Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔޫސް ވެފާ….( 6 ވަނަ ބައި )

Loolu
September 2, 2016
7 Mins Read
46 Views
35 Comments

 

އަހަރެން ދެން ބޭނުންވީ ނަޝާއަށް ޖުނޫމް ގެ ވާހަކަތަށް ކިޔާދޭށެއެވެ. ޖުނޫމްގެ ނަން އިވުމާއެކު ނަޝާގެ މޫނު މައްޗަށް އެރި ކުލަވަރު އަހަރެން ދުށީމެވެ. އެ މޫނުން އާދަޔާ ހިލާފް އަސަރުތަކެއް ފެނުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލައިލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.

އިތުރަށް އަހަރެންގެ ހިތުގަ ސުވާލު އުފެދި ހައިރާންކަން ލިބުނެވެ.

“ކިހިނެއްވީ..ނަޝް ދަންނަންތަ ޖުމް..” އަހަންނަށް އަހާލެވުނެވެ. ނަޝާ ވަކި ޖަވާބެއް ނުދީ ހަމަ އެކަނި ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތިން އަހަންނަށް ކަމެއް ސިއްރު ކުރަން އުޅޭކަން ދޭހަވިއެވެ. އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ޖުނޫމް އާ ގުޅުން ހުރި ކޮންމެ ކަމެއް އަހަރެން އެނގެން ބޭނުމެވެ. އެހެންކަމުން ތަކުރާރު ކޮށް އަހަރެން ސުވާލުކުރަން ފެށީމެވެ.

“ކަމެއް ނުވޭ…އެކަމު ބުނެބަލަ…ހީރާ ޖުނޫމް އަށް އިތުބާރު ކުރަންތަ..” ފުން ނޭވާ އެއް ލާފައި ނަޝާ އަހަންނާ ހަތަރުކަޅި ހަމަ ކޮށްލަމުން ވާހަކަ ދެއްކިއެވެ. އެދެލޮލުގައި ވަނީ ސީރިއަސްކަމެވެ.  އެސުވާލަށް އަހަރެންގެ ހިތުގަ އޮތް ގޮތަށް ޖަވާބު ދިނީމެވެ. ޖުނޫމް އާ މެދަކު އަހަރެން ޝައްކެއް ނުކުރަމެވެ.

“އެކަމު ހީރާ…އަހަރެން ވާހަކައެއްބުނަންތަ…އެނގޭ ހީރާ ދެރަވާނެކަން…އެކަމުވެސް ތީ އަހަރެން ވަރަށް ލޯބިވާ ކަޒިންއެއް…ހީރާއަށްދެރަ ގޮތެއް ވާކަށް އަހަރެން ނޭދެން..ސޯ ހީރާއަށް މިކަން އަންގަން އަހަރެން ބޭނުން..” ނަޝާ އަހަރެންގެ އަތުގަ ހިފާ ބާރުކޮށްލިއެވެ. އޭނާ ބަލައިލި ގޮތުންވެސް ދައްކަން އެއުޅޭ ވާހަކައިގެ ބޮޑު ކަން ހިތަށް އަންދާޒާ ކޮށްލެވުނެވެ. ސަބަބެއްނެތި އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. “ކޮން ވާހަކައެއް..ބުނެބަލަ..” މަޑުމަޑުން އަހަރެން ބުނެލީމެވެ.

“ހީރާ….އަހަންނަކަށް ހިއެއް ނުވޭ ޖުނޫމްއަކީ ރަނގަޅު ކުއްޖެއް ހެނެއް…އެއީ މާ ބުރުގެ އުސޫލު ގެންގުޅޭ މީހެއް…އޭނަ ކުދިންނާ ރައްޓެހި ވަނީ ލޯބިން އެއް ނޫން…ޖުނޫމް ގެ ބޭނުމަކީ އަންހެން ކުދިންގެ ޖިސްމާ ކުޅެލުން…ބޭނުން ނެތުނީމަ އޭނާ ދުރަށް ދާނެ..އޭނައަކީ ޑްރަގް ވެސް ނަގާ މީހެއް….މިހާރުވެސް އޭނަގެ ތިބީ ކިތަށް ބިޓުން ކަމެއް ނޭނގެ..ހީރާގެ މަމްވެސް ކިހާ ނުރުހޭ ޖުނޫމްއާ މެދު…އަހަރެން ދޭނެ ނަސޭހަތަކީ ޖުނޫމްއާ ދުރަށް ދާށޭ…ހީރާ ތިހެން ތާ އަބަދު ގޭގަ އިންނާތީ ބޭރު ތެރޭގަވާ އެކަހަލަ ކަންކަމެއް ހީރާއަކަށް ނޭނގޭނެ…އެކަމު މިރަށަކު ނޫޅޭނެ ކަންނޭނގެ ޖުނޫމްގެ ގޮތް ނޭނގޭ އެކަކުވެސް..” ނަޝާ މަޑުމަޑުން އަހަރެންގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ. އެއްވެސް އެއްޗެއް ނުބުނެ ހިމޭންކަމައެކު އަހަރެން އޭނާގެ ވާހަކަތަށް އަޑުއަހަން އިނީމެވެ. އަހަރެން އެކަންކަން ގަބޫލެއް ނުކުރަމެވެ. ނަޝާ އަށް އެވަނީ އޮޅިފަ ކަމަށް އަހަރެން ނިންމީމެވެ. ނޫނީ ނަޝާ އަށް އެވާހަކަތަށް ކިޔާދިން މީހަކު އެހެރީ ދޮގު ހަދާ އޮޅުވާލާފައެވެ. އަހަރެންގެ ޖުނޫމް އެހެން ނޫޅެނެ ކަން އަހަންނަށް ޔަގީނެވެ. އެއީ ޖުނޫމް ގެ ރީތިކަމަށް ހަސަދަ ވެރިވާ މީހުން ފަތުރާ ދޮގު ވާހަކަ ކަމަށް އަހަރެން ގަބޫލް ކުރީމެވެ. ނަޝާ އެވާހަކަތަށް ގަބޫލް ކޮށްގެން އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން އަހަރެން ނަޝާއަކަށް ނުދައްކަމެވެ.

