Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 4, 2016 8 Mins Read
25 Comments

ނަމަވެސް މިއަދު ރާހިލްއަށް މީރާ މުހިންމެވެ. މީރާ ދޫކޮށްލާފައި މާލެ އައި ފަހުން ރާހިލްގެ ހިތް މީރާއާ މެދު ބަދަލު ވެފައި ވާތީއެވެ. އެކަން އެހެން އެއްވެސް މީހަކަށް ނޭނގުނަސް މިއަދު ރާހިލް އެދެނީ މީރާގެ އުފަލެވެ. މީރާގެ ހިތްހަމަޖެހުމެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ވަދެވުމާ އެކު ރާހިލް ފުރަތަމަވެސް ބަލާލީ މީރާ އައިތޯއެވެ. ބަސްމާއާ ސުވާލު ކޮށްލުމުން މީރާ އަދި ނާދެޔޭ ބަސްމާ ބުނީ ރާހިލްއާ ދިމާއަށް ބަލާވެސް ނުލައެވެ.

އެދުވަހު މީރާ އޮފީހަށް ނާންނާނެ ކަން ރާހިލްއަށް ޔަގީން ވީ ނުވައެއް ޖެހުމުންނެވެ. މީރާ ނައުމުން އެއްވެސް މީހެއް ކައިރީ ނުބުނެ ރާހިލް އަމިއްލައަށް މީރާއާ ބެހޭ މައުލޫމާތު ހޯދިއެވެ. މީރާގެ ފޯން ނަމްބަރާ ގޭގެ ނަން ހޯދާފައި މީރާއަށް ފޯން ކުރަން އުޅެފައި ރާހިލްގެ ޚިޔާލު ބަދަލުވިއެވެ.

މީރާގެ ގެޔަށް ދާން ރާހިލް އޮފީހުން ނިކުތީ މެންދުރު ބްރޭކްގައެވެ. ނަމަވެސް ރާހިލްގެ މަސައްކަތް އެދުވަހު ކާމިޔާބެއް ނުވިއެވެ. ރާހިލްއަށް ދެވުނީ މީރާމެން މާލެ އައިސް ފުރަތަމަ އުޅުނު ގެޔަށެވެ. މީރާ އޮފީހަށް ވަން އިރު އެޑްރެސްއަކަށް ދީފައި އިނީ އޭރު އުޅުނު ގޭގެ ނަމެވެ. ނަމަވެސް ފަހުން މީރާމެން ވަނީ އެހެން ގެޔަކަށް ބަދަލު ވެފައެވެ. އޭގެ ފަހުން އަދި މީރާ ވަނީ އެކަން އޮފީހަށް ނާންގައެވެ.

ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވުމުން މާޔޫސްވެ ހުރެ ރާހިލް މިސްކިތަށް ގޮސްފައި އޮފީހަށް ދިޔައީ ފޯނުން މީރާއާ ވާހަކަ ދައްކަން ނިންމައިގެންނެވެ. ދޭއް ޖެހިތަނާ ރާހިލް މީރާއަށް ގުޅިއިރު މީރާގެ ފޯން އޮތީ ނިއްވާލާފައެވެ. އޭގެ ފަހުން އެތައް ފަހަރަކު ރާހިލް މަސައްކަތް ކުރި ނަމަވެސް މީރާ ފޯނެއް ނުހުޅުވައެވެ.

ހެނދުނު އޮފީހަށް ގުޅާފައި ލުބްނާ ކައިރީ އޮފީހަށް ނުދާނެ ވާހަކަ ބުނެފައި މީރާ ފޯން ނިއްވާލީ ގަސްތުގައެވެ. ރާހިލް ގުޅާފާނެ ހެން ހީވާތީއެވެ. މަލާކްގެ ވާހަކަ ރާހިލްއާ ދައްކަން ޖެހޭނެކަން މީރާއަށް އެނގެއެވެ. ނަމަވެސް އެދުވަހު އެވާހަކަ ދައްކާކަށް މީރާ ބޭނުމެއް ނޫނެވެ.

ކުރީރޭ ނިދަން ވަންދެން އެންމެން ވަގުތު ހޭދަ ކުރީ އެކީގައެވެ. ދުވަސްތަކެއް ފަހުން ޔަމާން އައުމުން ތާނިޔާވެސް ޔަމާންއާ މީރާއާ އެކު ބާރަ ޖަހާ ބޮޑުވި އިރުވެސް ވާހަކަ ދައްކަން އިނެވެ. ތާނިޔާއާ ޝިހާދް ދިޔަ ފަހުންވެސް މީރާއާ ޔަމާން ވާހަކަ ދައްކަން ތިބީއެވެ.

އެހުރިހާ އިރު އެންމެން އެކީ ތިބި ނަމަވެސް އެދުވަހު ވީ ކަންތައް މީރާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އަނެއް ދުވަހު އޮފީހަށް ގޮސް ރާހިލްއާ ކުރިމަތި ލާނެ ގޮތަކާ މެދު ވިސްނެނީއެވެ. އަދި ރާހިލް ސުވާލު ކޮށްފިނަމަ ދޭނެ ޖަވާބަކާ މެދުވެސް ވިސްނެނީއެވެ.

