އިންތިޒާރު 50(ފަހުބައި)
ނިދަން އުޅުނުކަމުގައިވިނމަވެސް ޒާޔާއަށް ނުނިދުނެވެ. އެކިހިޔާލުތަކުން އެހިތް އަދިވެސް އިތުރަށް މާޔޫސްވަނީއެވެ. ރުއިމަކަށް ހުއްޓުމެއްވެސް ނައެވެ. ގިސްޖެހޭއަޑު ރާއިންއަށް އިވޭކަމެއްވެސް އޭރު ހަނދާން ނެތީކަންނޭނގެއެވެ. ޒާޔާއާ ދިމާ ބަލަހައްޓައިގެން އިންކަމުގައިވިޔަސް ރާއިންއަށް ޒާޔާ ގާތަށް ދާން ފަސްޖެހެވުނެވެ. ކައިވެނީގެ ފަހުން ޒާޔާ އެގޮތަށް ރޯ މިއީ ފުރަތަމަފަހަރެވެ. ޒާޔާ މެއާލާ ބޮޑިކޮށްލަން ބޭނުންވިނަމަވެސް ޒާޔާ ހިތްހަމަ ނުޖެހިދާނެތީ އެގޮތަށް ކަންތައް ކުރާކަށް ނުކެރުނެވެ.
*************
ހެނދުނު ރާއިން ހޭލިއިރުވެސް ޒާޔާ އޮތީ ނިދިފައެވެ. ސުކޫލަށް ދަ ގަޑިޖެހެން ކައިރިވެފައި ހުރުމުން ރާއިން ގޮވަން ހިތަށްއަރާފަވެސް ނުގޮވަ ބޭއްވީ ރޭގަ ޒާޔާއަށް ނިދުނީ ވަރަށް ލަހުންކަން އެނގޭތީއެވެ. ދެން އޭނަ އުޅުނީ އޮފީހަށް ދާން ރެޑީވާށެވެ.
ޒާޔާއަށް ހޭލެވުނު އިރު ރާއިން ހުރީ އޮފީހަށްދާނެ ގަމީހެއް އިސްތިރިކުރާށެވެ. ޒާޔާގެ ހިތަށްކުރިއަސަރުން ލޯމަރާލެވުނެވެ. ކަރުނައެލޮލުން އޮހޮރުނީ އެހެން އޮއްވައެވެ. ރާއިންއަށް އޭނަ ހޭލަ އޮތްކަން ނާންގަންވެގެން އޮތީ އަތެއްފަޔެއް ގުޑުވާވެސް ނުލައެވެ. ރާއިންއަށް ހީވީވެސް އެހެނެވެ. ރެޑީވެލައިގެން ރާއިން ކޮޓަރިން ނުކުތީ ހިތްހަމަޖެހިލައިގެން ހުރެއެވެ. ޒާޔާ ހޭލާއިރު ހުންނާނީ ހަމަޖެހިފައޭ ހިތައެވެ.
ރާއިން ދިއުމުންވެސް ޒާޔާ ތެދުވީ އިރުގަނޑެއް ކޮށްފައެވެ. މިއަދު އޭނަ ދުނިޔެމަތިން ފޫހިވެއްޖެއެވެ. އޭނަ އުންމީދުކޮށްގެން ހުރީ ރާއިންވާހަކަ ދެއްކުމުން މަޢާފް ކޮށްފީމޭ ބުނާށެވެ. ނަމަވެސް މިހާރު ކަންތައްވެފަ އޮތްގޮތުން އޭނައަށް ރާއިންއާ ކުރިމަތިލުން ބޮޑުކަމަކަށް ވެއްޖެއެވެ. ލަދުގަނެއްޖެއެވެ. ރާއިން ކަންތައް ކުރީ ޒާޔާ ބޭނުންވިގޮތަށެވެ. ޒާޔާ އެދުނު ގޮތަށެވެ.ނަމަވެސް އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަށް އެއްފަހަރުވެސް ވިސްނާ ނުލެވުނީއެވެ. ހިތުން ރާއިންއަށް މަޢާފް ކުރިނަމަވެސް އެކަން ދުލުން ބުނަންމާ ލަސްވީއެވެ. ކަންތައް މާބޮޑުކޮށްލެވުނީއެވެ. ރާއިން އިސްވެ ވާހަކަ ދައްކާތޯ އިންތިޒާރުގަ ހުއްޓަ ދުވަސްތައް ވޭތުވީއެވެ. އެދެމެދުގައި ލެވިފައިވާ ހަމަހިމޭންކަމުގެ ފާރު ނެތިކޮށްލާނެ ގޮތެއް މިއަދު އޭނައަކަށް ނުވިސްނުނެވެ.
މޫނުގައި އަތްއަޅައިގެން އެތަށް އިރަކު ޒާޔާ ދެރަވެފައި އިނެވެ. އެހިތަށް މިއަދަކު ހަމަޖެހުމެއްނެތެވެ.
****************************
” އަހަރެން ކިހިނެތްތަ ހަމަޖެހޭނީ، ޔާސިރު ބުންޏަސް އަހަންނަކަށް ފަސޭހައެއްނޫން އެދެކުދިން އެހެން އުޅޭތަން ދެކޭކަށް، އަހަންނަށޭ ހުރިހާ މަންޒަރެއް ފެންނަނީ، ކައިވެނި ކުރިތާ މިހާރު 6 މަސްވަނީ، އަދިވެސް ދެމީހުންރަނގަޅަށް ވާހަކަ ދައްކަނީކީނޫން، އެކަކަށް އަނެކަކު ދޫނުކުރަން އެތިބެނީ” ސަލްމާއާއި ޔާސިރުތިބީ ކާކޮޓަރީގައެވެ. ސަލްމާގެ އަޑުގައި އަދިވެސް ވަނީ މާޔޫސްކަމެވެ. އޭރު ގަޑިން 11 ޖަހާ ބޮޑުވެއްޖެއެވެ.
“އެކަމަކުވެސް ތިގޮތަށް ކަންތައް ކުރީމަ ދެން އެކުދިން ކީކޭތަ ހިތަށްއަރާނީ، އަނެއްކޮޅުން ސަނާ އެއިނީ ވިހަންވެފަ، އޭނަ އަށްވެސް ކިހާ އުނދަގޫވާނެ، މަންމައާއި ބައްޕަވެސް….”
