔެސް ސަރ.. ކިހިނެތްތޯ ވީ؟” އައިފާ އައިސް ލޫތްއާއި އަރާ ހަމަކުރަމުން ބުނެލިއެވެ.

“ޑޭޑް މި ޑީލް ހަމަޖައްސާނީ އަޅުގަނޑު.. މި ރާއްޖެތެރޭ ކުއްޖާއެއް ނޫން.” ލޫތް އެއްވެސް ޖެހިލުމެއް ނެތި މިހެން ބުނުމުން އައިފާގެ ރުޅި ކެކިއަރައިގަތެވެ. “އެސްކިއުޒްމީ.. ރާއްޖެތެރެ މީހަކަށް ވިޔަސް ތިބޭފުޅާއަށް ވުރެ އަޅުގަނޑުގެ މަސައްކަތް ވަކި ދަށެއް ނުވާނެ!” އައިފާ އޭނާ އަމިއްލަ ނަފްސު ދިފާއު ކުރަމުން ބުނެލިއެވެ.

“އޯ ޕްލީސް.. އެކަކުންޏެއް ހަރު ކޮންނާނީ އެކަކުންޏެއް ވަރުން.. އޯކޭ.” ލޫތް އައިފާއާއި ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން ބުނެލިއެވެ. އެ އަޑުގައި ވީ ބޮޑާކަމާއި ފަހުރުވެރި ކަމެވެ. “ތީއީ ކުށްހީއެއް.. އަޅުގަނޑުގެ ހުރި ފެންވަރެއް ބަލާލީމައެއް ނޫންތޯ ތިއެއް އިނގޭނީ.” އައިފާ ވެސް އޭނާގެ ގޮތުގައި ހިފައްޓާލިއެވެ.

އޭރު ދެމީހުން ތިބީ އެކަކު އަނެކަކުގެ މޫނު ޖެހޭހައި ކައިރީގައެވެ. ލޫތް އިސްކޮޅުން ދިގުކަމުން އައިފާގެ ބޯ ކިރިޔާ އޭނާގެ ކޮނޑާއި ހަމައަށް އަރާކެމެވެ. އުސް ބޫޓަކަށް ނާރާ ހުރިނަމަ އައިފާގެ މޫނު ޖެހޭނީ ލޫތްގެ އެ ތަނަވަސް މޭމަތީގައެވެ. “ނުވާނެ ތި ކަމެއް.” ލޫތް އަޑަށް ބާރުލާފައި ބުނެލިއެވެ. “ކިހިނެތްވީތޯ؟ ސްކެއާޑް އޮފް އަ ލިޓިލް ޗެލެންޖް؟” އައިފާ އުނަގަނޑުގައި އަތް އަޅާލަމުން މިހެން ބުނިއިރު އެ މޫނުމަތިން ފެނުނީ ޖެހިލުންނެތް ކަމެވެ.

ދެމީހުންގެ ބަހުސް މާ ހޫނުވުމުން ލުތުފީ އެ ދޭތެރެއަށް ވަނެވެ. “އިނަފް.. މި ޑީލް ފައިނަލް ކުރާނެ މީހެއް ނިންމާނީ އަހަރެން.. ތި ދެމީހުން ވެސް އެއް މަސް ތެރޭގައި ޕްރެޒެންޓޭޝަން ހެދުމަށްފަހު އަހަރެންނަށް ހުށައަޅައި.. އޭރުން އަހަރެން ނިންމާނީ ޝުރޭޒްއާއި ހަމައަށް މި ޑީލް ގެންދާނީ ކާކުކަން. އޯކޭ” ލުތުފީ މިހެން ބުނުމުން ދެ މީހުންގެ މޫނަމަތިން ފެނުނީ ހައިރާން ކަމެވެ.

“އަޅުގަނޑަށް މައްސަލައެއް ނެތް.. ލޫތް ސާރ މިކަމާއި ފަސްނުޖެހެންޏާ އައި އެމް އިން.” ލޫތްއާއި ދިމާކޮށްލުމުގެ ގޮތުން އައިފާ އެއްބުމަ އަރުވާލަމުން ބުނެލިއެވެ. “އޯ.. ގޭމް އޮން. މިސް އައިފާ.” ލޫތް ހިނިތުންވެލަމުން މިހެން ބުނިއިރު އޭނާ ހުރީ މި ޑީލް ހާސިލް ކުރަން އަޒުމް ކަނޑައަޅައި ގެންނެވެ. “ގުޑް ލަކް.” މިހެން ބުނުމަށްފަހު އައިފާ ފަރި ހިނގުމެއްގައި އޮފީހުން ނިކުމެގެން ދިޔައެވެ.

****

ދެ ދުވަސް ވެގެން ދިޔައިރު ވެސް އެ ދެމީހުން ދިޔައީ ޕްރެޒެންޓޭޝަން ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުންނެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ ރުޅި އަންނަކަމާއި އެ ދެމެދުގައި ވި ނުތަނަވަސްކަން މުޅި އޮފީހަށް އިނގޭ ކަހަލައެވެ. ދެމީހުން އެކީގައި ލިފްޓަށް ނާރާތަނުގައި އަނގައިން ވެސް ބުނެނުލަ އެވެ.

ލޫތް އާދައިގެ މަތިން ކޮމްޕިއުޓަރުން މަސައްކަތް ކުރަމުން ދަނިކޮން އޮފީސް ދޮރު ހުޅުވުނު އަޑަށް އިސް އުފުލާ ބަލާލުމާއި އެކީ އޭނާ ސިހުނެވެ. އޮފީހަށް ވަދެގެން އައި އައިފާ ފެނި އޭނާ ކުރަން އިން މަސައްކަތް ވެސް ހުއްޓާލިއެވެ. އައިފާ ލައިގެން ހުރި ރަތް ކުލައިގެ ގަމީހުން އެ ރީތިކަން އިތުރު ކޮށްދިން އިރު ލޫތްއަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެން އިނދެވުނެވެ.

