Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެލޯބި 7 ވަނަބައި

Aishah
September 2, 2016
4 Mins Read
38 Views
6 Comments

” ނަޔާ،……. ނަޔާ މެރީކުރަނީ ކާކާތަ؟ އެ ނަސީބުވެރިއަކީ ކާކު؟” ފެންކެޅިވެފައި އިނދެ ޝާހީން އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެން ޝާހީންއަށް ބަލައިލީމެވެ.

“ޝާހީން އަހަރެން ޝާހީންއާއި މެރީކުރަން ބޭނުން، ޝާހީން އަހަރެންނާއި މެރީކުރާނަންތަ؟” އަހަރެން ޝާހީންގެ ކުރެން އެހީމެވެ. އެވަގުތު ޝާހީން އަހަރެންނަށް ބަލައިލިއެވެ. “ކީ….ކީކޭ؟” ޝާހީން އަހަރެންގެ ކުރެން އެހިއެވެ. ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ދަތިވެގެންނެވެ. “ތިޔަ އިވުނީ ރަނގަޅަށް” އަހަރެން އޭނާއާއި ދިމާއަށް ބޯ ޖަހައިލީމެވެ. ޝާހީން އާނއެކޭ ބުނުމުގެ ގޮތުން އަހަރެންނާއި ދިމާއަށް ބޯޖަހާލިއެވެ. އެއީ އެވަގުތު އޭނާގެ ދޫހަރަކާތް ނުކުރުމުގެ ސަބަބުންނެވެ. ޢޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.  ޝާހީން މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ” ނަޔާދެކެ އަހަރެން ވަރަށް ލޯބިވޭ…” އެހެންބުނަމުން ޝާހީން އަހަރެންގެ ކޮނޑުގައި އަތްއަޅާލަމުން އޭނާއާއި ކައިރިކޮށްލިއެވެ. އަހަރެން އެކޮނޑުގައި ބޯ އަޅާލީމެވެ. ” އަބަދުގެ އަބަދަށް މިކޮނޑުގެ ހިމާޔަތް އަހަރެން ބޭނުން” އަހަރެން ރޮވިފައިވާ އަޑަކުން ބުނީމެވެ. ޝާހީން އޭނާގެ ދެއަތުން އަހަރެންގެ ގައިގައި ވަށާލިއެވެ. ” އަބަދުވެސް މިދެއަތުގެ ހިމާޔަތް ނަޔާއަށް ލިބޭނެ.” ޝާހީން އަހަރެންނަށް ބުންޏެވެ.

ޖެހިގެން އައި ހަފްތާގައި އަހަރެން ޝާހީންއާއި ކައިވެނި ކުރީމެވެ. އަހަރެމެން ބޭއްވީ ވަރަށް ކުޑަކުޑަ ހަފްލާއެކެވެ. ކައިވެނި ކުރުމުގެ ކުރިން އަހަރެންގެ މާޒީ އަހަރެން ޝާހީންއަށް ކިޔައިދިނީމެވެ. އެހެން ނަމަވެސް ޝާހީންގެ މާޒީއާއި ބެހޭގޮތުން އަހަރެން އެއްވެސް ސުވާލެއް ނުކުރަމެވެ. އަދި ޝާލްގެ ހަނދާނަކަށް އޭނާ އަހަރެންނަށް ދީފައިވާ އަނގޮޓި އަހަރެން އޭނާއަށް ޕޯސްޓް ކުރީމެވެ.

ކައިވެއްޏަށްފަހު އަހަރެން ހޭދަކުރަމުން ދިއައީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ޝާހީން އަހަރެންނަށް ވަރަށް ރަނގަޅެވެ.އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެމެންގެ ކައިވެއްޏަށް ދެއަހަރު ފުރުނު އިރު އަހަރެމެންނަށް ލޯބިލޯބި ފިރިހެން ކުއްޖެއްވަނީ ލިބިފައެވެ. އަހަރެން ސްކޫލްއަށްދާގަޑިތަކުގައި ދަރިފުޅު ބަލައިދެނީ ނިހާދުގެ މަންމައެވެ.

