ވިޝާން އަދި ނާދެޔޭ ހިތަށް އެރުމާއެކު އަންޖޫދާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ފޯނަށް ބަލާލިއެވެ. އޭރު ނުވައެއް ޖަހައި 1 މިނެޓު ހިނގައިފިއެވެ. “ގަޑިއަށް އަންނަން ނޭނގެނީތަ؟” އަންޖޫދާ ސިހުނީ އޭނާގެ ފަހަތުން އިވިގެން ދިޔަ ވިޝާންގެ އަޑަށެވެ. ސިހިފައި އޭނާ ފަހަތް ބަލާލިއިރު ކުރިމަތީގައި ހުރި ވިޝާންގެ ސޫރައަށް ބަލާލީ ޖެހިލުންނެ ހުރެއެވެ. “ވިޝް…” އަންޖޫދާގެ އަނގައިން ވިޝާން ގެ ނަން ބޭރުވިއިރު އެ އަޑުގައި މަޑު ތުރުތުރެއް ވެއެވެ. ވިޝާން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި […]
“މަންމަ ކައިރީ އަހާބަލަ ބޮނޑިބަތް އެއްޗަށް ކޮން ފަންޑިތައެއްހޭ އެޅީ….” މަންޝާގެ ރުޅި ގަދަވަމުން ދިޔަކަން އެމީހުންނަށް އެނގުނެވެ. ޒިމްނާއަށް އެކަން ފާހަގަވިއެވެ. މަންމަ ވަކިން ހާއްސަކޮށް އަޅައިގެން އައި ބޮނޑިބަތްތަށި ކާން ޒިމްނާ އުޅުމުން ފަލަވެދާނޭ ކިޔާ އިބްޒީމާ ބަހަނާ ދެއްކިމަތިން ޒިމްނާ ހަނދާން ވިއެވެ. ޒިމްނާއަށް ބަލާލެވުނީ އިބްޒީމާއާ ދިމާއަށެވެ. ޝައްކުގެ ނަޒަރަކުންނެވެ. މަންމަމެންގެ އާއިލާއަކީ އެފަދަ ކަންތައްތައް މޮޅަށް ދަންނަ ބަޔަކަށް ވުމުން ޒިމްނާއަށް އޭނާގެ މަންމަ އެފަދަ ކަމެއް ކޮށްފާނެކަމާމެދު ޝައްކު […]
ކޭކުގެ ބާކީ އޮތް ބައި ރާހުލް އަށް ހުސް ނުވާނެކަން އެނގުމުން އަންޖޫދާ އެ ބައި ހިފައިގެން ފަރި ހިނގުމެއްގައި އެ ކޮޓަރިން ނިކުމެގެން ދިއައިރު ރާހުލް ހައިރާން ކަމާއެކު އެ ދިމާ ބަލަން ހުއްޓެވެ. އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުން މޭގައި އަތް އަޅާލަމުން ރާހުލް ހަމަޖެހެން މަސައްކަތްކުރިއެވެ. އަންޖޫދާ އޭނާއަށް ޖައްސާފައި އެވަނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް ދެންމެ އެ ފެނުނީ ހުވަފެނެއް ނޫން ބާވައެވެ؟ ނިދިން ހޭނުލެވިގެން އުޅޭ […]
އަހަންނަށް ވޭނީ އާހެއް ދޫކޮށްލެވުނެވެ. ބަނޑުގައި ފިރުމާލެވުނީ އުފަލުން ފުރިގެންނެވެ. ނަަމަވެސް ވާން މިއުޅެނީ ކިހިނެއް ކަމެއް ޙުދު އަހަންނަކަށްވެސް އިހުސާސެއް ނުކުރެވެއެވެ. ބޭއިހްތިޔާރުގައި އަހަންނަށް އަމްރު އޭ ކިޔާ ހަޅޭއްލެވުނެވެ. އޭރު އަހަރެންގެ ބަނޑަށް 36 ހަފްތާ ފުރިއްޖެއެވެ. އަހަރެންގެ ފިރިމީހާ އަމްރު އަހަރެން ވަގުތުން ނަގައިގެން ގެނދިޔައީ އޭ.ޑީ.ކޭ އަށެވެ. ވަގުތުން އަހަރެން ވިހާނެ ކަމަށް ބުނެ ވެއްދީ ތިއޭޓަރަށެވެ. ކުއްލިއަކަށް އަހަންނަށް އިވެން ފެށީ ތިއޭޓަރުގެ ތެރެއިން އެހެން އަންހެނެއްގެ ވޭނީ ކެކުޅުމުގެ […]
މިވާހަކަ ވަރަށް އަވަހަށް ތި ބޭފުޅުންނަށް ގެނެސްދޭނަން ………..އިންތިޒާރުކޮށްލަށްވާ……………..
