Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ(2)

samu Level 1
August 2, 2016 2 Mins Read
12 Comments

 

ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް ލައިގެން ހުރީ ކަޅާ ޕީޗް ކުލައިގެ ހެނދުމެވެ. އެއީ ދައުވަތު ދެވިފައިވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ކުލައެވެ. ޕާޓީއަށް ވަންނަ ކޮންމެ މީހަކުވެސް މި ދެކުދިންގެ ރީތިކަމަށް ތައުރީފް ކުރަމުން ދިޔައެވެ. ހާއްސަ ކޮށް އަޝްރާ އަށެވެ. އެތަކެއް މީހުނާއެކު އެތަކެއް ފޮޓޯ އަކާ ސެލްފީތައް ނަގަނަގާ އަޝްރާ ވަރުބަލި ވެ ދެފަޔަށް ވާޅުވާގޮތް ވިއެވެ.

” ލަވް…ހިނގާބަލަ އިށީންދެލަން…. މިހާރު އާޝޫގެ ދެފަޔަށް ވަރަށް ވާޅުވެއްޖެ..” އަޝްރާ ޔައިޝް ގެ ކަންފަތް ދަށުގައި މަޑުމަޑުން ބުނެލިއެވެ. ޔައިޝް ހުރީ މިކަހަލަ ފުރުސަތަކަށް ބަލަބަލައެވެ. އަޝްރާ އިހުނަށްވުރެންވެސް ބޮޑަށް ލަދު ގަންނަވާލުމުގެ ބޭނުމުގައެވެ. ދެމީހުން އަތުގުޅުވާލައިގެން ހިގައިގަތެވެ. ” ދަރިފުޅާ އަޝްރާ… ދެކުދިން ކޮންތާކަށް ތި ދަނީ؟ ” ފަރިސާ އަށް އަހާލެވުނެވެ.

” މިދަނީ ފަޔަށް ވާޅުވެގެން އިށީންދެލަން ކަމަށް.” އަޝްރާ ޔައިޝް ގެ މޫނަށް ބާލާލަމުން ޖަވާބު ދިނެވެ. އަޝްރާ އާއި ޔައިޝް އިށީންދެތިބީ ބޮޑުބެރުޖަހާ ތަނުގެ އަދިރި ހިސާބެއްގައެވެ. އަޝްރާ ޔައިޝްގެ އަތުގަ ހިފާބާރުކޮށްލިއެވެ. ދުވަހަކުވެސް ވަކިނުވާން ބުނާފަދަ ގޮތަކަށެވެ. ވަރަށް ވެސް ލޯބިންނެވެ.

” ސާބަސް ކެތްތެރިކަން ކޮޅުން ލިޔަސް ތީދެން ބޮޑުވަރު ! ޕާޓީ ނިމެންދެންވެސް ކެތްނުކޮށްލެވެނީތަ؟” ސަމާސާ ގޮތަކަށް އަޝްރާގެ ދޮންތަ ޔަސްރާ އެހެން ބުނެ މޭޒުމަތީހުރި ތަށިތައް ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. ” ކޮބާ ހީވޭ ކަމެއްހެން” ފާޑަކަށް ރަކިވެފައި އިން ޔައިޝް އަށް ބަލާލަމުން އަޝްރާ ހެމުން ބުނެލިއެވެ.

ކައިރިން މީހަކު ކަރުކެހެލި އަޑަށް ދެމީހުން ބަލައިލިއެވެ. ” ޢޯހް ނުބައިގަޑިއެއްގަ ދޯ މި އާދެވުނީ” ޝިފާހް ރަކިވެލާފައި ބުނެލިއެވެ.

” ނޫން…އާ ..ނޫން” ދޫއޮޅެމުން ކަހަލަ ގޮތަކަށް އަޝްރާ ތެދުވަމުން ބުނެލިއެވެ. ތުރުތުރު އަޅާއަތަކުން ޝިފާހް އަޝްރާއާ ސަލާމް ކޮށްލިއެވެ. އަދި މަޑުމަޑުން އެ އަތަށް ފިތާލިއެވެ. އަބަދުވެސް އިންތިޒާރުގައި ހުރީމޭ ބުނާފަދަ ގޮތަކަށެވެ.

