Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 1

Ushaa Level 310 Stories500 Comments100 Comments
August 2, 2016 8 Mins Read
26 Comments

ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް ދިގު ވެފައި ތުނބުޅި މަތިމަސް ބާލައިފައިވުމުން އަންހެން ގޮތެއް ހުރެއެވެ.

ތުވާލި ކޮޅެއްގައި ހުރި މާޝަލް ގަޔަށް ނޫ ކުލައިގެ އަތްދިގު ގަމިހަކާއި ކަޅު ކުލައިގެ ޖިންސެއްލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. ބޮލުގައި ކުޑަކޮށް ‘ސްޕައިކް ޖައްސާލާނިއްޔޭ ހިތައި ޖެލް ކޮޅެއް ބޮލުގައި އުނގުޅައި ބޮލަށް ގޮތްގޮތް ހަދަން ފެށިއެވެ. ނަމަވެސް ކަމުދާ ހަމަ އެއްގޮތަކަށްވެސް ‘ސްޕައިކް’ ޖެއްސޭ ގޮތެއް ނުވިއެވެ. ރީތި ގޮތަކަށް ސްޕައިކެއް ޖެއްސުމުގެ ބަދަލުގައި އެމަޑު މަޑު އިސްތަށިކޮޅު ވީ ހަރެވެ. ހުދު އޭނާއަށް ސްޕައިކް ޖައްސަން ނުވެސް އެނގެއެވެ.

“ދެން އަނެއްކާ އަހަންނަށް ގަޑި ނުޖެހި ދެވިދާނެތަ؟” ސިކުނޑީގައި އުފެދުނު ސުވާލާއިއެކު މާޝަލް އަތު ކުރީގައި އަޅާފައިވާ ގަޑިއަށް ނަޒަރު ހިންގާލިއެވެ. އަދި ކިރިޔާ 7 ޖެހިއްޔެއެވެ. ގަޑި ނުޖެހޭކަން އެނގުމުން ލިބުނު ހިންހަމަ ޖެހުމާއިއެކު ލައިގެން ހުރި ގަމީސް ބާލައި މާޝަލް ފަހަނާއަށް ވަނީ ބޯ ދޮވެލާ ފެން ހިއްކާ ލާންށެވެ.

15 މިނެންޓެއްހާ އިރު ތެރޭގައި ފާހަނައިން ނިކުމެ މާޝަލް އަނެއްކާވެސް ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. އަދި ސްކޫލަށްދާއިރު ބަސްއަހާ ކުދިން ފުނާ އަޅާފަދަ ގޮތަކަށް ފުނާ އަޅާލައި ހިތް ފުރޭ ވަރަށް ގަޔަށް ‘ބޮޑީ ސްޕްރޭ’ ޖަހައިލިއެވެ. އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

ރަނގަޅަށް ރެޑީ ވެލެވުމާއިއެކު މާޝަލްގެ ނަޒަރު ހުއްޓެން ފެށީ މުޅި ކޮޓަރިއަށްށެވެ. ކޮޓަރިއަކީ ޖާގަ ކުޑަ ކޮޓަރިއެކެވެ. ހަމައެކަނި ސިމެންޓި އުނގުޅައި ކުލަ ކޮޅެއްވެސް ނުލާ ހުރި ޒަމާނީ ކުލަތަކާއި ދުރު ކޮޓަރިއެކެވެ. ރީތި ކޮޓަރިއަކަށް ނުވިޔަސް މުޅި ކޮޓަރި ހާއްސަ ކޮށްދެނީ ފާރުގައި ހަރުކޮށްފައިވާ ތަފާތު އެކި ކަހަލަ ހެދުމުގައި ހުރި ހޫރު ޕަރީއެއް ފަދަ އަންހެން ކުއްޖެއްގެ ފޮޓޯ ތަކަކުންނެވެ. ބަލާބެލުމަށް މައުސޫމް މޫނެކެވެ. ގިނައީ މައުސޫމް ހިނިތުންވުމަކާއިއެކު ދޯބައްޓާ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެވެ. ބުރުގާ އަޅައިގެން ނަގާފައިވާ ފޮޓޯވެސް މަދެއް ނޫނެވެ. ކޮޓަރީގެ 4 ކަނަށް ނަޒަރު ހިންގާލުމަށްފަހު މާޝަލް ހުއްޓެލީ އެހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް ސައިޒުން ބޮޑު ފޮޓޯ ގަނޑެއްގެ ކުރިމަތީގައެވެ. އަދި ވަރަށް ލޯބިން އެފޮޓޯގަނޑުގައި ފިރުމާލުމާއިއެކު އޭނާގެ ދެލޯ ކަރުނުން ތެންމައިލައިފިއެވެ. އުފަލުން ކަމެއްވެސް ދެރަވެގެން ކަމެއްވެސް ދެނެ ވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. ” މީ އިމްޕޮސިބަލް ކަމެއް ނޫން. އަހަރެން މިއަންނަނީ. އަހަރެންގެ ހުވަފެންތަކުގައި ހަގީގީ ކުލައެއް ޖައްސާލަ ދެއްޗޭ އަލީޝާ.” މިހެން ބުނެ މޫނުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތަށް ފޮހެލަމުން މާޝަލް ކޮޓަރިން ނިކުތެވެ.