“ނަޝް…އެއީ އޭނާ ގެންގުޅޭ އެކުވެރިންގެ ސަބަބުން މީހުނަށް ހީވަނީ އޭނަވެސް އެހާ ގޯސްވާނޭ..” އަހަރެން ފަނޑުގޮތަކަށް ހީލަމުން އެހެން ބުނެލާފަ އަނެއްފަރާތަށް އެނބުރި ނިދޭތޯ ލޯ މަރާލީމެވެ. އަހަރެން އެވާހަކަތަށް ގަބޫލު ނުކުރިކަން ނަޝާ އަށް މިހާރު އެނގޭނެއެވެ. ނަސީބަކުން ނަޝާ ވެސް ދެން އިތުރަކަށް އެއްޗެއް ނުބުންޏެވެ.

އެރޭ އަހަންނަށް ނިދުން ވީ ވަރަށް ބޮޑު ތަކުލީފަކަށެވެ. އަހަރެންގެ ސިކުނޑި ވަނީ ނަޝާ ދެއްކި ވާހަކަތަކުން ފުރިބާރުވެފައެވެ. އެވާހަކަތަށް އަހަރެން ގަބޫލު ނުކުރިކަމުގަވިޔަސް އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުނދަގޫ ތަކެއް ވަމުން ދިޔައެވެ. އެގޮތުގަ އެކި ހިޔާލް ތަކުގަ ފުރޮޅިފުރޮޅި އޮއްވާ ނިދުނީ މެންދަންވެސް ވީ ފަހުންނެވެ.

 

އަހަރެން އުޅުނީ ގޭ ގޯތިތެރޭގައި އުނދުން ޖަހައިގެން ބަބުކެޔޮ ތެލަން އަޅާށެވެ. އެއީ ފުދޭވަރަކަށް ހޫނު ކޮށް އޮތް ސާފު ދުވަހެކެވެ. ނަމަވެސް ގޭ ކުންނާރު ގަހުގެ ހިޔާ ގޯތިތެރެއަށް ފަތުރުވާލާފައި އޮތުމުން އެވަރަކަށް ހޫނު ގެ އިހުސާސެއް ނުކުރެވެއެވެ. ކުންނާރު ގަސްދޮށުގަ ދެފައި ދެމާލައިގެން ބަނބުކެޔޮ ކޮށަން މަންމަ އިނެވެ. މިއަދު އަހަރެންގެ ދައްތަ މެން ނާންނާތީ ގޭދޮށް މިއޮތީ ހިމޭން ކޮށެވެ. އެމީހުން ވީ އެމީހުންގެ ރައްޓެހިންނާއެކު ދަތުރު ގޮހެވެ. އެވެސް ނަސީބެކެވެ. އެހެން ނޫންނަމަ މިހާ ހަމަ ޖެހިލައިގެން އަހަންނަކަށް ނުހުރެވުނީހެވެ.

މުޅި ހިސާބުގަވަނީ މަންމަ ހުޅުވާފައި ހުރި ރޭޑިއޯގެ އަޑެވެ. އޭރު ނަޝާ ގެޔަކު ނެތެވެ.

“ހަސީނާ ދީބަލަ ވަޅޯ މަސް ކިލޯއެއް..” އެއިވުނީ ސަހީމައްތަގެ އަޑެވެ. އޭނާ މަންމަ ކައިރި ކުޓުވާލި ފަހުން އަހަރެން ސަހީމައްތަ ދެކެ ވަރަށް ފޫހިވެއެވެ. އެއް އިރެއްގަވެސް ސަހީމައްތަ އަކާ އަހަރެން ގަޔައެއް ނުވަމެވެ. އެއީ ވަރަށް ދޭތެރެ ޖައްސާ އަންހެނެކެވެ. އެވަރަށް ކަންތައްތަށް ހޯދާނެއެވެ. އޭނައަށް ނޭނގި މި އަވަށުގަ ކަމެއް ހިނގާކަށް ލާ ހިކެއް ނޫނެވެ. ކިރިޔާ ކަމެއް އިނގިލާ އިރަށް އެންމެން ކައިރި އެވާހަކައެއް ގޮވަމުން ހިނގާނެއެވެ.