“ލޫތް ސާރ.. އަޅުގަނޑު މިއައީ މިއަހަރަށް ހަމަޖައްސާފައި އޮތް ‘ޓެކްނިކަލް އެނަލަސިސް އޮފް ފައިނަންޝިއަލް މާރކެޓް’ ފޮތް ލައިބްރަރީ އިން ވަރަށް ހޯދާފައި.. އެކަމަކު ފެންނާކަށް ނެތް. ސަރ އަތުގައި އެބައޮތްތޯ؟” އައިފާ ތިރީ ތުންފަތިގައި ދަތް އަޅާލަމުން ބުނެލިއެވެ. އެވަގުތު ލޫތްގެ ނަޒަރު ދިޔައީ މޭޒުގެ ކަނެއްގައި އޮތް އެފޮތަށްށެވެ. އޭނާ އެފޮތް ކިޔައި ބޭނުންވާ މަޢުލޫމާތު ނަގައި ވެސް ނިމިއްޖެއެވެ. ނަމަވެސް ލޫތްގެ ވިސްނުން ހުރީ އެހެން ގޮތަކަށްށެވެ.

“ޔެސް އެބައޮތް..” ލޫތް ވިސްނާލާފައި ބުނެލިއެވެ. “އޯ ކޮން އިރަކުންތޯ ނިމޭނީ..” އައިފާ ހިނިތުންވެލާފައި މިހެން ބުނީ އެ ފޮތް ލިބޭނެ ކަމުގެ އުއްމީދުގައެވެ. “ނޭނގެ އަދި.. ހަތަރެއް ނުވަތަ ފަސް.. ހަފްތާ.” ލޫތް ގޮނޑީގައި ލެނގިލަމުން ބުނެލިއެވެ. “ހަފްތާ؟!” އައިފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޫތް ހަމަ ގަސްތުގައި އޭނައަށް ޖެއްސުން ކުރަނީކަން އައިފާއަށް އިނގުނެވެ.

“އެހެން ނޫނީ ތަންކޮޅެއް ރީތިކޮން ލޯބިކޮން ބުނިއްޔާ މިހާރު ދެވިދާނެ.. މޭބީ ބެގް އަ ލިޓްލް.” ލޫތް ހުރީ އައިފާ ރުޅިއަރުވާލަން އަޒުމު ކަނޑައަޅައިގެން ކަހަލަ އެވެ. އައިފާ ރުޅި އައުމުން އެވާގޮތް ލޫތްއަށް ވަރަށް ކަމުދިޔައެވެ. އައިފާ ކުޑަކޮން އަނގަ ހުޅުވިފައި ދެއަތް މުއްކަވާލި ގޮތުން ހީވީ އެފޮތް ޖަހައިގެނަގެން ހިނގައިދާނެ ހެންނެވެ. “ޔޫ ނޯ ވަޓް.. އަޅާނުލާ.” މިހެން ބުނުމަށްފަހު އައިފާ ބާރު ހިނގުމެއްގައި އޮފީހުން ނިކުމެގެން ދިޔައެވެ.

ދެތިން ގަޑިއިރު ފަހުން ލޫތް ހޮޓެލްގައި ހުރި ކުޑަ ލައިބްރަރީއަށް ދިޔައީ ބޭނުންވާ އިތުރު ފޮތްތަކެއް ހޯދުމަށްށެވެ. މުޅި ލައިބްރަރީ އެއްކޮޅުން އަނެއްކޮޅަށް ފާސް ކުރިއިރު ވެސް އޭނާ ބޭނުންވި އެންމެ ފޮތެއްހައި ހިސާބު ވެސް ނެތެވެ. އޭރު އެތަނުގައި ތިބި ކުދިން ލޫތް އުޅޭގޮތުން ފާޑަކަށް ހެވިފައި ތިއްބެވެ. ލޫތްއަށް ވަގުތުން މިއީ އައިފާ ނޫނީ އެހެން މީހެއްގެ ކަމަކަށް ނުވާނެކަން އިނގުނެވެ.

އޭނާ ވަގުތުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އައިފާގެ އޮފީހަށް ވައިން އިރު އޭނާގެ މޭޒުމަތީގައި މަތިމައްޗަށް ފޮތް ބަރިބަރިއަށް ޖަހާފައި ހުއްޓެވެ. ފުރަތަމަ ލޫތްއަށް އެ ފޮތްތަކުގެ ސަބަބުން އައިފާ ނުވެސް ފެނުނެވެ. އިރުކޮޅަކުން އައިފާ ފަހަތުން ބޯ އަރުވާލަމުން ލޫތްއާއި ހަތަރު ކަޅި ހަމަކުރިއެވެ.

“ހާއި.. އެއްޗެއް ބޭނުންވީތޯ؟” އައިފާ ވަރަށް ނޭނގޭ ކަމަށް ހަދައި މިހެން ބުނުމުން ލޫތް އެއްޗެކޭ އެ ނުބުނެ ރުޅިވެރި ނަޒަރުން އައިފާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އޯކޭ ދެން.. ބާއި ބާއި ލޫތް ސާރ.” އައިފާ ވިހަ ގޮތަކަށް ހީލަމުން އަނެއްކާ ވެސް އެ ފޮތްތަކުގެ ފަހަތަށް ގެއްލުމުން ލޫތް ދުމެއް ޖަހާފައި އެތަނުން ނިކުމެގެން ދިޔައެވެ.

****

އޭގެ އަނެއް ދުވަހު އައިފާ އޮފީހަށް އައިރު އޭނާގެ ކޮމްޕީޓަރުގައި ހުރި ޑޮކިއުމެންޓުތައް ހުރީ ކޮންމެވެސް މީހަކު އެކި ތަންތަނަށް ލާފައެވެ. އެއިން އެއްވެސް އެއްޗެއް ޑްލީޓް ކޮށްފައި ނެތަސް އައިފާއަށް ޖެހުނީ މުޅި ކޮމްޕީޓަރު ހާވައިގެން އެ ޑޮކިއުމެންޓުތައް ހޯދާށެވެ. އައިފާ އުޅުން ގޮތް ބަލަން ލޫތް ދުރުގައި ހެވިފައި ހުއްޓެވެ.

