ނަމަވެސް މިއަދު ރާހިލްއަށް މީރާ މުހިންމެވެ. މީރާ ދޫކޮށްލާފައި މާލެ އައި ފަހުން ރާހިލްގެ ހިތް މީރާއާ މެދު ބަދަލު ވެފައި ވާތީއެވެ. އެކަން އެހެން އެއްވެސް މީހަކަށް ނޭނގުނަސް މިއަދު ރާހިލް އެދެނީ މީރާގެ އުފަލެވެ. މީރާގެ ހިތްހަމަޖެހުމެވެ. ޖެހިގެން އައި ދުވަހު އޮފީހަށް ވަދެވުމާ އެކު ރާހިލް ފުރަތަމަވެސް ބަލާލީ މީރާ އައިތޯއެވެ. ބަސްމާއާ ސުވާލު ކޮށްލުމުން މީރާ އަދި ނާދެޔޭ ބަސްމާ ބުނީ ރާހިލްއާ ދިމާއަށް ބަލާވެސް ނުލައެވެ. އެދުވަހު މީރާ އޮފީހަށް […]
ޝާލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ” ނަޔާ…. ނަޔާ އަދިވެސް އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެން ހީކުރީ މިހާރު ނަޔާ އަހަރެން މަތިން ކުޑަކޮށްވެސް ހަނދާން ނުކުރާނެކަމަށް” ޝާލް އަހަރެންނާއި ދިމާއަށް ބުންޏެވެ. ” އަބަދުވެސް މިހިތުގައި ވާ ހަމައެކަނި ނަމަކީ ޝާލް، އިތުރު އެހެން އެއްވެސް ނަމެއް ނުވޭ، އެކަމަކު އަހަރެންނަށް ކަންތައްތައް ދިމާވިގޮތުން އަހަރެންނަށް ޝާލްގެ ހަނދާންތަކާއި ދުރައްދާން މަޖުބޫރުވި، އެހެން ނަމަވެސް އަހަރެންގެ ހިތުގައިވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދޭ… ތިނޫން […]
ނޯޓް: މިއީ މިވާހަކައިގެ 2 ވަނަ ބައި ކަމުގައިވިޔަސް ލަހުން އަޕް ކުރެވުނީތީ އަޕް ކުރެވިފައިވާނީ 1 ވަނަ ބަޔާއި އެކުގައެވެ. ވާހަކަ އަޕްވުން ލަސް ވިކަމަށްޓަކއި ހުރިހާ ކިޔުންތެރިންނަށް މާފަށް އެދެން… ސޮރީ…….. ދޮން ދޮން މޫނެކެވެ. ހިކިގެން ގޮސް އަރަނޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮއްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި […]
މި ދުނިޔޭން އަހަރެން އެންމެ އިތުބާރުކޮށް ލޯބިވި އިންސާނާ އަހަންނަށް ބޭވަފާތެރި ވީހެވެ. މަންޒަރު މިއޮތީ ލޯމަތީ ފެންނާށެވެ. އެ ވަގުތު ހިތާ ސިކުނޑިއަށް ވެރިވީ ނަޝާ ޖުނޫމް އޭ ކިޔައިގެން ދައްކާފަ ހުރި ވާހަކަތަކެވެ. އެދުމަތީގައި ރޯ އޮރިޔާމުން އެތިބީ ޖުނޫމް އާ އޭނާގެ ކަޒިން އެއް ކަމަށް ބުނި ޝާނީ އެވެ. އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. “ޖުނޫމް……” އަޑަށް ލެވުނު ހާ ބާރެއް ލާފައި އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއަޑަށް ސިހިފާ ޖުނޫމް […]
އިންތިޒާރު 50(ފަހުބައި) ނިދަން އުޅުނުކަމުގައިވިނމަވެސް ޒާޔާއަށް ނުނިދުނެވެ. އެކިހިޔާލުތަކުން އެހިތް އަދިވެސް އިތުރަށް މާޔޫސްވަނީއެވެ. ރުއިމަކަށް ހުއްޓުމެއްވެސް ނައެވެ. ގިސްޖެހޭއަޑު ރާއިންއަށް އިވޭކަމެއްވެސް އޭރު ހަނދާން ނެތީކަންނޭނގެއެވެ. ޒާޔާއާ ދިމާ ބަލަހައްޓައިގެން އިންކަމުގައިވިޔަސް ރާއިންއަށް ޒާޔާ ގާތަށް ދާން ފަސްޖެހެވުނެވެ. ކައިވެނީގެ ފަހުން ޒާޔާ އެގޮތަށް ރޯ މިއީ ފުރަތަމަފަހަރެވެ. ޒާޔާ މެއާލާ ބޮޑިކޮށްލަން ބޭނުންވިނަމަވެސް ޒާޔާ ހިތްހަމަ ނުޖެހިދާނެތީ އެގޮތަށް ކަންތައް ކުރާކަށް ނުކެރުނެވެ. ************* ހެނދުނު ރާއިން ހޭލިއިރުވެސް ޒާޔާ އޮތީ ނިދިފައެވެ. ސުކޫލަށް […]