ބަހާރު މޫސުމަށްފަހު ހަރީފު މޫސުން އަންނާނެއެވެ. ޝާހީންއަށް މަޑުމަޑުން ބަދަލުތަކެއް އަންނަމުންދާހެން އަހަރެންނަށް ހީވާންފެށިއެވެ. ރަށަށް އައުން މަދުވާންފެށިއެވެ. ގިނައިން މާލެ ދާންފެށިއެވެ.ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެންގެ ފިރިމީހާއަށް ޝައްކު ކުރާކަށް އަހަރެން ބޭނުމެއް ނުނެވެ.

ޝާހީން މާލެއިން ރަށަށް އައި ދުވަހެކެވެ. އޭރު އަހަރެން ބަނޑުބޮޑެވެ. ބަނޑަށް އަށް މަހެވެ. އެރޭ އަހަރެންނަށް ނިދަންއޮވެފައި ކުޑަކޮށް ބަނޑުގައި ރިއްސާތީވެ ހޭލެވުނެވެ.އޭރު ޝާހީން އޮތީ ގަދަ ނިދީގައެވެ.ފާހަނާއަށް ވަދެލުމަށްފަހު އަހަރެން އެނދުގައި އޮށޯތުމުގެ ނިޔަތުގައި އެނދާއި ދިމާއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އެނދުގެ ހެޑްބޯޑު މަތީގައިއޮތް ޝާޙީންގެ ފޯނުގެ ޑިސްޕްލޭ ދިއްލުނެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ފޯނުނެގީމެވެ. އޭރު ފޯނުގެ ލޮކް ވަނީ ނެއްޓިފައެވެ. އަހަރެން މަޑުމަޑުން ފޯނުގެ މެނޫއަށް ފިތާލީމެވެ. ގެލެރީ ބަޔަށް އަހަރެން ވަނީމެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ދެލޯބޮޑުވިއެވެ. ލޮލަށް ގަބޫލު ނުކުރެވިގެން ދެވަނަފަހަރަށް ބަލައިލީމެވެ. އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. ބޮލަށް އެނބުރުން އެރަންފެށިއެވެ.މަޑުމަޑުން އަހަރެންގެ ހަށިގަނޑު ތިރިވާހެން އަހަރެންނަށް ހީވާންފެށިއެވެ.ޝާހީންޢާއި ދިމާއަށް އަހަރެން އަތް އެއްލީމެވެ. އަހަރެންނަށް ހިފުނީ އޭނާގެ ފައިގައެވެ. އަހަރެން ޝާހީންގެ ފައިގައި ހިފާތަޅުވައިގަތީމެވެ. ދެން ވީގޮތެއް އަހަރެންނަކަށް ނޭގުނެވެ.