*******

މުޅި މާހައުލުވަނީ މީރުވަސް ދުވާ ފިނިފެން މަލުން ޒީނަތްތެރި ކުރެވިފައެވެ. ދިއްލިފައިވާ ފަނޑު އަލިން މުޅި މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރޭނިފައިވާ ބޮޑު ސްޓޭޖް މަތި  އެންމެ ފުރިހަމަ ގޮތުގައި ޒީނަތްތެރި ކޮށްފައިވާއިރު އެއީ ވަރަށް ހާއްސަ ދުވަހެއްގައި ވަރަށް ހާއްސަ ފަރާތެއް ހުއްޓިލާނެ ތަނެއްކަން ޔަގީނާއި ގާތެވެ. ސްޓޭޖްގެ މެދުގައި ދިއްލެމުން ދިޔަ ލައިޓް ތަކަކުން ” އީދު އުފާ އެލީ އާއިއެކު” ލިޔެފައިވުމުން އެވަރަށް އެތަން ޒީނަތްތެރި ކޮށްފައި އެވަނީ އީދުގެ އުފާވެރި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންކަން އަންގައިދެއެވެ. މާހައުލުން ދުވަމުން ދިޔަ ފިނިފެންމަލުގެ މީރު ވަހުން އިންސާނުން މަސްތުކޮށްލާވަރުވެއެވެ. މާހައުލު އަތިރި ކައިރިއަށްވެފައި ދިއްލިފައިވާ ސަނދުރަ ވިލޭރޭގެ ފުރިހަމަ ހަނދު އެތަނުގެ ހުރިހާ އުނިކަމެއް ނެތި ކޮށްލައިފިއެވެ. އިވެމުން ދިޔަ ވައިރޯޅީގެ މަޑުމައިތިރި ގުދުރަތީ މިއުޒިކުގެ އަޑުން ހިތަށް ފިނިކަން ގެނެސްދެއެވެ.

ކުއްލިއަކަށް ސްޓޭޖާއި ކުރިމަތިވާ ގޮތަށް އަތުރާފައިވާ ގޮނޑިތައް ފުރެން ފެށިއެވެ.  ކޮންމެ މީހަކުވެސް އެމީހަކަށް ލެވުނު އެންމެ ހެދުމެއްގައި އެމީހަކަށް މޭކަޕް ކުރެވުނު އެންމެ ފުރިހަމަ ކޮށް މޭކަޕް ކޮށްގެން ތިބިއިރު ހީވަނީ ފެޝަން ޝޮވއަކަށް ތައްޔާރުވެގެން ތިބި ހެންނެވެ. ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މީހުންނެވެ. ގިނައީ ޒުވާނުންނެވެ.

ކޮންމެ މީހަކުވެސް ބެލީ އެންމެ ކުރިން ޖާގައެއް ލިބޭތޯއެވެ. އެހުރިހާ އެންމެންގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް އެންމެ ކުރިން ކޮނޑިއެއް ލިބޭތޯ ހިނގައިގަތް މާޝަލް ވެއްޓުނީ އެހެން މީހަކު އޭނާ ކޮއްޕާލާ ވައްޓާލުމުންނެވެ. ވެއްޓުނު ގޮތުން އޭނާގެ ފަން އިސްތަށިކޮޅު ނިއްކުރި މައްޗަށް ވެއްޓުމުން ރީތި ކޮށްލަމުން އޭނާ އިސްއުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރީ ބޯ ބުޅި ޒުވާނެކެވެ. އެޒުވާނާގެ ކަންފަތުގަޔާއި އަތުގައި އެކިކަހަލަ އެއްޗެހި އަޅާ ލޯ ކައިރި ކަޅުވެފައި ހުރުމުން ބޮޑަށް ވައްތަރީ “ޕާޓޭ” އަކާއެވެ.

” ޕިސް. ޕިސް. ޕިސް މާޝަލް.  އޯ ސޮރީ. އައި ހޭވް ޓު ކޯލް ޔޫ މާޝީ މާޝް އޯރ ވަޓް އެބައުޓް މާޝޫ. އަންހެން ވިޔަސް ދެން ބޮޑުވަރު. ނަން ވެސް އެހާ އަންހެން. ކިތަންމެ ކުރިއަކު އިށީންދެގެން އިނަސް އެލީގެ ނަޒަރަކު ކަލޯއެއް ނުޖެހޭނެ. އެއީ ރާއްޖޭގެ މަޝްހޫރް ފިލްމް ސަޓަރއެއް. ދެން ކަލޭ ތީ…. ތިކަހަލަ.. ހެހެހެ ތިކަހަލަ އަންހެން ދޮޅަޔަކަށް ކޮންކަމެއްތަ ވާނީ؟ ކަލޯ ރަނގަޅުވާނީ އަމިއްލަ އަމަޔަށް ކާންދޭން އޮތިއްޔާ.” އެޒުވާނާ މާޝަލްއާއި ދިމާލަށް މަލާމަތް ކުރާ ފާޑަކަށް ބުނެލިއެވެ. މާޝަލް އެއީ މާ ބޮޑު ކަމަކަށް ނަހަދާ ފަހަތަށް  ފިޔަވަޅު އަޅަން ފެށިއެވެ. އެވަރަށް މީހަކު އެއްޗެހި ކީއިރުވެސް އޭނާގެ ހިތަށް ހަމަ އެކައްޗެކޭވެސް ނާރަނީ ހެއްޔެވެ؟ އޭނާގެ އޮންނަނީ ހިތެއްގެ ބަދަލުގައި ހަރު ހިލަ ގަނޑެއް ހެއްޔެވެ؟ އެހެން ފިރިހެން ކުއްޖެއްނަމަ މިހާރު ރުޅި އައިސްގެން މާރާމާރީއެއް ހިންގާފާނެއެވެ. އަދި އަމުދުން މަންމަޔާއި ބެހުމުން ފިރިހެން ކުދިން އިންތިހާއަށް ރުޅި އަންނާނެއެވެ. މާޝަލް ހާދަ ކެތްގަދައެވެ.

” ހުރިހާ ކުދިންނަށްވެސް އީދު މުބާރިކް. ކޮބާ ހުރިހާ ކުދިން ކިހިނެއް؟ ” ހުރިހާ އެންމެން ގޮނޑިގައި އިށީނދެ ހަމަ ޖެހިލުމުން ނިޔާޒް ސްޓޭޖް މައްޗަށް އަރާ އަހައިލިއެވެ.

