Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކި ވީމާ ކަލާ.. މިހަޔާތާ މަގޭ..(2 ވަނަ ބައި..)

Ushaa
September 4, 2016
15 Mins Read
53 Views
27 Comments

ނޯޓް: މިއީ މިވާހަކައިގެ 2 ވަނަ ބައި ކަމުގައިވިޔަސް ލަހުން އަޕް ކުރެވުނީތީ އަޕް ކުރެވިފައިވާނީ 1 ވަނަ ބަޔާއި އެކުގައެވެ. ވާހަކަ އަޕްވުން ލަސް ވިކަމަށްޓަކއި ހުރިހާ ކިޔުންތެރިންނަށް މާފަށް އެދެން… ސޮރީ……..

ދޮން ދޮން މޫނެކެވެ. ހިކިގެން ގޮސް އަރަނޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮއްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް ދިގު ވެފައި ތުނބުޅި މަތިމަސް ބާލައިފައިވުމުން އަންހެން ގޮތެއް ހުރެއެވެ.

ތުވާލި ކޮޅެއްގައި ހުރި މާޝަލް ގަޔަށް ނޫ ކުލައިގެ އަތްދިގު ގަމިހަކާއި ކަޅު ކުލައިގެ ޖިންސެއްލައިގެން ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. ބޮލުގައި ކުޑަކޮށް ‘ސްޕައިކް’ ޖައްސާލާނިއްޔޭ ހިތައި ޖެލް ކޮޅެއް ބޮލުގައި އުނގުޅައި ބޯލަށް ގޮތްގޮތް ހަދަން ފެށިއެވެ. ނަމަވެސް ކަމުދާ ހަމަ އެއްގޮތަކަށްވެސް ‘ސްޕައިކް’ ޖެއްސޭ ގޮތެއް ނުވިއެވެ. ރީތި ގޮތަކަށް ސްޕައިކެއް ޖެއްސުމުގެ ބަދަލުގައި އެމަޑުމަޑު އިސްތަށިކޮޅު ވީ ހަރެވެ. ހުދު އޭނާއަށް ‘ސްޕައިކް’ ޖައްސަން ނުވެސް އެނގެއެވެ.

“ދެން އަނެއްކާ އަހަންނަށް ގަޑި ނުޖެހި ދެވިދާނެތަ؟” ސިކުނޑީގައި އުފެދުނު ސުވާލާއިއެކު މާޝަލް އަތު ކުރީގައި އަޅާފައިވާ ގަޑިއަށް ނަޒަރު ހިންގާލިއެވެ. އަދި ކިރިޔާ 7 ޖެހިއްޔެއެވެ. ގަޑި ނުޖެހޭކަން އެނގުމާއިއެކު ލިބުނު ހިންހަމަ ޖެހުމާއިއެކު ލައިގެން ހުރި ގަމީސް ބާލައި މާޝަލް ފަހަނާއަށް ވަނީ ބޯ ދޮވެލާ ފެން ހިއްކާ ލާންށެވެ.

15 މިނެންޓެއްހާ އިރު ތެރޭގައި ފާހަނައިން ނިކުމެ މާޝަލް އަނެއްކާވެސް ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. އަދި ސްކޫލަށްދާއިރު ބަސްއަހާ ކުދިން ފުނާ އަޅާފަދަ ގޮތަކަށް ފުނާ އަޅާލައި ހިތް ފުރޭ ވަރަށް ގަޔަށް ‘ބޮޑީ ސްޕްރޭ’ ޖަހައިލިއެވެ. އޭނާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

ރަނގަޅަށް ރެޑީ ވެލެވުމާއިއެކު މާޝަލްގެ ނަޒަރު ހުއްޓެން ފެށީ މުޅި ކޮޓަރިއަށްށެވެ. މުޅި ކޮޓަރީގައި ހަރު ކުރެވިފައިވާ ފޮޓޯ ތަކަށްށެވެ. ތަފާތު އެކި ކަހަލަ ހެދުމުގައި ހުރި ހޫރު ޕަރީއެއް ފަދަ އަންހެން ކުއްޖެއްގެ ފޮޓޯ ތަކެކެވެ. ބަލާބެލުމަށް މައުސޫމް މޫނެކެވެ. ގިނައީ މައުސޫމް ހިނިތުންވުމަކާއިއެކު ދޯބައްޓާ ހެދުމުގައި ނަގާފައިވާ ފޮޓޯތަކެވެ. ބުރުގާ އަޅައިގެން ހުރެ ނަގާފައިވާ ފޮޓޯތައްވެސް މަދެއް ނޫނެވެ. ކޮޓަރީގެ 4 ކަނަށް ނަޒަރު ހިންގާލުމަށްފަހު މާޝަލް ހުއްޓެލީ އެހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް ސައިޒުން ބޮޑު ފޮޓޯ ގަނޑެއްގެ ކުރިމަތީގައެވެ. އަދި ވަރަށް ލޯބިން އެފޮޓޯގަނޑުގައި ފިރުމާލުމާއިއެކު އޭނާގެ ދެލޯ ކަރުނުން ތެންމައިލައިފިއެވެ. އުފަލުން ކަމެއްވެސް ދެރަވެގެން ކަމެއްވެސް ދެނެ ވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. ” މީ އިމްޕޮސިބަލް ކަމެއް ނޫން. އަހަރެން މިއަންނަނީ. އަހަރެންގެ ހުވަފެންތަކުގަ ހަގީގީ ކުލައެއް ޖައްސައިދެއްޗޭ. ލީޝާ ” މިހެން ބުނެ މޫނުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތަށް ފޮހެލަމުން މާޝަލް ކޮޓަރިން ނިކުތެވެ.

*******

މުޅި މާހައުލުވަނީ މީރުވަސް ދުވާ ފިނިފެން މަލުން ޒީނަތްތެރި ކުރެވިފައެވެ. ދިއްލިފައިވާ ފަނޑު އަލިން މުޅި މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރޭނިފައިވާ ބޮޑު ސްޓޭޖް މަތި  އެންމެ ފުރިހަމަ ގޮތުގައި ޒީނަތްތެރި ކޮށްފައިވާއިރު އެއީ ވަރަށް ހާއްސަ ދުވަހެއްގައި ވަރަށް ހާއްސަ ފަރާތެއް ހުއްޓިލާނެ ތަނެއްކަން ޔަގީނާއި ގާތެވެ. ސްޓޭޖްގެ މެދުގައި ދިއްލެމުން ދިޔަ ލައިޓް ތަކަކުން ” އީދު އުފާ އެލީ އާއިއެކު” ލިޔެފައިވުމުން އެވަރަށް އެތަން ޒީނަތްތެރި ކޮށްފައި އެވަނީ އީދުގެ އުފާވެރި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންކަން އަންގައިދެއެވެ. މާހައުލުން ދުވަމުން ދިޔަ ފިނިފެންމަލުގެ މީރު ވަހުން އިންސާނުން މަސްތުކޮށްލާވަރުވެއެވެ. މާހައުލު އަތިރި ކައިރިއަށްވެފައި ދިއްލިފައިވާ ސަނދުރަ ވިލޭރޭގެ ފުރިހަމަ ހަނދު އެތަނުގެ ހުރިހާ އުނިކަމެއް ނެތި ކޮށްލައިފިއެވެ. އިވެމުން ދިޔަ ވައިރޯޅީގެ މަޑުމައިތިރި ގުދުރަތީ މިއުޒިކުގެ އަޑުން ހިތަށް ފިނިކަން ގެނެސްދެއެވެ.

ކުއްލިއަކަށް ސްޓޭޖާއި ކުރިމަތިވާ ގޮތަށް އަތުރާފައިވާ ގޮނޑިތައް ފުރެން ފެށިއެވެ.  ކޮންމެ މީހަކުވެސް އެމީހަކަށް ލެވުނު އެންމެ ހެދުމެއްގައި އެމީހަކަށް މޭކަޕް ކުރެވުނު އެންމެ ފުރިހަމަ ކޮށް މޭކަޕް ކޮށްގެން ތިބިއިރު ހީވަނީ ފެޝަން ޝޮވއަކަށް ތައްޔާރުވެގެން ތިބި ހެންނެވެ. ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ހަރު މީހުންނެވެ. ގިނައީ ޒުވާނުންނެވެ.

ކޮންމެ މީހަކުވެސް ބެލީ އެންމެ ކުރިން ޖާގައެއް ލިބޭތޯއެވެ. އެހުރިހާ އެންމެންގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް އެންމެ ކުރިން ކޮނޑިއެއް ލިބޭތޯ ހިނގައިގަތް މާޝަލް ވެއްޓުނީ އެހެން މީހަކު އޭނާ ކޮއްޕާލާ ވައްޓާލުމުންނެވެ. ވެއްޓުނު ގޮތުން އޭނާގެ ފަން އިސްތަށިކޮޅު ނިއްކުރި މައްޗަށް ވެއްޓުމުން ރީތި ކޮށްލަމުން އޭނާ އިސްއުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރީ ބޯ ބުޅި ޒުވާނެކެވެ. އެޒުވާނާގެ ކަންފަތުގަޔާއި އަތުގައި އެކިކަހަލަ އެއްޗެހި އަޅާ ލޯ ކައިރި ކަޅުވެފައި ހުރުމުން ބޮޑަށް ވައްތަރީ “ޕާޓޭ” އަކާއެވެ.