މީރާ ފަދައިން ޔަމާންގެ ހިތުގައިވެސް ވަނީ އެފަދަ ޚިޔާލުތަކެކެވެ. އޮފީހުން ނުކެނޑުމަށް މީރާއަށް ދިން ލަފާ އެއީ ރަނގަޅު ލަފައެއް ބާއޭ އަމިއްލަ ހިތާ ސުވާލު ކުރަމުން ދިޔައެވެ.

ހަމަ އެހެން މީރާ އަލުން ރާހިލްއާ ދިމާ ވުމުން ދެން ކަންތައް ވާނީ ކިހިނެއް ބާއޭ ޔަމާންގެ ހިތުގައި ސުވާލު އުފެދުނެވެ. ކުރިން މީރާ ރާހިލް ދެކެ ވަރަށް ލޯބިވިއެވެ. އެކަން ޔަމާންއަށް ޔަގީންވެއެވެ. ހަމަ އެހެން މިއަދު މީރާ ޔަމާން ދެކެ ލޯބި ވާ ކަމާކެދުވެސް ޔަމާންގެ ހިތުގައި ޝައްކެއް ނެތެވެ.

ނަމަވެސް ޔަމާންގެ ހިތަށް އެންމެ އުނދަގޫ ކުރި ސުވާލަކަށް ވީ، އެތައް ދުވަހެއް ފަހުން މީރާ އަލުން ރާހިލްއާ ދިމާ ވުމުން މީރާގެ ހިތުގައި ރާހިލްއަށް އޮތް ޖާގަ އަލުން ނުދެވޭނެ ބާއެވެ؟ އެހިތުގައި ކުރިން ރާހިލްއަށް ޓަކާ ވީ ލޯބި އަލުން ހޭނުލާނެ ބާއެވެ؟

ނޫނެކެވެ. މީރާ ޔަމާންއަށް އޮޅުވައެއް ނުލާނެއެވެ. ޔަމާންއަށް ދެރައެއް ނުދޭނެއެވެ. މީރާ ޔަމާންއާ ދެން ވަތްކެއް ނުވާނެއެވެ. އެސުވާލު ހިތަށް އަރާ ކޮންމެ ފަހަރަކު ޔަމާން އަމިއްލަ ނަފްސަށް އެ ޖަވާބު ދިން ހެން އެފަހަރުވެސް ދިނެވެ. އަދި ކައިރީގައި އިން މީރާގެ އަތުގައި ހިފާލިއެވެ.

އަނެއް ދުވަހު ހެނދުނު ހޭލެވުނު ނަމަވެސް މީރާ އޮފީހަށް ދާކަށް ބޭނުމެއް ނުވިއެވެ. ކުރީރޭ ނިދީ ވަރަށް ލަސްވީ ފަހުން ކަމަށް ވާތީ މަލާކްވެސް އޭރު ހެއެއް ނުލައެވެ. މީރާ ފާހާނާއަށް ވަދެފައި ނިކުތީ ކޮފީތައްޓެއް ހަދާށެވެ. އިއްޔެ ވީ ކަންތަކުގެ ޚިޔާލުގައި ހުރެ ފެން ކައްކަން ޖައްސާފައި މަގަކަށް ކޮފީ އަޅައިގެން އެނބުރިލަން އުޅެނިކޮށް މީރާ ސިހުނީ ޔަމާން ފަހަތުން އައިސް މީރާ ގައިގައި ބައްދާލުމުންނެވެ.

“ޔަމާން!” މީރާއަށް ބުނެވުނެވެ.

“ސޮރީ… ހިއެއް ނުކުރަން އަހަރެން އައިކަން މީރާއަށް ނޭނގޭނެ ކަމަކަށް. ކަމުނުދިޔައީ ދޯ؟” ސަމާސާ ރާގަކަށް ޔަމާން އަހާލިއެވެ.

“ކިރިޔާއޭ މަގު ނުވެއްޓުނީ…” މީރާ މަގު ބަހައްޓަފައި ޔަމާންގެ އަތުތެރޭ ހުރެ އެނބުރިލިއެވެ.

“އޮފީހަކަށް ނުދަންތަ؟” ޔަމާން އެހިއެވެ.

“މިއަދަކު ނުދާނަން… މާދަން ދާނީ. މިއަދު ބޭނުމީ މުޅި ދުވަސް އެކީ ޔަމާން ކައިރީ ހުރެލަން” މީރާ ޔަމާޏންގެ މޭގައި ބޯ ޖައްސާލިއެވެ.

“މީރާ… އިއްޔެ ވީ ކަންތަކާ ހެދިތަ އޮފީހަށް ނުދާން ތިއުޅެނީ؟” ޔަމާން ލަސްލަހުން އަހާލިއެވެ.