” އެލީ. އެލީ. އެލީ. ” ނިޔާޒް ދެއްކި އެއްވެސް ވާހަކަޔަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދީ މުޅި ‘އޯޑިއެންސް’ އެކީގައި ގޮވާލިއެވެ. ” އޯކޭ. އޯކޭ. އަޅުގަނޑު މިތާ ހުއްޓިގެން ހުރެގެން ވަގުތުތައް ބޭކާރު ކުރާކަށް ނެތިން. ހުރިހާ ބޭފުޅުންވެސް އެންމެ ދެކޭ ހިތްވާ މޫނު ސާރާ އަލީޝާ އަށް ސްޓޭޖް ހަވާލުކޮށްލަން. ސާރާ އަލީޝާ. އަހަރެމެންގެ އެލީ.” ވަރަށް ފޯރިއާއި ޖޯޝްގައި މިހެން ބުނެލަމުން ނިޔާޒް ގޮއްސިއެވެ. އެހިނދު ހުރިހާ ބޮކިތައް ނިއްވިގެން ދިޔައެވެ. އެހިނދުވެސް ހަމަ ކޮންމެ މީހެއްގެވެސް ދުލުން ބޭރުވަމުން ދިޔައީ ހަމަ އެންމެ ބަހެކެވެ. ” އެލީ. އެލީ.”

ކުއްލިއަކަށް ލައިޓްތައް ދިއްލިގެން ގޮސް ސްޓޭޖްގައި ހުއްޓޭލީ ބުރުސޫރަވެރި ކަމުގެ ލާމަސީލު މިސާލެކެވެ. ރީތީގެ ރާނީއެކެވެ. ކަކުލާއި ހަމައަށް އަރާ ރަތް ކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖެކެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސައިލާފާ ވުމުން އެރީތި ތުންފަތް ބޮޑަށް ފާޅުވެއެވެ. ލޮލުގައި އަޅާފައިވާ މަސްކަރާގެ ސަބަބުން އެބާރުގަދަ ދެލޯ އިތުރަށް ބާރުގަދަ ވެގެންދެއެވެ. ލޮލުގައި ކާތާފައިވާ މޭކަފުގެ ވިދުން އުޑުގައި ވިދަވިދަ ހުރި ތަރިތަކަށްވުރެ ވިދުންގަދައެވެ. އެދޮން އަލި މޫނު ސަނދުރަވިލޭރޭގެ ހަނދަށްވުރެ އަލިގަދައެވެ. ހަށިގަނޑުގެ ހުރިހާ ވަނާތަކެއް ހާމަވާހާ ގަޔަށް ބާރު ހެދުމެއްގައި ހުރިއިރު އެއަންހެން ކުއްޖާގެ ކޮނޑުގެ ބޮޑު ބައެއްވެސް ފާޅުވާން ހުއްޓެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ދުނިޔޭގެ ރާނީ ކަމަށް ދައުވާ ކޮށްފިނަމަ އެމަގާމް ލިބޭނެކަންވެސް ކަށަވަރެވެ.

ހަމަދެލޮލުން އަލީޝާ ފެނުމާއިއެކު ހުރިހާ އެންމެންގެ އަނގަތައް ހުޅުވެގެން ދިޔައެވެ. އެތައް ފިރިހެން ކުއްޖެއްގެ ހިތް ކަތިލައިފިއެވެ. މާޝަލްއަށްވެސް އަލީޝާގެ އެރީތި މޫނަށް ބަލައްހައްޓައިގެން ހުރެވުނީ އެދެލޮލަށް ގެބެން ބޭނުން ވެފައެވެ. ނަމަވެސް އަލީޝާގެ ހެދުން އެޅުމުގެ ވައްޓާފާޅި ހުރި ގޮތުން ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. އެއީ ފިލްމް ތަކުގައި އަލީޝާ ހުންނަ ސިފައެއް ނޫނެވެ. އަލީޝާ ކުޅޭ ކޮންމެ ފިލްމެއްގައިވެސް އޭނާގެ މޫނު މައުސޫމެވެ. ހަށިގަނޑުގެ ބޮޑުބައެއް ނިވާ ކުރެއެވެ. މާޝަލްގެ ލޮލުގައި އަލީޝާ އަޅާއިގަތީ އެފަދަ ފިލްމް ތަކުންނެވެ. ނަމަވެސް ދުވަހަކުވެސް އަލީޝާފަދަ ރީތި އަންހެން ކުއްޖެއްގެ ލޮލުގައި އޭނާ އަޅައިގަންނާނެ ހެއްޔެވެ؟

މިފަހަރު ހަމަ ދެލޮލުން އޭނާއަށް މިފެނުނީ އެހެން އަލީޝާއެކެވެ. ކޮންމެ ހެނެއް ވިޔަސް ހެވެވެ. އަލީޝާވާނީ ހަމަ އަލީޝާއަށްށެވެ. މާޝަލްއަށް އަމިއްލަ ދުނިޔެއިން ނިކުމެވުނީ އިވިގެން ދިޔަ ލަވައަކަށް އަލީޝާ ނަށަން ފެށުމުންނެވެ. އަނެއްކާވެސް ސަމާލުކަން ދެވުނީ އަލީޝާގެ ފަރި ހަރަކާތްތަކަށްށެވެ.

އަލީޝާގެ އެތައް ހަރަކާތަކާއިއެކު ޝޯވ ނިމިގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ގަޑިން 1 ޖަހަނީކަމުގައި ވިޔަސް ހުރިހާ އެންމެންގެ ނިދި ފިލައިފިއެވެ. އެހައި ގާބިލްކަން އަލީޝާއަށް ލިބިފައިވެއެވެ. ” ވީ ވޯންޓް އޮޓޯގްރާފް. ޕްލީޒް އޮޓޯގްރާފް.” ޝޯވ ނިމެނީކަމުގައި ސްޓޭޖް މައްޗަށް އަރާ މީހަކު ގޮވައިލުމުން މިލައިގެން ދިޔަ މޫނާއިއެކު މުޅި ‘އޯޑިއެންސް’ އެކީގައި ގޮވަން ފެށިއެވެ.

