އަހަރެންނަށް ހޭލެވުނެވެ. އެއީ ޒައިން ދޫކޮށްފައި ދިޔަތާ ހަފްތާއެއް ފަހެވެ. ހަތްވަނަ ފަހަރެވެ. އެ ހުވަފެން އަހަރެންނަށް ގޯނާ ކުރެއެވެ. އޭނާއަށް ގޯހެއް ނަހަދަމެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ ނަމަކީ ލަމްޔާއެވެ. މަގޭ ހިތް އަތުތެރެއަށް ލައިގެން އުޅުނީ ޒައިންއެވެ. އަހަރެން އުޅުނީ އެ ޑޯރމްގަ އެކަންޏެވެ. ނަމަވެސް އެ ޑޯރމްއަށް އިތުރު މީހަކު އައީ ދެ ދުވަސް ފަހުންނެވެ. ރާއިޔާ ކިޔާ ކުއްޖެކެވެ.އޭނައަކީ ޒައިންގެ ދައްތައެވެ. ނަމަވެސް އޭނާއަކަށް އަހަންނަކީ ކާކުކަން ނޭނގެއެވެ. އެގޮތުގައި ބަހައްޓަން […]
އަހަރުތަކަކަށް ފަހު ހީވެސް ނުކުރާ ގޮތަކަށް ބައްދަލު ވުމުން މީރާއާ ރާހިލްއަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ. “މީރާ…؟” މިނަޓެއްހާ އިރު ފަހުން ލޮލަށް ފެންނަ ފެނުމާމެދު ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ރާހިލް ގޮވާލީ ގޮނޑިން ތެދުވެފައެވެ. ދެންވެސް މީރާއަށް އެއްޗެއް ނުބުނެވުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. “މީރާ… މީރާ… އަހަރެން…” ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކުއްލިއަކަށް އެގޮތަށް ބައްދަލު ވުމުން ބުނާނެ އެއްޗެއް ރާހިލްއަކަށް ނުވިސްނުނެވެ. މީރާއަށް ދެތިން ފިޔަވަޅު ފަހަތަށް […]
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އައިސް ބިންމަތީގައި ޖެހުނެވެ. ދުއްވާއެއްޗެހީގެ އަޑުން ކަންފަތް ފޫދުއްވާލިހެން ހީވިއެވެ. ބޮކިތަކުގެ އަލި ލޯމަތިން ފަނޑުވިއެވެ. އިވެމުންދިޔަ ކޮންމެ އަޑަކީ އަހަރެންގެ ހަޔާތުގައި ފަހު ސިއްކަ ޖެހުނުކަން އަންގައިދޭ ރަނގަބީލެއް ފަދައެވެ. ހިތްހަމަ ވެސް ޖެހުނެވެ. އެއީ އޭރު އަހަރެން ބޭނުންވި ގޮތެވެ. ނަމަވެސް އެއަޑުތަކުގެ ތެރެއިން ފުރޭނިގެން އައިސް ކަންފަތުގައި ޖެހުނު އަހަރެންގެ މަންމަގެ ރުއިމުގެ އަޑާއެކު އަހަރެންގެ ލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން […]
ގޭތެރޭގައި އެކި މީހުން އެކި މަސައްކަތުގައި އުޅެމުން ދިޔައެވެ. މުޅި ގޭތެރެ ވަނީ ހަލަބޮލިވެފައެވެ. ގަޑިން 20:30 ވާކަށް މާގިނަ އިރެއްނެތެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން އެންމެ އިންތިޒާރުކުރަމުން އައި ވަގުތެވެ. އަހަރެންގެ ކައިވެނިވާ ވަގުތެވެ. ހުވަފެނުން ވެސް ނުދެކޭހާ ފުރިހަމަ ގޮތަކަށް ކައިވެނީގެ ހުރިހާ ކަމެއް ވެސް ވަނީ ތައްޔާރުކުރެވިފައެވެ. އޭރު އަހަރެން އިނީ އަހަރެންގެ ކައިވެނި ހެދުމުގައި ތައްޔާރުވެގެންނެވެ. ރެޔަކީ އެންމެ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ވެސް ތައްޔާރުވެފައިވާ ރެއެކެވެ. އެރެއަށް […]