ވާނުވާ އެނގުނުއިރު އަހަރެން އޮތީ އެނދުމަތީގައެވެ. ޝާހީން އަހަރެންގެ ކައިރީގައި ހާސްވެފައި އިނެވެ.” ކިހިނެއްވީ ނަޔާ؟ ބަނޑުގައި ރިއްސަނީތަ؟ ” ޝާހީން އޯގާތެރިކަމާއިއެކު އަހަރެންގެ ގާތުގައި އަހާލިއެވެ. އަހަރެންނަށް ހަމަ ރޮވެނީއެވެ. ” ޝާހީން ކީއްވެ އަހަރެންނަށް އޮޅުވާލީ؟ ކީއްވެ ދޮގު ހެދީ؟ ކީއްވެ؟ ކީއްވެ؟” އަހަރެން ގިސްލެވިފައިވާ އަޑަކުން ޝަކުވާ ކުރީމެވެ.” ނަޔާ ކިހިނެއްވީ؟ ކޮންދޮގެއްތަ އަހަރެން ހެދީ” ޝާހީން އަހަރެންގެ ބޮލުގައި ފިރުމާލަމުން އަނެއްކާވެސް އަހާލިއެވެ. ” ފޯނުގައި އެއިނީ ކޮންފޮޓޯއެއް، އެ ކާކު ބުނެބަލަ؟” އަހަރެން ސުވާލުކުރީމެވެ. އެއާއިއެކު ޝާހީން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނިއެވެ. އަހަރެން ރޮއެރޮއެފައި އޭނާއާއި ތަކުރާރުކޮށް އެސުވާލު ކުރީމެވެ.” “އެއީ އަހަރެންގެ ރައްޓެއްސެއް” ޝާހީން މަޑުމަޑުން ބުންޏެވެ. ” ރައްޓައްސެކޭ، ދޮގު ނަހަދާތި ޝާހީން، ރައްޓެއްސަކާއިއެކު އެހާ ގައިގޯޅިކޮށް ފޮޓޯ ނަގާނެތަ؟ އަހަރެންނެއް ގަބޫލެއް ނުކުރާނަން” އަހަރެން ރޮމުން ބުނީމެވެ. “ނަޔާ އަހަރެންނަށް މާފުކުރޭ، އެގޮތައް އެފޮޓޯ ނެގުނީތީ، އެކަމަކު ނަޔާ ތިޔަ ހީކުރާކަހަލަ ގުޅުމެއް އޭނައަކާއި ނޯންނާނެ، އަހަރެންނަށް ނަޔާ ތިހާދެރަވާނެކަން އެނގޭނަމަ އެފޮޓޯ ފޯނުގައި ނުބޭންދީމުސް، އަހަރެން މިހާރު މި ޑިލީޓްކޮށްލަނީ” އެހެން ބުނުމާއިއެކު ޝާހީން އެފޮޓޯ އޭނާގެ ފޯނުން ޑިލީޓް ކޮށްލިއެވެ. ” ޝާހީން، ޝާހީންއަށް ތި ފޮޓޯގަނޑު ފޯނުން ޑިލީޓް ކޮށްލެވިދާނެ، އެކަމަކު އަހަރެން ކިހިނެއް އަހަރެންގެ ހިތުން ފުހެލާނީ” އަހަރެން އަނެއްކާވެސް ރޯންފެށީމެވެ. ޝާހީން އަހަރެންގެ ގާތުގައި އެތައް އާދޭހެއް ކުރުމުން އަހަރެން އޭނާއަށް މާފުކުރީމެވެ. އެއީ އަހަރެންގެ ދަރިފުޅަށްޓަކައެވެ.