” ޕިސް. ޕިސް. ޕިސް މާޝަލް.  އޯ ސޮރީ. އައި ހޭވް ޓު ކޯލް ޔޫ މާޝީ މާޝް އޯރ ވަޓް އެބައުޓް މާޝޫ. އަންހެން ވިޔަސް ދެން ބޮޑުވަރު. ނަން ވެސް އެހާ އަންހެން. ކިތަންމެ ކުރިއަކު އިށީންދެގެން އިނަސް އެލީގެ ނަޒަރަކު ކަލޯއެއް ނުޖެހޭނެ. އެއީ ރާއްޖޭގެ މަޝްހޫރް ފިލްމް ސަޓަރއެއް. ދެން ކަލޭ ތީ…. ތިކަހަލަ.. ހެހެހެ ތިކަހަލަ އަންހެން ދޮޅަޔަކަށް ކޮންކަމެއްތަ ވާނީ؟ ކަލޯ ރަނގަޅުވާނީ އަމިއްލަ އަމަޔަށް ކާންދޭން އޮތިއްޔާ.” އެޒުވާނާ މާޝަލްއާއި ދިމާލަށް މަލާމަތް ކުރާ ފާޑަކަށް ބުނެލިއެވެ. މާޝަލް އެއީ މާ ބޮޑު ކަމަކަށް ނަހަދާ ފަހަތަށް  ފިޔަވަޅު އަޅަން ފެށިއެވެ. އެވަރަށް މީހަކު އެއްޗެހި ކީއިރުވެސް އޭނާގެ ހިތަށް ހަމަ އެކައްޗެކޭވެސް ނާރަނީ ހެއްޔެވެ؟ އޭނާގެ އޮންނަނީ ހިތެއްގެ ބަދަލުގައި ހަރު ހިލަ ގަނޑެއް ހެއްޔެވެ؟ އެހެން ފިރިހެން ކުއްޖެއްނަމަ މިހާރު ރުޅި އައިސްގެން މާރާމާރީއެއް ހިންގާފާނެއެވެ. އަދި އަމުދުން މަންމަޔާއި ބެހުމުން ފިރިހެން ކުދިން އިންތިހާއަށް ރުޅި އަންނާނެއެވެ. މާޝަލް ހާދަ ކެތްގަދައެވެ.

” ހުރިހާ ކުދިންނަށްވެސް އީދު މުބާރިކް. ކޮބާ ހުރިހާ ކުދިން ކިހިނެއް؟ ” ހުރިހާ އެންމެން ގޮނޑިގައި އިށީނދެ ހަމަ ޖެހިލުމުން ނިޔާޒް ސްޓޭޖް މައްޗަށް އަރާ އަހައިލިއެވެ.

” އެލީ. އެލީ. އެލީ. ” ނިޔާޒް ދެއްކި އެއްވެސް ވާހަކަޔަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދީ މުޅި ‘އޯޑިއެންސް’ އެކީގައި ގޮވާލިއެވެ. ” އޯކޭ. އޯކޭ. އަޅުގަނޑު މިތާ ހުއްޓިގެން ހުރެގެން ވަގުތުތައް ބޭކާރު ކުރާކަށް ނެތިން. ހުރިހާ ބޭފުޅުންވެސް އެންމެ ދެކޭ ހިތްވާ މޫނު ސާރާ އަލީޝާ އަށް ސްޓޭޖް ހަވާލުކޮށްލަން. ސާރާ އަލީޝާ. އަހަރެމެންގެ އެލީ.” ވަރަށް ފޯރިއާއި ޖޯޝްގައި މިހެން ބުނެލަމުން ނިޔާޒް ގޮއްސިއެވެ. އެހިނދު ހުރިހާ ބޮކިތައް ނިއްވިގެން ދިޔައެވެ. އެހިނދުވެސް ހަމަ ކޮންމެ މީހެއްގެވެސް ދުލުން ބޭރުވަމުން ދިޔައީ ހަމަ އެންމެ ބަހެކެވެ. ” އެލީ. އެލީ.”

ކުއްލިއަކަށް ލައިޓްތައް ދިއްލިގެން ގޮސް ސްޓޭޖްގައި ހުއްޓޭލީ ބުރުސޫރަވެރި ކަމުގެ ލާމަސީލު މިސާލެކެވެ. ރީތީގެ ރާނީއެކެވެ. ކަކުލާއި ހަމައަށް އަރާ ރަތް ކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖެކެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކެއް ޖައްސައިލާފާ ވުމުން އެރީތި ތުންފަތް ބޮޑަށް ފާޅުވެއެވެ. ލޮލުގައި އަޅާފައިވާ މަސްކަރާގެ ސަބަބުން އެބާރުގަދަ ދެލޯ އިތުރަށް ބާރުގަދަ ވެގެންދެއެވެ. ލޮލުގައި ކާތާފައިވާ މޭކަފުގެ ވިދުން އުޑުގައި ވިދަވިދަ ހުރި ތަރިތަކަށްވުރެ ވިދުންގަދައެވެ. އެދޮން އަލި މޫނު ސަނދުރަވިލޭރޭގެ ހަނދަށްވުރެ އަލިގަދައެވެ. ހަށިގަނޑުގެ ހުރިހާ ވަނާތަކެއް ހާމަވާހާ ގަޔަށް ބާރު ހެދުމެއްގައި ހުރިއިރު އެއަންހެން ކުއްޖާގެ ކޮނޑުގެ ބޮޑު ބައެއްވެސް ފާޅުވާން ހުއްޓެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ދުނިޔޭގެ ރާނީ ކަމަށް ދައުވާ ކޮށްފިނަމަ އެމަގާމް ލިބޭނެކަންވެސް ކަށަވަރެވެ.

ހަމަދެލޮލުން އަލީޝާ ފެނުމާއިއެކު ހުރިހާ އެންމެންގެ އަނގަތައް ހުޅުވެގެން ދިޔައެވެ. އެތައް ފިރިހެން ކުއްޖެއްގެ ހިތް ކަތިލައިފިއެވެ. މާޝަލްއަށްވެސް އަލީޝާގެ އެރީތި މޫނަށް ބަލައްހައްޓައިގެން ހުރެވުނީ އެދެލޮލަށް ގެބެން ބޭނުން ވެފައެވެ. ނަމަވެސް އަލީޝާގެ ހެދުން އެޅުމުގެ ވައްޓާފާޅި ހުރި ގޮތުން ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. އެއީ ފިލްމް ތަކުގައި އަލީޝާ ހުންނަ ސިފައެއް ނޫނެވެ. އަލީޝާ ކުޅޭ ކޮންމެ ފިލްމެއްގައިވެސް އޭނާގެ މޫނު މައުސޫމެވެ. ހަށިގަނޑުގެ ބޮޑުބައެއް ނިވާ ކުރެއެވެ. މާޝަލްގެ ލޮލުގައި އަލީޝާ އަޅާއިގަތީ އެފަދަ ފިލްމް ތަކުންނެވެ. ނަމަވެސް ދުވަހަކުވެސް އަލީޝާފަދަ ރީތި އަންހެން ކުއްޖެއްގެ ލޮލުގައި އޭނާ އަޅައިގަންނާނެ ހެއްޔެވެ؟

މިފަހަރު ހަމަ ދެލޮލުން އޭނާއަށް މިފެނުނީ އެހެން އަލީޝާއެކެވެ. ކޮންމެ ހެނެއް ވިޔަސް ހެވެވެ. އަލީޝާވާނީ ހަމަ އަލީޝާއަށްށެވެ. މާޝަލްއަށް އަމިއްލަ ދުނިޔެއިން ނިކުމެވުނީ އިވިގެން ދިޔަ ލަވައަކަށް އަލީޝާ ނަށަން ފެށުމުންނެވެ. އަނެއްކާވެސް ސަމާލުކަން ދެވުނީ އަލީޝާގެ ފަރި ހަރަކާތްތަކަށްށެވެ.

އަލީޝާގެ އެތައް ހަރަކާތަކާއިއެކު ޝޯވ ނިމިގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ގަޑިން 1 ޖަހަނީކަމުގައި ވިޔަސް ހުރިހާ އެންމެންގެ ނިދި ފިލައިފިއެވެ. އެހައި ގާބިލްކަން އަލީޝާއަށް ލިބިފައިވެއެވެ. ” ވީ ވޯންޓް އޮޓޯގްރާފް. ޕްލީޒް އޮޓޯގްރާފް.” ޝޯވ ނިމެނީކަމުގައި ސްޓޭޖް މައްޗަށް އަރާ މީހަކު ގޮވައިލުމުން މިލައިގެން ދިޔަ މޫނާއިއެކު މުޅި ‘އޯޑިއެންސް’ އެކީގައި ގޮވަން ފެށިއެވެ.

****

” އަޅޭ. މިރަށު ކުދިންވެސްދޯ. އަގު ބޮޑު ލާރިއަށް މާލެއިން މަޝްހޫރު މީހުން ގެންނަނީ. އެކަމްވެސް އަބަދު ގޮވާނީ އެއްކަމެއް ކޮށްފަ އަނެއްކަމެއް ކުރަން. ކިހިނެއްތަ ހަދާނީވެސް؟” ބެކް ސްޓޭޖްގައި ހުރެ ނިޔާޒް ކަން ބޮޑުވަމުން ދިޔައީ ސަޕޯޓަރުން އަލީޝާގެ އޮޓޯގްރާފަކަށް އެދެމުން ދިއުމުންނެވެ. އަލީޝާއަކީވެސް އިންސާނެއް ނޫން ހެއްޔެވެ؟ އޭނާވެސް ވަރު ބަލި ވާނެ ނޫން ހެއްޔެވެ؟ ނިޔާޒް މިހެން ބުނިއިރު ތަންކޮޅެއް ދުރުގައި ހުރި އަލީޝާއަށް އަޑު އިވުނު ކަމެއް ނިޔާޒަކަށް ނުވެސް އެނގެޔެވެ.

