Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެލޯބި 8 ވަނަބައި

Aishah
September 2, 2016
8 Mins Read
63 Views
21 Comments

އެ ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތަޅަށް ތަޅުދަނޑި ޖެހުމަށް ފަހު މަޑުމަޑުން ތަޅުދަނޑި އަބުރާލީމެވެ. އެއާއިއެކު ތަޅުހުޅުވުނެވެ. ދޮރު ހުޅުވާލުމަށް އަހަރެން ތަޅުގައި ހިފީމެވެ. ދޮރު ހުޅުވާނީހެއްޔެވެ؟ މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެހެން މީހުންގެ ކުރިމަތީގައި ފިރިމީހާ ބޭޒާރު ކުރަންވާނެ ހެއްޔެވެ؟ ފިރިމީހާގެ ސިއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ ޒިންމާއެކެވެ.މިއީ ސިއްރުކުރަން ވާނެ ކަމެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި ޝާހީންގެ އަގު ވައްޓާލަންވީހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން ތަޅުން އަތް ދޫކޮށް ލީމެވެ. އެނބުރި އައިކޮޅަށް ހިނގައިގަތީމެވެ.

ކުރިޔަށް ދިހަވަރަކަށް ފިޔަވަޅު އެޅުމަށްފަހު އަހަރެން ހުއްޓުނީމެވެ. ދިރިއުޅުމުގެ ހަނގުރާމައިން އަހަރެން ބަލިވާންވީހެއްޔެވެ؟ އަހަރެންނަކީ އެހާ ފިނޑި މީހެއް ހެއްޔެވެ؟ ހުރިހާ ކަމެއް އެނގި ހުރެ ނޭގޭކަމަށް ހަދައިގެން އަބަދުގެ އަބަދަށް ރޮއެ ރޮއެ ހުންނަން ވީހެއްޔެވެ؟ ހަގީގަތާއި ކުރިމަތިލާނެހާ ހިއްވަރު އަހަރެންގެ ގައިގައި ނެތީހެއްޔެވެ؟ ހަގީގަތް ކުރިމަތިން ހާމަވާންއޮތްއިރު، ހަގީގަތަށް ފުރަގަސް ދޭންވީހެއްޔެވެ؟ އަހަރެންގެ ސިކުނޑީގައި މިސުވާލުތައް އެނބުރެގަތެވެ. ނޫނެކެވެ. އެމީހެއް ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބެންޖެހޭނެއެވެ. އެއީ އަހަރެން ދެކޭގޮތެވެ. އަހަރެން ފަސް އެނބުރިބަލާލީމެވެ.

ބާރުބާރަށް ހިނގާފައިގޮސް އަހަރެން އެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓާލީމެވެ. އެއްއަތުން ތަޅުގައި ހިފީމެވެ. އަނެއްއަތް މޭގައި އަޅާލުމަށްފަހު މަޑުމަޑުން ދޮރު ހުޅުވާލީމެވެ. އަހަރެންގެ ދެލޮލަށް ފެނުނީ އަހަރެން ދުވަހަކުވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.ޝާހީން އޮތީ އެ އަންހެން ކުއްޖާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. ކޮޓަރީގައި ބަހައްޓާފައިވާ ސޯފާގައި އޮށޯވެލައިގެން ޓީވީބަލާށެވެ. އަހަރެން ދޮރު ހުޅުވާލުމާއި އެކު އެ އަންހެން ކުއްޖާ ދޮރާއި ދިމާއަށް ބަލައިލިއެވެ. ނަސީބު އަހަރެންގެ ކޮޅަށް ބުރަވީ ކަންވެސް ނޭގެއެވެ. އެ އަންހެންކުއްޖާއަށް ހައިރާންކަން ލިބުނުވަރުން އޭނާއަކަށް އަނގައިން ބުނާކަށް ނޭގުނެވެ. އޭނާއަށް އެވަގުތު ހަމައެކަނި ކުރެވުނު ކަމަކީ މަޑުމަޑުން ޝާހީންގެ ކޮނޑުގައި ޖަހާލެވުނީއެވެ. އެހެން ދެފަހަރަކު ޖަހާލުމުން ޝާހީން އޭނާގެ އަތުގައި ހިފިއެވެ. އަދި އެއަތަށް ބޮސް ދިނެވެ. އެމަންޒަރު ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ޖެހުނެވެ. ފެންކަޅިވިއެވެ. އަމިއްލަ ފިރިމިހާ އެހެން އަންހެނެއްގައިގައި ބީހޭތަން ދެކެން ކެއްކުރެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ޝާހީންމެންގެ ކުރިމައްޗަށް ހުއްޓުނީމެވެ.

” ނަ..ނަ..ނަޔާ….. ކިހި…. ކިހިނެއް؟ ” ޝާހީންއަށް ވާހަކައެއް ނުދެއްކުނެވެ.” ދުވަހަކުވެސް އަހަރެން ބޭނުމެއް ނޫން އަހަރެންގެ ފިރިމީހާއަށް ޝައްކު ކުރާކަށް… އަދި ޝަކުވާއެއްވެސް ކުރާކަށް…… އެހެން ވީމަ އަހަރެން މިގޮތައް ކަންތައް މިކުރީ…” މިހެން ބުނުމަށްފަހު އަހަރެން ކޮޓަރިން ނިކުންނަން ހިނގައި ގަތީމެވެ. އެހެން އަންހެނެއްގެ ކުރިމަތީގައި ފިރިމީހާއާއި ދިމާއަށް އެއްޗެހި ކިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ. ” ނަޔާ….. މަޑުކޮށްބަލަ.. ޕްލީޒް ” ޝާހީން އަހަރެންގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ.” ޝާހީން ދައްތަމެންގޭގަ އަހަރެން ޝާހީންއަށް އިންތިޒާރު ކުރާނަން…” އެހެން ބުނުމަށްފަހު އަހަރެން ހިނގައިގަތީމެވެ.