އޭގެ ފަސްމަސް ފަހެވެ. އަހަރެން އިނީ އައިން އަށް ކާންދޭށެވެ. ކުއްލިއަކަށް އަހަރެންގެ ފަހަތުން މީހަކު ކަރުކެހިއަޑަށް އަހަރެން ބަލައިލީމެވެ. އެއީ އާމިރުއެވެ. ” ކަމަކުތަ؟” އަހަރެން އަހާލިމެވެ. އަހަރެން ޝާހީންއާއި ކައިވެނި ކުރިފަހުން އާމިރުގެ އުނދަގުލެއް އަހަރެންނަކަށް ނުވެއެވެ. އެހެންކަމުން އަހަރެން ކުޑަކޮށް އާމިރުއާއި ވާހަކަ ދައްކަމެވެ. ” ނަޔާ، މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން، ނަޔާއަށް ދެރައެއް ލިބޭކަށް މަށެއް ބޭނުމެއް ނޫން، މަށަށް ސަތޭކަ ޕަސެންޓް ޔަގީން ވާހަކައެއް ބުނަން މިއައީ. މިކަމެއް ހިނގާތާ މިހާރު ތިންމަސްވެއްޖެ” އާމިރު އަހަރެންނަށް ބުންޏެވެ. ” ދެން ބުނެބަލަ ” އަހަރެން ބުނީމެވެ. ” ނަޔާ، މަ ތަންކޮޅެއްކުރިން އެއްފަހަރެއްގައި މާލެގޮސްފަ، އެއްރެއަކު،މަގޭ ބިޓު ގޮވައިގެން މިދިޔައީ “މާވެލަސް” ގެސްޓް ހައުސްއަށް. އެތާ ރިސެޕްޝަންގައި ހުރި ސޯފާގައި ޝާހީންއާއި އެހެން އަންހެނަކާއި ވަރަށް ގައިގޯޅި ގޮތަކަށް ތިބި، މަ ހިތައްއެރި އޭނަ ހަދާއެއްޗެއް ބަލާނަމޭ، މަ އޭނައަށް ފާރަލާތާ ދެމަސް ވެއްޖެ މިހާރު، އެ ދެމިހުން އުޅެނީ ރައްޓެހިވެގެން، ހަމަ ހުވާކޮށްފަ މިބުނީ، ނަޔާއަށް ގަބޫލުނުކުރެވޭނެކަން މަށަށް އެނގޭ، އެކަމަކުވެސް މިއީ ހަމަ ތެދު.ނަޔާ ބޭނުމިއްޔާ ހިނގާ އޭނައަށް ސިއްރުން މާލެދާން، ހަމަ ރަނގަޅަށް ބަސްޓްކޮށްދޭނަން.އެ އަންހެން ގޮލާއެއީ މަދަންނަ ގޮލައެއް، މަށަށް އެނގޭ އޭނަ އުޅޭގެ ވެސް. ކޮންމެސް މަ މިވާހަކަ ދެއްކި ވާހަކަ ނުބުނާތި” އާމިރު ވަރަށް ތަފްސީލުކޮށް އަހަރެންނަށް ކިޔައިދިނެވެ.އަދި އޭނާ އެތަނުން ދިއުމަށް ހިނގައިގަތެވެ. އަހަރެން އާމިރު އާއިދިމާއަށް ބަލައިލީމެވެ. އެހެން ނަމަވެސް އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ. އެހެން ނަމަވެސް އާމިރު ދެއްކި ވާހަކަތަކާއި ދޭތެރޭ އަހަރެންނަށް ވަރަށް ވިސްނުނެވެ.ރޮވުނެވެ.

އޭގެ ދެހަފްތާ ފަހުން ޝާހީން އަނެއްކާވެސް މާލެދާންފުރިއެވެ. ދިރިއުޅުމުގެ ހަނގުރާމައާއި ކުރިމަތިލާން އަހަރެން ނިންމީމެވެ. މި ނޫންގޮތެއް މިހާރު އަހަރެންނަކަށް ނެތެވެ. އާމިރު އާއި އަހަރެން ބައްދަލު ކުރީމެވެ. އާލާ ޑޮކްޓަރަށް ދައްކަން މާލެދާން އުޅޭ ވާހަކަ ބުނީމެވެ. އަދި އާމިރު ދެއްކީ ތެދު ވާހަކައެއްތޯ ބަލަން ބޭނުންވާ ވާހަކަވެސް ބުނީމެވެ.

އަހަރެން މާލެދިޔަރެއެވެ. ގަޑިން ދިހައެއް ޖަހަނީއެވެ. އައިންއާއި އާލާ ނިންދެވުމަށްފަހު ދައްތަ އާއި ހަވާލުކޮށްފައި އަހަރެން ނިކުތީމެވެ. އަހަރެން އާމިރުއަށް ގުޅީމެވެ. “ހަލޯ ނަޔާ، އެމީހުން އަށެއް ޖެހިއިރު ރޫމަށްވަތްގޮތައް އަދި ވެސް ވީ ރޫމްގަ، އަވަހަށް އާދޭ މިކޮޅަށް، މަ ހަތެއް ޖެހީއްސުރެ މިހުންނަނީ މިތާގަ” ފޯނު ނެގިގޮތައް އާމިރު ބުންޏެވެ. ޓެކްސީއެއް ހޯދައިގެން އަހަރެން “މާވެލަސް” ގެސްޓް ހައުސްއަށް ދިޔައީމެވެ.