 

“ނޫން، އެހެން ވެގެންނެއް ނޫން… އަސްލުވެސް މިއަދު ހަމަ ޔަމާންއާ އެކީ ގޭގަ ހުރެލަން ބޭނުންވީ. އެކަމާ ކުރިމަތި ލާން ޖެހޭ ވަގުތު އައިމަ އެކަމާ އުޅޭނީ. އަހަރެން ރޭގަ ވަރަށް ވިސްނިން… ރާހިލް ސުވާލު ކޮށްފިއްޔާ ތެދަށް ބުނާނީ. އޭނައަށް ނޭނގޭ އެއްވެސް ކަމެއްގެ ވާހަކައެއް ނުބުނާނަން. އެނގިގެން އަހައިފިއްޔާ ދޮގެއް ނަހަދާނަން” މީރާ އިސް އުފުލާ ޔަމާންއަށް ބަލާލަމުން ބުންޏެވެ.

“އެކަމަކު މަލާކްގެ ވާހަކަ ދައްކާ އިރު އެ ވާހަކަ ނުބުނެ—” ޔަމާންއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“ނޫން ޔަމާން… އަހަންނަށް އެ ވާހަކައެއް ނުދެއްކޭނެ… ޕްލީޒް… ކިޔައެއް ނުދެވޭނެ… އެ ވާހަކަ ދައްކައިގެން އެކަކަށްވެސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ… ޔަމާން ނުބުނާތި އެވާހަކަވެސް ބުނާށޭ… ހުރިހާ އެއްޗެއް ކިޔާދޭށޭ… ނުވާނެ އަހަންނަކަށް އެކަމެއް… ޕްލީޒް…” ޔަމާން ބުނަން އުޅެނީ ކީކޭ ކަން އެނގުމާއެކު މީރާ ޔަމާންގެ ވާހަކަ މެދުކަނޑާލަމުން ވާހަކަ ދެއްކީ ނުރޯން ހިތްވަރު ކުރަމުންނެވެ.

“އޯކޭ އޯކޭ… ސޮރީ… އެނގޭ މީރާއަށް ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަން އެއީ… އައި ޝުޑްންޓް ހޭވް ސެއިޑް ދެޓް… ސޮރީ މީރާ…” ޔަމާން މީރާ ގެނެސް މޭގައި ޖައްސާލަމުން މީރާގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ. އެ ހަނދާންތަކުން މީރާގެ ހިތަށް ކުރާނެ އަސަރު އެނގި ހުރެ އެވާހަކަ ފެށުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ.

“ޔަމާން އައީތީ އަހަރެން ވަރަށް އުފާ ވެއްޖެ… ޔަމާންއާ ނުލާ އަހަރެން ކިހިނެއް މި ހުރިހާ ކަމަކާ ކުރިމަތި ލާނީ…؟” ދެއަތުން ޔަމާން ގައިގައި ބައްދާލަމުން މީރާ ބުންޏެވެ.

“އަބަދުވެސް އަހަރެން ހުންނާނަން މީރާއާ އެކީ… އަބަދުވެސް… އައި ލަވް ޔޫ…” މީރާގެ މޫނުގައި ދެއަތުން ހިފާލަމުން ޔަމާން މީރާގެ ތުންފަތުގައި ބޮސްދިނެވެ.

އޭގެ އަނެއް ދުވަހު މީރާ އޮފީހަށް ދިޔައީ ޔަމާންއާ އެކީގައެވެ. އޮފީހާ ހަމައަށް ދެވުމުން މީރާ އޮފީހަށް ވަނީ ޖެހިލުންވެ ހުރެއެވެ. ކޮންމެ ފިޔަވަޅެއް އެޅެނީ ކުރިމަތިން ރާހިލް ފެނިދާނެޔޭ ހިތަށް އަރައަރާ ހުރެއެވެ.

ނަމަވެސް އެދުވަހު ރާހިލް އޮފީހަށް އައީ ލަހުންނެވެ. އޮފީހުން ބޭރުގައި އޮތް މީޓިންގްއެއް ނިންމާފައި ރާހިލް އޮފީހަށް އައި އިރު އެގާރަ ޖަހާ ހިނގައްޖެއެވެ. ރާހިލް ހީކުރީ އެދުވަހުވެސް މީރާ އޮފީހަށް ނާންނާނެ ކަމަށެވެ.

މީރާ ވަދެގެން ދިޔަ އިރު އެންމެންގެ ނަޒަރު މީރާއަށް އަމާޒު ވެފައި ވީ ނަމަވެސް އެކަކުވެސް އެއްވެސް ސުވާލެއް ނުކުރެއެވެ. ސުވާލު ކުރަން އެއްވެސް މީހަކަށް ނުކެރުނީއެވެ.

މޭޒު ކައިރީ އިށީނދެ މީރާ މަސައްކަތް ފެށިއެވެ. ގަޑިއެއް ހާއިރު ފަހުން ބަސްމާއާ ލުބްނާ އައިސް މީރާގެ މޭޒު ކައިރީ މަޑުކޮށްލިއެވެ. މީރާ ކުރަން އިން މަސައްކަތް ހުއްޓާލާފައި ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

“މި ފައިލް ދޭން ވެގެން މިއައީ. އިއްޔެގަ މީރާއަށް ހުރި މަސައްކަތް މީ” ފައިލް ދިއްކޮށްލަމުން ލުބްނާ ބުންޏެވެ.

