ހަވީރުގެ ކުޅިވަރުތައް ނިމިއްޖެއެވެ. “ރަޝް މިރޭ އަނަންވީނު އަހަރުންގެއަށް ކާން؟” ހަލީނާ އަރަޝްއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތުދިނެވެ. “ގަޑިއެއް ބުނެބަލަ . އޭރުންނެއްނު އިނގޭނީ ދާން. ” އަރަޝް ޖަަވާބުގައި ބުންޏެވެ. “މިރޭ އައްގަޑިބައި.” ހަލީނާ ވަރަށަ ލަދުރަކިކަމާއެކު ބުނެފައި ބާރުބާރަށް ގެއާއި ދިމާއަށް ހިނގައިގަތެވެ. ބޯޅަދަނޑުމަގު އޮބުމަށްފަހު ހަލީނާ ދައްވައިގަތީ ބުރީގަ އަލިފާންރޯވެގެން މީހަކު ދުވާހައިބާރަށްށެވެ.
ހަލީނާގެއަށް އައިސް ވަންއިރު ހަލީނާގެ މަންމައާއި ބައްޕަ ގޭ ދޮރޯށިދޮށުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. ހަލީނާ ދިޔަގޮތައްގޮސް ވަނީ ބަދިގެއަށެވެ. “ހަލީމާ ނިކަން ދޭބަލަ އެމަންޖެ ކީއްތޯ ކުރަނީ ބަލަން. އަދި އަހައްޗޭ މިޔަދުގެ ބައްދަލުވުމުގެ ވާހަކަ. އެވާހަކައަށް ފަހު ބުނާތި އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން އެބައޮތް ވާހަކަ.” ހަލީނާގެ ބައްޕަ ނާޝިދު ހަލީމާގާތު ބުންޏެވެ. “މަށަށް ޔަޤީން ހުރިހާކަމެއްވެސް ރަނގަޅަށްކަންވާނީ. އެއީފަހެ އަހަރުމެންގެ ދަރިއެއްވީޔަ.” ހަލީމާ ގެއަށްވަނަން ޖޯލިފަތިން ތެދުވަމުން ބުންޏެވެ.
“ދަރިފުޅާ ބަދިގޭގަ ކީއްތި ކުރަނީ؟؟.” ހަލީނާ އަވަދިނެތި ކެއްކުމުގައި މަސައްކަތް ކުރާތީ ހަލީމާ އަހައިލިއެވެ. “މަންމަ މަޑު . މި ބަތް ކޮޅު ކައްކަން އުދާފަ. ” ހަލީނާ މަސައްކަތްކުރާލެއް ބުރަކަމުން އޭނާގެ މަންމައަށް ވަރަށް ކުރު ޖަވާބެއް ދިނެވެ. ބަތް ކައްކަން އުނދުނަށް ތެލި ބޭންދުމަށްފަހު އުނދުންރޯކޮށްފިއެވެ. “އާހް. މަންމާ އޯލް ހަމަ އޯކޭ. އެއީ ހަލީ އިންތިޒާރު ކުރަމުންދާ މީހަކީ. މިއަދު ކައިވެންޏަށް ހުށައަޅައިފި. ހަލީބުނީ މަންމަމެން ގަބޫލީޔާއޭ. ” ހަލީނާ މިއަދު ކަންތައް ހިނގި ގޮތުގެ ހުލާސާއެއް ކިޔައިދިނެވެ. “ބައްޕަ ބުނި ދަރިފުޅާއި ވާހަކައެއް ދައްކަން ބޭނުން ވާހަކަ.” ހަލީމާ ބުންޏެވެ. ” ކޮބާ ބައްޕަ؟ އައީ ދޯ. އާން ބައްޕަ ކައިރިއަށް މިދަނީ. މަންމަ ވަރަށް މީރުކޮށް ރިހަކޮޅެއް ކައްކަދެއްޗޭ. އަދި ބަތް ކޮޅަށްވެސް ބަލައިލާތި. އެސޮރު އަންނާނެ އައްގަޑިބައިގަ ކާން.”ހަލީނާ އޭނާގެ ބައްޕައާއި ވާހަކަ ދައްކަން ދަމުން އޭނާގެ މަންމަގާތު ބުންޏެވެ.