ޖެހިގެން އައި ދުވަހު ލޫތް ކޮމްޕީޓަރުގައި ހުރިހާ ވާގަނޑެއް ނައްޓާލާފައި ހުރުމުން އެ އެއްޗެހި ހުރީ ކަރަންޓު ޝޮކެއް ޖެހި ހަލާކުވެފައެވެ. އެންމެފަހުން އެ ހަދަން މީހަކު ގެނެސްގެން އެއްގަޑިއިރު ވަންދެން އެކަމުގައި ލޫތް އުޅެން ޖެހުނެވެ. މިއީ ވެސް އައިފާގެ ކަމެއްކަން ލޫތްއަށް ހަމަ ރަނގަޅަށް އިނގެއެވެ.

އޭގެފަހުން ބޭއްވުނު ސްޓާފް ބައްދަލުވުމެއްގައި އައިފާ ލުތުފީއަށް ދޭން ހަދާފައި އޮތް ޑޮކިއުމަންޓް ތަކެއްގެ މައްޗަށް ނޭނގޭ ކަމަށް ހަދާފައި ލޫތް ފެންތަށި ވަރާލިއެވެ. “އޫޕްސް.. ސޮރީ އިނގޭ..” ލޫތް ވިހަ ގޮތަކަށް ހީލުމުން އައިފާ ދެއަތް މުއްކެވުނެވެ. “ނޫނޭ މީގެ ކޮޕީއެއް އަދި އިންނާނެ.” އައިފާ ވެސް އޭނާގެ މޮޅުކަން ހާމަކޮށްލިއެވެ.

ބައްދަލުވުން ކުރިއަށް ދަނިކޮން މޭޒު އަޑިން ވަރަށް ނޭނގޭ ކަމަށް ހަދާފައި އައިފާ ލޫތްގެ ފައިގައި ޖެހިއެވެ. އޭނާ އަރައިގެން ހުރި އުސް ބޫޓުގެ ކަށިން ލޫތްގެ ފައިގައި ޖަހާލުމުން ތަދުވީ ވަކިވަރަކަށް ނޫނެވެ. ބޭއިޚްތިޔާރުގައި ލޫތްއަށް ފާޑަކަށް ހަޅޭ ލަވައިގަނެވުނުވެ.

“ލޫތް.. އޮކޭތަ؟” ލުތުފީ ކަންބޮޑުވެފައި އަހާޅިއެވެ. “އަމް.. ޔަ.. ޔާ ޑޭޑް.. އެއީ ފަޔަށް ތަދެއް އެރީ..” އައިފާއަށް ލޯ އަޅާލަމުން ލޫތް ބުނެލިއެވެ. އޭރުވެސް ފައިން ކޮންމެ ވެސް ވަރަކަށް ދިލަ ނަގަމުން ދިޔައެވެ.

****

އެއް މަސް ވޭތުވެގެން ދިޔައީ މިފަދަ ގޮތަކަށް ދެމީހުން އަރާރުންވެ އެކަކު އަނެކަކަށް ޖެއްސުން ކުރަމުންނެވެ. އެންމެ ފަހުން ލުތުފީއަށް ޕްރެޒެންޓޭޝަން ހުށައަޅާއި ދުވަސް އައިސް ޖެހުނީއެވެ. ލޫތް އެންމެ ފަހު ފަހަރަށް އޭނާ އެހައި ފުރިހަމައަށް ތައްޔާރު ކުރި ޕްރެޒެންޓޭޝަން އަށް ބަލާލުމަށްފަހު އުފަލުން ހުރެ ބައްދަލުވުމަށް ދިޔައެވެ.

އިރުކޮޅެއްފަހުން އެތަނަށްއައި އައިފާ ފެނުމުން ލޫތް ގޮނޑީގައި އިނދެ އޭނައަށް ލޯ އަޅާލިއެވެ. ފަހަކަށް އައިސް އައިފާއާއި މެދެ ވިސްނޭލެއް ގިން ވެއްޖެއެވެ. ލޫތް ހީކުރީ އެއީ އޭނާ އައިފާ ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން ކަމެވެ. އޮފީހަށް އަޔަސް ހުންނާނީ އައިފާ ފެނިލާ ހިތުން ކެތްމަދު ވެފައެވެ. މިހާރުވެސް ކިތަންމެ ވަރަކަށް ނުބަލާން އުޅުނު ނަމަވެސް ވައްކަޅިން ވެސް ބެލެނީއެވެ.

ލޫތް އޭނާގެ ޕްރެޒެންޓޭޝަން ވަރަށް ފުރިހަމައަށް ގެންދިޔައެވެ. އެއަށްފަހު އައިފާ އޭނާގެ ޕްރެޒެންޓޭޝަން ކުރިއަށް ގެންދިޔައިރު ލޫތްއަށް ވެސް އައިފާގެ ވިސްނުމާއި ވާހަކަދެއްކުމުގެ ހުނަރު ވަރަށް ކަމުދިޔައެވެ. ހަމަ ލޫތްއެކޭ އެއްގޮތެވެ. ޕްރެޒެންޓޭޝަން ނިމުމުން ލުތުފީ ވާހަކަދައްކަން ފެށިއެވެ.

“ލޫތްގެ ޕްރެޒެންޓޭޝަން އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް ވަރަށް ފުރިހަމަ. އައިފާގެ މޮޅުކަން އަދިކިރިޔާ މި އިނގުނީ.. ވަރަށް ފުރިހަމަ. ވީމާ އަހަރެން ނިންމައިފިން މި ޑީލް ކުރިއަށް ގެންދާނެ މީހެއް..” ލުތުފީ މިހެން ބުނުމުން ލޫތްއާއި އައިފާ މޭޒުގެ ދެކޮޅުގައި ތިބެ އެކަކު އެނަކަކަށް ނަޒަރު ހިންގާލިއެވެ. ދެ މީހުން ވެސް ތިބީ އެމީހަކަށް އެ ޑީލް ލިބޭނެކަމަށް އުއްމީދު ކޮށްގެންނެވެ. ކެތްމަދުވެފައެވެ.

