Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (10 ވަަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 3, 2016 8 Mins Read
34 Comments

“ނަޝްފާ ގަބޫލުކުރަނީތަ އަހަރެން ބުނާ އެއްޗެއް؟” ރާހުލް ސީދާ ނަޝްފާގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. ނަޝްފާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ ދުރު ބަލާލަމުންނެވެ. ރާހުލް އާ ހަތަރު ކަޅި ހަމަކުރަން އޭނާއަށް ކެތް ނުވީއެވެ.

“އައި ލަވް ޔޫ ނަޝްފާ…” ރާހުލް އެހެން ބުނެލުމުން ނަޝްފާ ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ރާހުލް އާ ދިމާއަށް ބަލާލިއެވެ. އޭރު ރާހުލް ވެސް ހުރީ އޭނާ އާ ދިމާ ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެން ހުރެފައި ނަޝްފާ ބާރުބާރަށް ހޭން ފެށިއެވެ. ރާހުލް ސިކުނޑީގައި ސުވާލު މާކެއް ޖަހައިގެން ހުރެ އެދިމާ ބަލަމުން ގެންދިއައެވެ.

“ރާހުލް؟ އަހަރެން ދެކެ؟ ހަހަހަހަ… ލޯބި؟” ނަޝްފާ ހެމުން ގެންދިއައިރު ހީވަނީ މޮޔައެއް ހެނެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ރާހުލް ކުޑަކޮށް ޖެހިލުންވެސް ވިއެވެ.

“އަހަންނަށް އެނގޭ ރާހުލް މަ ދެކެ ލޯބި ނުވާކަން… ކީއްވެ ތި ދޮގު ހަދަނީ؟” ނަޝްފާ ރާހުލްގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. “ރާހުލް މަށާ ސަމާސާ ކުރަނީ ދޯ؟” ނަޝްފާ ހެމުން ހެމުން އަހާލިއެވެ. އެވަގުތު ރާހުލް ވެސް ހީލިއެވެ. ނަޝްފަގެ މި ހަރަކާތްތަކުން ރާހުލް އަށް ޔަޤީންވީ ނަޝްފާ އޭނާ ދެކެ ލޯބި ނުވާކަމެވެ. ނަޝްފާ އޭނާ ދެކެ ލޯބި ނުވާކަން އެނގުމުން އޭނާގެ ބޮލުން ބޮޑު ބަރެއް އުނިވިހެން ހީވިއެވެ.

“އަހަރެން ކުޑަ މަޖާކޮށްލަނީ..” ރާހުލް ހެމުން ހެމުން އެހެން ބުނެލުމުން ނަޝްފާގެ ހިތުގައި ވޭން އަޅާލިއެވެ. ނަމަވެސް ބޭރުފުށުން އޭނާ އެކަމެއް ނުދައްކައެވެ. ނަމަވެސް ކެތްނުވެގެން އެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ރާހުލް ހީކުރީ ނަޝްފާ މާގިނައިން ހެއުމުގެ ސަބަބުން ލޮލުން ފެން އައީ ކަމަށެވެ. އޭނާއަކަށް ނަޝްފާގެ ހިތުގައި އަޅަމުން ދަނީ ކިހާވަރެއްގެ ވޭނެއް ކަމެއް އަންދާޒާވެސް ނުކޮށްލެެވޭނެއެވެ.

ނަޝްފާ ހެއުން ހުއްޓާލުމަށްފަހު ދެލޮލުން ފޭދުނު ކަރުނަތައް ފުހެލިއެވެ. އޭރު ވެސް އެ މޫނު މަތީގައިވާ ހިނިތުންވުން ނުފިލައެވެ. ރާހުލް ވެސް ދެން މާ ގިނައިން ނުހޭށޭ އޭނާ އާ ދިމާއަށް ބުނެލިއެވެ.

“ރާހުލް….” އިރުކޮޅެއް ފަހުން ނަޝްފާ މަޑުމަޑުން ރާހުލް އަށް ގޮވާލިއެވެ.

“ދެން ބުނެބަލަ… ކާކު ތަ އެއީ؟ ކާކުތަ ރާހުލް ލޯބިވާ ކުއްޖަކީ؟” ނަޝްފާ ބެލީ ވީހާވެސް ހަމަޖެހިގެން އިނދެ އެހެން އަހާށެވެ. އެކަން އޭނާއަށް ކާމިޔާބުވީވެސްމެއެވެ. އޭނާގެ މޫނުމަތިން ހިތާމައިގެ ނުވަތަ ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ނަމަވެސް އެ ހިތަށް ވާ ތަދުން އޭނާއަށް ކެތްކުރެވެމުން ދިއައީ ކިރިޔާއެވެ.

“ނަޝްފާ.. ނަޝްފާ ގަބޫލުވެސް ނުކުރަނީ ކަންނޭނގެ އެއީ ކާކުކަން ބުނީމަ… އެކަމް…” ރާހުލް އެ ހިސާބަށް ބުނެފައި ހުއްޓުނެވެ. އަދި ދެތިން ނޭވާ އެއް ބޭރުކޮށްލުމަށްފަހު ކުރިއަށް ދިއައެވެ. “އެކަމަކު… އައި ލަވް ހާ…” ރާހުލް އެހެން ބުނެލީ ދުރު ބަލަހައްޓައިގެން ހުރެއެވެ. “އައި ލަވް ހާރ ސޯ މަޗް…” ރާހުލް ގެ މިބަސްތަަށް ނަޝްފާގެ ހިތަށް ހެރެމުން ދިއައީ ވިހަގަދަ ތީރެއްގެ ސިފައިގައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް މޭގައި އަތް އަޅާ ބާރުކޮށްލެވުނެވެ. ނަމަވެސް ރާހުލް އޭނާ އާ ދިމާއަށް ބަލާލަން ވާއިރަށް އަތް ތިރިކޮށްލައި ހަމަޖެހެލިއެވެ.

