Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކާމިޔާބުވި ލޯބީގެ ނިރު

Rozy Level 210 Stories
September 12, 2016 3 Mins Read
13 Comments

ޝިޒާނާ އާއި ބެހޭގޮތުން ހުރިހާ މީހުން ވެސް ދައްކާނީ އެއްވާހަކައެކެވެ. ޝިޒާނާ މާމަޑުން އިންނަ ވާހަކައެވެ. އެކަމަކު ކިޔަވުމުގައި އެންމެނަށް ވުރެ ކުރީގައި އުޅޭވާހަކައެވެ. ގިނަ މައިންބަފައިން ޝިޒާނާ އެމީހުންގެ ދަރީންނަށް ނަމޫނާއަކަށް ދައްކައެވެ.

ރާހުލް އާއި ޝިޒާނާ ބައްދަލުވީ ޝިޒާނާ ގުރޭޑް 7 ގަ ހިތަދޫގެ ސުކޫލެއްގައި އުޅެނިކޮށެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް ރާހުލްގެ ހިތުގައި ޝިޒާނާއާއި މެދު ގާތްކަން އުފެދުނެވެ އެކަމަކު ޝިޒާނާއަކީ އޭނާގެ ދަރިވަރަށް ވާތީ މިފަދަ ކަމެއް އޭނާ ހާމަ ނުކުރެއެވެ. ރާހުލް އަކީ ޝިޒާނާގެ ސައިންސު ޓީޗަރެވެ.

ޝިޒާނާ ގުރޭޑް 10 އަށް ދިޔައަހަރު ޝިޒާނާއަށްވެސް ރާހުލްގެ ގާތްކަން އެނގުނެވެ. ޓިޔުޝަން ކުލާހުން ދެމީހުން ގިނަވަގުތު ބައްދަލުވާތީއެވެ. ޢުމުރުން ރާހުލް މާމައްޗެއްނޫނެވެ. ހަމައެކަނި ތަފާތުވަނީ 10 އަހަރެވެ. ޝިޒާނާއަށްވެސް ރާހުލްއަށްވެސް މިއީ މާބޮޑުކަމަކަށް ނުވިއެވެ. ގިނަދުވަސްތަކެއްނުވެ ރާހުލް އާއި ޝިޒާނާގެ ވާހަކަ ތުންތުންމަތިން ދެކެވެންވެސް ފެށުނެވެ. އައްޑޫ އަކީ ވާހަކަ ވިހާތަނެކޭ ބުނެއުޅެއެވެ. ޝިޒާނާގެ މައިންބަފައިންނަކީ އައްޑޫގެ ފޯރުންތެރި ބަޔެކެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން ޝިޒާނާގެ ކިޔެވުން ގުރޭޑް 12،11 އަށް އިންޑިޔާގެ މަހާރާޖަސް ކޮލެޖަށް ބަދަލުކުރިއެވެ.

ގުރޭޑް 12 ނިމެންދެންވެސް ރާހުލްއާއި ޝިޒާނާގެ ގުޅުން އޮވެއެވެ. އެކަމަކު ހަމައެކަނި ފޯނުން ނުވަތަ ވައިބަރ އިންނެވެ. ފިލާވަޅުތަކުގަ އޮންލައިންކޮށްވެސް ރާހުލް ޝިޒާނާއަށް އެހީވިއެވެ. އެދުވަސްކޮޅު ރާހުލްވެސް ޑިގްރީ ހެދުމަށް މަހާރާޖަސް ކޮލެޖްއަށް ކިޔަވަން ވަނެވެ. އެދެމީހުން ބައްދަލު ކުރަނީ ޑިގްރީކުލާހަށް ދާދުވަސްތަކުގައެވެ.

ވެލެންޓައިން ދުވަހު ރާހުލް ޝިޒާނާއަށް ކާޑެއް ފޮނުވިއެވެ. މިކާޑްގައި “ޓު މައިވައިފް” ޖަހާފައޮތެވެ.

ރަހުމާއަކީ ޝިޒާނާގެ މަންމަ ފަރާތު ބޮޑުދައިތައެވެ. ޝިޒާނާ ބެލުމަށް އިންޑިޔާގައި ހަވާލުވެ ހުންނަނީ އޭނާއެވެ. އޭނާ ވަގުތުން ގެޔަށް މިކަން އެންގިއެވެ. މިކަންތައްވީ ގޭތެރޭގެ ވަރަށް ސީރިޔަސް މައްސަލައަކަށެވެ.