“މި ޑީލް ޝުރޭޒްއަށް ހުށައަޅާނީ ތި ދެމީހުން އެއްކޮން” ލުތުފީ ބުނެލިއެވެ. “ވަޓް!!” ދެމީހުން އެކީގައި ކަހަލަ ގޮތަކަށް މިހެން ބުނެލުމަށްފަހު ލޫތް ގޮނޑިން ތެދުވިއެވެ. “ނޯ! މިއެއް ނޫން ބައްޕަ ބުނުއްވި ގޮތަކީ.” ލޫތް ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“އިނގެޔޭ.. އެކަމަކު ދެމީހުންގެ ޕްރެޒެންޓޭޝަން ވެސް އެހައި ފުރިހަމަ… ޔޫ ބޯތް ވިލް މޭކް އަ ގްރެއިޓް ޓީމް.. އަހަރެންނަށް ޔަޤީން ޝޫރޭޒް ވަގުތުން އެއްބަސް ވާނެކަން..” ލުތުފީގެ ވާހަކަ އަޑު އިވުމުން މިކަމުގައި އިތުރަށް ދެކޮޅު ހަދާކަށް ލޫތްއަކަށް ވެސް ނުކެރުނެވެ. އެންމެފަހުން ދެމީހުން އެކީގައި ޑީލް ހެދުމަށް އެއްބަސް ވިއެވެ.

****

‘ޕެސިފްލޯރާގެ’ ތިރީގައި މަޑު ކޮށްލައިގެން ހުރި ލީނާ އިރުއިރު ކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލައެވެ. އޭނާ ރައްޓެއްސެގެ ގެއަށް ދާން ކާރުގައި ޑްރައިވަރު ނައިސްގެން ހުންނަތާ މިހާރު ދިހަ މިނެޓުވެއްޖެއެވެ. ވިއްސާރަ ބޯ ވިލާތަކުން އުޑުމަތި ބަނަކޮން މާހައުލު އަނދިރިވަމުން ދާއިރު ލީނާ ހުރީ ވާރޭ ވެހެމުގެ ކުރިން އެގެއަށް ދެވޭތޯ ބަލާށެވެ.

ނާއިލް އޭނާގެ ކާރު ލީނާ ކައިރިއަށް މަޑުކޮށްލަމުން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. “ޑޭމް އިޓް!” ލީނާ ފޯނު ބާއްވަމުން ބުނެލިއެވެ. އޭރު ޑްރައިވަރަށް ގުޅާފައި ކާރު ހުއްޓުނީ ކަމަށް ބުނުމުން ލީނާ ހަދާނެ ގޮތް ހުސްވިއެވެ.

“ހޭއި.. ތަނަކަށް ދާން ނިކުމެތަ؟” ނާއިލް ސުވާލު ކޮށްލުމުން ލީނާ ދިނީ ބީރު ކަންފަތެކެވެ. “ލީނާ.. އެޔޮއްތީ ވިއްސާރަ ނަގާފައި… ތިހެން ހުއްޓާ ވެހޭނީ.. އައި ވިލް ޑްރޮޕް ޔޫ.” ނާއިލް މިހެން ބުނުމުން ލީނާ އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ.

ތެދެކެވެ. ކަލުވިލާތަކުން މުޅި އުޑުމަތި ބަނަ ކޮށްލެވިފައި ވާއިރު ޖެހެމުންދިޔަ ވައިން ޒޫން އަޑު ކިޔައެވެ. ކުއްލިއަކަށް ކެރިގަނޑު ބޯކޮން އޮއްސާލިއެވެ. ލީނާ އިތުރަށް މަޑު ކުރުމެއްނެތި އަވަހަށް ކާރަށް އެރިއެވެ. އޭރު އެ ބުޅި އިސްތަށި ގަނޑުގައި ފެން ހުރުމުން އަތުން ފޮޅާލިއެވެ. އެ ދޮން މޫނުމަތީގައި ވީ ފެންތިކިތައް ހީވަނީ ޝަބްނަމް ހެންނެވެ.

“އަން..” ނާއިލް ކުޑަ ރުމާލެއް ދިއްކޮށްލަމުން ބުނެލިއެވެ. ލީނާ އޭގައި ނުހިފާން ހުރެފައި ވެސް ހިފުމަށްފަހު މޫނުފޮހެލުމުން ނާއިލް ކާރު ދުއްވާލިއެވެ. އެ ދެމެދުގައި ވެރިވެފައިވި ހަމަހިމޭން ކަމުން ނާއިލްއަށް އުނދަގޫ ވިއެވެ. “ސޯ.. ވާހަކަ ނުދައްކާނީތަ؟” ނާއިލަށް ނީނދެވިގެން އަހާލެވުނެވެ.

ނަމަވެސް ލީނާ ލޯ އަޅާލުމަށްފަހު ބިއްލޫރިގަނޑުން ބޭރު ބަލަން ފެށިއެވެ. “ރިއަލީ.. ލީނާއަށް ހާދަ ފަސޭހައޭ ދޯ. އެހާ ދުވަހު ދުބާއި އުޅެފައި އައިސް އެޓްލީސްޓް އަހަރެންގެ ހާލު އަހާލެވިދާނެ ކަންނޭގެ.. އިޓްސް ބީން ފައިވް މަންތްސް މި ކޮޅަށް ބަދަލުވިތާ.” ނާއިލް ސުނާމީ ބިނާ ކައިރިއަށް ކާރު މަޑުކޮށްލަމުން ބުނެލިއެވެ.

