Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (21)

layaal
July 31, 2016
9 Mins Read
80 Views
48 Comments

“ހައު ޑެއާ ޔޫ!” އައިފާ މިހެން ބުނިއިރު ޒޭން ހުރީ އައިފާ އެކުރި ކަމަކުން ޖެހި ބުދެއްހެން ހުއްޓިފައެވެ. އެއްއަތުން އޭނާ ކޮލުގައި ފިރުމާލިނއިރު އެ ތުންފަތުގައި އައިފާގެ ތުންފަތުގައިވީ ރަތްކުލަ ފޭދިފައި ވިއެވެ.

“އައިފާ!” ދުރުން އިވުނު ލޫތްގެ އަޑަށް އައިފާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެއްފަހަރު ޒޭންއާއި ދިމާއަށް ބަލާލުމަށްފަހު އަނެއްފަހަރު ލޫތްއަށް ބަލަމުން ދިޔައިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ލޫތް ހިނގާފައި އެދިމާއަށް އައިރު އައިފާ ހުރީ ވީ ކަންތައް ލޫތްއަށް ފެނުނީބާއޭ ހިތަށް އަރައަރައެވެ.

“ހިނގާ ކަން ދާން..” ލޫތް ހަމަޖެހިފައި ހުރެ މިހެން ބުނުމުން އައިފާ އަދިވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. “ޒޭން.. ހިނގާ. ކިހިނެތްވެފަ ތިހުރީ..” ލޫތް މިހެން ބުނުމުން އައިފާގެ ނަޒަރު ހުއްޓުނީ ޒޭންއަށްށެވެ. “ކަމެއް ނުވޭ. ދޯ އައިފާ..” ޒޭން އެއް އިނގިލިން ތުންފަތް ފޮހެލަމުން ބުނެލިއެވެ.

އައިފާ ހުރީ ޒޭން އެހެން ބުނުމުން ސިހިފައެވެ. ޒޭން ހަމަ އެއްވެސް ކަމެއް ނުވާކަމަށް ހެދުމުން އައިފާ ހައިރާންވެ ރުޅިއައެވެ. “އައިފާ.. ހޭއި ޔޫ އޯކޭ؟” އައިފާ ފާޑަކަށް ހުރުމުން ލޫތް އަހާލިއެވެ. “އުހުން.. ކަމެއް ނުވޭ. ހިނގާ ދާން..” އައިފާ ވިސްނާލުމަށްފަހު މިހެން ބުނީ ވަގުތާއި ހާލަތަށް ބަލާފައެވެ.

މިވަގުތު އެވާހަކަ ދެއްކުމުން އިތުރު ހަމަނުޖެހުމަކަށް ހިނގައިދާނެތީ އައިފާ އެކަން އެވަގުތަށް ސިއްރު ކުރިއެވެ. ނަމަވެސް ޒޭން އެކުރި ކަންތަކުގެ ވާހަކަ ވަގުތު ވުމުން ލޫތް ކައިރީގައި ބުނުމަށް އޭނާ ނިންމިއެވެ. އައިފާ ލޫތްއާއި އެކީ ދިއުމުން ޒޭންގެ އަތް މުށްކެވުނެވެ. އޭނާ އަދިވެސް ހުރީ ވާނުވައި ނޭނގިފައެވެ.

އައިފާ އެގޮތަށް އަތް އިސްކުރުމުން ޒޭންގެ ރުޅި ކެކިގެން ދިޔައެވެ. އޭނާގެ ދައުވަތަކަށް އައިސް އެހެން ހަދަން ކެރުނުކަން ޤަބޫލުކުރަން ވެސް އުނދަގޫވިއެވެ. އޭނާ އެތެރެއަށް ދާން ހިނގައިގަތީ އައިފާއާއި ފަހުން ދިމާކުރަން ނިންމައިގެންނެވެ.

އެންމެން ސުފުރާ މައްޗަށް ހަމަވި އިރު އައިފާ އިނީ ލޫތް ކައިރީގައެވެ. ދުރުގައި އިން ޒޭންއަށް މިވަނީ ކިހިނެތް ކަމެއް ނޭގުނެވެ. “އެވްރިވަން.. މިއީ ވަރަށް ސްޕެޝަލް ޑިނާއެއް.. އެންމެ ފުރަތަމަ ނާއިލްމެންގެ ކައިވެންޏަށް މަރުހަބާ ކިޔަން..” ލޫތް މިހެން ބުނުމުން ނާއިލް ހިނިތުން ވެލިއެވެ.

“އެންޑް އަޅުގަނޑު ވެސް ކައިވެނި ކުރަން ނިންމައިފިން.” ލޫތް މިހެން ބުނުމުން އެންމެންގެ ނަޒަރު އައިފާއަށް ހުއްޓުނެވެ. އޭރު ވެސް ޒޭން އިނީ ވާނުވައި ނޭގިފައެވެ. “އައިފާ.. ވީ އާ ގެޓިން މެރީޑް..” ލޫތް މިހެން ބުނުމުން އެންމެން އުފަލުން މަރުހަބާ ކީއިރު ޒޭން އިނީ ގަބުވެފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކޮންގްރާ ލޫތް.. އައިފާ ވެލްކަމް ޓު ދަ ފެމެލީ..” ލައިޝާ ތެދުވެ އައިފާ ގައިގައި ބައްދާލަމުން ބުނެލިއެވެ. އޭރު އާޒިމާ އެއްޗެކޭ ނުބުނި ނަމަވެސް ހިނިތުންވެގެން އިނީ ހަމަ އެކަނި ދެއްކުމަކަށްށެވެ. “މާ ރަނގަޅަކަށްނުން މިވީ.. ލޫތް ހިނގާ އަހަރެމެންނާއި އެކީ ވެޑިން ބާއްވަން.. ކިހިނެތްވާނީ؟” ނާއިލް މިހެން ބުނުމުން ލޫތް އައިފާއަށް ނަޒަރު ހުއްޓާލިއެވެ.