“ޔާސިރު އަހަރެންގެ ނިންމުން ބަދަލު ކުރަން ނޫޅޭ، ސަނާ ވިހައި ގަދަވީމައޭ އަހަރެން ދާނީ، އެކަމަކު އަހަންނަކަށް އަހަރެންގެ އަމިއްލަ ނަފްސަކަށް މައާފެއް ނުކުރެވޭނެ ރާއިންއާ ޒާޔާގެ ދިރިއުޅުން ހަމަނުޖެހެނީހެއް، ކޮންމެ ގޮތެއްވިޔަސް މިކަމުގަ ކުށްވެރިވަނީ ހަމައަހަން…..” ޔާސިރުގެ ވާހަކަ މެދުކަނޑާލާފައި ވާހަކަ ދައްކަމުން ދިޔަ ސަލްމާއަށް ކުއްލިއަކަށް ހުއްޓާލެވުނީ ކާކޮޓަރި ދޮރުމަތީގައި ހުރި ޒާޔާފެނިފައެވެ. އަވަސްއަވަހަށް މޫނު ފޮހެލާފައި ޒާޔާއަށް ގޮވާލަމުން ހިނިތުންވެލިއެވެ.
“އާދޭ ދަރިފުޅު އަވަހަށް ސައިބޯން، މިއަދު ސުކޫލަށްވެސް ނުދާދުވަހަކީތަ؟” ހިނިތުންވެލަމުން ސަލްމާ ވާހަކަ ދެއްކީ ޒާޔާއަށް އެއްވެސްކަމެއް އަންގަންބޭނުން ނުވާތީއެވެ. ޒާޔާވެސް އެއްޗެއް އަޑުއިވުނުކަމަށް ނުހަދާ ސަލްމާއާ ވާހަކަ ދެއްކިއެވެ.
“ބޮލުގަ ރިއްސާތީ އޮފެއް ނެގީ، މިގަޑީގަ ޖޫސްތައްޓެއް ބޯނީ، ބޭސްކައިގެން ނިދާލީމަ ރަނގަޅު ވެދާނެ ކަންނޭނގެ” މޭޒުމަތީގައި ހުރި ޖޫސްޖަގުން ޖޫސްތައްޓެއް އަޅައިގެން ޒާޔާ އެތަނުން އަވަހަށް ނުކުމެގެން ދިޔައީ އިތުރު ސުވާލު ކުރުމުގެ ފުރުސަތު ސަލްމާއަށް ނުދޭންވެގެނެވެ. ކޮޓަރިއަށް ވަތްގޮތަށް ޒާޔާއަށް އަނެއްކާވެސް ރޮވުނީއެވެ. ނުރޯން މަސައްކަތް ކުރުމުންވެސް ވީކަމެއް ނެތެވެ. އެންމެފަހުން މޫނުގައި ބާލީސްއަޅައިގެން އޭނަ އޮތީއެވެ. މީހަކު އަޔަސް އޭނައަށް ނުގޮވާނީ އޭރުންނޭ ހިތާއެވެ.
މެންދުރު ކާން ވެސް އޭނަ ނުކުތީ އެންމެން ކައިގެން ނުކުންނާނެހާ އިރުކޮށްފައެވެ. ކައިނިމިގެން ކޮޓަރިއަށް ވަންނަނިކޮށް ސަނާއަށް ފެނުމުން ސުވާލުކުރުމުންވެސް ދިނީ ސަލްމާއަށް ދިންޖަވާބެވެ. ބެލްކަނީގައި ބޭރުބަލަން އިރުކޮޅަކު ހުރުމަށްފަހު ކުއްލިއަކަށް އެއްޗެއް ހަނދާންވިފަދައަކުން އަލަމާރިކައިރިއަށް އައެވެ. ރާއިންގެ އަންނައުނުތަކުގައި އަތްކާއްތާލަމުން އެތަނުން އެއްޗެއް ނަގާފައި ބަލާލިއެވެ. ދެން އިރުކޮޅަކުން ފެނުނީ ހުރިހާއެއްޗެއް ނަގައިގެން އެނދުމަތީ ބެހެއްޓިތަނެވެ. އިސްތިރިނަގައި ފަހަރަކު އެއްޗެއް އިސްތިރިކުރަން ފެށިއެވެ. އިސްނަމަވެސް އެލޮލުން އޮހޮރެމުން ދިޔަ ކަރުނައަކަށް ބަދަލެއް ނައެވެ. ހިތަށް ސިފަވަމުންދިޔައީ ރާއިން ކޮންމެ ދުވަހަކު އިސްތިރިކުރަން ހުންނަ މަންޒަރެވެ. އަތުގެ ނުފުށުން އިރު އިރުކޮޅާ މޫނުފޮހެލި ނަމަވެސް އޭނަގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ.
**************************************
“ރާއިން ކީއްވެގެންތަ ޒާޔާ ބަލިވެގެން އުޅޭއިރުވެސް ތިހާލަހުން އޮފީހުން ތިއައީ، ދޭބަލަ އޭނަ ގޮވައިގެން ސައިބޯން އަންނަން، ނޫނީ މަންމަ މައްޗައް ސައިފޮނުވަދޭންތަ؟ މެންދުރުވެސް ނޭނގެ ރަނގަޅަށް ކޭކަމެއްވެސް” 4 ޖަހާ އެހާއިރު އޮފީސް ނިންމާފައި ގެއަށް އައި ރާއިންއަށް ފުރަތަމަވެސް މަންމަގެ ސުވާލު އަމާޒުވިއެވެ. ޖަވާބު ދޭނެގޮތެއްނޭނގިފައި ހުއްޓާ ކުޑަކޮށް ސިހުނީ ސަލްމާ ދެވަނަ ފަހަރަށް ގޮވާލުމުންނެވެ.
“އެބަ އަންނަން ބަލާލާފަ” ސިޑިން މައްޗަށް އަރަމުން ރާއިން ބުނެލިއެވެ.