“އަންުޖޫދާ… އައި ލަވް ހާރ…” ރާހުލް ނަޝްފާއަށް ބަލާލަމުން އެ ބުނެލި ޖުމްލައިގެ ސަބަބުން އޭނާއަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމަ އެހިނދު ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އޭނާގެ މުޅި މޫނުމަތިން ފާޅުވަމުން ދިއައީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

“ޤަބޫލު ނުކުރެވެނީ ދޯ…” ނަޝްފާ އެއްޗެކޭ ނުބުނެ އިނުމުން ރާހުލް ބުނެލިއެވެ. “އަހަރެންނަށް ވެސް ފަސްޓް ގަބޫލު ނުކުރެވެނީ… އެ ބޯހަރު ކުއްޖާ ދެކެ އަހަރެން ލޯބި ވަނީ…” ރާހުލް ދުރު ބަލާލަމުން ބުނެލިއެވެ.

ނަޝްފާ މާޔޫސްކަމާއެކު ރާހުލްއަށް ބަލަމުން ގެންދިއައެވެ. ރާހުލް އޭނާ ދެކެ ލޯބި ނުވެ އެ ލޯބިވީ އޭނާގެ އެންމެ ބޮޑު ދުޝްމިނު ދެކެ ހެއްޔެވެ؟ އޭނާ އަށް އެހާ އިހާނެތިކޮށް ކަންތައްކުރާ އެ އަންޖޫދާ ދެކެ ހެއްޔެވެ؟ ގައިމު ރާހުލް އަށް ވެސް ވާނީ މިހާރު އަންޖޫދާ އޭނާ އާ މެދު ކަންތައް ކުރާ ގޮތް އެ ދެލޮލަށް ފެނިފައެވެ. އެހެން ވުމާއެކު ވެސް ރާހުލް ލޯބިވަނީ އަންޖޫދާ ދެކެ ހެއްޔެވެ؟ އޭނާ އަކީ ރަނގަޅު އެކުވެރިއެއް ކަމުގައި ވެސް ރާހުލްއަށް ނުބެލެވުނީ ހެއްޔެވެ؟ އޭނާ އަކީ ރާހުލްއަށް ހަމަ އެއްވެސް އެއްޗެއް ނޫން ހެއްޔެވެ؟ ރާހުލްގެ ހިތުގައި އޭނާއަށްޓަަކައި އެކުވެރިކަމުގެ ކުލުނު ވާނަމަ ވެސް އެ އަންޖޫދާ ދެކެ ލޯބިވެޔޭ އޭނާގެ ކުރިމަތީގައި ބުނާކަށް ނުކެރުނީހެވެ. ނަޝްފާގެ ހިތަށް އަރައި ފައިބަމުން ދިޔަ އެއްޗެހި ތަކުގެ ސަބަބުން އޭނާ އިތުރަށް ހިތުގައި ޖެހޭ ގޮތްވިއެވެ.

“ކީއްވެ އަންޖޫދާ؟” ނަޝްފާ ރާހުލް އާ ދިމާއަށް ޝަކުވާގެ ނަޒަރަކުން ބަލާލަމުން އަހާލިއިރު އެ ހިތުގައި އަޅާ ވޭން އިތުރަށް ގަދަވަމުން ދިއައެވެ.

“އަހަންނަށް ނޭނގެނީ… އަހަރެން ބޭނުންނުވަނީ އޭނަ ދެކެ ލޯބި ވާން.. އެކަމަކު އަހަރެން ލޯބި ވަނީ..” ރާހުލް ދުރު ބަލަހައްޓައިގެން އެ ހުރި ގޮތަށް ބުނެލިއެވެ. އެއަޑުގައި ވަނީ ހައިރާންކަމެވެ. އޭނާއަށް ވެސް އަންޖޫދާ ދެކެ ލޯބި ވެވުނީ ކިހިނެތްކަން ނޭނގޭ ކަހަލައެވެ. އެވަގުތު ނަޝްފާ ވިސްނާލިއެވެ. ރާހުލް އެ ބުނީ ވެސް ތެދެކެވެ. ލޯތްބަކީ އަމިއްލައަށް ވާ އެއްޗެއް ނޫނެވެ. ލޯތްބަކީ ވެވޭ އެއްޗެކެވެ. އޭނާ އަށް ވެސް ރާހުލް ދެކެ ލޯބިވެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ވީމާ ، ރާހުލް އަަށް އަންޖޫދާ ދެކެ ލޯބި ވެވުމުން އެކަމުގައ ރާހުލް ގެ ކުށެއް ނެތެވެ.

“އެކަމަކު އަހަރެން އަންޖޫދާ ހޯދަން ނޫޅެނީ… އަހަރެން ނަށް އަންޖޫދާ ނުލިބުނަސް މައްސަލައެއް ނެތީ.. ” ރާހުލް ނަޝްފާއަށް ބަލާލަމުން އެހެން ބުނެލީ އެއްމިޔަކުން ހީލަމުންނެވެ. ނަޝްފާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ އެވަގުތުއެވެ.

“އެކަމަކު މިސާލަކަށް އަންޖޫދާ ލޯބި ވީޔޯ ރާހުލް ދެކެ.. ދެން؟” ނަޝްފާ ރާހުލް ބުނާނެ އެއްޗެއް ބަލާލުމަށްޓަކައި އަހާލިއެވެ. ރާހުލް ގެ ގާތަށް އެވަގުތު އައީ ހިންޏެވެ.