“ޔެސް އައިފާ.. ވަރަށް ސަޅިވާނެ އޭރުން..” ނާޒް ވެސް މިހެން ބުނުމުން އައިފާ ހީލިއެވެ. “އޯކޭ.. ދޯ އައިފާ.” ލޫތް މިހެން ބުނުމުން އައިފާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ބައްޕަ ވަރަށް އުފާ ވެއްޖެ މިރޭ.. ބައްޕަގެ ދެކުދިންނަށް އުފާ ދިރުއުޅުމެއް ލިބުނީތީ ހަމްދުކުރަން. ދިސް އިޒް ގޮއިން ޓު ބީ އަ ގްރޭންޑް ވެޑިން.” ލުތުފީ މިހެން ބުނެ ހިނިތުންވެލިއެވެ.

ދުރުގައި އިން ޒޭންއަށް ހީވީ އޭނާގެ ހިތުގައި މީހަކު ގޮށް މުއްކަވާފައި ޖެހި ހެންނެވެ. އޭނާ އިންތިހާއަށް ލޯބިވި އައިފާ އޭނަގެ ބޭބެގެ ހައްޤަކަށް ވެގެން ދިޔައީއެވެ. ބަދަލުގައި އައިފާ އޭނައަށް އެދިނީ ކިހައި ރީތި ހަދިޔާއެއް ހެއްޔެވެ. ކުރިން ވީ ކަންތައް ހަނދާން ވުމުން ޒޭން އޭނާގެ ކޮލުގައި ފިރުމާލިއެވެ.

ކެއުން ކުރިއަށް ދިޔައިރު ދެކެވުނީ ކައިވެނީގެ ކަންތަކުގެ ވާހަކައެވެ. އޭރު ޒޭންއަށް މަޑުން އެއްޗެކޭ ނުބެނެ އިނދެވުނީ ހަމަ ކިރިޔާއެވެ. އޭނާ އެވަރަށް ކެތް ނުކޮށް ނީނދެވުނު ނަމަ މިހާރު އޮންނާނީ އަތުން ފައިން ގޯހެއް ހެދިފައެވެ. ކެއުން ނިމުމުން އެންމެން އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ލައިޝާ މެން ބެލްކަންޏަށް ނިކުތެވެ.

އޭރު ޒޭން ދުރުގައި އައިފާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. އޭނާ ހެވިފައި ނާޒްމެންނާއި އެކު އުޅުން އިރު ކައިރީގައި ލޫތް އައްޓަމަހެއް ހެން ތައްލަވާފައި ހުއްޓެވެ. ޒޭންގެ ރުޅިވެރި ނަޒަރު ލޫތްއަށް އަމާޒުވެ އަތުގައި ހުރި ކޯކުތަށީގައި ހިފާލިލެއް ބާރު ކަމުން އިނގިލިތަކުގެ ކޮޅު ހުދުވެގެން ދިޔައެވެ.

ނާޒްއާއި ހިނިތުންވެ ވާހަކަ ދައްކަމުން ދިޔަ އައިފާގެ ނަޒަރު ދުރުގައި ހުރި ޒޭންއާއި ދިމާއަށް އިރުއިރުކޮޅުން ހުއްޓެމުން ދިޔައެވެ. ޒޭން ބަލަހައްޓައިގެން ހުރި ގޮތުން ވެސް އައިފާގެ ހިތް އަވަސްވިއެވެ. އޭނާ ހުރީ ޒޭން ކަމެއް ކޮށްފާނެތީ ޖެހިލުންވެފައެވެ. އައިފާ ކައިރީގައި އިން ލޫތްގެ މުލައްދަނޑީގައި ހިފާލަމުން އިތުރަށް ކައިރި ވެލިއެވެ.

“ކޮން އިރަކުން ދަނީ؟” ލޫތްގެ ކަންފަތް ދޮށުގައި އައިފާ އަހާލިއެވެ. “ދޫނި ބޭނުން އިރަކުން ދާންވީ ހަމަ.. ދާންވީތަ؟” ލޫތް މިހެން ބުނެ އައިފާގެ މޫނަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތް ކައިރީގައި އަޅުވާލަދިނެވެ.

“ޔާ.. މާދަން ހެދުނު އޮފީހަށް ވެސް ދާން ޖެހޭނުން.. އައި އެމް ރިއަލީ ޓަޔަޑް.” އައިފާ ހުރީ ޒޭންގެ ބެލުންތަކުން އުނދަގޫވެފައެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. “އޯކޭ.. ހޭއި އަހަރެމެން ދަނީ އިނގޭ.” ލޫތް އިންތަނުން ތެދުވަމުން ބުނެލިއެވެ.

އައިފާ ވެސް ތެދުވެ އެންމެންނަށް ގުޑް ނައިޓް އޭ ބުނެލިއެވެ. އޭރު ފަހަތުގައި ހުރި ލޫތް އޭނާގެ ބޮލުގައި ބޮސްދިނީ އެންމެން ކުރިމަތީގައި އައިފާ ރަކި ކޮށްލަންށެވެ.

“ދެން ލޫތް..” އައިފާ މިހެން ބުނުމުން އެންމެން ހޭންފެށިއެވެ. އޭރު ދުރުގައި މި މަންޒަރު ބަލަން ހުރި ޒޭންގެ ރުޅި ހަމައިން ނެއްޓިއެވެ. އައިފާ އެގޮތަށް ލޫތްއާއި ގާތްވެ އުޅުމުން ޒޭން އައި ރުޅީގައި އަތުގައި އޮތް ކޯކު ތައްޓަށް ބާރު ކޮށްލުމާޢި އެކީ އެތަޅައިގެން ދިޔަ އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.

އޭރު ޒޭންގެ އަތް ކަނޑައިގެން ގޮސް ލޭތިކި ޖަހަމުން ދިޔައިރު އޭނާގެ ތޫނު ނަޒަރު ހުރީ އައިފާއަށް ހުއްޓިފައެވެ. ލައިޝާމެން އެދިމާއަށް ދުއްވައިގެން އިރު އައިފާ ސިހިފައި ކަޅިޖަހާލަން ނޭނގި ޒޭންއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހީވަނީ ޒޭން އޭނާއަށް ކުރެވޭނެ ވަރު އައިފާއަށް ދައްކާލަން ހުރިހެންނެވެ.