ކޮޓަރިއަށް ވަތް ރާއިން ހުރީ އޭނަގެ ލޮލަށް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. އަމިއްލަ ލޮލުގައި މައްސަލައެއް އުޅެނީއޭ ނޫނީ އޭނަ މޮޔަވީއޭ އޭނަގެހިތަށް އެރިއެވެ. ދޮރާދިމާއަށް ފަރަގަސްދީގެން ޒާޔާ ހުރީ އޭނަގެ އެއްޗެހި އިސްރިކުރާށެވެ. އެގަޑީގަވެސް ޒާޔާ ރޮނީކަން އެނގުނީ އިރުއިރު ކޮޅާ މޫނު ފޮހެލާތީއެވެ. ރާއިންއަށް ދެލޯމަރާ ބާރުކޮށްލެވުނީ ކަންތައް ކުރަންވީގިތެއް އެވަގުތު ސިކުނޑިއަށް ނުވިސްނުމުންނެވެ.
ދޮރުހުޅުވުނުއަޑު ޒާޔާއަށްވެސް އިވުނެވެ. ރާއިން ގެއަށް އަންނަ ގަޑިކަންވެސް އެނގެއެވެ. ނަމަވެސް ފަހަތް ނުބަލަ ހުރީއެވެ. ރާއިން ކުރާނެ ސުވާލަކަށް، ބުނެފާނެ އެއްޗަކަށް ދޭނެ ޖަވާބެއް ހިތުގައި ނުވާތީއެވެ. ބުނަން ބޭނުންވިޔަށް ނުބުނެވޭނެތީއެވެ.
ބޯ ކަހާލަމުން ރާއިން ދޮރުލައްޕާލާފައި ސޯފާގައި އިށއިނެވެ. އަދި ބޫޓުބާލާފައިވެސް އޭނައަށް އިނދެވުނީއެވެ. އިސްތރިކޮށް ނިމުނު ގަމީސް އަލަމާރީގައި އަޅުވާފައި އެނބުރުނު ގަޑީގައި ރާއިންއަށް އެމޫނުފެނީ ހަމްދަރުދީވެވުނެވެ. އެދޮންމޫނުވަނީ ރޮއިރޮއި ރަތްވެފައެވެ. އެސްފިޔަތައް އަދިވެސް ހުރީ ތެތްކޮށެވެ. ތުންފަތުގައި ދަތްއަޅާލަމުން ރާއިން އިސްއޮބާލީ އެއްޗެކޭ ބުނެފިނަމަ ދެންވާނެގޮތް އެނގޭތީއެވެ.
ހުރިހާ އެއްޗެއް އިސްތިރިކޮށް ނުމުނުއިރު ޒާޔާހުރީ ފައިވާޅުވެފައެވެ. އެނދުގައި އިށިއިނީ ރާއިންއަދިވެސް އެއިންގޮށް ސޯފާގައި އިނީމައެވެ. ކޮޓަރީގެ ދޮރުގައި ޓަކިޖަހާލި އަޑަށް ދެމީހުންނަށްވެސްއެއްފަހަރާ ބަލާލެވުނެވެ. ޒާޔާއާދިމާ އެނބުރި ބަލާލުމަށްފަހު ރާއިން ދޮރުހުޅުވަން ތެދުވިއެވެ. ހުރީ ސަލްމާއެވެ.
“ދަރިފުޅުނައީމަ މަންމަ މިއައީ ސައި ހިފައިގެން، މިއޮތީ ބޭސްވެސް” ސައި ޓްރޭ ރާއިންއަތަށް ދެމުން ސަލްމާ ބުނެލިއެވެ. އޭނަ ބޭނުންވަނީ ޒާޔާއާއި ރާއިން ވާހަކަ ދައްކާނެ ފުރުސަތެއް ހޯދަދޭށެވެ. ރާއިން ސައިތަބަށް ގެނެސްބެހެއްޓީ ސޯފާކައިރީގައި ހުރި މޭޒުމަތީގައެވެ. ޒާޔާ އެނބުރިބަލާލާތޯ އިރުކޮޅަކު މަޑުކުރުމަށްފަހު އަނެއްކާ ސަިތަބަށް ނަގައިގެންގޮސް އެނދުމަތީ ބެހެއްޓިއެވެ. ސައިތަށި ޒާޔާއަށް ދިނުމުން ދެކޮޅުހެދުމެއްނެތި ހިފިއެވެ. ކުޑަ އެތިފޮދުފޮދުން ބޮއި ސައިތަށި ހުސްކޮށްލުމަށްފަހު ތަބަކުގައި ބެހެއްޓުމުން ރާއިންބޭސްގުޅައެއް ނަގައި ދިނެވެ. ހިފާނެކަމުގެ އުންމީދާއިއެކުއެވެ. ފެންތަށިނަގާ ޒާޔާ ބޭސްގުޅަ ކައިލިއެވެ. ރާއިން އެތަނުން ތެދުވީދެނެވެ. ނަމަވެސް ފަހަތްއެނބުރި ބަލައިލީ އިސްއުފުލާ އެންމެފަހަރަކުވެސް ޒާޔާ ބަލާލާތޯއެވެ. މިހުރިހާއިރުވީއިރުވެސް ޒާޔާއިނީ އިސްޖަހައިގެނެވެ. ފުންނޭވައެއް ދޫކޮށްލަމުން ރާއިން ތަބަށްހިފައިގެން ކޮޓަރިން ނުކުތެވެ. އައިއިރު ޒާޔާއޮތީ އެނދުގައި އޮށުއޮވެގެނެވެ. ރާއިންއައިސް ޒާޔާގެ ގައިގައި ރަޖާއަޅާލުމަށްފަހު ސޯފާއަށް ވެއްޓިގަތެވެ. އޭނަ ކަންތައްކުރިގޮތުގެ ސަބަބުން ޒާޔާވަނީ ނުހަނު ހިތުގައި ޖެހިފަކަން އެނގުމުންނެވެ.