“ކީކޭތަ ބުނަންވީ އަހަރެން..” ލީނާ ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ. “ހަމަ ޔަޤީންތަ އަހަރެންނަށް އަންގަން ޖެހޭ އެއްވެސް ކަމެއް ނެތްކަން؟” ނާއިލް އެއްވެސް ޖެހިލުމެތް ނެތި ސީދާ ސުވާލަށް ދިޔައެވެ. “ބުނަން އިތުރަށް އަހަރެންނާއި ވާހަކަ ދައްކައިފިއްޔާ މި ކާރުން ފައިބާނަން!” ލީނާ ކާރު ދޮރުގެ އަތް ގަނޑުގައި ހިފާލަމުން ބުނެލިއެވެ. އޭރު ވެހެމުން ދިޔަ ވާރޭ އިތުރަށް ބޯކޮށްފިއެވެ.

“އޯކޭ އޯކޭ..” ނާއިލް މިހެން ބުނުމަށްފަހު ކާރު ދުއްވާލިއެވެ. ލީނާގެ މަންޒިލަށް ދެވެންދެން އެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. ކާރު އައިސް މަޑުކޮށް ލުމުން ލީނާ އަވަސް އަރުވާލާފައި ކާރުން ފައިބައިގެން ދިޔައެވެ.

ކުރިމަތީގައި ހުރި ފިހާރައެއްގައި މި މަންޒަރު ބަލަން ހުރި ލައިޝާއަށް އެއީ ނާއިލްގެ ކާރުކަން ޔަޤީންވިއެވެ. އޭނާ ނާއިލް އެގޮތަށް ލީނާއާއި ގުޅުން ބާއްވަފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ލައިޝާ ފަހުން ނާއިލް އާއި ވާހަކަދައްކަން ނިންމިއިރު އޭނާ ހުރީ ނުތަނަވަސްވެފައެވެ.

****

ޝުރޭޒްއާއި ބައްދަލު ކުރުމުގެ ކަންތަކުގައި މަޝްވަރާ ކުރަމުން ދިޔަ ލޫތްއާއި އައިފާގެ މެދުގައި އަނެއްކާ ވެސް ދެބަސް ވުމެއް އުފެދުނެވެ. “މި ބުނީނުން އަހަރެންނޭ ވާހަކަ ދައްކާނީ.. އައިފާ ހަމައެކަނި ޕްރެޒެންޓޭޝަން އާއި ޑޮކިއުމެންޓްސް ދައްކާ.” ލޫތް އިން އެނބުރޭ ގޮނޑި ދެފަރާތަށް އަނބުރަމުން ބުނެލިއެވެ.

އޭރު ކޮފީތައްތެއް ހިފައިގެން އިން އައިފާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވެއެވެ. “އެކީއްވެ؟ ހަމަ އަޅުގަނޑަށް ވެސް ވާހަކަ ދެއްކިދާނުން.. އެހެން ނޫނަސް ލޫތް ސާރ އެއްނުން މި ޕްރެޒެންޓޭޝަން ހުށައަޅަން ބޭނުންވީ.. ދެން..” އައިފާގެ ވާހަކަ މެދުކަނޑާލީ ލޫތްއެވެ.

“އޯލްރައިޓް! އަހަރެން ޕްރެޒެންޓޭޝަން ދީފާނަން. ޔޫ ކެން ޓޯކް ޓު ހިމް! ހެޕީ” ލޫތް އެއްއަތުން އޭނާގެ ކުރުކޮން އައްސާލެވިފައި އޮތް އިސްތަށިކޮޅާއި ކުޅެލަމުން ބުނެލިއެވެ. މިހާރު މިކަމާއި ބަހުސް ކުރާ ތާ ވެސް ދެ ގަޑިއިރު ވެއްޖެއެވެ. އައިފާ އޭނާގެ ގޮތް ދޫ ނުކުރާނެކަން ޔަޤީން ވުމުން ލޫތް ހަތިޔާރު ބެހެއްޓިއެވެ.

“އޯކޭ. އެހެން ވީމަ މިރޭ ދިމާވާނަން.” އައިފާ މިހެން ބުނެފައި ދާން ހިނގައިގަތުމުން ލޫތް އޭނާ ހުއްޓުވިއެވެ. “ވެއާ ސަމްތިން ނައިސް.” ލޫތް މިހެން ބުނުމުން އައިފާ ކުޑަކޮން ލޯ އަޅާލުމަށްފަހު ނިކުތެވެ. ލޫތަށް ޚުދު އޭނާއަށް އެހެން ބުނެވުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އައިފާގެ ހެދުން އެޅުމަށް ފާޑު ކިޔަން އޭނަ މިއީ ކާކު ހެއްޔެވެ.

****

ވޮރެން ހޮޓެލްގެ ބައްދަލުވުން ބައްވާ އޮފީސް ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައި ވާއިރު އާދައިގެ މަތިން ހުދު ގަމީހެއް ލައިގެން ހުރި ލޫތް މިރޭ ހުރީ ކޯޓެއް ވެސް ލައިގެންނެވެ. ލޫތް އާންމުކޮން ކޯޓު ފަޓުލޫނު ނުލިނަމަ ވެސް އެ އެއްޗެހީގައި އޭނާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އެ ވަރުގަދަ ހަށިގަނޑަށް ކޯޓު ހިފާލާފައި ވާއިރު ރިސެޕްޝަން ކުރިމަތީގައި އެއްޖީބަށް އަތް ޖަހާލައިގެން ހުރިއިރު ހީވަނީ ކެލްވިން ކްލެއިންގެ މޮޑެލް އެއް ހެންނެވެ. ތަނުގައި ތިބި އަންހެން ކުދިން ވައްކަޅިން ބަލަމުން ދިޔައިރު ސިއްރު ސިއްރު ވާހަކަ ދައްކަމުން ދިޔައެވެ.