“މީރާ، ޒަކީ ސަރ ވިޑާޅުވީ އެގާރަ ގަޑި ބަޔަށް ޒަކީ ސަރގެ ކެބިންއަށް ދާން” ބަސްމާ މަޑުމަޑުން ބުންޏެވެ.

މީރާގެ ހިތުގެ ތެޅުން ބާރުވެލިއެވެ. ކުރީ ދުވަހު މީރާއާ ރާހިލްގެ މެދުގައި ހިނގި ކަންތަކުގެ އަޑު އޮފީހުގެ ވެރިންގެ ކަންފަތާ ހަމައަށް ފޯރާނެކަން މީރާއަށް އެނގެއެވެ. ނަމަވެސް އެމީހުންގެ ސުވާލުތަކަށް ޖަވާބު ދޭނެހާ ހިތްވަރު މީރާގެ ކިބައިގައި އެބަހުރި ބާއޭ މީރާ ހިތަށް އެރިއެވެ.

“އަހަރެން އެކަނިތަ؟” މީރާ އަހާލިއެވެ.

“ދެމީހުންވެސް” ބަސްމާ ބުންޏެވެ.

“އަހަރެން ބޭނުން ނުވިޔަސް ދާން ދޯ ޖެހޭނީ…؟ ހުރިހާ ސުވާލުތަކެއްގެ ޖަވާބުވެސް ދޭން ދޯ ޖެހޭނީ…؟” މީރާ އަމިއްލަ ނަފްސަށް ކަހަލަ ގޮތަކަށް ސުވާލު ކޮށްލިއެވެ.

ބަސްމާއާ ލުބްނާ ޖަވާބެއް ނުދީ އެކަކު އަނެކަކަށް ބަލާލިއެވެ.

“ސޯ… ހުރިހާ މީހުންގެ ކުރިމަތީގަ އަހަރެންގެ ޕާސްޓް ފޮތެއްހެން ހުޅުވާލުމުގެ ކުރިން އަހަރެން ބޭނުން އަހަރެންގެ މިހާރުގެ އެންމެ ކްލޯޒް ފްރެންޑްސްއަށް ކިޔާދޭން” މީރާ އެދެމީހުންނަށް ބަލާލަމުން ބުނެލިއެވެ.

“ތިބުނީ… އަހަރުމެން…؟” ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ލުބްނާ އަހާލިއެވެ.

“އާނ! ތި ދެމީހުން…” ހީލަމުން މީރާ ބުނެލިއެވެ.

“ހިނގާ ކޮފީއެއް ބޯލަން ދޯ؟” މީރާ ތެދުވަމުން ބުންޏެވެ.

ހޫނު ކޮފީ މަގުގައި ދެއަތުން ހިފަހހައްޓާލައިގެން އިނދެ މީރާ ފުން ނޭވައެއް ލިއެވެ. ހުރިހާ ހަނދާނެއް ހިތުގައި އާ ކޮށްލަމުން ވީހާވެސް ކުރުކޮށް ހުރިހާ ވާހަކައެއް ބަސްމާއާ ލުބްނާއަށް ކިޔާދިނެވެ. އެހާދިސާ ކިޔާދޭން ފެށުމާއެކު މީރާ ހިތްވަރު ކޮށްގެން އިން ނަމަވެސް ރޮވުނެވެ. ރުއިމުގެ ތެރޭން އެކަންތައް ވީ ގޮތް ކިޔާދީ ނިމުނު އިރު މީރާއެކޭ އެއްގޮތަށް ބަސްމާއާ ލުބްނާއަށްވެސް ރޮވުނެވެ.

ރާހިލް ކަންތައް ކުރި ގޮތުން އެދެމީހުންވެސް ތިބީ ހައިރާން ވެފައެވެ. ރާހިލް އެފަދަ ކަމެއް ކޮށްފާނެ ކަން ގަބޫލު ކުރަން ދަތިވި ނަމަވެސް ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ. އެއާއެކު އެދެމީހުން ތިބީ ޔަމާންއާ ބައްދަލު ކޯށްލާ ހިތުން ކެތްމަދު ވެފައެވެ.

މީހާ ހަމައަކަށް އެޅުމުން މީރާ ދެއަތުން މޫނު ފޮހެލާފައި ހިހޫވެފައި ހުރި ކޮފީތަށި ހިފައިގެން ގޮސް ސިންކަށް އޮއްސާލާފައި ތަށި ދޮވެލިއެވެ.

“މީރާ… އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް… ދުވަހަކުވެސް ހިތަށް ނާރާ ރާހިލް ސަރ އަކީ އެކަހަލަ މީހަކަށް ވެދާނެއެކޭ… އެކަމަކު… މީހަކަށް ބަލާފަ ނޭނގޭނެ ދޯމއެމީހެއްގެ ގޮތެއް؟ އަހަރެން ހިތަށް އަރާ އަހަންނާ މީރާ އޭރުވެސް މީ ރައްޓެހިން ނަމައޭ… އެހެން ނަމަ މީރާގެ ލައިފްގަ އެހާ ހިތާމަވެރި ކަމެއް ދިމާ ވިއިރު އަހަންނަށް މީރާއަށް އެހީ ވެވުނީސް…” ލުބްނާ ތެދުވެގެން ގޮސް މީރާގެ އަތުގައި ހިފާލަމުން ބުންޏެވެ.