” ޝިފާހް އަހަރެން ހާދަ ގުޅީމޭ..ކިތައްފަހަރު ތިގެއަށް ދިޔާ…ކިތައްފަހަރު ނާހީ ކައިރީ ޝިފާހް ކޮބައިތޯ އަހާނީ؟ އެކަކަށްވެސް ޝިފާހް ވީތަނެއް ނޭންގުނު….އެކަމަކު އެންމެފަހަރަކުވެސް ނާހީ ކައިރީ ބުނެލާފަ ދިޔަނަމަ އެފަކީރު އެހާލުގަ ނުޖެހުނީހެއްނު…ނާހީ ކިހާ ހިތާމައެއްކުރި..”ފަތިފައްޗަށް ހުރިހާ ވާހަކައެއް އަޝްރާ އަމުނާލިއެވެ. ވާނުވާ ނޭންގިފައި ޔައިޝް އަޝްރާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ދޭނެ ޖަވާބަކަށް ވިސްނާލުމަށް ފަހު ޝިފާހް ޖަވާބު ދިނެވެ. ” ހަމަ ދެންމެ މިރަށަށް މި އައީ” އެ އަޑުގައި ވަނީ މަޑު ތުރުތުރެކެވެ.

ބެސްޓްފްރެންޑް އެތަށް ދުވަހެއް ކޮށްފަ ފެނުމުން އަޝްރާ ހުރީ ވަރަށް ވާހަކަ ދައްކާލަން ބޭނުން ވެފައެވެ. ހާއަސް ކޮން ނާހީގެ ވާހަކައެވެ. އެހެންނަމަވެސް މިފަދަ މާހައުލެއްގައި ބޭނުން ވާހަކައެއް ނުދެއްކޭނެތީ އަޝްރާ މަޑުމަޑުން ހުއަޓެވެ.

” ލަވް… މީ ޝިފާހް.. އަހަރެންގެ ބެސްޓީ… އެން ޝިފާހް މީ އަހަރެންގެ ހަޒް… އަހަރެންގެ ފުރާނަ…” އަޝްރާ ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ބުނެލިއެވެ. ޔައިޝް އަޝްރާގެ އަތުގައި ހިފައިގެން ބޮޑުބެރުޖަހާތަން ބަލަން އެދިމާ މީހުންތަކުތެރޭ މަޑުކޮށްލިއެވެ. ސަކަރާތާ މަޖަލުގައި އުޅެނިކޮށް ޕާޓީވެސް ނިމިއްޖެއެވެ. އަޝްރާ އާއިލާއާ ވަކިން އުޅެންޖެހޭތީ ވަރަށް ދެރަވިއެވެ. ނަމަވެސް އަންހެންދަރިން ނަކީ ފިރިން ބުނާތަނެއްގައި އުޅުން ޖެހޭ ބައެކެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. އެހެން ކަމުން އަޝްރާގެ އާއިލާ އޭނާ އަށް ވަކިވީ އެތަށް ނަސޭހަތެއް ދެމުންނެވެ.

ޔައިޝް އަޝްރާ އަށްޓަކައި ހަދާފައިވާ ގެޔަށް ދެމަފިރިން ވަނީ އެކުއެކީގައެވެ. ބޮޑު ސިޓިންގް ރޫމް ހުރަސްކޮށް ޔައިޝް އަޝްރާ އަތުގަ ހިފާލައިގެން ވަދުނީ އޭނާގެ ކޮޓްރި އަށެވެ. މުޅި ކޮޓްރި ވަނީ އުއްބަތި ތަކުން ދިއްލާ ލެވިފައެވެ. ޔައިޝް ޖީބުން ނެގި ކުޑަ ފޮށިގަނޑެއް ހުޅުވާ އަޝްރާ ގެ ފުރަގަހުން ވާ ގޮތަށް އޭނާގެ ކަނދުރާމަތީ ހުރި އިސްތަށިތަށް އެއްފަރާތް ކޮށްލާ ފަށެއް އަޅުވައިދިނެވެ… ވީ އުފަލަކުން އަޝްރާ ޔައިޝް ގައިގާ ބައްދާލާ ދެލޯ މަރާލިއެވެ. ” އާޝޫ ލޯ ހުޅުވާލަބަލަ” މަސްތުންފުރިގެންވީ އަޑަކުން ޔައިޝް ބުނެލިއެވެ. ނަމަވެސް އަޝްރާ އެއަށްވުރެންވެސް ބާރަށް ލޯ މަރާލިއެވެ. އެހަރަކާތުން ޔައިޝް ގެ ފިރިހެންވަންތަ ހަށިގަނޑުގައި ހުޅު ރޯވިކަހަލައެވެ. އޭނާއަށް އިތުރަށް ކެތްނުކުރެވުނެވެ. ޔައިޝް އަޝްރާގެ ހަށިގަނޑުގައި އިތުރަށް އޮޅުލައިގަތެވެ.