” ތީ އެއްވެސް ކަމެއް ނޫނެއްނު. އަގު ބޮޑު ލާރިއަށް އަހަރެން ގެނައީ. އެހެން ވީރު ހަމަ ކުޑަ ކުޑަ އެއްޗެއް ދައްކާލާފަ އޮޓޯގްރާފެއް ނުދެވެންވީ ކީއްވެ؟ ” ދަހިވެތި ގޮތަކަށް އަލީޝާ ބުނި އިރު އޭނާގެ މޫނު މަތިން ބޮޑާކަން ފެންނަމުން ދިޔައެވެ. ” ކިހާ ވަރެއްތޯ؟” ބެކް ސްޓޭޖާއި ހަރަކާތްތަށް ކުރިއަށްދާ ސްޓޭޖް ވަކި ކޮށްލުމަށްޓަކައި ދަމާފައިވާ ފަރުދާއެއް ކުޑަ ކުޑަ ކޮށް  ހިއްލާލައި ވަގުވަގުން ބަލައިލަމުން ނިޔާޒް އަހައިލިއެވެ. ” 5 ހާސް ރުފިޔާ . އެއީ މިތާގަ ތިބި ހުރިހާ އެންމެންނަށް ވެއްޖިއްޔާ. އަހަރެންގެ އެންމެ އޮޓޯގްރާފެއްގެ އަގަކީވެސް މާލޭގަ 30 ހަކަށް ރުފިޔާ. ސެލްފީއެއްނަމަ 50 ރުފިޔާ. ސޯ މިރަށުން އަގު ބޮޑު ވާން ޖެހޭނެ. ބިކޯޒް އައި ކޭން ކަމް ހިއާ މޭބީ ވަންސް އިން މައި ލައިފް. އެހެންމާ އިފް ޔޫ ވޮންނަ ޕޭ ފޯރ ދެމް އިޓްސް 5000 އެމީހުން ޕޭ ކުރަންޔާ 35އަށް އޮޓޯގްރާފަކާ 55 ސެލްފީއެއް. އެންޑް ވަން މޯ ތިންގ. ހިތަށް އަރާނެދޯ އަހަރެން ވަރަށް ސެލްފިޝްއޭ. ދުވަހަކުވެސް ސަޕޯޓަރުންނަށް ދެވޭ ހަދިޔާއެއްގެ ގޮތުގަވެސް އޮޓޯގްރާފެއް އަދި ސެލްފީއެއް ނުދެޔޭ. ޔާ އައި އެމް. ބޭކާރު ގޮތުގަ އަމިއްލަ ވަގުތުތައް ހޭދަކުރާކަށް ބޭނުމެއް ނޫން. އަދި އެއްވެސް މީހަކަށްޓަކައި އިހުސާންތެރި ވުމަކީވެސް އަހަރެންގެ އާދައެއް ނޫން. ސޯ އަވަހަށް ބުނޭ އޮޓޯގްރާފް ބޭނުމިއްޔާ. ބިކޯޒް އައި ވޮންނަ މޫވް ފްރޮމް ހިއާ އެސް ސޫން އެސް ޕޮސިބަލް. ދެން ނިޔާޒް މިތާ ހުރި ގިޓާ ކަހަލަ އެއްޗެހި އެތެރެއަށް ވައްދާ ތަންޑުލާފަ އަހަރެން ފުރުމުގެ ކުރިން ދިޔައްޔާ އަހަންނަށް ރަނގަޅީ. އަހަރެންގެ ލޯންޗް އަންނާނެ ވަރަށް އަވަހަށް.” ބޮޑާކަމުން ފުރިގެންވާ ހިތުގެ ވެރިޔާ ނިޔާޒްއާއި ދިމާލަށް މިހެން ބުނަމުން ނިކުމެގެން ދިޔައެވެ.

ނިޔާޒް އެންމެ ފުރަތަމަވެސް ވީ ހައިރާނެވެ. އަލީޝާއަކީ އެހާ ބޮޑާ މީހެއް ކަން އޭނާ ނުދަނެއެވެ. އަލީޝާ އޭނާގެ މޮޅު ހުނަރު ދައްކާ މީހުންގެ ލޮލުގައި އަޅުވަނީ ކޮންފަދަ އަނދުނެއް ހެއްޔެވެ؟ މިއޮތީވާ ވަރުގަދަ އަލީޝާ އެކެވެ. ނިޔާޒަކީ އެރަށު ކައުންސިލަރު ކަމުންނާއި އެރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެހުމަށްޓަކައި ހޭބޯ ނާރާ މަސައްކަތް ކުރާ ވެރިއެއް ކަމުން މިފަހަރު އީދު ކުޅި ވަރުގައި އަލީޝާ ހިމަނަން ބޭނުން ވީއެވެ. މިފަހަކަށް އައިސް އަލީޝާގެ މަޝްހޫރުކަމުގެ ވާހަކަ މުޅި ރާއްޖޭގައިވެސް ފެތުރެމުން ދާތީއެވެ.  ނަމަވެސް  މިކަމަށްޓަކައި އޭނާގެ ޖީބުން ދާހާ ރުފިޔާއެއް ދެނެވޮޑިގެންވާނީ ހަމަ އެކަނި ﷲއެވެ. މިހާތަނަށްވެސް އެއަތޮޅުގެ އެކިރަށްރަށުން މީހުން ގެނައުމާއި އަލީޝާގެ ހަރަދަށް އޭނާގެ އަތުން 25 ހާހަކަށް ރުފިޔާ ގޮއްސިއެވެ. އެންމެކުޑަމިނުން އަލީޝާ އައުމަށް އެއްބަސްވީވެސް 8 ހާސް ރުފިޔާ ދީގެންނެވެ. އަނެއްކާ މިހާރު އަލީޝާ އެއެދެނީ 5 ހާސް ރުފިޔާ ދިނުމަށްށެވެ. އޭނާއަކީ ރުފިޔާ އަޅާ ގަހެއް ނޫނެވެ.

މާބޮޑު ވިސްނުމަކާއިނުލާ ނިޔާޒް ސްޓޭޖް މައްޗަށް އަރާ އިއްވާލީ ސަޕޯޓަރުން ބޭނުން ނަމަ އެމީހެއްގެ ފައިސާއިން އޮޓޯގްރާފް ހޯދުމަށްށެވެ. އަދި އެކަމަށް ހޭދަވާ ފައިސާއާއި އޮޓޯގްރާފް ބޭނުންވާ މީހުން ކަނާއަތް ފަރާތު ސްޓޭޖުން އަރާ ވާއަތް ފަރާތް ސްޓޭޖް ފޭބުމަށް އެންގިއެވެ. ހަމަ މިހެން ބުނުމާއިއެކު ސްޓޭޖާއި ވީ ފަޅިން ބޮޑު ކިއުއެއް އުފެދިއްޖެއެވެ. ލާރި ދީގެންވެސް އަލީޝާގެ އޮޓޯގްރާފަކަށް އެދޭމީހުން ގިނައީއެވެ.

ހުރިހާ އެންމެން ކިއުއަށް އަރާ ހަމަ ވުމާއިއެކު މާޝަލްއަށް ވޮލެޓް ނަގާ 35 ރުފިޔާ އޮތްތޯ ހާވަން ފެށުނެވެ. ފުރަތަމަ ފަހަރަށް ވޮލެޓްގެ އެކި ބައިތައް ބަލަން ފެށުނެވެ. އޭނާ އަތުގައި އޮތީ އެންމެ 20 ރުފިޔާއެވެ. މާޝަލްގެ މޫނު މިލައިގެން ދިޔައެވެ. ދެން އަލީޝާގެ އޮޓޯގްރާފެއްވެސް ނުލިބޭނެ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއިއެކުވެސް އަނެއްކާވެސް މާޝަލް އޭނާގެ ވޮލެޓް ހާވަން ފެށިއެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފުލުންނެވެ. ނެތް އެއްޗެއް ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ފެންނާނެ ހެއްޔެވެ؟

މާޝަލްގެ މިލައިގެން ގޮސްފައިވާ މޫނުގައި ހިނިތުންވުމެއް ކުރެހުނީ ކުއްލިއަކަށްށެވެ. އޭނާ އަތް ކޮށްޕާލީ ލައިގެން ހުރި ޖިންސުގެ ފަހަތު ޖީބުގެ ކަނާތް ފަރާތަށްށެވެ. އަދި އަތް ނެގީ ވަކި ރުފިޔާގެ 6 ރުފިޔާއާއި އެކުއެވެ. އަދި ހަމަ ވާތް ފަރާތު ޖީބަށް އަތް ކޮށްޕާލާފައި ވަކި ރުފިޔާގެ 9 ރުފިޔާވެސް ނެގިއެވެ. ފުޅާ ހިނިތުންވުމަކާއިއެކު ކިއުއާއި ދިމާލަށް ދުއްވައިގަތެވެ. އޭނާއަށް ކިއު އިން  ޖާގަ ލިބުނީވެސް އެންމެ ފަހަތުންނެވެ. އެހެނަސް ހެވެވެ.

ކެތްމަދު ކަމާއިއެކު މާޝަލް ކިއުގައި ހުރިއިރު އޭނާގެ ހިތް އޭގެ އެންމެ  ބާރު މިނުގައި ތެޅެން ފެށިއެވެ. އޭނާ ކުރިމަތިލާން އެއުޅެނީ މިއޮއް ހުރިހާ ދުވަހު އިންތިޒާރު ކުރި ފަރާތާއިއެވެ. ކިއު ކުޑަވަމުން ގޮސް އެންމެ ފަހު މީހާއާއި ޖެހިއްޖެއެވެ. އެންމެ ފަހު މީހަކަށް ހުރީ މާޝަލްއެވެ. ކޮންމެ މީހަކުވެސް އޮޓޯގްރާފާއިއެކު ގެޔަށް ދިއުމުން އެތާގައި ތިބީ އަލީޝާއާއި މާޝަލްގެ އިތުރުން ދެތިން މީހެކެވެ.