ޖެހިގެން އައިދުވަހެވެ. ސަނާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔަވާހަކަ ސަލްމާ ގުޅާފައިބުނީ ޒާޔާ ސްކޫލުގައި ހުއްޓައެވެ. ސެޝަންނުނިމެނީސް އޭނައަށް ދެވެންނެތުމުން އެވާހަކަ ސަލްމާގާތުގައި ބުނަމުން ފޯނުކަނޑާލިއިރު އެމޫނުމައްޗަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ. ކުރަންހުރިމަސައްކަތަށް އެނބުރި ދިޔައިރުވެސް އެހިނިތުންވުމަށް ބަދަލެއްނާދެއެވެ. ރާއިންގުޅީ އެހެންއިންދައެވެ. ހައިރާންވީ ރާއިންގުޅާތަން ފެނިފައެވެ. ކިތަންމެ ބޮޑުކަމެއްވިޔަސް ރާއިން ދުވަހަކުވެސް އޭނައަކަށް ނުގުޅައެވެ. ފޯނުނެގިއިރު ހިތްވެސް ހުރީ އަވަސްވެފައެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލުމުން ރާއިން ‘ހެލޯ” އޭބުނެލި އަޑުއަހާފައި ލޯމަރާލެވުނެވެ. މަޑުމަޑުން ހޫމް އޭ ބުނެވުނީ ދެވަނަފަހަރަށް ގޮވާލުމުންނެވެ.
“މިގަޑީގަ ދެވޭތަ ހޮސްޕިޓަލްއަށް؟” ރާއިން ސުވާލުކޮށްލިއެވެ.
“އަދި ކުލާހެއް އެބެއް،” ޒާޔާގެ އަޑުމަޑެވެ.
“އޯކޭ، މެސެޖުކޮށްލާ ނިމުނީމަ” ޒާޔާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ރާއިން ފޯނުކަނޑާލުމުން ޒާޔާ ހިތްހަމަނުޖެހުނެވެ. ނަމަވެސް ހިތްހަމަނުޖެހުމުގެ އެއްވެސް ހައްގެއްއޭނައަކަށް ނެތޭހިތަށްއެރީދެނެވެ. ރާއިން އެގޮތަށްކަންތައް ކުރަންފެށީ އޭނަ ބޭނުންވެގެނެވެ.
************************************
ސަނާވިހެއީ ޒާޔާއަށް ހޮސްޕިޓަލަށްދެވުނުތާ އެތައްއިރެއްވީފަހުންނެވެ. ވިހެއިތާ މާގިނައިރެއްނުވެ ސަނާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރެވުނެވެ. އެންމެންގެ މޫނުމަތީގައިވެސް ވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
“ކޮންގްރޭޓްސް ދޮންބެ ދައްތާ….” ސަނާގައިގައި ކުޑަކޮށް ބައްދާލަމުން ޒާޔާ ބުނެލިއެވެ.
“ޒަކޫ.. އިޓްސް އޯކޭ އޭ، ގާލްސް މާ ލޯބިވާނެ އޭ ދޮންބެމެންދެކެ” ޒަކުވާން ހިތްހަމަނުޖެހިފަ ހުރީ ސަނާއަށްލުބުނީ އަންހެން ކުއްޖަކަށް ވީމައެވެ. އަދި އޭނައެހެންބުނުމުން އެހެން މީހުން ހޭންފެށުމުންނެވެ.
“ޒާޔާ ދަރިފުޅު ބޭބީ އުރާނުލާނަންތަ…” ޒާޔާއަށް ބަލާލަމުން ސަލްމާ އަހާލިއެވެ. ހިނތުންވެލަމުން އޭނަގެއަތަށް ދިނުމަށް ޒާޔާބުންޏެވެ. ޒާޔާގާތުގައި ހުރި ރާއިން ބޭބީގެ ބޯދަށުން ހިފަހައްޓާލީ ޒާޔާއަށް ފަސޭހަކޮށްދިނުމަށެވެ. ހިނިތުންވެފައި ޒާޔާއަށް ރާއިންއަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ.
“މަންމަ މިހާރު އެންމެ ދެކެންބޭނުންވާދުވަހަކީ މިއީ، ދަރިފުޅުމެންގެ ދިރިއުޅުން ފުރިހަމަވާނެ ދުވަހެއް” ޒާޔާގެ އަތުގައި އޮތް ސަނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ރާއިންއާ ޒާޔާއާދިމާއަށް ބަލައިލަމުން ސަލްމާ ބުނެލިއެވެ. އިސްޖަހައިގެން އިނުންފިޔަވާ އިތުރުކަމެއް ޒާޔާއަކަށް ނުކުރެވުނެވެ. ރާއިންގެ ބޮލުގައި ފިރުމާލަމުން ސަލްމާ އެތަނުން ދުރުވިއެވެ. ދަނޑިވަޅުބަލައި ޝާން ރާއިންމެންގެ ފޮޓޯއެއްނެގިއެވެ. އިސްޖަހައިގެން ޒާޔާ އެކުޑަކުއްޖާއަށް ބަލަހައްޓައިގެން އިންއިރު ރާއިން އިނީ އެކުއްޖާގެ ބޮލުގައި ހިފަހައްޓާލައިގެނެވެ.
*********************
ގެއަށް އައިއިރުވެސް ޒާޔާއަށް ވިސްނެމުން ދިޔައީ ހޮސްޕިޓަލްތެރޭގައި ވީކަންތަކާމެދުގައެވެ. އޭނަ ހީކުރީ ސަލްމާބުނި ވާހަކައާމެދު ރާއިން ކޮންމެވެސް އެއްޗެކޭ ބުނާނެކަމަށެވެ. ނަމަވެސް ގެއަށް އަންނަންދަކަށްވެސް އެދެމެދުގައިވީ އެހެންފަހަރު ތަކާއިވެސް އެއްގޮތަށް ހަމަހިމޭންކަމެވެ.