“ދަރިފުޅާ ހަލީނާ. މަންމަ ބުނި ދަރިފުޅު ކުއްޖަކާ ގުޅެން ބޭނުންވާ ވާހަކަ. އެސޮރު ކޮބައިތަ. ” ނާޝިދު ހަލީނާ ގާތު ސުވާލު ކުރިއެވެ. “ބައްޕާ. އެއީ ދެވަނައެއްނޫން އަޅުގަނޑު މީގެ ފަސް އަހަރު ކުރިންވެސް އިންތިޒާރުކުރަމުންއަންނަ މީހަކީ.” ހަލީނާ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. “އެހެންވީމަ ކޮންއިރަކު ދަރިފުޅު ކައިވެނި ކުރަން ނިންމީ؟.” ނާޝިދު ހަލީނާއަށް މި ސުވާލު ކުރުމުން ހަލީނާ އިސް އުފުލައިލުމަށްފަހު ހީނލި އެވެ. “މިފަހަރު ނުގޮސް މަޑުކުރަންވީ. މިމަންޖެ ދެވާފަ ދެން މަހަށް ދާނީ. ” ނާޝިދު ސަމާސާކޮލުމަށް ހަލީނާއާއި ދިމާއަށް ބުންޏެވެ. “އަސްލުތަ ބައްޕާ.” ހަލީނާ އުފަލުންގޮސް ބުންޏެވެ. “އެކަމަކު ބައްޕަގެ އެބައޮތް ޝަރުތު ތަކެއް . މި ޝަރުތުތައް އެސޮރާ ހިއްސާ ކުރާނީ. ” ނާޝިދު ބުންޏެވެ. ގަޑިން އައްގަޑިބައި ވެއްޖެއެވެ.
“ނާހިދޫ ސަލާންގޮވާބަލަ. މަށަކަށް ނުކެރޭނެ ޔަޤީން ބަފާބެ އިލޮށިފަތިން ޝޮޓެއް އަޅާނެ. ނޫނީ މައިޓު އެޓޮމިކް ބޮމެއް ވައްޓާލަފާނެ. ” އަރަޝް ހަލީނާމެން ގެއަށް ވަންނަން ބިރުން ހުރެ ނާހިދު ގާތު މިހަކަލަ ކޫސަނީ ވާހަކަ ދައްކައެވެ. “ކޮބާ ދެކުދިން ވަންނަންވީނު ދޯ. މަށެއްނޫޅެން އިލޮށިފަތިން ޝޮޓު އަޅާކަށް. އަދި ކަލޯގެ މައިދައިތަ ވެސް ބޮމެއްނާޅާނެ. ބިރުނުގަނޭ .” ނާޝިދު ކައިރީގަހުރި ފިހާރައިން ކޯކު ފުޅިއެއްގަންނަން ގޮސް އައި ވަގުތު ނާހިދާއި އަރަޝް އޭދޮރު މަތީ ހުތުމުން ބުންޏެވެ.
ކައިނިމިއްޖެއެވެ. “ދުފަންވީނު؟” އަރަޝް ކައިރީގަ ނާހިދު ބުންޏެވެ. “އޭއި ސޮރާ ނިކަން އައިސް މި އުނދޯލީގައި ޖައްސައިލަބަލަ. ވަރަށް މުހިއްމު ވާހަކައެއް ދައްކަން.” ނާޝިދު އަރަޝް އަށް ގޮވުމަށްފަހު ބުންޏެވެ. “އާދެ ލައްބަ. އަޅުގަނޑު ބޭނުން މިގޭ ހަލީނާއާއި ކައިވެނި ކުރަން. ” އަރަޝް ވަރަށް ޖެހިލުންވެފަ ހުންނަފާޑަކަށް އިނދެފައި ބުންޏެވެ. “ބަލަ ސޮރާ އަޅުގަނޑު ބަޅުގަނޑު ފަހުން. މަށަށްވެސް އިނގޭ ކަލޯ މިގޭ ހަލީނާއާއި ގުޅުންއޮންނަތާ ފަސްއަހަރު ވެއްޖެކަން. އަދި އެވަރުންނެއް ނުނިމޭނެ ދޯ. ކައިވެންޏެއްވީޔަ. ކަލޯގެ އާއިލާގެ ރަހުން ބޭނުންވާނެ ދޯ. މިގޭ މީހުންނާއި މި އާއިލާއިން ރުހި ޤަބޫލުވެއްޖައިމު. ” ނާޝިދު އޭނާ ބޭނުންވާ ޝަރުތު ތަކުން ޝަރުތެއް ބުންޏެވެ.