މޫނުގައި ކުރެހެލި ފުރިހަމަ ހިނިތުން ވުމާއިއެކު މާޝަލްއަށް ބޭއިހްތިޔާރުގައި ބަލައިލެވުނީ އަލީޝާގެ މޫނަށްށެވެ. އަލީޝާވެސް އާދައިގެ ގޮތަކަށް ހީލިއެވެ. ސުބްޙާނަﷲއެވެ. ކޮންފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އެހައި ރީތި ކުދިންވެސް ދުނިޔޭގައި އުޅޭ ހެއްޔެވެ؟ މާޝަލްއަށް ކަޅިޖަހައި ނުލާ ބަލަން ހުރެވުނެވެ.

” ކޮބާ؟ ގަނޑަކަށްތަ އޮޓޯގްރާފް ދޭންވީ؟ އެހެންނޫނީ ސެލްފީ؟” މާޝަލްއަށް ހަމަހޭވީ އަލީޝާ އޭނާގެ ތޫލި އަޑުން މިހެން ބުނެލުމުންނެވެ. މާޝަލް އަތް ދައްކާލަމުން އަތަށް ދޭށޭ ބުނެލިއެވެ. ” ބުނަންތަ އަސްލު އަހަރެން ވާހަކައެއް؟ އަތަށް ދީފިއްޔާ ފިލާނެ މާދަމާ އިރު އަރާއިރަށް؟ ޑޫ ޔޫ ހޭވް އެނީ ޕޭޕާ؟ އޯ މިހާރުގަ ފޯންގަވެސް ހުރޭ ބައެއް އެޕްތައް.” މަޑުމައިތިރި ކަމާއިއެކު އަލީޝާ ބުނެލިއެވެ. ” އަތުން ފިލިޔަސް ހިތުން ފިލާނެތަ؟” ނުވިސްނާހުރެ މާޝަލްއަށް މިހެން ބުނެވުނު ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ. އެއީ އޭނާ ބުނި އެއްޗެއް ނޫނެވެ. އެތެރޭގައި ފިލާ އޮވެ އޭނާގެ ހިތް ބޭރުކޮށްލި ބަހެކެވެ.

” ވަޓް؟” އަލީޝާއަށް އެހެން އަހައިލެވުނީ އާންމު ގޮތެއްގައި އޭނާގެ ދިވާނާގައި ޖެހިފައިވާ ކުދިންނަށް ރައްދެއްގެ ގޮތުގައި އޭނާ ބޭނުން ކުރާ ބަހަކީ އެއީ ކަމުންނެވެ. ” މިބުނީ އެލީ އެއްފަހަރު ޖަހައިދިނީމަ ހިތުން ދަސްވާނެޔޭ. ” މައުލޫއު ބަދަލް ކޮށްލަމުން މާޝަލް މިހެން ބުނުމާއިއެކު އަލީޝާ “އެޒް ޔޫ ވިޝް” އޭ ބުނެ އަތުގައި އޮތް ގަލަމުގެ ދޯރި ނަގައިލިއެވެ.

ކުއްލިއަކަށް މާޝަލް ސިހިގެން ދިޔައީ އޭނާގެ އަތުގައި އޮތް ރުފިޔާތައް ނުވިސްނާ ހުއްޓާ މީހަކު އަތުލުމުންނެވެ. އިސްއުފުލާލައި އެމީހެއްގެ މޫނު ފެނުމާއިއެކު މާޝަލްގެ މޫނުމަތިން ހާމަވާން ފެށީ ބިރުވެރި ކަމެވެ. ކުރިމަތީގައި ހުއްޓިލައިގެން އެހުރީ މިރޭގައި އޭނާ އެންމެ ކުރީބަރިން ގޮނޑި ހޯދަން އުޅެނިކޮށް އޭނާ ވައްޓައިލި ޒުވާނާއެވެ. އަލީޝާ އެޒުވާނާގެ މޫނަށްށާއި މާޝަލްގެ މޫނަށް ބަލަން ފެށީ ވާނުވާ ނޭނގޭ ހާލުގައެވެ.

” ޕްލީޒް. ދީބަލަ އެލާރި. އަހަރެން ގެޔަށް ގޮއްސަ ދޭނަމޭ އެޔަށް ވުރެ ގިނައިން.” އެޒުވާނާޔާއި ތަންކޮޅެއް ކައިރިއަށް ޖެހިލަމުން މާޝަލް އާދޭސް ކުރިއެވެ. ” ހެހެހެ ކަލޭ އެހެންނޫނަސް ޖެހޭނީ މަށަށް މަބުނި ވަރަކަށް ލާރި ދޭން. މަށަށް ދޭންޖެހޭ ލާރިން އެންމެ 35 ރުފިޔާވެސް އުނިވާކަށް ބޭނުމެއްނު ނޫނޭ ޕާޓު.” މަލާމާތުގެ ރާގަކަށް އެޒުވާނާ އެހެން ބުނުމުން މާޝަލް ކުޑަކޮށް ލަދުވެސް ގަތެވެ.

” އައި ތިންކް ބޭޑް ލަކް ދިސް ޓައިމް. މާފްކުރޭ. އެކަމް ބޭކާރު ކުރާކަށް އަހަރެން އަތަކު ވަގުތެއް ނެތް.” މިހެން ބުނަމުން އަލީޝާ ހިނގައިގަތުމާއިއެކު މާޝަލް ނުތަނަވަސް ވާނެ ފެށިއެވެ.

” ނޫން. ތިހެން ނަހަދާ. އެލީ ބަލަން ހުއްޓައެއްނު އޭނާ އެލާރި އަތުލީ. އެއީ ހަމަ އަހަރެންގެ ލާރިއެއްނު. ޕްލީޒް. މިފަހަރު އޮޓޯގްރާފެއް ދީ. އަހަރެން ފަހުން ލާރި ދައްކާ ގޮތަށް. ” މާޝަލް އާދޭސް ކުރަން ފެށިއެވެ.

” ބުނަން ވާހަކައެއް. އައި ޑޯންޓް ކެއާ. ތީ ހަމަ ތިމީހެއްގެ އަމިއްލަ ކަމެއް. އަހަރެންގެ ގަވައިދުތަކަކީ އެއްވެސް މީހަކަށް މުގުރާލެވޭނެ ކަންތައްތަކެއް ނޫން. ތީ ފިރިހެނެއް. އަހަންނަށް ހީވަނީ ތީ ފިރިހެނެއް ވެއްޖިއްޔާ އަމިއްލަ އެއްޗިހި އެހެން މީހުންގެ އަތުން އަތުލެވެން ވާނެހެން. އަދި އެއްވާހަކައެއް. މިރޭގެ ފަހުން ކަލޭ އަހަރެންނާ މުހާތަބް ކުރާނީ އެލީ މެޑަމް ކިޔައިގެން.” ބާރު ހިނގުމެއްގައި ޖެޓީއާއި ދިމާލަށް ހިނގަމުން އަލީޝާ ބުންޏެވެ.

” އޯކޭ. އެލީ މެޑަމް. ޕްލީޒް. އެކަމް މީ އިންސާފެއް ނޫނެއްނު. މިކަމުގަ އަހަރެންގެ ކުށެއް ނެތެއްނު. ޕްލީޒް.” އަލީޝާގެ ފަސްފަހަތުން މާޝަލް ދިޔައީ އާދޭސް ކުރަމުންނެވެ. ” އަމް ސޮރީ ބަޓް… އަހަންނަށް ހީވަނީ ތީ ފިރިހެނެއް ނޫން ހެން. މީހަކު ތިބާގެ އެއްޗެއް އަތުލީމަވެސް އަތުލަން ނޭނގޭ.” ތަނެއްގައި މަޑުޖެހިލަމުން އަލީޝާ ބުންޏެވެ.

” އޭ އެލީ. އޭނަޔަކީ މަންމަގެ ބަނޑުގަ އޮތް އިރު އަންހެނަކަށް ވާން އުޅެފަ ނުވެވުނު މީހެއް. އޭނާގެ ވާހަކަ ނުދައްކާ.” މާޝަލްއާއި މަލާމަތް ކުރަމުން ދިޔަ ޒުވާނާ މިހެން ބުނުމުން މާޝަލްގެ ހިތުގައި ދުވަހަކުވެސް ނުޖެހޭ ވަރަށް ޖެހުނެވެ. އުމުރުން 24 އަހަރު ވީއިރު ކޮންމެ ދުވަހަކުވެސް އޭނާގެ ކަންފަތުން އެބަސްތައް އަޑުއަހައެވެ. އެހެނަސް މިއަދު އަލީޝާގެ ކުރިމަތީގައި އެބަސްތައް އަޑުއަހަން ޖެހުމުން ވަރަށް ދެރަވިއެވެ. ހަމަ އެހާ ލަދުވެސް ގަތެވެ. އަދި އަމުދުން އަލިޝާ ” ވަޓް އެވާ” އޭ ބުނެ އެޒުވާނާއާއި ބައިވެރިވުމުން އިތުރަށް ހިތުގައި ޖެހުނެވެ. މާޝަލްއަކަށް އިތުރަށް އެތާނގައި ހުރުމުގެ ހިތްވަރެއް ނުލިބުނެވެ. އޮޓޯގްރާފްއާކައި އޮޓޯގްރާފެއް ދޫކޮށްފައި އޭނާ މިސްރާބު ޖެހީ ގެޔަށް ދިއުމަށްށެވެ.

” ދޫކުރޭ އަހަރެން ގައިން. އެނގޭތަ މީ ކާކުކަން؟ އަހަރެން މީ އެލީ. ސާރާ އަލީޝާ. ކަލޭ އަހަންނަށް ކަމެއް ކޮށްފިއްޔާ ޖަލަށް ލާނީވެސް.”

” އަހަންނަށް އެނގޭޔޭ ތިކަންވެސް. އެހެންނޫނަސް މިކުރަން އުޅެނީ އެލީއަށް އާ ކަމެއްވެސް ނޫނެއްނު. ގައިމު ފިރިހެނުންނާ ނުލާހިކު ގާތް މީހެއް ތީ. އެކަމް ޖަލަށް ލެވޭނީ ވީ ކަމެއް ވެނިމުނީ މައެއްނު. ކަލޯ ރީތި ކުއްޖާ. މަށަށް މިއަދު ލިބެނީ. ތިޔަ ރީތިކަމުގެ ހިއްސާއަކަށް މިއަދު އަހަރެން ވާނެ.”