“އަންޖޫދާ އަހަރެން ދެކެ ލޯބިވަނީތަ؟ ހެހެހެ… އަނެއް ފަރާތުން އިރު އެރިޔަސް ތިހެން ނުވަނީ…” ރާހުލް ހެމުން ހެމުން އެހެން ބުނެލުމުން ނަޝްފާވެސް ހިނިތުންވެލިއެވެ. ތެދެކެވެ. ރާހުލް ކަހަލަ މީހަކާ އަންޖުދާ ފަދަ މީހަކު އެފަދަ ނަޒަރަކުން ބަލާވެސް ނުލާނެއެވެ. އެއަށް ވުރެ އަންޖޫދާގެ ހިތް މާ މޮޅުކަން ނަޝްފާއަށް ވެސް އެނގެއެވެ. ނަމަވެސް ރާހުލްގެ ލޯބި ނުލިބޭނެކަން ޔަޤީންވުމުން އެހިތުގައި އަޅަމުންދާ ވޭނަަކަށް އެއްވެސް ލުޔެއް ނުލިބުނެވެ.

މަޣްރިބު ނަމާދު ބަންގި ގޮވުމުން ދެމީހުން އެކީ ރަށުތެރެއަށް މިސްރާބު ޖެހިއެވެ. ނަޝްފާ ގޮސް އޭނާގެ ގެއަށް ވަނުމުން ރާހުލް ދިއައީ މިސްކިތަށެވެ. މަޣްރިބު ނަމާދު ޖަމާޢަތުގައި ކޮށްލައިގެން ގެއަށް ދިޔައިރު ގޭގެ ބޭރު ފާރުގައި ކަރުދާސްގަނޑެއް ތަތްކުރަން އުޅުނު އަންޖޫދާއަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ.

ރާހުލް ފެނުމާއެކު އަންޖޫދާ ލޯބި ގޮތަކަށް ހީލިއެވެ. އަދި އޭނާ ތަތްކުރަން އުޅުނު ގަނޑު ހިފައިގެން ރާހުލް ގާތައް އައިސް ހުއްޓުނެވެ.

“ރާހުލް… އިނގޭތަ މީ ކޯއްޗެއްކަން؟ މީގައި މިއޮތީ މިގެއިން ކޭކު އަޅައިދޭ ވާހަކަ ޖަހާފަ… ރާހުލް އަށް އެނގޭތަ؟ އަހަރެން ވަރަށް މޮޅު ވާނެ ކޭކު އަޅަން…” އަތުގައި އޮތް ގަނޑު ހުޅުވާލަައި ރާހުލް އަށް ދައްކާލަމުން އަންޖޫދާ ތުއި ގޮތަކަށް އެހެން ބުނުމުން ރާހުލްއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. އެހެން ނޫނީޔާ އަންޖޫދާ އަކީ އޭނާ އާ ރީތިކޮށް އެންމެ ބަހެއް ވެސް ބުނެލި މީހެއް ނޫންވިއްޔާއެވެ. ރާހުލް ޝަޢުޤުވެރިކަމާއެކު އަންޖޫދާ ދައްކާލި ގަނޑަށް ބަލާލިއެވެ. އޭގައި އެކި ޑިޒައިންއަށް އަޅައި ޑެކަރޭޓްކޮށްފައި ހުރި ކޭކުގެ ފޮޓޯ ހުރިއިރު ތިރީގައި ދިވެހި ބަހުން ކޮންމެވެސް އެއްޗެކޭ ލިޔެފައި އިނެވެ. ނަމަވެސް ރާހުލްއަށް އެ ކިޔާކަށް ނޭނގުނެވެ.

“ރާހުލް… ތަންކޮޅެއް މަތީގަ މި ހިއްޕަން ބޭނުންވަނީ… އަހަރެން އަތެއް ނުޖެހެއޭ… ރާހުލް ހިއްޕަދޭންވީނު..؟” އެ ގަނޑުގައި ބުލޫ ޓޭޕުކޮޅެއް ހިއްޕާލަމުން އަންޖޫދާ ބުނެލިއެވެ. ރާހުލް އެއްޗެކޭ ނުބުނި ނަމަވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި އަންޖޫދާ އަތުގައި އޮތް ގަނޑު އަތުލުމަށްފަހު ތަންކޮޅެއް މަތީގައި ތަތްކޮށްލިއެވެ.

“ރަނގަޅުތަ؟” ގަނޑު ތަތްކޮށްލަމުން ރާހުލް އަންޖޫދާ އާ ދިމާއަށް ބަލާލަމުން އަހާލިއެވެ. އޭރު އަންޖޫދާ އޭނާ އާ ދިމާއަށް ހިނތުންވެލައިގެން ހުއްޓެވެ.
“ހޫމްމް… ދެން ރާހުލް ތަތްކޮށްދިނީމަ ރަނގަޅޭ އަހަންނަށް…” ތުއި ވެލަމުން އަންުޖޫދާ އެހެން ބުނެލިއެވެ. އޭނާގެ މި ހަރަކާތުން ރާހުލްގެ ތުންފަތްމައްޗަށް ވެރިވީ ފަނޑު ހިނިތުންވުމެކެެވެ. އޭނާ ހިނގާފައި ގޮސް ގޭ ދޮރާށިން ވަންނަންދެން އަންޖޫދާ އެ ދިމާއަށް ބަލަން ހުއްޓެވެ. އޭނާގެ ލޯމައްޗަށް ރާހުލް ގެއްލުމާއެކު އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނތުންވުމެކެވެ.

***

ދުވަހަކީ ހުކުރު ދުވަސްކަމުން ރާހުލް އުޅުނީ އެއްޗެހި ދޮވެ ހިއްކާން އެޅުމުގެ މަސައްކަތުގައެވެ. އާމިނާ އާއި ސައްތާރު އުޅޭއިރު އޭނާ ދޮންނަން ޖެހެނީ ފުދޭވަރަކަށް މަދު އެއްޗެއްސެވެ. ނަމަވެސް އަންޖޫދާ އައި ފަހުން އޭނާ ދޮންނަން ޖެހޭ އެއްޗެހީ ގެ އަދަދު ހަ ގުނައަށް އިތުރު ވެފައިވާ ކަހަލައެވެ. އަންޖޫދާގެ އެތައް އެއްޗެއް އޭނާ ދޮންނަން ޖެހެއެވެ.

ދޮންނަން ހުރި އެއްބައި އެއްޗެހި ދޮވެ ނިމުމުން އެއެއްޗެހި މެޝިނުން ނެގުމަށްފަހު ރާހުލް އަނެއްބައި އެއްޗެހި މެޝިނަށް އަޅައި ޖައްސާލިއެވެ. އަދި މެޝިނުން ނެގި އެއްޗެހީ ގައި ފެން ލުމަށްފަހު އެއެއްޗެހި ބޮޑު ތައްޓަކަށް އަޅައިގެން އޭނާ ހިނގައިގަތީ ގޯތި ތެރޭގައި ހުންނަ ޖޭމު ގަހާ ދިމާއަށެވެ. ޖޭމުން ގަހުން ފެށިގެން ހޮޅިދަނޑިއަކާ ހަމައަށް ދަމާފައިވާ ދިގު ރޯނުގައި އޭނާ ފަހަރަކު އެއްޗެއް ހިއްކާން އަޅަމުން ގެންދިއައެވެ. ރާހުލް ދެތިން ހެދުން ރޯނުގައި އެޅުމަށްފަހު ތިރީގައި ބަހައްޓާފައި ހުރި ތަށިން އެހެން ހެދުމެއް ނެގުމަށްޓަކައި ތިރިވި ވަގުތު އޭނާ ސިހުނީ ދޮންދޮން އަތަކުން އޭނާ ނަގަން އުޅުނު ހެދުމުގައި ހިފައި ނެގުމުންނެވެ. އޭނާ ސިހިފައި ކުރިމަތި ބަލާއިރު އޭނާ އާ ދިމާއަށް ހެވިފައި ބަލަން ހުރި އަންޖޫދާ ފެނުމުން ހައިރާންވިއެވެ.

“އަހަރެން އެހީ ވަންތަ؟” އަންުޖޫދާ އެހެން ބުނެލުމަށްފަހު އެ ހެދުމުން ފެންތައް ކުޑަކޮށް ފޮޅާލުމަށްފަހު ރޯނުގައި އަޅުވާލިއެވެ. ރާހުލް ހިތަށް އެރިއެވެ. އަންޖޫދާ މޮޔަވީބާވައެވެ؟ އެހެން ދުވަސް ދުވަހުވެސް އޭނާ މިއަށް ވުރެ މާ ބުރަކޮށް މަސައްކަތް ކޮށް ހަދައެވެ. ނަމަވެސް އަންޖޫދާ އެއިން އެއްވެސް ކަމަކު އޭނާއަށް އެހީ ވެދޭަކަށް ނާދެއެވެ. ދެން މިޔަދު އެއައީ ކީއްވެގެން ހެއްޔެވެ؟ ރާހުލް ގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެމުން ދިއައެވެ. އަނެއްކާ އަންޖޫދާ އޭނާއަށް ލަނޑެއް ދޭން އުޅެނީކީ ނޫންބާވައެވެ؟ އަންޖޫދާ އަކީ އޭނާ ކަހަލަ މީހަކަށް ހެޔޮއެދޭނެ މީހެއް ނޫންކަން އެވަގުތު އޭނާއަށް ވިސްނުނެވެ. ނަޝްފާ އާ މެދު އަންޖޫދާ ކަންތައްކުރި ގޮތް އޭނާގެ ދެލޯ ކުރިމަތީގައި ސިފަވާން ފެށިއެވެ. އެއާއިއެކު އޭނާ އަންޖޫދާ ދެކެ ރުޅިއައެވެ. ނަޝްފާ އާ މެދު އެހާ ރަހުމު ކުޑަ ގޮތަކަށް ކަންތައް ކުރި މީހަކު ވަކިން އޭނާއަށް ހެޔޮ ވާނެހެއްޔެވެ؟

ރާހުލް ބަލަން ހުއްޓައި އަނެއްކާވެސް އަންޖޫދާ ގުދުވެފައި ބިންމަތީގައި ހުރި ތަށިން އެހެން ހެދުމެއް ނަގަން އުޅުނެވެ. އެވަގުތު އޭނާ ލާފައި ހުރި ކުރު ޓޮޕުކޮޅު ކެހިގެން ގޮސް އެ ދޮން ބުރަކަށިން ބައެއް ހާމައަށް ފެންނަން އޮތެވެ. މިމަންޒަރު ފެނުނު ރާހުލްގެ ނޭވާ އަވަސްވެގެން ދިއައެވެ. ނަމަވެސް ހަމަ އެހިނދު އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވައި ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. އެވަގުތު އަންޖޫދާ އެއްމިޔަކުން ހީލަމުން ތެދުވިއެވެ. އަދި އަނެއް ހެދުން ވެސް ހަމައެގޮތަށް ރޯނުގައި އަޅާލިއެވެ. ރާހުލް ވެސް އެއްޗެކޭ ނުބުނެ އަންޖޫދާ އާ އެކު އެ މަސައްކަތް ކުރަމުން ގެންދިއައެވެ. އެ މޫނުމަތިން ނުރުހުމުގެ އަަސަރު ފާޅުވާން ހުއްޓެވެ.