****

” އަޅޭ. މިރަށު ކުދިންވެސްދޯ. އަގު ބޮޑު ލާރިއަށް މާލެއިން މަޝްހޫރު މީހުން ގެންނަނީ. އެކަމްވެސް އަބަދު ގޮވާނީ އެއްކަމެއް ކޮށްފަ އަނެއްކަމެއް ކުރަން. ކިހިނެއްތަ ހަދާނީވެސް؟” ބެކް ސްޓޭޖްގައި ހުރެ ނިޔާޒް ކަން ބޮޑުވަމުން ދިޔައީ ސަޕޯޓަރުން އަލީޝާގެ އޮޓޯގްރާފަކަށް އެދެމުން ދިއުމުންނެވެ. އަލީޝާއަކީވެސް އިންސާނެއް ނޫން ހެއްޔެވެ؟ އޭނާވެސް ވަރު ބަލި ވާނެ ނޫން ހެއްޔެވެ؟ ނިޔާޒް މިހެން ބުނިއިރު ތަންކޮޅެއް ދުރުގައި ހުރި އަލީޝާއަށް އަޑު އިވުނު ކަމެއް ނިޔާޒަކަށް ނުވެސް އެނގެޔެވެ.

” ތީ އެއްވެސް ކަމެއް ނޫނެއްނު. އަގު ބޮޑު ލާރިއަށް އަހަރެން ގެނައީ. އެހެން ވީރު ހަމަ ކުޑަ ކުޑަ އެއްޗެއް ދައްކާލާފަ އޮޓޯގްރާފެއް ނުދެވެންވީ ކީއްވެ؟ ” ދަހިވެތި ގޮތަކަށް އަލީޝާ ބުނި އިރު އޭނާގެ މޫނު މަތިން ބޮޑާކަން ފެންނަމުން ދިޔައެވެ. ” ކިހާ ވަރެއްތޯ؟” ބެކް ސްޓޭޖާއި ހަރަކާތްތަށް ކުރިއަށްދާ ސްޓޭޖް ވަކި ކޮށްލުމަށްޓަކައި ދަމާފައިވާ ފަރުދާއެއް ކުޑަ ކުޑަ ކޮށް  ހިއްލާލައި ވަގުވަގުން ބަލައިލަމުން ނިޔާޒް އަހައިލިއެވެ. ” 5 ހާސް ރުފިޔާ . އެއީ މިތާގަ ތިބި ހުރިހާ އެންމެންނަށް ވެއްޖިއްޔާ. އަހަރެންގެ އެންމެ އޮޓޯގްރާފެއްގެ އަގަކީވެސް މާލޭގަ 30 ހަކަށް ރުފިޔާ. ސެލްފީއެއްނަމަ 50 ރުފިޔާ. ސޯ މިރަށުން އަގު ބޮޑު ވާން ޖެހޭނެ. ބިކޯޒް އައި ކޭން ކަމް ހިއާ މޭބީ ވަންސް އިން މައި ލައިފް. އެހެންމާ އިފް ޔޫ ވޮންނަ ޕޭ ފޯރ ދެމް އިޓްސް 5000 އެމީހުން ޕޭ ކުރަންޔާ 35އަށް އޮޓޯގްރާފަކާ 55 ސެލްފީއެއް. އެންޑް ވަން މޯ ތިންގ. ހިތަށް އަރާނެދޯ އަހަރެން ވަރަށް ސެލްފިޝްއޭ. ދުވަހަކުވެސް ސަޕޯޓަރުންނަށް ދެވޭ ހަދިޔާއެއްގެ ގޮތުގަވެސް އޮޓޯގްރާފެއް އަދި ސެލްފީއެއް ނުދެޔޭ. ޔާ އައި އެމް. ބޭކާރު ގޮތުގަ އަމިއްލަ ވަގުތުތައް ހޭދަކުރާކަށް ބޭނުމެއް ނޫން. އަދި އެއްވެސް މީހަކަށްޓަކައި އިހުސާންތެރި ވުމަކީވެސް އަހަރެންގެ އާދައެއް ނޫން. ސޯ އަވަހަށް ބުނޭ އޮޓޯގްރާފް ބޭނުމިއްޔާ. ބިކޯޒް އައި ވޮންނަ މޫވް ފްރޮމް ހިއާ އެސް ސޫން އެސް ޕޮސިބަލް. ދެން ނިޔާޒް މިތާ ހުރި ގިޓާ ކަހަލަ އެއްޗެހި އެތެރެއަށް ވައްދާ ތަންޑުލާފަ އަހަރެން ފުރުމުގެ ކުރިން ދިޔައްޔާ އަހަންނަށް ރަނގަޅީ. އަހަރެންގެ ލޯންޗް އަންނާނެ ވަރަށް އަވަހަށް.” ބޮޑާކަމުން ފުރިގެންވާ ހިތުގެ ވެރިޔާ ނިޔާޒްއާއި ދިމާލަށް މިހެން ބުނަމުން ނިކުމެގެން ދިޔައެވެ.