ލޫތް ގަޑި ބަލާލުމަށްފަހު ހޮޓެލްގެ ވަންނަ ދޮރާއި ދިމާއަށް ނަޒަރު ހިންގާލި ތަނާ އެތެރެއަށް ވަދެގެން އައި އައިފާ ފެނި އޭނާ ތަލިން ކުޅު ހިކުނު ކަހަލައެވެ. އައިފާ ލައިގެން ހުރި އަތް ކުރު ނޫ ކުލައިގެ ބަލައުސް ޕެންސިލް ސްކާޓަކާއި އެކީ ބެގީ ޖަހާލާފައި ވާއިރު އެ ކުރު ފަން އިސްތަށި ކޮޅުވަނީ ރާޅޫބާނީ ގޮތަށް ހަދާ ލެވިފައެވެ. ތުންފަތުގައި ރަތަށް ވުރެ ވެސް ގަދަ ކުލައެއް ޖައްސާލެވިފައި ވާއިރު އަރައިގެން ހުރި އުސް ކަޅު ބޫޓުން އޭނާގެ ސިފަ ފުރިހަމަ ކޮށްދެއެވެ.

ލޫތް ކަޅި ޖަހާނުލައި އައިފާއާއި ދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން އައިފާގެ ކޮލަށް ހުރިހާ ލެއެއް އަރައި ލަދުން އިސްޖަހާލެވުނެވެ. އޭނާ މިވަރަށް ތައްޔާރުވީ ވެސް ލޫތްގެ އެދުމަށްށެވެ. އެކަން ކުރެވުނީ ވެސް ކުރާ ހިތުންނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ލޫތް ހުރިގޮތް ފެނިފައި އައިފާ ވެސް އާޝޯޚުވިއެވެ. އޭނާ ކޯޓު ފަޓުލޫން ލައިގެން ހުއްޓައި ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

މަޑު ހިނގުމެއްގައި ގޮސް ލޫތް ކުރިމައްޗަށް ހުއްޓެލި އައިފާއަށް ލޫތް ޖަހައިގެން ހުރި އަރްމާނީ ސެންޓުގެ ވަސް ދުވުމުން ހަށިފުރައި ނޭވާއެއް ލެވުނެވެ. “ސަރ.. ޝުރޭޒް އައީތޯ؟” އައިފާ ސުވާލު ކޮށްލުމުން އިރުކޮޅަކު ގެއްލިފައި ހުރެފައި ލޫތް ހޭވެރިކަން ވިއެވެ. “އާނ.. ނޫން.. ނާދެ އަދި.. ހިނގާ ދަމާ ދިހަ ވަރަކަށް މިނެޓް ތެރޭ އަންނާނެ.” ލޫތް މިހެން ބުނުމުން ދެމީހުން އެކީގައި ދާން ހިނގައިގަތެވެ.

****

ޝުރޭޒް އައުމުން ލޫތް ޕްރެޒެންޓޭޝަން ހުށައަޅައި ވާހަކަދެއްކުން ކުރިއަށް ދިޔައެވެ. ދެގަޑިއިރު ވަންދެން ބައްދަލުވުން ކުރިއަށް ދިއުމަށްފަހު ޝުރޭޒް ބޭނުންވީ ލޫތްއާއި އައިފާ ގޮވައިގެން ކާލަން ދިއުމަށްށެވެ. މި ޑީލް އާއި މެދު ގޮތެއް ނިންމާނީ ކާލައިގެން އިތުރަށް ވާހަކަދެއްކުމަށް ފަހުގައި ކަމަށް ބުނުމުން ލޫތް އެކަމާއި ދެކޮޅު ނުހެދީއެވެ. ޝުރޭޒް ކަހަލަ ކްލައިންޓުން ބޭނުންވާ ގޮތް ހަދައިގެން ނޫނީ މިކަހަލަ ބޮޑެތި ޑީލްތައް ކާމިޔާބު ނުވާނެތީ ލޫތް އެއްބަސްވިއެވެ.

ޝުރޭޒް ބޭނުންވި ގޮތަށް މާލޭގައި ހުރި މަޝްހޫރު ހޮޓެލްއަކަށް ގޮސް އެންމެން ކައި ނިމިގެން އިތުރަށް ވާހަކަ ދައްކާލަން މަޑު ކޮށްލިއެވެ. ލޫތް އެތަނުން ތެދުވީ އައިފާއަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އޭނާ ގޮސް ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގައި އިށީނދެލުމަށްފަހު ލައިގެން ހުރި ކޯޓު ބާލައި އަތް ގަނޑުގައި އަޑުވާލިއެވެ. އަދި ވެއިޓަރަށް ޖޫސްތައްޓެއް ގެނައުމަށް ބުނުމަށްފަހު އައިފާމެންނަށް ނަޒަރު ހުއްޓާލިއެވެ.

އެ ދެމީހުން ވާހަކަދައްކަމުން ދިޔައިރު ޝުރޭޒް ހުރީ ހިތްހަމަޖެހިފައެވެ. ލޫތްއަށް މި ޑީލް އޭނާ ޤަބޫލު ކުރާނެ ކަމުގެ ޔަޤީންކަން ލިބިފައި އޮތުމުން އިތުރަށް ހާސްވާކަށް އޭނާ ނުޖެހެއެވެ. ލޫތް ޖޫސް ބޮމުން ދިޔައިރު އޭނާއަށް ކުއްލިއަކަށް އަޅައިގަތީ ޝުރޭޒް އައިފާގެ ކަކުލުގައި އަތް ބާއްވާލި ތަނެވެ.

މަޑުމަޑުން އެ އަތް އައިފާގެ ކުޑަކޮން ހާމަވެފައިވާ ކަކުލުގައި ހާކަމުން ދިޔައިރު އައިފާ އިނީ މިކަމަށް މާ ބޮޑު ސަމާލުކެމެއް ދީގެން ނެތް ނޫނެވެ. އޭނާ އިނީ އެއަށް ވުރެ ބޮޑަށް ޝުރޭޒްއާއި ވާހަކަ ދެއްކުމުގައި ގެއްލިފައެވެ.