“ހަލޯ މަންމާ. މުޅި އާއިލާ ގޮވައިގެން ރަޝް ހުރި ރަށަށް އަންނަން ފުރާ. މިހާރު ލޯންޗުގަ ފުރާ އޭރުން މިރޭ ދަންވަރު އާދެވޭނީ.” އަރަޝް އަވަހަށް އޭނާގެ މަންމައަށް ގުޅުމަށްފަހު އޭނާ މިހާރު ހުރި ރަށަށް އައުމަށް ބުންޏެވެ. “ދަރިފުޅާ ރަޝް. ކޮންގެއަކުތަ ތި ހުރީ؟ މަންމަމެން މިތިބީ މަންމަމެންގެ ވަރަށްގާތް ރައްޓެއްސެގެ ގޭގައި. ނާހިދުގެ ފޯނެއް އައި ހަވީރު ހަތަރެއްޖަހަނިކޮށް. އޭނަ ބުނީ ދަރިފުޅު އިންނަން އުޅޭ ވާހަކަ. އެހެންވެ އަވަހިއްޔާ އަވަހަށް މިރަށަށް އައީ މުޅި އާއިލާ ގޮވައިގެން. ދަރިފުޅު އާދޭ ފަންގި ކެފޭ ކުރިމައްޗަށް. އެތާ ކުރިމަތީގަ ހުރި ގޭގަ މަންމަމެން މިތިބީ. ” އަރަޝްގެ މަންމަ ޖަވާބުގައި ބުންޏެވެ. އަދި އެއަށްފަހު އޭނާ ފޯނު ކޯލު ކަނޑައިލިއެވެ.
“ހަލީގެ ބައްޕާ ކޮބައިތަ ފަންގި ހޮޓާ އިންނަ ތަނަކީ؟ ” އަރަޝް ނާޝިދާއި ސުވާލު ކުރިއެވެ. “މިގޭ ދޮރުމަތީ ކުރިމައްޗަށް އެހުރީ. ގަސްތަކެއްހެދިފަ ނާމާން ވައްތަރަކަށް އެ ހުރީ އެ ކެފޭ. ” ނާޝިދު އަރަޝްއަށް އެ ކެފޭ ހުރިތަން ކިޔައި ދިނެވެ. ” ހަލީގެ ބައްޕާ މިގެއަށް މާލެއިން ބަޔަކު އައިސްތަ އުޅެނީ؟” އަނެއްކާވެސް އަރަޝް ސުވާލު ކުރިއެވެ. ” އާން. އެއީ އަހަރެންގެ ވަރަށްގާތް ރަހުމަތްތެރިއެއް. މަސްވެރިކަމުގެ ވިޔަފާރީގެ ޕާރޓުނަރު. ” ނާޝިދު ޖަވާބުގައި ބުންޏެވެ.
އަރަޝްއަށް އޭނާގެ މަންމަ ގުޅަން ފަށައިފި އެވެ. “ދަރިފުޅާ އުނދޯލިން ތެދުވެފަ ކަނާއަތަށް ބަލާލަބަލަ.” އަރަޝްގެމަންމަ ބުންޏެވެ. “މަންމާ ” އަރަޝްއަށް އޭނާގެ މަންމަ ފެނިފަ އެހެން ބުނެވުނެވެ. “ނާޝިދޫ އަވަހަށް މި ދެކުދިން ދެވަމާ!! އަހަރުމެން ރުހި ގަބޫލު.”އަރަޝްގެ މަންމަ ބުންޏެވެ. އެރޭގައި ދައްކަންވެފައިހުރި ހުރިހާ ވާހަކައެއް ނިމުނެވެ. އަރަޝް އާއި ނާހިދު ދިޔައީ އެކުދިން އުޅޭ ގެއަށްށެވެ. ހަލީނާވެސް އަވަސް އަވަހަށް ކޮޓަރިއަށް ގޮސްވަނެވެ. އަރަޝްވެސް ގެއަށް ދެވުމާއެކު އޭނާ އާއި ނާހިދު ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ.