ނިޔާޒް އެންމެ ފުރަތަމަވެސް ވީ ހައިރާނެވެ. އަލީޝާއަކީ އެހާ ބޮޑާ މީހެއް ކަން އޭނާ ނުދަނެއެވެ. އަލީޝާ އޭނާގެ މޮޅު ހުނަރު ދައްކާ މީހުންގެ ލޮލުގައި އަޅުވަނީ ކޮންފަދަ އަނދުނެއް ހެއްޔެވެ؟ މިއޮތީވާ ވަރުގަދަ އަލީޝާ އެކެވެ. ނިޔާޒަކީ އެރަށު ކައުންސިލަރު ކަމުންނާއި އެރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެހުމަށްޓަކައި ހޭބޯ ނާރާ މަސައްކަތް ކުރާ ވެރިއެއް ކަމުން މިފަހަރު އީދު ކުޅި ވަރުގައި އަލީޝާ ހިމަނަން ބޭނުން ވީއެވެ. މިފަހަކަށް އައިސް އަލީޝާގެ މަޝްހޫރުކަމުގެ ވާހަކަ މުޅި ރާއްޖޭގައިވެސް ފެތުރެމުން ދާތީއެވެ.  ނަމަވެސް  މިކަމަށްޓަކައި އޭނާގެ ޖީބުން ދާހާ ރުފިޔާއެއް ދެނެވޮޑިގެންވާނީ ހަމަ އެކަނި ﷲއެވެ. މިހާތަނަށްވެސް އެއަތޮޅުގެ އެކިރަށްރަށުން މީހުން ގެނައުމާއި އަލީޝާގެ ހަރަދަށް އޭނާގެ އަތުން 25 ހާހަކަށް ރުފިޔާ ގޮއްސިއެވެ. އެންމެކުޑަމިނުން އަލީޝާ އައުމަށް އެއްބަސްވީވެސް 8 ހާސް ރުފިޔާ ދީގެންނެވެ. އަނެއްކާ މިހާރު އަލީޝާ އެއެދެނީ 5 ހާސް ރުފިޔާ ދިނުމަށްށެވެ. އޭނާއަކީ ރުފިޔާ އަޅާ ގަހެއް ނޫނެވެ.

މާބޮޑު ވިސްނުމަކާއިނުލާ ނިޔާޒް ސްޓޭޖް މައްޗަށް އަރާ އިއްވާލީ ސަޕޯޓަރުން ބޭނުން ނަމަ އެމީހެއްގެ ފައިސާއިން އޮޓޯގްރާފް ހޯދުމަށްށެވެ. އަދި އެކަމަށް ހޭދަވާ ފައިސާއާއި އޮޓޯގްރާފް ބޭނުންވާ މީހުން ކަނާއަތް ފަރާތު ސްޓޭޖުން އަރާ ވާއަތް ފަރާތް ސްޓޭޖް ފޭބުމަށް އެންގިއެވެ. ހަމަ މިހެން ބުނުމާއިއެކު ސްޓޭޖާއި ވީ ފަޅިން ބޮޑު ކިއުއެއް އުފެދިއްޖެއެވެ. ލާރި ދީގެންވެސް އަލީޝާގެ އޮޓޯގްރާފަކަށް އެދޭމީހުން ގިނައީއެވެ.

ހުރިހާ އެންމެން ކިއުއަށް އަރާ ހަމަ ވުމާއިއެކު މާޝަލްއަށް ވޮލެޓް ނަގާ 35 ރުފިޔާ އޮތްތޯ ހާވަން ފެށުނެވެ. ފުރަތަމަ ފަހަރަށް ވޮލެޓްގެ އެކި ބައިތައް ބަލަން ފެށުނެވެ. އޭނާ އަތުގައި އޮތީ އެންމެ 20 ރުފިޔާއެވެ. މާޝަލްގެ މޫނު މިލައިގެން ދިޔައެވެ. ދެން އަލީޝާގެ އޮޓޯގްރާފެއްވެސް ނުލިބޭނެ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއިއެކުވެސް އަނެއްކާވެސް މާޝަލް އޭނާގެ ވޮލެޓް ހާވަން ފެށިއެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފުލުންނެވެ. ނެތް އެއްޗެއް ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ފެންނާނެ ހެއްޔެވެ؟

މާޝަލްގެ މިލައިގެން ގޮސްފައިވާ މޫނުގައި ހިނިތުންވުމެއް ކުރެހުނީ ކުއްލިއަކަށްށެވެ. އޭނާ އަތް ކޮށްޕާލީ ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބުގެ ކަނާތް ފަރާތަށްށެވެ. އަދި އަތް ނެގީ ވަކި ރުފިޔާގެ 6 ރުފިޔާއާއި އެކުއެވެ. އަދި ހަމަ ވާތް ފަރާތު ޖީބަށް އަތް ކޮށްޕާލާފައި ވަކި ރުފިޔާގެ 9 ރުފިޔާވެސް ނެގިއެވެ. ފުޅާ ހިނިތުންވުމަކާއިއެކު ކިއުއާއި ދިމާލަށް ދުއްވައިގަތެވެ. އޭނާއަށް ކިއު އިން  ޖާގަ ލިބުނީވެސް އެންމެ ފަހަތުންނެވެ. އެހެނަސް ހެވެވެ.

ކެތްމަދު ކަމާއިއެކު މާޝަލް ކިއުގައި ހުރިއިރު އޭނާގެ ހިތް އޭގެ އެންމެ  ބާރު މިނުގައި ތެޅެން ފެށިއެވެ. އޭނާ ކުރިމަތިލާން އެއުޅެނީ މިއޮއް ހުރިހާ ދުވަހު އިންތިޒާރު ކުރި ފަރާތާއިއެވެ. ކިއު ކުޑަވަމުން ގޮސް އެންމެ ފަހު މީހާއާއި ޖެހިއްޖެއެވެ. އެންމެ ފަހު މީހަކަށް ހުރީ މާޝަލްއެވެ. ކޮންމެ މީހަކުވެސް އޮޓޯގްރާފާއިއެކު ގެޔަށް ދިއުމުން އެތާގައި ތިބީ އަލީޝާއާއި މާޝަލްގެ އިތުރުން ދެތިން މީހެކެވެ.

މޫނުގައި ކުރެހެލި ފުރިހަމަ ހިނިތުން ވުމާއިއެކު މާޝަލްއަށް ބޭއިހްތިޔާރުގައި ބަލައިލެވުނީ އަލީޝާގެ މޫނަށްށެވެ. އަލީޝާވެސް އާދައިގެ ގޮތަކަށް ހީލިއެވެ. ސުބްޙާނަﷲއެވެ. ކޮންފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އެހައި ރީތި ކުދިންވެސް ދުނިޔޭގައި އުޅޭ ހެއްޔެވެ؟ މާޝަލްއަށް ކަޅިޖަހައި ނުލާ ބަލަން ހުރެވުނެވެ.