ލޫތް މިކަމާއި އިންތިހާއަށް ހިތްހަމަ ނުޖެހުނު އިރު އޭނާ ބޯންއިން ޖޫސްތަށީގެ ހިފުން ވަރުގަދަވިއެވެ. ޝުރޭޒް ދެއްކި ވާހަކައަކަށް ހެމުން އައިފާ އެތަނުން ތެދުވެ އައިސް ލޫތްއާއި ޖެހިގެން އިން ސޯފާގައި އިށިނދެލިއެވެ. “ޥާއޮ.. ޝުރޭޒް ހުރީ ވަރަށް ހިތްހަމަޖެހިފައި.. ޔަޤީން އޭނަ މި ކޮންޓްރެކްޓަށް ޤަބޫލު ވާނެކަން.” އައިފާ ހިނިތުންވެފައި ވާހަކަ ދެއްކި ގޮތުން ލޫތް ވެސް އެކަމަށް ހިނިތުންވެލިއެވެ. އޭރު ޝުރޭޒް އޭނައަށް ހަނާ އަޅާލަނީއެވެ.

ލޫތް މަޑު ހިނގުމެއްގައި ގޮސް ގޮނޑިއެއް ދަމާލާފައި އެތަނުގައި އިށީނދެލި އިރު ދުރުގައި އިން އައިފާ ވޭޓަރު ގެނައި ފެންތައްޓެއް ބޮނީއެވެ. “ޔޫ ހެވް އިމްޕްރސްޑް މީ ޓުނައިޓް. ސޯ އައި އެމް ރެޑީ ޓޫ ސައިން ދަ ކޮންޓްރެކްޓް.” ޝުރޭޒް ހެވިފައި އިނދެ ބުނެލިއެވެ. “ތޭންކްސް ޝުރޭޒް.. އައި އެމް ޝުއާ ދިސް ޑީލް ވުޑް ބީ ޕްރޮފިޓަބަލް ފޯ ބޯތް އޮފް އަސް.” ލޫތް އޭނާގެ ޖޫސްތަށި ހުސްކޮށްލަމުން ބުނެލިއެވެ.

“ބަޓް ބިފޯ އައި ސައިން، އައި ހެވް އޮންލީ ވަން ރިކުއެސްޓް..” ޝުރޭޒް މިހެން ބުނުމުން ލޫތް އެކަމާއި ޝައުޤުވެރިވިއެވެ. “ޔެސް ގޯ އަހެޑް..” ލޫތް މިހެން ބުނެލީ ޝުރޭޒް ބޭނުންވި ކޮންމެކަމެއް ވެސް ކުރަން ނިންމައިގެން ހުރެއެވެ. މިކަހަލަ ބޮޑެތި އިންވެސްޓަރުން ކޮންމެ ކޮންމެ ދުވަހަކު ނުލިބޭނެއެވެ.

“ޓުނައިޓް އައި ވޯންޓް ޔޫ ޓު ސެންޑް ޔުއާ ލިޓިލް އެސިސްޓެން އައިފާ ވިތް ދަ ކޮންޓްރެކްޓް ޓު މައި ހޮޓެލް.. އެޓް މިޑްނައިޓް.. އެލޯން” ޝުރޭޒް ބުނި ވާހަކަ ލޫތްއަށް ރަނގަޅަށް އޮޅުމެއް ނުފިލިއެވެ. “އައި އެމް ނޮޓް ޝުއާ އައި އަންޑަސްޓޭންޑް” ލޫތް މިހެން ބުނުމުން ޝުރޭޒް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ.

“ޝުއާ ޔޫ ޑޫ ލޫޓް.. ޔޫ ނޯ ހައު އިޓް އިޒް.. ދިސް އިޒް ބިޒްނަސް.. އައި ވިލް އިންވެސްޓް މިލިއަންސް އިން ޔުއާ ކޮމްޕެނީ އެންޑް އިން ރިޓާން ޔޫ ކުޑް ގިވް މީ ސަމް އާފްޓާ ސާވިސް” ޝުރޭޒް އައިފާއަށް ކަޅި އަޅާލަމުން މިހެން ބުނުމުން ލޫތް ވެސް އެދިމާއަށް ބަލާލިއެވެ.

ޝުރޭޒް ކަހަލަ މީހަކު ވޮރެން ކޮމްޕެނީއަށް އެތަށް ފައިދާއެއް ކޮށްދޭނެކަން ލޫތްއަށް ޔަޤީނެވެ. މިކަހަލަ ބޮޑު ޑީލެއް އަތުން ދިޔަ ދެވިދާނެ ބާއޭ ލޫތް ހިތަށް އެރިއެވެ. އޭސީ ކޮށްފައި ވާއިރުވެސް ލޫތްގެ ނިންކުރިން ދާތިކިތަށް ފާޅު ވިއިރު އޭނާގެ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހީވަނީ ކަރުތެރޭ އަޑު ބެދުނު ހެންނެވެ. އޭރުވެސް ޝުރޭޒް އިނީ ލޫތްގެ ޖަވާބަކަށް އިންތިޒާރުގައެވެ.

-ނުނިމޭ-

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ކުއްޅަވަށްފާ (7)

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(22 ވަނަ ބައި)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
June 19, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(22 ވަނަ ބައި)

Previews
June 19, 2016

ކުއްޅަވަށްފާ (7)

48 Comments

  1. layaal says:
    June 19, 2016 at 10:39 am

    enjoy. next part in sha allah on tuesday.

  2. Rish says:
    June 19, 2016 at 11:04 am

    Dhn looth plx enbas nuvaathi v nice st6

  3. Riu says:
    June 19, 2016 at 11:11 am

    nooom!! looth ok nuvaane dhw. plx plx plx

  4. Miroo says:
    June 19, 2016 at 11:12 am

    thanks for updating. wats up with leena and naail? and wow varah salhi sifakurun igey. ?

    1. layaal says:
      June 19, 2016 at 11:43 am

      thank you ?