ޓެކްސީއެއްގައި އަހަރެން ގެއަށް އައީމެވެ. އެރޭ ހަތަރު ދަމު އަހަރެން ޝާހީންއަށް އިންތިޒާރު ކުރީމެވެ. އެހެން ނަމަވެސް އަހަރެން ކުރި އިންތިޒާރުވީ ބޭކާރު ކަމަކަށެވެ. ޝާހީން އަހަރެންގެ ކައިރިއަކަށް ނައެވެ. އަންނަން ނުކެރުނީ ކަމެއް ނުވަތަ ގަސްދުގައި ނައީ ކަމެއް ނޭގެއެވެ. އެރޭ އަހަރެން ވަރަށް ރުއީމެވެ. މިއަދު އަހަރެން ނިކަމެތިވެ ކުޑަކުޑަދެކުދިންނާއި އެކު ބިކަ ހާލުގައި ޖެހުނީއެވެ.  އަޅާލާނެ އެކަކުވެސް ނެތިއެވެ. އަހަރެން ވަރަށް ރުއީމެވެ. އެއީ އެދެކުދިންގެ މުސްތަގް ބަލަށް ވާނެގޮތެއް ނޭގޭތީއެވެ. އަލާ ލިބުމާއި އެކު ދަރިފުޅު ބަލާނެ މީހަކު ނެތުމުން ޝާހީންގެ އެދުމުގެ މަތިން އަހަރެން ވަޒީފާއިންވެސް ވަކިވީއެވެ.

ފަތިހު ފުރި ދޯނިން އަހަރެން ދެކުދިން ގޮވައިގެން ރަށަށް އައީމެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން ރަށަށް އައިފަހުން ދެމަސް ފާއިތު ވިއިރުވެސް ޝާހީން އަހަރެންނަކަށް ނުގުޅައެވެ. އަހަރެންނަށް ނުގުޅިތާގައި ކުޑަކުޑަ ދެކުދިންގެ ހާލަކީވެސް ކޮބައިތޯ ވެސް ބަލައެއް ނުލިއެވެ. ކުދިންނަށް ބޭނުންވާ ހަރަދުތަކެއް ނުކުރެއެވެ. އަހަރެން އެކަމަށް އެދި ވަރަށް އާދޭސް ކުރީމެވެ. އަހަރެންގެ އަތްމަތި ދަތިވެ ނިކަމެތިވިއެވެ. ފިހާރަތަކަށް ދަރަނިވެރިވާންފެށިއެވެ.އިތުރު ގޮތެއް ހޯދުމަށް އަހަރެންނަށް މަޖުބޫރު ވިއެވެ. އަހަރެން ޓިއުޝަން ދޭންފެށީމެވެ.އަހަރެންގެ ކުޑަކުޑަ ދެކުދިންނަށްޓަކައި އިތުރު ގޮތެއް ނެތުމުގެ ސަބަބުންނެވެ. ކިޔެވުނުކަން އެއީ އަހަރެންގެ ނަސީބުކަމުގައި އަހަރެންނަށް ޔަގީންވިއެވެ. އޭގެ ކުޑަދުވަސްކޮޅެއްފަހުން އަހަރެން ޝާހީންއާއި ވަކިވީމެވެ. އަބަދުގެ އަބަދަށެވެ.ފަސްއެނބުރި ދުވަހަކުވެސް ޝާހީންއާއި ދިމާއަށް ނުބެލުމަށް ހިތުގެ އަޑިން އަޒުމް ކަނޑައަޅައިގެންނެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ކުޑަކުޑަ އާލާ އޮތީ ނިދާފައެވެ.އޭރު އާލާ ހުންއައިސް ކުޑަކޮށް ކެއްސާއުޅޭތާ ފަސްދުވަސް ވެއްޖެއެވެ. އައިންއަށް ކާންދީގެން އަހަރެން ގެއަށް ވަންނަނިކޮށް ކޮޓަރިތެރެއިން އާލާ ރޮއެގަތް އަޑު އަހަރެންނަށް އިވުނެވެ. އަވަސް އަވަހަށް އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު އާލާ އޮތީ ހޮޑުލައިގެންނެވެ. ކޮންމެވެސް ވަރަކަށް ހޮޑުގައި ލޭ ހުރިކަން އަހަރެންނަށް ފާހަގަ ވިއެވެ. އަހަރެން އާލާ ނަގައި އުރާލީމެވެ. ސުބްހާނަށްﷲ އެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭރު އާލާ ވަރަށް ހުންގަދައެވެ. އަހަރެން ވަގުތުން އާލާ ގޮވައިގެން މަރުކަޒާދިމާއަށް ހިގައިގަތީމެވެ.އޭރު މަރުކަޒުގެ އެމްބިއުލާންސް ވަނީ ހަލާކުވެފައެވެ.

މަގުގެ ބައެއް ހިސާބު ހިސާބު އަނދިރިކަމުން ވަރަށް ބިރުން ހުރެ އަހަރެންނާއި އެއްވަރަށް އަހަރެންގެ ހެދުމުގެ އެއްތަންކޮޅުގައި ހިފަހައްޓާލައިގެން ހުރެ ކުޑަކުޑަ އައިންވެސް އައެވެ. މަގުމަތިން އަހަރެމެން އައި އިރުވެސް ދެފަހަރަކަށް އާލާ ހޮޑުލިއެވެ. މަރުކަޒުގައި އަލާ އެޑްމިޓް ކުރިއެވެ. ހުން އެއްވެސް ވަރަކަށް މަޑުނުވުންނާއި ދޭތެރެ ދޭތެރެއިން ހޮޑުލާތީވެ ކުޑަކުޑަ އާލާގެ ހާލު ދިޔައީ ދަށްވަމުންނެވެ. ޑޮކްޓަރ އަހަރެންނަށް ލަފާދިނީ އަވަހަށް މާލެގެން ދިއުމަށެވެ. އެރޭ ފުރަން ހަމަޖެހިފައިވާ ލޯންޗަކުން އަހަރެން މާލެ ދިޔައީމެވެ. ނިހާދުގެ މަންމަ އާއި އައިން ހަވާލުކޮށްފައެވެ.

