ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް ދިގު ވެފައި ތުނބުޅި މަތިމަސް ބާލައިފައިވުމުން އަންހެން ގޮތެއް ހުރެއެވެ.
ތުވާލި ކޮޅެއްގައި ހުރި މާޝަލް ގަޔަށް ނޫ ކުލައިގެ އަތްދިގު ގަމިހަކާއި ކަޅު ކުލައިގެ ޖިންސެއްލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. ބޮލުގައި ކުޑަކޮށް ‘ސްޕައިކް ޖައްސާލާނިއްޔޭ ހިތައި ޖެލް ކޮޅެއް ބޮލުގައި އުނގުޅައި ބޯލަށް ގޮތްގޮތް ހަދަން ފެށިއެވެ. ނަމަވެސް ކަމުދާ ހަމަ އެއްގޮތަކަށްވެސް ‘ސްޕައިކް’ ޖެއްސޭ ގޮތެއް ނުވިއެވެ. ރީތި ގޮތަކަށް ސްޕައިކެއް ޖެއްސުމުގެ ބަދަލުގައި އެމަޑު މަޑު އިސްތަށިކޮޅު ވީ ހަރެވެ. ހުދު އޭނާއަށް ސްޕައިކް ޖައްސަން ނުވެސް އެނގެއެވެ.
“ދެން އަނެއްކާ އަހަންނަށް ގަޑި ނުޖެހި ދެވިދާނެތަ؟” ސިކުނޑީގައި އުފެދުނު ސުވާލާއިއެކު މާޝަލް އަތު ކުރީގައި އަޅާފައިވާ ގަޑިއަށް ނަޒަރު ހިންގާލިއެވެ. އަދި ކިރިޔާ 7 ޖެހިއްޔެއެވެ. ގަޑި ނުޖެހޭކަން އެނގުމުން ލިބުނު ހިންހަމަ ޖެހުމާއިއެކު ލައިގެން ހުރި ގަމީސް ބާލައި މާޝަލް ފަހަނާއަށް ވަނީ ބޯ ދޮވެލާ ފެން ހިއްކާ ލާންށެވެ.
15 މިނެންޓެއްހާ އިރު ތެރޭގައި ފާހަނައިން ނިކުމެ މާޝަލް އަނެއްކާވެސް ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. އަދި ސްކޫލަށްދާއިރު ބަސްއަހާ ކުދިން ފުނާ އަޅާފަދަ ގޮތަކަށް ފުނާ އަޅާލައި ހިތް ފުރޭ ވަރަށް ގަޔަށް ‘ބޮޑީ ސްޕްރޭ’ ޖަހައިލިއެވެ. އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
ރަނގަޅަށް ރެޑީ ވެލެވުމާއިއެކު މާޝަލްގެ ނަޒަރު ހުއްޓެން ފެށީ މުޅި ކޮޓަރިއަށްށެވެ. ކޮޓަރިއަކީ ޖާގަ ކުޑަ ކޮޓަރިއެކެވެ. ހަމައެކަނި ސިމެންތި ޖަހައިލާފައި ކުލަ ކޮޅެއްވެސް ނުލާ ހުރި ޒަމާނީ ކުލަތަކާއި ދުރު ކޮޓަރިއެކެވެ. ރީތި ކޮޓަރިއަކަށް ނުވިޔަސް މުޅި ކޮޓަރި ހާއްސަ ކޮށްދެނީ ފާރުގައި ހަރުކޮށްފައިވާ ތަފާތު އެކި ކަހަލަ ހެދުމުގައި ހުރި ހޫރު ޕަރީއެއް ފަދަ އަންހެން ކުއްޖެއްގެ ފޮޓޯ ތަކަކުންނެވެ. ބަލާބެލުމަށް މައުސޫމް މޫނެކެވެ. ގިނައީ މައުސޫމް ހިނިތުންވުމަކާއިއެކު ދޯބައްޓާ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެވެ. ބުރުގާ އަޅައިގެން ނަގާފައިވާ ފޮޓޯވެސް މަދެއް ނޫނެވެ. ކޮޓަރީގެ 4 ކަނަށް ނަޒަރު ހިންގާލުމަށްފަހު މާޝަލް ހުއްޓެލީ އެހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް ސައިޒުން ބޮޑު ފޮޓޯ ގަނޑެއްގެ ކުރިމަތީގައެވެ. އަދި ވަރަށް ލޯބިން އެފޮޓޯގަނޑުގައި ފިރުމާލުމާއިއެކު އޭނާގެ ދެލޯ ކަރުނުން ތެންމައިލައިފިއެވެ. އުފަލުން ކަމެއްވެސް ދެރަވެގެން ކަމެއްވެސް ދެނެ ވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. ” މީ އިމްޕޮސިބަލް ކަމެއް ނޫން. އަހަރެން މިއަންނަނީ. އަހަރެންގެ ހުވަފެންތަކުގައި ހަގީގީ ކުލައެއް ޖައްސާލަ ދެއްޗޭ އަލީޝާ.” މިހެން ބުނެ މޫނުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތަށް ފޮހެލަމުން މާޝަލް ކޮޓަރިން ނިކުތެވެ.