“އެނގޭ… އެންޑް ތިކަހަލަ ފްރެންޑެއް ލިބުނީތީ އަހަރެން ޝުކުރުވެރިވަން…” ހިނިތުން ވެލަން މަސައްކަތް ކުރަމުން މީރާ ބުންޏެވެ.

ތިން މީހުން އެކީ ސައިކޮޓަރިން ނިކުމެގެން ގޮސް މީރާ މޭޒު ކައިރީ އިށީނދެ މަސައްކަތް ފެށިތަނާ ރާހިލް އޮފީހަށް އައެވެ. ކެބިންއަށް ވަންނަން ދިޔަ ރާހިލްއަށް މީރާ ފެނުމުން މަޑުކޮށްލިއެވެ.

“މީރާ، ވީ ނީޑް ޓު ޓޯކް” މީރާގެ މޭޒު ކައިރީ ހުއްޓިލަމުން ރާހިލް ބުންޏެވެ.

ރާހިލްއާ ދިމާއަށް ނުބަލަން އިން ނަމަވެސް ރާހިލް އެހެން ބުނުމުން މީރާ ބަލާލިއެވެ.

“ކޮންކަމަކާ؟”މީރާ އަހާލިއެވެ.

“ކޮންކަމަކާ ކަން މީރާއަށް އެނގޭނެ” ރާހިލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

“ކޮންމެ ކަމެއްގެވެސް ވަގުތު ޖެހުނީމަ އެކަމެއް ވާނެ. ރާހިލްގެ ކުއްޖަކު ހުރިކަން އެނގެން ވީ ވަގުތު ޖެހުނީމަ އެކަން އެނގުނީ. އޭނަޔާ ބައްދަލު ވާންވީ ވަގުތު ޖެހުނީމަ އެކަންވެސް ވާނެ. އެވަގުތު ޖެހެން ދެން ކެތްކޮށްލުން އެންމެ ރަނގަޅު ވާނީ. މިހާ ދުވަސް ވަންދެންވެސް ހުރީއެއްނު؟” ރާހިލް ދެކެ އައިސްފައި ހުރި ރުޅި ނުދައްކާ ވޭތޯ މަސައްކަތް ކުރި ނަމަވެސް މީރާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ.

“މިހުރިހާ ދުވަހު އަހަންނަށް ނޭނގެޔޭ… އައިމް ސޮރީ… އަހަރެން މާފަށް މިއެދެނީ މާފު ހައްގު ވާތީއެއް ނޫން… އަހަންނަށް އެނގޭ މާފު ކުރުމަކީ މީރާއަށް ފަސޭހަ ކަމެއް ނޫން ކަން… ނުކުރެވޭނެކަން… އެކަމަކުވެސް ޕްލީޒް މީރާ…” ރާހިލް އަނެއްކާވެސް މާފަށް އެދުނެވެ.

“އަހަރެން އެދުވަސްތައް ހޭދަ ކުރި ގޮތް… އަހަންނަށް ދިމާވި ކަންތައް… ރާހިލްއަށް އެނގޭ ނަމަ ނުވެސް ކެރޭނެ މާފަށް އެދެންވެސް… ރާހިލްއަށް އެނގޭ ނަމަ… މަލާއަށް ޓަކާ ނޫންނަމަ އެދުވަހު އަހަރެންވެސް— އެދުވަހު އަހަރެން މަރުވީސް…” ބުނެވެން އުޅުނު ޖުމްލަ ބަދަލު ކޮށްލަމުން މީރާ އަވަސްއަވަހަށް އިސް ޖަހާލީ އެވަގުތު ލޮލުން އައި ކަރުނަ ރާހިލްއަށް ފޮރުވާށެވެ.

“މީރާ…” ރޯތަން ފެނުމުން ރާހިލްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. އިޚްތިޔާރަކާ ނުލާ ދެއަތް ހިއްލާލެވުނީ މީރާގެ ލޮލުން އައި ކަރުނަ ފޮހެދޭށެވެ. ދެއަތުގެ ހިމާޔަތަށް މީރާ ގެނައުމަށެވެ. ނަމަވެސް ހިއްލާލެވުނު ދެއަތް މުށްކަވާލަމުން ތިރިކޮށްލީ ރާހިލްގެ އެއްވެސް އެހީއެއް މީރާ ބޭނުން ނުވާނެތީއެވެ.

އެވަގުތު މޭޒުމަތީ ހުރި ފޯން ރިންގް ވުމާއެކު ސިހިފައި މީރާ ރާހިލްއަށް ބަލާލަމުން އަވަސްއަވަހަށް ލޯ ފޮހެލާފައި ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“މީރާ، ޒަކީ ސަރ ދެންމެ ގުޅި، ދެމީހުން އަންނާށޯ…” ބަސްމާ ބުންނެވެ.