  5. Ahmed Ammu says:
    June 19, 2016 at 11:18 am

    Varah habeys story eh

    1. layaal says:
      June 19, 2016 at 11:41 am

      thanks ?

  6. ken? says:
    June 19, 2016 at 11:18 am

    dnt put aifa in a trouble…? 2 meehu ge koalhungandu v majaa…?? this story is v interesting. ..keep going de way it is…gdlck..?✌?

  7. Saadhu says:
    June 19, 2016 at 11:19 am

    V reethi

  8. Glitzy says:
    June 19, 2016 at 11:21 am

    Nice ❤❤❤ waiting for next episode
    ???

    1. layaal says:
      June 19, 2016 at 11:42 am

      thank you ❤️

  9. Sama says:
    June 19, 2016 at 11:32 am

    Eyna ehbas vaane jexumah vx

    1. layaal says:
      June 19, 2016 at 11:42 am

      hehe. lets see ?

  10. Ary says:
    June 19, 2016 at 11:37 am

    Oh my gosh! looth nahadhaathi ehen. can’t wait for Tuesday. ?

  11. aff says:
    June 19, 2016 at 11:51 am

    loolu aky leena n naail ge baby eh thwhche .. looth and aifa ulheyleh haadha majaley baehfaharu .. Btw Hama habeys ingey..keep going☺

    1. layaal says:
      June 19, 2016 at 12:28 pm

      thanls love ?

    2. Shaw says:
      June 19, 2016 at 5:07 pm

      Laayal thii boyeh thrrr????

  12. faahi says:
    June 19, 2016 at 12:26 pm

    wow story varah reethi. looth haadha hot ey dhw. next part ga plx lulu genes dheeba. i miss that little kiddo ❤️

    1. layaal says:
      June 19, 2016 at 12:28 pm

      hehe. next part ga lulu will be there. btw thank you ?

  13. Lailaa says:
    June 19, 2016 at 12:29 pm

    Siiffa kurun vrh ragalhu.interesting.. Waiting for next part

    1. layaal says:
      June 19, 2016 at 12:40 pm

      thank you ?

  14. RaM says:
    June 19, 2016 at 12:32 pm

    Vvv reethi mi part. Mihaaru esfiya ga in emme reethi vaahaka. Thank you layaal.????

    1. layaal says:
      June 19, 2016 at 12:40 pm

      aww thats sweet. thank you love ❤️

  15. HaaZii says:
    June 19, 2016 at 12:49 pm

    vv nice mi part wes

  16. Ivy says:
    June 19, 2016 at 12:50 pm

    What mi suxeyn maraaliyas mashah heyo but aifaa yah gotheh nahadhaathi ingey layaal
    And this looth hmm I doubt what he will say nice story anyway ??

    1. layaal says:
      June 19, 2016 at 1:57 pm

      thank you Ivy ?

  17. yool says:
    June 19, 2016 at 1:26 pm

    varah habeys story eh. looth ok vaane kanneyge. evara aifa fakeera jahsaalafa viyya e hunani. waiting waiting ??

    1. layaal says:
      June 19, 2016 at 1:58 pm

      thanks ?

  18. aimin says:
    June 19, 2016 at 1:27 pm

    sifakurun varah reethi. hama heevani aslu looth fenna hen. keep it up ❤️

  19. anon says:
    June 19, 2016 at 1:54 pm

    mi site ga in enme kamudhaa vaahaka mi. dhen idheveyni new part up vethi bala balaa. Tuesday haadha lahey annale. luv this story layaal ??❤️

    1. layaal says:
      June 19, 2016 at 1:59 pm

      thank you so much. ❤️

  20. niu says:
    June 19, 2016 at 4:03 pm

    varah reethi igey ?

  21. Ellie says:
    June 19, 2016 at 5:00 pm

    Wow finally a strong female character who doesn’t burst into tears kameh vaa irah. I like how she challenges Luth in every way. Luth is arrogant and a bit cynical but I think Aifa is the only one who could bring out the softer side in him. Anyways, i totes love this story and how the characters are portrayed. Keep up the good work! 🙂

    1. layaal says:
      June 19, 2016 at 5:07 pm

      thank you. i’m glad you like it. ❤️?

  22. aimin mau says:
    June 19, 2016 at 6:44 pm

    It ws soooooooooooooo nice keep going layaal

    1. layaal says:
      June 19, 2016 at 9:13 pm

      thank you ?

  23. liu says:
    June 19, 2016 at 7:08 pm

    wow. varah salhi igey. sifakurun hama evare neh. ??

  24. shaai says:
    June 19, 2016 at 8:04 pm

    hehehe story v majaa. v interest adhi…. dhen looth ulheygotheh dhw…. miha majaa story eh adhi nukiye??

    1. layaal says:
      June 19, 2016 at 9:14 pm

      hehe. thanks shaai ?

  25. kurima says:
    June 19, 2016 at 9:04 pm

    varah reethi story. hama waiting Tuesday ah ?

    1. layaal says:
      June 19, 2016 at 9:14 pm

      thanks

  26. Appy says:
    June 19, 2016 at 9:11 pm

    Nice story

  27. layaal says:
    June 19, 2016 at 9:17 pm

    thanks all. love ❤️

  28. ihusaana says:
    June 20, 2016 at 7:58 am

    Satheyka insahtha yageen kuriah oiy bai vegen dhaanee varah foari gadha bayakah kan…. varah reethi mi bai ves…

    1. layaal says:
      June 20, 2016 at 12:28 pm

      thank you ?

  29. Uli says:
    June 20, 2016 at 11:57 am

    haadha majaey mi dhe meehun. can’t wiat for tomorrow ??? kihaa iarku up kuarni? time?

    1. layaal says:
      June 20, 2016 at 12:29 pm

      tomorrow afternoon around 1 in sha allah. ?

  30. Raw says:
    June 20, 2016 at 2:01 pm

    Mihaaru Mi site ga in enme interestig stoty mi. v v v salhi sifa kurun thah. waiting for the next part. Keep it up <3

Comments are closed.

All Right Reserved!