މަންމަ އަހަންނަށް އިޝާރާތް ކޮށްލުމުން އަހަރެން ދިޔައީ މަސް ކިލޯ އެއް ބަލައެވެ. މަސް ކިރަން ހުރި އިރު ސަހީމައްތައާ މަންމަ އާ ދެމީހުން ދައްކަމުން ދިޔަ ވާހަކަތަށް އަހަންނަށް އިވުނެވެ. އަތް ދޮވެލައިގެން މަސްކޮތަޅު ހިފައިގެން ނިކުމެ ސަހީމައްތަ އަތަށް ދިއްކޮށްލުމުން އޭނާ ފާޑަކަށް އަހަންނަށް ބަލަން އިނދެ ހީލިއެވެ.

“ހީރާ ތިޔަ ހިތާވެގެން އުޅޭ ޖުނޫމް އެއް ބަންދު ކޮށްގެން ގެންގޮސްފި ފުލުހުން…” ލޯ ކުޑަކޮށްލަމުން ސަހީމައްތަ ބުނެލިއެވެ.

“ކީކޭ..” ބޭއިހްތިޔާރުގަ އަހަންނަށް ބުނެވުނެވެ. ސިހުންވަރުންނާ ލިބުން ހައިރާން ކަމުން ދެލޯ ބޮޑުވިއެވެ. “ކާކު ބުނި އެއްޗެއް..” އެނގެން ބޭނުންވެފަ ހުރިވަރުން އަވަސް އަވަހަށް އަހަރެން އަހާލީމެވެ.

“އާން…ބުނި މީހެއްތަ ބަލަންވީ..މުޅި ރަށު ތެރޭ އެބަ އެހެން ކިޔާ ވިޔަ…މަނިކު ގެ ކައިރި އިން ފަޅުގެ ތެރޭންނޯ އަތުލައިގަތީ..އެމީހުން އެގެން ގުޅޭ އަންހެން ކުދިންތަކާއެކު މަސްތުވެގެން ހޭބަލި ވެފަ ތިއްބާއޯ ގެންދިޔައީ..މި އަޒުރާގެ ދެ މަންޖެވެސް އެބައިގަ ވެއްޖެ..އެވެސް ވައްތަރަކަށް އުޅެ ކުދިންތަކެއް..” ސަހީމައްތަ އަޑަށް ބާރުލާފައި ކިޔަމުންދިޔައެވެ. އެއިން ކޮންމެ ލަފްޒެއް އަހަރެންގެ ހިތަށް ބިރުވެރިކަން ވައްދަމުން ދިޔައެވެ. އެ ބުނާ އަޒުރާގެ ދެކުދިން އަހަރެންވެސް ދަންނަމެވެ. އެއީ ވަރަށް ‘ބަޑި’ ދެކުދިންނެވެ.

ޖުނޫމް އެކަހަލަ ކަމެއްގަ ބެދިދާނެ ކަމަކަށް އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަމެވެ. އަހަންނަށް ހުރެވުނީ ގަބޫލް ކުރަން ދަތިވެފައެވެ. ގަބޫލް ކުރާކަށް އަހަރެން ބޭނުމެއްވެސް ނޫނެވެ. އެހެންވިޔަސް އަހަރެންގެ ލޮލުން ކަރުނަތަށް އޮހޮރިއްޖެއެވެ.

” އައްދޭ..އަލަށްތަ އެސޮރު ޕޮލިސްސްޓޭޝަން އަށް އެގެންދިޔައީ ތި ރޮނީ..ރައްޓެހިވެގެން ތި އުޅޭ އިރުވެސް އެގެއެއްނު އެކަހަލަ މީހެއްކަން..އަބަދު ވެސް އެކަހަލަ ކަންކަމުގަ އެ ޖުނޫމް ޕޮލިސް ސްޓޭޝަން އަށް ގެންދޭ..” އަހަރެން ރޯތަން ފެނުމުން ސަހީމައްތަ ބުނެލިއެވެ.