” ކޮބާ؟ ގަނޑަކަށްތަ އޮޓޯގްރާފް ދޭންވީ؟ އެހެންނޫނީ ސެލްފީ؟” މާޝަލްއަށް ހަމަހޭވީ އަލީޝާ އޭނާގެ ތޫލި އަޑުން މިހެން ބުނެލުމުންނެވެ. މާޝަލް އަތް ދައްކާލަމުން އަތަށް ދޭށޭ ބުނެލިއެވެ. ” ބުނަންތަ އަސްލު އަހަރެން ވާހަކައެއް؟ އަތަށް ދީފިއްޔާ ފިލާނެ މާދަމާ އިރު އަރާއިރަށް؟ ޑޫ ޔޫ ހޭވް އެނީ ޕޭޕާ؟ އޯ މިހާރުގަ ފޯންގަވެސް ހުރޭ ބައެއް އެޕްތައް.” މަޑުމައިތިރި ކަމާއިއެކު އަލީޝާ ބުނެލިއެވެ. ” އަތުން ފިލިޔަސް ހިތުން ފިލާނެތަ؟” ނުވިސްނާހުރެ މާޝަލްއަށް މިހެން ބުނެވުނު ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ. އެއީ އޭނާ ބުނި އެއްޗެއް ނޫނެވެ. އެތެރޭގައި ފިލާ އޮވެ އޭނާގެ ހިތް ބޭރުކޮށްލި ބަހެކެވެ.

” ވަޓް؟” އަލީޝާއަށް އެހެން އަހައިލެވުނީ އާންމު ގޮތެއްގައި އޭނާގެ ދިވާނާގައި ޖެހިފައިވާ ކުދިންނަށް ރައްދެއްގެ ގޮތުގައި އޭނާ ބޭނުން ކުރާ ބަހަކީ އެއީ ކަމުންނެވެ. ” މިބުނީ އެލީ އެއްފަހަރު ޖަހައިދިނީމަ ހިތުން ދަސްވާނެޔޭ. ” މައުލޫއު ބަދަލް ކޮށްލަމުން މާޝަލް މިހެން ބުނުމާއިއެކު އަލީޝާ “އެޒް ޔޫ ވިޝް” އޭ ބުނެ އަތުގައި އޮތް ގަލަމުގެ ދޯރި ނަގައިލިއެވެ.

ކުއްލިއަކަށް މާޝަލް ސިހިގެން ދިޔައީ އޭނާގެ އަތުގައި އޮތް ރުފިޔާތައް ނުވިސްނާ ހުއްޓާ މީހަކު އަތުލުމުންނެވެ. އިސްއުފުލާލައި އެމީހެއްގެ މޫނު ފެނުމާއިއެކު މާޝަލްގެ މޫނުމަތިން ހާމަވާން ފެށީ ބިރުވެރި ކަމެވެ. ކުރިމަތީގައި ހުއްޓިލައިގެން އެހުރީ މިރޭގައި އޭނާ އެންމެ ކުރީބަރިން ގޮނޑި ހޯދަން އުޅެނިކޮށް އޭނާ ވައްޓައިލި ޒުވާނާއެވެ. އަލީޝާ އެޒުވާނާގެ މޫނަށްށާއި މާޝަލްގެ މޫނަށް ބަލަން ފެށީ ވާނުވާ ނޭނގޭ ހާލުގައެވެ.

” ޕްލީޒް. ދީބަލަ އެލާރި. އަހަރެން ގެޔަށް ގޮއްސަ ދޭނަމޭ އެޔަށް ވުރެ ގިނައިން.” އެޒުވާނާޔާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން މާޝަލް އާދޭސް ކުރިއެވެ. ” ހެހެހެ ކަލޭ އެހެންނޫނަސް ޖެހޭނީ މަށަށް މަބުނި ވަރަކަށް ލާރި ދޭން. މަށަށް ދޭންޖެހޭ ލާރިން އެންމެ 35 ރުފިޔާވެސް އުނިވާކަށް ބޭނުމެއްނު ނޫނޭ ޕާޓު.” މަލާމާތުގެ ރާގަކަށް އެޒުވާނާ އެހެން ބުނުމުން މާޝަލް ކުޑަކޮށް ލަދުވެސް ގަތެވެ.

” އައި ތިންކް ބޭޑް ލަކް ދިސް ޓައިމް. މާފްކުރޭ. އެކަމް ބޭކާރު ކުރާކަށް އަހަރެން އަތަކު ވަގުތެއް ނެތް.” މިހެން ބުނަމުން އަލީޝާ ހިނގައިގަތުމާއިއެކު މާޝަލް ނުތަނަވަސް ވާނެ ފެށިއެވެ.

” ނޫން. ތިހެން ނަހަދާ. އެލީ ބަލަން ހުއްޓައެއްނު އޭނާ އެލާރި އަތުލީ. އެއީ ހަމަ އަހަރެންގެ ލާރިއެއްނު. ޕްލީޒް. މިފަހަރު އޮޓޯގްރާފެއް ދީ. އަހަރެން ފަހުން ލާރި ދައްކާ ގޮތަށް. ” މާޝަލް އާދޭސް ކުރަން ފެށިއެވެ.

” ބުނަން ވާހަކައެއް. އައި ޑޯންޓް ކެއާ. ތީ ހަމަ ތިމީހެއްގެ އަމިއްލަ ކަމެއް. އަހަރެންގެ ގަވައިދުތަކަކީ އެއްވެސް މީހަކަށް މުގުރާލެވޭނެ ކަންތައްތަކެއް ނޫން. ތީ ފިރިހެނެއް. އަހަންނަށް ހީވަނީ ތީ ފިރިހެނެއް ވެއްޖިއްޔާ އަމިއްލަ އެއްޗިހި އެހެން މީހުންގެ އަތުން އަތުލެވެން ވާނެހެން. އަދި އެއްވާހަކައެއް. މިރޭގެ ފަހުން ކަލޭ އަހަރެންނާ މުހާތަބް ކުރާނީ އެލީ މެޑަމް ކިޔައިގެން.” ބާރު ހިނގުމެއްގައި ޖެޓީއާއި ދިމާލަށް ހިނގަމުން އަލީޝާ ބުންޏެވެ.