ރާއިންގެ ފަހަތުން ކޮޓާރިއަށްވަތް އިރު ޒާޔާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ދޮރުވެސް ނުލައްޕާ އެތާގައި މަޑުކޮށްލެވުނީ އިތުރު ހިތްވަރު ނެތުމުންނެވެ. ރާއިން ފަހަތަށް ބަލާލީ ޒާޔާ ނޭފަތްދަމާލި އަޑަށެވެ. ޒާޔާއެގޮތަށް ރޯތަން ދެކޭކަށް ރާއިންއަކަށް ކެތެއްނުވެއެވެ. ޒާޔާ ކުރިއަށް އެންމެފިޔަވަޅެއްވެސް ނާޅާނެކަން އެނގުމުން ރާއިން ޒާޔާގާތަށް ހިނގައިގަތެވެ.
“ޒާ….” ލޯބިން ފުރިގެންވި އަޑަކުން ރާއިން ޒާޔާއަށް ގޮވާލިއެވެ.
ރާއިންގެ ގައިގައި ޒާޔާއަށް ބައްދާލެވުނީ އިހުތިޔާރަކާނުލައެވެ. ގިސްލާފައި އޭނައަށް ރޯންފެށުނެވެ. ރާއިން ޒާޔާގެ ބޮލުގައި ބޮސްދެމުން ފިރުމާލިއެވެ.
“ޒާ ހުއްޓާލަބަ، ޕްލީޒް، ޒާ ބޭނުންވާގޮތެއް ބުނެބަ” އިރުކޮޅެއްފަހުން ރާއިން ބުނެލިއެވެ.
“އަހަރެން….. އަހަރެން ބޭނުންވަނީ ވަރިވާން” ރުއިމުގެ ތެރެއިން ޒާޔާ ބުނެލިއެވެ. “ޒާ…” އަސަރާއެކު ރާއިން އަށް ބުނެވުނެވެ. ޒާޔާ އެހެންބުނެފާނޭ ދުވަހަކުވެސް ރާއިން ހިތަކަށް ނާރައެވެ.
“އަހަރެން ބޭނުމީ ވަރިވާން” ދެވަނަފަހަރަށްވެސް ޒާބުނީ ހަމައެކަނި އެހެންނެވެ. ރުޅިއިސްނުކުރަން މަސައްކަތްކުރިނަމަވެސް ރާއިންއަކަށް ކެތެއްނުކުރެވުނެވެ. ޒާޔާގެ ދެއަތުގައި ހިފާ ދުރުކޮށްލަމުން ބަލާލީ ނުރުހުންވެފަ ހުރެގެނެވެ. އެލޮލުގައިވި ތެތްކަން ފެނިފައި ޒާޔާއަށް އިތުރަށްރޮވުނެވެ. ރާއިން ބުނަންބޭނުންވި ބަސްތައް ބަހައްޓަންޖެހުނީ އެހެންވެގެނެވެ. ޒާޔާ ކޮށްޕާލުމަށްފަހު ރާއިން ދުރަށް ހިނގައިގަތެވެ. ބޮލުގައި ދެއަތްއަޅާލުމަށްފު ޒާޔާއާ އަނެއްކާ ކުރިމަތި ލިއެވެ.
“ތިއީތަ ހަމަ ޒާ ބޭނުންވާގޮތަކީ” ޒާޔާއާދިމާއަށް ބަލައިލަމުން ރާއިންއަހާލިއެވެ. ހިތަށްލިބިގެން ދިޔަ ބޭން އިތުރުވީ މޫނުގައި އަތްއަޅާލައިގެން ހުރެ ޒާޔާ އާއެކޭ ބުނުމަށް ބޯޖަހާލުމުންނެވެ.
“ކީއްވެ؟” މޫނުގައި އަޅާފައިވާ ދެއަތް ދުރުކޮށްލަމުން ރާއިން ސުވާލުކުރިއެވެ. އޭނައަށްވެސް މިހާރު ރޮވިއްޖެއެވެ. ދޭނެ ޖަވާބެއް ޒާޔާއަކަށް ނުލިބުނެވެ. އިސްޖަހައިގެން ހުރީއެވެ.
“މާފު ހައްގުވާވަރު އަދިވެސް އަހަންނަށް ނުކުރެވެނީތަ، ތިހިތުގަ އަހަންނަށް ކުޑަވެސް ލޯތްބެއް ނުވަނީތަ، ކުޑަވެސް އިތުބާރެއް އަހަރެންގެ މައްޗައް ނުވަނީތަ؟” ޝަކުވާ ކުރެވުނީ އިހުތިޔާރަކާ ނުލައެވެ.
ކުއްލިއަކަށް ރާއިންއަށްވީ ކީއްކަމެއް ނޭނގުނެވެ. ޒާޔާއެހުރިތަނަށް ދޫކޮށްލާފައި ރާއިން ފޮށިނަގާ އޭނަގެ އެއްޗެހިތައް އަޅަން ފެށިއެވެ.
“ރާއިން ކީއްކުރަން ތިއުޅެނީ” ޒާޔާއަށް ރާއިންގެ ކައިރިއަށް އާދެވުނީ ދުވެފައެވެ. އެއްޗެކޭ ނުބުނެ ރާއިން އެއްޗެހިތައް ބޮނޑިކޮށްފައި ފޮއްޓައް އަޅަންފެށިއެވެ. ކަބަޑުތެރޭއޮތް ޕާސްޕޯޓުނެގުމުން ޒާޔާއަށް އަނެއްކާ ރާއިންއަށް ގޮވާލެވުނެވެ. ރާއިންގެ އަތުގައި ހިފަހައްޓަމުން ރާއިންއަށް ގޮވިއެވެ.
