ރަވްޔާ ނިކުތުމުން އާރާވް ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި އެއަށްފަހު ބެލްކަންޏަށް ނިކުތީ ވާރޭ އޮއްސާލަން އުޅޭހެން ހީވުމުން ދޮރުލައްޕާށެވެ. ނަމަވެސް އޭގެ ކުރިން ފެނުނު މަންޒަރުން ތަލިން ކުޅުހިކިގެން ދިޔައެވެ. ކުރިމައްޗައް ހުރި ގޭގެ ކުޑަދޮރުން ބޯދިއްކޮށްގެން އެއޮތް އަންހެން ކުއްޖާ ފެނި އާރާވް މުޅިން އާޝޯޙް ވެއްްޖެއެވެ. ޖެހެމުންދިޔަ ވަޔާއެކީ ދޮން މޫނަށް އެޅޭ އިސްތަށިތައް އިރުއިރުކޮޅާ އެއްފަރާތްކޮށްލައެވެ. ތުންފަތްމަތީގައިވާ ހިނިތުންވުން އެ އަންހެން ކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އާރާވް މިގޭގައި […]
ކުއްޅަވަށްފާ މި ވާހަކައިގެ 10ވަނަ ބައި އިރާދަކުރެއްވިއްޔާ މިރޭ 10ގައި. އިންތިޒާރުކޮއްލައްވާ..!!
ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. ހިނގަމުންދިޔަ އައިފާގެ އުނަގަނޑުގައި މީހަކު ހިފައި ފަހަތަށް ދަމާލި އިހުސާސް ވުމުން އޭނާގެ ހަޅޭކުގެ އަޑު އެގޯޅި ގަނޑުތެރޭގައި ހިފާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އައިފާގެ އަނގަމަތީ ބާރުގަދަ އަތެއް އެޅުނެވެ. “ޝޫޝް.. އިޓްސް މީ.. ހަމަޖެހިބަލަ.” އައިފާ ކުރިމައްޗަށް އަނބުރާލަމުން ލޫތް ބުނެލިއެވެ. ބިރުން ތެޅެފޮޅެމުން ދިޔަ އައިފާގެ ހިތް ހަމައަކަށް އެޅުނީ އެއީ ލޫތްކަން އިނގުމުންނެވެ. […]
“ވަޓް؟ އެކަމު ޝިކްއެއް ނުބުނެ…. އަހަރެން ހީކުރީ ޝިކްވެސް ބޭނުންވެގެން ކަމަށް އެކައިވެނި ކުރަނީ….” އަހުސަން އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާގެ ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލިވާން ވެސް ދާން ފެށިއެވެ. “އަހުސަން…! ކޮންތާކަށް ތި ދަނީ؟” ލިވާން ފަހަތުން އަހުސަންގެ ކޮނޑުގައި ހިފާލަމުން އަހާލިއެވެ. ކުއްލިއަކަށް އަހުސަން ދާން ހިނގައިގަތުމުންް އޭނާގެ ހިތުގައި ސުވާލުމާކުތަކެއް ކުރެހިގެން ދިއައެވެ. “ޝިކާ ގާތަށް….” އަހުސަން ހުއްޓިލަމުން ބުނެލިއެވެ. “އެކަމު ޝިކާ ގާތަށް ގޮސްގެން މިހާރު ވާނެ ފައިދާއެއް […]
ރޭގަނޑުގެ ވަގުތެވެ. ޝިކާމެންގޭ ކައިރީގައި އަހުސަން ސައިކަލު ޕާކު ކޮށްލައިގެން އޭގެ މަތީގައި އިނެވެ. އޭނާ އެއިނީ ޝިކާގެ އިންތިޒާރުގައެވެ. އޭނާ އެއިނީ ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ބޮޑު ވެފައިކަން އެމޫނުމަތިން ދޭހަވެއެވެ. ބައެއް ފަހަރު އޭނާގެ އަތުން މޭގެ ވާއަތް ފަޅީގައި ދެލޯ މަރާލުމަށްފަހު ފިރުމާލައެވެ. އޭނާ މާގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. ޝިކާ ފަރިހިނގުމެއްގައި އެގެއިން ނިކުމެގެން އެދިމާއަށް އަންނަން ފެށިއެވެ. ކުރިން އެލޯބިވެތި ސޫރަ ފެނުމުން އެހިތަށް ބުނެދެން ނޭނގޭ ކަހަލަ […]
ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި އަތް އަޅުވާލަމުން ޒިބާނާ ދިމާލަށް މަންޝާ ބަލަން ހުރުމަށްފަހު އޭނާގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަން ފާހަގަ ވުމުންނެވެ. […]
“ކިއާ ސާބަހޭ..ފަހުން ކިޔައިދޭނަން ހުރިހާ ވާހަކައެއް..އެކަމްފުރަތަމަ ހިނގާ ކްލާހަށް..”ލޫހާން ބުނެލިއެވެ. އެއްއަހަރުތެރޭގައި ލޫހާން ވަރަށް ބަދަލުވެއްޖެއެވެ.އޭނާ ކުރިން އަޅަމުން އައި ‘ނާރޑްގްލާސް’ ވެސް ވަނީ ނަގައިލެވިފައެވެ. އެހެނެތްކަމަކު އެ ނޫކުލައިގެ ދެލޯ ވަނީ ކަޅު ލެންސް އަކުން ފޮރުވައިލެވިފައެވެ. އަދި ހަމައެއާއެކު ކުރީގެ އެހުންނަ ހިނިތުންވުމަށް ވުރެ އެތައް ގުނަ ރީތި މީހުންބަލާ ފޫހިނުވާވަރުގެ ހިނިތުންވުމެއް އެ ތުންފަތް މަތީގައި ވެއެވެ. “ވަން އިޔާރ ޗޭންޖެސް އަ ލޮޓް..” ކިއާގެ ކަންފަތުގައި މީގެ ދެ އަހަރުކުރިން އެންމެ […]
” ހަލޯ ސަރ ޝިމާލް… ޕްލީޒް ހެލްޕްމީ..” ފޯނުގެ ބެޓެރީ ލޯވުމުގެ ސަބަބުންނިވުނީއެވެ. އެކަމަކުވެސް އަހަރެން އުންމީދު ކަނޑާލާކަށް ގަސްތެއްނުކުރަމެވެ. ޝާޔަލްނަގާ އަތްދަނޑިމައްޗަށް އުފުލާލަމުން ކުރިއަށް ހިގައިގަތީމެވެ. ދޮރާއި ހަމައަށް ދެވޭވަރުވީއިރަށް ދެމީހަކު އައިސް އެތެރެއަށް ވަދެގަނެފިއެވެ. ޝާޔަލް އެއްފަރާތެއްގައި ބާއްވަމުން ކައިރީގައިހުރި ދަގަނޑު ހޮޅިތަކުގެތެރެއިން ހޮޅިއެއްނަގާ އެކަކުގެ ބޮލުގައި ޖެހީމެވެ. އޭރު ފަހަތުން އައިސް އަހަރެންގެ އުނަގަނޑުގައި އަނެއްމީހާ ޖަހައިފިއެވެ. ބަލާކަށްނުހުރެ އޭނަގެ ބޮލުގައިވެސް ބާރުގަދަ އެތިފަހަރެއް ޖަހައިފީމެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަކަށް ނުބަލާ ޝާޔަލް […]
“ސުހައިލް … ހަމަ މިހާރު މީނަ މިގެއިން ނެރޭ… ސުހައިލް މީނަ ބަލަންޏާ ބަލާ އެހެން ގެއެއްގަ ބަހައްޓައިގެން… އަހަރެން ބޭނުމެއްނުވޭ ސުހައިލް ގެ ނަހަލާލު ދަރިން ގެއަށް ވައްދައިގެން ބަލާކަށް.. އަދި އަހަރެންގެ އިސްރާއަށް އެއިން ނޭދެވޭ އަސަރެއްވާކަށް.. މާދަމާވެސް ނޭނގެ އަނެއްކާ އަނެއްދަރިއެއް ގޮވައިގެން ނާންނާނެކަމެއް..ވަރަށް ކެތްކޮށްފިން.. އެކަމް ދެނެއް ނުވާނެ….. މީނަ މިއަދުވެސް ފެނުނީ އަހަރެން އިސްރާއަށް ހެދި ޖޫސްތަށި ބޮނިކޮން… މިއީ ހަމަ ސުހައިލް ގެ އުޅުން.. ވަގުވަގަށް ކަންތަށް ކުރުން.. […]