“ރާހުލް… އަހަރެން ދެކެ ރުޅިއައިސްފަކަން އެނގޭ ތި ހުރީ…” އިރުކޮޅެއްފަހުން އަންޖޫދާ ރާހުލްގެ މޫނަށް ބަލާލަމުން މައުސޫމް ގޮތަކަށް ބުނެލިއެވެ. “ޕްލީޒް.. އަހަންނަށް މާފުކޮށްދޭންވީނު؟” އަންޖޫދާ އާދޭހުގެ ރާގެއްގައި އެހެން ބުނެލިއެވެ. ނަމަވެސް ރާހުލް އަންޖޫދާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ކުރަން އުޅުނު މަސައްކަތާއިގެން ކުރިއަށް ދިއައެވެ.

“ރާހުލް.. އަހަންނަށް އެނގެއޭ ކުރިން އަހަންނަށް ރާހުލް އާ ދޭތެރޭ ކަންތައް ކުރެވުނީ ގޯސްކޮށްކަން… ނަޝްފާ އާ މެދުވެސް…. ދެން އަހަރެން ނަޝްފާ އަކަށް އެހެން ނުހަދާނަމޭ… ރާހުލްއާ މެދުވެސް އެހެން ކަންތަކެއް ނުކުރާނަމޭ… ޕްލީސް ރާހުލް… އައި އެމް ސޮރީ..” އަންުޖޫދާ އާދޭހުގެ ރާގަކަށް އެހެން ކިޔަމުން ދިއައިރުވެސް ރާހުލް ހަމަ އަޅާ ނުލިއެވެ. ހިއްކަން އަޅަން ހުރި އެއްޗެހި ރޯނުގައި އަޅައި ނިމުމުން ބިންމަތީގައި ހުރި ތަށި ނަގައި އޭނާ މެޝިނާ ދިމާއަށް ހިނގައިގަތީ އަންޖޫދާ ވާހަކަ ދައްކަދައްކަ ހުއްޓައެވެ. ރާހުލް އެ ގޮތަށް ދިއުމުން އަންޖޫދާ އިންތިހާއަށް ރުޅި ގަދަ ވިއެވެ. ދެއަތް މުއްކެވުމަށްފަހު އެއްއަތުން ކައިރީގައި ހުރި ޖޭމު ގަހުގައި ޖެހީ ގައިގައި ހުރި ބާރެއް ލާފައެވެ. އެވަގުތު އަތަށް ތަދުވެގެން ގޮސް އެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އައްދޯތް އޭ ކިޔައި އަނެއް އަތުން އެ އަތުގައި ފިރުމަން ފެށިއެވެ.

“ރާހުލް… ޖަސްޓް ވެއިޓް… އައި ވިލް ގެޓް ވަޓް އައި ވޯންޓް…” ދެލޮލުން ފޭދުނު ކަރުނަތައް ފުހެލަމުން އަންޖޫދާ އެހެން ބުނެލި އިރު އޭނާގެ ދެބުމަ ގޮށްޖެހިފައި ހުއްޓެވެ. އެއް އަތުން ތަދުވި އަތުގައި ފިރުމަމުން އޭނާ ބާރުބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ.

އެދުވަހު ރާހުލް ގާތައް އިތުރަކަށް އަންޖޫދާ އެއް ނާދެއެވެ. އެހެން ކަމުން ރާހުލް ޔަޤީންކުރީ އަންޖޫދާ އެއުޅެނީ ކޮންމެހެން އޭނާގެ ކިބައިން މާފު ހޯދުމަށް ނޫންކަމަށެވެ.

***

ރޭގަނޑު މަސައްކަތް ނިންމާލުމަށްފަހު ރާހުލް ވަރުބަލިކަމާއެކު އޭނާގެ ކޮޓަރިއަށް ދިއައެވެ. އަދި ތުވާއްޔާއި އޭނާ ނިދަން ގެންގުޅޭ މުންޑުގަނޑު ހިފައިގެން ގިފިއްޔަށް ދިއައީ ފެންވަރާލާ ސިކުނޑި ތާޒާކޮށްލުމަށްޓަކައެވެ. ގިފިއްޔަށް ވެދެ ރަނގަޅަށް ފެންވަރާލައިގެން އޭނާ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އަތުގައި އޮތް ތުވާލިން ބޯ ހިއްކަމުން އޭނާ އެތަނުގައި ހުންނަ ޓިނު ދޮރުފަތް ހުޅުވާލިއެވެ. އެއާއެކު ކިޔައިގެން ދިޔަ ދަބަރު އަޑާއެކު އޭނާއަށް ކުޑަ ސިހުމެއް ލިބުނީ އޭނާ ނިދާ ފަތްޖެހިއެނދު މަތީގައި މީހެއް އިން ތަން ފެނުމުންނެވެ. ފަނޑު އަލީގެ ތެރެއިން އޭނާ އާ ދިމާއަށް ބަލަހައްޓައިގެން އިން އަންޖޫދާ ފެނުމުން އޭނާ އެތަނުގައި ހުންނަ ބޮކި ދިއްލާލިއެވެ. އެއާއެކު ލޮލަށް އުނދަގޫވެގެން އަންޖޫދާ މޫނުމަތީގައި އަތް އެޅިއެވެ. ފަތްޖެހިއެނދު ކައިރީގައި ހުންނަ ފިލާތައް މަތީގައި ހުރި ފަންކާ ޖައްސާފައި ހުރުމުން އޭނާގެ މުށި ކުލައިގެ ފަން އިސްތަށިގަނޑު ހިތްގައިމު ގޮތަކަށް ވަޔާ ވިހުރެމުން ގެންދިއައެވެ. އޭނާ ލައިގެން ހުރި ފިޔާތޮށި ކުލައިގެ ޓޮޕުކޮޅުން އެ ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ތިރިއަށް ލައިގެން ހުރި ކަޅުކުލައިގެ ޓައިޓުކޮޅުން އޭނާގެ ފަލަމަސްގަނޑު ނުފޮރުވޭ ދޮން ރީތި ފައި ހާމައަށް ފެންނަން ހުރި އިރު ރާހުލް އިނީ އާޝޯޚުވެފައި އެމަންޒަރު ބަލާށެވެ. އިރުކޮޅެއް ފަހުން އަންޖޫދާ މޫނުމަތިން އަތް ނަގައި ރާހުލް އާ ދިމާއަށް ބަލާލިއެވެ. އެއާއެކު ރާހުލް ތެޅިގަނެފައި އެހެން ދިމާއެއް ބަލާލިއެވެ.