ދެ ހަށިގަނޑުގައި ވަނީ ޒުވާންކަމުގެ ލެއެވެ. ތަތްވެފައިވާ ދެ ހަށިގަނޑަށް އެކަކު އަނެކަކުގެ ހޫނުކަން އިހުސާސް ކުރުވަމުން ދިޔައެވެ. އެ ލޮބުވެތި ބީހިލުމުން ލިބޭ އަރާމްކަން އަޝްރާގެ ވެޑިންގ ޑްރެސް ހުރަސް އަޅަމުން ދިޔައެވެ. ޔައިޝް މަޑުމަޑުން އަޝްރާގެ ހެނދުމުގެ ޒިބު ތިރިކޮށްލިއެވެ. ކޮޓްރި ތެރޭ އެއްވެސް ތަރުތީބެއް ނެތި ހެދުންތައް އުކާލެވިފައި ހުއްޓެވެ. ޔައިޝް އަޝްރާ އޭނާގެ އަތްދަނޑިމައްޗަށް ނަގައިގެން އެނދުމަތީ ބާއްވާލިއެވެ. އިސާހިތަކު ދެހަށިގަނޑު އެކުވެ އިޝްޤީ މިއުޒިކެއްގެ އަޑުން މުޅި ކޮޓްރިތެރެ ގުގުމަމުން ދިޔައެވެ.

(ނުނިމޭ)

 

 

 

Share Article

Follow Me Written By

samu

Level 1

Other Articles

Previous

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 1

Next

ކުއްޅަވަށްފާ (11ވަނަ ބައި)

Next
August 2, 2016

ކުއްޅަވަށްފާ (11ވަނަ ބައި)

Previews
August 2, 2016

ވަކިވީމާ ކަލާ.. މިހަޔާތާ މަގޭ.. 1

12 Comments!

  1. mary says:
    August 2, 2016 at 6:43 pm

    salhi

  2. rana says:
    August 2, 2016 at 6:52 pm

    Ok. Salhi

  3. limsha says:
    August 2, 2016 at 7:27 pm

    story liumugai kuh huri kan faahagavey..ummeedh kuran ragalhu vaane kamah..story v reethi…

    1. samu says:
      August 3, 2016 at 10:37 am
    2. samu says:
      August 3, 2016 at 11:30 am

      Thanx for the comments
      Insha allah dhen faharakun ragalhu kollaanan ☺
      Furathama liyan fattaa iru mistakes ves hunnaane.

  4. Rsy says:
    August 2, 2016 at 7:56 pm

    vvvvvv reethi……………

  5. Lalla says:
    August 2, 2016 at 8:23 pm

    Plx kotri nun kiyaanyky…Kotari kiyaany..Hope kuran rangalhu kollaane kamah…

  6. vaahaka says:
    August 2, 2016 at 8:39 pm

    Vadhuny eh nun.vany

  7. zaeee says:
    August 2, 2016 at 11:14 pm

    Nice

  8. Nish says:
    August 3, 2016 at 12:55 am

    Jeebun nagaany kuda fotteh, not foshigandu

  9. Ravu says:
    August 3, 2016 at 2:40 pm

    varah reethi mi part vx samu ..kuda koh mistake huttas hadi eh noon mi part eh ..ekam samu mi story kudakoh kuruhen ravu ah heeveyy…….next time dhigu kohladheythi ingeyyy varah reethi ///waiting for the next part///

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Rafa says:
    August 4, 2016 at 6:02 pm

    Wow

Comments are closed.



All Right Reserved!