“ރާހުލްއަކީ ގޯސްމީހެއްނޫން” ކުރީ ސުކޫލްގެ އޮފީސްމީހަކު ޝިޒާނާގެ ބައްޕަ ކާރީ ދެއްކި ވާހަކައެއްގައި ބުނެފަވެއެވެ. އެކަމަކު އެންމެ ބޮޑު ކުށަކީ އޭނާއަކީ މުސްލިމަކަށް ނުވާކަން ނޫންހެއްޔެވެ. ހިތާހިތާ ޝިޒާނާގެ ބައްޕަ ކިޔާލިއެވެ.

ޝިޒާނާގެ ބައްޕައާއީ ރާހުލް ބައްދަލުކުރީ ވަރަށް ލަދުންހުރެއެވެ. އޭރު ޝިޒާނާވެސް ލޯކޮލެޖަކުން ލޯޔަރުކަން ކިޔަވަން ފެށީއެވެ. އަދި މިދެމީހުންގެ ގުޅުމަށްވެސް 07 އަހަރު ވީއެވެ. ޝިޒާނާގެ ޢުމުރުން 20 އަހަރެވެ.

“އެކަމަކު އަދި ކަލޭވެސް ތީ ކިޔަވާ މީހެއްނު” ގާސިމް ހިތްހަމަނުޖެހިފައި ރާހުލް އާއި މުހާތަބު ކުރިއެވެ. ރާހުލް، ގާސިމް ކާރިން އެދުނީ ޝިޒާނާގެ ކައިވެންޏަށެވެ.

މުޅި އާއިލާވެސް މިކަމާ ނުގަބޫލެވެ. ޝިޒާނާ؛ އެންމެފަހުން ގޮތެއް ނިންމިއެވެ.

“ބައްޕަމެން ނުގަބޫލަސް އަހަރެންކާވެނި ކުރާނީ ހަމައެކަނި ރާހުލް އާއި” ރަހުމާ ކާރީ ޝިޒާނާ ބުންޏެވެ. ރަހުމާވެސް ހައިރާންވިއެވެ. ދެބަސްއަނގައިން ނުބުނެ ހުންނަ މިކުއްޖާ މިހާ ހަރުކަށިކަމާއެކު ގޭގެ މީހުންގެ ބަސް ބޮލާލާޖެހީ ކިހިނެއް ހެއްޔެވެ. ހުރިހާވެސް އެއްޗަކީ ލޯތްބެވެ. ލޯތްބަކީ މީހުން މަގުފުރައްދާ އެއްޗެކޭ ބުނަނީ ހަމަތެދެކެވެ.

“ދަރިފުޅާ!. އޭނައަކީ މުސްލިމެއްނޫން. އަނެއްކާ ކަލެއާއި އޭނަ ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް ނެތް.”

“އަހަރެން ޝިޒާއަށް ޓަކާ މުސްލިމުވިތާ ކޮންދުވަހެއް. އަހަރެންގެ އަސްލު ނަމަކީ ރަހްމާން. ދޯ ޝިޒޫ” ފޯނުން ބޮޑުދައިތަ ކާރީ ރާހުލް ބުނެލިއެވެ.
ޝިޒާނާ ގޭމީހުންގެ ނުގަބޫލްގައި ރާހުލް (ރަހްމާން) އާއި އެކު ޓުރިވެންޑުރަމްއަށް ޝިޒާނާ ބަދަލު ވިއެވެ. އަދި ކޯޓް މެދުވެރިކޮށް ކައިވެނި ކުރިއެވެ. އޭނާއަކީ ބާލިޣުވެފައިވައި ހުރި ކުއްޖެއްކަމުން ކޯޓުން އޭނާގެ ކޮޅަށް ނިމުނެވެ.

ރަހްމާން ހޮބީއެއްގެ ގޮތުން ލަވަކިޔައެވެ. އެއްދުވަހަކު ހަވީރު ނޫސްހިފައިގެން ސަކީނާ އައިސް އޭނާގެ ފިރި ގާސިމް އަތަށް ދިނެވެ.
“ބަލާބަލަ. މިއޮތީ އަހަރެމެންގެ ދަނބިދަރި ލަވަކިޔަން ޝޯއެއްހުށައަޅަން މިކޮޅަށް އަންނަ ވާހަކަ”

ނޫހުގެ ފަލަ ސުރުޙީގައި ރަހްމާނުގެ ވާހަކައެވެ. ޝިޒާނާވެސް ރާއްޖެއައެވެ. ބައްޕަ އަތަށް އޭނާދިއްކޮށްލީ އޭނާގެ އެމް އޭ ސެޓްފިކެޓެވެ. ކައިވެނި ކުރިޔަސް ޝިޒާނާ ކިޔެވުން ހުއްޓާނުލައެވެ. ސަރުކާރުގެ އެހީއާއި ޢާއިލާގެ އެހީލިބި އޭނާ ކިޔެވިއެވެ.