ގެސްޓް ހައުސްއަށް ވަނުމުގެ ކުރިން އަހަރެން ޝާހީންއަށް ގުޅީމެވެ.” ހަލޯ ކީއްކުރަނީ؟” ޝާހީން ފޯނު ނެގުމުން އަހަރެން އެހީމެވެ.” ރައްޓެއްސަކާއިއެކު ކޮފީއެއްގައި، ކޮބާ ދެކުދިން ރަނގަޅުތަ؟” ޝާހީން އަހަރެން ކައިރީގައި އަހާލިއެވެ. އާނއެކޭ ބުނެފައި އަހަރެން ފޯނު ކަނޑާލީމެވެ. އެއާއިއެކު އަހަރެންނާއި އާމިރު ރިސެޕްޝަނަށް ދިޔައީމެވެ. ނަސީބު އަހަރެމެންގެ އަތުގައި ހިފި ކަހަލައެވެ. އެތާގައި އިނީ އާމިރުގެ ވަރަށް ގާތް ރައްޓެއްސެކެވެ.ވެގެން އުޅޭގޮތް އަހަރެން ކިޔައިދިނީމެވެ. އަދި އަހަރެން އެކޮޓަރީގެ ޑަބަލް ތަޅުދަނޑި ބޭނުންވާ ވާހަކަ ބުނީމެވެ. އަހަރެމެން ބޭނުންވާގޮތައް އެތަޅުދަނޑި އަހަރެންގެ އަތައް އެކުއްޖާ ދިނެވެ.

އެ ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތަޅަށް ތަޅުދަނޑި ޖެހުމަށް ފަހު މަޑުމަޑުން ތަޅުދަނޑި އަބުރާލީމެވެ. އެއާއިއެކު ތަޅުހުޅުވުނެވެ. ދޮރު ހުޅުވާލުމަށް އަހަރެން ތަޅުގައި ހިފީމެވެ. ދޮރު ހުޅުވާނީހެއްޔެވެ؟ މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާ ބޭޒާރު ކުރަންވާނެ ހެއްޔެވެ؟ ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ ޒިންމާއެކެވެ.މިއީ ސިއްރުކުރަން ވާނެ ކަމެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި ޝާހީންގެ އަގު ވައްޓާލަންވީހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން ތަޅުން އަތް ދޫކޮށް ލީމެވެ. އެނބުރި އައިކޮޅަށް ހިނގައިގަތީމެވެ.

ނުނިމޭ

 

2
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aishah

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 11

Next

އެލޯބި 8 ވަނަބައި

Next
September 2, 2016

އެލޯބި 8 ވަނަބައި

Previews
September 1, 2016

ނޭނގޭހެ ހާދަ ލޯބިވޭ 11

6 Comments

  1. Daisy says:
    September 2, 2016 at 1:21 am

    v reethi..keep it?

  2. aik says:
    September 2, 2016 at 5:45 am

    vv reethi..?? ekamaku haadha kurey!!?

  3. Aphy says:
    September 2, 2016 at 7:29 am

    V reethi ….whn is the nxt part

  4. Marsh says:
    September 2, 2016 at 8:43 am

    V lobi …. Next part knirakun up kuraaneee….

  5. Sabeeha says:
    September 2, 2016 at 11:12 am

    v reethi.?

  6. yaalaa says:
    September 2, 2016 at 2:52 pm

    Haadha k ray dhw

Comments are closed.

All Right Reserved!