“މި ހީރާ މި ހުންނަނީ އެޔަކާ ހެދި މޮޔަވެފަ…ގަބޫލެއްވެސް ނުކުރާނެ އެ ޖުނޫމް އަކީ އެކަހަލަ މީހެކޭ މީހަކު ބުންޏަސް…އެހެންވިޔަސް ތެދުވާނީ ތެދަކަށްނު…މަ ގާތަށް ހާދަ ރުޅި އާދޭ..ހިތަށް އަރާ އޭއްޗަކު އަބަދު ބަންދު ކޮށްފަ ބަހައްޓާނަމައޭ..އެކަމު ކޮންމެ ފަހަރަކުވެސް ޕޮލިސްސްޓޭޝަން އަށް ގެންގޮސް ނުވާނެ ގަޑިއިރެއް ދޫކޮށްލާނެ..” ރުޅި އައިސް ރަތްވެފަ މަންމަ ވެސް އަހަންނާ ދިމާލަށް ފަށައިގަތެވެ. އެއިން ކޮންމެ މީހެއްގެ ވާހަކަ އަޑުއަހަން ހުރެވުނީ ބަސް ހުއްޓިފައެވެ. އޭރުވެސް އަހަރެންގެ ދެލޮލުގަ ކަރުނަތަށް ގިނަވެފަ ހުއްޓެވެ. އެމީހުންގެ ވާހަކަތަށް ޖުނޫމް އެތަށް ފަހަރަކު ޕޮލިސްޓޭޝަން އަށް ގެންގޮސްފިކަން ދޭހަވިއެވެ. ނަމަވެސް އެކަން އަހަންނަށް އެނގުނު މީ ފުރަތަމަ ފަހަރެވެ.

އެކި އެކި ސުވާލް ތަކުން އަހަރެންގެ ސިކުނޑި ފުރުނެވެ. އެދައްކަނީ ތެދު ވާހަކައެއް ތޯ ބަލަން ޖުނޫމްއާ ގުޅަން އިންތިހާއަށް ބޭނުންވިއެވެ. އަތުގަ ފޯނެއް އޮތް ނަމައޭ ހާސް ފަހަރު ހިތަށް އެރިއެވެ. ފޯނަކަށް އެހާ ބޭނުންވި ވަގުތު ކޮޅެއް މުޅި ހަޔާތުގައިވެސް ނާދެއެވެ.

ނުލަފާ ހިޔާލް ތަކުން ސިކުނޑި ފުރެން ފެށުމުން ވަރަށް މަސައްކަތުން އަމިއްލަ ހިތަށް ވިސްނައި ދިނީމެވެ. ޖުނޫމް އެހެން ނޫޅޭނެކަމަށް ޔަގީން ކޮށް ހިތްހަމަ ޖައްސާލީމެވެ. ނަމަވެސް ސަހީމައްތަ ދިޔަފަހުންވެސް އަހަންނަށް ހިތްބިރުގަނެ ހުރެވުނީ އެ ހިޔާލްގައެވެ. އިރު އިރު ކޮޅާ ދޮރާ ދިމާލަށް ބަލަން އިނދެވެނީ ނަޝާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަހަލަ ހާލެއްގަ ތެޅެނިކޮށް އެއްފަހަރު ތެޔޮގަނޑަށް އެޅި ކެޔޮތަށް އަހަރެން އަތުން އެނދިއެވެ. އެކަމާ މަންމަ ރުޅި އައިސް ގެން ހަޅޭއް ލެވުމުން އިތުރަށް ހިތުގަ ޖެހި ބޯ ހާސް ވިއެވެ. ފެން ކަޅިވެފަ ތެޔޮ ތާސް ކައިރީ ދަރުތަށް ރަނގަޅު ކުރަން އިންދާ ނަޝާ ގެއަށް ވަތް ތަން ފެނުނެވެ. އަހަންނަށް ކެއް މަދު ވެފަ ހުރި ވަރުން ތެޔޮ ތާސް ވެސް ދޫކޮށްލަފައި އަވަހަށް ނަޝާ ގެ އަތުގަ ހިފައިގެން ގެއަށް ވަދެގެން ދިޔައީ މަންމަ ކައިރީގަ މި އަންނަނީ ކަމަށް ބުނެފައެވެ.

ނަޝާގެ އަތުގަ ހިފައިގެން ކޮޓަރިއަށް ވަދެ ތަޅު ލާފައި ވެގެން އުޅޭ ހުރިހާ ގޮތެއް އަހަރެން ނަޝާއަށް ކިޔާދީނީމެވެ. އަދި އޭނާގެ ފޯނު އަހަންނަށް ކުޑަ ވަގުތު ކޮޅަކަށް ދިނުމަށް އެދި އާދޭސް ކުރީމެވެ. ނަޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ބުނި ގޮތުން ނަމަ އެއީ ހަމަ ޖުނޫމް އުޅެ ގޮތެވެ. އަހަރެން އެވާހަކަތަށް ގަބޫލް ނުކުރާން އުޅެތީ ނަޝާ ހުރީ ވަރަށް ނުރުހުންވެފައެވެ. އޭނާގެ ފޯނުން ޖުނޫމްއާ ވާހަކަ ދައްކަން އަހަންނަށް ފުރުސަތެއް ނުދޭނެ ކަމަށްވެސް ބުންޏެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެންމެންވެސް ޖުނޫމް ކުށް ވެރިކޮށް ވާހަކަ ދައްކާތީއެވެ. ޖުނޫމް އެހެން އުޅެދާނެކަމަށް މި ހީރާ ގަބޫލް ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެން ޖުނޫމްއަށް މިކުރާ އިތުބާރާ މިވާ ލޯބި އެއްވެސް އިންސާނަކަށް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. އަހަންނަށް އެދައްކާ ވާހަކަތަށް ގަބޫލް ކުރެވޭނީ އަހަރެންގެ ލޮލުން ދެކި އަތުން ހިފުނީމައެވެ. އެއީ ތެދު ވާހަކަތަކަކަށް ވެއްޖެނަމަ އަހަރެން ދުނިޔޭން މޮޔަވެ ހިނގައިދާނެކަން ޔަގީނެވެ.