މިއަދު އޭނާއަށްވަނީ ކާމިޔާބާ ހަމަޔަށް ގާތްގަޑަކަށް އާދެވިފައެވެ. އޭނާގެ ކިޔެވުމުގެ ފަހަތުގަ ހުރީ ރަހްމާނެވެ އަދި ރަހްމާނުގެ އެންމެ ކުރާހިތްވާކަން، ލަވަކިޔުމުގެ އަދި ޕޮޕިޔުލަރ ވުމުގެ ފަހަތުގައި ހުރީއޭނާއެވެ.

“އަހަރެންގެ ފިރިމީހާއަކީ ކެރޭ ހިތްވަރުގަދަ މީހެއް” ޝިޒާނާ ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަށް ރަހްމާންގެ ބޭންޑުވެސް މަޝްހޫރުވެ ހަމައެކަނި އިންޑިޔާ ނޫނަސް ރާއްޖޭގެ ކަންކޮޅުތަކުގައި އެމީހުންގެ ޝޯތައް ބާއްވާ ހަދައެވެ. ގިނަ ރިސޯޓުތަކަކީ އާންމުކޮށް އޭނާގެ ގުރޫޕާއެކު ދާ ތަންތަނެވެ.

ޝިޒާނާ ހުންނަނީ ގޭގައެވެ. ފުރަތަމަ ދަރިފުޅު ހާބީލް ލިބުނު ފަހުން މާމަ ސަކީނާއާއި ކާފަ ގާސިމްގެ ރުޅި ފަނޑުވެ ދަރިފުޅު ދެކެން އިންޑިޔާއަށް ޒިޔާރަތް ކުރަންފެށިއެވެ. ދެވަނަ ދަރިފުޅު ރާހީލް އާއި ތިންވަނަ ދަރިފުޅަކީ އަންހެން ދަރިފުޅު އަލްމާސަތު އެވެ. އޭނާގެ އާއިލާ ފުރިހަމަ ވީކަލަހައެވެ.
ރަހްމާނުގެ ފިރިހެން ދެކުދިންވީ ރަހްމާނުހެން ލަވަކިޔުންތެރިންނަށެވެ. އަންހެންދަރިފުޅު އަބަދު ހުންނަނީ މަންމަ ކާރީގައެވެ.

އިންޑިޔާގައި އެމީހުން ބާއްވާ ހަފްލާތަކަށް ޝިޒާނާ ގެންދަން ރަހްމާނު ވަރަށް ބާރުއަޅައެވެ. އެކަމަކު ފުރަތަމައިނުންވެސް ޝިޒާނާ އަކީ މަޑުމައިތިރި ހިމޭންކަމަށް ލޯބިކުރާކުއްޖެއްކަމުން، ރަހްމާނުގެ ޝޯތައް ބަލަން ތަންތަނަށް އޭނާ ނުދެއެވެ. އޭނާއެއްޗެތި ބަލަނީ ގޭގައި އިނދެގެން ޓީވީންނެވެ.

“އެހެންމީހުން އެމީހުންގެ އަނބިންނާއެކު މިހަފްލާތަކަށް ދާތީ އަހަރެން ވަރަށް ހަސަދަ ވެރިވޭ. ޝިޒޫ އަހަރެންނާއެކު ނުދާން އުޅެނީ އަހަރެން ބޭރު މީހަކަށްވާތީދޯ”

ރަހްމާން ޝަކުވާކުރެއެވެ.

“އަހަރެންނަކީ އެހާ މަޝްހޫރުވާން ބޭނުންމީހެއްނޫން އެހެންވެ ނުދަނީ. ގައިމު ރަހްމާނާއެކު ގޮއްސިއްޔާ ނޫހުގެ ފަލަ ސުރުހީއަށް އަރާނެ، މާގިނަ ޕަބްލިކު ހަޕްލާތަކަށް ދާންވަރަށް ފޫހިވޭ، ރަހްމާންގެ ހުރިހާލަވަތައް އަހަރެންގެ އަތުގައި އެބަހުރި ” މިއީ ޝިޒާނާގެ ޖަވާބެވެ. ހިމޭންކަމާ އެކު ރަހްމާނު އެކަނި ހަފްލާތަކަށް ދެއެވެ.