މާޝަލް ވަކި ހިސާބަކަށް ދެވުނު އިރަށް އަޑުތަކެއް އިވެން ފެށިއެވެ. ނަމަވެސް އެއަޑުތަކަށް ބީރު ކަންފަތަށް ދެމުން އޭނާ ހިނގައިގަތީ ހިތުގެ ޖެހިފައިވާލެއް ބޮޑު ކަމުންނެވެ.

” ޕްލީޒް. ހެލްޕް. ކޮންމެސް މީހެއް އެހީ ވެދީ. އޮޓޯގްރާފް ބޭނުންވާ ކުއްޖާ. ޕްލީޒް ހެލްޕް މީ.” މާޝަލްއަށް ހާސްވެފައި ހުރެ ފަހަތަށް ބަލައިލެވުނީ އަލީޝާގެ އާދޭހުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އޭނާ ވަގުތުން ފުރަގަހަށް އެނބުރުނު އިރު ފެނުނު މަންޒަރުން ނޭވާވެސް ކުޑަ ހިނދު ކޮޅަކަށް ހުއްޓުނު ކަހަލައެވެ.

އޭރު ޝައިތޯނީ ހިނިތުންވުމަކާއިއެކު ޒުވާނާ މަސައްކަތް ކުރަމުން ދިޔައީ އަލީޝާއާއި ގާތްވުމަށްށެވެ. އަލީޝާ ފަހަތަށް ޖެހެޖެހެމުން ގޮސް ރުކެއްގައި ޖެހުމާއިއެކު ޒުވާނާ އަލީޝާގެ އަތުގައި ހިފާ އޭނާ ކުރަން ބޭނުންވާ ކަމެއް ގަދަކަމުން ކުރުމަށްޓަކައި މަސައްކަތްކުރެއެވެ. ގަދަހަދާލާފައި އަލީޝާ އާދޭސް ކުރަމުން ދިޔައިރު އެއާދޭހުގެ އަޑަކީ މާމުހިއްމު އަޑެއްކަމުގައި ޒުވާނާ ނުދެކެއެވެ. އޭރު އަލީޝާގެ ލޮލުން ކަރުނަ ނުހިލެއެވެ.

” އޮޓޯގްރާފް ބޭނުން ވެގެން އުޅޭ ކުއްޖާ. ހެޔޮނުވާނެ އަހަރެން ސަލާމަތް ކޮށްދީ. އައި ޕްރޮމިސް އަހަރެން ސަލާމަތް ކޮށްދީފިއްޔާ ބޭނުން ވަރަކަށް އޮޓޯގްރާފް ދޭނަން. އެންޑް ސެލްފީވެސް. އެއްވެސް އެއްޗަކާ ނުލާ. އުހުން. ސެލްފީ ކީއްކުރަން ބޭނުން އެއްޗެއް ދޭނަން. ޕްލީޒް.” އަނެއްކާވެސް މާޝަލްއާއި ދިމާލަށް އަލީޝާ އާދޭސް ކުރަން ފެށިއެވެ. ނަން ނޭނގޭތީ ” އޮޓޯގްރާފް ބޭނުންވެގެން އުޅޭ ކުއްޖާ.” އޭ ކިޔައި ގޮވާލިޔަސް އޭނާގެ އާދޭސް ރައްދުވަމުން ދިޔައީ މާޝަލްއަށްށެވެ.

މާޝަލް ބޮލުގައި އަތްކާތާލިއެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެޒުވާނާގެ ކުރިމަތީގައި “ޗުއްޕު’ވެސް ބުނެލެވޭހާ ހިތްވަރެއް މިއަދާއި ހަމައަށްވެސް އޭނާއަށް ލިބިފައެއް ނުވެއެވެ. އެޒުވާނާ ހެދިގޮތަކަށް ކެތްކޮށްގެން މާޝަލް އުޅެމުން ދިޔައީ އެއްވެސް ޝަކުވާޔަކާއި ނުލައެވެ. ނަމަވެސް މިއަދު.. މިއަދު އަންހެން ކުއްޖެއްގެ ދިރިއުޅުން އޭނާގެ ކުރިމަތީގައި ހަލާކުވެގެން ދާއިރު އޭނާއަށް އެއްޗެކޭ ނުބުނެ ހުރެވޭނެ ހެއްޔެވެ؟ އަނެއްކޮޅުން އެއީ ހަމައެކަނި އަންހެން ކުއްޖެއްވެސް ނޫނެވެ. އެއީ އެންމެންގެ ގަދރާއި ލޯބި ލިބެމުންދާ ސާރާ އަލީޝާއެވެ. މިގޮތަށް ކަންތައް ވެއްޖެނަމަ އެގަދަރާއި ލޯބި ގެއްލިގެން ދާކަށް މާ ގިނަ ދުވަހެއް ނުވާނެއެވެ.

” ޕްލީޒް. އޭނަޔަށް އެހެން ނަހަދަބަލަ. ތީ ވަރަށް ގޯސްކަމެކޭ. ބުނި ވަރަކަށް ފައިސާވެސް ދޭނަން. ބުނި ވަރަކަށް. އެކަމްވެސް ޕްލީޒް. ތިހެން ނަހަދަބަލަ. އަހަރެން ވަރަށް ރީތި ކޮށެއްނު މިބުނީ. އެކަމް ގަބޫލް ނުކުރަންޏާ…” މިހާހިސާބަސް ބުނެވުނު އިރަށް މާޝަލްއަށް ހުއްޓުން އަރާފައި ހުރެވުނީ އޭނާއަށް ކުރެވޭނެ ކަމެއް އެބަ އޮތްތޯ ވިސްނާލުމަށްށެވެ.

” ކޮން ކަމެއް ކަލޭއަށް ކުރެވޭނީ؟ އަންހެން ދޮޅަ ގަނޑު. މީ ދަންވަރޭ. ކަލޯ މިތާކު ނެތް އިތުރު މީހަކުވެސް. މިތަންގަނޑުގަ އެއްވެސް ގެޔެއްވެސް ނުހުންނާނެ. ދެން ކަލޯ އަތު އޮންނާނީ ނޮކިޔާ ބައްތި ފޯނެއް. އޭގަވެސް ނީންނާނެ މީހަކަށް ގުޅޭނެ ނަންބަރެއް. ހަމައެކަނި އަހަރެންގެ ނަންބަރާއި ޕޮލިސް ނަމްބަރ އިންނާނީ. ހެހެހެ. ދެން ޕޮލިހަށް ގުޅާ. އެކަމް ހަނދާން ކުރާތި މިރަށުގަ ޕޮލިހުން ނޫޅޭކަން. މިއަތޮޅުގަވެސް ޕޮލިހުން އުޅޭނީ އެންމެ ރަށަކު. ދެން އެމީހުން އަންނަން ވާއިރަށް ހުންނާނީ ހުރިހާ ކަމެއް ނިމިފަ. ” ޒުވާނާ ބުނި އެއްޗަކާއިމެދު މާޝަލްއަށް ވިސްނާލަން މަޖްބޫރުވިއެވެ. އޭނާ އެބުނީ ތެދެކެވެ. މިވަގުތު އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮތީ މީހުން އުޅޭ ހިސާބަށްގޮސް އެހީއަކަށް އެދުން އެކަންޏެވެ. ދެން މާޝަލްއަށް ބަލައިލެވުނީ ގިސްލަމުން ދިޔަ އަލީޝާއާއި ދިމާލަށްށެވެ. އަލީޝާ އެހާލުގައި ވަނިކޮށް އެކަނިކޮށްފައި ދާން އޭނާއަށް ކެރިދާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ އެހެން ގޮތެއް ހޯދާންށެވެ.

މާޝަލްގެ ފައި މަޑުމަޑުން ހަރާކާތް ކުރަންފެށިއެވެ. އޭނާގެ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އަދި އަލީޝާއާއި ޒުވާނާގެ ކުރިމަތީގައި ހުއްޓެލެވުނީ އިސްޖަހައިވެސް ނުލައެވެ. އޭރުވެސް ޒުވާނާ އަލީޝާއާއި ކައިރި ވަމުންދިޔައެވެ. މާޝަލްގެ އަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. ނަމަވެސް ހަމަ އެހާވަރަށް ތުރު ތުރުވެސް ލަމުން ދިޔައެވެ. ހީވާ ކަހަލައެވެ. އޭނާ ކުރަން އެއުޅެނީ ވަރަށް ބިރުވެރިކަމެކެވެ. އާނއެކެވެ. ޖެހިލުންވެފައި ހުރެ ނަމަވެސް އޭނާ އެޒުވާނާގެ އަތް ދުރު ކޮށްލިއެވެ. ޒުވާނާ ނުވިސްނާ ހުރުމުން ވަރަށް ފަސޭހައިން އެކަން ވެއްޖެއެވެ. ސަލާމަތްވާން ތެޅެމުން ދިޔަ އަލީޝާ ވަގުތުން ދުއްވައިގަތީ ވަގުތުގެ ބޭނުން ހިފާ ލަމުންނެވެ.

ޒުވާނާ އޭނާގެ މަގްސަދު ހާސިލް ނުވުމުން ރުޅި އައިސް ރަތްވިއެވެ. ނަމަވެސް ހަމަ ދެވަނަ ސުކުންތުގައި ހަރަކާތް ކޮށްލީ އަލީޝާގެ ފަހަތުން ދުއްވައިގަތުމުގެ ނިޔަތުގައެވެ. އެކަންވެސް މާޝަލްއާއި ހެދި ވީ ނާކާމިޔާބީއެވެ. މާޝަލް ބިރުން ހުރެނަމަވެސް ޒުވާނާގެ ގަމީހުގެ ގިރުވާނުގައި ހިފާލީއެވެ. މިފަހަރު އަލީޝާ އޭނާގެ އަތު ޖެހޭ ވަރަށް ވުރެ ދުރުވެއްޖެކަން ޔަގީންވުމުން ޒުވާނާ މާޝަލްއާއި ދިމާލަށް ބަލައިލީ ނަފްރަތުން ފުރިގެންވާ ނަޒަރަކުންނެވެ.