“އަލީޝާ” އަކީ ކާކު؟
އަލީޝާގެ ފޮޓޯތައް މާޝަލްގެ ކޮޓަރީގައި އެހައި ގިނަ ވުމުގެ ސިއްރަކީ ކޮބާ؟
އަލީޝާގެ ފޮޓޯގަނޑުގައި ފިރުމާލުމުން މާޝަލްއަށް ރޮވުނީ ކީއްވެ؟
މާޝަލްގެ ހުވަފެންތައް ގުޅިފައިވަނީ ކޮން ކަމަކާބާ؟
އަލީޝާއާއި މާޝަލްގެ ވާހަކަ ކުރިއަށްދާނީ ކިހިނެއް؟
“ވަރަށް އަވަހަށް. އިންތިޒާރު ކޮށްލައްވާ.”
37 Comments
Comments are closed.
Assalam alaykum.. Hiii guyxx.. Um bck aftr lng tym dw.. missd yuhh guyxx a lotxx.. Hwx yuhh??? Nw itx my 2nd stwrii nd hwp u ill enjoy rydin as Beyvafaatheri nuvamey Yaaraey… Fyl fry 2 lyv cmmntx.. 🙂
Waiting…… V rythi vaane hen hyveyyy…
Kyp waitin.. Thnk yuhh..
Finalyy ushaa is back ☺☺
Ya.. Um bck..
Hyvani hindi film. PIYAAR IMPOSIBLE. Copy kuran ushaa ge visnumuga hurihen…. ehen kamah vaanama mi vaahaka kiumuge shaugverikameh nei
Nop.. Itxx totally diffrnt… Thi nan kiyaa filmeh adhi mii adu ehyyy.. I really dnt knw.. Dhn stwrii kiyaa lyyma ennu ingeynyy vaa goivx dw,,, Kyp rydin..
oh usheetha ? u back dhw . yayyyy.. am soooo Happi .. Gudluck ushee… feshun hama habeys .. J vaa kudhin kiyaaehchehsah alhaanulaaa… keep goinnn ☺☺☺
Ya.. hama ushyy ix bck… Thnkxx alot.. dhn ushaayakah neige J vanyy kameh bt surelyy i ill nvr evr Coppy.. It ill b totally dffrnt… Thnkxxxxxxxxxxxx a lot Aff…
Ebunahen copy kuran ulhey hen hyvani
Nooney.. Itx a misundrstandin.. Mii coppy eh nooon.. 1st prtxx faharega ehgoi gotheh huredhaane bt de idea ix tottly dffrnt…
Hey.. Ushaa is back tha? 🙂 Varah reethi vaanehen heevey … Wish u all the best ingey <3
Ya Liaa.. Um Bck.. Thnkyew…
Feshun reethi lets see mivaahaka reethi tho hope u wornt dissapoint me… aslu vx vara rythi.. gud luck yuhh girl
_ushaa_ ♡
Thnkxx alot.. Insha allah i wont disapoint yuhh..
Ushaa I love your stories… I hope this is also very exciting… Eagrley waiting…
Thnkyw ushaage stwriis ah lyk vaathyy.. Insha allah mii stwriivx rythii vaane.. kyp waitin..
You are back.
I Iove your stories.
Hmmm.. um bck. Thnkyw..
V salhi
Thnkyw
Yea Ushaa is back. Nice vaane hen heevany
Hmmmm.. um bck thnkyw kyp waitin..
Ushaage kurin vaahaka vx v hama nujehey vahtharakh othy..n mi vaahaka vx mi ninmaali baiga kn suvaal thakeh mi hunnany??egothah huryma boring v
Ya… Ushaa stwrii liyan nw v ma vaa goi e ee… bt u guyxx cn hlp me 2 reduce tht.. actuallyy ushaage mauloomaathu ehai mussanjeh nuvaane.. nd bunedhyyba hama nujehey thankolhu so tht i cn crrct it.. thnk yw..
Ushaa aa contact vaan ulhe ulhe ekameh nuvi kurin dhuvahaku..btw nice story..waiting☺
Ushaayah contact vaan beynumyy dw.. v cn myt at chat room.. btw thnkyw kyp waiting..
Ushaale. …
Me story v thafaathukoh genas dhehche inge.
V rythi vaanehen hiyvany. I’m waiting dhooooooni. ☺
ill try my bxt insha allah.. kyp waitin.. thnkyw
You’re back ???
Ya.. thnkxx..
yayyy! ushaa is back! ive been waiting for you. i hope this would be better then your first one. good luck!
Thnkxx.. insha allah
Kuryge vaahaka ah vure ragalhah genes dhybala… ohttareh nethiyya kamaku nudhaane
Ya… Ushaa stwrii liyan nw v ma vaa goi e ee… bt u guyxx cn hlp me 2 reduce tht.. i ill try mu bxt ingey.. thnk yw..
W.salaam ushaaaa …finally usha is back m soo happy to c u here ….n kury vaahaka hen mivaahaka vx v loabi kn gendhahchey ??☺ v inthixaaru kurin ushaage story akah finally inthixaaru ge nimun vx a ee☺??
Asluvx vrh ufaavey appy ushaage salaam balaigannaathyy.. thnk yw 4 tht.. nd ya.. i ill try my best insha allah. Kmme inthizaareggevx nimumeh annaanennu dw.. thnkxxcxx a lot.