އަހަރެން ރޮވިފައި ހުރެ އަދިވެސް ނަޝާ ގާތުން އާދޭސް ކުރީ ފޯނު ދޭތޯއެވެ. އޭނާ ރުޅި އައިސް ހުރެފަވެސް އެންމެ ފަހުން ފޯނު ދިނެވެ. ގުޅި އިރު ޖުނޫމް ގެ ފޯނު ނިއްވާލާފައި އޮތުމުން އަހަރެންގެ ހިތް ރޯލީއެވެ. މުޅިން މާޔޫސް ވިއެވެ. ހިތުގައި ވީ ބިރުވެރިކަން އެތަށް ގުނައެއް އިތުރުވިއެވެ. ވަގުތުން އަހަންނަށް ރޮވިއްޖެއެވެ. ރޮމުން ނަޝާ ގައިގަ އަހަރެން އޮޅުލައިގަތީމެވެ.

” އެއީ ޖުނޫމް އުޅޭ ގޮތޭ ހީރާ…ޕްލީޒް ގަބޫލް ކޮށްބަލަ…ހީރާއަށް ހެޔޮ އެދޭތީ އަހަރެން މިހެން މިބުނަނީ..އެނގޭ ހީރާ ވަރަށް ދެރަވާނެކަން..އޭނަ އާ ދުރަށް ދާން މަސައްކަތް ކޮށްބަލަ ޕްލީޒް….” ނަޝާ އަހަރެންގެ ބާމަތީގައި ފިރުމަމުން ވިސްނައިދޭ ފަދައަކުން ވާހަކަ ދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ނަޝާ އާ ދުރަށް ޖެހިލާފައި ދެލޯ ފޮހެލަމުން އެނދުގަ އިށީނދެލީމެވެ. އަދިވެސް އަހަރެން ޖުނޫމް އާ ގުޅޭތޯ މަސައްކަތް ކުރީމެވެ. އޭރު ނަޝާ ބޯހޫރާލާފައި ގޮސް ފާހާނާއަށް ވަދެއްޖެއެވެ. ކެނޑިނޭޅި ޖުނޫމްގެ ނަމްބަރަށް ޑައަލް ކޮށްލަކޮށްލަ އިންދާ އެކޮޅުން ރިންގް ވާ އަޑު އިވުމުން ފުންމައިގެން އެނދުން ތެދުވެވުނެވެ. އެކޮޅުން ފޯން ނަގާތޯ ދުއާ  ކޮށްލަ ކޮށްލަ ހުއްޓާ ނަސީބަކުން ޖުނޫމް ހަލޯ އޭ ބުނެލި އަޑު އިވުނެވެ. އެއަޑު އިވުމާއެކު އަހަންނަށް ލޯ މަރާލެވުނީ ހިތަށް ލިބުނު ހިތްހަމަ ޖެހުމަކުންނެވެ. އަހަރެން މީ ހީރާ ކަމަށް ޖުނޫމްއަށް ބުނެދިނީމެވެ. އަދި އަހަންނަށް ލިބިފަ އޮތް ހަބަރު ބުނެދީ ރޯން ފެށީމެވެ. އަހަރެންގެ ވާހަކަތަށް އަޑުއަހާފައި ޖުނޫމް ޖަހައިލީ ހިނި ގަނޑެކެވެ. ޖުނޫމް ބުނީ އޭނަ މިވަގުތު އެހުރީ ގޭގަ ކަމަށްށާ ޕޮލިސްޓޭޝަން އަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެބުނާވަރުގެ ކުށެއް ނުކުރާކަމަށް ބުނެ ޖުނޫމް އަހަންނަށް ޔަގީން ކަން ދިނެވެ.

“ދެން ކީއްވެ ފުލުހުން ގެންދިޔައީ..” ހައިރާން ވެލާފައި އަހަރެން އަހައިލީމެވެ.

“އެ އަސްލު ވީ ގޮތް އެނގޭތަ..އެ ބުނާ ގޭގަ ނަޓޭމެން ތިބީމަ އަހަރެން އެގެއަށް ދިޔައި..ދިޔައިރު އެމީހުން ތިބީ ތިކިޔާދިން ހެން..އެވަގުތު ފުލުހުން އެތަނަށް އައި..އެމީހުން އައި ގަޑީގަ އަހަރެންވެސް އެތާ ހުރީމަ ފުލުހުން އަހަރެން ގެންދިޔައީ..ދެން ތިވަރަށް ހާސްނުވެބަލަ..އަހަރެން މިހާރު މިހުރީ ގޭގައެއްނު..” ވަރަށް ހަމަ ޖެހިލާފައި ޖުނޫމް ބުނެލިއެވެ.