“ޒޭން! ކިހިނެތް ތި ހެދީ.. މަންމާ.. މަންމާ.” ލައިޝާ ގޮސް ޒޭންގެ އަތުގައި ހިފާލަމުން ގޮވާލިއިރު އާޒިމާއާއި ޒުލޭހާ އެތަނަށް އަންނަނީއެވެ. “އަހާ ދަރިފުޅާ.. ލުތުފީ..” ޒުލޭހާ ހާސްވެފައި ހުރެ ޒޭންގެ އަތް ފާސްކުރަމުން ދިޔައެވެ. “ކިހިނެތް ވެގެން މިއުޅޭނީ..” ލުތުފީ އެތަނަށް އައިސް މަޑު ކޮށްލަމުން ބުނެލިއެވެ.

އޭރު އެތެރެއަށް ވައިން އާލާ ބޭސް ފޮށި ހިފައިގެން އަންނަނީއެވެ. “ދައްކަ ބޭސް އަޅަން.. އާޒިމާ މިތަން ސާފު ކޮށްލަބަލަ.. އެކަކު ވެސް ބިއްލޫރި ތަކަށް ނާރާތި..” ލުތުފީ ބޭސް ފޮށި އަތުލަމުން ބުނެލިއެވެ. “ވަރަށް ފުންކޮންތަ ކަނޑައިގެން ދިޔައީ..” ލޫތް އައިސް ޒޭން ސޯފާގައި ބައިންދަމުން ބުނެލިއެވެ.

އޭރުވެސް ޒޭންގެ ކަޅި ހުރީ އައިފާއަށް ހުއްޓިފައެވެ. “ނެތް އެހައި ފުންކޮންނެތް.. ނަސީބެތްނުން.. ދަރިފުޅު ކިހިނެތްތަ ތި ހެދީ؟” ޒޭންގެ އަތުގައި ހުރި ލޭތަށް ސާފު ކުރަމުން ލުތުފީ އަހާލިއެވެ.

“ނޭނގެ.. ތަޅައިގެން ދިޔައީ.” ޒޭން މިހެން ބުނަމުން އައިފާއަށް ލޯ އަޅާލިއެވެ. “އޯކޭ ދޯ އެހެން ވީމަ.. ބައްޕަ އަޅުގަނޑު އަންނާނަން އައިފާ ލާފަ. އައިފާ..” ލޫތް ބެލްކަންޏާއި ދިމާއަށް ބަލާލަމުން ގޮވާލިއެވެ.

ލޫތް ދެފަހަރަކު ގޮވާލުމުން އައިފާ ސިހިފައި އެކަމަށް ސަމާލުކަން ދިނެވެ. އޭރު ލޫތް ތެދުވެގެން އޭނައާއި ދިމާއަށް އަންނަނީއެވެ. “ކިހިނެތް ވެފައި ތިހިރީ؟ އަނެއްކާ އައިފާއަށް ކަމެއް ވީތަ؟” ލޫތް މިހެން ބުނުމުން އައިފާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވި އިރު ޒޭން ކުރި ކަންތަކުން އެހިތުގައި ބިރުވެރި ކަމެއް އުފެދިފައި ވެއެވެ.

“އުހުން.. ނޫން.. އެއީ ލޭ ފެނުނީމަ..”  އައިފާ މޫނު ކުނިކޮށްލަމުން މިހެން ބުނެލީ ލޫތްއަށް އެހެން އެއްޗެއް ހީވެދާނެތީއެވެ. “ހިނގާ ދާން އެހެންވީމަ..” ލޫތް މިހެން ބުނެ އައިފާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ޒޭން ކައިރިން ލާފައި ދިޔައިރު އޭނާގެ ބެލުންތަކުން އައިފާގެ ހިތް އަވަސްވިއެވެ.

****

ލޫތް ކާރު ދުއްވަމުން ދިޔައިރު އައިފާގެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައެވެ. ގެއިން ނިކުއިން އިރު އުޑުމަތީގައި ބޯކުރި ވިލާތަކުން މިހާރު ތުނި ވާރޭ ވެހެމުން ދިޔައެވެ. ކާރުތެރޭގައި އޭސީ ޖައްސާފައި ހުރުމުން އައިފާގެ ގައިގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭރު އޭނާގެ ޚިޔާލުގައި އެނބުރެމުން ދިޔައީ މިރޭގެ ހާދިސާއެވެ.

“އައިފާ ހަމަ އޯކޭތަ ނާއިލްމެންނާއި އެއްކޮން ވެޑިން ބާއްވަން؟ އަހަރެންނަކަށް އެއްވެސް މައްސަލައެއް ނެތް..” ލޫތް ކާރު ދުއްވަމުން ވާހަކަ ދެއްކި އިރު ވެސް އައިފާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. “އަނެއްހެން ފަސޭހަވާނެ ތަންކޮޅެއް.. ދެފަހަރު ދެ ވެޑިން ނުބާއްވާ އެއްކޮން ބޭއްވީމަ ވީނުން..” ލޫތް މިހެން ބުނެފައި އައިފާ އަނގައިން ނުބުނުމުން އައިފާއާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ.

އޭރު ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިން އައިފާ ފިނިވެގެން ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. “މާ ފިނިވީ ދޯ..” ލޫތް މިހެން ބުނެ ކާރުގެ އޭސީ ނިއްވާލަމުން އައިފާގެ އަތުގައި ހިފާލިއެވެ.

އަމިއްލަ ޚިޔާލީ ދުނިޔޭގައި އިން އައިފާ ސިހުނީ ލޫތްގެ ފިނިއަތް އޭނާގެ އަތުގައި ޖެހުމުންނެވެ. އޭނާ ލޫތްއާއި ހަތަރު ކަޅި ހަމަކުރި އިރު ލޫތްގެ މޫނުމަތިން ފާޅުވީ ކަންބޮޑުވުމެވެ. “ބޭބް އޯކޭތަ؟ ކީއްވެ މާ މަޑުން ތި އިންނަނީ؟” ލޫތް މިހެން އެހުމުން އައިފާ މިރޭ ވީ ކަންތަކުގެ ވާހަކަ ކިޔައިދޭން ނިންމިއެވެ.

“ލޫތް..” އައިފާ ފުންނޭވާއެއް ލަމުން ބުނެލިއެވެ. އޭރު އެމީހުން އައިފާގެ ގެއާއި ވެސް ކައިރިވެއްޖެއެވެ. “ޔެސް ބޭބް.. ކިހިނެތްވީ؟” ލޫތް ހަމަޖެހިލައިގެން އިނދެ އަހާލިއެވެ.

