Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ 

samu Level 1
August 2, 2016 3 Mins Read
4 Comments

ގަނޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. އަޝްރާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އަޝްރާ ގެ މޭމަތީގައި އޭނާގެ ތިން އަހަރަށްދާ ކުޑަކުޑަ ދަރިފުޅު ލީން ނިދާލާފާ އޮތެވެ. އަޝްރާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހީވަނީ އެތަކެއް ދުވަސްތަކެއް ބަލިވެ އުޅުފައިވާހެނެވެ. އަޝްރާގެ ސިކުނޑީގައި މީގެ ހަތަރު އަހަރު ކުރީގެ ހާދިސާތައް ސިފަވަމުން ދިޔައެވެ.

އަޝްރާ ފެންވަރާ ރީތިވެލިއެވެ. އަދި އެރީތި މަޑު މަޑު ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. ގަދަ ނޫކުލައިގެ ޓޮޕަކާ ކަކުލާ ހަމައަށް އަރާވަރުގެ ކުޑަ ސުކާރޓް ކޮޅެއް ލައިގެން ހުރި އިރު އޭނާގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެގެން ގޮސްފައިވެއެވެ. އަޝްރާ އެތުނި ތުނި ހަށިގަނޑު ލޯގަނޑުން ބާލާލައި ފޮނި ގޮތަކަށް ހީލުމަށްފަހު އަވަސް އަވަހަށް ގޮސް ދޮރާށި ހުޅުވައިލިއެވެ. ދޮރާށި ކައިރީ ޔައިޝް އަޝްރާގެ އިންތިޒާރުގައި ހުއްޓެވެ. އަޝްރާ ދޮރުން ބޭރަށް ނުކުންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ޔައިޝްގެ ބާރުގަދަ ފިރިހެން ވަންތަ ދެ އަތުން އަޝްރާގެ އުނަގަނޑުގައި ހިފާ ޔައިޝްގެ ގަޔާ ކައިރިކޮށްލިއެވެ. އަދި ދެމީހުން އެތަނުން ހިގައިގަތެވެ.

ހަނދުވަރުގެ އަލިކަން މުޅި ރަށަށް ފެތުރިފައި ވެއެވެ. ތުނޑީގެ މަޑުމަޑު ފަސްގަނޑުގައި އަޝްރާ އާއި ޔައިޝް އިށީންދެލިއެވެ. ހަނދުގެ ރަން އަލި މޫދަށް އެޅިފައިވާ މަންޒަރު އަޝްރާ އޭނާގެ ލޯބި ވެރިޔާއަށް ދައްކާލިއެވެ. މުޅި މޫދު ރަންކުލައިން ވިދާ ބަބުޅަމުން ދިއައެވެ. ގޮނޑުދޮށުން ބީއްސާ ރާޅުތަކުން މުޅި ހިސާބުގައި މިޔުޒިކެއްފަދަ އިން އިވެމުން ދިޔައެވެ. ޖުހެމުންދިޔަ ވައިރޯޅިތަކުން އަޝްރާގެ ފަންދިގު އިސްތަށިގަނޑާ ގޯނާ ކުރަމުން ދިޔައެވެ. އަޝްރާ އިށީންދެލައިގެން އިނީ ޔައިޝް ގެ ކޮނޑުމަތީ ބޯ އަޅައިލައިގެނެވެ.

” އައި ލަވް ޔޫ.. ދުވަހަކުވެސް އަހަރެން ޔައިޝް އާ ދުރުނުކުރާތި!! ” އަޝްރާ މަޑުމަޑުން ބުނެލިއެވެ.

” އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު އާޝޫ ދުލެއްނުކުރާނަން. އައި ޕްރޮމިސް…އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އާޝޫ ދެކެ ލޯބިވަން…އަހަރެންގެ ފުރާނަވެސް އާޝޫ އަށްޓަކާ ދުއްވާލަން މިހުރީ ތައްޔާރަށް…” އަޝްރާގެ ސީދާ ލޮލަށް ބަލަމުން ޔައިޝް ބުނެލިއެވެ. އެ ފިރިހެންވަންތަ ބަލާލުމުންވެސް ޔައިޝް އަޝްރާދެކެވާ ލޯބި ހާމަވަމުން ދިޔައެވެ. އެތަށް ވައުދަކާއި އަހުދެއް ކުރަމުން ދެ ލޯބިވެރިން ގެއަށް ދާން ހިގައިގަންނަމުން އަޝްރާ އޭނާގެ ހިތްގައިމު އަޑުން ޔައިޝް އަށް އިއްވާލިއެވެ.

“އުމުރަށް ތިޔަނަމުގާ ފިދާވުން އެދޭނީ

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ ”