“ދެން ކީއްކުރަންތަ ނަޓޭ މެން ކަހަލަ އެކުވެރިންނާއެކު ތި އުޅެނީ..މީހުން ކިޔާ އެއްޗެއްސުން އަހަރެން ހާދަ ހިތުގަ ޖެހެޔޭ..އެކަހަލަ ގޯސް އެކުވެރިންނާއެކު އުޅެނިކޮށް ކަމެއްގަ ބެދިވެސް ދާނެ..އޭރުން އަހަރެން ކިހާ ދެރަވާނެ..” ވަރަށް ދެރަވެފަ އަހަރެން ބުނީމެވެ. އެކަހަލަ ވިޔާނުދާ އެކުވެރިންނާއެކު އަހަރެންގެ ލޯބިވެރިޔާ އުޅޭކަށް އެއްގޮތަކަށްވެސް އަހަރެން ހިތްހަމައެއް ނުޖެހެއެވެ.

“ހަހަހަހާ….ހީރާ ދައްކާ ވާހަކަ ދޯ…އަހަރެން މީ އެއްވެސް ކަމެއްގަ ބެދޭނެ މީހެއް ނޫން..ލާހިކެއް ނޫން އަހަރެން ހައްޔަރު ކޮށްގެން ޖަލަށް ލާކަށް..އަހަރެން އެކަހަލަ ކަމެއް ކުރިޔަސް އަހަރެންގެ މައްޗަށް ކުށެއް ސާބިތެއް ނުކުރެވޭނެ….އަހަރެން އެއަށް ވުރެ މާ ގަދަ ވާނެ..ފުލުހުން ގެންދިޔާމަވެސް މިހިރީ ގެޔަށް އައި ހެންނު..” ވަރަށް ފަހްރުވެރިކަމާއެކު ޖުނޫމް ބުނެލިއެވެ. ޖުނޫމްގެ ވާހަކަތަށް ހުރި ގޮތުން އަހަރެންގެ ބޮލަށް އުނދަގޫ ވިއެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކަތަކެއް ހުރި ކަމުގައިވިޔަސް ފޯނު ކޯލް ކުރުކޮށްލަން ޖެހުނީ އެއީ ނަޝާގެ ފޯނު ކަމަށް ވީމައެވެ. އެހެންވިޔަސް އަހަރެންގެ ހިތަށް ވަގުތު ތަކެއް ކުރިން ލިބުނު ބިރުވެރިކަން ފިލާގޮސް ވަނީ ހިތްހަމަ ޖެހިފައެވެ. އެއީ ދޮގަކަށް ވީތީ ކިތަންމެ ފަހަރަކު ޝުކުރު އަދާކުރެވުނެވެ. އަބަދުވެސް އަހަންނާ ޖުނޫމްގެ ލޯބީގެ ހަޔާތް ބާއްޖަވެރި ވުމަށް އެދެވުނެވެ.

 

އަހަރެން ގޭ ދޮރުމައްޗަށް ނިކުމެލީ ނަޝާ ނެތީމަ ފޫހިވާތީއެވެ. އުޑު މައްޗަށް ނަޒަރު ހުއްޓާލައިގެން ޖެހޭ ފިނި ރޯޅި ތަކުން ހިތް ހަމަ ޖެހުން ހޯދަން އަހަރެން މަޑުމަޑުން ހުރެލީމެވެ. މިރީތި ރޭގެ އުޑު މަތީގައި ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް ބަލަން ހުރި އިރު އަހަރެންގެ ހިޔާލުގެ ވާފަށް ގުޅިފައިވަނީ ޖުނޫމްއާއެވެ. މިހާރު އަނެއްކާވެސް ޖުނޫމް ނުފެނި އަނގައިން ނުބުނެ ވޭތާ ދެތިން ދުވަސް ވެއްޖެއެވެ.

އެހެން ހުއްޓާ އެއްލުނު ނަޒަރަކުން އަހަރެންގެ ސަމާލުކަން އަތުލައިގަތީ ކުރިމައްޗަށް ހުރި ގެއާ ޖެހިގެން ތިންގޭ ދޫކޮށްފަ ހުރި ގެއެވެ. ފަރުވާވެ އަހަރެން ބަލައިލީމެވެ. އެހެން ރޭރެއާ ހިލާފަށް އެގެ އެވަނީ ދިއްލާފައެވެ. އެގޭގަ މިވަގުތު މީހުން އުޅޭކަން ޔަގީންވިއެވެ. އެއީ ޖުނޫމް ގެ ދޮން ދައްތަ އެއްގެ ގެއެވެ. އެމީހުންނަކީ މާލެގަ އުޅޭ ބަޔަކަށް ވުމުން އެގެ ހުންނަނީ ފަޅަށެވެ. މަދު ފަހަރެއްގަ ޖުނޫމް އޭނާގެ އެކުވެރިންނާއެކު އެގެއަށް އައިސް ހަދައެވެ. މިރޭ އެގޭގެ ތަންތަން ދިއްލާފަ ހުރުމުން ބަޔަކު އުޅެކަން ޔަގީންވިއެވެ. ކޮންމެ އަކަސް އަހަރެން ހުރީ ޖުނޫމް ދެކޭ ހިތުން ކެއްމަދު ވެފައެވެ. އެ ގެއާ ދިމާލަށް އަހަރެން ހިނގައިގަތީ ޖުނޫމް ފެންނާނެ ކަމުގެ އުއްމީދުގައެވެ.