“މިރޭ.. މިރޭ ޒޭން..” އައިފާ މިހިސާބަށް ބުނި ތަނާ ލޫތްގެ ފޯނު ރިންގުވާން ފެށިއެވެ. އެހެންކަމުން ލޫތް އިޝާރާތުން މަޑުކޮށްލުމަށް ބުނެ ފޯނު ނެގިއެވެ.

ކާރު އައިސް ގެ ކައިރިއަށް މަޑުކޮށްލަމުން ލޫތް ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޮފީހުގެ މަސައްކަތެއްގެ ވާހަކައެވެ. އޭރު އޭނާގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ.

“ކިހިނެތްވީ؟” ލޫތް ފޯނު ބޭއްވުމުން އައިފާ އަހާލިއެވެ. “ޕްރޮޖެކްޓްއެއްގައި މައްސަލައެއް ޖެހިގެން މިއުޅެނީ.. ސޯ އައި ހެވް ޓު ގޯ މިވެގެން އުޅޭގޮތެއް ބަލަން.. ސޮރީ އިނގޭ.. ކޮންވާހަކައެއް ބުނަން އުޅުނީ؟.” ލޫތް މިހެން ބުނެ އައިފާ އަތުގައި ހިފާލިއެވެ.

“އިޓްސް އޯކޭ އޭ.. ފަހުން އެވާހަކަ ދައްކާނީ. ދޭ ދެން. ބާއި. ލަވް ޔޫ.” އައިފާ މިހެން ބުނެ ލޫތްގެ ކޮލުގައި ބޮސްދިނުމަށްފަހު ކާރުން ފޭބިއެވެ. އޭރުވެސް ތުނިކޮން ވާރޭ ވެހެމުން ދިޔައެވެ. އޭނާ ގޮސް ގޭގެ އަސްކަނި ދޮށުގައި މަޑުކޮށްލުމަށްފަހު ލޫތްގެ ކާރު ދާތަން ބަލަންހުއްޓެވެ.

އެވަގުތު ޒޭންގެ ވާހަކަ ދެއްކުން ރަނގަޅު ނުވާނެތީ އައިފާ އެވާހަކަ ހުއްޓާލީއެވެ. އެހެން ނޫނަސް ލޫތް ހުރީ އޮފީސް ކަންތަކާއި ހެދި ހާސްވެފައި ކަމުން އިތުރަށް އޭނާ ހާސްކުރަން އައިފާ ބޭނުން ނުވީއެވެ.

****

ކޮޓަރީގައި ވާހަކަ ފޮތެއް ހިފައިގެން އޮތް ލައިޝާ އޭނާ އަޅައިގެން އިން އައިނު މައްޗަށް ޖައްސާލިއެވެ. އޭސީގެ ފިނިކަން ކޮޓަރީގައި ހިފާފައި ވީއިރު އޭނާ އިނީ ގޮސް ވާހަކަ ފޮތުގެ ތެރެއަށް ގެއްލިފައެވެ. ކޮޓަރި ދޮރު ހުޅުވާލި އަޑަށް ލައިޝާ ކާކުތޯ ބަލާލިއިރު ވަނީ ސައިލަމްއެވެ.

“ކޮބާ ޒޭން މިހާރު؟” ލައިޝާ ވާހަކަ ފޮތް ލައްޕާލަމުން އަހާލިއެވެ. އޭރު ސައިލަމް އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ދޮންނަ ވަށިގަނޑަށް ލަނީއެވެ.

“ކުޑަ މަންމަ ކުރު ނުކޮށްގެން މިއައީ އޭނާ ޑޮކްޓަރަށް ދައްކާލާފައި.. ނަސީބެއް ދެވުންކަން.. ޑޮކްޓަރ ބުނީ އެހައި ފުންކޮން ކަނޑައިން ނުދިޔަސް ފަހަން ޖެހޭނެ ކަމަށް. އެހެންނޫނީ ސަކަރާތް ވެދާނެޔޯ.. މިހާރު ވެއްޖެ މައްޗަށް ގޮސް.” ސައިލަމް ލައިޝާގެ އުނގުގައި ބޯ އަޅާލަމުން ބުނެލިއެވެ.

“ނަސީބެއްނުން ބޮޑުވަރު ނުވިކަން.. އޭނަ ކީއްތަ ދޯ އެކުރީ..” އަނެއްކާ ވެސް ވާހަކަ ފޮތް ނަގަމުން ލައިޝާ ބުނެލިއެވެ. “ލައީ ބުނީމެއްނުން އޭނަ ބިޓެއް ހުންނަ ވާހަކަ..” ސައިލަމް އިރުކޮޅަކު އޮތުމަށްފަހު ބުނެލިއެވެ.

“ހޫމް.. އެވާހަކައެއް ނުދައްކާ ފަހަކުން.. އެކަމު މާދަން އަހާލާނަން. އޭނަ ހުރީ ވަރަށް އެކްސައިޓްވެފައި އެދުވަހު.. ހެހެހެ.” ލައިޝާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ރަނގަޅެއްނުން.. ބުނޭ ވެޑިންއަށް ބިޓު ވެސް ގެންނަން ވާނެއޭ.. ވަރަކުން ދާނެ ވެޑިންއެއް މިއީ..” ސައިލަމް ހިނިތުން ވެލަމުން ބުނެލިއެވެ. “ޔަޤީނެއްނުން.. ދެ ދަރިން އެއްފަހަރާ އިންނައިރު ބައްޕަ މިކަން އާދައިގެ ގޮތަކަށް ދުއްވާލާނެތަ.. މާލެ އެންމެންނަށް ކިޔާނެ..” ލައިޝާ އިނީ އުފާވެފައެވެ.

“ލައީ.. ވާހަކައެއް އަހާލަންތަ؟” ސައިލަމް ވިސްނާލަން އޮވެފައި ބުނެލިއެވެ. “ހޫމް..” ވާހަކަފޮތަށް ގެއްލިފައި އިން ލައިޝާ ދިނީ ކުރު ޖަވާބެކެވެ. އޭރު އޭނާ އެއްއަތުން އުނގުގައި އޮތް ސައިލަމްގެ އިސްތަށި ކޮޅާއި ކުޅެމުން ދިޔައެވެ.