އައިޖީއެމް އެޗްގައި އާލާ އެޑްމިޓްކުރިއެވެ. އާލާއަށް ފަރުވާދޭންފެށިއެވެ. ނަމަވެސް ހާލު ދިޔައީ ދަށްވަމުންނެވެ. އަހަރެން ފޯނު ނެގީމެވެ. ކޮންމެ ގޮތެއްވިޔަސް ޝާހީން އެއީ އާލާގެ ބައްޕައެވެ. އެކުދިންނަށް ކަމެއް ވެއްޖެނަމަ އޭނާއަށް އެކަން އެންގުމަކީ އަހަރެންގެ ޒިންމާއެކެވެ.  ” ހަލޯ، ޝާހީން،……. އާލާ، ވަރަށް ބޮޑަށް ބަލިވެގެން………. އައިޖީއެމްއެޗް ހޮސްޕިޓަލްގައި ބާއްވައިގެން މިއުޅެނީ،…….. ޝާހީންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން، އާލާގެ ހާލު ވަރަށް ދެރަ” ޝާހީން ފޯނު ނެގުމުން އަހަރެން ބުނީމެވެ. “ލޯބީ، ހިނގާ އަވަހަށް ދާން، މިހާރުވެސް މާބޮޑަށް ލަސްވެއްޖެ، ފްލައިޓް ކަޓާފާނެ” އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ކޮންމެވެސް އަންހެނެއް ޝާހީންއާއި ވާހަކަ ދެއްކި އަޑެވެ. ” ނަޔާ، އަހަރެން މިދަނީ އެއަރ ޕޯޓަށް ލަންކާއަށް ދާނެވެގެން. އަހަރެންނަށް އާދެވޭނީ ހަފްތާއެއް ފަހުން. މިހާދުވަސްވީއިރުވެސް އަހަރެންގެ އެހީތެރިކަމެއްނެތި ނަޔާއެއްނު އެކުދިން ބެލީ. ނަޔާއަށް ބެލޭނެ އެއްނު. އެހެން ނޫނަސް ތިމީހުންނަށްޓަކާ އަހަރެންގެ ވަގުތުތައް ބޭކާރުކޮށްލާކަށް އަހަރެން ބޭނުމެއްނޫން، ދެން ބާއްވަނީ” ވަރަށް ރުންކުރު ގޮތަކަށް ވާހަކަދެއްކުމަށްފަހު  ޝާހީން ފޯނު ކަނޑާލިއެވެ. އަންހެނެއްގެ އަވާގައި ޖެހިގެން ޝާހީންއަށް އެވަނީ ދުނިޔެވެސް އޮޅިފައެވެ. އަހަރެންނަށް ރޮވުނެވެ. އަހަރެންނާއި ދޭތެރޭގައި ވިސްނާނުލިތާގައި ދަރިންނާއި ދޭތެރޭގައިވެސް ވިސްނާ ނުލުމުންނެވެ.

“ދަރިފުޅުގެ ހާލު ދަށްވަމުންދާތީވެ، އައިސީޔޫއަށް ލާންޖެހޭނީ، ދަރިފުޅު ވަރަށް ސަކަރާތް.ޓެސްޓްތަކުން ދައްކާގޮތުން ދަރިފުޅަށް ވަނީ ޑެންގޫ ޖެހިފަ، އަދި ކިޑްނީގެ މައްސަލައެއްވެސް ހުރިކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އިތުރަށް އެއްޗެއް ބުނަން އެނގޭނީ މިހާރު ހަދަމުން މިދާ ޓެސްޓު ތަކުގެ ނަތީޖާ ލިބުމުން” ޑޮކްޓަރ އަހަރެންނަށް އޮޅުންފިލުވައިދިނެވެ. އަހަރެން ނިހާދުއަށް ގުޅީމެވެ. ރޮވޭވަރުން އަހަރެންނަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ.

އައިސީޔޫއަށް ދަރިފުޅު ލުމުން އަހަރެން އައިސީޔޫގެ ބޭރުގައި އިށީންނުމަށް ހާއްސަކޮށްފައިވާ ގޮނޑިބަރިން ގޮނޑިއެއްގައި އިށީންދެލައި އާލާއަށް ހެޔޮރަހްމަތް ލެއްވުމަށް އެދި ހިތާހިތުން ދުއާކޮށްލަކޮށްލާ އިނީމެވެ. އަހަރެން އެހެން އިންނަތާ ގަޑިއެއްގެ އިރު ފަހުން ދޮރު ހުޅުވާލުމަށްފަހު ނަރުސް ކުއްޖަކު  ނުކުމެ އަހަރެންނަށް ގޮވާލިއެވެ. އަހަރެން އަވަސްއަވަހަށް އެކުއްޖާގެ ގާތަށް ދިޔަޢީމެވެ. ” ދަރިފުޅު ވަރަށް ސަކަރާތް، މިހާރު ހިތް މަސައްކަތް ކުރަމުން އެދަނީ ހަމައެކަނި މެޝިންގެ އެހީގައި…. ކެއްތެރިވާންވާނެ.” ޑޮކްޓަރ އަހަރެންނަށް ބުނެދިނެވެ. އަހަރެންނަށް ރޮއިގަނެވުނެވެ. ކެއްކުރެވޭތޯ ބަލަމުން އަހަރެން ގޮނޑީގައި އިށީންނީމެވެ. އިސްޖަހާލީމެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުންނެވެ.