އަނެއްދުވަހުގެ އިރު އަރައިގެން ދިޔައިރުވެސް ހަލީނާ އަދި އަރަޝްގެ ލޮލައް ނިންޖެއްނައިސް ތިއްބައެވެ. “ހަލީ. ކޮބާ ރެޑީ ވޭ ތިންމުގޯލި މުބާރާތައް.” ސިނާ ހަލީނާގެ ކޮޓަރި ދޮރުގައި ތަޅަމުން ބުންޏެވެ. “ކޮބާ އެންމެން ހަމަވެއްޖެ؟” ހަލީނާ ކޮޓަރިން ނުކުނަމުން ބުންޏެވެ. “ޔާ. އެންމެން ހަމަވެއްޖެ. ހަލީ އެކަނި މަދުވަނީ.” ސިނާ ޖަވާބުގައި ބުންޏެވެ. “ހަލީ އަހަރުންގެ ޓީމުގެ ނަމަކީ ކޮބައިތަ؟. ޔޫތަށްގޮސް އެހީމަ ބުނީ ކޮންމެ ޓީމެއްގެވެސް ކައްޕިއަށް ކަން ނަން އިގޭނީ. އެމީހުން ނުވެސް ބުންޏޭ. ވަރަށް ފޫހިވި އެގަޑީގަ.” ޢަރުޝި ބުންޏެވެ. ” އަހަރުމެންމީ ބުރިކޮއްޓިން. ވަރަށް މަޖާނަންތަކެއް މިފަހަރު ޓީމުތަކަށް ކިޔަނީ ވެސް. ދެކުނުހުޅަނގު އަވަށު ޓީމަށް ކިޔަނީ ގަންޖިފަރާސް. މެދު އަވަށު ޓީމަށް ކިޔަނީ އިޝްޤީ. އުތުރުއިރު އަވަށާއި އުތުރުހުޅަނގު އަވަށު ޓީމު އެއް ޓީމެއްގެ ގޮތުގައި ނިކުންނާނެ. އެޓީމަށް ކިޔަނީ އަދި މާ ފައްކާ ނަމެއް. ފޮޑިޖަހާ ގުރޫޕު.” ހަލީނާ އޭނާ ކުޅޭ ޓީމާއިއެކު ދަނޑަށް ދަމުން މި ވާހަކަތައް ހެމުން ހެމުން އެންމެނަށް ކިޔައި ދިނެވެ.
“ހުރިހާ ޓީމުތައް ހަމަވެއްޖެ؟. ފޮޑިޖަހާ ގުރޫޕު, ގަންޖިފަރާސް, އިޝްޤީ, ބުރިކޮއްޓިން . މިއިން ކޮންމެ ޓީމަކުންވެސް އެއްކުޅުންތެރިއެއް ސުޓޭޖު ސަރަހައްދަށް އައިސް މެޗު ޝެޑިއުލް ގެންދެވުން އެދެން.” ހުރިހާ ޓީމެއް ހަމަވުމުން މުބާރާތް އިންތިޒާމުކުރާ ފަރާތުން ގޮވިއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ އިޝްޤީ އަދި ގަންޖިފަރާސްއެވެ. މިމެޗު ކާމިޔާބުކުރީ އިޝްޤީންނެވެ.ދެވަނަމެޗުގައި ބައްދަލުކުރީ ފޮޑިޖަހާ ގުރޫޕާއި ބުރިކޮއްޓިންނެވެ. މި މެޗުން ބުރިކޮއްޓިން މޮޅުވީ ވަރަށް ބޮޑުނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ބައްދަލު ކުރީ އިޝްޤީ އާއި ފޮޑިޖަހާ ގުރޫޕެވެ. މި މެޗުން މޮޅުވީ އިޝްޤީއެވެ. ހަތަރުވަނަ މެޗުގައި ބުރިކޮއްޓިންނާއި ގަންޖިފަރާސް ބައްދަލުކުރިއެވެ. މި މެޗުވެސް ކާމިޔާބު ކުރީ ބުރިކޮއްޓިންނެވެ. ފަސްވަނަ މެޗުގައި ބުރިކޮއްޓިން މޮޅުވީ އިޝްޤީ ބަލިކުރުމަށްފަހު ފައިނަލަށް ގޮހެވެ. ހަވަނަ މެޗު ކާމިޔާބު ކުރީ ގަންޖިފަރާސް ބަލިކޮށް ފޮޑިޖަހާ ގުރޫޕުންނެވެ. ފައިނަލުގައި ފޮޑިޖަހާ އަދި ބުރިކޮއްޓި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ފައިނަލްމެޗު ކާމިޔާބު ކުރީ ބުރިކޮއްޓިންނެވެ. ތިންމުގޯލި މުބާރާތުގެ ތަށި މިލްކު ކޮށްގެންނެވެ. ރަށުގައި އީދުގެ ކުޅިވަރުތައް މެދުނުކެނޑި ދެދުވަސް ވަންދެން ކުރިއަށް ދިޔައެވެ. އީދު ނިމިއްޖެއެވެ. ” ހުސައިން ނާޝިދު މިއަދު މެންދުރުކުރި ކޯޓަށް ހާޒިރުވުމަށް އެދެން.” ކޯޓުގެ މީހަކު ހަލީނާމެން ގެއަށް އައިސް މިހެން ބުންޏެވެ. ހަފުތާއެއްގެ ތެރޭގައި ހަލީނާމެން ކައިވެނި ކޮށްފިއެވެ. މި ދެކުދިންގެ ކޯސް ފެށެން ތިންމަސް އިތުރަށް އޮތީތީ މި ދެކުދިންނިންމީ ރަށުގައި މަޑު ކުރާށެވެ.