“ލައީ ބޭނުންތަ ދެން ބޭބީއެއް ހޯދަން.” ސައިލަމް ޖެހިލުންވެފައި އިނދެ މިހެން ބުނުމުން ލައިޝާގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އިނުމުން ސައިލަމް ތެދުވެ ލައިޝާ ހިފައްޓައިގެން އިން ފޮތް ތިރިކޮށްލިއެވެ. “ލައީ..” ސައިލަމް މިހެން ބުނުމުން ލައިޝާ އޭނާ އަޅައިގެން އިން އައިނު ނެގިއެވެ.

“ސައިލަމް ޕްލީޒް.. ބުނެފިން ދޯ ތިވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ..” ލައިޝާ ހިތްހަމަ ނުޖެހިފައި އިނދެ މިހެން ބުނެ ވާހަކަފޮތް ހިފައިގެން ތެދުވިއެވެ. “ވީ ކެން އެޑޮޕްޓް..” ސައިލަމް ދެރަވެފައި އިނދެ މިހެން ބުނެލިއެވެ. އޭރު ލައިޝާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓި އެ ފަން އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައެވެ.

“ލައީ.. ޕްލީޒް ސޭ ސަމްތިން..” ސައިލަމް މިހެން ބުނެލީ ލައިޝާގެ ހަމަހިމޭން ކަމުން އުނދަގޫވެގެންނެވެ. އިސްތަށިގަނޑުގައި ފުނާ އަޅައި ނިމިގެން ފަހަތަށް ގަތާލުމަށްފަހު ލައިޝާ ލޯޝަން ފުޅި ނެގިއެވެ. ސައިލަމްގެ ސުވާލަށް ޖަވާބު ދިނުމެތް ނެތި ދެއަތުގައި ލޯޝަން ލުމަށްފަހު އޭނަ ގޮސް އެނދުގައި އިށީނދެލީ ސައިލަމްއަށް ފުރަގަސް ދެމުންނެވެ.

“ބޭބް.. ޕްލީޒް.” ސައިލަމް އަނެއްކާ ވެސް މިހެން ބުނުމުން ލައިޝާ ފުންނޭވާއެއް ލިއެވެ. “އިނގޭ ސައިލަމް ވެސް ބޭބީއެއް ބޭނުންވާނެކަން.. ބަޓް އައި ކާންޓް ހެވް ވަން. އަހަރެން ބޭނުމެއް ނޫން އެޑޮޕްޓް ކުރާކަށް.” ލައިޝާ ދެރަވެފައި އިނދެ ބުނެލިއެވެ. “ދެން އޮތް ގޮތަކީ ސައިލަމް ދެއަތްބަށް މީހަކާއި އިނުން..” ލައިޝާ މިހެން ބުނުމުން ސައިލަމްގެ ބުމަ ގޮށްޖެހުނެވެ.

“ލައިޝާ މޮޔަ ވާހަކަ ނުދައްކާ!” ސައިލަމް މިހެން ބުނިއިރު އެ އަޑުގައިވީ ހަރުކަށި ކަމެވެ. “ކިހިނެތް ހެދީމަތަ ލައިޝާއަށް ވިސްނޭނީ؟ ވީ ކެން އެޑޮޕްޓް. އެއީކީ މައްސަލައެއް ނޫނޭ.. ނޭނގެ މިހާރު މިހެން ކިޔުނު ވަރެއް ވެސް. އިނގޭ އުނދަގޫ ވާނެކަން.. ބަޓް އިޓްސް އަވާ އޮންލީ އޮޕްޝަން.. ލައިޝާ ތިގޮތްގަނޑު ދޫކޮށްލަން ވެއްޖެ އެއްނުން.” ސައިލަމް މިހެން ބުނެ އެނދުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ.

އޭރު އެނދުގައި އޮށޯވެލި ލައިޝާ އޮތީ ހިތުގައި ޖެހިފައެވެ. އޭނާ ވެސް ކުއްޖަކު ބޭނުމެވެ. އެކަމަކު އަމިއްލަ ދަރިއެކެވެ. ސައިލަމްއަށް އެކަން މައްސަލަ އަކަށް ނުވިޔަސް ލައިޝާއަށް އެކަން ކުރަން އުނދަގުލެވެ. ލައިޝާ ދެލޯ މަރާލިއިރު ފޭބި ކަރުނަ ލޮލުގެ ކޮޅުން ބާލީހަށް ފޭދުނެވެ.

****

ދަންވަރުގެ ވަގުތެވެ. މުޅި ކޮޓަރިއަށް އަނދިރިކަން ވެރިވެފައި ވީއިރު ހުޅުވާފައި ހުރި ކުޑަ ދޮރުން އެތެރެއަށް ކޮންމެވެސް ވަރަކަށް އަލި އެޅެމުން ދިޔައެވެ. ކަހާލާފައި ހުރި ދޮރު ފޮތިގަނޑު ވަޔާއި ވިހުރެމުން ދިޔައިރު އެނދުމަތީގައި އިން ޒޭން ގުޑި ވެސް ނުލައި އިނެވެ.

އޭނާގެ ނަޒަރު އަތުގައި އަޅާފައި އޮތް ބެންޑޭޖަށް ހުއްޓިފައި ވީއިރު އެ މޫނުމަތިން ފާޅުވަނީ ރުޅިވެރި ކަމެވެ. “އައިފާ.. އައިފާ.. އައިފާ” ޒޭން މަޑުމަޑުން މިހެން ކިޔަމުން ދިޔައިރު އެ ތުންފަތަށް ހިނިތުން ވުމެއް ވެރި ވިއެވެ. އޭނާގެ ލޯ ކުރިމައްޗަށް ސިފަވަނީ އައިފާގެ ސޫރައެވެ.