” ނަޔާ” އަހަރެން އިސް އުފުލާލީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުން އަހަރެންނަށް ގޮވާލުމުންނެވެ. އަހަރެން ބަލާލީމެވެ. އެމިހާގެ މޫނަށެވެ. ” ޝާ…….. ޝާ……ޝާ…….. ޝާލް” އަހަރެންގެ ދުލުން ޝާލްގެ ނަން ކިއުނެވެ. އާއެކެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ޝާލްއެވެ. ޝާލް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެހެން ނަމަވެސް ޝާލްއަށް އެއްޗެއް ބުނެވުމުގެ ކުރިން އައިސީޔޫގެ ދޮރު ހުޅުވާލިއެވެ. އަދި ނަރުސް ކުއްޖަކު ބޯދިއްކޮށްލަމުން އަހަރެންނަށް ގޮވާލިއެވެ. އަހަރެން އެދިމާއަށް ދުވެފައި ދިޔައީމެވެ. ފަހަތުން ޑޮކްޓަރ ނިކުތެވެ. ” މެޝިން ހުއްޓިއްޖެ، ބޭބީ ސަލާމަތެއް ނުކުރެވުނު. ވަރަށް ބޮޑަށް ސޮރީ.” ޑޮކްޓަރް ބުޏްޏެވެ. އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. އެވަގުތު ޝާލް އަހަރެން ހިފެހެއްޓިއެވެ. “ނަޔާ ހަމަޖެހިބަލަ! ކެއްތެރިވާން ދަސްކުރޭ! އަހަރެންނަށް އިހުސާސް ކުރެވޭ މިވަގުތު ނަޔާއަށް ކުރާނެ އަސަރު، އެކަމަކުވެސް .ހިތްވަރު ކުރޭ ހިތްވަރު ކުރޭ” ޝާލް އެހެން ބުނަމުން އަހަރެންގެ ހަށިގަނޑު އޭނާގެ ގައިގައި ލައްކޮށްލައިގެން ގޮނޑިބަރިއާއި ދިމާއަށް ހިނގައިގަތެވެ. އަހަރެންގެ ދެފައިގައި ހިނގާލާނެހާ ވަރުވެސް ނެތެވެ.  ” ކޮބާ ފިރިމީހާ؟” ޝާލް އަހަރެންގެ ގާތުން އެހިއެވެ. އަހަރެން ބޯ ހޫރާލީމެވެ. އެހާ ހިސާބުން އަހަރެން ބުނީ ކީކޭކަން ޝާލްއަށް ޔަގީންވިއެވެ.

ދަރިފުޅު ވަޅުލުމުގެ ކަންތަކުގައި ޝާލްގެ އެހީތެރިކަން ވަރަށް ފުރިހަމައަށް އަހަރެންނަށް ލިބުނެވެ. އެވަގުތު ޝާލް އެތަނަށް އައުން އެއީ އަހަރެންގެ ނަސީބެވެ. ” ހިނގާ ގެއަށްދާން” ޝާލް އަހަރެންގާތުގައި ބުންޏެވެ. އޭރު އަހަރެން ހުރީ މަހާނަ ކައިރީގައެވެ. މަހާނައަށް ބަލާށެވެ. އޭރުވެސް އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ސަހަރާގެ ދޮރުން ނިކުމެފައި ޓެކްސީއަކަށް ޝާލް ގުޅިއެވެ. ” ޝާލް އަހަރެން ދާނެގެއެއް ނުހުންނާނެ. ދައްތަމެން ގެ ކުއްޔަށް ދީފައި އިންޑިޔާއަށް ބަދަލުވިތާ ދެ މަސް ވެއްޖެ. ގެސްޓް ހައުސް އަކުން އަގުހެޔޮ ރޫމެއް ލިބޭތޯ ބަލަން ޖެހޭނީ” އަހަރެން ބުނީމެވެ. ޝާލް އަހަރެންގެ އަތުގައި ހިފިއެވެ. ” ނަޔާ ދާނީ އަހަރެންނާއި އެކު” ޝާލް ބުންޏެވެ.

ޝާލް އަހަރެން ގެންދިޔައީ ކުޑަކުޑަ އެޕާރޓް މަންޓަކަށްށެވެ. “ހުސްނާ، މިއީ ނަޔާ، ނަޔާއަށް ރަށަށް ދެވެންދެން މި ގޭގައި ބަހައްޓަދީ، އަހަރެން އިންމައަށް ގުޅާފަ ބުނާނަން، ނަޔާ، މިއީ ހުސްނާ، އިންމަގެ ވައިފް” ޝާލް އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ތައާރަފް ކޮށްދިނެވެ. “ނަޔާ، ހިނގާ ކޮޓަރިއަށް ” ހުސްނާ އަހަރެންގެ ގާތުގައި ބުންޏެވެ. ޝާލް ހުސްނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.އަހަރެން ކޮޓަރީގައި އޮއްވައި ހުސްނާއައެވެ. “ނަޔާ ދެން ނުރޮއި ހުއްޓާލާ، ތިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް، ކެއްތެރިވާންވާނެ، ހިނގާ ކޮންމެވެސް އެއްޗެއް ކާލަން ދާން” ހުސްނާ އެދުނެވެ. އަހަރެން އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ހުސްނާގެ އެދުމުގެ މަތީން އަހަރެން ދިޔައީމެވެ. އޭރު ޝާލް އިނީ ކާމޭޒު ދޮށުގައި ފައިލެއް ހިފައިގެންނެވެ. އަހަރެމެން ހަމަ ފެނުމާއި އެކު ފައިލް ލެއްޕިއެވެ. ޝާލް އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންނަށްވެސް ޝާލްގެ މޫނަށް ބަލައިލެވުނެވެ.