“ދޫކުރޭ މަގޭއަތުން” ބާރަށް ހަޅޭލަވައިގަންނަމުން އެހެންބުނުމުން ކުއްލިއަކަށް ރާއިންގެ އަތުން ދޫކޮށްލަމުން ޒާޔާއަށް ފަހަތަށް ޖެހެވުނެވެ. އެއަޑު އިވުނީ ގެއަށް އެއްޗެއްބަލައި އައި ސަލްމާއަށެވެ. ރާއިންމެންގެ ކޮޓަރި ދޮރުނުލައްޕާ ހުރެފައި ގޭތެރޭގައި އެއްވެސް އަޑެއްނެތުމުން އެއަޑު ކިތަންމެ ރީއްޗަކަށްވެސް ސަލްމާއަށް އިވުނެވެ. ކޮޓާރިއާ ކައިރިވިއިރު ޒާޔާގެ ރުއިމުގެ އަޑުވެސް އިވެއެވެ.
“ރާއިން” ގިސްލުމުގެ ތެރެއިން އަނެއްކާވެސް ޒާޔާ އަށް ގޮވާލެވުނެވެ.
“ނުބުނާތި، އެކެއްޗެކޭވެސް ނުބުނާތި، މަށެއްނު ގޯހީ، އެހެންވެނުން ތިވަރަށް ޒާޔާ ރޯންޖެހެނީ، އެހެންވީމަ ދާނީވެސް އަހަރެން” ފޮށިނަގާ ކޮޅަށްޖަހަމުން ރާއިން ބުނެލިއެވެ. ރުޅިއައިސްފަ ހުރުމުން އޭނަގެ އަޑުވެސްހުރީ ގަދަވެފައެވެ. ރާއިންގެ މިސިފަ ދުވަހަކުވެސް ޒާޔާއަށް ފެނިފައެއް ނުވެއެވެ. ކަންތައް މިހެންވެދާނެއެކޭ ހިޔެއްނުކުރެއެވެ.
“މިތަނުން ދިއުމަށްފަހު ޒާޔާބޭނުންވެގެން ތިއުޅޭ ކަންތައްވެސް….” ރާއިން ހުއްޓުންއެރީ ފަހަތުން ސަލްމާ ސުވާލުކުރި އަޑުއިވިފައެވެ.
“ރާއިންއާއޭ މިސުވާލުކުރަނީ، ކީއްވެގެންތަ މިއުޅެނީ” ސަލްމާ ސުވާލުކުރީ ހިތްހަމަނުޖެހިފަ ހުރެއެވެ.
“ވީއާރ ފައިން މަމް” ހުރިގޮތަށްހުރެ ރާއިން ޖަވާބުދިނެވެ. އެއަޑުގައިވީ ރުންކުރުކަމެވެ.
“ފައިން ނަމައެކީ ތިވަރަށް ހަޅޭތިލަވަނީ ކީއްވެގެންތަ، ޒާޔާ ނުވެސްރޯނެދޯ ކަމެއްނުވާނަމައެކީ” އެތެރެއަށް ވަންނަމުން ސަލްމާވާހަކަ ދެއްކިއެވެ.
“މީ ކޮންފޮއްޓެއް، ރާއިން ޒާޔާ…، ވެގެން އުޅޭގޮތެއް މަންމަގާތު ބުނެފާނަންތަ” ރާއިންގެ އަތުގައި ހިފާލަމުން ސަލްމާ ބުނެލިއެވެ. ޒާޔާގެ ރުއިމަކަށް އޭރުވެސް ބަދަލެއްނާދެއެވެ.
“މަންމާ، ޕްލީޒް މިތަނުން ދޭ، އެވްރިތިންގ އިޒްގޮނަބީ އޯކޭ” މޫނު އަނބުރާލަމުން ރާއިން ބުނެލިއެވެ. އަދި ފޮށީގައިހިފާ ހިނގައިގަތެވެ.
“ރާއިން” ޒާޔާހީވީ މޮޔަވިހެނެވެ. ދުވެފައިގޮސް ރާއިންގެގައިގައި ފަހަތުން ބައްދައިގެތެވެ. ރާއިން ގަދަކަމުން ޒާޔާގެ ދެއަތްނައްޓަވާލިއެވެ.
“ޒާޔާ ބޭނުންވިގޮތަށޭ ކަންތައްކުރަން މިއުޅެނީ، މުޅިއުމުރަށް ޒާއާ ދުރަށްދާން މިއުޅެނީ، ޒާވަރިކުރަންށޭ މިއުޅެނީ،” ސަލްމާއަށާއި ޒާޔާއާ ދެމީހުންނަށް ރާއިންއަށް ގޮވާލެވުނީ އެއްފަހަރާއެވެ.
“ނޫން ނޫން ނޫން” ޒާޔާ ރޮމުން އަނެއްކާވެސް ރާއިންގެ ގައިގައި ބައްދާލިއެވެ. މިފހަރު ރާއިން ޒާޔާ ދުރެއްނުކުރެއެވެ. ނަމަވެސް ޒާޔާގައިގަ އަތްވެސް ނުލާހުރީއެވެ.
“ދަރިފުޅާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވިދާނެއޭ އަދި، ރުޅިމަޑުކޮށްފަ ޒާޔާ ހުއްޓުވާބަ” ސަލްމާ ބޭނުންވީ އެދެމީހުން އެމައްސަލަ ހައްލުކުރާށެވެ. އޭނަ އެތާގައި ހުރީމަވެސް އިތުރަށް ކަންތައްގޯސްވެދާނެއޭ ހިތާއެވެ.
“ޕްލީޒް ނުދޭ، އައި ލަވްޔޫ، ވަރަށް ބޮޑަށްލޯބިވޭ،…. ވަރަށް ބޮޑަށް” ރާއިންއަށްއޭނަގެ ކަންފަތަށް އިތުބާރެއްނެތެވެ.
“އެހެންވެގެންތަ ވަރިކުރާށޭ ބުނީ، ޒާޔާގެ ހިތަށް އެކައްޗެކޭވެސް ހިތަށްނޭރިތައެހެން ބުނިއިރު، ޒާބޭނުންވިގޮތަށް މިއުޅެނީ މިހުރިހާދުވަހު، ހިތްހަމަނުޖެހޭކަމެއް އަހަރެންފަރާތުން ފެނުނުތަ، އަހަރެން މިތަނުން ދިޔައީމަ މާބޮލަށް ފަސޭހަވާނެ، އޭރަކުން ނުޖެހޭނެ މަންމަމެން ގޮސްފާނެތީ އުޅޭކަށް، ޒާ ހިތްހަމަނުޖެހޭކަމެއް ކުރެވިދާނެތީ އުޅޭކަށް، މޮޔަވެދާނެ ދެންއިތުރަށް މިހެން އުޅެންވެއްޖެނަމަ” ރާއިންހުރީ ބޯގޮވާފައެވެ.