” ކަލޭޔާ ހެދި މަގޭ އަތުން އެއަންހެން ކުއްޖާ އެގެއްލުނީ. ކުރިންވެސް މިއަށްވުރެ ބޮޑު ކުށް ކުރަން އަހަރެން. ގައިމު ދުވަހަކުވެސް އަހަރެން ކުރާ އެއްވެސް ކަމަކަށް ދެކޮޅުވެސް ހަދަން ނުކެރޭ ކަލޭއަށް. ދެން މިއަދު.. ކޮން އާ ބާރެއް ލިބިގެން ތިއުޅޭނީ؟ ކާކު ކަލޭއަށް ނަސޭހަތް ދީގެން ތިއުޅެނީ؟” މާޝަލްގެ ކޮނޑުގައި ހިފައި ބާރަށް ތަޅުވަމުން ޒުވާނާ އަހަމުން ދިޔައެވެ. މާޝަލް ހަމަ އެކައްޗެކޭވެސް ނުބުނެއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ މިރޭގައި އޭނާއަށް ބާރު ލިބުނު ގޮތް ހުދު އޭނާއަށްވެސް ނޭނގެއެވެ.

” އޯ. އަހަރެން ހަނދާން ނެތުނިއްޔޭ ކަލޯ ތީ އަންހެން ދޮޅައެއްކަން. މިފަހަރު މަގޭއަތުން ބޮޑު ބޮނޑިއެއް ބޯންޖެހޭނީ ކަލޭ.” މިހެން ބުނަމުން ޒުވާނާ އޭނާގެ ގަމީހުގެ އަތް އަރުވާލަމުން މާޝަލްއާއި ދިމާލަށް ހިނގައިގަތް އިރު ހީވަނީ މާޝަލް ކުދިކުދިކޮށް ކައިލާން ހިނގައިގަތް ހެންނެވެ. މާޝަލް ބިރުން ގޮސް ހީބިހި ނަގަން ފެށިއެވެ.

****

އަނދިރި ގަނޑު ތެރޭގައި ފަހަތަށް ބަލަމުން ދުވަމުން ދިޔަ އަލީޝާއަށް މަޑުޖެހިލެވުނީ ދިގު ރާސްތާއަކަށްފަހު ގެޔެއް ފެނުމުންނެވެ. މިފަދަ ބިރުވެރިކަމަކާއި އޭނާ ކުރިމަތިލާ މިއީ ފުރަތަމަ ފަހަރެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެއް ކަމަކު ހިތް ނުތަނަވަސްވާން ފަށައިފިއެވެ. އަމިއްލަ ނަފްސު ސަލާމަތް ވެވުނެއް ކަމަކު ” އޮޓޯގްރާފް ބޯއީ” އަށް ވީގޮތެއް އޭނާއަކަށް ނޭނގެއެވެ. ނޫނެކެވެ. އޭނާއަށް މިވިސްނެނީ މާ ބޮޑަށްށެވެ. އެހެން މީހުންނަށް ވާނެ ގޮތަކާއިމެދު ވިސްނުމަކީ އޭނާ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވެދެވެން އޮތް އެހީއެއް ވިޔަސް އެހެން އިންސާނުންނާއިމެދު ވިސްނުމަކީ އޭނާ ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިހެން ހިތަށް އަރުވާލަމުން ކުރިމަތިން ފެންނަން ހުރި ގޭގައި އަލީޝާ ޓަކިދިނެވެ. އަދި ބާރަކަށް ” ހެޔޮނުވާނޭ. ހުޅުވާށޭ.” ގޮވަން ފެށިއެވެ. ނަސީބަކުން މާ ގިނަ އިރުތަކެއް ނުވެ އެތެރެއިން އަންހެނަކު ދޮރު ހުޅުވާލިއެވެ. އޭރުގައި މައި ނޭވާލެވެމުން ދިޔަ އަލީޝާ ފެނިފައި އެމީހާ ހައިރާންވިއެވެ. އަދި ވީ ކީއްތޯ އަހައި ސުވާލު ކޮށްލީ އެތެރެއަށް ވަންނަން ދައުވަތު ދެމުންނެވެ. ނަމަވެސް އަލީޝާ “ވަރަށް އެމަރޖެންސީ”އޭ ބުނުމުން އެމީހާ ތައްޔާރު ވެލީ އަލީޝާ ދައްކަން އުޅޭ ވާހަކަ އަޑު އަހާލުމަށްށެވެ. އެމީހާގެ ފަހަތުން މުންޑު އަނދެގެން ހުރި ފިރިހެނެއްވެސް ނިކުތީ އެވަގުތުއެވެ.

****

އަނިޔާވެރި ޒުވާނާގެ ކޮންމެ ހަމަލާޔަކަށް ކެތްކުރަމުން ދިޔަ މާޝަލްގެ ދުލުން ބޭރުވަމުން ދިޔައީ މަޑުމަޑު ‘އާހް”ކެވެ. މިއީ އޭނާއަށް އައު އަނިޔާތަކެއް ނޫނެވެ. މިފަދަ އެތައް އަނިޔާތަކަކަށް އެހެން ފަހަރު ފަހަރު އޭނާ ކެތްކުރެއެވެ. ނަމަވެސް މިފަހަރު ކެތްކުރުންވެސް ވެފައިވަނީ ދަތި ކަމަކަށްށެވެ. އޭނާ ބައެއް ފަހަރު އެޒުވާނާގެ ކައިރިން ސަލަމާތްވުމަށްޓަކައި ހަރަކާތްކޮށްލައެވެ. ނަމަވެސް ދެވަނަ ސުކުންތުގައި ބިރުން ތެޅެގަނެވެނީއެވެ. ގަތްފައިވާ ބިރާއި ވަމުންދިޔަ ތަދަށް ކެތްކުރަން ކިތަންމެ އުނދަގުލަސް އެނޫން ގޮތެއް ނެތެވެ.

” ކަލޭ މިއަދު ހުރެ ރަނގަޅަށް ސުވަރުގެޔަށް ނޫނީ ނަރަކައަށް ފޮނުވާލާނަން. މިރޭ މަށާ ދެކޮޅަށް މާ ގަދަވެލީ މަ ކަލޭ ގައިގަ ނުޖަހައިގެންނެއްނު. ހިތުން މީ މާމޮޅު ހީރޯ އެއް. އެކަމް އަސްލު… އަންހެން ދޮޅަގަނޑު.” ބާރަކަށް ދަތްކުޑި ވިކާލަމުން އެޒުވާނާ މުއްކަވާލެވިފައިވާ އަތް އިތުރަށް ފިއްތާލައި ބާރު ކޮށްލިއެވެ. އަދި މާޝަލްގެ ކޮލުގައި ޖަހައިލި ބޮނޑިއާއި ލޭތަށް އޮހޮރިގެން ދިޔައެވެ. އެއަޑުވެސް މުޅި ތަނުގައި ގުގުމަން ފަށައިފިއެވެ.

މާޝަލްގެ ހަރަކާތްތައް ހުއްޓިގެން ދިޔައީ ކުއްލިއަކަށްށެވެ. އެއްވެސް ހަރަކާތަކާއި ނުލައި އޮތް އިރު ހީވަނީ މަރުވެފައިވާ މައްޔިތެއް ހެންނެވެ.

އަލީޝާއާއި އޭނާއާއިއެކު އައި އަންހެން މީހާއަށް އެމަންޒަރު ބަލަން ހުއްޓުން އަރާފައި ހުރެވުނީ ލިބުނު ބޮޑު ސިހުމުގެ ސަބަބުންނެވެ. ހުރިހާ އެންމެންގެ ނަޒަރު ޒުވާނާއާއި ދިމާލަށް ދަތުރުކުރަން ފެށުމުން އޭނާއަށް ކުރެވުނު ކުށް ކުޑަ ހިނދު ކޮޅަކަށްވެސް ހިތުގައި އާލާ ވާން ފެށިއެވެ. އަދި އެތައް ފަހަރަކު އަމިއްލަ އަތަށް ބެލެން ފެށީ ކުށް ވެރިޔަކު ފަދައިންނެވެ. އަނެއްކާ މާޝަލް މަރުވީ ހެއްޔެވެ؟

” ކަލޭ ތީ ހާދަ ހަޔާތް ކުޑަ ލަދު ކުޑަ ފިރިހެނެކޭ ދޯ ލުފްޝާން. ލަދު ހަޔާތް އަރުއްވައިގަނެފަ ތޯއްޗެއް. އެނގޭތަ ތިކުރެވުނު ކަމެއް؟ އާދޭ! އަވަހަށް އާދޭ! އަހަރެންވެސް މަރާލާ. މިހިރަ އަންހެން ކުއްޖާވެސް މަރާލާ. އޭރުން ކަލޯ ފިރިހެނަކަށް ވާނީ.” އަލީޝާއާއިއެކު އައި ދެމަފިރިންގެ ތެރެއިން ސަކީނާ ހަޅޭއްލަވައިގަތެވެ. ލުފްޝާން އިސްޖަހައިލިއެވެ. ކުރެވުނު ކުށް އެނގުނު ފަދައެވެ. އޭގެ ދެވަނަ ސުކުންތުގައި ފެނުނީ ލުފްޝާން އައިސް މާޝަލް ވެއްޓިފައި އޮތް ދިމާ ބިންމަތީގައި އިށީނދެލި މަންޒަރެވެ.

