ރަށުގެ މީހުން އުޅޭ ހިސާބު ތަންކޮޅެއް ދުރުގައި ޒަމާނީ ގޮތަކަށް ހަދާފައިވާ ކުޑަކުޑަ ގެއެކެވެ. ޒަމާނީ ކުލަތަށް ފާރުގައި ލެވިފައިވެއެވެ. އެކުލަކުލައިން އެކުޑަ ގޭގެ ރީތިކަން ދުރަށް ދައްކުވައިދެއެވެ. ގޭގެ ހުސްބިމުގައި ތަފާތު ވައްތަރުގެ މާ ގަސް އިންދާފައިވެއެވެ. އެގަސްތަކުގެ ކައިރީ ހުރި ކޮޓަރިއެއްގައި އަޝްރާ އާއި ޔައިޝް އަރާމު ނިންޖަކުން ނިދާލައިފައި ތިއްބެވެ. ޔައިޝްގެ ދެ އަތްވަނީ އަޝްރާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަޝްރާވަނީ ޔައިޝްގެ ތަނަވަސް މޭމަތީ ފިތިބާރުވެފައެވެ. އަރާމު ނިދީގައި އޮތް އަޝްރާއަށް ހޭލެވުނީ […]
ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް ލައިގެން ހުރީ ކަޅާ ޕީޗް ކުލައިގެ ހެނދުމެވެ. އެއީ ދައުވަތު ދެވިފައިވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ކުލައެވެ. ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް މި ދެކުދިންގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ. ހާއްސަ ކޮށް އަޝްރާ އަށެވެ. އެތަކެއް މީހުނާއެކު އެތަކެއް ފޮޓޯ އަކާ ސެލްފީތައް ނަގަނަގާ އަޝްރާ ވަރުބަލި ވެ ދެފަޔަށް ވާޅުވާގޮތް ވިއެވެ. ” ލަވް…ހިނގާބަލަ އިށީންދެލަން…. މިހާރު އާޝޫގެ ދެފަޔަށް ވަރަށް ވާޅުވެއްޖެ..” އަޝްރާ ޔައިޝް […]
ގަނޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. އަޝްރާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އަޝްރާ ގެ މޭމަތީގައި އޭނާގެ ތިން އަހަރަށްދާ ކުޑަކުޑަ ދަރިފުޅު ލީން ނިދާލާފާ އޮތެވެ. އަޝްރާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހީވަނީ އެތަކެއް ދުވަސްތަކެއް ބަލިވެ އުޅުފައިވާހެނެވެ. އަޝްރާގެ ސިކުނޑީގައި މީގެ ހަތަރު އަހަރު ކުރީގެ ހާދިސާތައް ސިފަވަމުން ދިޔައެވެ. އަޝްރާ ފެންވަރާ ރީތިވެލިއެވެ. އަދި އެރީތި މަޑު މަޑު ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާލިއެވެ. ގަދަ ނޫކުލައިގެ ޓޮޕަކާ ކަކުލާ […]