“ރިޕޯޓްތައް ޑޮކްޓަރަށް ދެއްކީތަ؟ ކީކޭތަ ޑޮކްޓަރ ބުނީ؟ ” ހުސްނާ ޝާލް ކުރެން އެހިއެވެ. ” ހަމަ އެހެން މީހުންވެސް ބުނި ގޮތައް ބުނީ، ވަކި ތަފާތު އެއްޗެކޭ ނުބުނެ” ޝާލް ވަރަށް މާޔޫސް ކަމާއިއެކުގައި ބުންޏެވެ. “ނަޔާ، އެހާބޮޑަށް ފިކުރު ނުކުރާތި، ދެން ކޮންމެވެސް އެއްޗެއް ކެވޭތޯ ބަލާ”ޝާލް ހުސްނާއާއި ވާހަކަދެއްކުމަށްފަހު އަހަރެންނާއި ދިމާއަށް ބުންޏެވެ. އަހަރެނަށް ޝާލް އަށް ބަލަން އިނދެވުނީއެވެ.އެއްޗެއް ބުނާނެހާ ހިތްވަރެއް ނެތީމައެވެ. އިރުކޮޅަކުން ޝާލް ބޭރަށްދާން ތެދުވިއެވެ.

ހުސްނާ ފަނިތައްޓެއް އަޅައިދިނުމުން އަހަރެން ފަނިފޮދެއް ބޮވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އަހަރެންނަށް ބޮވުނީ އެއްމެ ދެކޯވަރެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. މާބޮޑަށް ދަރިފުޅުމަތިން ހަނދާންވީއެވެ.ހުސްނާއަހަރެންނަށް ވަރަށް ހިތްވަރުދިނެވެ. ނަސޭހަތްތެރިވިއެވެ.އަހަރެން ހުސްނާއަށް އަހަރެންގެ ހާލު ކިޔައި ދިނީމެވެ. އެހެން ނަމަވެސް އަހަރެން ޝާލްގެ ނަމެއް ނުބުނަމެވެ. ސަބަބަކީ ޝާލް ހުސްނާ ގާތުގައި އަހަރެންގެ ވާހަކަ ބުނެފައިވާހެން ހީނުވާތީއެވެ. އަހަރެންގެ ވާހަކަ ނިމުނު އިރު ހުސްނާއަށް ވެސް ވަނީ ރޮވިފައެވެ. ” ނަޔާ ތިކަހަލަ ކޮންމެ ކަމެއްގައިވެސް އަހަރެމެންނަށް އޮންނާނީ މިންވަރުފުޅަށް ޝުކުރުކުރުން، ކެތްކޮށްފަ އިތުރު ހިތްވަރަކާއިއެކު ދިރިއުޅުމާއި ކުރިމަތިލާ، އިރާދަ ކުރެއްވިއްޔާ ނަޔާ އަށް ކާމިޔާބު ވާނެ، އަހަރެން ނަޔާއަށް ދުއާކޮށްދޭނަން” ހުސްނާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ” ކެއްކުރެވިއްޖެ، އިންސާނަކަށް ކެއްކުރެވޭނީ މިހާކަންހާ ވަރަށް، އަހަރެން މުޅިން ވަރުބަލިވެއްޖެ” ފުންނޭވާއަކާއި އެކު ކަރުނަތައް ފުހެލަމުން އަހަރެން ބުނީމެވެ. ” ނަޔާ ތިހެން ނުބުނޭ، ހިތްވަރުކުރޭ، ތިހާ އަވަހަށް އުއްމީދު ކަނޑާނުލާ، ކޮންމެ މީހަކުވެސް ހިތްވަރާއިއެކު މަސައްކަތްކޮށްފިނަމަ އެމީހެއްގެ ދިރިއުޅުން އާރާސްތު ކުރެވޭނެ، އެންމެ ފަހުވަގުތާއި ހަމައަށްވެސް އަހަރެމެން އުއްމީދު ކުރަންވާނެ، ނިކަން ބަލާލަ ޝާލް، އޭނަވެސް އުއްމީދު ކަނޑައެއް ނުލައެއްނު، ކިހާ ކެތްތެރި، ހަގީގަތަށް ބުނައްޏާ އޭނައަކަށް އެއްވެސް އުއްމީދެއް ނެއް ކާމިޔާބުވާނެ ކަމުގެ” ހުސްނާ އަހަރެންނަށް ހިތްވަރުދިނުމަށް ބުންޏެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ” ޝާ..ޝާލް އަށް ކިހިނެއްވީ؟” އަހަރެންނަށް ތުރުތުރު އަޅާ އަޑަކުން އަހާލެވުނެވެ.އަހަރެންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އަވަސް އަވަހަށް އަހަރެން ފެންފޮދެއް ބޯލެވޭތޯ ބެލީމެވެ.