“ނަޝްފާ ގަބޫލުކުރަނީތަ އަހަރެން ބުނާ އެއްޗެއް؟” ރާހުލް ސީދާ ނަޝްފާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. ނަޝްފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ދުރު ބަލާލަމުންނެވެ. ރާހުލް އާ ހަތަރު ކަޅި ހަމަކުރަން އޭނާއަށް ކެތް ނުވީއެވެ. “އައި ލަވް ޔޫ ނަޝްފާ…” ރާހުލް އެހެން ބުނެލުމުން ނަޝްފާ ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ރާހުލް އާ ދިމާއަށް ބަލާލިއެވެ. އޭރު ރާހުލް ވެސް ހުރީ އޭނާ އާ ދިމާ ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެން ހުރެފައި ނަޝްފާ ބާރުބާރަށް ހޭން […]
އަހަރެން ދެން ބޭނުންވީ ނަޝާއަށް ޖުނޫމް ގެ ވާހަކަތަށް ކިޔާދޭށެއެވެ. ޖުނޫމްގެ ނަން އިވުމާއެކު ނަޝާގެ މޫނު މައްޗަށް އެރި ކުލަވަރު އަހަރެން ދުށީމެވެ. އެ މޫނުން އާދަޔާ ހިލާފް އަސަރުތަކެއް ފެނުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލައިލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އިތުރަށް އަހަރެންގެ ހިތުގަ ސުވާލު އުފެދި ހައިރާންކަން ލިބުނެވެ. “ކިހިނެއްވީ..ނަޝް ދަންނަންތަ ޖުމް..” އަހަންނަށް އަހާލެވުނެވެ. ނަޝާ ވަކި ޖަވާބެއް ނުދީ ހަމަ އެކަނި ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތިން […]
އެ ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތަޅަށް ތަޅުދަނޑި ޖެހުމަށް ފަހު މަޑުމަޑުން ތަޅުދަނޑި އަބުރާލީމެވެ. އެއާއިއެކު ތަޅުހުޅުވުނެވެ. ދޮރު ހުޅުވާލުމަށް އަހަރެން ތަޅުގައި ހިފީމެވެ. ދޮރު ހުޅުވާނީހެއްޔެވެ؟ މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާ ބޭޒާރު ކުރަންވާނެ ހެއްޔެވެ؟ ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ ޒިންމާއެކެވެ.މިއީ ސިއްރުކުރަން ވާނެ ކަމެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި ޝާހީންގެ އަގު ވައްޓާލަންވީހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން ތަޅުން އަތް […]
” ނަޔާ،……. ނަޔާ މެރީކުރަނީ ކާކާތަ؟ އެ ނަސީބުވެރިއަކީ ކާކު؟” ފެންކެޅިވެފައި އިނދެ ޝާހީން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން ޝާހީންއަށް ބަލައިލީމެވެ. “ޝާހީން އަހަރެން ޝާހީންއާއި މެރީކުރަން ބޭނުން، ޝާހީން އަހަރެންނާއި މެރީކުރާނަންތަ؟” އަހަރެން ޝާހީންގެ ކުރެން އެހީމެވެ. އެވަގުތު ޝާހީން އަހަރެންނަށް ބަލައިލިއެވެ. “ކީ….ކީކޭ؟” ޝާހީން އަހަރެންގެ ކުރެން އެހިއެވެ. ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ދަތިވެގެންނެވެ. “ތިޔަ އިވުނީ ރަނގަޅަށް” އަހަރެން އޭނާއާއި ދިމާއަށް ބޯ ޖަހައިލީމެވެ. ޝާހީން އާނއެކޭ ބުނުމުގެ ގޮތުން […]