މިރޭ އޭނާގެ މޫނުގައި ޖެހި މަންޒަރާއި، ކީ އެއްޗެހި އިވެމުން ދިޔަކަހަލަ އެވެ. އެއަށްފަހު ލޫތްއާއި އެކީ ހީ ސަމާސާކޮށް ގާތްވެ އުޅުނު މަންޒަރު އެތަށް ފަހަރަކު ސިފަވަމުން ދިޔައެވެ. މި ހުރިހާ ކަމެއް ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ވަރަކަށް އެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

“ޔޫ އާ މައިން އައިފާ.. އޮންލީ މައިން.” އަޅާފައިއޮތް ބެންޑޭޖުގައި އަތް ހާކަމުން ޒޭން ބުނެލިއެވެ. “އައިފާ.. އައިފާ” ޒޭން ހުއްޓުމެއް ނެތި މިހެން ކިޔަމުން ގޮސް ބޮޑުވައި އިނގިލިން ކަނޑައިންގެން ދިޔަ ތަނަށް ފިއްތާލުމާއި އެކު ބެންޑޭޖަށް ލޭ ފޭދިގެން ދިޔައެވެ. ނަމަވެސް ޒޭންއަށް ތަދު އިހުސާސް ވެސް ނުވާކަހަލައެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ވީއުރު ދުލުގައި ވީ އައިފާގެ ނަމެވެ.

****

ހަވީރުގެ ފިނި ވަގުތުގައި އުޑުމަތި ވަނީ ބޯ ވިލާތަކުން ބަނަކޮށްލެވިފައެވެ. އޮފީސް ނިންމާލުމަށްފަހު އައިފާ ގެއަށް ދާން ނިކުތީ ހިނގާފައެވެ. ލޫތްއަށް މިއަދު ދިމާވި އޮފީސް މައްސަލާގައި އެކަން ހައްލުކުރަން ރަށުން ބޭރަށް ދާން ޖެހުމުން އޭނާ އެކަނި ގެއަށް ދާން ނިންމީއެވެ.

ލޫތް ކާރުގައި ދާށޭ ބުނުމުން ވެސް އައިފާ އެކަމާއި ދެކޮޅު ހެދީ ހިނގާލާފައި ދާ ހިތުންނެވެ. އެހެންނޫނީ އަބަދު ލޫތްއާއި އެކީ އަންނާތީ ކުރީގައި ހިނގާލާފައި އުޅުން ގޮތަކަށް ނޫޅެވެއެވެ.

ވިއްސާރަ ނެގި ނަމަވެސް އައިފާ ކުޑައެއް ހިފައިގެން ހަމަ ހިނގާފައި ގެއަށް ދާން މިސްރާބުޖެހިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ގަޔަށް ފިނި އިހުސާސް ވަމުން ދިޔައިރު އައިފާ ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް ޒޭންގެ ވާހަކަ ނުބުނެވި ލަސްވާތީ އައިފާ އެކަމާއި ކަންބޮޑުވިއެވެ.

ލޫތްއާއި ފޯނުން ގުޅާފައި އެވާހަކަ ނުބުނެވޭނެތީ އޭނާ މަޑުކުރީއެވެ. އެހެން ނޫނަސް ލޫތް މިހައި ބިޒީ ދުވަހަކު އެކަން ނުވާނެތީ އައިފާ ލޫތް އައުމުން ފުރަތަމަ ކަމަކަށް ވެސް އެވާހަކަ ބުންނަން ނިންމިއެވެ. މަޑު ހިނގުމެއްގައި ދިޔަ އައިފާ ގެއާއި ކައިރި ވިއިރު ތުނިކޮން ވާރޭ ވެހެން ފަށައިފިއެވެ.

އޭނާ ކުޑަ ނެގުމަށްފަހު ހިނގުން އަވަސްކޮށްލިއެވެ. ގެއަށް ދާ މަގު ކުރު ކޮށްލުމަށްޓަކައި އައިފާ އެހެން ގޯޅިއަކަށް އެޅިއެވެ. ވަކި ހިސާބަކަށް ދިޔައިރު ވައިގަދަވާން ފެށުމުން މަގުމަތީގައި ހިނގާ ބިގާވެ އުޅޭ މީހުން މަދުވާން ފެށިއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ ފަހަތުން މީހަކު އޭނާގެ އަތުގައި ހިފައި އަނބުރާލިއެވެ.

ނުވިސްނައި ހުރި އައިފާ ފައި ފުރޮޅާލި ގޮތަކަން ތަދުވެސް ވިއެވެ. ކުރިމަތީގައި ހުރި މީހާއަށް ބަލާލިއިރު ދެބުމަ ގޮށްޖަހައިގެން ހުރި ޒޭން ފެނި ހީވި އެ ހިތް ގެނބުނު ހެންނެވެ. އޭނާ މިތަނަށް އައީ ކިހިނަކުންބާއޭ އައިފާ ހިތަށް އެރިއެވެ.

“ކިހިނެތްވީ؟ މިއީ ޒޭންއޭ.. ހަނދާންވޭތަ؟ ރޭގައި؟” ޒޭން މިހެން ބުނުމުން އައިފާ ފަހަތަށް ޖެހިލުމުން އޭނާގެ މުލައްދަނޑީގައި ޒޭން ބާރަށް ހިފައްޓާލިއެވެ. “ދޫކުރޭ!” އައިފާ ރުޅިވެރި ކަމާއިއެކު ބުނެލިއެވެ. އޭރު ޖެހެމުން ދިޔަ ބާރު ވައިރޯޅީތަކުން އެއްއަތުން ކުޑައިގައި ހިފައްޓާލައިގެން ހުރެވުނީ ކިރިޔާއެވެ.

“ކީއްވެ އެހެން ހެދީ؟ އަހަރެންނަށް އިނގޭ އައިފާ ލޯބިވަނީ އަހަރެން ދެކެ ކަން.. ވައި އާ ޔޫ ޑުއިން ދިސް..” ޒޭން ވާހަކަ ދައްކަމުން ދިޔައީ ދެރަވެފައި ހުރެއެވެ. “ލޯތްބޭ؟؟ ޒޭން މޮޔަވީތަ؟ އައި ޑޯންޓް ލަވް ޔޫ.. ދޫކުރޭ..” އައިފާ އޭރުވެސް އަތް ނައްޓާލަން މަސައްކަތް ކުރަމުން ދިޔައެވެ.

