ރޭގަނޑުގެ އެދަންވަރު ކާށިދޫގެ އެގަސްބޯ ވަލުތެރެ ފެންނަނީ ވަރަށް ނާމާންކޮށެވެ. އެކި ދިމަދިމާއިން ސޫފިސޫފާސޫފީގެ އަޑު އިވިލައެވެ.މިތަނުން ބިރުވެރި ކަމަކާއި ދިމާނުވެ ސަލާމަތުން ކުއްޅަވަށްފަލާއި ހަމައަށް ދެވުނަސް އެއީ ހާދަބޮޑުވަރެކެވެ. ގަސްބޯ ޖަންގަލީގައި ހަދާފައިވާ ހަނިމަގުތަކުން ސައިކަލުދުއްވަމުން ދިޔައީ އެއްވެސް ދަތިކަމެއްނެތިއެވެ. ނަމަވެސް ވަކިހިސާބަކުން މަގުއޮތީ ބަންދުވެފައެވެ. ސައިކަލުގައި ކުއްޅަވަށްފަލާއި ހަމައަށް ދެވޭކަށްނެތެވެ. “ދެންނެތް ސައިކުގަ ދެވޭކަށް. ފައިބަންޖެހޭނީ. ހިނގާފަ ދާން ހިނގާ. މިހިސާބުން ދެން ހިނގަންޖެހޭނީ ވަރަށް ކުޑަތަންކޮޅަކަށް. އެހެންވީމަ އަވަސްކުރަމާ.މިހާރު ދޭއްޖަހާ ބޮޑުވިެދާނެ”.. ކޮއްކޮ […]
ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް ލައިގެން ހުރީ ކަޅާ ޕީޗް ކުލައިގެ ހެނދުމެވެ. އެއީ ދައުވަތު ދެވިފައިވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ކުލައެވެ. ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް މި ދެކުދިންގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ. ހާއްސަ ކޮށް އަޝްރާ އަށެވެ. އެތަކެއް މީހުނާއެކު އެތަކެއް ފޮޓޯ އަކާ ސެލްފީތައް ނަގަނަގާ އަޝްރާ ވަރުބަލި ވެ ދެފަޔަށް ވާޅުވާގޮތް ވިއެވެ. ” ލަވް…ހިނގާބަލަ އިށީންދެލަން…. މިހާރު އާޝޫގެ ދެފަޔަށް ވަރަށް ވާޅުވެއްޖެ..” އަޝްރާ ޔައިޝް […]
ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
ގަނޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. އަޝްރާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އަޝްރާ ގެ މޭމަތީގައި އޭނާގެ ތިން އަހަރަށްދާ ކުޑަކުޑަ ދަރިފުޅު ލީން ނިދާލާފާ އޮތެވެ. އަޝްރާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހީވަނީ އެތަކެއް ދުވަސްތަކެއް ބަލިވެ އުޅުފައިވާހެނެވެ. އަޝްރާގެ ސިކުނޑީގައި މީގެ ހަތަރު އަހަރު ކުރީގެ ހާދިސާތައް ސިފަވަމުން ދިޔައެވެ. އަޝްރާ ފެންވަރާ ރީތިވެލިއެވެ. އަދި އެރީތި މަޑު މަޑު ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. ގަދަ ނޫކުލައިގެ ޓޮޕަކާ ކަކުލާ […]