“ރާހުލް..” މަސްތުން ފުރިގެންވާ އަޑަކުން އަންޖޫދާ ރާހުލް އަށް ގޮވާލުމުން އޭނާގެ ހަށިގަނޑުގައި ކަރަންޓު ޝޮކެއް ދުވެލިހެން އޭނާއަށް ހީވިއެވެ. އެއަޑުގައި އެހާ ވެސް އަސަރު ހުއްޓެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ވިސްނާލިއެވެ. އަންޖޫދާ މިގަޑީގައި މިތަނުގައި އެ ކުރަނީ ކީއް ބާވައެވެ؟ އޭނާއް އުނދަގޫ ކުރަން އެންމެ ފަހުން މި ކޮޓަރިއަށް ވެސް އައީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު ރާހުލްގެ ރުޅިގަދަވިއެވެ. އޭނާ އެއައި ރުޅީގައި އަންޖޫދާ އާ ދިމާއަށް ހިނގައިގަތީ އޭނާ ގަދަކަމުން ދަމާފައިވެސް މިތަނުން ބޭރުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި ރާހުލްގެ ހަރަކާތްތަކަށް މަޑު ޖެހުނީ ފަތްޖެހިއެނދު މަތީގައި ރާހުލް އާ ދިމާއަށް ބަލަހައްޓައިގެން އިން އަންޖޫދާގެ ކައިރީގައި ބަހައްޓާފައި ހުރި ކޭކު ފެނިފައެވެ.

ހުދު ކުލައިގެ އައިސިންގް ޖަހާފައި ހުރި އެ ކޭކު ގައި ރަތް ކުލައިގެ ބޯޑަރެއް އަޅާފައި ވީއިރު އެއްކައިރިއެއްގައި ރަތް ކުލައިގެ ތިން ފިނިފެންމާ ޖަހާފައި ހުއްޓެވެ. މެދުގައި އިނގިރޭސި ބަހުން “އައި އޭމް ސޮރީ”  ޖަހާފައި ހުރި އިރު ރާހުލްގެ ނަޒަރު ހުއްޓުނީ އެ ލިޔުންކޮޅަށެވެ. އޭނާގެ ކިބައިން މާފު ހޯދުމަށްޓަކައި އަންޖޫދާ މި ފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭނާ ކޭކާއި ޖެހިގެން އިން އަންޖޫދާ އަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އަންޖޫދާގެ ބޮޑު ދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ބިއްލޫރި އޮށް ތަކެއް ފަދަ ކަރުނަ ތިކި ތަަށް ފެނި ރާހުލްގެ ހިތް ހިނދުކޮޅަކަށް އަންޖޫދާއަށްޓަކައި މަޑު ވިއެވެ. އޭނާ ތިރިވެ އަންޖޫދާގެ ދެލޮލުން ފޭދުނު ކަރުނަތައް ފުހެލިއިރު އެ އޮމާން ދޮން މޫނުގައި އެއަތްތިލަ ބީހިގެން ދިއައެވެ. ރާހުލްގެ ހިތަށް އެރިއެވެ. މީ ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ މި ޕަރީއެއް ފަދަ ކުއްޖާ ދެެކެ ކިތަންމެ ވަރަކަށް ރުޅިއަންނަން މަސައްކަތްކުރި ނަމަވެސް އޭނާގެ ހިތް ދިއައީ އިތުރަށް މި ކުއްޖާގެ ލޯތްބަށް އެދެމުންނެވެ.

“ރާހުލް… އައި އެމް ސޮރީ…” ރާހުލް އާ ދިމާއަށް ތޫނު ނަޒަރަކުން ބަލާލަމުން އަންޖޫދާ ބުނެލިއެވެ. އެ ނަޒަރުން ހަމަ ހަޤީޤަތުގައި ވެސް ރާހުލްގެ ހިތް ކަތިލާލި ކަހަލައެވެ. އެވަގުތު ރާހުލް ހިނިތުންވެލިއެވެ. އަދި މާފުކޮށްފިން ކަމުގައި ބުނެލިއެވެ. އޭނާއަށް ހަޤީޤަތުގައި ވެސް އަންޖޫދާ ބަދަލުވެއްޖެކަން ޔަޤީންވިއެވެ. މި ޖެހުނީ އަންޖޫދާ ޖެހި ވަރުގަދަ މަޅިއެއްގައި ކަމެއް އޭނާއަކަށް ރޭކާވެސް ނުލައެވެ.