މީރާ އެހެން ބުނެލީ ހަމައެކަނި އަސްލަމް ބުނި އެއްޗެއްގެ ޖަވާބުގައެއް ނޫނެވެ. ރާހިލްއާ ނުލާވެސް މީރާގެ ދިރިއުޅުން ކުރިއަށް ދާނެކަން ރާހިލްއަށް އަންގާލުމަށެވެ. އަދި މީރާގެ ހަޔާތުގައި ރާހިލްއަށް ދެން ފުރުސަތެއް ނެތްކަން ރާހިލްއަށް އަންގައި ދިނުމަށެވެ. މީރާ އެހެން ބުނުމާއެކު ރާހިލްއަށް ދެލޯ ބޮޑުކޮށްފައި މީރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މީރާ އެބުނި އެއްޗެއް ގަބޫލު ކުރަން ބޭނުން ނުވެފައެވެ. “އެހެންތަ؟ މަރުޙަބާ އެހެން ވިއްޔާ” އަސްލަމް މީރާއަށް މަރުހަބާ ކިއެވެ. “ރާހިލް، ކީއްވެ އެއްޗެއް ނުބުނެ […]
މުފީދާ ރޮމުން ދިޔައިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަޑު ނުނެރި ވޭތޯއެވެ. ހީވާކަހަލައެވެ. އެހެން އެއްވެސް އިންސާނަކަށް އޭނާއާއި ހެދި އުނދަގުލެއް ވާކަށް އޭނާ ބޭނުން ނުވަނީއެވެ. އާނއެކެވެ. މިހާރުވެސް އޭނާއާއި ހެދި ބަރުބާދުވެގެން ދިޔަ ހަޔާތްތަކެއް ވަކި މަދެއް ނޫނެވެ. އޭނާ ގަސްތުގައި އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ ކަމެއްވެސް ވެގެން ދަނީ އޭނާ ހިތަށްވެސް ނާރާ ހުއްޓައެވެ. މިއަދުވެސް އޭނާ ދެކޭ ގޮތުގައި މާޝަލްއަށް އެޖެހުނު ހާލުގެ ޒިންމާދާރަކީ އޭނާއެވެ. ވާނީވެސް އެހެންނޫން […]
ފޯނުނަގާ އަޒީމްގެ ނަންބަަރަށް ރިޔާޒް ގުޅާލީ އެވަގުތެވެ. މަންޝާމެން ރަށު މީހަކަށްވުމުން އެއީ މަންޝާ ދަންނަ މީހެއްތޯ އޮޅުން ފިލުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޯނުގެ ރިންގް ކެނޑުނު އިރުވެސް އަޒީމްގެ ޖަވާބެއް ނުލިބުމުން ރިޔާޒް އޮފީހަށް ދާން ނުކުތީ ގަޑިއަށް ބަލާލަމުންނެވެ. އޭރު ކޮޓަރި ދޮރުން ބޭރަށް ބޯ ދިއްކޮށްގެން މީރާ ހުއްޓެވެ. މީރާ ފެނުމާއެކީ ޟިރާރު ގޮވާލިއެވެ. “ދަރިފުޅާ… ތިހޭލެވުނީދޯ.. އާދޭ ސައިބޯން…” ސޯފާއިން ތެދުވެގެން މީރާ ކައިރިއަށް އާމިނަ ދިޔައެވެ. “މިހާރު ކިހިނެއް… ގައިގަ […]
ދުނިޔެ އޭގެ ޒާތުގައި ދައުރުވަމުންދާއިރު އަހަރެމެންގެ ހަޔާތުންވެސް އަހަރުތަކެއް ފާއިތުވެ މާޒީގެ ތެރެއަށް އޮޔާ ދަމުންދެއެވެ. ނިޢުމަތްތައް އޮހި ބަންޑުންވަމުންދާ މީހުން އޭގެއިން އެމީހުންގެ ދިރިއުޅުންތައް އާރާސްތުކުރަމުން އަންނަނީ ނުހަނު ބާރަށެވެ. މިލްކިއްޔާތުގައިވާ ހުރިހާ އެއްޗަކަށް ފާރަވެރި ވަމުން ބިންގާތައް އަޅަމުން އަންނަަނީ މިއީ ދުވަހކު ނިމުމެއް ނެތް ކަމެކޭ ބުނާ އުސޫލުންނެވެ. އަހަންނަކީ އާދައިގެ ދިރިއުޅުމެއް ވޭތަ ކުރަމުން އަންނަ މީހަކީމެވެ. ކުޑަ ކުޑަ އާއިލާއަކަށް ނިސްބަތްވިނަމަވެސް އަހަރެންވެސް އުޅެމުން އައީ އަހަރެންގެ އާއިލާއާ އެކީ […]