“އަނބިގަބޫލްކޮށްފިން…” ސުހައިލް ބުނެލިއެވެ. އަދި ކައިރި އިން ސާނިޔާގެ އަތަށް ފިތާލިއެވެ. އޭގެ އިރުކޮޅެއްފަހުން ސަނީމް ގެ އަޑުއިވުނެވެ. “އަނބި ގަބޫލްކޮށްފިން.”. ހިނިތުންވުމަކާއި އެކު ސަނީމް ޝާޒްއަށް ބަލާލިއެވެ. ކައިވެންޏަކީ ހަމައެކަނި ދެމީހަކު ގުޅުމެއްނޫނެވެ. ދެއާއިލާވެސް ގުޅުމެވެ. ސުހައިލް އާއި ސަނީމްއަކީ އެއްބަނޑުއެއްބަފާދެކުދިންނެވެ. ހަމައެހެންމެ ސާނިޔާ އަދި ޝާޒް އަކީވެސް އެއްބަނޑުއެއްބަފާ ދެކުދިންނެވެ. ދެއާއިލާގެ ރަހުމަތްތެރިކަން އިތުރުވެގެން ދިޔައީ ދެގޭގެ ދެކުދިންވެސް އެއްގެޔަކާއި ގުޅިލާމެހުމުންނެވެ. ދެއާއިލާ އެއްއާއިލާއަކަށްވެ ނިމިގެން ދިޔުމުންނެވެ. ދުވަސްވީ ރަހުމަތްތެރިންގެ ގުޅުން އިތުރަށް […]
މަންޝާގެ އަތްތިލައިން އުޅަނބޮއްޓާ ހަމައަށް ނަޒަރު ހިންގާލީ އަތުގެ ލޭ ނާރުތައް ފުއްޕާލުމުންނެވެ. އެ ނާރުތަކުގެ ތެރެއިން ހަލުވިމިނެއްގައި ނޫކުލައިގެ އަލި ދަތުރުކުރަމުން ދިޔައީ ފަނިތަކެއް ހެން ބަނޑި ބަނޑި ލައްވަމުންނެވެ. ބިރުން މަންޝާ ތެޅިގަތީ ދެނެވެ. ހާސްވެ ބިރުގަތް ނަމަވެސް އޭރު އެ އަލިގުޅަ އެކީހެން މަންޝާގެ ހަށިގަނޑު ތެރެއަށް ވަދެ ހުސްވެއްޖެއެވެ. އަތް ތަޅުވަމުން އެނދުން ތެދުވަން މަންޝާ އުޅުނީ މިވަނީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އިހްސާސް ވާން ފެށުމުންނެވެ. ތެދުވެ ތެދުވެ ހުރި […]
“ހައު ޑެއާ ޔޫ!” އައިފާ މިހެން ބުނިއިރު ޒޭން ހުރީ އައިފާ އެކުރި ކަމަކުން ޖެހި ބުދެއްހެން ހުއްޓިފައެވެ. އެއްއަތުން އޭނާ ކޮލުގައި ފިރުމާލިނއިރު އެ ތުންފަތުގައި އައިފާގެ ތުންފަތުގައިވީ ރަތްކުލަ ފޭދިފައި ވިއެވެ. “އައިފާ!” ދުރުން އިވުނު ލޫތްގެ އަޑަށް އައިފާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެއްފަހަރު ޒޭންއާއި ދިމާއަށް ބަލާލުމަށްފަހު އަނެއްފަހަރު ލޫތްއަށް ބަލަމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ލޫތް ހިނގާފައި އެދިމާއަށް އައިރު އައިފާ ހުރީ ވީ ކަންތައް […]
ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
” ކަލޭ ބޭނުންވި އެއްވެސް ކަމެއް ނުވިއެއްނު.. ޝާޔަންގެ ހުރިހާ މުދަލެއް އެވަނީ ޝާޔަލްގެ ނަންމަތީގަ.. ހުރިހާ ޕްލޭންތަކެއް ފެއިލްވީނު.. ދެން ކީއްކުރާނީ؟” އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އެވަގުތު އޭނަ ބާރުބާރަށް ހޭންފެށިއެވެ. އޭނަ ބޭނުންވި ގޮތަށް ކަންތައް ނުވުމުން އޭނައަށް ޝޮކެއްލިބި މޮޔަވީ ހެއްޔެވެ؟ ” ތިހީކުރަނީ އަހަރެން މިހުރިހާ ކަމެއް ކުރީ ޝާޔަންގެ މުދާތައް ހޯދަންކަމަށްތަ މޮޔަޔާ؟ އަހަރެން ކީއްކުރަން އެމީހުންގެ މުދާތައް ހޯދަންވީ؟” އޭނަގެ މޫނުމަތީގައި ލަދުވެތިކަމުގެ ކަންފުޅެއްވެސް ނުވެއެވެ. ފައިސާއާއި […]