” އޯކޭ. އެލީ މެޑަމް. ޕްލީޒް. އެކަމް މީ އިންސާފެއް ނޫނެއްނު. މިކަމުގަ އަހަރެންގެ ކުށެއް ނެތެއްނު. ޕްލީޒް.” އަލީޝާގެ ފަސްފަހަތުން މާޝަލް ދިޔައީ އާދޭސް ކުރަމުންނެވެ. ” އަމް ސޮރީ ބަޓް… އަހަންނަށް ހީވަނީ ތީ ފިރިހެނެއް ނޫން ހެން. މީހަކު ތިބާގެ އެއްޗެއް އަތުލީމަވެސް އަތުލަން ނޭނގޭ.” ތަނެއްގައި މަޑުޖެހިލަމުން އަލީޝާ ބުންޏެވެ.

” އޭ އެލީ. އޭނަޔަކީ މަންމަގެ ބަނޑުގަ އޮތް އިރު އަންހެނަކަށް ވާން އުޅެފަ ނުވެވުނު މީހެއް. އޭނާގެ ވާހަކަ ނުދައްކާ.” މާޝަލްއާއި މަލާމަތް ކުރަމުން ދިޔަ ޒުވާނާ މިހެން ބުނުމުން މާޝަލްގެ ހިތުގައި ދުވަހަކުވެސް ނުޖެހޭ ވަރަށް ޖެހުނެވެ. އުމުރުން 24 އަހަރު ވީއިރު ކޮންމެ ދުވަހަކުވެސް އޭނާގެ ކަންފަތުން އެބަސްތައް އަޑުއަހައެވެ. އެހެނަސް މިއަދު އަލީޝާގެ ކުރިމަތީގައި އެބަސްތައް އަޑުއަހަން ޖެހުމުން ވަރަށް ދެރަވިއެވެ. ހަމަ އެހާ ލަދުވެސް ގަތެވެ. އަދި އަމުދުން އަލިޝާ ” ވަޓް އެވާ” އޭ ބުނެ އެޒުވާނާއާއި ބައިވެރިވުމުން އިތުރަށް ހިތުގައި ޖެހުނެވެ. މާޝަލްއަކަށް އިތުރަށް އެތާނގައި ހުރުމުގެ ހިތްވަރެއް ނުލިބުނެވެ. އޮޓޯގްރާފްއާކައި އޮޓޯގްރާފެއް ދޫކޮށްފައި އޭނާ މިސްރާބު ޖެހީ ގެޔަށް ދިއުމަށްށެވެ.

” ދޫކުރޭ އަހަރެން ގައިން. އެނގޭތަ މީ ކާކުކަން؟ އަހަރެން މީ އެލީ. ސާރާ އަލީޝާ. ކަލޭ އަހަންނަށް ކަމެއް ކޮށްފިއްޔާ ޖަލަށް ލާނީވެސް.”

” އަހަންނަށް އެނގޭޔޭ ތިކަންވެސް. އެހެންނޫނަސް މިކުރަން އުޅެނީ އެލީއަށް އާ ކަމެއްވެސް ނޫނެއްނު. ގައިމު ފިރިހެނުންނާ ނުލާހިކު ގާތް މީހެއް ތީ. އެކަމް ޖަލަށް ލެވޭނީ ވީ ކަމެއް ވެނިމުނީ މައެއްނު. ކަލޯ ރީތި ކުއްޖާ. މަށަށް މިއަދު ލިބެނީ. ތިޔަ ރީތިކަމުގެ ހިއްސާއަކަށް މިއަދު އަހަރެން ވާނެ.”

މާޝަލް ވަކި ހިސާބަކަށް ދެވުނު އިރަށް އަޑުތަކެއް އިވެން ފެށިއެވެ. ނަމަވެސް އެއަޑުތަކަށް ބީރު ކަންފަތަށް ދެމުން އޭނާ ހިނގައިގަތީ ހިތުގެ ޖެހިފައިވާލެއް ބޮޑު ކަމުންނެވެ.

” ޕްލީޒް. ހެލްޕް. ކޮންމެސް މީހެއް އެހީ ވެދީ. އޮޓޯގްރާފް ބޭނުންވާ ކުއްޖާ. ޕްލީޒް ހެލްޕް މީ.” މާޝަލްއަށް ހާސްވެފައި ހުރެ ފަހަތަށް ބަލައިލެވުނީ އަލީޝާގެ އާދޭހުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އޭނާ ވަގުތުން ފުރަގަހަށް އެނބުރުނު އިރު ފެނުނު މަންޒަރުން ނޭވާވެސް ކުޑަ ހިނދު ކޮޅަކަށް ހުއްޓުނު ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaa

Level 310 Stories500 Comments100 Comments

Other Articles

Previous

ހުރީ ވެވިފާ ބާކީ 

Next

ހުރީ ވެވިފާ ބާކީ(2)

Next
August 2, 2016

ހުރީ ވެވިފާ ބާކީ(2)

Previews
August 2, 2016

ހުރީ ވެވިފާ ބާކީ 

26 Comments!

  1. Ushaa says:
    August 2, 2016 at 6:15 pm

    A salam. Hii.. Here ix 1st prt. Hwp u ill lyk dis.. Nd haan.. Last tym sum rydrs tld me its simillar 2 PYAR IMPOSSIBLE.. Ehnve ushaa e film balaifin.. Only 1 thin ix similliar.. E ee Alishaayakyy mash hooru meehakah vefaa Maashal nikamethivun.. Othr thn tht nthin ix similliar.. I myn there Behaviors nd wht hppnx in there lyf ix vvvv dffrt frm PYAAR IMPOSSIBLE.. So enjoy.. Have a gud day..

