” އޭނަ ގޮއްސި އޭނަގެ މައްޗަށް އެއްވެސް ރަހުމެއް ނެތް އޭނާއަށް އަނިޔާކުރާ ނުލަފާ ދޮންބެ ސަލާމަތް ކުރަން.” އެހުރި ގޮތަށް ހުރެ މުފީދާ ބުނި އެއްޗަކުން ޔާޝާއަށް ބުމަ ގޮއްޖަހާލައިގެން މުފީދާއާއި ދިމާލަށް ބަލަން ހުރެވުނީ ” ވަޓް” އޭ ބުނަންވެސް ނޭނގިފައެވެ. ” އާން. ޔާޝާ. އޭނަ ގޮއްސި އޭނަ ހޮސްޕިޓަލުގަ އެނދުމަތި ކުރުވި ދޮންބެ ސަލާމަތް ކުރަން. އޭނަ ދިޔައީ ލުފްޝާން ސަލާމަތް ކުރަން. ފިލްމު ކުޅޭ މަންޖެ އައިރޭގަ އޭނާއަށް ކޮށްލި […]
“ދަރިފުޅާ..” މާރިޔާ އިސްތިރި ކޮށްފައި އިން އަތްދިގު ހުދު ކުރުތާއާއި ޑެނިމް ޖީންސް އަޅުވާފައިއިން ކޮނޑު ހިފައިގެން އައިސް ޓަކިޖަހައިލިއެވެ. “ޖައިޝަން، މިއޮތީ އިސްތިރިކޮށް ނިމިފަ. މި އިނީ އިނގޭ ތަޅުގަ އަޅުވާލާފަ. އަވަސްކޮށްލާ އެއޮށް ގަޑިން 7 ޖަހާ ބޮޑުވީ” “އާން. މިނިމުނީ” ޖައިޝަންގެ ފިރިހެންވަންތަ އަޑު އިއްވާލިއެވެ. ރޭ ދަންވަރު މާލެއިން ރަށަށް އާދެވުމާއެކު އާންމުކޮށް ނިދާ އެނދު ބަދަލުވީމައި އޭނާއަށް ރޭ ނިދުންވީ ހިލައަކުން ދިޔަފެލުންކަހަލަ ކަމަކަށެވެ. އެންމެ ލޮލު ފިޔައެއްވެސް ޖަހައި […]
ޝިޒާނާ އާއި ބެހޭގޮތުން ހުރިހާ މީހުން ވެސް ދައްކާނީ އެއްވާހަކައެކެވެ. ޝިޒާނާ މާމަޑުން އިންނަ ވާހަކައެވެ. އެކަމަކު ކިޔަވުމުގައި އެންމެނަށް ވުރެ ކުރީގައި އުޅޭވާހަކައެވެ. ގިނަ މައިންބަފައިން ޝިޒާނާ އެމީހުންގެ ދަރީންނަށް ނަމޫނާއަކަށް ދައްކައެވެ. ރާހުލް އާއި ޝިޒާނާ ބައްދަލުވީ ޝިޒާނާ ގުރޭޑް 7 ގަ ހިތަދޫގެ ސުކޫލެއްގައި އުޅެނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ރާހުލްގެ ހިތުގައި ޝިޒާނާއާއި މެދު ގާތްކަން އުފެދުނެވެ އެކަމަކު ޝިޒާނާއަކީ އޭނާގެ ދަރިވަރަށް ވާތީ މިފަދަ ކަމެއް އޭނާ ހާމަ ނުކުރެއެވެ. […]
“ތަޒްކީ އޯ ވަޓް އެވާރ… ކޮންމެހެން މަށަށް ތި ބޭސް ދޭނެ ކަމެއް ނެތް؟… އަހަންނަށް ތިބޭހާ ނުލާވެސް މިކުއްޖާ ވިހޭނެ… ކަލޭ ތިއައި ތާކަށްދޭ… އަދި ޒިބާން ކައިރީ ބުނޭ އަހަރެން މިއުޅެނީ އަޒީމާ އެކީ ވަރަށް ހެޕީކޮށޭ…” މިހެން ބުނެ މަންޝާ ބެލްކަނި ދޮރު ހުޅުވާ ކޮޓަރިއަށް ނުކުތެވެ. މަންޝާއަށް ހަމައަށް އައި އިރު ތަޒްކިޔާ ހުރީ އެހާ ބިރުގަނެ ޖެހިލުންވެފައެވެ. ނަމަވެސް މަންޝާ ކަންތައް ކުރި ގޮތުން މަންޝާ ގާތަށް އައުމުގެ ބޭނުމަކީ […]
