ރޭ މެންދަމުން ފެށިގެން ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. މެދުކެނޑުމެއްނެތި ޖެހެމުންދިޔަ ގަދަ ވަޔާއެކު ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަށް ވަނީ ފެނުގެ ކޯރުތަކުން ފުރިފައެވެ. އަވަސް އަރުވާލައިގެން ތައްޔާރުވެގެން ކޮޓަރިން ނިކުތް ޒަކުވާނަށް ފުރަތަމަވެސް ބަލައިލެވުނީ ބޭރަށެވެ. އަތުކުރީ އޮތް ގަޑިއަށް ބަލައިލިއިރު ނުވައެއް ޖަހަން އިނީ ފަނަރަ މިނެޓެވެ. މިވާރޭގެ ސަބަބުން މިއަދު ގަޑި ނުޖެހި ކޮލެޖަށް ދެވިދާނެކަމާމެދު ޝައްކު ވިއެވެ. ލެޕްޓޮޕާއި ދެތިން ފޮތް ލާފައި އޮތް ބެކްޕެކް ގެންގޮސް […]
“ކިހިނެއްވީ ނަޝް..” އަހަރެން ނަޝާ ގެ ބޮލުގަ ފިރުމާލީމެވެ. ސުވާލު ތަކުން އަހަރެންގެ ހިތްވަނީ ފުރިފައެވެ. ކުއްލިއަކަށް ނަޝާ ތެދުވެ އަހަރެންގައިގަ އޮޅުލައިގަނެ ބާރަށް ރޯން ފެށިއެވެ. “ހީރާ…ހީރާ..” ރޮވޭވަރުން ނަޝާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ވީ ގޮތެއް ނޭނގުނަސް ނަޝާ އެވަނީ ވަރަށް ބޮޑަށް ހިތުގަ ޖެހިފަކަން އަހަންނަށް އިހުސާސް ވިއެވެ. މިވަގުތު އެންމެ ރަނގަޅު ވާނީ ނަޝާ ހިތް ފުރެންދެން ރޯލަން ދޫކޮށްލުމެވެ. އެހެންކަމުން އަހަރެން އުޅުނީ ނަޝާ ގާތު އަރާމު ކޮށްލުމަށް […]
މި ދުނިޔޭން އަހަރެން އެންމެ އިތުބާރުކޮށް ލޯބިވި އިންސާނާ އަހަންނަށް ބޭވަފާތެރި ވީހެވެ. މަންޒަރު މިއޮތީ ލޯމަތީ ފެންނާށެވެ. އެ ވަގުތު ހިތާ ސިކުނޑިއަށް ވެރިވީ ނަޝާ ޖުނޫމް އޭ ކިޔައިގެން ދައްކާފަ ހުރި ވާހަކަތަކެވެ. އެދުމަތީގައި ރޯ އޮރިޔާމުން އެތިބީ ޖުނޫމް އާ އޭނާގެ ކަޒިން އެއް ކަމަށް ބުނި ޝާނީ އެވެ. އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. “ޖުނޫމް……” އަޑަށް ލެވުނު ހާ ބާރެއް ލާފައި އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއަޑަށް ސިހިފާ ޖުނޫމް […]
އަހަރެން ދެން ބޭނުންވީ ނަޝާއަށް ޖުނޫމް ގެ ވާހަކަތަށް ކިޔާދޭށެއެވެ. ޖުނޫމްގެ ނަން އިވުމާއެކު ނަޝާގެ މޫނު މައްޗަށް އެރި ކުލަވަރު އަހަރެން ދުށީމެވެ. އެ މޫނުން އާދަޔާ ހިލާފް އަސަރުތަކެއް ފެނުނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލައިލުމުން އޭނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އިތުރަށް އަހަރެންގެ ހިތުގަ ސުވާލު އުފެދި ހައިރާންކަން ލިބުނެވެ. “ކިހިނެއްވީ..ނަޝް ދަންނަންތަ ޖުމް..” އަހަންނަށް އަހާލެވުނެވެ. ނަޝާ ވަކި ޖަވާބެއް ނުދީ ހަމަ އެކަނި ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތިން […]
ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އަހަރެން މަޑުމަޑުން ކާޓޭން ކުޑަކޮށް ކަހާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަންނަށް ފެނުނު ހާވެސް އެއްޗަކީ މުޅި ގޯތިތެރޭގައިވާ ކަނު އަނދިރިކަމެވެ. ބިރުން އަހަރެންގެ ހިތް ރޫރޫ އަޅައިގަތެވެ. ޖުނޫމް ކޮބާބާއެވެ. ކުއްލިއަކަށް ޖުނޫމް އައިސް ކުޑަދޮރު ކައިރިއަށް ހުއްޓިލުމުން އަހަރެން ދިޔައީ ސިއްސައި ގެނެވެ. ގަތް ބިރުން އެ ދަންވަރު ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. އަހަންނަށް ވީގޮތް ފެނި ޖުނޫމް ހުރީ ފާޑަކަށް ހިނިއައިސް ފައެވެ. އަތުގެ […]
މަންމަ އަހަރެން ދަމާފާ ކަހަލަ ގޮތަކަށް ގެންގޮސް ގޭ ދޮރާށިން އެތެރެ ވުމާއެކު އަހަރެންގެ ދައްތަމެނަށް އަޑުގާނެތް ތަނަށް ގޮވަން ފެށިއެވެ. “ބަލާބަލަ މިހިރަ ގޮތެއް ނެތް ދަރިއެއް..” މަންމަ ގައި ހުރި ބާރަކާއެކު އަހަރެން ސިޓިންގ ރޫމް ތެރެއަށް ހޫރާލިއެވެ. އަހަރެން ވިއްސައިގެން ގޮސް ޖެހުނީ ސޯފާގައި އިން އަހަރެންގެ ކޮންމެސް އެއްދައްތައެއްގެ ފައި ބުޑަށެވެ. އޭރު އަހަންނަށް ރޮވެމުންގޮސް ގިސްލެވިއްޖެއެވެ. އަހަރެންގެ ލޮލުންނާ ނޭފަތުން ފައިބަމުން ދިޔަ ފެންތަށް ޓައިލްސް ތަކު މަތީގައި ތިކި […]
ޖުނޫމް ގެ ހިޔާލްތަކުގަ އަހަރެން އެހެން ރޯލަރޯލަ ހުއްޓާ ފަތިސް ނަމާދު ބަންގިވެސް ގޮވައިފިއެވެ. އަހަރެން ފާހަނާއަށް ވަދެ ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރީމެވެ. ފަތިސް ނަމާދު ކޮށް ނިމުމުން އަހަންނަށް ދުއާ ކުރަން އިނދެވުނީ ރޮވިފައެވެ. މި ހިތްދަތި ދިރިއުޅުން ބަދަލްވެ ކަޅުކަން ވެރިވެފައިވާ މިހަޔާތަށް އަލިކަމެއް ވެރިވޭތޯ އަހަރެން އެކަލާނގެ ހަޒްރަތު ގަ ދުއާ ދެންނެވީމެވެ. އެ ހުރިހާކަމަކަށްފަހު ގަޑި ބަލައިލިއިރު ހުރީ ފަހެއް ޖަހާ ބޮޑުވެފައެވެ. ބޮލަށް ބަރުވެފަވާ ވަރުން […]
ހިމަ ފޮދު ވާރޭ މިގޮތަށް ވެހެންޏާ އެ ރީތި ސޫރައިގެ ހަނދާންތަކާ އަހަރެން ވަކިވާނި ކިހިނެއް ހެއްޔެވެ. މަޑުމަޑުން ތެދުވެގެންގޮސް އަހަރެން ހުއްޓިލީ ކޮޓަރި ކުޑަދޮރު ކައިރިއަށެވެ. ކާޓޭން ކަހާލަމުން ބިއްލޫރި ދޮރުފަތުގަ އަތް ޖައްސާލީމެވެ. ބިއްލޫރި ގަނޑު ފިނިވެފަ ހުރި އިރު ދުރުން ހިމަ ފޮދުވާރޭގެ ތިކިތަށް ފެނުނީ ފުސް ވެފައިވާ ދެލޮލުން ފަނޑުގޮތަކަށެވެ. އޭރުވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ދެލޮލުން ކަރުނަތަށް އޮހޮރި އޮހޮރި ހުރީ ވާރޭގެ އެ ތިކިތަށް ފެނުމުން ވަކިނުވެވުނު ހަނދާންތަކެއް […]
ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ވިލާނެތް ސާފު އުޑުމަތީގައި ހާމައަށް އެހެރީ ފެންނާށެވެ. ހަނދުވަރުގެ ރިހި އަލިން ދުނިޔެ މިވަނީ އަލިވެފައެވެ. އެ ހަނދުގެ ފުރިހަމަ އަލިކަމުން ތަރިތަކުގެ ބެބުޅުންވެސް މިރޭ މިވަނީ ފަނޑުވެފައެވެ. އަހަރެން އޮތީ ބަދިގެ ކައިރި ބަހައްޓާފަ ހުރި ޖޯލިފަތީގައި އޮށޯވެލައިގެން ހަނދަށް ބަލާށެވެ. އަހަންނަށް އެހަނދަށް ބެލެނީ އަޖައިބުވެގެންނެވެ. އަހަންނަށް އެހަނދު ރީތީއެވެ. ގިނައިން ހަނދަށް ބެލިވަރަކަށް އެ ހަނދުގެ ބޮޑުކަން އިތުރު ވާހެން ހީވެއެވެ. އަދި ބައެއް ފަހަރު އަހަރެންގެ […]