އެ ގޭތެރޭގައި ވަނީ ހިމޭން ކަމެވެ. ނަމަވެސް ބޭރުގަ ޖުނޫމް ގެ ފައިވާން އިނެވެ. ޖެހިލުމެއްނެތި އަހަންނަށް އެގެއަށް ވަންނަން ކެރުނީ އެހެންވެއެވެ. ކޮރިޑޯ ތެރެއިން މަޑުމަޑުން ހިނގާލާފަ ދަނިކޮށް ވައަތް ފަރާތުގަ ހުރި ކޮޓަރިން މަޑު މިއުޒިކެއްގެ އަޑު އިވުނެވެ. އެއީ ލަވައެކެވެ. ޖުނޫމްއަށް އަބަދު ރީތިވެގެން އުޅޭ މާރކް އެންތޮނީގެ ‘ލަވް އިޒް އޯލް’ އެވެ. އެހެންކަމުން އެތެރޭގައި އުޅެނީ ޖުނޫމް ކަން އަހަންނަށް ޔަގީންވިއެވެ. މިފަދަ ގޮތަކަށް ޖުނޫމްއާ ބައްދަލު ކޮށްލަން ލިބުމުން އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރިވިއެވެ. ނަމަވެސް މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލުމުން ފެނުނީ ދުވަހަކުވެސް ފެނިދާނެކަމަށް އުއްމީދު ކުރި މަންޒަރެއް ނޫނެވެ. ލިބުން ސިހުމުގަ ދެލޯ ބޮޑު ވިއިރު ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. އެ ފެނުނު ބިރުވެރި މަންޒަރާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. މި ދުނިޔޭން އަހަރެން އެންމެ އިތުބާރުކޮށް ލޯބިވި އިންސާނާ އަހަންނަށް ބޭވަފާތެރި ވީހެވެ. މަންޒަރު މިއޮތީ ލޯމަތީ ފެންނާށެވެ. އެ ވަގުތު ހިތާ ސިކުނޑިއަށް ވެރިވީ ނަޝާ ޖުނޫމް އޭ ކިޔައިގެން ދައްކާފަ ހުރި ވާހަކަތަކެވެ.

އެދުމަތީގައި ރޯ އޮރިޔާމުން އެތިބީ ޖުނޫމް އާ އޭނާގެ ކަޒިން އެއް ކަމަށް ބުނި ޝާނީ އެވެ. އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. “ޖުނޫމް……” އަޑަށް ލެވުނު ހާ ބާރެއް ލާފައި އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއަޑަށް ސިހިފާ ޖުނޫމް އާ ޝާނީ އަހަންނަށް ބަލައިލިއެވެ.

( ނުނިމޭ )

 

 

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Loolu

Other Articles

Previous

އެލޯބި 8 ވަނަބައި

Next

ނުހައްޤު ލޯބި (10 ވަަނަ ބައި)

Next
September 3, 2016

ނުހައްޤު ލޯބި (10 ވަަނަ ބައި)

Previews
September 2, 2016

އެލޯބި 8 ވަނަބައި

35 Comments

  1. Sabeeha says:
    September 2, 2016 at 5:18 pm

    vv reethi..??

  2. Sherr says:
    September 2, 2016 at 5:19 pm

    Awesome….

  3. reesham says:
    September 2, 2016 at 5:23 pm

    omg…sabee and sherr mihaa avahah kiyaalythrrr…thanksss dhekudhinnahvx

    1. Sherr says:
      September 2, 2016 at 5:26 pm

      Hehe,mi kiyany nehlaafa iny hithah ery comment eh kollaany yey

  4. Mishu says:
    September 2, 2016 at 5:31 pm

    Nice

  5. aik says:
    September 2, 2016 at 5:36 pm

    vv reethi??