“އައި ޑޯންޓް ޑިޒާވ ޔޫ، ރާއިންގެ ލޯތްބެއް އަހަންނަކަށް ހައްގެއްނޫން، އަހަރެންމާބޮޑަށްގޯސް، އެންމެން އަހަރެންދެކެ ފޫހިވާނެ، ރާއިންވެސް ފޫހިވާނެ، އެހެންވެ އަހަރެންނާހެދިގެން ފަހުން އެހާވަރުން ނޫޅުނީ، އަހަންނަށް ކިހިނެއްތަ ކެރެނީ ރާއިން އެހާއިގްނޯ ކުރާއިރު ވާހަކަ ދައްކަން، މަންމަމެން މައްސަލަޖެހިގެންވެސް އެއުޅެނީ އަހަންނާހެދި، އަހަންނަކަށް ފަސޭހައެއްނޫން އެމީހުނަނާ ފޭސްކުރާކަށް، ރާއިންއަށް އެއްވެސް އުފަލެއްވެސް އަހަރެން ނުދޭ، އައި ޑޯންޓް ޑިޒާވ ޔޫ” ޒާޔާގެ ހިތުގައިވާ އެއްޗެއް ރާއިންއަށް އެނގުނީ އަދިކިރިޔާއެވެ.
“އަހަންނަށްވެސް ތިހެންބުނެވޭނެތްނު، އައި ޑޯންޓް ޑިޒާވް ޔޫ އޭ، ޒާއަކަށްނޭނގޭތަ ހަމަ ޒާ މައާފްކުރާނެ އިރެއްގެ އިންތިޒާރުގަކަމެއް މިހުރީކީ” ޒާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ރާއިންވެސް ބުނެލިއެވެ.
“ބުނެބަ، އަހަންނަށް މަޢާފް ކުރާނަންތަ” ރާއިން އެހެން ބުނެލުމާއެކު ކަރުނައާއެކުވެސް ޒާޔާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.
“ވަޓް” ރާއިން މޫނުގާތްކޮށްލިތަނާ ޒާޔާ ދުރަށް ޖެހިލުމުން ލޯހަނިކޮށްލަމުން ރާއިން ބުނެލިއެވެ. ހިނިތުންވެލަމުން ޒާޔާ އިސްޖަހާލިއެވެ. “މޭއައި…” ޒާޔާގެ މޫނާއި އެއްހަމައަށް ތިރިވެލަމުން ލާނެތްކަމާއެކު ރާއިން ބުނެލިއެވެ. ކޮލުގައި ބޮސްދީފައި ހެމުން ޒާޔާ އަތްދަނޑިމައްޗަށް އުފުލާލަމުން އެނބުރިލިއެވެ. ޒާޔާއަށްވެސް މިފަހަރު މަޖުބޫރުވީ ރާއިންގެ އެހުނުމުގައި ބައިވެރިވާށެވެ. އެހިނިތުންވުން އެންމެފަހުން އެދެމެދުގައިވި ހިމޭންކަމަށް ދިރުންގެނެސްދީފިއެވެ.
ރާއިންގެ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ސަލްމާގެ ލޮލުގައިވީ އުފާވެރިކަމުގެ ކަރުނައެވެ. އޭނަބޭނުންވީ އެޙަބަރު އެންމެފުރަތަމަވެސް ޔާސިރުއަށްދޭށެވެ.
****************************
ދުވަސކޮޅެއްފަހެވެ. ޒާޔާއާއި ރާއިންގެ ގުޅުން ރަނގަޅުވިކަން ގޭގެ އެންމެންނަށްވެސް ފާހަގަވިއެވެ. ޒާޔާ ފެންނަނީ އަބަދުވެސް ހިނިތުންވެލައިގެން ހުންނަތަނެވެ. ރާއިން ޒާޔާ ފެންނަހިސާބުން ދުރަށްނުދެއެވެ.
“ކޮބާތަ ސަޕްރައިޒް އަކީ..” ވީޑީއޯ ކޯލްއަކުން ރާއިން ވާހަކަ ދައްކަމުން ދިޔައީ ޒަޔާންއާއި ޔާނާ އާއެވެ.
“ވެލް…. ވީ އާ ޕްރެގްނެޓް، އީއީއީ…” ދެމީހުން އެއްކޮށް ބުނެލީ ހިނިތުންވެލާފައި ބުނެލިގޮތުން ރާއިންއަށް ހެވުނެވެ.
“އައި ހޭވްއަ ސަޕްރައިޒް ޓޫ، ވެއިޓް” ރާއިން ބުނެލިއެވެ. އަދި ޑްރެސިންގް ޓޭބަލްކައިރީ ޝޯލްއަޅަން ހުރި ޒާޔާކައިރިއަށްގޮސް ޒަޔާންމެންނަށް ފެންނާނެހެން ޒާޔާގެ ކޮލުގައި ބޮސްދިނެވެ. ޒާޔާ ރާއިންއޭ ކިޔާފަ ގޮވާލިއިރު ރާއިންގެ ލާނެތް ހުނުންމުގެ އަޑު އިވިގެން ދިޔައެވެ.
“ކޮންގްރާ ބްރޯ،” ޒަޔާން ބުނެލިއެވެ.
“ފައިނަލީ އެވްރީތިންގް އިޒް ޕާރފެކްޓް” ޒަޔާންގައިގައި ބައްދާލަމުން ޔާނާ ބުނެލިއެވެ. ރާއިންއަށްވުރެ ބޮޑަށް މިއަދު އުފާވެފަ ހުރީ ޒަޔާންއެވެ. ޒާޔާގެ ދިރިއުޅުމަށް އުފާވެރިކަން އައުމުންނެވެ. އަބަދަށް އޭނަގެ ލޯބިހޯދައިދެވުމުނެވެ.
“ނިމުނީ”