” ނަޔާއަކަށް ނޭގޭތަ؟” ހުސްނާ ހައިރާންވެފައި ހުރެ އަހަރެން ކުރެން އެހިއެވެ.އަހަރެންނަށް ހަމައެކަނި ބޯޖަހާލެވުނީއެވެ. ” ޝާލް އަކީ ދަރިން ލިބުމުން މަހުރޫމްވެފައިވާ މީހެއް” ހުސްނާ އެހެން ބުނުމާއިއެކު އަހަރެން ކޮށި އެރިއެވެ. ” އޭނ! ކީކޭ” އަހަރެން ގަބޫލު ނުކުރެވިގެން އަހާލީމެވެ.”އާނ! އެމީހުންގެ ކައިވެއްޏަށް ހަތަރު އަހަރު ވީއިރުވެސް ދަރިއެއް ނުލިބޭ، އެހެންވެ އެމީހުން ރާއްޖެއިން ބޭރަށްގޮސް ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކި، އެއްމެންވެސް ބުނަނީ ޝާލްގެ މައްސަލައެކޭ، އެއްވެސް އުންމީދެއް ނެތޭ، އެކަމާ މުނާ ހިތްހަމަ ނުޖެހުނު، ދެމީހުންގެ މެދުގައި ތަފާތު މައްސަލަތައް ޖެހެންފެށި، އެހެން އުޅެނިކޮށް އެއްފަހަރެއްގައި ޝާލް މާލެއައިސްފައި ރަށަށް ދިޔަރެއެއްގައި ހުރިހާ ކަމެއް ބަސްޓްވީ، މުނާ އެހެން ފިރިހެނަކާއި އެކު ކޮޓަރީގައި އޮށްވަ ޝާލްއަށް ފެނުނީ، އެރޭ މުނާ ޝާލްއާއި ދިމާއަށް ވަރަށް ހަޑިހުތުރު އެއްޗެހި ކީކަމަށްވޭ، ދަރިން ނުލިބޭ މީހަކާއިއެކު ދިރިއުޅޭނީ ކާކުހޭ، ނުކުޅެދޭ ދެމީހުން ގޮވައިގެން ތިމަންނައަކަށް ނޫޅެވޭނެއޭ، އަދި ހަމަ އެރޭ އަމިއްލައަށް ގެއިން ނިކުމެގެން ދިޔައީ، އެރޭ މިހުރިހާ ކަމެއް ޝާލްގެ މަންމައަށް އެނގުނު، ދެންވީގޮތަކީ ޝާލްގެ މަންމައަށް ކުއްލި ޝޮކެއްޖެހުނީ، މާލެގެނެސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭގެ ފަސްދުވަސްފަހުން ނިޔާވީ. މިހާރު އޭގެ ފަހުން އަހަރެއްހާދުވަސް ވެދާނެ.އޭގެ ފަހުން ދޭތެރެދޭތެރެއިން ޝާލް މާލެ އަށްނާނެ، ޑޮކްޓަރަށް ދައްކަން، ޢޭނަ އަދިވެސް އުއްމީދު ކަނޑައެއްނުލާ، ކެއްތެރި އިންސާނެއް އެއީ” ހުސްނާ ފުންނޭވާއެއް ލިއެވެ. އޭރު އޭނާގެ ލޯވަނީ ފެންކަޅިވެފައެވެ.” ދެން މިހާރު މުނާ ކޮބާ؟” އަހަރެން އަހާލީމެވެ. ” މުނާއޭ! ޝާލްމެންގެ ގޭއިންދިޔަދުވަހު ނޫން އަނެއްދުވަހު ވަރިވާން ފޯމުލައިފި، އެންމެ ފަހުން ޝާލް އޭނަ ވަރިކުރީ، އަހަރެންނަށް ވެސް މިކަންތައްތައް އެނގުނީ އިންމަ އަހަރެން ކައިރީގައި ބުނީމަ، ޝާލްއަކީ އިންމަ އެންމެ ގާތް އެކުވެރިޔާ،ޝާލް މާލެއައިސް އަބަދުވެސް ހުންނާނީ މިގޭގަ، އޭނައަށް ރަނގަޅަށް ކަންތައްކޮށްދޭން އިންމަ އޮންނަނީ އަހަރެންގެ ގާތުގައި ބުނެފަ، އަހަރެންވެސް އޭނަ ފެނުނީމަ ވަރަށް ދެރަވޭ، ހަގީގަތުގައި އެއްވެސް ދިރިއުޅުމެއް ނެތެއްނު…..” އަނެއްކާވެސް ހުސްނާ ފުންނޭވާއެއް ލިއެވެ.

އަހަރެން މަޑުމަޑުން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.ހުސްނާ އަހަރެންނާއި ވާހަކަ ދެއްކިއެވެ. އަހަރެންނަކަށް އެއިން އެއްވެސް ކަމެއް ނޭގެއެވެ. ކޮޓަރިއަށްވަދެ އަހަރެންނަށް ދެވުނީ އެނދާއި ހަމައަށެވެ. އަހަރެންގެ ކަކުލު ހުޅުން ވާގި ހުސްވިހެން ހީވިއެވެ. މަޑުމަޑުން އެނދުކައިރިގައި އިށީންނީމެވެ. އަހަރެންނަށް ރޮވެންފެށުނެވެ. ޝާލް ކިހާ އެކަނިވެރިވާނެ ހެއްޔެވެ؟ ޝާލްއަށް އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ޝާލްގެ ހުރި ހަމައެކަނި މީހަކީ މަންމައެވެ. ނަމަވެސް މަންމަވެސް އަބަދުގެ އަބަދަށް ޝާލްއާއި ވަކިވީއެވެ. އެވަގުތު ޝާލް އަހަރެންގެ ގާތުގައި ދެއްކިވާހަކަތައް އަހަރެންގެ ހަނދާނަށް އައެވެ. “ނަޔާ’ އަހަރެން ބޭނުމީ ވަރަށް ބޮޑު އާއިލާއެއް، ފަސްކުދިން، އެ ހެޔޮ ކޮންމެ ވައްތަރެއްވިޔަސް، ނަޔާއަށް އޯކޭތަ؟” ޝާލް އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެން ބޯހޫރާލީމެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.” އެ ކީއްވެ؟ އެހެންވިޔަސް ހެޔޮ، އަހަރެން ވަރަށް ބޭނުން. އޭރުން ބޮޑު ކަމެއް ޖެހޭއިރު ތިބޭނެ އެއްބަނޑުއެއްބަފާ ކުދިން އެކަކު އަނެކަކަށް އެޙިތެރިވާން، އަހަރެމެން މިއުޅޭހެން އުޅޭކަށް ނުޖެހޭނެ، ނިކަން ބަލާބަލަ، ނަޔާގެވެސް އަދި އަހަރެންގެ ވެސް އާއިލަގަ ހުރީ ހަމައެކަނި އަހަރެމެން، އިތުރު މިހަކު ނެތީމަ އުޅެންޖެހޭގޮތް އެނގޭނު، އެހެން ނޫނަސް އަހަރެން ވަރަށް އަވަހަށް ދަރިއަކު ބޭނުން، އެ ދުވަހަކުން އަހަރެންގެ ހިތް ފުރިގެން ބަންޑުންވާނެ” ޝާލް އަހަރެންނަށް ބުންޏެވެ.