” އޭ.. ކަލޭ މަކަރު ޖަހައިގެން ދޯ ތި އޮތީ. މަށަށް އެނގެޔޭ ކަލޭ އަދި މަރެއް ނުވާނެކަން. ކަލޭ ތިއުޅެނީ މަ ޖަލަށް ލާން ވެގެން. ހަމަ މިހާރު ތެދުވޭ. ތިއުޅެނީ މިއެންމެން ތެރޭގަ މަ ލަދު ގަންނަނުވަން. މަށަށް އެނގެޔޭ ތީ ބޮޑު މަކަރު ބޮލެއް ކަން. ނުލަފާ މީހާ. މަކަރު ބޯ. ހަމަ މިހާރު ތެދުވޭ. އެހެންނޫނީ….” ލުފްޝާން އަދިވެސް ބެލީ މާޝަލްއަށް އަނިޔާއެއް ދެވޭތޯއެވެ. މާޝަލްގެ އެއްވެސް ހަރަކާތެއް ނުވާ މަސްގަނޑު ގުޑުވަމުން ދިޔައިރު އެހިތުގައި ކުޑަވެސް ރަހުމެއް ނެތެވެ.

” އަދިވެސް ބަލަނީ އޭނަގެ ގައިގަ ތެޅޭތޯ ދޯ. މީނަ ގޮވައިގެން ހޮސްޕިޓަލަށް ދާން ހިނގާބަލަ. ނޭނގެ މަރު ނުވާ ކަމެއްވެސް. ނޭވާ ލާތޯ ބެލިންތަ؟ އަހަރެން އެބަ ގުޅަން ކައުސިލަރަށް. ފޯނު ނަގާނެ ކަމެއްވެސް ނޭނގެ.” ސަކީނާގެ ފިރި ހުސޭނުވެސް ބުންޏެވެ.

” ނޫޅެން ބަލާކަށް. މަށަށް އެނގެޔޭ އޭނަ އެމަސައްކަތް ކުރަނީ ޑްރާމާ ކުޅެން ކަން. ވަރަށް ފޫހި. މަށެއް ނޫޅެން ކޮންމެހެން ހޮސްޕިޓަލަށް ގެންދާކަށްވެސް. ” މިހެން ބުނަމުން ލުފްޝާން ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ.

” ދެން ކިހިނެއް އަހަރެމެން ހަދާނީ. ހުސޭންވެސް ފިސާރި ބަލި މީހެއް އެއީ. އޭނާއަށް ނުވެސް އުފުލޭނެ އަދި އަމުދުން ފިރިހެން ކުއްޖެއް. މަންޖެއަށްވެސް ކެރުނީ އަހަރެމެން ކަހަލަ މުސްކުޅި ގެއެއްގަ ޓަކި ތަޅަން ވިއްޔަ.” ހުސޭން ފޯނެއްގައި ހުރި މަންޒަރު ބަލަން ހުރެފައި ސަކީނާ މިހެން ބުނިއިރު މޫނުމަތިން ހާމަވަމުން ދިޔައީ މާޔޫސްކަމެވެ.

އެއްފަހަރު މާޝަލްގެ މޫނަށް އަނެއްފަހަރު ހުސޭންގެ މޫނަށް އަލީޝާ ބަލައިލިއެވެ. އަދި ނުލާހިކު ފުންކޮށް ވިސްނާލިއެވެ. ކޮންމެ ހެނެއް ވިޔަސް އެފިރިހެން ކުއްޖާ އެހާލުގައި ޖެހުނީ އޭނާގެ ސަބަބުންނެވެ. އޭނާ ސަލާމަތް ކުރަން ހަދައިގެންނެވެ. ކަން މިހެން ވީއިއިރު މާޝަލް މަރުވާއިރުވެސް އެއްވެސް ކަމެއް ނުކޮށް އޭނާ ހުންނަން ވީ ހެއްޔެވެ؟

އަލީޝާއަށް ފެނުނީ ތަންކޮޅެއް ދުރުގައި އޮތް ބަރޮލެކެވެ. ސިކުނޑިއަށް އައި މޮޅު ހިޔާލަކާއިއެކު އަލިޝާ ދުވެފައި ދިޔައީ ބަރޮލާއި ދިމާލަށްށެވެ. އަދި ބަރޯ ދުއްވާލަމުން މާޝަލްގެ ކައިރީގައި މަޑު ކޮށްލައިގެން ހުރީ މާޝަލް އުފުއްލާނެ ގޮތަކާއިމެދު ވިސްނާލަންށެވެ.

” ދަރިފުޅާ. ދަރިފުޅާ. ނޫން.” އަލީޝާގެ ހަރަކާތްތަށް މަޑު ޖެހިލީ ފޮރޮޅުލީ ގޮނޑިއެއްގައި އިށީނދެގެން އިން އަންހެނެއް އެގޮނޑި ބާރަކަށް ދުއްވަމުން އަންނަ މަންޒަރު ފެނުމުންނެވެ. އަދި ހަމަ އެއަންހެން މީހާގެ ފަހަތުގައި ހުއްޓިލައިގެން ހުރި ނިޔާޒްވެސް އޭނާއަށް ފެނުނެވެ. ނިޔާޒް އަލީޝާއާއި ދިމާލަށް ބަލައިލީ ވައްކަމެއް ފަޅާ އެރި ފަދަ ގޮތަކަށްށެވެ. އެހިނދު ގަނޑުވެފައި ހުރެވުނީ މިރޭގައި އޭނާއަށް ނިޔާޒާއި ދިމާލަށް ބުނެވުނު ބަސްތައް ކަންފަތުގައި ގުގުމަމުން ދިއުމުންނެވެ. ކޮންމެ ފަހަރަކު ސްޓޭޖް މައްޗަށް އަރާ އޭނާ ބުނާ ބަސްތައް ހަނދާން ވުމުންނެވެ. އޭނާއަކީ އެއްވެސް މީހަކަށްޓަކައި އިހްސާންތެރިވާ މީހެއް ނޫން ކަމެވެ. އޭނާއަކީ ބޮޑާ މީހެއް ކަމެވެ. އަދި އެއްވެސް މީހަކަށްޓަކައި އެއްވެސް ވަރެއްގެ އެހީއެއް ވެދިނުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމެވެ. ނަމަވެސް މިރޭގައި އޭނާގެ ހަޔާތުގައި މިހިނގަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ އޭނާގެ އަމަލްތައް އާދަޔާ ހިލާފްވެއްޖެއެވެ. ނޫނެކެވެ. ހަމަ އެންމެ ރެއެއްގެ ސަބަބުން އަލީޝާ އޭނާގެ މުޅި “ކެރިއަރ”އަށް ބުރު އަރާނެ ކަހަލަ ކަމެއް ނުކުރާނެއެވެ. އޭނާގެ އުންމީދުތައް ފުނޑު ފުނޑު ނުކޮށްލާނެއެވެ. މިހާރުވެސް އިންސާނަކަށްޓަކައި އޭނާއަށް ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެއެވެ. ދެން ނިމުނީއެވެ.

އަލިޝާއަށް އަމިއްލަ ދުނިޔެއިން ނިކުމެވުނީ އެމްބިއުލެންސްގެ އަޑު ފަށްގަނޑުގެ ސަބަބުންނެވެ. އެވަގުތު ރަށުގެ ފަޅު ތެރެއަށް ވެއްދި ލޯންޗުގެ އަޑުވެސް އޭނާއަށް އިވުނެވެ. އޭނާ އެއްފަހަރު މާޝަލްއާއި އޭނާ ވަށައިގެން ތިބި މީހުންނަށް އަދި އަނެއްފަހަރު ލޯންޗާއި ދިމާލަށް ބަލައިލިއެވެ. އޭނާއަށް ދެން ކަންތައް ކުރަންވީ ގޮތް އެނގުނު ފަދައެވެ.  އަލިޝާ އަވސް ފިޔަވަޅު ތަކެއްގައި ގޮސް ލޯންޗަށް އެރިއެވެ. އޭރުވެސް މާޝަލްގެ ކައިރީގައި ހުރި 40ހަކަށް އަހަރުގެ އަންހެން މީހާގެ ރުއިމުގެ އަޑު ވަރަށް ބާރެވެ. އަލީޝާ އެކަންތައްތަކާއި މެދު ވިސްނާލުމެއް ނެތި ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ލޯންޗަށް އަރާ ސީޓެއްގައި އިށީނދެލައި ލޯ މަރައިލިއެވެ.

*****

” މައި ގޯރޑް. ތޭންކް ގޯރޑް. ހީ އިޒް އަލައިވް.” އެމްބިއުލެންސް ތެރެއަށް އަރާ ހަމަޖެހިލަމުން ޑޮކްޓަރ މާޝަލް ނޭވާ ލާތޯ ބަލައިލާފައި ބުންޏެވެ.

” ކީކޭ؟ މަގޭ ދަރި މަރުވިއްޔޭ؟ ނޫންންން.” މުފީދާ ރޮއިގަތެވެ. ތަންކޮޅެއް ދުރުގައި ހުރި މާޝަލްގެ މަންމަ މުފީދާއަށް އެބަސްތައް އަޑު އިވުނީ އެހެން ގޮތަކަށްށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާއަކަށް އިނގެރޭސިއެއް ނޭނގެއެވެ. އަލީޝާއަށް އަޑު އިވުނީ މުފީދާގެ ބަސްތަކެވެ. އެހިނދު މާޝަލް މަރުވީކަން ލޯމަރާލައިގެން އޮތް އަލީޝާއަށް ނަގައިގަނެވުނެވެ.

” އެލީ މޭމް. މޭމް. މޭމް.” އަލީޝާއަށް ދެލޯ ހުޅުވާލެވުނީ މީހަކު ގޮވާ އަޑަށްށެވެ. ބަލައިލިއިރު ލޯންޗް ދުއްވަން ހުރި މީހާގެ އިތުރަށް ހުރި ފަޅުވެރިއެއް އޭނާއަށް ގޮވަނީއެވެ.