“ތެންކިޔޫ..” ކުއްލި ހަރަކާތަކާއެކު އަންޖޫދާ ފަތްޖެހި އެނދުން ތެދުވެ ރާހުލްގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ރާހުލް އަށް ސިހުން ލިބިފައި އެ ހުރި ގޮތަަށް ހުރެވުނީއެވެ. އެ ތުނި ހަށިގަނޑުގައި އެ ދެއަތުން ވަށާލަން ބޭނުންވި ނަމަވެސް ރާހުލްއަަށް އެހެން ހަދާކަށް ނުކެރުނެވެ. ތިރިއަށް މުންޑެއް ލައިގެން ހުސްގަޔާ ހުރި ރާހުލްގެ ހަށިގަނޑު އަންޖޫދާގެ އެ ލޫޅާފަތި ހަށިގަނޑާއި ޖެހިފިތުމުން ރާހުލްގެ ހަށިގަނޑަށް ހީވީ ކަރަންޓުގެ ޝޮކެއް ލިބުނުހެންނެވެ. އަންޖޫދާގެ ގައިން ދުވި މީރު ވަހުން، މުޅި އޭނާގެ ސިކުނޑި ތާޒާކޮށްލައިފިއެވެ.

އަންޖޫދާ ރާހުލްގެ ހަށިގަނޑުން ދޫކޮށްލީ އިރުކޮޅެއް ފަހުންނެވެ. އޭނާ ގޮސް ފަތްޖެހި އެނދުގައި އިށީންދެ ކޭކު ކައިރީގައި ބާއްވާފައި އޮތް ވަޅި ނަގައި ރާހުލް އަށް ދައްކާލިއެވެ.

“ކޭކު ފަޅަން ވީނު؟” ލޯބިކޮށް ހިނިތުންވެލަމުން އަންޖޫދާ ރާހުލް ގާތު ބުނެލިއެވެ. ރާހުލް އަންޖޫދާ އަތުން އެ ވަޅި އަތުލުމަށްފަހު ކޭކު ފަޅަން ގާތްކޮށްލިތަނާ އަންޖޫދާވެސް ރާހުލްގެ އަތުގެ މަތިން އެ ވަޅީގައި ހިފިއެވެ. ރާހުލްއަށް އެވަގުތު ބަލާލެވުނީ އަންޖޫދާގެ މޫނާ ދިމާއަށެވެ. އެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ރާހުލް ވެސް ހިނިތުންވެލަމުން ކޭކު ފޮތި ފޮތި ކޮށްލިއެވެ. އެވަގުތު އަންޖޫދާ އޭގެއިން ފޮއްޗެއް ނަގައި ރާހުލް ގެ އަނގަ އާ ކައިރިކޮށްލިއެވެ. ނުހުޅުވާން ހުރެފައި ވެސް ރާހުލް އަނގަ ހުޅުވީ އަންޖޫދާގެ އެ ލޯބިވެތި ހަރަކާތްތަކުން އެ ހިތުގެ ވިންދު އަވަސްވެފައިވާ ހާލުގައެވެ. ރާހުލް އެ ކޭކުކޮޅު އަނގައަށް ލާން އުޅުމުގެ ތެރޭގައި އޭނާގެ ތުންފަތް ކައިރީގައި އެ ކޭކުން އެތިކޮޅެއް ހޭކުނެވެ. ފޮހެލަން ވެގެން އަތް ނެތި ތަނާ އަންޖޫދާ ހުށިޔާރު ކަމާއެކު އޭނާގެ މޫނު ރާހުލްގެ މޫނާ ކައިރިކޮށްލިއެވެ. ރާހުލް އަށް ސިހުން ލިބި ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އަންޖޫދާ އަނެއްކާވެސް އޭނާގެ މޫނު ރާހުލް ގެ މޫނާ ކައިރިކޮށްލިއެވެ. އޭނާގެ ހޫނު ނޭވާތައް ރާހުލްގެ މޫނަށް އެޅެމުން ދިއައިރު ރާހުލްގެ ހިތުގެ ތެޅުން އާދަޔާ ޚިލާފަށް ބާރުވަމުން ދިއައެވެ. އަންޖޫދާ ރާހުލްެގެ ލޮލަށް ބަލާލިއެވެ. ހަތަރު ކަޅި ބައްދަލުވެގެން ދިޔައިރު ރާހުލްއަށް ހިން ދިރުވާލެވުނެވެ. ހިއްސުތައް ކޮންޓްރޯލް ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިއައެވެ. އަންޖޫދާ އެ ގޮތުގައި އިރުކޮޅެއް ވަންދެން ހުރުމަށްފަހު އޭނާގެ ބޮޑުވާ އިނގިލިން ރާހުލްގެ ތުންފަތް ކައިރި ފުހެލިއެވެ. އަދި ފަތްޖެހިއެނދުން ތެދުވެ ރާހުލް އާ ދިމާއަށް ބަލާލަމުން ލޯބި ގޮތަކަށް ހީލިއެވެ. ކޭކުގެ ބާކީ އޮތް ބައި ރާހުލް އަށް ހުސް ނުވާނެކަން އެނގުމުން އޭނާ އެ ބައި ހިފައިގެން ފަރި ހިނގުމެއްގައި އެ ކޮޓަރިން ނިކުމެގެން ދިއައިރު ރާހުލް ހައިރާން ކަމާއެކު އެ ދިމާ ބަލަން ހުއްޓެވެ.

އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުން މޭގައި އަތް އަޅާލަމުން ރާހުލް ހަމަޖެހެން މަސައްކަތްކުރިއެވެ. އަންޖޫދާ އޭނާއަށް ޖައްސާފައި އެވަނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް ދެންމެ އެ ފެނުނީ ހުވަފެނެއް ނޫން ބާވައެވެ؟ ނިދިން ހޭނުލެވިގެން އުޅޭ މީހެއް ފަދައިން ރާހުލް ދެތިން ފަހަރު އޭނާގެ ކޮލުގައި ޖަހާލިއެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މާޔޫސް ވެފާ….( 6 ވަނަ ބައި )

Next

އިންތިޒާރު 50 (ފަހުބައި)

Next
September 3, 2016

އިންތިޒާރު 50 (ފަހުބައި)

Previews
September 2, 2016

މާޔޫސް ވެފާ….( 6 ވަނަ ބައި )