ޝާލް ދަރިއަކު ބޭނުންވާނެ ވަރު އަހަރެންނަށް އިހުސާސް ކުރެވުނެވެ. އެގޮތައް ކަންތައް ދިމާވުމުން ޝާލްއަށް ކުރާނެ އަސަރު އަހަރެންގެ ހިތައް އެރުމުން އަހަރެން ގެ ހިތް ކުދިކުދިވިކަހަލައެވެ.އަހަރެންނަށް ރޮވުނެވެ. އެގޮތައް އަހަރެން ރޯންއިންނަތާ ބައިގަޑިއިރު ވީފަހުން އަހަރެން ކޮބައިތޯ ބަލާލުމަށް ޝާލް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ” ނަޔާ.. ކިހިނެއްވީ” އަހަރެން އިންގޮތް ފެނިފައި ޝާލް އަވަސް އަވަހަށް އަހަރެންގެ ގާތަށް އައިސް އަހަރެންގެ ކޮޑުގައި ހިފާނެގިއެވެ. އަދި އެނދުމަތީގައި ބެއިންދިއެވެ، ” ނަޔާ ، ތިހެން އުޅޭކަށް ނުވާނެ.. ހިތްވަރު ކުރޭ، ކެއްތެރިވޭ…. އެކިމީހުންނަށް ދިމާވާނީ އެކިކަހަލަ ކަންތައްތަކާއި، ނަޔާ ތިއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު” ޝާލް އަހަރެންނަށް ނަސޭހަތް ދިނެވެ. ” ދެން ނިދޭތޯ ބަލާ” ޝާލް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަހަރެން ބޯޖަހާލީމެވެ. އަދި އޮށޯވެލީމެވެ. ޝާލް ނިދާބޮކި ފަނޑުކޮށް ލުމަށްފަހު ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް ޝާލްއާއި ދޭތެރޭގައި ވަރަށް ވިސްނުނެވެ. މުޅިރޭ އަހަރެންނަށް ހޭދަކޮށް ލެވުނީ އެފަދަ ހާލެއްގައެވެ.

ޖެހިގެން އައިދުވަހު ހަވީރު ފުރާ ދޯނިން ރަށަށް ދިއުމަށް އަހަރެން ތައްޔާރުވީމެވެ. ވަގުތު އޮތުމާއިއެކު ސިޓިންރޫމަށް އަހަރެން ނިކުތީމެވެ. އޭރު ޝާލް އިނީ ސިޓިންރޫމްގައެވެ. ހުސްނާއާއި އިންމަ ވެސް އެވަގުތު އުޅެނީ ބަދިގޭގައެވެ. އަހަރެން ޝާލްއަށް ބަލައިލީމެވެ. ޝާލްވެސް އަހަރެންނަށް ބަލައިލިއެވެ. ޝާލްގެ ހާލު އަހަރެންގެ ހިތައް އެރުމުން އަހަރެން ފެންކަޅިވިއެވެ. ކިހާ މާތް އިންސާނެއް ހެއްޔެވެ؟ އަމިއްލަ ހިތާމަތައް ހިތުގައި ފޮރުވައިގެން އެހެން މީހުންގެ ކުރިމަތީގައި ކެއްކޮށްލައިގެން އިނދެވޭނީ ވަރަށް މަދު މީހަކަށްށެވެ. ޝާލް އަކީ އެފަދަ މީހެކެވެ.

“ކޮބާ ދާންވީދޯ! ޓެކްސީއަކަށް ގުޅަންވީތަ؟’ މިހެން ބުނަމުން ޝާލް ފޯނު ޖީބުން ނަގަން އުޅުނެވެ.” ޝާ….. ޝާލް” އަހަރެން ޝާލްއަށް ގޮވާލީމެވެ. އެވަގުތު ޝާލް އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެން މަޑުމަޑުން ޝާލްއާއި ދިމާއަށް ހިނގައިގަތިމެވެ. އަދި ޝާލްއާއި ވަރަށް ގާތުގައި މަޑުކޮށްލީމެވެ. ” ޝާލް  ކީއްވެ؟ ކީއްވެ؟ ޝާލް އަހަރެންނަށް ތިކަންތައް ސިއްރުކުރީ؟”އަހަރެން ޝާލްއާއި ސުވާލުކުރީމެވެ. ” ކޮންކަމެއް؟” ޝާލް ނޭގޭ ކަމަށް ހެދިއެވެ. ” ޝާލް ޕްލީޒް، ……. ހުސްނާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ޝާލްގެ ހުރިހާ ހަގީގަތެއް އަހަރެންނަށް އެނގޭ” އަހަރެން ފެންކަޅިވެފައި ހުރެ ބުނީމެވެ. ޝާލް އިސް ޖަހާލިއެވެ. ” ނަޔާ މިއީ އަހަރެންގެ ތަގްދީރުގައި ހުރިގޮތް” ޝާލް މާޔޫސް ކަމުން ފުރިގެންވާ ރާގެއްގައި ބުންޏެވެ. “ޝާލް ތިހެން ނުބުނޭ، އިރާދަ ކުރެއްވިއްޔާ ޝާލްއަށް އަދި އުފާވެރިކަމުން ފުރިގެންވާ ދިރިއުޅުމެއް ލިބޭނެ. އެދުވަސް ވަރަށް އަވަހަށް އަތުވެދާނެ” އަހަރެން ޝާލްއަށް ހިތްވަރުދިނުމަށްޓަކައި ބުނީމެވެ. ” ނަޔާ، މިކަމުގައި އަހަރެންނަށް ވަރަށް މަސައްކަތް ކުރެވިއްޖެ، އެކަމަކު ކާމިޔާބުގެ އައްސޭރިއެއް އަތަކު ނުޖެހުނު. މިކަމުގައި ދެއްކި ކޮންމެ ޑޮކްޓަރަކުވެސް ދެނީ ހަމަ އެއްޖަވާބެއް، ވީއިރު އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނީ ކިހިނެއް، ނަޔާގެވެސް ނަސީބު އެއީ އަހަރެންނާއި…….” ޝާލްގެ ޖުމްލަ އެހިސާބަށް ބުނުމާއިއެކު އަހަރެންނަށް ޝާލްގެ އަނގަމަތީގައި އަތް އަޅާލެވުނެވެ.އަދި އެހެންނުބުނާށޭ ބުނުމުގެ ގޮތުން އަހަރެން ބޯ ހޫރާލީމެވެ.