  2. shaayan says:
    August 2, 2016 at 6:49 pm

    V nyc… ?

  3. ken? says:
    August 2, 2016 at 6:56 pm

    dn not so interesting ingey….i mean raajjeyga dn kaakutha maa mashooru vegen ulhenee…nyways vaahakei v ma dn u cn write wat eva dhw….ekam realistic kohlinama v reethivaane…alyshaa sifa kohdhyfa huri goi i dnt like it much…mibuny sifakurun ves hahdhufahana alhaa dhiyaeema dn kada dhw..dn ehera bodaa kamaakamah v salaam…
    hope u won’t take it as a negative comment….i hv read ur previous one also…n it was fabulous n v real…so gdlck with this one toooo…???

    1. Ushaa says:
      August 3, 2016 at 12:18 am

      Thank yuhh thtxx vvvv gud fyd bck.. i ill improve it in nxt prt in sha allah.. nd alysha e ee raajje therey kujjeh noon ingey.. eyna bodu eidah raajje therey rashakah aii shw akah.. thnkxx a lott ken. Nd i thnk 2 kens r cmmntin my stwriis.. m i ryt??

    2. ken? says:
      August 3, 2016 at 3:19 pm

      i guess m only de one….dn neynge i do comment on stories i like de most…☺

    3. Ushaa says:
      August 3, 2016 at 10:00 pm

      Ya. Vedhane kmmx kujjeh ken ge name beynun kohgen cmmnt kuranyy kamahvx. Aslu mihen mibunyy effaharu ken ushaa vrh improve vejjey buni irah nxt tym ga anekka ehn ken eh bunyy vrh hadi eyy.. mii dhn vaahaka eh hey.. so i asked.. bt i knw it ill nvr b u.. mihaaru esfiyaiga kudhin kudhinge name thah beynun kohgen rude cmmnts kure ennu dw. Adhivx ehfaharu vvvvvv thnkxx.. fhn fry v varakun cmmnt kohlahchey.. ken men kahala kudhinge cmmntxx ushaayah vrh beynun vey.. i myn u always tell me de thngx to improve.. thnkyw once mr..

  4. Aishath says:
    August 2, 2016 at 7:21 pm

    Nice…keep it up…

  5. ken? says:
    August 2, 2016 at 8:21 pm

    hlw admin…y u r nt publishing my comments…it hapns with me often…i mean with many times wen m tryn to comment on stories…n it drives me crazy..so hope u ll find a solution ASAP

    1. Admin says:
      August 2, 2016 at 11:56 pm

      sorry about the inconvenience Ken, its just that our comment filter is filtering some of your comments and i just have to manually approve them..

  6. Ushaa says:
    August 2, 2016 at 8:25 pm

    Thnk yw Shaayan nd Aishath.

  7. Appy says:
    August 2, 2016 at 8:43 pm

    V rythi. …foni manje eh dhw miulheny Ely medam o huh!!

    1. Ushaa says:
      August 2, 2016 at 8:51 pm

      Hehehe. Foni alysha eh dw appy. Thnkxxx..

    2. Appy says:
      August 2, 2016 at 9:05 pm

      Hey ushaaa green kulain comment kurahchey ehennoony ushaaaa ge namuga comments thakahh reply kohfaane ehen dhimaavefa hunnaathy mibuny

    3. Ushaa says:
      August 2, 2016 at 10:17 pm

      Wht to do appy?? Keeh kuraany?? Intrnt slw kamun login vaam vrh undhagoo.. bt i ill try ingey..

  8. aff says:
    August 2, 2016 at 9:13 pm

    hehe .. Elli madam Haudhahaa kibureex ey dhw .. ushee ge story vehjaa hama habeys vaane .. keep goin .. miss u ushee …

    1. Ushaa says:
      August 2, 2016 at 10:18 pm

      Hmm.. bodu kibureex eh hama.. hehehe.. thnkxc aff.. miss yuhh more..

  9. ^-^ says:
    August 2, 2016 at 9:45 pm

    Alysha me hama pyaar impossible copy koh fa kuda koh change hutas….

    1. Ushaa says:
      August 2, 2016 at 10:20 pm

      No.. wrng guess.. tihen thibunyy alysha eh ulhey thyy thrr?? Bt u knw itxx tottly dffrnt.. ryd mr ingey eyrun ingeyne.. thnkkxxxxx a lottxx..

  10. Ameesha says:
    August 3, 2016 at 1:43 pm

    Ushaa ge vaahaka eh kiyaalaa hithun ulhenikoh Ti upload kohdinee… Varah nice… Upload next part soon…

    1. Ushaa says:
      August 4, 2016 at 3:05 pm

      Thnk yw.. nxt prt avahah up vaakah nei ingey.. an irror.. ASAP..

  11. Liaa says:
    August 5, 2016 at 7:29 am

    Hey Ushaa…. V intresting mi bai… BUsy kamun adhi kiriyaa mi kiyaa levuny …. Next part kon irakuntha? 🙂

    1. Ushaa says:
      September 4, 2016 at 5:32 am

      Thnkyw..

  12. aff says:
    August 25, 2016 at 9:23 pm

    Hey ushee .. hws yuh..? miss yew.. kyhvetha story upnuvany ..miss vey story mathin ves.. ☺☺☺

    1. Ushaa says:
      September 4, 2016 at 5:31 am

      Heyy aff dw… Um gud.. Misss yuhh mr.. Stwrii upp nu v cnnction nulibigen… Swrii..

  13. ushaage fan says:
    September 2, 2016 at 11:19 am

    Kobaa vaahaka??… ushaaaaaaaaaa……
    ?????

    1. Ushaa says:
      September 4, 2016 at 5:30 am

      Swrii.. Las v ma.. Bt nw upp koffin..

Comments are closed.

Next Episodeވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..(2 ވަނަ ބައި..)←


All Right Reserved!