“އާނ…” މީރާ ބުންޏެވެ. އަދި ފޯން ބާއްވާފައި ތެދުވިއެވެ.

“މީރާ…” ރާހިލް ހީކުރީ މީރާ ގެޔަށް ދާން އުޅެނީ ކަމަށެވެ.

“ޒަކީ ސަރގެ ކެބިންއަށް އަންނާށޯ” ރާހިލްއާ ދިމާއަށް ބަލާނުލާ އެހެން ބުނެފައި މީރާ ޒަކީގެ ކެބިންއާ ދިމާއަށް ދިޔައެވެ.

މީރާގެ ފަހަތުން ރާހިލްވެސް ކެބިންއަށް ވަނެވެ. އޭރު މޭޒު ކައިރީ ޒަކީ އިނެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އަސްލަމް އިނެވެ.

މީރާއާ ރާހިލް ވަނުމުން ޒަކީ ތެދުވެ އެއްފަރާތުގައި ހުރި ސޯފާތަކަށް އިޝާރާތް ކޮށްލިއެވެ. ޒަކީއާ އަސްލަމް މެދުގައި ހުރި ބޮޑު ސޯފާގެ ދެފަރާތުގައި އިށީނެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ހުރި މީހެއް ފަދައިން އިސް ޖަހައިގެން ހުރެ ރާހިލް ގޮސް އެއްފަރާތުގައި ވަކިން ހުރި ސޯފާގައި އިށީނެވެ.

“މީރާ، އިށީނދޭ” އަނެއް ފަރާތުގައި ހުރި ޒަކީއާ ކައިރީގައި ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން ޒަކީ މީރާއަށް ބުންޏެވެ. ލަސް ފިޔަވަޅުތަކެއްގައި މީރާވެސް ގޮސް އިށީނެވެ.

“ދެމީހުންނަށްވެސް އެނގޭނެ ދައްކަން މިއުޅޭ ވާހަކަ، އެހެން ވީމަ އިތުރު ވަގުތު ނަގާނުލާ އަހަރެން ބުނަން ބޭނުން ވާ އެއްޗެއް ބުނެލާނަން… އެނގޭވ އަސްލުގަ މީ މީރާއާ ރާހިލްގެ ޕަރޒަނަލް ކަމެއް ކަން، އެކަމަކު މިހާރު އޮފީސް ތެރޭގަ މިކަންތައް މާ ބޮޑަށް އޯޕަން ވެއްޖެ… އަނެއްކާ ރާހިލްއަކީ އަހަންނާ އަސްލަމްގެ ވަރަށް ގާތް ރައްޓެއްސެއް ވީމަ…

މީރާ، ރާހިލް… އަހަރުމެން އެދެނީ ވީ އެންމެ އަވަހަކަށް މި ކަންތައް ތި ދެމީހުން ކޮންމެވެސް އެއްގޮތަކަށް ހައްލު ކުރުން. މިކަމާ ބެހޭ އެއްވެސް ވާހަކައެއް އޮފީސް ތެރޭގަ ނުދެއްކުން އަދި އެހެން މުވައްޒަފުން މިވާހަކަ ދައްކާނެ ފުރުސަތު ނުދިނުން އެއީ އަހަރެން އެދޭ ކަމެއް” ޒަކީ ވާހަކަ ނިންމާލާފައި މީރާއާ ރާހިލްއަށް ވަކިވަކިން ބަލާލިއެވެ.

ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ.

“އެއްޗެއް ނުބުނެ ތިއްބަކަސް ނުވާނެއެއްނު؟ ބުނެބަލަ، އަހަރުމެން އެހީ ވާންވީތަ؟ ޚިޔާލެއް ބޭނުން ވަނީތަ؟” އަސްލަމް ދެމީހުންނަށް ބަލާލާފައި ބުންޏެވެ.

“އަދިވެސް މިކަންތަކުގެ އަސްލެއް އޮފީހުގެ އެހެން މީހުންނަކަށް ނޭނގެ… އެހެން ވީމަ އެކަކާ މެދުވެސް ގޯސްކޮށް ނުދެކޭނެ ގޮތަކަށް މިވާހަކަ އެހެން މީހުންނަށް ބުނެދީ، ހާއްސަ ކޮށް މީރާއާ މެދު. ވިސްނާފަ ގޮތެއް ނިންމާ ދެމީހުން، އެކަމަކު ލަސްކޮށްގެން ނުވާނެ. އަހަރެން ބޭނުމެއް ނޫން މީރާއާ ރާހިލްގެ ވާހަކަ އެމީހަކަށް ހީވާ ގޮތަކަށް މިތާ ދައްކާކަށް” އަނެއްކާވެސް ޒަކީ ވާހަކަ ދެއްކިއެވެ.