ޝާލް އަހަރެންގެ އަތް އޭނާގެ އަނގަމަތިން ނެގިއެވެ. ” ނަޔާ…….. އަހަރެން މުޅިން އެކަނިވެރިވެއްޖެ، ދުނިޔެއިން ބާކީވެއްޖެ، އަހަރެންނަށް އޮތީ ކޮން އުފަލެއް… އަހަރެންނަކީ ނުކުޅެދޭ މީހެއް….. މިއަދު ކާކު އަހަރެންނަށް އެހީވެދޭނީ؟…. އަޅާލާނީ ކާކު؟….. ކޮންމެ މީހަކުވެސް މިއަދު ދާނީ އަހަރެންނާއި ދުރަށް…އަހަރެންނާއި އެކު މިއަދު ދިރިއުޅޭނީ ކާކު؟… އަހަރެންނަކީ އުފާތަކުން މަހުރޫމްވެފައިވާ މީހަކަށް ވެއްޖެ……..” ޝާލް ގިސްލަމުން އަހަރެންނާއި ވާހަކަ ދެއްކިއެވެ. އަހަރެންނަށް ކެތެއް ނުވިއެވެ. މިދުނިޔެމަތީން އަހަރެން އެންމެ ލޯބިވާ އިންސާނާއަށް އެފަދަ ނިކަމެތިކަމެއް ލިބުމުން ކެއްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ” ޝާލް ތިހެން ނުބުނޭ…. ޝާލް، އަހަރެން މިދުނިޔެމަތިން  އެންމެ ލޯބިވިމީހަކީ ތިއީ، ޝާލް ހިތާމަކުރާތަން ބެލުމަކީ އަހަރެންގެ ހިތައް ކެއްވާވަރުގެ ކަމެއް ނޫން.. ޝާލްއަށް ނިކަމެތި ކަމެއް ލިބޭކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން” އަހަރެން ޝާލްއަށް ބުނީމެވެ. ” ޝާލް…….އާނ! … އަހަރެން މިއަދު ޝާލް ބޭނުން، ވަރަށް ބޮޑަށް ބޭނުން…. މިހާރު އަހަރެން ބޭނުންވާ ހަމައެކަނި މީހަކީ ތިއީ…. ” އަހަރެން ޝާލްއާއި ދިމާއަށް އަތްދިއްކޮށްލީމެވެ. ޝާލް  އަހަރެންގެ އަތުގައި ހިފާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއިއެކުގައެވެ.

ނުނިމޭ

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aishah

Other Articles

Previous

އެލޯބި 7 ވަނަބައި

Next

މާޔޫސް ވެފާ….( 6 ވަނަ ބައި )

Next
September 2, 2016

މާޔޫސް ވެފާ….( 6 ވަނަ ބައި )

Previews
September 2, 2016

އެލޯބި 7 ވަނަބައި

21 Comments

  1. Sabeeha says:
    September 2, 2016 at 4:59 pm

    vv reethi..??

  2. ayaath says:
    September 2, 2016 at 5:26 pm

    Varah salhi

  3. aik says:
    September 2, 2016 at 5:30 pm

    vv reethi story eh…??

  4. Sinaa says:
    September 2, 2016 at 5:32 pm

    Wow amazing☺☺☺☺☺??????????????????????? waiting for the next part

  5. Elena says:
    September 2, 2016 at 5:36 pm

    Vvv reethi..waitng 4 nxt prt,…

  6. Maa says:
    September 2, 2016 at 7:12 pm

    nice and waiting for next part

  7. lai says:
    September 2, 2016 at 7:13 pm

    Elena kae mithaa vx thr……?

  8. Love says:
    September 2, 2016 at 7:42 pm

    Vvv nice. Hama fenkalhi vejje. ❤❤❤???

  9. Yash says:
    September 2, 2016 at 8:40 pm

    Wow great ????

  10. yuly says:
    September 2, 2016 at 8:44 pm

    Vv reethi

  11. I says:
    September 2, 2016 at 9:44 pm

    Mihaa dhigukon geness dheythy thankx aish

  12. Nish says:
    September 2, 2016 at 11:58 pm

    Nice story

  13. Nishy says:
    September 2, 2016 at 11:59 pm

    Varah reethi

  14. Rish says:
    September 2, 2016 at 11:59 pm

    Hmm I love this story

  15. Rishy says:
    September 3, 2016 at 12:00 am

    Beatiful????

  16. xenn says:
    September 3, 2016 at 8:01 am

    Rythi

  17. Love says:
    September 3, 2016 at 11:11 am

    Pls pls avas kohdheeba

  18. Aphy says:
    September 3, 2016 at 3:33 pm

    Wow….v nice.

  19. Naeema Ahmed says:
    September 3, 2016 at 4:20 pm

    Please avas update 11 vanabai

  20. Naeema Ahmed says:
    September 3, 2016 at 4:21 pm

    Nala mivahaka

  21. Yash says:
    September 4, 2016 at 5:26 pm

    Kobaa mihaaru 2days vehje adhivess up nukurey so??????? plx plx waiting avass kohlaadhyba up

Comments are closed.

All Right Reserved!