ދުނިޔެއަކީ ތޮށަލި ދުޅައެކޭ ބުނާ އަޑު އަހަން ހެއްޔެވެ؟ ދިރިއުޅުމަކީވެސް ހަމަ މިއޭ ބުނެވިދާނެއެވެ. އެކި ދުވަހު ދައްކާނީއެކިކުލަތަކެވެ. އަހަރެންގެ ހަޔާތުގައިވެސް މިފަދަ ބަލަން ބޭނުންނުވާ އެތައް އިމްތިހާންތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމަށް އަހަރެން ކުރާ އުއްމީދުތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ . އަހަރެން ޤަބޫލު ކުރާ ގޮތުގައި އުފާވެރި ދުވަސްތަކަށް ނިމުން އަންނަ ފަދައިން ހިތާމަވެރި ދުވަސްތަކަށްވެސް ނިމުން އަންނާނެއެވެ. ސަބަަބަކީ އުފަލާއި ހިތާމަ މިހުރިހާ ކަމަކީވެސް ޚާލިޤުވަންތަ މާތް […]
ރޭޝަމްގެ އަތުގައި ހިފައިގެން ޝިކާ މިސްރާބު ޖެހީ ‘ފްލާވާރ ކްލިނިކް’ އާ ދިމާއަށެވެ. އެއީ އޭނާ މަސައްކަތްކުރާ ތަނަށް ވުމުން އެތަނުން ޓެސްޓު ހަދަން ފަސޭހަ ވާނެކަން އޭނާއަށް އެނގޭތީއެވެ. ޝިކާއާ އެކު ހިނގަމުން ދިޔަ ރޭޝަމް ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ގެ ބައްޕަ ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ބައްޕަ އޭނާ ދެކެ ލޯބިވާނެ ބާއެެވެ؟ މަންމަ ފަދައިން ބައްޕަ ވެސް އޭނާ ދެކެ ރުޅިއަންނަ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކްލިނިކާ […]
“ކާކުތަ ބައްޕާ؟” މިންޝާ އަށް ބުނެވުނުހާވެސް އެއްޗަކީ މީއެވެ. “އައްދެ ހާދަ އަވަސް އަރުވާލާފަ… ސާބަހޭ މިން… ދެން ތިވަރު ވާކަށް ނުވާނެ..” މިންޝާގެ ހިތުގެ ހާލު ނޭންގި ހުރެ ޒަލަފް ވެސް މިންޝާ އާއި ދިމާކޮށްލިއެވެ. އޭރުވެސް މިންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މިވީ ކިހިނެތް ހެއްޔެވެ. އޭނާ އެހާ އުންމީދާ އެކު އައުމުންވެސް ތަޤުދީރު މިކުޅޭނީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ. “އެއީ ދޯ… އެއީ ދަރިފުޅާ އެކު ކިޔަވަން އުޅުނު ދަރިފުޅުގެ […]
ފަހަކަށް އައިސް އަފްނާނު ކުރުހެދުން ލައިގެން ބޭރަށް ދާން ފެށުމުން ހަސަނު އެކަމާ ނުރުހުނެވެ. އެހެން ފިރިހެނުންގެ ލޯތަކަށް އަފްނާނުގެ ރީތިކަން ފޮރުވަން ބޭނުންވިވަރުން މުނީރާ ކައިރީ ބުނެގެން އަފްނާނު ބުރުގާ އެޅުވިއެވެ. މުނީރާއަށް މިފަދަ އެއްވެސް ކަމެއް ހިނގާކަން ރޭކާވެސް ނުލާނީ އޭރުން ނޫން ހެއްޔެވެ. *** *** *** *** *** *** އިސްތަށިގަނޑު ހިއްކާލުމަށްފަހު ފުނާއަޅައިގެން މުނީރާ އައިސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ހަސަނާ ގާތްވަމުން ހަސަނުގެ ކަންފަތް ދޮށުގައި މުނީރާ ބޮސްދިނެވެ. […]
ވަރުބަލިވެއްޖެއެވެ. ދެނެއް ގަޔަކު އިތުރު ހިތްވަރެއް ނެތެވެ. ޢާއިލާ މީހުންނަކަށް ސިއްރުކުރެވޭކަށްނެތެވެ. އުރުގައި އިން 1 އަހަރުވީ ދަރިފުޅުގެ ރުއިމުގެ އަޑަކަށް ދެނެއް ފުރަގަހެއް ނުދެވޭނެއެވެ. ކޮންމެ ރެޔަކު ކުރިމަތިލާންޖެހޭ އެބިރުވެރިކަމާ ކުރިމަތިލާހާ ބާރެއް ހަށިގަނޑަކު ނެތެވެ. އިތުރަކަށް އެ ފުރޭތައާއެކު އެންމެ ހިނދުކޮޅެއް ވެސް ކެތެއް ނުކުރެވޭނެއެވެ. ހަނދުވަރުގެ އަލީގައި މާލޭގެ އެންމެ ހިތްފަސޭހަ އެއް މައިޒާން، އާރޓިފިޝަލް ބީޗްގައި އަހަރެން ހަމަޖެހިލައިގެން އިނީ ގޭތެރޭގައި ކުރިއަށް ދިޔަ ހަނގުރާމަ ހަމައަކަށް އެޅެންދެނެވެ. މަންމައާއި ދޮންބައްޕަގެ […]