ފަސްވަނަބައި މާދަމާގެ ވަގުތެއްގައި………………
އިންތިޒާރު ކޮށްލައްވާ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.


varah rythi..but haadha dhuvas kohfa. anyways dhn oh bai avahah up koadheythi
Kihineh hadhaanee
Don’t get enough time to write
dhn best of luck
me first dhww yayy!!
mee haadha avas avahah upvaa story ekey
Parteh aima kureege part thah kiyaalan ihah mijehenee konvaahaka eh tho balaalan
Mi koacheh.. miyakun eyeh miyeh neygun
Asluves dho. Foohikamaaaaa eve. So d graded
wht is this???? foohi gadeh…
reethi..?
Mihaa gina duvus kohfa vaahaka up kuraathee kureebaiga vaanuvaaeh neyge foohi kiyaahitheh nuvey
Maadhamaa 5 vana bai up kureveyne
Dhen haadha hadi vaahaka dhakkaafa mihunnany
V reethi vaahaka . …… but very short..
Kuryge part ga bunefa ebain 4 vana bai 01/09/16 ga upload vaane kamah. Mee kihineh vaa kamehbaa. Miadhakee 10/09/16. So bunaa dhuvahah up nukureveythy aslu kiyuntherin kiyaahih nuvaane kahnneynge. And mifaharu mi part ves upload miv v dhuvas fahun kahnneynge. Its a big request vaahaka maa gina dhuvas nukoh upload kohdhinun. Understand vey buzy dhuvas kolhu ves ahnnaanekan. But muhaa lasvma mahsalayaky. So hope u will think and find a solution for this. And mi story v salhi and thafaathu story eh. Good luck writer ?
?????????????????
Mi vahakaiga beynun kuraaa baeh basthah kamaku nudhey…varh hadi egothah basthah beynun kuraaathy
heevany lai nuganegen ulheyhen.. vr avas aruvaalaafa… dhen vr hadi basthah beynun kohffa hurey…
Lol meewes waahaaka ehtha… Meega waanuwaa eh neynge.. Waahaka liyah neyngi liyanee keehkurahtha ????????mihaa hadi waahaka eh adhi mi mnt ga nukiyah
?????????????????????????????????????????????????????????cheereedi vvvvvvvvvvvvvv hadi
Haadha avas aruvaalaafa miothy… ?
mi koahcheh ? ishqi,burikohtti n fodi jahaa group oo..lols ??
Character takah kiaa nan hadaan netumun first part vx kian jehunee
Asl vaahaka kiyaafa nuvaane comment kuraakah hadi ey kiyaafa..dhera vaane dhw..ehmen nuvaane dhw ehvareh..kohme meehak ves balaane dhw emyhakah liyevey ehme furihama ehkohliyeveytho..asl esfiyage admin jeheyne ekahala comment thah aeema rep kuran..vrh dhera kameh dhw asl…
aslu hadi v ma hadi vaahaka e bunanee
ekam vx comment kuraa iru improve kuran support dhey fadha gothakah comment kurevidhaane kanneynge dhw.