“އައިފާ ޑިސްޗާޖު ކޮށްލިހައި އަވަހަކަށް މެރީ ކުރާނަން.. ބޭނުމެއްނޫން އެއްވެސް ޕާޓީއެއް ބާއްވާކަށް.. ދެޓްސް ނޮޓް އިމްޕޯޓަންޓް. މެރީ ކުރެވުނުހައި އަވަހަކަށް ލަންޑަންއަށް ދާނީ.. އެތަނުން އައިފާގެ އައި ސައިޓް ރަނގަޅު ވުމުން ނޫނީ ދެން އިރާދުކުރެއްވިއްޔާ އެނބުރިއެއް ނާންނާނަން… އައި ވިލް ޓޭކް ކެއާ އޮފް ޔޫ” ލޫތްގެ ބަސްތަކުން އައިފާގެ މަރުވެފައި އޮތް ހިތަށް ދިރުމެއް ލިބުނެވެ. އައިފާ އުފަލުން ލޫތްގެ މޭތެރޭ ބޮނޑިވެގެން އިރު އޭނާ ހުރީ ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް […]
އެންމެ ވަގުތުކޮޅަކަށްވެސް މީރާ އެކަނި ކޮށްނުލާ ކޮންމެވެސް މީހަކު އަބަދުވެސް މީރާ ކައިރީ ހުރެއެވެ. ތާނިޔާ ކޮލެޖަށް ގޮސް އެތަނުގައި ކޮންމެހެން ހޭދަ ކުރަން ޖެހޭ ވަގުތު ފިޔަވާ އިތުރު ވަގުތު މަޑު ނުކޮށް ގެޔަށް އާދެއެވެ. ލައިބްރަރީއަށް ދިޔުން ހުއްޓާލާފައި ފޮތްތައް ހިފައިގެން ގެޔަށް އައިސް ފިލާވަޅުތައް ހަދަން އިންނަނީވެސް މީރާގެ ކޮޓަރީގައެވެ. ރޭގަނޑުވެސް އަމިއްލަ ކޮޓަރިއަށް ނިދަން ދިޔުމުގެ ބަދަލުގައި ނިދަނީ މީރާ ކައިރީއެވެ. އަމިއްލަ ހާލާމެދު މީރާ ޝަކުވާއެއް ނުކުރެއެވެ. ރާހިލް ހޯދާކަށް […]
އަހަރެން ސުކޫލަށްދާއިރު ސުކޫލު ދޮރުމަތިގައި ހުންނަ ފިހާރައެއްގެ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލިފައްޗެއްގައި އޮވެއެވެ. އަދި އަހަރެން ނިމޭގަޑިގައިވެސް ހަމަ އެތަނުގައި އޮވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނެ އަހަރެންގެ ފޮނަށް މެސެޖު ކުރެއެވެ. އެގޮތައް އެކަން ނުކުރުމަށް އަހަރެން ޝާހީންގެ ކިބައިން އެތައްފަހަރަކު އެދުނީމެވެ. ނަމަވެސް އޭނާ އެކަން ހުއްޓާ ނުލުމުން އަހަރެން ފަހުން އެއްވެސް ވަރަކަށް އަޅައެއް ނުލަމެވެ. އޭނާ ފެންނަ ކަމަށްވެސް ނުހަދަމެވެ. އެއްދުވަހެއްގައި ކިޔަވައިދިނުން ނިންމާލުމަށްފަހު އަހަރެމެން […]
ޖުނޫމް ގެ ހިޔާލްތަކުގަ އަހަރެން އެހެން ރޯލަރޯލަ ހުއްޓާ ފަތިސް ނަމާދު ބަންގިވެސް ގޮވައިފިއެވެ. އަހަރެން ފާހަނާއަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރީމެވެ. ފަތިސް ނަމާދު ކޮށް ނިމުމުން އަހަންނަށް ދުއާ ކުރަން އިނދެވުނީ ރޮވިފައެވެ. މި ހިތްދަތި ދިރިއުޅުން ބަދަލްވެ ކަޅުކަން ވެރިވެފައިވާ މިހަޔާތަށް އަލިކަމެއް ވެރިވޭތޯ އަހަރެން އެކަލާނގެ ހަޒްރަތު ގަ ދުއާ ދެންނެވީމެވެ. އެ ހުރިހާކަމަކަށްފަހު ގަޑި ބަލައިލިއިރު ހުރީ ފަހެއް ޖަހާ ބޮޑުވެފައެވެ. ބޮލަށް ބަރުވެފަވާ ވަރުން […]
އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. “ކީއްވެ މިތަނަށް ތި މަޑުކުރީ” އަހަރެން އިންމައާއި ސުވާލު ކުރީމެވެ. ” އޯކަމޯން ނަޔާ……… ނަޔާއަށް ހަމަރަނގަޅަށް އެނގޭނެ ކީއްވެގެންކަން އަހަރެން މިތަނަށް މި މަޑުކުރީ.އެނގޭ ނަޔާއަށް ވަރަށް ލަސްވެއްޖެކަންވެސް…………. އެކަމަކު އަހަރެންގެ އެއްމެ ސުވާލަކަށް ތަފްސީލު ކޮށް ޖަވާބުދީ” އިންމަ އަހަރެންނާއި ދިމާއަށް ބުންޏެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގެއެވެ. އަހަރެން ބޯޖަހާލިމެވެ. އެއްބަސްވުމުގެ ގޮތުންނެވެ. އިތުރުގޮތެއް ނެތީމައެވެ. ” ނަޔާ ކޮބައިތަ މައްސަލައަކީ؟ […]
ނަޝްފާއަށް ކެތް ނުވެގެން އޭނާ އެންމެ ފަހުން އަލަމާރި ވަތްގަނޑުން އެގޭގައި ހެދުން ކަނޑަން ގެންގުޅޭ ބޮޑު ކަތުރު ނެގިއެވެ. އަދި ރުޅިއައިސް ހުރެ ލޯގަނޑު އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. ކަނާއަތުގައި އޮތް ކަތުރު ވާއަތާ ކާއިރި ކުރަމުން ގެންދިއައިރު ހީވަނީ ދެންމެ ދެންމެ ހަރާލަފާނެ ހެއްނެވެ. މަޑުމަޑުން އޭނާ ކަތުރު އޮތް އަތް އަނެއް އަތާ ކައިރި ކުރަމުން ގެންދިއައިރު އޭނާ ދިއައީ ދެބުމަ ގޮށް ޖަހައިގެން ހުރެ މި މަންޒަރު ކުރިމަތީގައި ހުރި […]
މިގަޑީގަ ދެން އަންނާނީވެސް ކާކުބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު ސޯފާ ކައިރީ ހުރި ހަދިޔާ ކޮތަޅު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒުހާއަށް ހަވާލުކުރި ހަދިޔާ ދަޅުތަކެވެ. އެކޮތަޅު ހިފައިގެން ގޮސް ދޮރު ހުޅުވާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “މި ބަހައްޓާފަ ދެވުނީމަދޯ ތިއައީ… ސާބަ….” ދޮރު ހުޅުވާލަމުން ކޮތަޅު ދިއްކޮށްގެން ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި ޒުވާނާ ފެނުމުންނެވެ. އެއީ ހަމުގެކުލަ ދޮން […]
ހިމަ ފޮދު ވާރޭ މިގޮތަށް ވެހެންޏާ އެ ރީތި ސޫރައިގެ ހަނދާންތަކާ އަހަރެން ވަކިވާނި ކިހިނެއް ހެއްޔެވެ. މަޑުމަޑުން ތެދުވެގެންގޮސް އަހަރެން ހުއްޓިލީ ކޮޓަރި ކުޑަދޮރު ކައިރިއަށެވެ. ކާޓޭން ކަހާލަމުން ބިއްލޫރި ދޮރުފަތުގަ އަތް ޖައްސާލީމެވެ. ބިއްލޫރި ގަނޑު ފިނިވެފަ ހުރި އިރު ދުރުން ހިމަ ފޮދުވާރޭގެ ތިކިތަށް ފެނުނީ ފުސް ވެފައިވާ ދެލޮލުން ފަނޑުގޮތަކަށެވެ. އޭރުވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހޮރި އޮހޮރި ހުރީ ވާރޭގެ އެ ތިކިތަށް ފެނުމުން ވަކިނުވެވުނު ހަނދާންތަކެއް […]
އެވަގުތު ޝާލް އަހަރެންގެ އަތުގައި ހިފަހެއްޓިއެވެ. އޭނާގެ ޖީބުން ވަރަށް ލޯބިލޯބި އަނގޮޓިއެއް ނެގިއެވެ.އޭގައި ވަނީ އަހަރެންނަށް އެންމެ ރީތި ކުލަ ކަމުގައިވާ ރަތްކުލައިގެ އެހެއްޖަހާފައެވެ. ” ނަޔާ އަހަރެންގެ ހުރިހާ އުންމީދުތައް މިރޭ ފުނޑުފުނޑުވެއްޖެ. އެނގޭތަ މި އަނގޮޓިއަކީ އަހަރެން މީގެ އެއްއަހަރު ކުރިން މިދުވަހަށް ތައްޔާރުކޮށްފައި އޮތް އެއްޗެއް….. އަހަރެން ނިންމައިގެން ހުރީ ނަޔާގެ ކޯސް ނިމޭ ދުވަހު ނަޔާއަށް ޕްރޮޕޯސް ކުރަން…….އެހާވަރުން ޗުއްޓީނަގައިގެން އަހަރެން މާލެ މިއައީވެސް ……އަހަރެމެންގެ މިލޯބީގައި ހަޤީޤީ […]