ދެކުދިންގެ ކައިވެނި ޕާޓީ ވަރަށް ފުރިހަމަކޮށް ބޭއްވިއެވެ. އަނެއްދުވަހުގެ އިރު އެރުމާއެކު އާއިލާ އެންމެންވެސް ނިންމީ ކައިރީގައި އޮތް ފަޅުރަށަށް ދަތުރުދާށެވެ. މި ދަތުރަށްފަހު ޖެހިގެން އައިދުވަހު އަރަޝްގެ އާއިލާ މާލެދާން ފުރިއެވެ. މިދަތުރުގައި އަރަޝްއާއި ހަލީނާވެސް މާލެ ދިޔައެވެ. ދެކުދިން ކައިވެނިކޮށްގެން ރަށުގައި މަޑުކުރާ ދުވަސްކޮޅު ކޮޓަރިއަށް ބޭނުންވާ ބައެއް މުހިއްމު ތަކެތި ގަނެ ހަމަކޮށްގެން އެނބުރި ރަށަށް އައުމަށްށެވެ. ހަލީނާއާއި އަރަޝްއަށް އެނބުރި ރަށަށް އާދެވުނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ދަތުރުގައި ހަލީނާވަނީ […]
މިޔަދު އޭނާގެ އަބުރާ ޢިއްޒަތް މި ސަލާމަތްވީ ރާހުލް ގެ ސަބަބުންނެވެ. އެންމެ ފަހަރަކު ނަމަވެސް އެ ނިކަމެތި ބަންގްލަދޭޝް މީހާ އުޅޭ ގޮތާމެދު އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ފުރަތަމަ އަންޖޫދާއަށް ވިސްނާލެވުނީ އެ ނިކަމެތި ބަންގްލަދޭޝް މީހާ އެ އުޅޭ ތަނާ މެދުގައެވެ. އޭނާ އަރާމުގައި ފިނި އޭސީ ތެރޭގައ ބޮޑު އެނދުގައި މަޑު ބާލީސްތަކާއެކު ނިދާއިރު ރާހުލް އެ ނިދާ ގޮތް ނިކަން ދެކިބަލާށެވެ. އެއްވެސް މަޑުކަމެއް ނެތް ފަތްޖެހި އެނދުގަނޑެއްގައެވެ. އެއީ މީދާތައް […]
ހަވީރުގެ ކުޅިވަރުތައް ނިމިއްޖެއެވެ. “ރަޝް މިރޭ އަނަންވީނު އަހަރުންގެއަށް ކާން؟” ހަލީނާ އަރަޝްއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތުދިނެވެ. “ގަޑިއެއް ބުނެބަލަ . އޭރުންނެއްނު އިނގޭނީ ދާން. ” އަރަޝް ޖަަވާބުގައި ބުންޏެވެ. “މިރޭ އައްގަޑިބައި.” ހަލީނާ ވަރަށަ ލަދުރަކިކަމާއެކު ބުނެފައި ބާރުބާރަށް ގެއާއި ދިމާއަށް ހިނގައިގަތެވެ. ބޯޅަދަނޑުމަގު އޮބުމަށްފަހު ހަލީނާ ދައްވައިގަތީ ބުރީގަ އަލިފާންރޯވެގެން މީހަކު ދުވާހައިބާރަށްށެވެ. ހަލީނާގެއަށް އައިސް ވަންއިރު ހަލީނާގެ މަންމައާއި ބައްޕަ ގޭ ދޮރޯށިދޮށުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. ހަލީނާ ދިޔަގޮތައްގޮސް ވަނީ […]
“މޭމް އެހުރީ އެމީހާ..” ދޮރުމަތީގައި ހުރި މީހާ ދައްކާލަމުން ގާސިމް ބުންޏެވެ. އަލީޝާ ފަރުވާތެރި ކަމާއިއެކު އެމީހާއާއި ދިމާލަށް ބަލައިލި ވަގުތު ހީވީ އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް މީހަކު ޖަހައިލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި އެމީހާއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ލޮލުން ކަރުނަ އޮހޮރެން ފެށީވެސް ބޭއިހްތިޔާރުގައެވެ. ބޮލުން ސްކާފު ވެއްޓި ހުރިހާ އެންމެންގެ ކުރިމަތީގައި އަލީޝާ ބޭޒާރުވިއެވެ. އެމީހާއަށްވެސް ވީ އެފަދަ ގޮތެކެވެ. އަލީޝާގެ މޫނު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ބުނާނެ ވަކި އެއްޗެއް […]