ޔައިޝް އުފަލުން އަޝްރާގެ ގައިގާ ބައްދާލިއެވެ. އަދި މަޑުމަޑޫން އިސްޖެހިފައިވާ އަޝްރާގެ މޫނު އުފުލާ ބުނެލިއެވެ ” ހާދަ މާނަފުން ލަވައެކޭ..ވަރަށް ފުރިހަމަ ވަރަށް ރީތި.” މަޑުމަޑުން ޔައިޝް އަޝްރާ ގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު އަޝްރާ އޭނާގެ ދެލޯ މަރާލިއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވެގެން ގޮސް މިއަދަކީ މި ދެލޯބި ވެރިންނަށް ވަރަށް ހާއްސަ ދުވަހެކެވެ. އެކި ކުލަކުލައިގެ ބޮކިފަތިތަކުން ރަތްމަންދޫގެ އަތިރިމަތި ވިދާބަބުޅަމުން ދެއެވެ. ގަދަ ފިޔާތޮށި ކުލައިން އެކި ޑިޒައިން ތަކަށް ފޮތިތަށް ދަމާލެވިފައިވެއެވެ. އުފާވެރި މާހައުލެކެވެ. ހަފްލާގެ ހުރިހާ ކަމެއްވެސް އިންތިޒާމް ކުރެވިފައި ވަނީ ވަރަށްވެސް ފުރިހަމަ އަށެވެ. ޖަހަމުން ދިޔަ ބޮޑުބެރުގެ އަޑު މާދުރަށް އިވި އިވި ހުއްޓެވެ. ނަށާމީހުން ނަށަނީއެވެ. ލަވަކިޔާމީހުން ލަވަކިޔަނީއެވެ. ދުރުގާހުރި މޭޒު ކައިރީ ފަރީސާ އަދި ވިސާމް ތިއްބެވެ. އެދެމަފިރިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މިރެއަކީ އެދެމަފިރިން ގެ ހަގުދަރި އަޝްރާ ގެ އަލަތު ކައިވެނީގެ ރެޔެވެ. މިހާ އުފާވެރި ރެޔެއް އެދެމަފިރިންގެ ހަޔާތުގައި ނާންނަ ކަހަލައެވެ.

” ވިސާމް ބަލާބަލަ އަޝްރާ ލޯބިކަން. އެ ލޯބި ހިނިތުން ވުން ވައްތަރީހަމަ ވިސާމް އާ.. އެދަރި އަބަދުވެސް އެހާ އުފަލުގާ ލަހައްޓަވާށި. ”

” އާމިން” ފަރިސާ އާ އެކު ވިސާމް އެ ދުޢާ ފުރިހަމަ ކޮށްލިއވެ. ” ލޯބިމީހުންގެ ދަރިން ލޯބިވާނެ އެއްނު” ވިސާމް ފޮނިގޮތަކަށް މިހެން ބުނުމުން ދެމީހުން އެއަފަހަރާ ހޭން ފެށިއެވެ.

އަޝްރާގެ އަތުގައި ޔައިޝް ހިފަހައްޓާލައިގެން ހުރިއިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. އިރުއިރުކޮޅާ ޔައިޝް އަށް އަޝްރާގެ ރީތި ތުނިތުނި ހަށިގަނޑަށް ބަލާލެވެއެވެ. އަޝްރާ ލައިގެން ހުރީ މިރެއަށްޓަކާ ޔައިޝް ގަނެދީފައިވާ ހުދުކުލައާއި މަޑު ފިޔާތޮށި ކުލައިން ޖަރީ ކުރެވިފައިވާ ވެޑިންޑްރެސް އެކެވެ. އެ ހެދުމުގައި އަޝްރާ ހުރިއިރު ހީވަނީ ގަހެއްގައި ފޮޅިފައިވާ ފިޔާތޮށި ފިނިފެން މަލެއްހެންނެވެ.

ޔައިޝް އަޝްރާގެ އަތުގަ ހިފާ ގަޔާ ކައިރިކޮށްލިއެވެ. ނުވިސްނާހުރި އަޝްރާގޮސް ލައިގަތީ ޔައިޝް ގެ ތަނަވަސް މޭމަތީގައެވެ. އަޝްރާ ލަދުން ޔައިޝް ގެ މޭމަތީގައި އޭނާގެ މޫނު ފޮރުވާލިއެވެ. އެވަގުތު ޔައިޝްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަދި މިހާރަށް ވުރެ ބޮޑަށް އަޝްރާ ލަދުގަންނަވާލަން ޔައިޝް ބޭނުން ވިއެވެ.” އާޝޫ މިހާރުތީ އަހަރެންގެ ހަލާލު އަނބިމިހާ އޭ… ދެން އަހަރެން ބޭނުން ވަރަކަށް ލޯބި ކުރާނަން ” ޔައިޝް އަޝްރާގެ ނިތްކުރީގައި ލޯބިން ބޮސްދިނެވެ. ގަތް ލަދަކުން އަޝްރާ އިސްދަށަށް ޖަހާލިއެވެ. އޭރު އޭނާގެ ދެ ކޯތާފަތަށް ވަނީ ލަދުންގޮސް ރަތް ކުލަ ވެރިވެފައެވެ.

” އަޅެ ޔައިޝް !! އުޅޭގޮތެއް …މިހާރު އެންމެން އެއޮށްގެން ބަލަނީ އަހަރެމެނާ ދިމާއަށް” ރުޅި އަންނަ ކަމަށް ހަދާ އަޝްރާ ޔައިޝްގެ އަތުގައި ވިކައިގަތެވެ.

” އައުޗް .. ތީގެ ބަދަލް މަ މިރޭ އަދި އާޝޫ އަށް ދޭނަން އިނގޭ…” މަސްތީ އަޑަކުން ޔައިޝް އަޝްރާ އަށް އިއްވާލިއެވެ.

Share Article

Follow Me Written By

samu

Level 1

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ…

Next

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 1

Next
August 2, 2016

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 1

Previews
August 1, 2016

އެދުނީމޭ ލޯތްބާއި އުފާ…

4 Comments!

  1. Ashly says:
    August 2, 2016 at 3:34 pm

    Wow….. waitin 4 the next part…. bt haadha kurey…. ekam vxx v salhi feshun…. gud luck….

  2. Haa says:
    August 2, 2016 at 3:49 pm

    Gandin Tha?? ?

  3. ravupinky says:
    August 2, 2016 at 5:40 pm

    varah reethi mi story update fast!!!! just luv it !! update fast Samu ^_^

  4. sheen says:
    August 2, 2016 at 5:53 pm

    woww.. Feshun vv reethi
    Waiting for the next part

Comments are closed.


All Right Reserved!