މިހާރު ކާރުގައި އާދެވުނު ނަމައޭ އައިފާ ހިތަށްއެރިއެވެ. “ދޮގު! ދޮގު! ހުސް ދޮގު! ޔޫ ލަވް މީ! ކީއްވެ ލޫތް ކައިރިއަށް ތި ދިޔައީ ދެން!! ވައި އައިފާ!! އަހަރެން ބޭނުން އައިފާ..” ޒޭން އިތުރަށް އައިފާ ގަޔާއި ކައިރި ކޮށްލަމުން ބުނެލިއެވެ. އެވަގުތު ވާރޭ ބޯކޮށްލި އިރު މަގުމަތީގައި ވަނީ ހުސް ދުއްވާ ތަކެއްޗެވެ.

އަސްކަނިތައް ދަށުގައި ތިބި މީހުން އައިފާމެންނަށް ބަލަމުން ދިޔައިރު އެއިން އެކަކު ވެސް އެކަން ހުއްޓުވާކަށް ނޫޅެއެވެ. އައިފާ ދުރަށް ދާން ގަދަ ހަދަމުން ދިޔަތަން އެންމެންނަށް ފެނުނު އިރު އެކަކުވެސް އެހީތެރިވާކަށް ނައެވެ. “ޒޭން ޕްލީޒް ލީވް މީ! އަހަރެންނަކަށް ނޭގެ ޒޭންއަށް ތިހެން ވިސްނުނީ ކީއްވެ ކަމެއް.. ދޫކުރޭ! ޖަސްޓް ލީވް މީ!!” އައިފާ މިހެން ބުނިތަނާ ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކުން ކުޑަ ވިއްސައިގެން ގޮސް އޭނާ ތެމެން ފެށިއެވެ.

“ޔޫ އާ މައިން..” ޒޭން މިހެން ކިޔަމުން ދިޔަ ވަރަކަށް އައިފާގެ ބިރު އިތުރުވިއެވެ. ވެހެންމުން ދިޔަ ބޯ ވާރޭގައި ތެމެމުން ދިޔައިރު ގުގުރީގެ އަޑު މު ފަޒާގައި ގުގުމާލިއެވެ. “ޒޭން ހެޔޮ ނުވާނެ ދޫކުރޭ..” އައިފާއަށް ރޮވޭ ގޮތްވުމުން ޒޭން ހޭންފެށިއެވެ. އެވަގުތު ޒޭން ނުވިސްނައި ހުއްޓައި އައިފާ އޭނާ ކޮށްޕާލުމަށްފަހު ޕޭވްމަންޓުން ފައިބައި މަގުމައްޗަށް ދުއްވައި ގަނެވުނެވެ.

އޭރު ވެހެމުން ދިޔަ ބޯ ވާރެއިން ލޯމައްޗަށް ފުސްވެފައި ވުމުން މިދެވެނީ ކޮންތާކަށް ކަމެއް އައިފާއަކަށް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ބިރުގަނެ ޒޭންއާއި ދުރަށް ދިއުމަށް ބޭނުންވެފައެވެ. ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ކާރެއްގައި އައިފާ ޖެހި ވިއްސައިގެން ދިޔައި އިރު އޭނާގެ ހަޅޭކުގެ އަޑާއި އެކު ކާރު ފުރޮޅު ކަހާލިއަޑު މުޅި ފަޒާގައި ހިފާލިއެވެ.

-ނުނިމޭ-

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..

Next

މަންޝާ (ތެއްތިރީސް ވަނަ ބައި)

Next
August 1, 2016

މަންޝާ (ތެއްތިރީސް ވަނަ ބައި)

Previews
July 30, 2016

ވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..

48 Comments

  1. Ahmed Ammu says:
    July 31, 2016 at 9:06 pm

    Awesome. You are great. Keep up the good work Layaal ?

  2. aff says:
    July 31, 2016 at 10:27 pm

    maaikalaako mi vee kihineh .. iifa fakeeru ..iifa dheragotheh nuhadhahchey layaa .. keep going ☺

  3. Faathee says:
    July 31, 2016 at 10:31 pm

    Zeyn haadha foohsey. Aifaa ah gothe viyas nudhechey. Looth n aifaa ge loaiba ehves ithuru meehe ge hiyani ves elhuna nudheythi

  4. Aroo says:
    July 31, 2016 at 10:34 pm

    aifaaaaaa!! kihine thi hedhii ??

  5. Xaan says:
    July 31, 2016 at 10:55 pm

    So sad ifaa ah dheragotheh nahadhahchey

  6. Maako says:
    July 31, 2016 at 11:03 pm

    Looth ge car ga dhw eh jehuny..

  7. sanaa says:
    July 31, 2016 at 11:18 pm

    V reethi mi bai ves???

  8. Pink says:
    July 31, 2016 at 11:26 pm

    Jeyn ulhey gothe.jeyn a gothe hadaan vejje nu

  9. Anna says:
    July 31, 2016 at 11:27 pm

    Mi story feshunyssure nimendhen vissaara vefa onnanee. Varah notice vey ethankolhu.

    1. RY says:
      August 1, 2016 at 12:14 pm

      Yeah.. Even I’ve noticed that.. Abadhuvs vissaara vefa onnany kyhve? I think layaa ah vaarey vrh kamudheyhen. Dhw 😀

    2. hau says:
      August 1, 2016 at 12:32 pm

      hmm varah faahaga vaa kameh abadu visaara vefa ekam varah reethi

    3. layaal says:
      August 1, 2016 at 12:46 pm

      hehe. its just love ve the rain. so i tend to write more rain scenes. sorry i’ll correct that ?

    4. layaal says:
      August 1, 2016 at 12:46 pm

      hehe. its just i love the rain. so i tend to write more rain scenes. sorry i’ll correct that ?

  10. Nash says:
    July 31, 2016 at 11:42 pm

    Reethi. When is next episode layaal?

  11. Aimsithu says:
    August 1, 2016 at 12:16 am

    Aifa aj ehen nuhadhaa plzz…
    Zeyn gandu dhen varah foohi vey

  12. Nish says:
    August 1, 2016 at 12:38 am

    Dhen Zane ah kaamiyaab vaany dhen loot rulhi annaane aifa dheke, dhen story fafanivy thi kada varah

  13. shaai says:
    August 1, 2016 at 1:00 am

    Layaa pls aifa n looth dhurunukurah chey..edheythereah zeyn Lee keenkurah tha? Alhe aifa ah dheragotheh nahadhahcjey layaa

  14. Saajidh says:
    August 1, 2016 at 1:16 am

    WOW… v v v reethi… Asthaa!! Kihineh thi hedhy?? Mi hahthaaves Zeyn aa hedhi vaahaa kanthakey… Alhe Aifaa ah dhera gotheh nuhadhahchey… next part kon irakun up kollaany… next part ah eba v inthizaaru kurevey… next part avas kollahchey…

    1. layaal says:
      August 1, 2016 at 12:48 pm

      thanks dear ?