34 Comments!

  1. Liaa says:
    September 3, 2016 at 12:30 pm

    Hii… Sry fr the late update…. Wifi ge massala eh jehigen lasvee…
    Anyway, I hope u all will like this part tooo 🙂
    Loves <3

  2. Metal 0-1 says:
    September 3, 2016 at 12:39 pm

    Nyce

    1. Liaa says:
      September 3, 2016 at 12:50 pm

      Thankyw 🙂

  3. yuly says:
    September 3, 2016 at 12:40 pm

    Vv salhi next part konirakun me first

    1. Liaa says:
      September 3, 2016 at 12:51 pm

      Thankss yuly 🙂 veehaaves avahah up kuraanan nxt part

  4. Love says:
    September 3, 2016 at 12:45 pm

    Love this.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Liaa says:
      September 3, 2016 at 12:52 pm

      Thankyw love <3 🙂

  5. Madhy says:
    September 3, 2016 at 12:51 pm

    V v v interesting. Goodluck liaa. And v salhi kuriyah dhaa goiyh. ??

    1. Liaa says:
      September 3, 2016 at 12:53 pm

      Thankyw Madhy 🙂

  6. Abhy says:
    September 3, 2016 at 1:12 pm

    Wow. Varah reethi mi baives..

  7. aik says:
    September 3, 2016 at 1:14 pm

    Awesome..??

  8. non-e says:
    September 3, 2016 at 1:15 pm

    Adhi kiriyaa hama neyvai mi levuny.. Thankxx liaa up kohdhinyma.. ?bt hyvany v kuruhn mi part… hehe? kiyaa hih vefa inleh bodu kamun hyvi gothakahvx vedhaane dhw.. btw this partvxxx hama v v rythi..❤?? bt rahul ah deragotheh nahadhahchey.. nd nashfaa haadha dheraeh vaane??? So sad.. Nd I hate dat anjoodha???..

  9. Anonymous says:
    September 3, 2016 at 1:23 pm

    Vr vr reethi. Raahool ah dhera gotheh nuhadhaathi. Ekahala meehun nah ves loabi haggu vaane ennu dhw

  10. Booooooo says:
    September 3, 2016 at 1:25 pm

    Bondhu loabi.!!!!!!!!!!! VERY INTERESTING.

  11. Sabeeha says:
    September 3, 2016 at 1:31 pm

    vv reethi..??

  12. Issa says:
    September 3, 2016 at 1:32 pm

    Mi story varah reethi❤❤❤
    Konmedhuvahaku ves part eh up kohdhechehey!!
    Enme reethi hisaabun nimaalany…
    Varah reethi??

  13. Appy says:
    September 3, 2016 at 1:42 pm

    V rythi mibai vx ……rahul haadha faseyhain e gabool kury ……hehe …waiting dhn oi bayahhh

  14. xenn says:
    September 3, 2016 at 2:13 pm

    Kurin heevi buni hen anjoodhaa ge innany bulhi isthashi gandekey…mi part ga iny fan isthashi gandehge vahaka..anehkaa rangalhah tha mi hee v?…

    1. non-e says:
      September 3, 2016 at 4:30 pm

      Vedhaane ehnun fankurykamah.. Ehaavx stylish manje ehnun

    2. Liaa says:
      September 7, 2016 at 2:07 pm

      xenn… 🙂 Neennaane ehves iraku bunefa eh anjoodhaa ge bulhi isthashigandeh inna vaahaka eh… Read it once again 🙂

  15. Ree says:
    September 3, 2016 at 2:49 pm

    Love this part.????????

  16. Nish says:
    September 3, 2016 at 3:14 pm

    “Heun” Mihen nukiyaane, rangalhu gothakee “hunun”
    Vaahaka v reethi

    1. Liaa says:
      September 7, 2016 at 2:07 pm

      Thankss Nish 🙂 dhen faharakun rangalhu kollaanan

  17. h says:
    September 3, 2016 at 3:33 pm

    wow story is nice ekm rahul anjudhaa ah libeygoi hadhahcheyyyy

  18. Thaany says:
    September 3, 2016 at 5:06 pm

    V reethi dhn anju aslah ves rahul dheke loabi vaanee dw..eyrah v salhi waane..

  19. Hoar Naach ni says:
    September 3, 2016 at 9:29 pm

    Reethi.not bad.☺

  20. Liaa says:
    September 4, 2016 at 11:26 am

    Hey… guys… Liaa ge laptop massala jehigen miulheny… 🙁
    So next part up kureweynii lap hedhuniima….
    Thankyw all fr the lovly comments 🙂

    1. Liaa says:
      September 4, 2016 at 11:27 am

      Aslu ulhunii nxt part today up kiran kamah… bt wat to do 🙁

    2. non-e says:
      September 5, 2016 at 5:58 am

      ? get well soon laptop.. can’t wait maa gina dhuvahah ingey

  21. flower says:
    September 5, 2016 at 12:37 pm

    Wow… e anjoodhaa gandu ulhey gothun dhw…. hehe… stry hama habeys… liaa lap ah kihineh vee? Mi bunii ehkoh halaak veetha?

  22. flower says:
    September 5, 2016 at 12:38 pm

    ????????????????????????????????????

  23. xprincess says:
    September 7, 2016 at 1:44 pm

    Wow….. Liaaaa! kobaatha nxt parrrtttt??

  24. Liaa says:
    September 7, 2016 at 1:47 pm

    Hey guys… Lap hedhijje 🙂 Next part today up kohdheynan 🙂

  25. Liaa says:
    September 7, 2016 at 2:08 pm

    Thankyw aalll fr the lovely comments <3 🙂

Comments are closed.

Next Episodeނުހައްޤު ލޯބި (11 ވަނަ ބައި)←


All Right Reserved!