ދެންވެސް މީރާއާ ރާހިލް އެއްޗެއް ނުބުންޏެވެ. ނަމަވެސް ޒަކީގެ ވާހަކަ އިން އެދެމީހުންނަށް ރާހިލް ހުރިހާ އެއްޗެއް ތެދަށް ކިޔާދީފިހެން މީރާއަށް ހީވިއެވެ.

“ރާހިލް! މީ އަސްލު ރާހިލް ކަހަލަ މީހަކު ކޮށްފާނެ ހެން ހީވާވެސް ކަމެއް ނޫން، އަހަރުމެން ހިޔެއް ނުކުރަން ރާހިލް ކަހަލަ ވިސްނޭ މީހަކު މިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. އެކަމަކު ކަންތައް ވެފަ މިއޮތް ގޮތުން… ބުނެއެއްނު ކޮންމެ ކަމެއްވެސް ވަނީ ސަބަބެއް އޮވެގެންނޭ؟ އެހުރިހާ ކަމަކަށް ފަހު ދެމީހުން އަލުން ބައްދަލު ވުން، ދެމީހުންގެ ކުއްޖަކު ހުރުން، މި ހުރިހާ ކަމެއްގެ ފަހަތުގަ ވާނެ ސަބަބެއް. ވެދާނެއެއްނު ދެމީހުން އަލުން އެކަކު އަނެކަކާ ގުޅެން ލިބުނު ފުރުސަތެއް ކަމަށް މީ؟ މިހެން ބުނާ އިރުވެސް އެނގޭ ރާހިލް ކުރީ މާފު ކުރަން ވަރަށް އުނދަގޫ ކުށެއް ކަން… އެކަމަކުވެސް ވިސްނާލާފަ އަލުން އެކަކު އަނެކަކަށް ޗާންސެއް ދޭންވީނު؟؟ އަސްލަމް ފަހަރަކު މީހަކަށް ބަލާލަމުން އޭނައަށް ފެންނަ ގޮތް ހާމަ ކުރިއެވެ.

“ސަރ… ކަންތައް މިވީ ގޮތުން އަޅުގަނޑު މާފަށް އެދެން. މާލެއަށް އައިސް މި އޮފީހަށް ޖޮއިން ކުރި އިރު އެއްގޮތަކަށްވެސް ހިއެއް ނުކުރަން އަޅުގަނޑުގެ ޕާސްޓްއާ މިގޮތަށް އަލުން ފޭސް ކުރަން ޖެހިދާނެ ކަމަކަށް. ކުރިން އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ރާހިލްއާ ގުޅަން، އެކަމަކު އެދުވަސްތައް ހަނދާން ނައްތާލަން ކުރި މަސައްކަތް ކާމިޔާބު ނުވީ އަޅުގަނޑު ޕްރެގްނަންޓް ކަން އެނގުނީމަ… އަނެއްކާވެސް ރާހިލްއާ ގުޅޭތޯ މަސައްކަތް ކުރީ އެއީ އަޅުގަނޑުގެ ދަރިފުޅުގެ ބައްޕައަށް ވީތީ… އެކަމަކު ދެންވެސް އެކަން ކާމިޔާބު ނުވީމަ އަޅުގަނޑު އަމިއްލަ ނަފްސަށް ވަޢުދު ވީން ދެން ރާހިލް ހޯދަން ނޫޅެން، ރާހިލްއާ ދިމާވިޔަސް، ދެން ރާހިލް އަލުން އަޔަސް ރާހިލްއާ ނުގުޅެން…

މިތަނުން ދިމާވެގެންވެސް އެއްވެސް ކަމެއް ރާހިލްއަށް އަންގަން ނޫޅުނީ އަޅުގަނޑު އަމިއްލައަށް އެއްވެސް ގުޅުމެއް ރާހިލްއާ ބާއްވަން ބޭނުން ނުވާތީ. އެކަމަކު ރާހިލްގެ ކުއްޖަކު ހުރިކަން ރާހިލްއަށް އެނގެން އޮތީމަ އެރިޕޯޓްތައް ރާހިލްއަށް ފެނުނީ. ދެންވެސް އަޅުގަނޑު އަމިއްލައަކަށް އިސްވެ އެއްވެސް ކަމެއް ނުކުރާނަން…

އެއްވެސް ގޮތަކަށް މިކަހަލަ ކަމެއް އޮފީސް ތެރޭގަ ވާކަށް، މިފަދަ ވާހަކައެއް މިތަނުގަ ދެކެވޭކަށް އަޅުގަނޑު ނޭދެން. އެކަމަކު ގަސްތުގަ ނޫނަސް އެފަދަ ފުރުސަތެއް ދެވުނީތީ އަނެއްކާވެސް މާފަށް އެދެން… އައި އެމް ސޮރީ!