  15. Flower says:
    August 1, 2016 at 5:54 am

    Wowwww story is awsm as usual….alheyyy knirakun tha nxt part???????……cant wait for nxt part……thnkx layaa thihaa rythi story eh genesdheythy??????????

    1. layaal says:
      August 1, 2016 at 12:49 pm

      thanks you ???

  16. maiha says:
    August 1, 2016 at 8:32 am

    wooooow… v nyc mi prt ves…ekam heyo nuvaane aifa r looth dhuru nukuraathi… plz plx pls… mi zeyn haadha gothehvx nethey dho? goiy kuda zeyn… varah foohivey zeyn dheke… layaa plx mi zeyn ah rangalhu filaavalheh dheythi…?

  17. Sana says:
    August 1, 2016 at 11:08 am

    V reethi

  18. Yaany.. says:
    August 1, 2016 at 11:33 am

    Mi storryga abadhu vaarey vilaa nagaafa hunnany dw ehn haalatheh moosumah veri eh nuvey guguraa vidhaa waarey nuvehey moosumeh annaane kamah ummeedh kura waahaka v v v reethi gos wany abadhu waarey weheythyve…sry me alhugaduge hiyaal i hope kuran mi hiyaal balaigannaane kamah faadu kiumaky kuri erun dethw..layaal..

    1. layaal says:
      August 1, 2016 at 12:47 pm

      sorry yaany. didn’t realize that. i like the rain ehenve ei. thanks by the way ❤️

  19. hau says:
    August 1, 2016 at 12:31 pm

    kobaa aneh bai? haadha slow ey dho… ekam varah reethi

  20. layaal says:
    August 1, 2016 at 12:48 pm

    Thanks all. Next part on Tuesday as usual in sha allah

  21. aimin mau says:
    August 1, 2016 at 4:21 pm

    ? mi vy kihineh????? Layaa plzz aifa ah dhera gotheh nahadhah chey plzzz!!!! ? ? ? ?

  22. Samee says:
    August 1, 2016 at 4:24 pm

    Layaal.. I luv thx stwryyy.. v nycc… Nxt prt tmorw ga thr. . .

  23. chwyt says:
    August 1, 2016 at 9:22 pm

    This story is simply just WOW!! keep up the awesome work Layal..
    🙂 <3 :* :*

  24. Shaai says:
    August 2, 2016 at 8:27 am

    Layaal Avahah upload kohlaba. Kiyaala hih vefa MI innany. Tuesday eh nun miyadhu. Plx faaaaaaaaast layaal dhoooooooooooooooni

  25. Ehkala kujjaa says:
    August 2, 2016 at 12:32 pm

    Awwww…? aifaaaa.. I think aifaa mom ah v hen kahneyge aifaa ah ves vaany… zeyn ves hykurany looth dad zuwaan dhuvas varu hykuri gothah v ma… aifaa ah dhera gotheh nahadhah chey.. N loooth misunderstand ehga aifaa buruvai nulaathi…?
    Luv da stry
    Awesum??

  26. Akky says:
    August 2, 2016 at 12:48 pm

    Kihaairakun kan bunedhyfaanantha vaahaka up kuraany. Data kolhu hus vanyey iru iru kolha check kuraathy.

  27. flower says:
    August 2, 2016 at 3:48 pm

    alheyyyy kobaatha story?????????????…………plzzzzzzzzzzzzzzzzzzz upld fasssssssssssssssssssstttttttttttttttt!!!!!!!!!!!!!!………….cant waitttttttt

  28. shaya says:
    August 2, 2016 at 3:58 pm

    Layaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa kobaaaatha

  29. maiha says:
    August 2, 2016 at 4:15 pm

    roveny a layaaaaaaaaa….story miss vaaavarun gos…..avas dear…??????

  30. Ehkala kujjaa says:
    August 2, 2016 at 6:33 pm

    Alheyy…
    Kobaa thr stry layaaa??
    Iru iru kolhun eba check kuran..
    Avahah up kohdhyba plx.
    Kihaa irakun up kuraaany??
    Avaaaaaaassssssss

  31. Faathee says:
    August 2, 2016 at 7:44 pm

    Avas up kohlabaa.. khon ireh wait kuraathaa

  32. aimin mau says:
    August 2, 2016 at 8:02 pm

    Layaa!!! WHR is the story I CNT wait to read it!!!!!

  33. layaal says:
    August 2, 2016 at 9:11 pm

    hey guys. sorry i’hve been really busy today so couldn’t write. but i’ll update it tomorrow around 2 in sha allah. and on Thursday as well. sorry for keeping you all waiting.

    1. chwyt says:
      August 2, 2016 at 9:16 pm

      owwwwwwwww.. waiting 🙂

  34. naju says:
    August 2, 2016 at 9:34 pm

    Owwwwwwweeee waithigggggg

  35. Aroo says:
    August 2, 2016 at 9:55 pm

    oh. ok layaal. thanls for letting us know. dhen maadhan 2 ga inaani phn atha laigen hama thayaara ?

  36. Faathee says:
    August 2, 2016 at 10:56 pm

    It’s ok. Ehen ves vaane.. waiting

  37. vishaa says:
    August 3, 2016 at 10:08 am

    owooooow nice keep it up

  38. vishaa says:
    August 3, 2016 at 2:22 pm

    kobaa 2 jaaafi…..waiting for nexxt part:-)

  39. Naju?? says:
    August 3, 2016 at 2:27 pm

    Mendhamu 2 thr layaaa avas cant wait

  40. Brainless says:
    February 15, 2017 at 10:26 pm

    Aifaaaaaaaaaaaa ???
    Looth beiby plxxx save her..
    Dhn mi zeyn dheke haadha foohseh ve yeyy.. Bodu nulafaa gandu.. Story is awesome???

Comments are closed.

All Right Reserved!