އެއީ މީގެ 20 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ. އަހަރެން ހަނދާން ހުންނައިރުން ފެށިގެން އަހަރެމެންގެ ކުޑަ ޢާއިލާ ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ބައްޕައާއި މަންމަ ކައިވެނިކުރީ އެދެމީހުންގެ އުމުރުން 16 އަހަރުގައެވެ. މަންމައާއި ބައްޕަގެ ޒުވާން އުމުރުގައި ކުރެވުނު އެކައިވެންޏަށް އަހަރެން ލިބުމާއެކު އެދެމަފިރެންގެ މުޅި ހަޔާތަށް ބަހާރުމޫސުމް އައިކަހަލައެވެ. ނަމަވެސް އެއުފާވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވެ ކޮންމެވެސް މީހެއްގެ ހިޔަނި އެޅިގެން ދިޔައެވެ. މަންމައާއި ބައްޕަގެ ލޯބިވެތި […]
އާޝާ ހެނދުނު ހެނދުނާއި ތެދުވެ ސައި ހަދަ ތައްޔާރުކޮށްލިއެވެ. އެކަނި އުޅެން އާދަވެފައި ވާތީ ހުރިހާ ކަމެއްވެސް ހަލުވިކަމާއިއެކު ކޮށްލުމަކީ އޭނާއަށް އުނދަގޫކަމެއްނޫނެވެ. އާޝާ ގެ ގޭ ފޯނު ރިންގްވާންފެށީ އޭނާ ސައިހަދާ ނިމި ކޮފީއެއް ބޯން އިންތަނާއެވެ. ތަށި ހިފައިގެން ދުވެފައި އާޝާ އައިސް ފޯނުނެގިއެވެ. “ހަލޯ…. ދަރިފުޅާ ކޮބާ ފޯނު؟ މިހާރު ކޮން އިރެއް ގުޅާތާ ފޯނަށް…” ސުހައިލް ފުރަތަމަވެސް ކުރީ ޝަކުވާއެވެ. “އަޅެ ސޮރީ ޑޭޑް ކޮޓަރީގަވީ…. އެބަ ގުޅަން ވައިބަރ އިން….” […]
” އަހަރުމެންނަށް އޭނައާއި ބައްދަލުކުރެވިދާނެތަ؟” އެކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ހާދަ އަސަރެއްކުރެއެވެ. އޭނަ ބޯޖަހާލަމުން އައުމަށް އެދުނެވެ. އޭނަ ހުއްޓުނީ އެންމެ ބިއްދޮށަށްހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށްވަތްއިރު މެޝިނުތަކުގެ އަޑު އިވެމުންދިޔައެވެ. މުޅި ކޮޓަރިތެރެވަނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއް ފަދައިން ތައްޔާރުކޮށްފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ބެހެއްޓިފައިވާ އެނދުގައި އަންހެންކުއްޖަކު އޮތެވެ. އޭނައޮތް އެނދު ކައިރީގައި ތަފާތު މެޝިންތައް ބެހެއްޓިފައިވެއެވެ. އަހަރެން އޭނަ ކައިރިއަށް ހުއްޓިލީމެވެ. ދެލޯމެރިފައިވާއިރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ވީރާނާކަމެވެ. މުޅި ކޮޓަރިތެރެއަށް ނަޒަރު […]
ނޯޓް: މިވާހަކައިގެ ޚުލާސާގައި ” އަހަރެން ” ބޭނުން ކުރެވިފައި އެވަނީ މިހާރު މިވާހަކަ ފެށުމުގައި ބޭނުންކުރެވިފައި އެވާ ” މަލަކު ” އަށް ނިސްބަތްކޮށެވެ. ” ދަންނަހާ އެންމެނާ މާތަފާތޭ ކަލާ، ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ ގާތްވެލާގޮތް މިހިތާ މޮޅީއޭ ކަލާ، ލަންބުވާލީ މިހިތް ނޭގި ހުއްޓާ ކަލާ މާނަ ލޯބީގެ ސިއްރުން ކިޔައިދީބަލާ، މަޑުމަޑުން ޚާއްސަ ވެއްޖޭ މިހިތުގާ ކަލާ ލޯބިވާއޭ ތިއީ ހިތުގެ ރާޖާ މަގޭ، ލޯބިވާޔާ ނުލާ […]
(ފަނަރަ ގަޑި އިރު ފަސް) އައި.ސީ.ޔޫ ބޭރުގައި އިން ޒޭން އިނީ އައިފާ އެތަނަށް ގެނައިރުވެސް ލައިގެން އިން ގަމީހުގައެވެ. އޭރު ލުތުފީ ދުރުގައި ހުރި ގޮނޑިއެއްގައި އިންއިރު އޭނާގެ ނަޒަރަ ވަނީ ޒޭންއަށް ހުއްޓިފައެވެ. “ޒޭން!!” ލޫތްގެ ހަރުކަށި އަޑު މުޅި ހިސާބުގައި ހިފާލުމާއިއެކު ލުތުފީ ސިހިފައި އިންތަނުން ތެދުވިއެވެ. އޭރު ލޫތް ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އައިރު ފަހަތުން ނާއިލް އާއި ސައިލަމްގެ އިތުރުން ފުލުސް އޮފިސަރަކު ވެސް އާދެއެވެ. “ލޫތް! މަޑުކޮށްބަލަ..” […]