އަސްލަމް ސަރ، އަޅުގަނޑާ ރާހިލްއާ އަލުން ދިމާވީ އަޅުގަނޑުމެން އަލުން ގުޅެން ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން. ބައްޕައާ ދަރިފުޅާ ދިމާވާން އޮތީމަ މިހެން މިވީ. އެއްވެސް ޑައުޓްއެއް އެކަކުގެ ހިތުގަވެސް އޮތުން ބޭނުން ނުވާތީ އެއްޗެއް ބުނެލަން ބޭނުން…

އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް މެރީ ކުރާނަން”

މީރާ އެހެން ބުނެލީ ހަމައެކަނި އަސްލަމް ބުނި އެއްޗެއްގެ ޖަވާބުގައެއް ނޫނެވެ. ރާހިލްއާ ނުލާވެސް މީރާގެ ދިރިއުޅުން ކުރިއަށް ދާނެކަން ރާހިލްއަށް އަންގާލުމަށެވެ. އަދި މީރާގެ ހަޔާތުގައި ރާހިލްއަށް ދެން ފުރުސަތެއް ނެތްކަން ރާހިލްއަށް އަންގައި ދިނުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެލޯބި 9 ވަނަބައި

Next

މާޔޫސް ވެފާ 8 ( ފަހު ބައި )

Next
September 4, 2016

މާޔޫސް ވެފާ 8 ( ފަހު ބައި )

Previews
September 4, 2016

އެލޯބި 9 ވަނަބައި

25 Comments!

  1. Sama all night long Mastizade says:
    September 4, 2016 at 8:16 pm

    Hahahahaha me first.nice story.

  2. all night long Mastizade says:
    September 4, 2016 at 8:17 pm

    Hahahahaha me first.nice story.

  3. Mar Sha Marsha says:
    September 4, 2016 at 8:17 pm

    ސަލާމް ހުރިހާ ކުދިން… މިއަދު ވަރަށް ބިޒީ ދުވަހެއް ވީމަ ލަސްވީ، އަސްލު މާޝާ ހީވެސް ނުކުރަން މިއަދު ވާހަކަ ގެނެސްދެވޭނެ ކަމަކަށް އެކަމަކުވެސް މިއަދު އަޕްކޮށްދޭނަމޭ ބުނެވިފަ އޮތީމަ ވަގުތު ހޯދައިގެން ކޮށްލީ… ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް… 13 ވަނަ ބައި އަންގާރަ ދުވަހުން ގެނެސްދޭނަން.

  4. Romromromantic says:
    September 4, 2016 at 8:20 pm

    Me first hahaha?

    1. Sama says:
      September 4, 2016 at 8:29 pm

      Haaaadha molhey????

  5. Nauher says:
    September 4, 2016 at 8:23 pm

    Nice…whn nxt prt

  6. Ssss says:
    September 4, 2016 at 8:24 pm

    Vv reethi

  7. Faathee says:
    September 4, 2016 at 8:25 pm

    Amazing.. waiting for next part

  8. Romromromantic says:
    September 4, 2016 at 8:26 pm

    Child eh libuneema mizamaanuga e child ge dad ge signature beynun vaane dho foam fill kuraa iru. Dhen Male ais ves register kuranjeheyne dho.marriage ves eyrun dho authentic vaanee.I don’t know maybe it’s just a story.

    1. Sama says:
      September 4, 2016 at 8:27 pm

      Romromromantic dheyba vaahaka nukiyaa dance kuran

  9. Nish says:
    September 4, 2016 at 8:28 pm

    V reethi

  10. Sabeeha says:
    September 4, 2016 at 8:38 pm

    Point to be noted.needs a lot of improvement.no offence.

  11. mal says:
    September 4, 2016 at 8:41 pm

    v nice..

  12. ken? says:
    September 4, 2016 at 8:42 pm

    feeling curious to knw wats de big secret dat meeara is hiding…hope u ll reveal it ASAP cux i cnt wait too long to knw it…?? heheh…
    i wish at de end meera n yamaan wll b a perfect couple..? btw thnk u for de lovely stry..☺☺
    waiting 4 Tuesday ?

  13. yuly says:
    September 4, 2016 at 8:47 pm

    Vvv salhi

  14. ?? says:
    September 4, 2016 at 8:59 pm

    Luv it❤❤❤

  15. Shiny says:
    September 4, 2016 at 10:40 pm

    Wow v salhi

  16. Aphy says:
    September 5, 2016 at 12:08 am

    V salhi….anna part kiyan kehmadhu vefa?

  17. Sweetie says:
    September 5, 2016 at 12:11 am

    V reethi. . Malaa e ee thalaseamia kuhjeh tha anekka. ? Waiting for the next part. . Thanks marsha??????????????

  18. otaku says:
    September 5, 2016 at 6:30 am

    Im dyinggggg…..ITS SO BEAUTIFULLL ????

  19. vishaa says:
    September 5, 2016 at 8:55 am

    vvvvvvvvvvvvv reeethi

  20. Sabeeha says:
    September 5, 2016 at 12:16 pm

    vv reethi..??

  21. rew says:
    September 5, 2016 at 1:47 pm

    v nice.hope avahah up kuraane kamah

  22. xenn says:
    September 6, 2016 at 10:36 am

    Kobaa tha story

  23. valu handi says:
    September 6, 2016 at 8:58 pm

    nice story ?

Comments are closed.

Next Episodeނޭނގޭހެ ހާދަ ލޯބިވޭ 13←


All Right Reserved!