އެރި އިރާއެކު ޔަޒީދު އެނދުން ތެދުވެ މިސްރާބު ޖެހީ އެއަރޕޯޓަށް ދިއުމަށް ތައްޔާރުވުމަށެވެ. އޭނާގެ ހުވަފެންތަކަށް މިއަދު ނިމުމެއް އަންނާނެއެވެ. 3 އަހަރު ދުވަސް ވަންދެން ކެއްތެރިކަމެއްނެތި އޭނާ ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އަންނާނެއެވެ. ޔަޒީދަކީ މިހާރު އުމުރުން 28 އަހަރު ފުރިފައިވާ ޒުވާނެކެވެ. އުޅެމުންދަނީ ޒިންމާދާރު ވަޒީފާއެއްގައެވެ. ބޭންކް ބެލެންސެކޭ އެއްވަރަށް ޖީބުގައި ވެސް ފައިސާ ހުރި ޒުވާނެކެވެ. މާލޭގައި ގެއިން ލިބިފައިވާ ބައި ހަދާ ތައްޔާރުކޮށްފައިވަނީ ކުޑަޢާއިލާއަކާއެކު ދެމަފިރިޔަކަށް އުޅެވޭނެ ފެންވަރަށެވެ. އެކަމަކު […]
ވެހެމުން ދިޔަ ބޯ ވާރެއިން ލޯމައްޗަށް ފުސްވެފައި ވުމުން މިދެވެނީ ކޮންތާކަށް ކަމެއް އައިފާއަކަށް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ބިރުގަނެ ޒޭންއާއި ދުރަށް ދިއުމަށް ބޭނުންވެފައެވެ. ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ކާރެއްގައި އައިފާ ޖެހި ވިއްސައިގެން ދިޔައި އިރު އޭނާގެ ހަޅޭކުގެ އަޑާއި އެކު ކާރު ފުރޮޅު ކަހާލިއަޑު މުޅި ފަޒާގައި ހިފާލިއެވެ. ޕޭމަންޓު މައްޗަށް ލޭ ފޭދިގެން ދިޔައިރު އައިފާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯ މެރިފައި ވީއިރު ބޮލުން ފައިބަމުން […]
“އުމްމް…” އެ ޒުވާނާ އެއްޗެއް ބުނަން އުޅުމުން އާޝާ އޭނާގެ ސަމާލުކަން އެ ޒުވާނާއަށް ހުއްޓާލިއެވެ. “އަސްލު ސޮރީ އެވަގުތު މޮޔައެކޭ ބުނެވުނީމަ.. އެން ރޫޑްކޮށް ވާހަކަ ދެއްކުނީމަ.. ކުޑަކޮށް ހަސްވީ ދޯ…. އަދި ވަކިން ދިވެއްސެއްކަން އިނގުނީމަ.. ފުރަތަމައަކު ނޭނގޭ ދޯ އެކަމް ފޯނެއްގައި ހުރެގެން ދިވެހިން ވާހަކަދެއްކި އަޑު އިވުނު އެހެންވެ… އަނެއްހެން ފެންނަގޮތުން ހީވަނީ ލަންކާ ކުއްޖެއްހެންވިއްޔަ.. ހެހެ އެ ދޮގެއް ބަލާލާފައިވެސް އިނގޭ ދެން ރާއްޖެ ކުއްޖެއްކަން” އެ ޒުވާނާ އެއްފަހަރު […]
މި ވާހަކައިގެ ކިޔުންތެރިންނަށް! މި ވާހަކައިގެ 8 ވަނަ އެޕިސޯޑުން ފަށައިގެން ވާހަކައިގެ ނިމުމާ ހަމައަށް ހުރި ހުރިހާ އެޕިސޯޑުތައް ދެން ގެނެސްދެވޭނީ ވާހަކަ އެއްކޮށް ލިޔެ ނިންމާލުމަށްފަހުގައެވެ. ސަބަބަކީ، ކޮންމެ ދުވަހަކު، އެ ދުވަހެއްގެ އެޕިސޯޑު ލިޔުމަކީ އަޅުގަނޑަށް ވަރަށް ދަތި ކަމެކެވެ. މިހެން ވުމުގެ ސަބަބުން ކޮންމެ ދުވަހަކު ވާހަކައިގެ އެޕިސޯޑުތައް ކިޔުންތެރިންނާ ހަމައަށް ގެނެސް ދިނުން ލަސްވެ، ކިޔުންތެރިންގެ އިންތިޒާރު ދިގުލައިގެން ދަނީއެވެ. މިކަމަށް ކިޔުންތެރިންގެ ކިބައިން އިންތިހާއަށް މާފަށް އެދެމެވެ. “އެންމެފަހު […]