މަލަން ފޮޗެއް ނަގައިގެން އިނގިލީގައި އަޅަމުން އަޒުރާ ސިޓިން ރޫމަށް ނިކުންނަން ދިޔައީ އައީ ކާކުތޯ ބެލުމަށްށެވެ. “ކާކުތަ ދަރިފުޅާ؟” އަޒުރާ ވާހަކަދައްކަމުން ސިޓިން ރޫމަށް ނިކުއިން އިރު ދޮރުމަތީގައި ހުރި ލުތުފީ ފެނި އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ސައްބީސް އަހަރުފަހުން ލުތުފީ އެގޮތަށް ހަމަލޮލަށް ފެނުމުން އަޒުރާއަށް ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ. “ލުތުފީ.” އަޒުރާއަށް ބުނެވުނީ މިހެންނެވެ. ލުތުފީ ކުރިއަށް ޖެހިލަމުން އަޒުރާއަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ހަނދާނަށްއައީ އަޒުރާގެ ޅަ ދުވަސްވަރެވެ. އޭރެކޭ […]
ނާހިދާގެ އެސުވާލަކީ އަދުނާނަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެ ސުވާލުގެ ޖަވާބަކީ އޭނާގެ ހިތި މާޒީއެވެ. އަމީލިޔާއައި އަދުނާނުގެ ގުޅުން ނާހިދާއަކަށްވެސް ނޭނގޭނެއެވެ. އެހުރިހާކަމެއް ހިނގައި ދިޔައީ ނުހަނު ސިއްރުވެރި ގޮތަކަށެވެ. “ބައްޕަމެން އޭނައާ ދޭތެރޭ ހިތްހަމަ ނުޖެހުނީ ކަންނޭނގެ!” އެވާހަކަ އޮއްބާލުމަށްޓަކައި އަދުނާނު މަސައްކަތްކުރިއެވެ. “އެކަންތައް ހިނގާދިޔަ ގޮތެއް މާބޮޑަކަށް އަހަންނަކަށް ނޭނގެ!” “އިޝާ އަށް ގޮވީމަ ނަމާދުކޮށްލައިގެން އާދޭ ކާން އިނގޭ!” އެނދުން ތެދުވަމުން ނާހިދާ ބުންޏެވެ. “މަ މިދަނީ ކާން ހަދަން!!” […]
ފަސްދުވަސް ފަސް…. ކްލިނިކުގެ މަސައްކަތްތައް ނިމުމާއެކު ޝިކާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިއައެވެ. އޭނާ ދަބަހުން ފޯނު ނެގުމަށްފަހު ރައުލްގެ ނަންބަރަށް ގުޅާލުމަށްފަހު މިޔަދު ނިމެނީ ތަންކޮޅެއް ލަހުން ކަމާއި ބަލާ އަންނަންވީމަ ގުޅާނެ ކަމަށް ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފިޔަވަޅުތަކަށް ބާރު ލަމުން އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ކުރަން އެއުޅޭ ކަންތައް އެއްގޮތަކަށްވެސް ރައުލްއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޝިކާ ގޮސް ހުއްޓުނީ އަށް ބުރީގެ އިމާރާތެއް ކައިރީގައެވެ. އަވަސް ފިޔަވަޅުތަކާއެކު […]
“ދެމީހުން ދޭތެރޭ ކަމެއް އެބަ ހިނގާ…” އާޒަތު މާނަވީ ގޮތަކަށް ދެމީހުނަށް ބަލައިލަމުން ހިނިތުން ވެލާފައި އެތަނުން ދިޔަ އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލި އެވެ. ޖަންނަތު އަނބުރާ ބަދިގެއަށް ވަނުމުން ޒައިދާން ވެސް ޓީޝާރޓާއި ދިމާއަށް ބަލައިލާފައި އެނބުރި ކޮޓަރިއާއި ދިމާއަށް ދިޔަ އެވެ. އެދުވަހު ހަވީރު ޒައިދާންއާއި އާޒަތު ބޭރަށް ދިޔައީ ގެއަށް ބޭނުންވާ ބައެއް ތަކެތި ގަންނާށެވެ. އާޔަތު ޔަޒަން ގޮވައިގެން ނުކުތީ އެގޭ ކުރިމަތީ އޮތް ކުޑަކުދިން ކުޅޭ ކުޑަ […]
ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ … ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ … ހޫމް ހޫމް ހޫމް ހޫމް …. ހީވޭ އިޝްގީ އޮއެވަރުގާ މިހިތާ މޭ ޖެހެނީހެން … ލޯބި ތިދުލުން ހާމަކުރަން އެބަ ހީވޭ އުޅެނީހެން … ފާޅުގާ ހީވޭ ލޯބިން ބޭނުމޭ ބުނާހެން … ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނުބަލާލާފާ .. ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ.. ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ… […]
“އަަހަރެން މަރުވިއްޔާ މާ ރަނގަޅުވާނެ…. އަހަރެން ދެކެ ލޯބިވާ އެކަކު ވެސް ނޫޅޭ…” ލައިލާ އެހެން ބުނުމަށްފަހު ރެއިލިންގް ގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތް ދޫކޮށްލިއެވެ. އެއާއެކު އެ 8 ބުރީގެ އިމާރާތުން އޭނާގެ ހަށިގަނޑު ތިރިއަށް ވެއްޓެން ދިއައެވެ. “ލައިލާ!” އަމީން ބާރަކަށް އެހެން ގޮވާލަމުން ލައިލާއާ ދިމާއަށް ދެއަތް ދިއްކޮއްލަމުން ދުއްވައިގަތެވެ. ރަޝީދު ޖެހި ބުދެއް ފަދައިން ހިރިލަންވެސް ނޭނގިފައި ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އަމީންއަށް އެ ހިސާބަށް ދެވުނު އިރު […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު ވެސް މާލޭގެ މަގުތަކުން ހުއްޓުމެއް ނެތި އިވެމުން ދަނީ ދުއްވާ އެއްޗެހީގެ އަޑެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އައިފާގެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓިފައެވެ. އިރުކޮޅަކާއި އަތުގައި އޮތް ފޯނުން ގަޑި ބަލަމުން ދިޔައިރު އޭނާ ހުރީ މީހެއްގެ އިންތިޒާރުގައެވެ. އައިފާގެ މޫނުމަތި އުޖާލާވީ ދުރުގައި ޕާކު ކޮށްލި ކާރުން ފޭބި ލޫތް ފެނިފައެވެ. ލައިގެން ހުރި ކަޅު ގަމީހާއި ކަޅު ޖިންސުގައި އޭނާ ފެންނަލެއް އެހާމެ ހިތްގައިމެވެ. ލޫތް […]
މާ ގިނައިރުތަކެއްނުވެ 8 ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓިއްޖެއެވެ. އަދުނާނު ލަގެޖް ހިފައިގެން އޭނާގެ ގެއަށް ވަނެވެ. ފަހަތުން ކަހަލަގޮތަކަށް ރިޝްފާވެސް ވަނެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ ބާރުކޮށްލާފައިވާ ފިލްމުގެ އަޑެވެ. އެއާއެކު އޭނާއަށް ބަލާލެވުނީ ސޯފާާގައި އޮތް އައިނާނަށެވެ. ކޮނޑުކެނޑި ޓީޝާޓު ބުރިއަކާއި ކުޑަކުޑަ ޓައިޓް ކޮޅެއް ލައިގެން އޮތް އައިނާނު ފެނުމާއެކު ރިޝްފާ ލަދުން މަރުނުވީ ކިރިޔާއެވެ. ފިލްމުގެ އަޑުބާރުކަމުން އަދުނާނުމެން އައި ކަމެއްވެސް އައިނާނަކަށް ނޭނގުނެވެ. އަދުނާނުގެ ހިތުގައި ފުރަތަމަ ފަހަރަށް […]
ހައިރާން ނުވާންވީ ކީއްވެހެއްޔެވެ؟ އެއިވެނީ ހާދީބެ ލަވަކިޔާ އަޑުވިއްޔާއެވެ. “ތިޔަފަރި ރީތި ނަޒަރްފެނިފާ.. މި ނޭވާ ހުއްޓުނޭ.. ހިތްވެ ދީވާނަ… އަ..އަ.. ހަލޯ..ހަލޯ..؟ ” އެކޮޅުން ލަވަ މެދު ކަނޑާލައި ވާހަކަ ދައްކަންފެށިއެވެ.. “ހަލޯ؟ ހާދީބޭ؟ ” އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.. “ހާދީބެ އޭ؟އާނ! ބައްޕަދޯ؟ ބައްޕަވީ ގޭން ބޭރުގައި.. ފޯނު މިއޮތީ އަހަރެން އަތުގައި.” އެކޮޅުން ޖަވާބުދިނެވެ. “އެހެންތަ؟ ހާދީބެ ގެއަށް ދުރުވީމަ ނަންގަނެދެއްވައްޗޭ އަޅުގަނޑު ގުޅިވާހަކަ.” އަހަރެން ބުނީމެވެ. “އަޅުގަނޑު ގުޅިވާހަކަ ބުނީމަ […]