  6. miny says:
    September 2, 2016 at 5:38 pm

    Nice

  7. Sinaa says:
    September 2, 2016 at 5:49 pm

    Wow!v reethi??????????????????thigotha upload kodeythi tanxs

    1. reesham says:
      September 2, 2016 at 7:15 pm

      thankuu sinaa thigothahh vaahaka kiyaalaafa comment eh khlaathyvx

  8. Aishath says:
    September 2, 2016 at 6:00 pm

    haadha avahah up kuranee
    happy of that
    vvvvvvvvvvv kamudiya

    1. reesham says:
      September 2, 2016 at 6:03 pm

      hehe..thankss aishath..avahah up kuryma ragalhehnu..kiyun therin beynunvaa gotheh noonthr aee… kameh dhimaanuve ragalhah huryyaa reesham abadhuvx dailyy kh up khdhen

    2. Aishath says:
      September 3, 2016 at 1:21 pm

      Story ge aneh bayah inthizaaru kuraneee.varah reethi.ketheh vx nuvey story ge aneh part ah

  9. Yaalu says:
    September 2, 2016 at 6:54 pm

    Thnx

  10. ? says:
    September 2, 2016 at 6:58 pm

    Hey reesham foakaidhoo tha???? bt aslu rysham eh nun dhw? thi knkujeh tha me vx foakaidhoo ey

    1. reesham says:
      September 2, 2016 at 7:07 pm

      ehnthrr…reesham mee hama foakaidhoo..reeshamge registery innaanyyvx hama foakaidhooga..reesham ge namakyyvx hama mee..bt reesham thirashagu dhiri noolheyythy thi rashu kudhinnah neygidhaane..v bodah thankss reesham ge mivaahaka kiyaalaafa comment eh khlythyy

  11. faathi says:
    September 2, 2016 at 7:03 pm

    Thanks reesham mi bai vara digu mi varu den ok. Vaahaka v nice

    1. reesham says:
      September 2, 2016 at 7:07 pm

      thankss faathii

  12. Appy says:
    September 2, 2016 at 7:20 pm

    Yeah. ..mirashuga ulhey rysham adhi e ee gr7 ga ulhey kuhjeh ehenve ehy sorry …v ufaavehje rashu kuhjakaa dhimaa v ma ..aslu appy ge comment eh ingey e ee …v rythi rysham ge mivaahaka bt neyngunu thy kaakukameh alhe mom gaathu ahaalaanan hehe

    1. reesham says:
      September 2, 2016 at 7:23 pm

      ehnthrr…thankss appyy…appyy dhww…reesham mi hithah eryy kon kujjeh baaeyy comment ekuryy..ya ok..ahaalaathi mom ah egeythww

  13. rose says:
    September 2, 2016 at 7:41 pm

    vr intresting…. superb… ur the best….

  14. Nooo says:
    September 2, 2016 at 7:46 pm

    Wow..its a nicee storyy…mine ge life aa haadha gulheye mi storyy..i love u reesham..u r storys r thr best

  15. A-zeena says:
    September 2, 2016 at 7:47 pm

    Reysham varah reethi mi vaahaka/ comment nukuriyas kiyan kohmeh dhuvahakuves ::::esfiya in vaahaka eh hama update vaa irah kiyaalan

    1. reesham says:
      September 2, 2016 at 7:53 pm

      oh…thanku A-zeena reesham ge mi story kiyaalaafa comment eh khlythy

  16. ainth says:
    September 2, 2016 at 8:00 pm

    Hama heevany Hageegaiy lolah sifa vaahen. Haadha molhey. Vr Vr reethi

  17. ainth says:
    September 2, 2016 at 8:08 pm

    Thee Kaaku kan engey… Ma ves foakaidhoo

  18. Nooo says:
    September 2, 2016 at 8:34 pm

    Heyy..nooo ahvx egihje reesham thy kon kujjeh kan..im also from foakaidhoo..ur brother is my frnd..dhn reesham rashah anna iru hunnaany nurse akah vefa dhww..best of luck reesham..study well..u r a great writer

  19. Shy says:
    September 2, 2016 at 8:41 pm

    Dhn konirakun

  20. Appy says:
    September 3, 2016 at 7:04 am

    Ekam me akah neyngunu e ee kaakukameh ?

  21. mal says:
    September 3, 2016 at 10:41 am

    haadha foakaidhoo kudhin gina eyy

  22. Abhy says:
    September 3, 2016 at 10:53 am

    Noon. Dhw. Aharen fuvahmulah.. ?? mi part ves vvv reethi.. next part kon irakun.? Varah kiyaa hithun mihury..

  23. zees says:
    September 3, 2016 at 12:54 pm

    hey reesham alhe neyguney kaakukameh…. maves foakaidhoo… ekam neygun alhe bunelabala mom or dadge name…..

  24. Aphy says:
    September 3, 2016 at 2:51 pm

    Whn is the nxt part

  25. Reesham says:
    September 3, 2016 at 2:54 pm

    Guyss..dhn inyy fahu part…nw liyamun midhanyy…mireyy hen hyvanyy up khdheveynyy

  26. faathi says:
    September 3, 2016 at 4:26 pm

    Fahu party. OMG haadha avahaka thi nimaali v foohi??????????

    1. Reesham says:
      September 3, 2016 at 4:55 pm

      Alheyy foohithr faathii..aslu mivaahaka feshi iruvx ehaa dhigukh gennaakah reesham gastheh nukurameyy

Comments are closed.

All Right Reserved!