39

24 Comments

  1. darkangel

    September 3, 2016 at 6:49 pm

    here is the last ep of the story, hope everyone will like it. thank you everyone who encouraged me and thanks to all the readers. 🙂

  2. Sabeeha

    September 3, 2016 at 6:50 pm

    vv reethi..??

  3. Mona

    September 3, 2016 at 7:05 pm

    Nimun v kada….
    Maa avas aruvaafa ninmaaly thi….

  4. A-zeena

    September 3, 2016 at 7:07 pm

    Varah reethi nimunee dho

  5. aish

    September 3, 2016 at 7:10 pm

    Y nimaalee adhi nimun genan maa avas

  6. Love

    September 3, 2016 at 7:12 pm

    Niceeeeeeee.❤❤❤❤❤❤??

  7. iyram

    September 3, 2016 at 7:20 pm

    So sad, maa avahy nimun,

  8. Sinaa

    September 3, 2016 at 7:29 pm

    Asluves nimun vvv kada

  9. xenn

    September 3, 2016 at 7:57 pm

    We r pregnant ey?…..

  10. xaa

    September 3, 2016 at 9:26 pm

    Hahaha dhemeehun ves preg tha ? ??

    • Pis pis

      September 3, 2016 at 11:15 pm

      Pis pis, eiy talk kuraairu beynun kuraa gothekey, such a narrow minded

  11. Inu

    September 3, 2016 at 10:14 pm

    Assumes nimun vvvvvvvvvvvvvvvvvv kada?????????maa avas aruvaafa ninmaaly thi ?????

  12. Inu

    September 3, 2016 at 10:15 pm

    Asluves nimun vvvvvvvvvvvvvvvvvv kada?????????maa avas aruvaafa ninmaaly thi ?????

  13. ninaa

    September 3, 2016 at 10:17 pm

    v reethi . ninmaali iru thankoheh bodah romantic bai genesdhin nama zaaya n raain ge hope to see a new story from u .

  14. Zee

    September 4, 2016 at 11:44 am

    Wow mihaathanah kiyunu enme salhi vaahaka

  15. ?

    September 4, 2016 at 12:29 pm

    ????????????????????????✊✊??????❤❤❤❤❤❤❤❤❤❤❤❤❤

  16. XoXo

    September 5, 2016 at 1:37 am

    overall koh mi vaahaka v v salhi ehn avahaka thakaa balaaafa..but nimun kamaku nudhey..nimun eha avas aruva nulaa gendhiya nama hama perfect vaans ???..keep it up..waitin for the. next story of u

  17. BLACKANGEL

    September 5, 2016 at 2:49 pm

    my god….”we are pegnant”????
    dhemyhun ves preg???????????

    • @@@

      September 26, 2016 at 8:17 am

      narrow minded… huhh….

  18. Butterfly grl

    September 6, 2016 at 12:41 pm

    WOW… V NYC STORY…

  19. Dhimm

    September 15, 2016 at 2:24 pm

    Just wow

  20. mishka

    September 28, 2016 at 5:42 pm

    this is a wonderful story.. miah vure rythi vaahaka eh nukiyan adhi eh..

  21. .....

    October 23, 2016 at 3:32 pm

    Nice

  22. Anonymous

    November 3, 2016 at 8:13 pm

    Adhikiriyaa mivaahaka mikiyaalee vaahaka ehkon kiyaaleema maa salhi. Mi story vvv reethi v dherave kiyaaliru hsma rovey.. ninmaali iru v romantic kon genesdhin nama v reethivees.

Comments are closed.