” ވަޓް؟” ތަދުވަމުން ދިޔަ ބޮލުގައި އަތްއަޅާލައިގެން ހުރެ ފަރުވާ ކުޑަ ގޮތަކަށް އަލީޝާ އަހައިލިއެވެ.

” މޭމް. އެރަށު މީހުން އެއުޅެނީ މީހަކަށް ވަރަށް ގެއްލުން ލިބިގެން ކަންނޭނގެ. އަޅުގަނޑުވެސް މީ މިރަށު މީހެއް. ދެން….” މިހާ ހިސާބަށް ބުނެފައި އެމީހާ އިސްޖަހައިލީ އަލީޝާ ހަޅޭއް ލަވައިގަތުމުންނެވެ. “ދެން އަހަންނަށް ކީއްތަ؟ ކަލޭ މިރަށު ސޮރެއް ވީމަ ހުރިހާ ކަމަކަށް އަތް ބާނަން ވޭތަ؟ އެއީ ކަލޯ ބައްޕަތަ؟ ނޫނީ ދޮންބައްޕަތަ؟ މިޔޮއް ރަށަކަށް އައި ފަހުން އެއްވެސް ކަމެއް ރަނގަޅަކަށް ނުވޭ. އެންމެ އެކަށީގެންވާ ސާވިސެއް އަހަންނަކަށް ނުލިބޭ. ނޭނގެ ދެން. އެހެންނޫނަސް އެނގޭތަ ކަލޭމެން ލަސްވީމަ މަށަށް ވީވަރު.؟ ކަލޭމެން ބޮޑީގާރޑުން މަށާ އެކީގަ ނައީމާ ވީވަރު. އެންމެ ފަހަރަކުވެސް ހިތަކަށް ނާރައޭ ދޯ އަހަންނަކީ ކާކުކަމެއް؟ ވަޒީފާއިން ކަނޑާލަންވީ ކަންނޭނގެ. އެއްވެސް ކަމަކަށް ފަރުވައެއް ނުބަހައްޓާ. ކަލޭމެންނަށް ރަނގަޅުވާނީ ލާރި ދީފަ ގޭގަ ބޭއްވީމަ. ” އައިސްފައިވާ ރުޅިގަނޑު އަލީޝާ ބޭލީ އެފިރިހެން މީހާއަށްށެވެ. ” މޭމް. އެއީ ކުޑަކޮށް ލަސްވީ މޫސުން ގޯސްވީމަ. އެހެންނޫނަސް މޭމް ބުނުއްވީމެއް ނޫން ތޯ ބޮޑީގާރޑުން މިދަތުރުގަ ގެންދަން ބޭނުން ނޫން ވާހަކަ…” އިސްޖަހައިލައިގެން ހުރެ އެމީހާ ބުނި އެއްވެސް އެއްޗެއްގެ އެއްވެސް އަގެއް ނެތެވެ. “ޖަސްޓް ޝަޓް އަޕް.” އެމީހާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލާ މިހެން ބުނަމުން އަލިޝާ އަނެއްކާވެސް ދެލޯ މަރައި އޮށޯއްވެލީ ބޮލަށް އަރާފައިވާ ތަދު ފިލުވާލުމުގެ ނިޔަތުގައެވެ.

*****

މަރުކަޒުގައި އާދައިގެ ވަރަކަށް މީހުންތައް ހޭލަމޭލަވަމުން ދިޔައެވެ. ނަމަވެސް އަޑު ބާރުވެފައިވަނީ މުފީދާގެ ކުކުރުމުގެ އަޑުންނެވެ. ވޯޑްގައި މާޝަލް އޮތްއިރު އެހީތެރިއަކަށް ހުރީ މުފީދާ އެކަންޏެވެ. ހީވާ ކަހަލައެވެ. މިދުނިޔޭގައި މާޝަލްގެ ހުރި ހަމައެކަނި އިންސާނަކީ އެއީއެވެ.

މުފީދާ ރޮމުން ދިޔައިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަޑު ނުނެރި ވޭތޯއެވެ. ހީވާކަހަލައެވެ. އެހެން އެއްވެސް އިންސާނަކަށް އޭނާއާއި ހެދި އުނދަގުލެއް ވާކަށް އޭނާ ބޭނުން ނުވަނީއެވެ. އާނއެކެވެ. މިހާރުވެސް އޭނާއާއި ހެދި ބަރުބާދުވެގެން ދިޔަ ހަޔާތްތަކެއް ވަކި މަދެއް ނޫނެވެ. އޭނާ ގަސްތުގައި އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާ ކަމެއްވެސް ވެގެން ދަނީ އޭނާ ހިތަށްވެސް ނާރާ ހުއްޓައެވެ. މިއަދުވެސް އޭނާ ދެކޭ ގޮތުގައި މާޝަލްއަށް އެޖެހުނު ހާލުގެ ޒިންމާދާރަކީ އޭނާއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އުމުރުން 5 އަހަރުން ފެށިގެން ދުވަހަކުވެސް އޭނާގެ ގާތް މީހަކަށް އޭނާގެ އިހުމާލުން ބޭރުން ދެރަގޮތެއް ނުވެއެވެ.

ހޭނެތިފައި އޮތް މާޝަލް ކުޑަކޮށް ހަރަކާތް ކޮށްލިއެވެ. އެފަދަ ހަރަކާތަކަށް ކެތްތެރިކަން ކޮޅުން ލާފައިހުރި މުފީދާއަށް ލިބުނީ އައު ހިތްވަރެކެވެ. އަދި ވަރަށް ބާރަށް ޑޮކްޓަރގެ ނަމުން ގޮވައިލީ އޭނާއަށް ނުހިނގޭނެކަން އެނގޭތީއެވެ.

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaa

Other Articles

Previous

މާޔޫސް ވެފާ….. ( 7 ވަނަ ބައި )

Next

އެލޯބި 9 ވަނަބައި

Next
September 4, 2016

އެލޯބި 9 ވަނަބައި

Previews
September 3, 2016

މާޔޫސް ވެފާ….. ( 7 ވަނަ ބައި )

27 Comments

  1. Ushaa says:
    September 4, 2016 at 5:26 am

    A salam to oll..
    Ingey lahun upp v ma sakuvaa gina vaanekan.. Bt Swriiii swriii swrii. Ushaaayah nuliyevegennneh noon upp nuvii kii.. Bt cnnection nulibigen… Soo hwp u ill lyk thix.. Lyv cmmntxxx.. Nxt prt insha allah vrh avahah.. Balaanan 3 dayxx thereyga upp kureveythww.. Enjoy rydinn.. Tvvgc..

  2. Ssss says:
    September 4, 2016 at 5:48 am

    OK OK but dhen faharakun las nukuraathi

  3. Ssss says:
    September 4, 2016 at 6:07 am

    Reethi story…

    1. Ushaa says:
      September 4, 2016 at 9:42 am

      ya Insha allah.. Thnkxx..

  4. Sabeeha says:
    September 4, 2016 at 7:49 am

    nice..?

    1. Ushaa says:
      September 4, 2016 at 9:42 am

      Thnkyw..

  5. aff says:
    September 4, 2016 at 8:15 am

    Ushee Is Back Yayyy !!! next part avas kohla dhehchey ingey ..kèep voing ☺

  6. aff says:
    September 4, 2016 at 8:15 am

    Ushee Is Back Yayyy !!! next part avas kohla dhehchey ingey ..kèep voing ☺

    1. aff says:
      September 4, 2016 at 8:16 am

      going*

    2. Ushaa says:
      September 4, 2016 at 9:43 am

      Hmmm.. Um back.. Insha allah avas kollaanan..

  7. Appy says:
    September 4, 2016 at 8:47 am

    W .salaam. .ok ok ok hehe. … dhn part avahahh kiyaalan libenya ??

    1. Ushaa says:
      September 4, 2016 at 9:43 am

      Nxt prt kiyaalan libeyne insha allah.. Thnkxxxxx…

  8. Love says:
    September 4, 2016 at 9:25 am

    Okki then. Nice

    1. Ushaa says:
      September 4, 2016 at 9:45 am

      Thnkxx…

  9. Shiny says:
    September 4, 2016 at 9:55 am

    V salhi

    1. Ushaa says:
      September 4, 2016 at 1:04 pm

      Thnkyw.

  10. uji says:
    September 4, 2016 at 12:53 pm

    heevaa kahala eve….. mithan maa gina in genevifai hury

    1. Ushaa says:
      September 4, 2016 at 1:05 pm

      Thnkxxx.. I ll improve nxt tym Insha allah..

  11. ? says:
    September 4, 2016 at 2:07 pm

    Varahh reethi ekam maashal anhen v ma sakarayy..nxt prt kon iraknn??

    1. Ushaa says:
      September 4, 2016 at 2:09 pm

      Ehn dw.. Dhn maashal firihen vey thw balaalan ekkoh kiyaalahchey.. Nxt prt hwp fully 3 dayxx thereyga..

  12. mesw says:
    September 4, 2016 at 6:12 pm

    reethi.hope this one will be very good one like your first one.love you much

    1. Ushaa says:
      September 5, 2016 at 3:49 pm

      Insha allah Maashyy.. Thnkxx alot..

  13. Amshin says:
    September 4, 2016 at 6:43 pm

    Nice

  14. Amshin says:
    September 4, 2016 at 6:44 pm

    Breath taking… avahah up kohdehcheyy

    1. Ushaa says:
      September 5, 2016 at 3:50 pm

      Nxt prt tmmrwga ingey Amshin.. Kyp waitin anyway… Thnkxx…

  15. meee says:
    September 5, 2016 at 9:15 pm

    vv reethi..waiting for nxt part..gdlk keep it up

  16. Ushaa says:
    September 9, 2016 at 2:50 pm

    thnk yw..

Comments are closed.

All Right Reserved!