މަޝްހޫރު މީހުނާ ކައިވެނި ކުރާކުދިން ކާރީ ޝިޒާނާ ބުނަމުން ދިޔައީ، ކައިވެންޏަކީ އެޖެސްމެންޓެކެވެ. ދެމީހުން ދެބަސްވާނަމަ އެކައިވެނި ވޯކްއައިޓް ނުކުރާނެކަމަށެވެ، ކޮންމެހެން ފިރިމީހާގެ ފަހަތުން ދާހުރިހާ ތަނަކަށް އަނބިމީހާ ދިޔުން ލާޒިމެއް ނޫނެވެ. ފިރިމީހާ ހޯދާ އާމްދަނީ ބަލަހައްޓާމީހާ ގޭގައި ހުރުން ކޮންމެހެން ބޭނުމެވެ. އެއީ ދެމަފިރިންގެ ވެސް މުދާރައްކާކޮށް ދަރިން ތަރުބީޔަތު ކުރުމަށެވެ. ބޭރުގައި އަދާކުރާވަޒީފާއާއި ފިރިމީހާގެ ފަހަތުން ދިޔުމަށް ވުރެ އަނބިމީހާ ގޭގައި އިއްފަތްތެރިކަމާއެކު އިނުން މުހިންމެވެ. ޝިޒާނާގެ ޢާއިލާގޮތަށް ރަހްމާނުގެ ޢާއިލާވެސް ހުރިހާކަމެއްގައި އެމީހުނާއެކު ބައިވެރިވެއެވެ.

އެކަމުގައިވެސް ޝިޒާނާއަކީ ނަމޫނާއެކެވެ. އަމިއްލަ މައިންބަފައިންނަށް ދޭލޯތްބާ އިހްތިރާމްއާއި ގަދަރު ރަހްމާނު މައިންބަފައިންނާ ގާތްތިމާގެ މީހުންނަށްވެސް އޭނާދެއެވެ.

” މައިންބަފައިންދެކެ މިއަދު އަހަރެމެންވާ ލޯބި އަހަރެމެންގެ ކުދިން ދަސްކުރާނެ، މިއަދު އެމީހުނަށް އެދަސްވާ އެއްޗެއް އޭރުން އެކުދިން އަހަރެމެންނަށްއެ ލޯބި ދޭނެ.”
ނިމުނީ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މަންޝާ (ފަންސަޔާޅީސްވަނަ ބައި)

Next

ޢީދު މުބާރިކް

Next
September 13, 2016

ޢީދު މުބާރިކް

Previews
September 12, 2016

މަންޝާ (ފަންސަޔާޅީސްވަނަ ބައި)

13 Comments!

  1. Lilly says:
    September 12, 2016 at 10:41 pm

    Nice me first yipee

  2. cham says:
    September 12, 2016 at 11:07 pm

    Reethi…

  3. Shinu says:
    September 12, 2016 at 11:37 pm

    Nice story

  4. Shaai says:
    September 12, 2016 at 11:47 pm

    V nice. N v iburaitheri

  5. Rozy says:
    September 13, 2016 at 7:38 am

    Thank you huriha kudhin..
    Rozy

  6. ina says:
    September 13, 2016 at 9:59 am

    nice story! keep up the good work! looking forward to read more stories of you 🙂

    1. Rozy says:
      September 13, 2016 at 10:23 am

      Thank you Ina, Sure i will write new one soon

  7. Sabeeha says:
    September 13, 2016 at 10:03 am

    vv reethi.??

  8. Illu says:
    September 13, 2016 at 2:11 pm

    I really love this story…

  9. Masha says:
    September 13, 2016 at 3:51 pm

    Wow haadha reeti vaahakaeke me ekam haadhakure varah kiyaahithun indhaa enimunee “Weldon roxy keep it”

    1. Rozy says:
      September 13, 2016 at 7:20 pm

      Masha thank you yes i will insha Allah write new long story for you okey.. thank you

  10. yaana says:
    September 13, 2016 at 11:44 pm

    VV reethi

  11. Sallu says:
    July 25, 2017 at 6:50 am

    Muslim vefa. Music ge dhaairaa in kuri e eree. Ehaa dheen veri ahulaagu rangalhu wife akah ekameh goaheh nuvi.. Migothah vaahaka hureema mikiyaa meehunah ves heevanee music eii Islam dheenugai haraam kurahvaafai nuvaa ejjeh hen.. Please don’t give such messages

Comments are closed.



All Right Reserved!